Skip to content
އެސްފިޔަ

ހިތުގެ ރިހުން

​ހިތުގެ ރިހުން

 

ފަނޑުވެ ގެއްލި ދިޔަ ހުވަފެންތަކޭ،
ފަޅުވެ ވީރާނަވީ މި ފުރާނައޭ،
ކަޅު ވިލާތައް ބޯވަމުން އުދަރެސްއެކީ،
ކަނުވެ އަނދިރީގަވީ މޮޅިވެރިކަމޭ

ބަނަވެ ދިޔަ ހިތްދަތި މީ ހަޔާތެކޭ،
ހަމަހިލާ ނިމުމެއް ނުވީ ރިހުންތަކޭ،
ވަކި އަޅައި ވިހަލީ އެތައް މިތުރުންނެކޭ،
ދެކި އަތުން މިހިތަށް ހަރާލި އެ ހަންޖަރޭ

ހަށިފޮޅާ ތެދުވަން ލެވުނުހާ ހިތްވަރުން ،
ބަލި މަގޭ ނަފްސަށް ނެތޭ އާރޯކަމެއް،
ކަށި އެކީ ފީވާން މިތާ އޮތަކަސް ޔަޤީން،
ނެތް މަށަށް ރަޙުމެއް ކުރާނެ އޯގާވެރި ހިތެއް

ބިކަވެ ބީވެގެން ދިޔަޔަސް ތެދޭ،
ނިކަމެތިވެ ބަރުބާދުވެދިޔަސް ހެވޭ،
ހިތުގަ އާއި މޭގައި އަޅާދިޔަ ކޫރުމަށް ،
ފޮހެލަދޭން އެދުނަސް މިއަދު މަޢާފެއްނެތޭ