“އަނިޔާ… މިހާރުވެސް ތިދެނީ ހަމަ އަނިޔާ” އައިލީޝް ކުޑަކޮށް އެނދުން ތެދުވެލާ އިޝާރާތް ކޮއްލިއެވެ. އެއާއެކު ރާސިލް އެ ދިމާލަށް އައި ގޮތުން އޭނަ އަށް މޫނު އަނބުރާލާ ގޮދަޑީގައި މޫނު ޖައްސާލެވުނެވެ. “އަދި އެބަ ޖަދަލުކުރެއެއްނު… ތިއަށް ވުރެ ބޮޑު އަނިޔާއެއް ލިބޭ ހިތުންތަ ތިއުޅެނީ އޭތް” ރާސިލް ހަޅޭއްލަވައިގަތެވެ. އައިލީޝް އިސް އުފުލާލާ ހިޔާލެއް ދެން ނުކުރިއެވެ. އޭނާ ރޯލަ ރޯލާ އޮތީއެވެ. ރާސިލް ގެ ފަރާތުން ރޭ ފެނުނު އޯގާތެރިކަން މިހާރު ކޮބާބާއެވެ. […]
މާގިނަ އިރު މަޑު ކުރާކަށް ނުޖެހުނެވެ. ދޮރު ހުޅުވާލިއެވެ. ދޮރުހުޅުވާލުމާއެކު އޭނާ އަވަސް އަވަހަށް އެތެރެއަށް ދެމިގަތެވެ. ދޮރު ހުޅުވީ އޭނާ އާއި ދާދި އެއްއުމުރެއްގެ މީހެކެވެ. މަޑު ފެހިކުލައިގެ ގަމީހެއް ލާފައި ހުރި އިރު އަޅާފައިވާ ޓައީ ކަރާ ދިމާކުން ދޫކޮއްލާފައި އޮތުމުން ދެންމެ ގެއަށް އައިސް ވަންހެން ހީވުމާއެކު އެމޫނުމަތިން ވަރުބަލިކަން ވެސް ފާޅުވަމުން ދިޔައެވެ. އަތުގައި އޮތް ހުދު ކުލައިގެ ކޯޓް އަށް ދާނިޝް ގެ ނަޒަރުހުއްޓުނެވެ. ދާނިޝް އެކޭ އެއްގޮތަށް އެޒުވާނާ […]
އެ ކުއްޖާ ފެނި އޭނާގެ ހިތަށް ގޮތެއްވެގެން ހަމަ ގައިމުވެސް ހިނގައްޖެއެވެ. ފުރަތަމަ ނަޒަރުން ލޯބިވުމޭ ކިޔަނީ މިހެންވެހެއްޔެވެ؟. އޭނަގެ ސިކުނޑީގައި ހައިޖާނެއް އުފެދިފައިވެއެވެ. ***** އެ ދުވަހުގެ ހަނދާންތަކުން އޭނާ އަށް ނިކުމެވުނީ ފަތިސް ނަމާދު ބަންގީގެ އަޑަށެވެ. ނިދުމުގެ ބަދަލް ގައި އޭނާ ތެދުވެ ނަމާދަށް ދާން އަވަސްވެގަތެވެ. ————– އަނެއްދުވަހު ހެދުނު އޮފީހަށް ދާން ރާސިލް ތައްޔާރުވަމުން ދިޔަ އިރު އާދައިގެ މަތިން އައިލީޝް އޭނާގެ ހަރަކާތްތަކަށް ބަލަން އިންތަން ރާސިލް އަށް […]
“ކިތަށް ފަހަރުތަ ބުނަންވީ ނޭގެޔޭ… އަހަރެންގެ ކުރިމަތީ ހުރެގެން ތި ވައްތަރު ތައް ނުޖައްސާ އައިލީޝް” ރާސިލް ގެ އަޑުގައިވި ނުރުހުންތެރިކަމުން އައިލީޝް ހިނދުކޮޅަކަށް މަޑުޖެހުނެވެ. އެހެންނަމަވެސް އޭނާ ހިތްވަރު އެލުވާނުލާ ލޯމަރާލުމާއެކު ފުންނޭވާ އެއްލާ އަނެއްކާވެސް ރާސިލް އާ ކުރިމަތިލިއެވެ. “އަހަރެންނަށް އެނގޭ މި ހަރަކާތް ތަކުގެ މާނަ ރާސިލް އަށް ނޭނގޭނެކަން… އެކަމަކުވެސް މިހިތަށް… މިހިތަކަށް ކެތެއް ނުވެޔޭ… ރާސިލް… އަށް އެނގޭތަ… މި ހިތަށް ކިހާ އަސަރެއްކުރާކަން… ރާސިލް އެކަންޏެއް ނޫނޭ މި […]
އޭނާ ރެއިލިންގައި އަތް އަޅުވާލިއެވެ. ހިނދެއް ހިނދަކަށް ވައިގަދަވަމުން ދިޔައީ ތޫފާނެއްގެ އިންޒާރު ދޭފަދައަކުންނެވެ. އޭނާ ލޯ މަރާލީ ފަހަރެއްގައިވެސް ހިޔާލުގެ ކަނޑަކަށް ގެނބޭކަށް ނޫނެވެ. އެހެންނަމަވެސް ލޯ މަރާލުމާއެކު އޭނާ އަށް ފެނުނު ސޫރައަކުން ރެއިލިންގައި ޖަހާލެވުނެވެ. އެއާއެކު އޭނާގެ އަތަށް ތަދުވިއެވެ. ދަގަޑުގައި ޖެހުނީ އެހާ ބާރަށެވެ. އޭނާ އަނގަޔަށް ގޮތެއް ހަދާލިއެވެ. އަދި ކުރިމަތިން ފެންނަމުން ދިޔަ މަންޒަރަށް ނަރަރުހުއްޓާލިއެވެ. އުޑުމަތިން ތަރިއެއްހާ ހިސާބުވެސް ފެންނާކަށް ނެތެވެ. އެހެންނޫނަސް ދިއްލާ އަޅާފައިވާ މި […]
އެއްޗެހި ބަދަލް ކޮއްލާ ތާޒާ ވެލައިގެން ނުކުތް އިރު ރާސިލް އޮތީ ނިދާފައެވެ. އޭނާ ރާސިލް އޮތް ފަޅިއަށް ޖެހިލާ އެމޫނަށް ބަލަން ހުއްޓެވެ. އެއީ އޭނާ ލޯބިވާ ފިރިމީހާއެވެ. އެމޫނުމަތިން ފެންނަނީ ތާޒާކަމެވެ. ހިންހަމަ ޖެހުމެވެ. އެ މޫނުގައި ފިރުމާލާހިތުން އޭނާ އަތް އެ ދިމާލަށް ގެންގޮސްލިއެވެ. އެކަމަކު ދެވަނަ ފަހަރަށް އަތް ދަމައިލީ އެ ހޮތްވަރު ނެތުމުންނެވެ. އައިލީޝް އަށް ހަދަން ވީގޮތެއްނޭގުނެވެ. މޫނުމަތިން ފެންނަނީ ހިތް ދަތިކަމެވެ. ރާސިލް އަށް ވީ ކިހިނެތްބާއެވެ. […]
ދަރުބާރުގޭ ކައިރިއަށް އައިސް މަޑުކޮއްލި ރަތް ކުލައިގެ ކާރަށް ބަލާލި ކޮންމެ މީހަކުވެސް ދިޔައީ ހިތާހިތުން އެއަށް ތައުރީފް ކުރަމުންނެވެ. އެ ކާރަށް ބަލާލާ ކޮންމެ މީހަކަށް ވެސް އެހެން ދިމާލަށް ބަލާލަން ނުކެރެނީ އެ ކާރު ޑިޒައިން ކޮއްފައިވާ ފުރިހަމަކަމުން ނެވެ. ރިބަނާއި ރަތް ފިނިފެންމަލުގެ ބުކޭ ތަކުން ރީތި ގޮތަކަށް ޑިޒައިން ކޮއްފައިވާ ރަތް ކުލައިގެ އެ ކާރު ފެންނަލެއް ކިތަންމެ ހާވެސް ފުރިހަމައެވެ. ދަރުބާރުގޭ ކުރިމަތިގައި ހުރި ދާނިޝް ގެ މިސްރާބުހުރީ ދާދި […]
އައްސަލާމް ޢަލައިކުމް. އޭދޭސް ކުރާ ހިތްވޭ ރޮމުން މި ވާަހަކަ އަކީ އަޅުގަނޑު މި ސައިޓަށް ލިޔާ ތިން ވަނަ ވާހަކަ އެވެ. މި ވާހަކައިގައި ނަގާފައިވާ ނަންތަކުގެ ތެރެއިން ޒިޔާދު އާއި ހިޝްމާ ފިޔަވާ އަދި ނަގާފައިވާ އެހެން ހުރިހާ ނަންތަކަކީ ވެސް ކިޔުން ތެރިންދީފައިވާ ނަންތަކަކަށް ވުމާއެކު އެ ކިޔުންތެރިންގެ އެދުމުގެ މަތިން ނަގާފައިވާ ނަންތަކެކެވެ. ވާހަކައިގައި ހުރި ނަންތަނުގެ ތެރެއިން އައިލީޝް: ބަތަލާ މިމްރާހް: ބަތަލް މި ދެނަމަކީ ވާހަކައިގެ މައިގަނޑު ދެ […]
ދަރުބާރުގޭގެ އެތެރެ ޒީނަތް ތެރިކޮއްފައިވަނީ ނުހަނު ރީތިކޮށެވެ. ކަޅުކުލައިން ޒީނަތް ތެރިކޮއްފައިވާ ދަރުބާރުގޭ ކައިރިއަށް އައިސް މަޑުކޮއްލި ރަތް ކުލައިގެ ކާރަށް ބަލާލި ކޮންމެ މީހަކުވެސް ދިޔައީ ހިތާހިތުން އެއަށް ތައުރީފް ކުރަމުންނެވެ. އެ ކާރަށް ބަލާލާ ކޮންމެ މީހަކަށް ވެސް އެހެން ދިމާލަށް ބަލާލަން ނުކެރެނީ އެ ކާރު ޑިޒައިން ކޮއްފައިވާ ފުރިހަމަކަމުން ނެވެ. ރިބަނާއި ރަތް ފިނިފެންމަލުގެ ބުކޭ ތަކުން ރީތި ގޮތަކަށް ޑިޒައިން ކޮއްފައިވާ ރަތް ކުލައިގެ އެ ކާރު ފެންނަލެއް […]