އެވަގުތު ދެމީހުންވެސް ސިހުނީ ގޭގެ ދޮރުފަތް ވަރަށް ބާރަށް ހުޅުވުނު އަޑަށެވެ. މީހަކު އައީ ކަމަށް ހީކުރެވުނު ކަމުގައި ވިނަމަވެސް ވަޔާ ހުޅުވުނީއެވެ. ރާސިލް މަންމަ އާއި ވާހަކަ ދައްކާލާފައި ބާރަށް ދަނީ ކަމަށް ބުނެ ދިޔައެވެ. ***** “އައިލީ… އަހަރެންގެ ހަޔާތުގެ ސަފްހާތަކަކީ ވަރަށް ހިތި ހަނދާންތަކެއް އޭގާއި ފޮރުވިފައިވާ ސަފްހާތަކެއް… އެއީ އަހަރެންގެ ވެސް ދިރިއުޅުން ބަދަލް ކޮއްލި ދުވަސްތަކެއް…. މުޅި މި ހަޔާތް އަނދިރި ކަމުން ވަށާލި ދުވަސްކޮޅެއް…. ތިހެން ނޯވޭ ދެން… […]
އިފްޝާގެ ކޭސް އާ ބެހޭ މައުލޫމާތުން މުޅި ނިޔުސް ފީޑް ފަޅުފިލުވަމުން ދިޔައީ އެއީ މަޝްހޫރު ވައިލެޓް ކޮންޕެނީ އާއި ވިޔަފާރިވެރިޔާ ޒާހިދު ގެ ދަރި ދާނިޝް އާ ގުޅޭ ކޭސްއަކަށް ވެސް ވީމައެވެ. އިފްޝާގެ އިއުތިރާފަށްފަހު ދާނިޝް ޖަލަށް ލެވުނުތާ ދެދުވަސްތެރޭ ދޫކޮށްލެވުމާއެކު ރާސިލް ގެ ރުޅި އިތުރަށް ގަދަވެ ބަދަލް ހިފުނު ގޮތަކަށް ބަދަލް ހިފުމުގެ ރޫހް އާލާވިއެވެ. ގިނަ މީހުން އިނގިލި ދިއްކުރަމުން ދިޔައީ އިފްޝާއަށެވެ. ހަބަރުފަތުރާ ގިނަ މީހުން ވާހަކަ ދައްކަމުން […]
“އަހަރެންގެ އާއިލާ އާ ބެހޭ އެއްވެސް އެއްޗެއް ދާން އަކަށް ނޭނގެއެއްނު…” އިޒިކް ބުނެލިއެވެ. “ވަޓް ހެޕެންޑް އިޒިކް؟” ދާނިޝް އަހާލިއެވެ. އިޒިކް ދުވަހަކުވެސް ނުދައްކާ ވައްތަރަކަށް ވާހަކަ ދައްކާތީ ދާނިޝް އަށް ވެސް ވަނީ ހައިރާންކަމެއް ވެރިވެފައެވެ. އެއާއެކު އިޒިކް ފުންނޭވާއެއް ލަމުން ދާނިޝް އަށް ބަލާލިއެވެ. “އަހަރެން ދުވަހަކުވެސް ދެކެން ބޭނުންނުވާ މީހެއް ފެނުނީ… އަހަރެން ދުވަހަކުވެސް އެމީހެއްގެ ކުރިމަށްޗަށް އަރަން ބޭނުންނުވާ މީހެއްގެ ކުރިމަށްޗަށް އެރުނީ… ހެހެ. އަހަރެމެން ކޮށްދިން ކަންތަކުގެ އަގު […]
“ބޭބެކަން ހަނދާންވޭތަ؟” އެ ޒުވާނާގެ އަޑުގައިވަނީ ނުރުހުމެވެ. ނަފްރަތެވެ. އޭނާ އެ ކުއްޖާ ނަގާ ރީއްޗަށް ބެހެއްޓިއެވެ. އަދި ފަހަތަށް އެނބުރުނެވެ. އެ އަންހެން ކުއްޖާ އަށް ނަޒަރު ހުއްޓައިލައިގެން ހުރި އިޒިކް ގެ ހިޔާލްތަކަށް މީގެ އެތަށް އަހަރެއް ކުރީގެ ހަނދާނެއް އައެވެ. ފުންނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލަމުން އޭނާ އެ ހިޔާލް ތަކުން ނުކުތެވެ. އަދި ވާހަކަ ދެއްކިއެވެ. “އަހަރެންނަށް ބޭބެ އޭ ކިޔަން ލަދެއް ނުގަނޭތަ؟” އިޒިކް އިއްވާލިއެވެ. އެއާއެކު އެ އަންހެން […]
ވިސްނި ވަރަކަށް ބޯ ހާސްވުން ނޫންކަމެއް ނުވިއެވެ. ހުންގާނުގައި ދެފަހަރަކު ބޮލުން ޖަހާވެސް ލެވުނެވެ. އެހެނެއްކަމަކު ބޮލުގަ ރިއްސަމުން ދިޔަވަރަށް ލުއި ވި ހެނެތް ހިޔެއް ނުވިއެވެ. އޭނާ ކާރުސްޓާރޓް ކޮއްލިއެވެ. އަދި ދުއްވާލިއެވެ. އެހެންނަމަވެސް އޭނާގެ މިސްރާބުހުރީ ގެއާ ދިމާލަކަށް ނޫނެވެ. ކޮންމެވެސް އެހެން ތާކަށެވެ. އެ ދިޔަ މަގުމަތީގައި އޭނާ އެތާހުރި ފިހާރެއެއްގެ ކައިރިއަށް މަޑުކޮށްލުމަށްފަހު ވަނެވެ. އަންޖުމް ބޭނުންވާފަދަ ބޮކި އަރުވާ ފުޅިއެއް ގަނެގެން އޭނާ ނުކުމެގެން ގޮސް ކާރަށް އަރާ ދާން […]
*******ހަތަރު އަހަރު ފަސް******* “ޑެޑީ” ދުވަމުން އައި ތުއްތު ކުއްޖާގެ އަޑު އިވުމާއެކު ރާސިލް އަށް ލޯގަނޑު ކުރިމަތީހުރެ ފަހަތަށް ބަލާލެވުނެވެ. އެ ތުންފަތަށް ހިނިތުންވުމެއް ވެރިވުމާއެކު އެ ދިމާލަށް ގޮސް އެ ތުއްތު ކުއްޖާ އުރާލިއެވެ. “ޑެޑީގެ ޕްރިންސެސް…” އެ ތުއްތު ކުއްޖާގެ ކޮލަށް ދޮނެއް ދެމުން ރާސިލް ބުނެލިއެވެ. އެ ތުއްތު އަންހެން ކުއްޖާ އަކީ ރާސިލް އާއި އައިލީޝް ގެ ލޯބީގެ ނިޝާނެވެ. އައިލީޝް ގެ ނަމާ ގުޅުވާފައި ރާސިލް އެ ދަރިފުޅަށް […]
“ދާނިޝް” އިތުރު އެއްޗެއް ނުބުނެވި އުޅެނިކޮށް އިފްޝާ ހަބަރުހުސްވެގެން ވެއްޓުނީއެވެ. ***** ރާސިލް ސިހުނީ އައިލީޝް އައިސް ކޮޓަރިއަށް ވަނުމުންނެވެ. އޭނާ ސޯފާއިން ތެދުވެގެން އައިލީޝް ކައިރިއަށް އައިސް ހުއްޓި ބައްދާލިއެވެ. އައިލީޝް އަށް ހިނިތުންވެވުނެވެ. އޭގެ އަނެއް ދުވަހު ޒީޝާ އާއި ދާނިޝް އާއި ދެމީހުން ގޭގެ ޓެރެސްއިން ބައްދަލުކުރީ ހެދުނު ގަޑީގައެވެ. “ޒީ… މިއަދު ތިދަނީ ވަރި ސާބިތުކުރަން… އެއަށް ފަހު ޒީޝާ މާނިއުގެ ކިބައިން މިނިވަންވާނެ” ދާނިޝް ހިނިތުންވެލިއެވެ. ޒީޝާ ވެސް ދާނިޝް […]
“ހަނދާން ކުރައްޗޭ… ކަލޭ އަށް ވުރެ ނިކަމެތި ކުދިންނަށް އަނިޔާ ކުރުމަކީ މޮޅުކަމެއް ނޫން. އޭން އެ ދައްކާ ދެނީ ކަލޭގެ ފިނޑިކަން…” ދާނިޝް ވާހަކަ ދެއްކިއެވެ. އަދި ޒީޝާގެ ގާތު ތި ދާ ތާކަށް ދިއުމަށް ބުނެލިއެވެ. ނޫނީ އޭނާ ގެންގޮސް ދޭނޭ ކަމަށް ބުނެލިއެވެ. ޒީޝާ މާނިއު އަށް ބަލާލަމުން ގޮސް ދާނިޝް ގެ ކާރުގެ ދޮރުފަތް ހުޅުވާލާފައި ވަނެވެ. އެތަން ބަލަން ހުރި މާނިއު ހުރީ ރުޅިއައިސް ރަތްވެފައެވެ. އޭނާގެ ދެއަތް މުށްކެވިގެން […]
އައިލީޝް އަށް ވިސްނެމުން ދިޔައެވެ. ރަސިލް އާ ވާހަކަ ދައްކާނެ ގޮތަކާ މެދުގައެވެ. އެހެންނަމަވެސް ކުރެވޭނެ ކަމެއް ނެތުމާއެކު އޭނާ އަށް ރޯލަ ލޯލާ ހުރެވުނީއެވެ. އެހެން ހުރިއިރު އޭނާގެ ބަނޑަށް މަޑު މަޑުން ރިހުމެއް އަންނަހެން ހީވިއެވެ. އެ ރިހުން ބާރުވާން ފެށި އިހްސާސް ކުރެވުމާއެކު އޭނާ އަށް ރާސިލް ގައިން އަތް ދޫކޮށްލެވުނެވެ. ދެވަނަ ސިކުންތުގައި ރާސިލް ގެ ގަމީހުގެ ފުރަގަހަތުން އޭނާ އަށް ހިފައްޓާލެވުނެވެ. އައިލީޝް ގެ އަތް ދޫވެގެން ދިޔަގޮތުން ރާސިލް […]