“އަނބި ގަބޫލް ކޮއްފިންތަ؟” ގާޒީ އަހާލިއެވެ. އެއާއެކު އާއިކް އަނބި ގަބޫލް ކޮއްފީމޭ ބުނެލިއެވެ. “އާރާ އަށް ދެލޯ މަރާލެވުނެވެ. މިއީ މައިލީން ވެސް ބުނި އިހްސާސްހެއްޔެވެ؟. ބުނެދޭން ނޭގޭ އިހްސާސްއެކެވެ. އުފާވެ ބިރުގަނެ ހަދަން ވީ ގޮތެއްނޭގުނެވެ. ޔަޝްމް ހުރީ ޒާރިވާ ކައިރީގައެވެ. ލާފައިވަނީ ނޭވީ ބްލޫކުލައިގެ ވަށްތިރި ހެދުމެކެވެ. ހެދުމުގެ ބަންދާ ދިމާގައި މާގަނޑެއް ހަރުކޮއްފައިވާއިރު ހެދުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. އިސްތަށިގަނޑު ފަންކޮއްފައިވާއިރު ކޮޑުން ތިރިއަށް އަރައެވެ. ކައިވެނި ކޮއްނިމިގެން މެހެމާނުން އަންނަން […]
“އެކަމަކު ޔަޝޫ ޑޭޑް” ޔުއާން ބުނަން އުޅުނެވެ. އޭނާއަށް ވެސް ބޯ ކަހާލެވުނެވެ. “ލާވީ ބުނި ދޫކޮއްލާ ވާހަކަ” އައިކަލް ބުނެލިއެވެ. އެއާއެކު ޔުއާން އަށް ހަމަޖެހުމުގެ ނޭވާއެއްލެވުނެވެ. އޭނާ މައިލީން އަށް ބަލާލިއެވެ. އެހެންނަމަވެސް މައިލިން އިސްޖައިގެން އިނީ އެއްވެސް މީހަކަށް ނުބަލަން ކަމަށް ހުވާކޮއްގެން ކަހަލައެވެ. ޔުއާން އަށް ހެވުނީ މައިލީން ގެ އެއަމަލުންނެވެ. އައިކަލް ވެސް އިރުކޮޅަކު މަޑުކޮއްލާފައި ދިޔައީ އޮފީހަށް ދާން ޖެހޭތީއެވެ. އައިކަލް ދިޔުމާއެކު ޔުއާން ތެދުވެގެން ގޮސް މައިލީން […]
“ލީން….” ޔުއާން މިފަހަރު މައިލީން އަށް ގޮވާލުމާއެކު އޭނާގެ އަނގައިން ދެން ނުކުތް އެބަސްތަކުން މައިލީން އަށް ތެދިން ފިޔަވަޅު ފަހަތަށް އަޅާލެވުނީ މޭގައި އަތް އަޅައިގެން ހުރެއެވެ. ޝާލީން އާއި އާރާވެސް އެކަކު އަނެކަކަށް ބަލާލުމާއެކު ރޯން ފެށުނީއެވެ. އައިކަލް އާއި ޒާރިވާ އަދި އާއިކް ގެ އިތުރުން ނުސްރާ އާއި ފާއިޒް އަށް ވެސް ތިބެވުނީ ބުނާނެ އެއްޗެއް ނޭގިފައެވެ. މައިލީން އަށް ހުރިތަނަށް ތިރިވެވުމާއެކު ކަކޫ ޓައިލްސް ތަކު މަތީގައި ޖައްސާލެވުނެވެ. އަދި […]
“ލީން… ވީ ނީޑް ޓް އޮޕަރޭޓް ހާރ… ވީ ހޭވް ނޯ އަދަރ އޮޕްޝަން އޭޒް ސާރޖަރީ” ޔުއާން އުނދަގުލުން ބުނެލިއެވެ. އެއާއެކު މައިލީން ޔުއާން އާ ދުރަށް ޖެހިލަމުން ޝަކުވާގެ ނަޒަރަކުން ބަލާލިއެވެ. “ނޫން” މައިލީން އަށް ބުނެވުނެވެ. އޭނާ އަށް ފާޑަކަށް ހުއްޓެވުނީ ޔަޝްމް އޭނާ އާ ވަކި ވަނީ އޭ ހިތަށް އެރުމުންނެވެ. “ނޫން” އަނެއްކާވެސް އޭނާ އަށް ޔުއާން އާ ދިމާލަށް ބަލާލަމުން ބުނެލިއެވެ. “ލީން ލިސެން ޓް މީ… އައި […]
“ޑޯންޓް ވޮރީ އިނގޭ” މިރޭ ބަލާ އަންނާނަން” ޔުއާން މައިލީން ގާތު ބުނެލަމުން ޔަޝްމް އާ ވެސް ކުޑަކޮއް ވާހަކަ ދައްކާލާފައި ނުކުތީ މިރޭ މައިލީން އާއި ޔަޝްމް އާއި އެ އާއިލާ ގޮވައިގެން ޔުއާން މެންގެއަށް އައުމަށް ދައުވަތު އަރުވާފައެވެ. މައިލީން ހިންހަމަ ޖައްސައިދޭން ކިތަންމެ ވާހަކަ އެއްދެއްކިޔަސް ހަގީގަތަކީ އޭނާވެސް ނުތަނަވަސް ވެފައި ވާކަމެވެ. އޭނާގެ ހިތްވެސް ނުލާހިކު ބާރަށް ތެޅެމުން ދާކަމެވެ. އޭނާގެ ފައިން ވެސް ތުރު ތުރުއަޅާކަމެވެ. އެހެންނަމަވެސް މައިލީން އަށް […]
އެހެންނަމަވެސް އެއްވެސް ތަފާތެއް އޭނާ އަކަށް ފާހަގައެއްނުކުރެވުނެވެ. ވާނުވާގައި އޭނާ އިންދާ އެތަނުން ކުއްލިއަކަށް އިވުނު މިއުޒިކް ގެ އަޑު އޭނާގެ ސަމާލުކަން ހޯދިއެވެ. މައިލީން އެތާ އިށީދެ ކުރިމައްޗަށް ބަލާލިއެވެ. އަދި އެވަގުތު އެތަނުގައި އަޅުވާފައި ހުރި ޕްރޮޖެކްޓައިން ދައްކަމުން ދިޔަ މަންޒަރަށް ނަޒަރު ހުއްޓާލިއެވެ. މަޑު މަޑު މިއުޒިކެއްގެ އަޑުވެސް އެހިނދު އިވިގެން ދިޔައެވެ. އޭނާ ޔުއާން އަށް ބަލާލިއެވެ. އެއާއެކު ޔުއާން އެދުނީ މައިލީން ގާތު ކުރިމައްޗަށް ބެލުމަށެވެ. ފަނޑުފަނޑުކޮއް އެޅެމުން ދިޔަ […]
އާދިލާ ގޭގެ ބަދިގޭގައި އުޅެނިކޮއް ސިހުން ގެނުވީ އޭނާއަށް ގޮވާލިއަންހެން ކުއްޖާގެ އަޑުންނެވެ. އޭނާ އެދިމާލަށް ބަލާލަމުން ހިނިތުންވީ ހުރިހަ ދަތްތައް ފެންނަ ވަރަށެވެ. އެ ވަގުތަކީ ޖަޒިލް ވެސް ވަދެގެން އައި ވަގުތެވެ. އެހެންނަމަވެސް އޭނާ އެ ދިމާލަށް ބަލާލާކަށް ގަސްތެއްނުކުރިއެވެ. އެހެން ނަމަވެސް އެ ކުއްޖާއަށް ޖަޒިލް ފެނި ހިނިތުންވެވުނެވެ. އެ އަންހެންކުއްޖާ ގެ ތުންފަތް މަތީގައި ވަނީ ސިއްރުވެރި މާނަފުން ހިނިތުންވުމެކެވެ. *** އާރާ އެތެރެއަށް ވަނުމާއެކު އޭނާގެ ލޮލުގައި ފުރަތަމަ ވެސް […]
“މާމާ އަޅުގަނޑު ބުނާނަން” އާއިކް ކުރިއަށް ޖެހިލާފައި ބުނެލިއެވެ. އެއާއެކު ޔުއާން އަށް ލޯ މަރާލެވުނީ އޭނާގެ ހަގީގަތް ދެން ޒަރިވާގެ ކުރިމައްޗަށް އަންނަން އެންމެ މިނިޓެއްވެސް ނެތޭ ހިތަށް އެރުމުންނެވެ. މާމާ ދޮން…” އާއިކް ގެ ޖުމްލަ ހުއްޓުނީ ޒާރިވާ ގެ ވާހަކައިންނެވެ. “މަޑުކޮއްބަލަ އިކް.. ދެކުދިންގެ ދެމެދު ގަ އޮތް ކަމެއްވިއްޔާ ވާހަކަ ދައްކައިގެން ހައްލު ކުރަން ވާނީ… މިހާރު ތީ ވެސް ބޮޑެތި ވެފަ ތިބި ދެކުދިން” ޒާރިވާ ބުނެލިއެވެ. އެއާއެކު ޔުއާން […]
ސޮރީ…. އަސްލު…” މައިލީން އިސް އުފުލާލުމާއިއެކު ފެނުނު މާގެ ސަބަބުން ބަސްހުއްޓުނެވެ. އެމީހާގެ މޫނުމަތިންވެސް ހައިރާން ކަމުގެ އަސަރު ފާޅުވާން އެބަހުއްޓެވެ. “އަޅުގަނޑު މާފު ކުރައްވާ” މައިލީން ތެދުވަމުން ބުނެލިއެވެ. އެއާއެކު އެމީހަކު ހީލިއެވެ. މައިލީން އަށް ވެސް ހިނިތުންވެވުނެވެ. އެންމެ ފުރަތަމަވެސް އޭނާ އަޅައިގަތީ ހަމަ މިހެންނެވެ. މިއީ ކިހާބޮޑު އިއްތިފާގެއްހެއްޔެވެ؟. “އެދުވަހު ޝުކުރު ކޮއްލާނެ ފުރުސަތެއްނުލިބުނީ… އެކަމަކު މިއަދު ބޭނުން ޝުކުރުކޮއްލަން… އެރޭ އަޅުގަނޑަށް އެހީ ވީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ…” މައިލީން ހިނިތުންވެލާފައި […]