Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އަވްލީން (9 ވަނަ ބައި)

iff Level 210 Stories100 Comments
September 14, 2017 5 Mins Read
18 Comments

ކޮޓަރިއަށް ވަދެވުމާއެކު ލަޔާން ކޮޓަރި ތަޅުލުމަށްފަހު ތަޅުދަނޑި ޖީބަށްލިއެވެ. އަދި ވިޝިކާ އާއި ދިމާލަށް އެނބުރިލިއެވެ. “ކީއްކުރަން މިއަދު ތިއުޅެނީ..މިދެން ކިހާ ބޮޑުކަމެއް.. އަންހެނުންނަށް ތިހާ ބޭނުންވަންޏާ މި ގޭގަ އެ އުޅޭ ރުނޑިގަނޑުކައިރިއަށްދޭބަލަ..” ވިޝިކާގެ ވާހަކަ ހުރިގޮތުން ލަޔާންގެ ބުމަ ގޮއްޖެހިގެންދިޔައެވެ. އަވްލީންއަށް އެގޮތަށް މުހާތަބުކުރުމުން ލަޔާން ވަރަށް ހިތްހަމަނުޖެހުނެވެ. ނަމަވެސް މޫނުމަތި ރީތިކޮށްލަމުން ވިޝިކާއާ ކައިރިއަށް ފިޔަވަޅު އަޅަންފެށިއެވެ. “އަހަރެން ބޭނުންވަނީ ތި އަންހެނާ..ހާދަ ލޯތްބޭ ތިހެން ކަޅިއަޅާލައިގެން ހުންނައިރު. ހަމަ ހިތަށްއަރަނީ ބައްދާލަން..” ލަޔާން ވާހަކަ ދައްކަމުން ކުރިއަށްދާވަރަކަށް ވިޝިކާ ފަހަތަށް ޖެހެމުންދިޔައެވެ. އަދި ލަޔާން އަތް ދިއްކޮއްލުމުން ދުވެފައިގޮސް އެނދުގެ އަނެއްފަރާތުގައި ހުއްޓުނެވެ. ” ނާންނާތި މިކޮޅަށް. މަ ނިކުންނަން ދައްކާ.. އެހެން ނޫނީ..” އެހެންނޫނީ ކީއްކުރާނީ؟” ވިޝިކާގެ ޖުމްލަ މެދުކަނޑާލަމުން ލަޔާން އެއްސެވެ. “މަންމަ ކައިރީ ބުނާނަން. ބައްޕަ ކައިރީވެސް. ދޮންބެ ކައިރީވެސް… ބުނެފީމެއްނު މި ކޮޅަށް ނާންނައްޗޭ..” ވިޝިކާ ވާހަކަ ދައްކަމުން ދަނިކޮށް ލަޔާން ވިޝިކާއާއި ދިމާލަށް ހިނގައިގަތުމުން އެނދުމަތީގައި ހުރި ބާލިސްތައް ނަގާ ލަޔާންއާއި ދިމާލަށް އުކަންފެށިއެވެ. ” ވޯވް.. ކޮންއިރަކުން ބުނާނީ؟ އަހަރެންވެސް ދާނަން ބޭބީއާއެކު މަންމަމެން ކައިރީގަ ވާހަކަ ދައްކަން.. ބުނާނީ ދޯ ބޭބީ ސްކޫލް ނިމޭއިރަށް އަހަރެމެންގެ ކައިވެނިކޮށްދޭށޭ” ލަޔާން އިތުރަށް ވިޝިކާ ރުޅިއަރުވަމުންދިޔައެވެ.

ލަޔާން ވިޝިކާ އާއި ދިމާލަށް ހިނގައިގަންނައިރަށް ވިޝިކާ އެހެން ދިމާލަކަށް ދުއްވައިގަނެއެވެ. ނަމަވެސް މާ ގިނައިރަކު އެގޮތަށް ލަޔާންގެ އަތު ނުޖެހިއެއް ނޫޅެވުނެވެ. ލަޔާންއަށް ވިޝިކާގެ އަތުގައި ހިފޭއިރަށް ގެންގޮސް ފާރާލާ ތަތްކޮށްލިއެވެ. އަދި ވިޝިކާގެ ދެފަރާތުން އަތްގެންގޮސް ފާރުގައި ވިއްދާލިއެވެ.  ވިޝިކާ ލަޔާންގެ އަތްދަށުން ނިކުންނަން މަސައްކަތްކުރިވަރަކަށް ލަޔާން ދިޔައީ ވިޝިކާއާއި ކައިރިއަށް ޖެހެމުންނެވެ. ” އޫމް މިއަދު ފިހާރަ ކައިރީގަ އިނީމެއްނު ބޯއިއެއްގެ އަތުގަ ހިފައިގެން.. އެއީ ކާކު؟” ލަޔާން ވިޝިކާގެ މޫނުގައި ޝަހާދަތްއިނގިލި ހިންގާލަމުން އެހިއެވެ. “ކީއްކުރަން އެ ގޮތް ބަލަނީ.. ކަލެއަށް ކީއް މަ ކޮންމެ މީހަކާއެކު އިނިއްޔާ..” ވިޝިކާގެ ގޮތުގައި ޖަވާބު ދިނުމުން ލަޔާން ދެ ބުމަ ކައިރިކޮށްލިއެވެ. “އެއީ ކާކުކަން ބުނާނީތަ އެހެންނޫނީ….” ލަޔާންގެ ޖުމްލަ ނިންމާލަމުން ވިޝިކާގެ ތުންފަތުގައި އިނގިލި ޖައްސާލިއެވެ. “އެއީ މަ ރައްޓެހިިވެގެން އުޅޭ ކުއްޖާ..” މޫނު އަނެއްފަރާތަށް އަނބުރާލަމުން ވިޝިކާ ޖަވާބު ދިނެވެ. “ކޮން ނަމެއް ކިޔަނީ؟” އަނެއްކާވެސް ލަޔާން ސުވާލުކުރިއެވެ. “އަޒްހީން…” “ދެން އޭނައާއެކު ފިހާރައަށްވަނީ ކާކު؟” ވިޝިކާ އަޒްހީންގެ ނަން ބުނުމާއެކު ލަޔާން އެހިއެވެ. “އެއީ އޭނަގެ ރައްޓެއްސެއް.. މޯޑް… އަދި އިތުރު ސުވާލެއް އެބައޮތްތަ؟” ވިޝިކާ މޯޑްގެ ނަން ބުނުމުން ލަޔާން އެއްޗެއް ނުބުނެ ހުންނަން ފެށުމުން އަހާލިއެވެ. “ހަހަ އުހުނ ދެން އޯކޭ ދިޔަޔަސް..” ލަޔާން އެހެން ބުނެފައި ގޮސް ކޮޓަރީ ދޮރުހުޅުވާލާއިރަށް ވިޝިކާ ނިކުމެގެން ގޮސް އޭނަގެ ކޮޓަރިއަށް ވަދެއްޖެއެވެ.

ކޮޓަރީ އެނދުމަތީގައި ދެފަރާތަށް ފުރޮޅި ފުރޮޅި އޮތް މަހުދީ ތެދުވީ އެއްގޮތަކަށްވެސް ނުނިދުމުންނެވެ. މަޑުމަޑުން ހިނގާލާފައިގޮސް ބެލްކަންޏަށް ނިކުމެ އެތާނގައި އިން ދިގު ގޮނޑީގައި ހަށިގަނޑު ދަމާލިއެވެ.  “އަވީ އާއި ދޭތެރޭގައި އަހަންނަށް އެހާވަރަށް މިވިސްނެނީ ކީއްވެބާ… ލަޔާން އާ ވާހަކަ ދައްކާގޮތަށް އަހަންނާވެސް ވާހަކަ ދައްކާނަމަ އަހަންނަށްވެސް އަވީ އުފާކޮށްދެވޭނެކަންނޭގެ.. އެކަމަކު އަވީ އަހަންނާ ވަރަށް ބީރައްޓެހި..ލަޔާން އެއީ އަދި އެހަށްދުވަހު އަވީއަށް ފެނުނު މީހެއް. އެކަމަކު ލަޔާންއާ އެހާ ފަސޭހައިން ގުޅުން ބަދަހިވީ ކިހިނެއްބާ… އަބަދުވެސް މިލާފައިވާ އަވީގެ މޫނުމަތިން އުފާވެރިކަން ފެނުނީމަ އަހަރެން ވާންޖެހޭނީ އުފަލެއްނު.. އެކަމަކު އަހަންނަށް އެކަމާ މިހާވަރަށް މި ވިސްނެނީ ކީއްވެ…” މަހުދީގެ ހިތުގައިވަނީ ހައިޖާނުގަނޑެއް އުފެދިފައެވެ.

މަހުދީއަށް ހެނދުނު ހޭލެވުނީ ލަޔާން ގޮވަނިކޮށެވެ. އޭރު ގަޑިން 8ޖަހާ ބޮޑުވެއްޖެއެވެ. ރޭގަ އެހާލަހުން ނިދުނީމަ ފަތިސް ނަމާދަށްވެސް މަހުދީއަށް ނުހޭލެވުނެވެ. “އޭ ބްރޯ ހިނގާ އަވަހަށް ފެންކުޅެލާފަ މަހަށް ދާން.. މަ މިހުންނަނީ ދެ ކަންތައްވެސް ކުރާހިތުން” ލަޔާން އަވަސްކޮށްލާފަ ބުނިގޮތުން މަހުދީ ކައިރިއަށް ހިނިވެސް އައެވެ. ” ސާބަހޭ ރޭގަ ނުވެސްނިދަންދޯ ކަންކަން ކުރާހިތުން.. ސައިބޮއެފިންތަ؟ މަ އެބަދަން އިރުކޮޅަކުން ފެންވަރާ ނަމާދުކޮށްލައިގެން.. ލަޔާން ދޭބަލަ އެހަށް މި ހިސާބުގަނޑުގަ އުޅޭ އަންހެންކުދިންގަޔަށް ފެންޖަހަން.. ހަހަހަ…” މަހުދީ އެހެން ބުނުމުން ލަޔާން އަވަސްކުރައްޗޭ ބުނުމަށްފަހު ކޮޓަރިން ނިކުމެގެން ދިޔައެވެ. ލަޔާން ދިއުމުން މަހުދީ ތެދުވެ ފާހާނާއަށްވަނެވެ.

މަހުދީގެ ކޮޓަރިން ނިކުމެގެން އައި ލަޔާންއަށް އަވްލީން ފެނުނީ ގެއިން ބޭރަށް ނިކުންނަނިކޮށެވެ. ލަޔާން ސިއްރު ސިއްރުން ގޮސް ބަލައިލިއިރު ބޫޓުތަކެއް ހިފައިގެން ފެންއަޅާފައި އިން ތައްޓެއްކައިރީ އަވްލީން އިށީންެދެއްޖެއެވެ. ލަޔާން ކާބަޔަށްވަދެ ބޮޑު ޖަގަކަށް ފެން އަޅައިގެން ނިކުމެގެން ދިޔައީ އަވްލީން ގަޔަށް އެ ފެންޖަގު ޖަހާށެވެ. ފެންޖަގު ހިފައިގެން އަވްލީންއާ ހަމައަށް ދިޔައިރުވެސް އަވްލީންއަށް ރޭކާވެސް ނުލައެވެ. އަވްލީން އިނީ އޭނާ އާ ވިޝިކާމެންގެ ސްކޫލަށްދާ ބޫޓު ދޮވެލަ ދޮވެލައެވެ. ” ހައި އަވީ …. މިއަދު ވަރަށް ހުނުގަދަ ދޯ.. ބަޓް ޑޯންޓް ވޮރީ އަވީގެ ބޭބެ މިހުރީނު… އަަހަރެން އަވީ ކޮއްކޮއަށް ފިނިކޮށްލަދީފާނަން…” ލަޔާން ވާހަކަ ދައްކަން ފެށުމުން އިސްއުފުލާލައިގެން ލަޔާންގަޔަށް ބަލަން އިން އަވްލީން ފުންމައިގެން ތެދުވީ އޭނާގެ ބޮލަށް ލަޔާން ފެންޖަގު އޮއްސާލުމުންނެވެ. ލަޔާން އެ ގޮތަށް ކަންތައްކުރުމުން ފުރަތަމަ އަވްލީން ލަޔާންގަޔަށް ބަލަން އިރުކޮޅަކު ހުރި ނަމަވެސް ދެވަނަ ސިކުންތުގައި ލަޔާން ފަހަތުން ހެމުން ދުއްވައިގަތީ އޭނާ ބޫޓު ދޮންނަން އިިން ފެންތަށި ކައިރީ އިން ކުޑަ ބާލިދީއަށް ފެންތަށިން ފެންއަޅައިގެންނެވެ. ލަޔާންވެސް އަވްލީންގެ އަތު ނުޖެހޭންވެގެން ދުއްވައިގަތެވެ.

ބާލިދީ ހިފައިގެން ލަޔާން ފަހަތުން ދުވެފައި ދިޔަ އަވްލީން ގޮސް ލައިގަތީ ގެއިން ނިކުމެގެން އައި ވިޝިކާ ގައިގައެވެ. އަވްލީން އަތުގައި ހުރި ފެންތައް ވިޝިކާ ގަޔަށް ބަންޑުންވުމުން އަވްލީން ހުރީ ވަރަށް ހާސްވެފައެވެ. ” ޔޫ ބިޗް… އަނެއްކާ މި ޖެހުނީ އެއްޗެހި ބަދަލުކުރާކަށެއްނު.. ބައިދަވޭ މިހާރު ގޭތެރެއިންވެސް ކުޅިގަނޑެއް ފެށީތަ؟ ހުއް ލަނޑަޔާ ވާނީ ލަނޑަޔާއެއްނު.. އަސްލުވެސް ތި ދެމީހުން ވަރަށް ގުޅޭ… ހަހަހަ” ވިޝިކާ ތެމުމުން އައި ރުޅީގައި އަވްލީންއާއި ދިމާލަށް އެއްޗެހި ކިޔަންފެށިއެވެ. ” އަވީ ގަސްދުގައެއް ނޫނޭ އެއީ.. އެހެން ނޫނަސް މިއަދު މީ މިރަށު މީހުން ފެންކުޅޭ ދުވަހެއްނު… ސޯ ބީ ކޫލް.. ތިހާ ރޫޑް ނުވެބަދޯ އެންގްރީ ބާޑް” ލަޔާން ހިތްހަމަ ނުޖެހުނު ނަމަވެސް ވާހަކަ ދެއްކީ ސަމާސާ ރާގަކަށެވެ. “މަށެއް ނޫޅެން ފެންކުޅޭކަށެއް.. ކަލޭމެން ދެމީހުން ތި ކުޅޭ އެއްޗެއް ކުޅި ކުޅި ތިބެބަލަ އެހެން މީހުންނާ ނުބެހި..” ވިޝިކާ އެހެން ބުނުމަށްފަހު ރުޅިގަދަވެފައި ހުރެ ގެއަށް ވަންނަން ދަނިކޮށް މަހުދީ ގެއިން ނިކުތެވެ. ” ބްރޯ މިއަދު ކުދިން ކުދިން މޫދަށްލުމުގެ ހުއްދަވެސް އޮންނާނެދޯ؟” މަހުދީއަށް ބޮލުގެ އިޝާރާތުން ވިޝިކާ ދައްކާލަމުން ލަޔާން އެހެން ބުނުމުން މަހުދީ ކައިރިއަށް ހިނިއައިސްގެން ހުރެ ބޯޖަހާލިއެވެ. ތިޔައިރުން ތިވީއޭ ބުނެފައި ލަޔާން ދުވެފައިގޮސް ގެއަށް ވަންނަން ދިޔަ ވިޝިކާ ނަގާ އަތްދަނޑިމައްޗަށް ލައިގެން ހިނގައިގަތެވެ. ގޯތިން ނިކުންނަންދަމުން މަހުދީ ކައިރީ އަވްލީން ގޮވައިގެން އަންނާށޭ ބުނެލިއެވެ. އޭރު ވިޝިކާ ގަދަހަދަމުންދެއެވެ.

ލަޔާން ވިޝިކާ ގޮވައިގެން ނިކުމެގެން ދިޔަ ދިމާލަށް ބަލަން ހުރި މަހުދީ އަވްލީން އާއި ދިމާލަށް ބަލައިލިއިރު އަވްލީންވެސް ހުރީ ތެމިފައެވެ. ވަގުތުން އެއީ ލަޔާންގެ ކަމެއްކަން މަހުދީއަށް އިނގުނެވެ. މަހުދީ އަވްލީން އާއި ކައިރިއަށް ހިނގައިގަތުމުން އަވްލީން މަހުދީއަށް ބަލައިލުމަށްފަހު ފަހަތަށް ޖެހެން ފެށިއެވެ. ފަހަތަށް ޖެހެމުންދިޔަ އަވްލީން ގަހެއްގެ މޫގަނޑެއްގަ އަޅައިގަނެފަ ވެއްޓެންދިޔަ ވަގުތު މަހުދީ ކުރިއަށް ޖެހިލާ ހުށިޔާރުކަމާއެކު އެ ހިމަ ހިމަ އުނަގަނޑުގަ ހިފައްޓާލައި ހަށިގަނޑު ތެދުކޮށްލިއެވެ. ” އަވީ…” މަހުދީ މަޑު މަޑުން އަވްލީންއަށް ގޮވާލިއެވެ. އެ ގޮވާލުމުގައި ބުނެދޭން ނޭނގޭ ކަހަލަ އަސަރެއްވާކަން ކަށަވަރެވެ. އަވްލީން އިސްއުފުލާ ބަލާލި ނަމަވެސް އަނގައަކުން ނުބުނެއެވެ. ” އަވީ މޫދަށް ދާނަންތަ” ހަމަހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު އަނެއްކާވެސް މަހުދީ ވާހަކަ ދެއްކިއެވެ. މަހުދީގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން އަވްލީން ބޯ ހޫރާލިއެވެ. “އަވްލީން އަވްލީން….” ގޭތެރެއިން ސަބީނާ އަވްލީންއަށް ގޮވަމުން ބޭރަށް ނިކުންނަން އަންނަ އަޑު އިވުނެވެ. އަވްލީންގެ ދެ ލޯ ބޮޑުކޮށްލެވުނީ މަހުދީއާއެކު ހުއްޓާ ފެނިއްޖާ ސަބީނާ ކިޔާނެ އެއްޗެއްވެސް ނޭނގޭތީއެވެ. މަހުދީއަށް އަވްލީންގެ މޫނުމަތީގެ ކުލަވަރު ފާހަގަވިއެވެ. މަހުދީ ވިސްނާލުމަށްފަހު ކުއްލިއަކަށް އަވްލީންގެ އަތުގައި ހިފައިގެން ދުވެފައިގޮސް އެތާ ކައިރީ އިން ގިފިލިތެރެއަށްވަނެވެ.

އަވްލީންއަށް ގޮވަމުން ނިކުތް ސަބީނާއަށް އަވްލީން ނުފެނުމުން ކުދި ކިޔަމުން ނިކުމެގެން ދިޔައީއެވެ. ގިފިލި ތެރެއަށް ވަން މަހުދީ ހުރީ އަދިވެސް އަވްލީންގެ އަތުގައި ހިފިގޮތަށެވެ. “ދައްތަ ގޮއްސިކަންނޭގެ.. ދެން ދައްކާ އަހަރެން ނިކުންނަން” މަހުދީ އަތުގައި އޮތް އަވްލީންގެ އަތަށް ދަމާލަމުން އަވްލީން އެހެން ބުނުމުން މަހުދީ ހީލިއެވެ. ” މިއަދު މީ ފެންކުޅޭ ދުވަހެއްނު.. އަހަރެންވެސް ޖެހޭނެއެއްނު އަވީގަޔަށް ފެންޖަހަން..” މަހުދީ އެހެން ބުނުމަށްފަހު އަވްލީންގެ އަތުގައި ހިފައިގެންގޮސް މާގަނޑު ދަށުގައި ބެހެއްޓިއެވެ. މަތި ހިޔާނުކޮށްއިން އެ ގިފިލީގައި ދާނިން ފެންވެރޭގޮތަށް ހުއްޓެއްކަމަކު ފާހާނާ ތައްޓާއި މާގަނޑު ފަދަ ތަކެތި ހުރީ ހަރުކޮށްފައެވެ. އަދި ކުރީ ޒަމާނުގެ ގިފިލިތަކާއި ހިލާފަށް ތަޅުންގަނޑާއި ބިތުގައި ހުރީ މުށިޖަހާފައެވެ. އަވްލީން މާގަނޑުދަށުން ދުރަށްދާން އުޅެން ހެދުމުން މަހުދީ އަވްލީންގެ ދެ ކޮނޑުގައި ހިފަހައްޓާލީ މާގަނޑު ދޫކޮށްލުމަށްފަހުގައެެވެ. އަވްލީން ގެނައި ކުއްލި ހަރަކާތަކާއެކު ފަހަތަށް ޖެހިލުމުން މަހުދީއަށްވެސް ހުރެވުނީ މާގަނޑުދަށަށްވަދެވިފައެވެ. ދެމީހުންގެ ބޮލަށް ފެންތައްވެހެމުން ދިޔައިރު ދެމީހުންނަށް ތިބެވުނީ އެކަކު އަނެކަކުގެ މޫނަށްބަލާށެވެ. ދެމީހުނަށް އެކެއް އަނެކަކާއި ކައިރިވެވެމުންދިޔައީ އެއްވެސް އިހުތިޔާރަކާނުލައެވެ. މަހުދީ ހިފަހައްޓައިގެން ހުރި އަވްލީންގެ އަތުން ދޫކޮށްލުމަށްފަހު އަވްލީންގެ މޫނުގައި ހިފަހައްޓާލިއެވެ. އަދި ބޮޑަށް އަވްލީންއާއި ކައިރިއަށް ޖެހިލާ މޫނާއި ދިމާލަށް ގުދުވެލިއެވެ. އަވްލީންއަށް ކުރުވަމުންދާ އާ އިހުސާސްގައި ލޯ މަރާލެވުނެވެ. ނަމަވެސް ކުއްލިއަކަށް ލޯ ހުޅުވާލުމަށްފަހު އޭނައާ ދިމާލަށް ގުދުވެގެން އޮތް މަހުދީ ކޮށްޕާލުމަށްފަހު ދުވެފައި ނިކުމެގެންދިޔައެވެ.

އަވްލީން ނިކުމެގެން ދިޔަ ދިމާލަށް ބަލަންހުރި މަހުދީ ބޮލުގައި އަތްހާކާލުމަށްފަހު ނިކުމެގެންދިޔައީ ލަޔާންމެން ކޮބައިތޯ ބަލައިލާށެވެ. މަހުދީ މަގުމައްޗަށް ނިކުމެ ދެކޮޅު ބަލާލުމަށްފަހު ހިނގައިގަތީ އެންމެ ފަސޭހައިން އަތިރިމައްޗަށް ނިކުމެެވެން އޮތް މަގުންލާފައެވެ. ވަކި ހިސާބަކަށް ދެވުނުތަނާ ފަހަތުން އައި އަންހެން ގުރޫޕެއް މަހުދީގަޔަށް ކުލަ ޕެކެޓްތަކެއް ޖަހާލިއެވެ. އެ ގުރޫޕްތެރޭގައި މަހުދީގެ މަންމަ ފަރާތު ދޮންދައްތަގެ ދަރިފުޅު ޒީނަތު ހުއްޓާ ފެނުމުން މަހުދީ ޒީނަތު ފަހަތުން ދުއްވައިގަތެވެ. “ހިނގާ މޫދަށް ދާން.. މަގޭ ގަޔަށް ފެންޖަހާފަ ތިހެން ސަލާމަތެއްނުވެވޭނެ އިނގޭ..” ޒީނަތު އަތުލުމަށްފަހު މަހުދީ ޒީނަތުއަށް ބަލާލާފައި ބުންޏެވެ. ޒީނަތު ނުދާން ގަދަހަދަނިކޮށް އަތްދަނޑިމައްޗަށް އުފުލާލައިގެން މަހުދީ ހިނގައިގަތީ މޫދަށްދާށެވެ.

މަހުދީ ޒީނަތު ގޮވައިގެން މޫދު ކައިރިއަށް ދިޔައިރު މޫދުގައި ފުދޭވަރަކަށް ކުދިން ތިއްބެވެ. އެ ކުދިންތަކުގެ ތެރެއިން މަހުދީއަށް ލަޔާން އާއި ވިޝިކާ ފެނުނީ ތަންކޮޅެއް ފުން ހިސާބެއްގައި ތިއްބައެވެ. މަހުދީ ޒީނަތު ތިރީގައި ބެހެއްޓުމަށްފަހު އަތު ހިފައިގެން ހިނގައިގަތީ ލަޔާންމެން ކައިރިއަށް ދިއުމަށެވެ. ” ސަބީ… ދެންމެ މޫދަށް އެ އެރުނީ ސަބީގެ ދަރިފުޅު ދޯ… އޭނަ އާއެކު އެ ހުރީ ޒީނަތު.. އަނެއްކާ އެ ދެ ކުދިންގެ ގުޅުމެއް އޮންނަނީތަ؟” އަތިރިމަތީގައި އިން ޖޯއްޔެއްގައި އޮތް ސަބީނާއަށް ފެނުނު މަންޒަރާމެދު ވިސްނަން އިންދާ ކައިރީގައި އިން ޒުލޭހާ އަހާލި އެއްޗަކުން ސަބީނާގެ ތުންފަތަށްވެރިވެގެންދިޔައީ ހިނިތުންވުމެކެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

iff

Level 210 Stories100 Comments

Other Articles

Previous

ތިޔަ ދިން އުފާ 14

Next

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (އަށާވީސްވަނަ ބައި)

Next
September 14, 2017

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (އަށާވީސްވަނަ ބައި)

Previews
September 14, 2017

ތިޔަ ދިން އުފާ 14

18 Comments!

  1. Aisha says:
    September 14, 2017 at 3:04 pm

    Yayyy!me first♥

    1. iff says:
      September 15, 2017 at 9:00 am

      Yayy ?

  2. What ever says:
    September 14, 2017 at 3:26 pm

    Second?
    Btw beautiful story waiting 4 nxt part???

    1. iff says:
      September 15, 2017 at 9:01 am

      Thank yu ??

  3. Nadheema says:
    September 14, 2017 at 3:57 pm

    me the third dho hehehe
    by the way varah ves salhi

    1. iff says:
      September 15, 2017 at 9:02 am

      Thank yu nadhee ??

  4. Imtoa? says:
    September 14, 2017 at 4:18 pm

    varah reethi story…mi forth ahahah?❤

    1. iff says:
      September 15, 2017 at 9:03 am

      Thank yu imtoa ??

  5. song joong ki..KOREAN says:
    September 14, 2017 at 7:13 pm

    woww. varahh salhi mi bai…. keep it up dear 🙂 🙂

    1. iff says:
      September 15, 2017 at 9:03 am

      Thank song joong ki ??

  6. Alvyn says:
    September 14, 2017 at 7:59 pm

    Awww Finalllyy.. V v nice.

    1. iff says:
      September 15, 2017 at 9:04 am

      Thank yu alvyn ??

  7. Ainth says:
    September 14, 2017 at 10:15 pm

    Masha Allah…. Mi baives v rythi..maa lahy part thah up kohdheyleh..eyee mahsala aky..kiyaa hithun vaguthu gunaala gunaala mi hunnan jeheny..v kiyaa hiyvaa vaahakaeh

  8. Amin says:
    September 15, 2017 at 8:58 am

    V reethi

    1. iff says:
      September 15, 2017 at 9:05 am

      Thank yu amin ??

  9. thalpalhey ? says:
    September 15, 2017 at 3:04 pm

    Varah varah nabbu..❤❤❤kon irakun next part??

    1. iff says:
      September 16, 2017 at 8:36 am

      Thank yu thalpalhey ??
      Iff ah v enme avahakah up kohdheynan ?

  10. Xaan says:
    September 16, 2017 at 9:55 pm

    Thi v thihen v yaa…iff ah v emme avahah v yaa ….rangalhu dhen habaru v yaa….bxy ey dhw manjje vx ……keeh kuraa thee hey thi haa bzy …….ahen nu vaanee vey vihya ….???

Comments are closed.

Next Episodeއަވްލީން (10ވަނަ ބައި)←


All Right Reserved!