ހަނދުވަރު ދިން އެރޭ … 3 ” ފުރުމުގެ ކުރިން އަދި ބަލާނަން އާދެވޭތޯ.. “ ރީހާން އަހަންނަށް ދިން އެ އުއްމީދީ ޖަވާބާއި އެކު އޭނާ ސައިކަލަށް އެރުމުގެ ކުރިން އަހަންނާ އެކު ނެގި ސެލްފީ ވައިބަަރ ކޮއްލިއެވެ. ރީހާން ދިއުމުން އަހަރެން އެނބުރިލީ ގޭތެރެއަށް ވަންނާށެވެ. ކުއްލިއަކަށް އަހަރެންގެ ހިތް ފިނިވެ އަތާ ފައި ގަނޑުވެލީހެން އިހުސާސް ކުރެވުނީ މީހަކު އަހަރެންގެ ކޮނޑުގައި އަތްއަޅާލުމުންނެވެ. ސިއްސައިގެންގޮސް އަހަރެން އެނބުރިލީ ހިތް އަނގަޔަށް […]
ހަނދުވަރުދިން އެރޭ…2 ކުއްލިއަކަށް ޒާނާގެ ލޮލުގައި އަޅައިގަތީ ލޮކް ނުކުރެވި އޮތް އޭނާގެ ފޯނެވެ. ހުޅުވާފައި އިން ޑައިރީ އެޕްގައި އިން ފޮޓޯއެވެ. ފޯނުއޮތީ ހުޝާމް އިށީނދެގެން އިން ދިމާ އެނދުގައި ކުޑަކޮށް ފަހަތުގައެވެ. ކުޑަ ހިނދުކޮޅަކަށް ޒާނާގެ ހިތް ގަނޑުވެލި ހެން އޭނާއަށް ހީވިއެވެ. މޫނުމައްޗަށް ވެރިވަމުން ދިޔަ ހާސްކަން ފޮރުވަމުން އަވަހަށް ތެދުވެ ފޯނުނަގައި ލޮކް ކޮއްލުމަށްފަހު ޖީންސްގެ ޖީބަށް ފޯނު ލިއެވެ. “ ކޯއްޗެއް ތި ފޮރުވަނީ!! “ ފަހަތުން އައިސް […]
ހަނދުވަރުދިން އެރޭ…1 އުނަގަނޑުން ތިރިޔަށް އޮތް ދިގު، ކަޅު ކުލައިގެ ފަން އިސްތަށިގަނޑު އަތުގެ ތެރެޔަށް ނަގައި ބޮނޑިކޮށްލައި ބޯމައްޗަށް ރީތި ހުޅިއެއް ހެޔޮވަރުކޮށް ޖަހައިލަމުން ގޮސް ޒާނާ ކުޑަދޮރުގެ ފޮތިގަނޑު ކަހައިލައި އިރުގެ އަލި ގޭތެރެއަށް އަޅުވައިލިއެވެ. މެދުމިނެއްގެ މުށިކުލައަށް އަރާ އޮމާން ހަންގަޑާއި ރީތި ބައްޓަން ލީ ހަށިގަނޑެކެވެ. ތޫނު ކަޅިރަވަ އާއި ހިތިފަތު ބުމައެކެވެ. ފިރިހެނުންގެ ތެރޭގައި މަޤްބޫލު ހޫރެއްފަދަ ރީތި ކަމަކަށް ނުވިޔަސް އެއީ ރީތި ކުއްޖެކެވެ. އާދައިގެ ސާދާ މަޑުމައިތިރި […]