ހަނދުވަރު ދިން އެރޭ … 11 ހުދުކުލައިގެ ކައިވެނި ހެދުމުގައި ރީތިވެލައިގެން ހުރި ޒީނާގެ މޫނު މަތީގައި ވީ މައުސޫމު ކަމާއި ފުރިހަމަ ކަމެވެ. ލޯގަނޑު ކުރިމަތީ ހުއްޓިލައިގެން ހުރި ޒީނާގެ ފަހަތުގައި ލީޝާއާއި ޒާނާ ހިނިތުންވެފައި ތިބީ އުފަލުންނެވެ. ”ވާ.. ޗާލު،ވ ލޯބި.. ޝަޔާން މޮޔަ ވާނެ.. އައިމް ސޯ ހެޕީ.. ފައިނަލީ ޔުރ ގެޓިން މެރިޑް ..“ ލީޝާ ޒީނާގައިގައި ބައްދާލަމުން ތަޢުރީފު އޮއްސަމުން ދިޔައިރު ޒާނާ ވެސް ބޯޖަހާލަމުން ހީލިއެވެ. ” […]
ހިތުގެ ރިހުން ފަނޑުވެ ގެއްލި ދިޔަ ހުވަފެންތަކޭ، ފަޅުވެ ވީރާނަވީ މި ފުރާނައޭ، ކަޅު ވިލާތައް ބޯވަމުން އުދަރެސްއެކީ، ކަނުވެ އަނދިރީގަވީ މޮޅިވެރިކަމޭ ބަނަވެ ދިޔަ ހިތްދަތި މީ ހަޔާތެކޭ، ހަމަހިލާ ނިމުމެއް ނުވީ ރިހުންތަކޭ، ވަކި އަޅައި ވިހަލީ އެތައް މިތުރުންނެކޭ، ދެކި އަތުން މިހިތަށް ހަރާލި އެ ހަންޖަރޭ ހަށިފޮޅާ ތެދުވަން ލެވުނުހާ ހިތްވަރުން ، ބަލި މަގޭ ނަފްސަށް ނެތޭ އާރޯކަމެއް، ކަށި އެކީ ފީވާން މިތާ އޮތަކަސް ޔަޤީން، ނެތް […]
ހަނދުވަރު ދިން އެރޭ …10 ރީހާން ޒާނާއާއި އިތުރަށް ގާތްވެލިއެވެ. އޭނާގެ ހިއްސުތަށް ޒާނާގެ ލޯތްބަށް އެދި ގޮވަމުން ދިޔައިރު އެހެން ބަޔަކާމެދު ފިކުރު ކުރަން ބޭނުން ވެސް ނުވާފަދައިން ޒާނާގެ ތުންފަތަށް ކަޅިހުއްޓާލައިގެން ހުރީއެވެ. ދެ މީހުންގެ އެ ހަމަހިމޭންކަން ނިމުމަކަށް އައީ ބޭރުގައި ހުރެފައި އައިސް ދޮރުމައްޗައް އެރި ޝަޔާންގެ އަޑަށެވެ. ފޯނުން ވާހަކަ ދައްކަމުން ވަދެގެން އައި ޝަޔާންގެ އަޑު އިވުމާއިއެކު ސިހިފައި ދެމީހުންނަށްވެސް ދުރުވެލެވުނެވެ. ޒާނާ އިސްދަށަށް ޖަހާލަމުން އެނބުރި ހިނގައިގަތުމުން […]
ހަނދުވަރުދިން އެރޭ…9 ނާގެ ހިތުގައި އަހަންނާ މެދު ކޮންމެވެސް އެއްޗެއް ވާކަން ތި ލޮލުން އެކަނިވެސް ދޭހަވޭ…ބުނެބަލަ.. އެއްފަހަރު ނަމަވެސް ތި ދުލުން ބުނާ އަޑު އަހަން ބޭނުން.. އަހަރެން ދެކެ ލޯބި ވޭތަ؟…ވޭތަ؟“ ރީހާންގެ އާދޭސް އަޑުއަހަން ހުރި ޒާނާއަށް ބޯޖަހާލެވުނެވެ. ” ލޯބި…ވޭ “ ލަސްލަހުން ވައި އަޑަކުން ޒާނާ ބުނެލުމާއެކު ރީހާންގެ ހިތް އުފަލުން ރޯންފެށީއެވެ. އޭނާގެ ވީރާނާވެފައިވާ ހިތުގައި އާ ވިންދެއް ޖަހަންފެށީއެވެ. އަސަރުން ފުރިގެންވާ ގޮތަކަށް ބަލާލަލަމުން ރީހާން […]
ހަނދުވަރުދިން އެރޭ…8 ރީހާންވެސް ނިހާން މެން ފަހަތުން ދާން ހިނގައިގަތްތަނާ ކާރެއް އައިސް ތަންކޮޅެއް ދުރަށް މަޑު ކުރި އަޑު އިވުމުން ފަސްއެނބުރި ބަލާލިއިރު ކާރު މަޑުކުރީ ޒާނާމަންޒިލަށެވެ. ކާރުން ފައިބައިގެން ހިނގައިގަތީ އޭނާ އެ ސޫރަ ދެކެން ކެތް މަދުވެ އެތައް އިންތިޒާރަކާއިއެކު އެހަނދާނުގައި އެތަކެއް ވޭނީ ކަރުނައެއް އެޅި ޒާނާއެވެ. އިސް ދަށަށް ޖަހާލައިގެން ފޯނާ ކުޅެމުން ކާރުން ފޭބިގޮތަށް ޒާނާ ގޭގެ ބޮޑު ދޮރާށިން ވަންނަންދެން ރީހާން ހުއްޓި ބަލަން ހުރީ […]
ހަނދުވަރުދިން އެރޭ…7 ޝަޔާން ހިނިތުން ވެލަމުން ކާރުގެ ދޮރު ހުޅުވައިދެމުން ޒީނާއަށް ތަންދައްކާލިއެވެ. ޒީނާ ކާރަށް އެރުމުން ޝަޔާން ކާރުގައި ގޮސް މަޑުކޮށްލީ ’ ސީ ބްރީޒް‘ ރެސްޓޮރެންޓަށެވެ. ރަށުގެ ބަނދަރު މައްޗާ ދިމާލަށް ކުރިމަތީގައި ހަދާފައި ވާ އެ ރެސްޓޮރެންޓް ގެ މަތީގައި ޖޯޑުތަކަށް ހާއްސަކޮށް އެތުރިފައި ހުރި މޭޒު ތަކުން މޭޒެއްގައި އިށީނދެގެން ތިބި އިރު ބަނދަރުމަތި އެއްކޮށް ފެނެއެވެ. އޮރެންޖު ކުލައިގެ ފަނޑު އަލިކަމެއް ދޭ ބޮކިތަކުން ދިއްލާފައު ހުރި އިރު ވަށައިގެން […]
ހަނދުވަރުދިން އެރޭ…6 ”ހަމަ އޭނަގެ ސަބަބުން.. ހަމަ އެ ޒާ…“ ރީހާން އަނެއްކާވެސް އަތް މުއްކަވައި ފާރުގައި އޭނާގެ އަތުން ބާރަށް ޖަހާލަމުން މައިރާ ގެ ޖުމްލަ މެދުކަނޑާލިއެވެ. ކައިރީގައި ހުރި މައިރާ ތުރުތުރު އަޅަންފެށީ ރީހާން ގެ ރުޅި ފެނި އޭނާ ކޮންޓްރޯލުން ނައްޓައިފިކަން ހިތަށް އައުމުންނެވެ…” ޝްްޝް…!! މައިރާ ތިހިރީ…“ ރީހާން އަށް ބުނެވެން އުޅުނު ލަފްޒު ދުލުން ބޭރުވުމުގެ ކުރިން މި ކުރެވެން އުޅެނީ ރަނގަޅު ކަމެއް ނޫންކަން އޭނާއަށް އިހުސާސްވެ […]
ހަނދުވަރުދިން އެރޭ…5 ރީހާން ދިއުމުން އަހަރެން ގޮސް އެ ގަނޑު ނިއުޅައިލަމުން އެއީ ކޮން އެއްޗެއްތޯ ބަލާލީމެވެ. އެތައް މަހެއް ކުރިން އަހަރެން ރީހާން އަށް ފޮނުވި އަހަރެންގެ ތަސްވީރެއް ކުރަހާފައިވާ އެ ގަނޑުގެ ތިރީގައި ކުޑަ ނޯޓް ކޮޅެއް ލިޔެފައި އިނެވެ. ’ ހަނދުވަރު ދިން އެ ރޭ…ފެނުމުން ކަލާ، ހީވޭ މިހިތް ދޫވެއްޖެހެން، ރީތީގެ ތިޔަ ރާނީއަށް.. ތީއޭ މަގޭ ހަނދަކީ.. ހޯދަން އަބަދު މިދެލޯ އެދޭ.. ~ ރީ ނާ ~ ‘ […]
ހަނދުވަރުދިން އެރޭ …4 ހެނދުނުގެ ނާސްތާ އަށް ފަހު އަހަރެން ހުޝާމް އަށް ގުޅާލީމެވެ. ހުޝާމް ފޯނެއް ނުނަގައެވެ. އިރުކޮޅަކުން ކޮށްލި މެސެޖްގައި އޮތީ ވަރަށް އާރޖެންޓް މީޓިންއެގައި އޮފީހުގައި ކަމަށެވެ. އަހަރެން ވީ ފޫއްސެވެ. އިތުރަށް ހުޝާމްއާއި ވާހަކަ ދައްކަން މަސައްކަތް ކުރުމުގެ ބޭނުމެއް އަހަންނަކަށް ނުފެނުނެވެ. އަހަރެން ފޯނު ނަގައި ރީހާން އަށް މެސެޖް ކޮށްލީމެވެ. ” އައި ނީޑް ޔުރ ހެލްޕް“ . މާގިނަ އިރުތަކެއް ނުވެ ރީހާން އަހަންނަށް ގުޅީ އަހަރެން […]