ހަނދުވަރު ދިން އެރޭ … 9
ހަނދުވަރުދިން އެރޭ…9
ނާގެ ހިތުގައި އަހަންނާ މެދު ކޮންމެވެސް އެއްޗެއް ވާކަން ތި ލޮލުން އެކަނިވެސް ދޭހަވޭ…ބުނެބަލަ.. އެއްފަހަރު ނަމަވެސް ތި ދުލުން ބުނާ އަޑު އަހަން ބޭނުން.. އަހަރެން ދެކެ ލޯބި ވޭތަ؟…ވޭތަ؟“ ރީހާންގެ އާދޭސް އަޑުއަހަން ހުރި ޒާނާއަށް ބޯޖަހާލެވުނެވެ. ” ލޯބި…ވޭ “ ލަސްލަހުން ވައި އަޑަކުން ޒާނާ ބުނެލުމާއެކު ރީހާންގެ ހިތް އުފަލުން ރޯންފެށީއެވެ. އޭނާގެ ވީރާނާވެފައިވާ ހިތުގައި އާ ވިންދެއް ޖަހަންފެށީއެވެ. އަސަރުން ފުރިގެންވާ ގޮތަކަށް ބަލާލަލަމުން ރީހާން ޒާނާގެ ދެއަތުގައި ހިފާލައި އެ އަތްތިލައަށް ފިތާލިއެވެ. އަދި ރީހާންގެ މޭގައި ޖައްސާލަމުން ޒާނާގެ ގައިގައި ބާރަށް ބައްދާލިއެވެ.
ރީހާންގެ މޭގައި މޫނު ފޮރުވައިގެން ހުރެ ކަރުނަ އަޅަމުން ޒާނާ ދިޔަ އިރު ހިނދުކޮޅަކަށް އެއްވެސް އެއްޗެއް ނުބުނެ ރީހާން ހިމޭނުން ހުރީއެވެ. ޒާނާގެ ހިތް ފުރޭވަރަށް ރޯލެވުމުން ރީހާނާއި ދުރަށް ޖެހިލައި މޫނު ފޮހެލަމުން އެނބުރި ދާން ހިނގައިގަތީ އިތުރު އެއްޗެއް ނުބެނެއެވެ.
” ނާ… ދަނީތަ؟ “ ގަސްތަކުގެ ނިވަލުން ނުކުމެ ޒާނާ ހިނގައިގަތުމުން ރީހާން ވެސް ޒާނާގެ ފަހަތުން ނުކުމެ އަހާލީ ނުދާށޭ ބުނެ އާދޭސް ކުރާހެންނެވެ.
” ރީހާން ބޭނުން ވީ ޖަވާބު އަހަރެން ދީފިން.. އެކަމަކު…ރީހާން.. އެނގޭތަ..؟ އަހަރުމެން ލޯބީގެ ނަމުން ނަންދިނަސް މުޅި ދުނިޔެ އަހަރުމެންގެ ލޯތްބަށް ކިޔާނީ ބޭވަފާ.. މި ލޯތްބަކުން އަހަރުމެން އިތުރަށް ކުރާނެ ކަމެއް އެބަ އޮތްތަ؟ އޭރު ރީހާން ގެ މަޖުބޫރީ ހާލަތުން މައިރާ އާއި ކައިވެނި ކުރިޔަސް … މައިރާ ވާނީ ރީހާންގެ ވައިފް އަށް … އަހަރެން ވާނީ ހުޝާމްގެ… އަހަރުމެންގެ ލޯބިން ހަލާކުވެގެންދާނީ އިތުރު އެތައް ބައެއްގެ އުއްމީދުތައް.. މި ދަންވަރު ރީހާން މިގެއަށް އައި އިރު މައިރާ ކޮބާ؟ މައިރާ އަށް އެނގޭތަ؟ މައިރާ ދެރައެއް ނުވާނެތަ؟ އަހަރުމެންގެ ރަހުމަތްތެރި ކަމާމެދު މައިރާ އެހާ ނުރުހޭއިރު ރީހާން މިގެއަށް އައީ ކީއްވެ؟ މައިރާ އަހަންނަކަށް މަޢާފެއް ނުކުރާނެ.. ތިގޮތަށް ރީހާން މިގެއަށް އައިކަން މައިރާއަށް އެނގިއްޖެއްޔާ މައިރާ އަށް ހީވާނީ އަހަރެން ބުނެގެން ރީހާން އަހަރެން ކައިރިޔަށް އައީހެން.. ރީހާން އަށް ވިސްނޭތަ؟ “ ޒާނާގެ ވާހަކަ އަޑުއަހަން ފަހަތުގައި މަޑުކޮށްގެން ހުރި ރީހާން އަނެއްކާވެސް ގޮސް ޒާނާގެ ކުރިމަތީ ހުއްޓިލައި އެ މޫނަށް ބަލާލީ ސުވާލުގެ ނަޒަރުންނެވެ. ” ނާ… ނާ އަހަންނާ ވާހަކަ ދެއްކުން ހުއްޓާލީ ކީއްވެ؟ ބުނެބަ.؟ މައިރާ ބުނެގެންތަ؟ ..“ ރީހާން ގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ޒާނާ އިސްޖަހާލަމުން ބޯ ހޫރާލިއެވެ. ” ނާ … ޓެލް މީ… މައިރާ ބުނެގެން ދޯ.. ؟ ނާ ނުބުންޏަސް އަހަންނަށް ވިސްނިއްޖެ.. “ ރީހާން އެހެން ބުނެލުމާއެކު ޒާނާ ނޫނެކޭ ބުނެލިއެވެ. ” އައި ނޯ.. ނާ .. ޕްލީޒް … އަހަރެންގެ ހިތަށް އިތުރަށް ތަދު ނުކުރޭ… އަހަންނަށް ނާ ވަރަށް މުހިއްމު.. ޕްލީޒް .. އަހަރެން ނާގެ ފަރާތުން ބޭނުންވަނީ ކުރިން އަހަންނާ އޮތް އެކުވެރި ކަމުގެ ގުޅުން އެކަނި.. ޕްލީޒް .. އަހަރެން އެކަނި ކޮށް ނުލާ.. އަހަރެން އެހެން ނޫނިއްޔާ މައިރާވެސް ދޫކޮށްލާނީ…“ ރީހާންގެ ވާހަކަތަކުން ޒާނާ ކަންބޮޑުވިއެވެ. ” ނޫން.. ރީހާން ޕްލީޒް.. މައިރާ ވަރަށް ލޯބިވޭ ރީހާން ދެކެ.. ދެން ކީއްވެ…؟“ ޒާނާ ރީހާން ގެ މޫނަށް ރަނގަޅަށް ބަލާލިއެވެ.
” މައިރާ އަހަރެންދެކެ ލޯބިވާވަރު އިތުރު މީހަކު ނުބުންޏަސް އަހަންނަށް އެނގޭ.. މައިރާ އާއި އެއްކޮށް ހޭދަވީ އަހަރުތަކުގައި މައިރާގެ ލޯބި ފެނުނީ އަހަންނަށް.. މައިރާގެ ގޮތް އެނގެނީވެސް އަހަންނަށް ..ނާ ޕްލީޒް .. މައިރާގެ ސަބަބުން ނާ އަހަންނާ ވާހަކަ ނުދައްކަންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ.. މައިރާގެ މަޖުބޫރު ލޯބީގައި އަހަރެން މުޅިން ވީރާނާ ވެއްޖެ.. އައި ވޯންޓް ޔޫ ބެކް.. އޭޒް މައި ފްރެންޑް… ޕްލީޒް.. “ ރީހާން މަޑުމަޑުން ޒާނާގެ އަތުގައި ހިފާލައި ޒާނާއާއި ހަތަރު ކަޅި ހަމަ ކޮށްލަމުން އަސަރާއެކު އޭނާގެ ހިތުގެ އެދުން ބަޔާން ކޮށްދިނީ އުއްމީދާއެކުގައެވެ.
ޒާނާއަށްވެސް ރީހާންގެ ލޮލަށް ބަލަހައްޓައިގެން ހުރެވުނީ އޭނާގެ ހިތުގައި ވާ ހުރިހާ އެއްޗެއް ދުލުން ބޭރު ނުކޮށްވެސް ރީހާނަށް އެނގޭނެ ނަމައޭ ހިތުން ކިޔާލަމުންނެވެ. ކިތަންމެ ވަރަކަށް އިންކާރު ކުރިޔަސް ޒާނާގެ ހިތުގައި ރީހާންގެ ސޫރަ ބިންވަޅުނެގިފައިވާކަން އޭނާއަށް ވިސްނެއެވެ. ރީހާނާއި ވާހަކަ ދައްކަން އޭނާއަށް ކެތްމަދުވެފައި ހުރެވޭކަން ރީހާން އާއި ވަކިވާން ޖެހުމުން އޭނާއަށް އިޙުސާސް ކުރެވުނެވެ. ކުރިމަތީގައި ހުރި ރީހާންގެ އާދޭސްތައް އޭނާގެ ހިތް ފޫއަޅުވަމުން ދިޔައިރު އޭނާގެ ސިކުނޑިއަށް ވިސްނޭ އެއްޗަކަށް ވުރެ ހިތުގެ ގޮވުމަށް އިޖާބަ ދޭން ބޭނުންވިއެވެ. ” ރީހާން.. ކިހިނެތް ރީހާން މިރަށަށް އައީ.. މައިރާ ކޮބާ؟؟ ދެން ދޭ .. މައިރާއަށް އެނގިދާނެ ..“ ޒާނާ އަނެއްކާވެސް ސުވާލު ކުރީ މައިރާ އަށް އެނގިއްޖެއްޔާ ވާނެ ގޮތް ހިތަށް އެރުމުންނެވެ. މައިރާ ހުޝާމްކައިރީ ބުނަންވެސް ފަސް ނުޖެހޭނެ ކަން ޒާނާއަށް އެނގޭތީއެވެ.
” މައިރާއެއް ނާންނާނެ..! މައިރާ ގޮވައިގެނެއް ނޫން މިރަށަށް އައީ.. ނާ ހޯދަން މި އައީ.. އަހަންނަށް ގެއްލުނު އަހަރެންގެ އެކުވެރިޔާ ހޯދަން.. ފަސް އަހަރުވީއިރުވެސް ނާ ގެ ހަބަރެއް ވޭތޯ އަހަރެން އިންތިޒާރު ނުކުރާ އެންމެ ދުވަހެއް އެންމެ ހިނދުކޮޅެއް ނުދޭ..! “ ރީހާން އޭނާ އެރަށަށް އައި ބޭނުން ޱކިޔާދިނުމުން ޒާނާ ޖެހިލުންވިއެވެ. ކިތަންމެ ވަރަކަށް ރީހާން ބޭނުންވިޔަސް އޭނާއަށް އެ ގުޅުން އަނބުރާ އިޔާދަ ކުރެވޭނީ ކިހިނެތްބާއޭ ހިތަށް އެރިއެވެ. ” އަހަރުމެންނަށް ދެން އެކުވެރިންނަށް ވެވިދާނެތަ؟ އަހަރުމެންގެ ހިތުގައި ވަނީ އެހެން އިހުސާސެއް.. މުޅި ދުނިޔެއަށް އޮޅުވާ ލެވުނަސް އަމިއްލަ ނަފްސަށް އޮޅުވާލެވޭނެތަ؟ އަހަރުމެން އަލުން ވާހަކަ ދައްކާކަން މައިރާއަށް އެނގޭ ހިސާބުން ދެން ކީއްކުރާނީ؟ “ ޒާނާ އޭނާގެ ހިތުގައި ވާ ކަންބޮޑުވުންތަށް އަންގައިދެމުން ދިޔައީ އެ ހިތުގައި ވާ ޖަޒުބާތުތަކަށް އޭނާގެ ސިކުނޑިން ބާރު ފޯރުވަމުންނެވެ. ”ނާ…! ލޯތްބަކީ އަމިއްލައަށް ވާ އެއްޗެއް ނޫން.. މަޖުބޫރުން ހޯދޭ އެއްޗެއްވެސް ނޫން.. ފައިސާއަށް ގަނެވޭ އެއްޗެއް ނޫން.. ހިތުގައި އުފެދޭ އިހުސާސެއް.. އަމިއްލަ އިޚްތިޔާރަކާ ނުލާވެސް ލޯބި ވެވިދާނެ.. އެކަމަކު އަހަރެމެން ހިތުގައި ވާ އެއްޗެއް ހިތުގައި ފޮރުވާފައި ކުރީގެ ގޮތަށް އަހަރެން ބޭނުމީ ނާ އަހަރެންގެ އެކުވެރިޔެއް ގޮތަށް ހުރުން.. އަހަންނަށް ވެސް އެނގޭ ނާގެ ވެސް އެހެން ދިރިއުޅުމެއް އޮތްކަން…އެކަމަކު އަހަރެން މީ ނުދަންނަ މީހަކަށް ހަދާލައި އެއްލާ ނުލާ.. އާދޭސް ކޮށްފަ މިބުނީ.. މައިރާ ބޭނުންވެގެން މައިރާ ބުނެގެން ނާ އަހަންނާ ވާހަކަ ނުދައްކަންޏާ މައިރާ ވެސް ދެން ޖެހޭނީ ދާން.. “ ރީހާން ހުރީ ގޮތްދޫކުރާ ގޮތަކަށް ނޫންކަން އޭނާގެ ވާހަކަ ތަކުން ޒާނާއަށް ވިސްނުނެވެ. ނަމަވެސް އެ ދިރިއުޅުން ރޫޅިގެން ދާން އޭނާ އެއްގޮތަކަށްވެސް ނޭދެއެވެ.
” ތިހެން ނުބުނޭ ރީހާން.. މައިރާ އެއީ ރީހާންގެ ދަރިފުޅުގެ މަންމަ.. ތިގޮތަށް މައިރާ ދޫކޮށްލާ ވާހަކަ ނުދައްކާ.. އަހަރެން އޭރުވެސް ބެލީ ތި ދިރިއުޅުމުގެ ތެރެއިން ނުކުމެ މައިރާ އާއި ރީހާނަށް ހަމަޖެހޭ އުފާވެރި ދިރިއުޅުމެއް ލިބޭތޯ.. އަހަރެންގެ ސަބަބުން މައިރާގެ ހިތް ނުތަނަވަސްވެ ތި ދެމެދުގައި މައްސަލަޖެހޭކަން އެނގުނީމަ ދުރަށް ދިޔައީ.. ދެން ތިގޮތަށް ރީހާން ވިސްނަން ވީ ކީއްވެ. ؟ މައިރާ ލޯބި ވާއިރު އެ ލޯބި ރީހާން ގަބޫލު ނުކުރަންވީ ކީއްވެ؟“ ޒާނާގެ ސުވާލު ތަކުން ރީހާންގެ ހިތަށް ވީ އުނދަގުލެވެ. ” ނާ… މައިރާ އަހަރެން ދެކެ ލޯތްބެއް ނުވޭ… މައިރާ އަހަންނާ ކައިވެނި ކުރީ އަހަރެން އެ ކައިވެންނަށް ނޫނެކޭ ބުނުމުން އޭނާއަށް އަހަރެންގެ އާނ ބަސް ހޯދޭނެކަން ދައްކަން.. މައިރާ ކައިވެނި ކުރި އިރުވެސް މައިރާއަށް އެނގޭ އަހަރެން މައިރާ ދެކެ ލޯބި ނުވާކަން.. ކައިވެނި ކުރަން ވެސް ބޭނުން ނޫންކަން.. އެކަމަކު އަހަރެންގެ އާއިލާގެ މަޖުބޫރީ ހާލަތުގެ ފައިދާ މައިރާ ބައްޕަ މެދުވެރިކޮށް ނެގީ.. އަހަންނަށްވެސް ބައްޕަގެ އެދުމަށް އަހަރެންގެ އުފާތައް ޤުރުބާންކޮށްލަން މަޖުބޫރުވީ.. އަހަރެން މައިރާ އެކު ރަނގަޅު ދިރިއުޅުމެއް އުޅެވޭތޯ މަސައްކަތް ކުރިން.. އެކަމަކު … ނާ އަކަށް ނޭނގޭ މައިރާގެ އަސްލު ސިފައެއް.. އަހަރެން އެވާހަކަތައް މިތާ މިގޮތަށް ހުރެ ނާ އަށް ކިޔާދޭކަށް ބޭނުމެއް ނޫން.. ޕްލީޒް .. ނާގެ ނަންބަރ ދެވިދާނެތަ..އަހަރެން ހުރިހަަ ވާހަކައެއް ފަހުން ކިޔައިދޭނަން.. ޕްލީޒް؟؟ “ ރީހާންގެ ވާހަކަ ތަކުން އިތުރު ސުވާލުތަކެއް ޒާނާގެ ހިތުގައި އުފެދެން ފެށިއެވެ. ރީހާންގެ އެދުމަށް ނަންބަރު ނުދީ އިންކާރުކުރާކަށް ވެސް ނުކެރުނެވެ. އެތަކެއް ދުވަސް ފަހުން ރީހާން ފެނުމުން ގަބޫލު ކުރަން ބޭނުން ނުވި ނަމަވެސް ޒާނާއަށް ވެސް އޭނާގެ ހިތުގައި ދިއްލުނު ލޯބީގެ ބައްތި ނިއްވައެއް ނުލެވުނެވެ. ފަހުން ވެދާނެ ގޮތާމެދު ވިސްނާނުލައި ހިތުގެ އެދުމަށް އިޖާބަ ދިނީ ރީހާން އެދޭގޮތަށް އޭނާއާއި ކުރިން އޮތް އެކުވެރިކަން ބާއްވާށެވެ. ” ދެން ދޭ!! މިތާ މި ދަންވަރު ތިއްބާ މީހަކަށް ފެނިއްޖެއްޔާ ކަމަކު ނުދާނެ..“ ރީހާންގެ ފޯނުގައި ޒާނާގެ ނަމްބަރ ޖަހައިދެމުން ޒާނާ ބުނެލީ ގަޑިން ދަންވަރު ދޭއް ޖަހަން ކައިރިވެފައިވާކަން އެނގުމުންނެވެ.
” މެސެޖް ކުރީމަ ރިޕްލައި ކުރައްޗޭ..! ޕްލީޒް “ ފަނޑު ހިނިތުންވެލުމަކާއެކު ރީހާން ބުނެލީ ’ނާ‘ ޖަހާފައި ނަމްބަރު ސޭވް ކޮއްލަމުންނެވެ. ”އޯކޭ! ދެން އަވަހަށް ދޭ.. މި ދަންވަރު މިގެއިން ނުކުންނަތަން މީހަކަށް ފެނިއްޖެއްޔާ ވަރަށް ވާހަކަ މީހުން ދައްކާނެ..! “ ޒާނާ އަށް އޭނާ ނިދާ ހެދުމުގައި ރީހާން ކުރިމަތީ ހުރެވުނުގޮތް ހިތަށް އައުމުން ލަދުގަނެ އޭނާ ބޭނުންވީ އަވަހަށް ރީހާން ދާށެވެ.
” ދޮރު ހުރީ ތަޅުލާފައެއްނު؟ ދޮރު ހުޅުވައި ދިނީމައެއްނު ދެވޭނީ.. “ ޒާނާއަށް ބަލާލަމުން ހިނިތުންވެލާފައި ރީހާން ބުނެލުމުން ޒާނާ ގޮސް ދޮރު ހުޅުވާލަދިނެވެ. ރީހާން ނުކުމެގެން ދިއުމުން ޒާނާ އަަވަސް އަވަހަށް ދޮރު ތަޅުލަފައި ގޮސް އޭނާގެ ކޮޓަރިއަށް ވަދެ އޮށޯވެލައި ކައިރީގައި ނިދާފައި ތިބި އޭނާގެ ދެ ކުދިންގެ މޫނަށް ބަލާލިއެވެ. އެއާއެކު އޭނާ ހުޝާމް މަތިން ހިތަށް އެރިއެވެ. ހުޝާމް ރަށުގައި ނެތި ރީހާން އާއި ދަންވަރު ބައްދަލުވެ ވީ ގޮތް ވިސްނޭވަރަކަށް އޭނާގެ އަމިއްލަ ނަފްސު ކުއްވެރި ކުރެވެމުން ދިޔައެވެ.
”ނާ… މިހާރު ގޭގަ.. “ ރީހާން ގެއަށް ދެެވުމާއެކު ޒާނާއަށް މެސެޖެއް ކޮއްލީއެވެ. އެހެނަސް ރީހާން ގެ މެސެޖުތަކުގެ ޖަވާބު ދިނުމުގެ ބަދަލުގައި ޒާނާ އޭނާގެ ވިއްސި ވިހާލިވެފައިވާ ލޯބީގެ ޚިޔާލުތަކުގެ ފުން ކަނޑަށް ފީނަން އޮތީއެވެ. އެތައް އިރެއް ވަންދެން އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ އޮޅުން ބޮޅުން ވެފައިވާ އޭނާގެ ހަޔާތެވެ. އެއްފަރާތެއްގައި އޭނާގެ ލޯބިވާ ދަރިންނާ ފިރިމީހާއެވެ. އަނެއް ފަރާތުގައި އޭނާ ގެ ހިތް އެމީހަކަށްޓަކައި އެންމެ އެދޭ ރީހާން އެވެ. ދާން ޖެހެނީ ކޮން ދިމާލަކަށް ކަން އެނގޭއިރުވެސް ހިތުގެ އަޑު ކަނޑުވާލެވޭނެ ގޮތެއް އޭނާއަކަށް ނުވިސްނުނެވެ. ރީހާން ފެނުމުން އޭނާ ބުރަމަސައްކަތުން ފަސްލާ ފޮރުވަމުންދިޔަ އިހުސާސްތައް އަލުން ހިތުގައި ހިނގަންފެށީއެވެ.
ނިދަން އޮށޯވެ އޮތް ރީހާނަށް ކެތްމަދުވެފައި ފޯނަށް ބަލަން އޮވެނުނީ ޒާނާ ގެ މެސެޖެއް ލިބޭނެކަމަށެވެ. ލޯ މަރާލިޔަސް އޭނާގެ ހިތަށް ސިފަވަމުން ދިޔައީ ޒާނާގެ ސޫރައެވެ. އޭނާގެ އަތުގެ ހިމާޔަތުގައި ހުރި އިރު ޒާނާ ހުރި ގޮތެވެ. އެރޭ ޒާނާއާއި އެކު ހޭދަ ވީ ވަގުތުކޮޅެވެ. އެ ހިޔާލުތަކުގައި އޮވެ ފޮނި މީރު ނިންޖަކަށް ގެނބިގެންދިޔައީ އޭނާގެ ދިގު އިންތިޒާރަށް ކޮންމެސް ވަރެއްގެ ކުލައެއް ޖެހިއްޖެ ކަމުގެ އުފާ އިޙުސާސް ކުރެވުމުންނެވެ.
ހެނދުނު ހޭލައިގެން ޒާނާ އުޅުނީ ނާސްތާ ތައްޔާރު ކުރުމުގައެވެ. ލީމް އާއި އުމެއިރް ގޮވައިގެން ޒަހުރިއްޔާ ގޯތި ތެރޭގައި ހުރި ގަސްތަކަށް ފެންދެމުން ދިޔައެވެ. އެ މަންޒަރު ބަލަން ސާއިމް ޖޯލިފަތީގައި އިނެވެ. ” ލީޝް ނާދޭ ތަ އަދި؟ “ ބަދިގެތެރެއަށް ބޯ ދެމުން ޒީނާ އަހާލީ ސައި ތައްޔާރު ކުރަން ހުރި ޒާނާ ކައިރިންނެވެ. ” ނާދޭ.. ތަނަކަށް ދާންތަ ތިއުޅެނީ؟“ ޒީނާ އެހާ ހެނދުނާ ތައްޔާރުވެލިގެން ހުރުމުން ޒާނާ އަހާލިއެވެ. ” ހްމްމް.. މި ދަނީ ފަހާތަނަށް .. ދެން އަދި ޝޮޕިން ކޮށްލަން ޖެހޭ ބައެއް އެއްޗެހި ވެސް އެބަހުރި.. ލީޝް އާއެކު ކާރުގަ ދާނީ.. ޝަޔާން ވެސް މިއަދު ބިޒީ..“ ޒީނާ އަވަސް އަރުވާލަމުން ދާން ހިނގައިގަތެވެ. ” މަންމާ އެބަ އަންނަން ބޭރަށް ގޮސްލާފަ ލީޝް އާ އެކު.. ބާއި ކިޑްސް… “ ގޯތި ތެރޭގައި ތިބި ކުދިންނަށް ހަނާ އަޅަމުން ޒީނާ އެނާގެ މަންމަ އަށް ބުނެލިއެވެ. ގޭގެ ދޮރުން ނުކުތް އިރު ކާރުގައި ލީޝް އައިސް މަޑުކޮށްލުމުން ކާރަށް އެރީއެވެ.
ހެނދުނު ހޭލައިގެން ރީހާން ބަލާލިއިރުވެސް ޒާނާ އޭނާގެ މެސެޖަކަށް ޖަވާބެއް ނުދެއެވެ. މާޔޫސްކަމާއެކުވެސް އޭނާ ޝަޔާންއާއެކު ނުކުތީ އެންމެން އެކުގައި ސައިބޯން ދާން ޝަޔާން އެދުމުންނެވެ. ސައިބޮއިގެން ކައިވެނީގެ ކަންތަކަށް ތައްޔާރުވާން އޮތީ އެއްދުވަސް ކަމުން ޝަޔާން ބޭނުންވީ ވަގުތު ބޭކާރު ނުކޮށް އެކަމާ އުޅޭށެވެ. އެކުވެރިން އެކުގައި ހޮޓަލަކުން ސައިބޯލައިގެން ޝަޔާން ދިޔައީ ޕާރޓީ ބާއްވާތަން ސެޓިން ހަދާނެ ގޮތް މަޝްވަރާކޮށްލަން އެކަންތަކާ ހަވާލުކުރި މީހުންގެ ގާތަށެވެ. ނިހާންއާއި ސަމާހު ދިޔައީ ކައިވެނި މޭޒާއި ގޭތެރެ ޒީނަތްތެރި ކުރާ ސާމާނުތައް ކުއްޔަށް ދޫކުރާތަނަކަށެވެ. ރީހާން އޭރުވެސް ކަންބޮޑުވެފައި ހުރީ ޒާނާގެ ހަބަރެއް ނުވެގެންނެވެ.
އެމީހުންނާ ހަވާލު ކުރި ކަންތައް ނިމުމުން ނިހާން އާއި ސަމާހު އެމީހުންގެ ރައްޓެއްސަކާ ބައްދަލުކޮށްލަން ދިއުމުން ރީހާން އެނބުރި ގެއަށް އައި އިރު ޝަޔާންގެ ބޮޑުބޭބެ ފޮށިގަނޑެއް ގެނެސް ގެއަށް ލާފައި ނުކުންނަނީއެވެ. ” މާލެއިން ފޮނުވި ފޮށިގަނޑެއް އިންނާނެ .. ޝަޔާން ގުޅައިފިއްޔާ ބުނާތި ލިބުނު ވާހަކަ.. ދެންމެ ގުޅިއިރު ފޯނެއް ނުނަގާ.. “ ބޮޑުބޭބެ އެހެން ބުނުމުން ހިނިތުންވެލާފައި އާނ އެކޭ ބުނެފައި ރީހާން އެތެރެއަށް ވަދެ ސޯފާގައި އިށީނދެލީއެވެ. އޭނާގެ ފޯނު ޖީބުން ނަގައި ހުޅުވާލަމުން ފުން ނޭވާއެއް ލީ އޭރުވެސް ޒާނާގެ ހަބަރެއް ނުވާތީއެވެ. ” ނާ…؟ ނިދަނީތަ؟ ކީއްވެ ރިޕްލައި ނުކުރަނީ..؟ “ ޒާނާ ނިދާފައި ނޯންނާނެކަން އެނގޭތީ ރީހާން މެސެޖު ކޮށްލީ ޖަވާބެއް ލިބޭތޯއެވެ. އެތަށް އިރެއް ވަންދެން ހުރެވުނު އިރުވަސް ހަބަރެއް ނުވުމުން ކޮޓަރިއަށް ވަދެ ފެންވަރާލީ އޭނާގެ ހަށިގަނޑަށް ފިނިކަމެއް ލިބޭތޯއެވެ.
” ސިސް .. ޝަޔާން ބުނި ފޮށިގަނޑު ލިބުނު ވާހަކަ.. އެކަމަކު ޝަޔާން ވީ ބޭރުގަ.. އެގެއަށް ގޮސް ފޮށިގަނޑު ނަގަންވީނު.. ސަމާހުމެން އުޅޭނޭ ބުނި.. އަވަހަށް ނެގީމައެއްނު ލީމް ގެ ހެދުންވެސް ހެޔޮވަރުކޮށްލެވޭނީ..!“ ޒީނާ ގުޅާފައި ބުނުމުން ޒާނާ އާނ އެކޭ ބުނެފައި ކޮޓަރިއަށް ވަދެ ބުރުގާއެއް އަޅައިގެން ހިނގައިގަތީ ޝަޔާންމެންގެއަށެވެ. އޭރު ހެނދުނު އެގާރަ ޖަހާ ބޮޑުވީއެވެ. މަޑު ހިނގުމެއްގައި ގޮސް ޝަޔާންގޭ ދޮރުމައްޗައް އެރި އިރު ދޮރު ހުރީ ހުޅުވާފައެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ”އައްސަލާމް ޢަލައިކުމް..“ ދެ ފަހަރަކު ގޮވާލުމުންވެސް މީހެއްގެ ހިލަމެއް ނުވުމުން ޒާނާ ފޯނު ނަގައި ޒީނާއަށް ގުޅާލިއެވެ. ” ނެތް އެކަކުވެސް.. ދޮރު ހުޅުވާފަ އެކަމަކު..ބަލަންވީތަ ފޮށިގަނޑެއް ހުރިތޯ “ ޒާނާގެ އަޑު އިވުމާއެކު ޒީނާ އާނ އެކޭ ބުނެލިއެވެ. ” ހްމްމް.. ވެދާނެ ނިހާން މެން ވީ ބޭރުގަ ކަމަށް .. އޯކޭ ވާނެ.. ޝަޔާން ބުނި ލިބުނޭ.. ހޯދާލަބަ.. “ ޒީނާ ފޯނު ބޭއްވުމުން ޒާނާ މަޑުމަޑުން ގޭތެރެއަށް ވަދެ ހޯދަލިއެވެ. ސިޓިން ރޫމްގައި ފެންނަ ހިސާބެއްގައި ފޮށިގަނޑު ނެތުމުން އޭނާ ހިނގައިގަތީ އެތެރެއަށެވެ. ފުރަތަމައަށް ހުރި ކޮޓަރި ދޮރާ ހަމަވިއިރު ކައިރީގައި އިން ކޮޓަރި ދޮރު ހުޅުވާފައި ޓީ ޝާރޓެއް ބޮލަށް މަހާލަމުން ނުކުތީ ރީހާންއެވެ. ޒާނާ ފެނުމުން ރީހާންވެސް ދިޔައީ ސިއްސައިގެންނެވެ. ހައިރާންކަމާއެކު ޒާނާ ވެސް ހުއްޓުންވީ ޝަޔާންގެ ގޭގައި ރީހާން ހުއްޓާ ފެނުމުންނެވެ. ” ރީހާން..“ ޒާނާއަށް މަޑުމަޑުން ކިޔާލެވުނެވެ. ” ނާ..! “ ރީހާންވެސް ޒާނާ ކުރިމަތީ ހުއްޓިލަމުން ގޮވާލިއެވެ. ޒާނާ ފެނުމުން ދުނިޔެ މަތިން އޭނާ ހަނދާންނެތުނު ކަހަލައެވެ. ” ފެންވަރައިގެން ނުކުތުމުން ނުހިކި ހުރި ބޮލުގެ އިސްތަށިގަނޑުގައި އަތުން ފުނާ އަޅައި ރީތި ކޮށްލަމުން ޒާނާ އާއި ގާތަށް ޖެހިލައި ޒާނާގެ އަތުގައި ހިފާލިއެވެ. ” މެސެޖަކަށް ރިޕްލައި ނުކުރަމެއްނު..؟ ކީއްވެ؟“ ރީހާން ކައިރި ވެލުމުން ހިތް އަވަސްވެފައި ޒާނާއަށް ފަހަތަށް ޖެހެވުނެވެ. އެހެނަސް އޭނަަގެ ދެއަތުގައި ރީހާން ހިފަހައްޓާލައިގެން ހުރުމުން މަޑުކޮށްލެވުނެވެ. ” ރީހާން.. މިގޭގަ.. ؟ “ ވައި އަޑަކުން ޒާނާއަށް ހައިރާންކަމާއެކު އަހާލެވުނީ އެގޭގައި ރީހާން ހުންނަންވީ ސަބަބެއް އޭނާއަށް ނޭނގޭތީއެވެ. އިތުރު މީހަކަށް ފެނިދާނެތީ ކަންބޮޑުވެ ހުރެ ޒާނާ ވަށައިގެން ހޯދާލިއެވެ. ” ނެތޭ މީހެއް… އެންމެން ވީ ބޭރުގަ.. ޝަޔާން އަކީ އަހަރެންގެ ރައްޓެއްސެއް.. ޝަޔާން މެރީ ކުރަން އުޅެނީ ނާގެ ކޮއްކޮ ޒީން އާ އެއްނު؟ .. ޝަޔާން އަންނަން ބުނީމަ މި އައީ..ޕާރޓީއަށް ..“ ރީހާން ޒާނާގެ މޫނަށް ބަލަން ހުރެ ވާހަކަ ދައްކަމުން ދިޔައެވެ. ” އޯހ.. އެހެން.. ފޮށި…އުމްމް.. ފޮށިގަނޑު ބަލައި މި އައީ…“ ރީހާންގެ މޫނުން ނަޒަރު ވަކިކޮއްލެވޭތޯ ބަލަމުން ޒާނާ މަޑުމަޑުން ބުނެލިއެވެ. ” ފޮށިގަނޑު ގެންގޮސްދޭންވީތަ؟“ ޒާނާ ލަދުރަކި ގޮތަކަށް އިސްޖަހާލުމުން ރީހާން އަހާލިއެވެ. ” ނޫން.. ހިފައިގެން ގޮސްދާނަން.. “ ޒާނާ ބެލީ އަވަހަށް ދެވޭތޯއެވެ. އެހެނަސް ރީހާން ބޭނުން ވީ ވީހާވެސް ގިނައިރަކު ޒާނާ މަޑު ކުރުވާށެވެ. ” ބުނެބަ.. ފޯނު އަތުގަ ތިއޮތީ.. އެކަމަކު ރިޕްލައިއެއް ނުކުރަމެއްނު.. ނާ ހިތްހަމަ ނުޖެހިފަތަ؟ ރޭގެ ކަންތަކާ..؟ “ ރީހާން ޒާނާގެ މޫނަށް އަނެއްކާވެސް ފުން ނަޒަރަކުން ބަލާލަމުން އަހާލިއެވެ. ޒާނާ އެއްޗެއް ނުބުނެ އަނެއްކާވެސް ދާން އުޅުމުން ރީހާން ޒާނާގެ އަތުގައި ހިފާލީއެވެ. ” ނާ … ޕްލީޒް.. ތިހެން އިގްނޯ ކުރީމަ ވަރަށް ދެރަވޭ.. މިހާ ދުވަސް ފަހުން މިހިސާބަށް އައިސް ދިމާވީމަ ތިހެން ނުހަދާ.. ކެން ޔޫ ޓޯކް ޓު މީ ޕްލީޒް “ ރީހާން ގެ އާދޭސް ތައް އަޑުއަހަން ހުރި ޒާނާގެ ހިތުގެ ވިންދު ބާރުވަމުން ދިޔައެވެ. ” ރީހާން .. ދެން ފަހުން.. މީހަކު އައިސްދާނެ.. “ ޒާނާގެ ހާސްކަން އޭނާގެ މޫނުމަތިން ފެންނަން ހުއްޓެވެ. އެކަމަކު ރީހާން ޒާނާއާއި އިތުރަށް ގާތްވެލީއެވެ. އޭނާގެ ހިއްސުތަށް ޒާނާގެ ލޯތްބަށް އެދި ގޮވަމުން ދިޔައިރު އެހެން ބަޔަކާމެދު ފިކުރު ކުރަން ބޭނުން ވެސް ނުވާފަދައިން ޒާނާގެ ތުންފަތަށް ކަޅިހުއްޓާލައިގެން ހުރީއެވެ. ދެ މީހުންގެ އެ ހަމަހިމޭންކަން ނިމުމަކަށް އައީ ބޭރުގައި ހުރެފައި އައިސް ދޮރުމައްޗައް އެރި ޝަޔާންގެ އަޑަށެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.



Mi part vx v Reethi masha allah
Curiously waiting for next part
Keep it up
Naa and Reehaan gulhuvachey
They both are made for each other
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Kithamme lahun kiyaalan libunas Shakuvaa eh neih I understand
Alhugandu ge support Abadhuves libeyne insha Allah
Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
Thankyou cutie girl 😌
ވާހަކައިގެ ރޭވުން ނުވަތަ ޕުލޮޓުގައި ހިސާބަކަށް ފޫނުބެދޭ ތަންތަން އެބަހުރި.މިސާލަކަށް ވާހަކައިގެ ހުރިހައި ބައިތައް(މި ބަޔާ ވެސް އެކު) ކިޔައިލުމުން ގޯސްވީ މައިރާއެއް ނޫން. ރީހާން. މި ވާހަކަ މި އިބާރާތުން ނޫން ނަމަވެސް އެހެން ކިޔުންތެރިއަކު ވެސް ފާހަގަކޮށްފައި އެބަޮތެއްނު(މާހިރު)؟އހެނަސް “ހުދުފިނިފެންމާ”ގެ ނިޔަތަކީ މިއީ ނޫންކަން ޔަގީން. މި ބުނި އުނިކަމާ އެކު ވެސް ޖުމުލަ ގޮތެއްގައި ވާހަކަ ރީތި. އިބާރާތްކުރުން ފަށުވި! ސުކުންކުރުމުގެ ބައެއް މަދު ކުށްތައް އެބަހުރިމެ. (މިސާލަކަށް “ކިހިނެތް
. (މިއީ ތާ ސުކުން އޮތް ތާނގައި އަލިފު ސުކުން އޮންނަންވީ ބަހެއް
ޝުކުރިއްޔާ ކިއުންތެރިއެއް..😊 ތި ފާހަގަ ކުރެއްވި ކުށްތައް ރަނގަޅުކޮށްލެވޭތޯ ބަލާނަން.. ވ އުފާވެއްޖެ ތިގޮތަށް ލިޔުމުގެ ކުށްތަޢް ފާހަގަ ކޮށްދެއްވީތީ….ވާހަކައިގެ ޝަހުސިއްޔަތުތަކުގެ ތެރެއިން ގޯހީ ކާކުކަން ނިންމަން ކިއުންތެރިންނަށް އަޅުގަނޑު ދޫކޮށްލާނަން. މިވާހަކަ ބިނާވަނީ ލޯބިވާން ނުޖެހޭ ދެމީހަކު ވާ ލޯތްބެއްގެ މައްޗައް ކަމުން ކޮންމެވެސް އެކަކު ނޫނީ އެންމެންވެސް ކޮންމެވެސް ހިސާބަކުން ގޯސް ވާނެ..ގޯސް ހަދާނެ. ދެން ތި ފާހަގަ ކުރެއްވި ގޮތަށް ވާހަކަަ އިތުރަށް ހަމަޖެހޭ ގޮތަށް ގެނެސްދޭން މަސައްކަތް ކުރާނަން. މިއީ މިގޮތަށް އަޅުގަނޑު ލިޔާ ފުރަތަމަ ވާހަކަ ކަމުން މި ވާހަކަ ފުރިހަމަ ގޮތުގައި ގެނެސްދިނުން މިއީ އަޅުގަނޑަށް ވަރަށް ބޮޑު ގޮންޖެހުމެއް.
ޝުކުރިއްޔާ ކިއުންތެރިން.. މިކަހަލަ ގިނަ ޚިޔާލުތަކަށް އަދިވެސް ޝުކުރާ އެކު މަރުޙަބާ ކިޔާނަން. 😊
Faathima tha mee (hudhufinifenmaa)
Hoor, Mee hama hudhufinifenmaa 😊 fathima akee friend ehtha?