ހަނދުވަރު ދިން އެރޭ … 20 ” ޕޭޝަންޓް ގެ ޙާލު ވަރަށް ކްރިޓިކަލް.. ބޮލަށް ބޮޑެތި އަނިޔާ ލިބިފަ ހުރީމަ.. އޮޕަރޭޝަން ކުރެވުނަސް އަދި އެއްޗެއް ބުނަން މާ އަވަސް. އައި ސީ ޔޫ އަށް ޕޭޝަންޓް ޝިފްޓް ކޮށްފަ އިތުރު ފަރުވާ ދޭންޖެހޭ.. ވަރަށް އުއްމީދު ކުޑަ .. ބަޓް ލެޓްސް ޕްރޭއި.. “ އިތުރު ދެ ޑޮކްޓަރަކާއެކު ނުކުތް ޑރ އަފްޒަލް ވާހަކަ ދެއްކީ އިލްހާމްއާއި ހާދީ އާއެވެ. ކައިރީގައި އަޑުއަހަން ތިބި […]
ހަނދުވަރު ދިން އެރޭ … 19 ”އަސްމާ! .. ރީހާން… ! ލޯންޗު އެކްސިޑެންޓްވެ ރީހާން ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިއްޖެ.. ! އެކަމަކު ރީހާން ގެ ހާލު ދެރަ.. ހޮސްޕިޓަަލަށް ގެންދޭއެބަ.. އިލްހާމް ކައިރީ ބުނޭ އަވަހަށް ދާން އެތަނަށް ..“ ހާދީގެ ވާހަކަ އިވުމުން އަސްމާ އަތުން ފޯނުވެސް ދޫވެގެން ވެއްޓުނީއެވެ. ލިބުނު ޚަބަރުން ދުނިޔެ ހުއްޓުނު ފަދައިންނެވެ. އެވަގުތު ފާހާނާއިން ނުކުތް އިލްހާމަށް އަސްމާ ހުރިގޮތް ފެނުނެވެ. އަތުން ދޫވެގެން ވެއްޓުނު ފޯނު […]
ހަނދުވަރު ދިން އެރޭ … 18 ކޮޓަރިތެރޭ ހުރީ ހުޝާމެވެ. އޭނާގެ ކުރިމަތީ ހުއްޓި ހުރީ ޒުވާން އަންހެން ކުއްޖެކެވެ. ދެ މީހުން ތިބީ ނުހަނު ގާތުގައެވެ. އެ އަންހެން ކުއްޖާގެ ދެއަތުން ހުޝާމްގެ މޫނުގައި ހިފަހައްޓާލައިގެން ދެ މީހުންގެ ނޭވާ އިހުސާސްވާހާ ގާތުގައި ތިބި އިރު ހުޝާމް ހުރީ ނިދަން ލާ ސޯޓުގައި ހުސް ގަޔާއެވެެ. ކުރިޔަށް ފިޔަވަޅެއް އަޅަންވީ ކަމެއް އައިކޮޅަށް އެނބުރި ދާންވީކަމެއް ނޭނގި ހުއްޓުނު ޒާނާ ސިއްސައިގެން ދިޔައީ އަތުގައި އޮތް […]
ހަނދުވަރު ދިން އެރޭ … 17 ” ކީއްކުރަން މި އޮފިހަށް ހާނީ ތި ޖޮއިން ކުރީ.. ؟“ ހުޝާމް ސުވާލުކޮށްލީ އޭނާގެ ލެޕްޓޮޕާ ދިމާއަށް އެނބުރި މޭޒުމަތީގައި އަތް ވިއްދާލަމުން ހާނީއަށް ފުރަގަސް ދެމުންނެވެ. ” ޓު ސީ ޔޫ އެވްރީ ޑޭ.. ޓު ޓޯކް ވިތް ޔޫ.. ޓު ސްޕެންޑް ޓައިމް ވިތް ޔޫ…“ ހާނީ އަނެއްކާވެސް ހުޝާމްގެ މޫނު ފެންނަ ހިސާބަށް ޖެހިލަމުން ހިނިތުންވެލާފައި ޖަވާބުދިނެވެ. ހާނީގެ އަޑު އިވުމުން ހުޝާމްއަށް ހާނީއަށް […]
ހަނދުވަރު ދިން އެރޭ … 16 ”މަންމާ …ކިހިނެއްވީތަ؟ ރީހާންއަކަށް ނުވެސް ގުޅޭ… !!“ މައިރާ ހާސްވާންފެށިއެވެ. ”ބައްޕަ ކައިރިން އަހާބަލަ.. ނޭނގެ ވެގެން އުޅޭ ގޮތެއް އަދި ސާފެއް ނުވޭ..“ ހަބީބާ ބުނެލުމާއެކު މައިރާ ހާދީ ހުރި ކޮޓަރިއަށް ދާން ހިނގައިގަތެވެ. ފަހަތުން ހަބީބާވެސް ގޮސް ދޮރުމައްޗަށް މަޑުކޮށްލި އިރު ހާދީ ފޯނުން ވާހަކަ ދައްކަން ހުއްޓެވެ. ”ކޮން ލޯންޗެއްތަ އެކްސިޑެންޓް ވެގެން އުޅެނީ.. ’ސަންސެޓް‘ މީހުންގެ ލޯންޗްތަ؟؟ “ ހާދީގެ އަޑު އިވުމުން މައިރާއަށް […]
ހަނދުވަރު ދިން އެރޭ … 15 ” އެހެންވިއްޔާ މައިރާ އަށް ބޭނުންވާ ވަގުތު އަހަރެން ދޭނަން.. މައިރާގެ މަޢާފު އަހަންނަށް ލިބޭނީ ކިހިނެއް؟ “ ރީހާންގެ ސުވާލަށް ދޭނެ ޖަވާބެއް މައިރާއަކަށް ނުވިސްނުނެވެ. ” ނޭނގެ.. ދެން ތި ފުރުސަތު ރީހާނަށް ދެވޭކަށް ނެތް. “ މައިރާ އަވަސް އަވަހަށް އެތަނުން ނުކުމެގެން ދިޔައީ ރީހާން އިތުުރު އެއްޗެއް ބުނާ އަޑު އަހަން ބޭނުން ނެތުމުންނެވެ. ***** އާ ދުވަހަކަށް ދުނިޔެ ކުރިމަތިލީ ބަނަވިލާތަކަކުން އުދަރެސް […]
ހަނދުވަރު ދިން އެރޭ…14 އެންމެ ފުރަތަމަވެސް އޭނާ ހުޅުވާލީ ހުޝާމްގެ ނަންބަރަށް ފޮނުވާފައިވާ ފޮޓޯތަކެވެ. އެއާއެކު ފޯނުން މައިރާ ދެއްކި ވާހަކަ ރީހާނަށް ވިސްނުނެވެ. ފޮޓޯތައް ބަލާފައި ރީހާން މައިރާގެ މޫނަށް ރަނގަޅަށް ބަލާލިއެވެ. ” މިއީތަ ރަށަށް އައިމަ ދޭނަމޭ ބުނި ސަޕްރަޒަކީ؟“ ރީހާންގެ އަޑުގައިވީ ނުރުހުމެވެ. އިރުކޮޅަކު މައިރާ އެއްޗެއް ނުބުނެ އިސްޖަހާލި ނަމަވެސް އޭނާގެ ހިތުގައި ޝަކުވާ ގިނަވިއެވެ. ” ތި ފޮޓޯ ފެންނަ ކޮންމެ މީހަކުވެސް ސަޕްރައިޒް ވާނެ. ނޫންތަ؟ […]
ހަނދުވަރުދިން އެރޭ … 13 ޒާނާއަށް ދޭން ގެންދިޔަ މާ ބޮނޑި ބެންޗުމަތިން ނަގާ ބިންމައްޗަށް ހޫރާލަމުން ލަގެޖް ހިފައިގެން ޓެކްސީއާއި ދިމާއަށް ހިނގައިގަތް އިރު ހުޝާމްގެ ދެލޯވަނީ ކަރުނުން ތެމިފައެވެ. އޭނާގެ ހިތުގައި ފުރަތަމަ ފަހަރަށް ޒާނާގެ ސަބަބުން ފޫ ނުބެއްދޭނެ ބާގަނޑެއް ހެދުނުކަމުގެ އިޙްސާސް ކުރެވުނެވެ. ގޭގެ ދޮރުމައްޗަށް ޓެކްސީ މަޑުކޮށްލުމުން ހުޝާމް ސަމީރާއަށް ގުޅީ ގޭގެ ދޮރު ހުޅުވާށެވެ. ބޯކޮށް ވެހެމުން ދިޔަ ވާރޭގެ ސަބަބުން ސަމީރާ ނުކުުތީ ކުޑައެއް ނަގައިގެން […]
ހަނދުވަރު ދިން އެރޭ … 12 ” ނާ.. އައި ވޯންޓް ޓު ޝޯ ޔޫ ދިސް.. “ ރީހާން ފޯނު ހުޅުވާލަމުން ޒާނާއަށް ބުނެލިއެވެ. ” މީ ރީނާ.. އަހަރެންގެ ހަނދު.. މައި ޑޯޓާ.. “ ފޯނުގައި އިން އޭނާގެ ކުޑަ ދަރިފުޅުގެ ފޮޓޯއެއް ދައްކާލަމުން ރީހާން ޒާނާއަށް ބަލާލިއެވެ. ” ވ ލޯބި.. ދެ ކުދިން ލިބިއްޖެ ދޯ ރީހާނަށްވެސް.. “ ޒާނާ ހިނިތުންވެލަމުން ރަނގަޅަށް އެ ފޮޓޯ ބަލާލިއެވެ. ” ކިތައް […]