އެހެންނަމަވެސް ދެފަރާތުން އަންނަމުން ދިޔަ މީހުންނަށް ބަލާލާފައި އެނާ ނިންމީ ވާނެ ގޮތެއް ވާން ދޫކޮއްލާފައި އެތެރެއަށް ވަންނާށެވެ. ދޮރުގެ ތަޅުގައި ހިފާލުމާއެކު ދާދި ފަސޭހައިން ދޮރު ހުޅިވިގެން ދިޔައީ ތަޅުނުލާ ހުރުމުންނެވެ. ބަލަން ނުހުރެ އޭނާ ދޮރު ހުޅުވާލާފައި އެތެރެއަށް ދެމިގަތެވެ. ދާނިޝް އިޒިކް ގެ އިންތިޒާރުގައި އިޒިކް ގެ ގޭގައި ހުރި ސޯފާގައި އިށީދެ އިނދެ އިންތިޒާރުކުރަމުން ދިޔައެވެ. އޭނާ އައި ތަނާހެން އިޒިކް އަށް ހޮސްޕިޓަލަށް ދާން ޖެހުނީއެވެ. ދެމީހުން ދިމާވީ ގޭގެ […]
އެނބުރި ޑޮކްޓަރަށް ބަލާލި ދެމީހުންނަށް އަނެއްކާވެސް އެކަކު އަނެކަކުގެ މޫނަށް ބަލާލެވުނެވެ. “ކޮންމެ ދެމަފިރިއަކަށްވެސް އެންމެ އުފާވެރި ހަބަރަކަށް ވާނެ މި ހަބަރު” ޑޮކްޓަރުގެ މި ޖުމްލަ ދެމީހުންގެ ކަންފަތުގައި ވެސް ގުގުމަމުން ދިޔައެވެ. “ކީކޭ” ރާސިލް އަށް ހައިރާން ކަމާއެކު އަހާލެވުނެވެ. އައިލީޝް އަށް އެއްޗެކޭ ނުބުނެވޭކަން ޔަގީންވުމާއެކު އޭނާ އަތުންވެސް އިޝާރާތް ކޮށް ކީކޭ ހޭ އަހާލިއެވެ. “މިބުނީ އައިލީޝް ބަނޑުބޮނޑޭ” ޑޮކްޓަރު އިތުރަށް ތަފްސީލް ކޮއްލަދިނެވެ. ފިރިހެން ޑޮކްޓަރަކަށްވިޔަސް ދިވެހި ޑޮކްޓަރަކަށް ވުމާއެކު […]
ރާސިލް އުނދަގޫ ގޮތަކަށް ލޯ ހުޅުވާލުމާއެކު އޭނާ މޭޒުމަތީގައި އިން ފޯންނަގާ ނަމާދަށް ދާށޭ ލިޔެލާފައި ދަށްކާލިއެވެ. އައިލީޝް ގެ މިއަމަލުން ރާސިލް ގެ ތުންފަތަށް މިފަހަރަ ހިނިތުންވުމެއް ވެރިވިއެވެ. ހެޔޮލަފާ އަންބެކޭ ހިތަށް އެރިއެވެ. ރާސިލް ވެސް އެއްވެސް އެއްޗެއް އިތުރަށް ބުނުމެއްނެތި ފާހާނާއަށް މިސްރާބުޖެހިއެވެ. ޒީޝާ އޭނާގެ އެއްފަރާތުގައި އަރާމުކޮށް ނިދާފައިވާ މާނިއު އަށް ބަލާލިއެވެ. ފެންކަޅި ވެފައި ވީ ދެލޮލާ އެކީ އޭނާ ބަލަން އިން އިރު އެ ހިތުގައި އަޅަމުން ދިޔަ […]
ދާނިޝް ހިޔާލްތަކުގައި ބެހިގެން ދިޔައިރު ރާސިލް ވެސް ދިޔައީ ވިސްނަމުންނެވެ. ފޮޓޯ ގަނޑަށް ބަލަހައްޓައިގެން އިނދެ ދޮންތަގެ އުފާވެރި ކޮންމެ ހަނދާނެއް އޭނާ އާކުރަމުން ދިޔައެވެ. އެ އޮފީހަށް އޭނާ ވަށައިގެން ބަލާލި ކަމުގައި ވިޔަސް ސިފަވަނީ ދޮންތައެވެ. މިއީ އެ ދޮންތަވެސް އެންމެ ފުރަތަމަ ވަޒީފާ އަދާކުރިތަނެވެ. ކެބިން އަށް ވަށައިގެން ބަލާލެވުނީ އެތަނަށް ނަފްރަތު ކުރާ ހާލުގައެވެ. ************ އިންޓަރި ވިއުއިން ދޮންތަ ފާސްވޭތޯ އޭނާ ދުއާ ކުރި އަދަދެއް ނޭގެއެވެ. ސިޓިން ރޫމްގައި […]
“އަދި ދިމާވާން ވާނެ އިނގޭ… އިންޝާ ﷲ… ޔަޝޫ ވަރަށް ފޯރިހުންނާނެ މިތަނަށް އަންނަން” މައިލީން ތެދުވަމުން ބުނެލިއެވެ. އެ ދެމީހުން ދިޔަ ދިމާބަލަން ތިބި ޒީޝާ އާއި އައިލީޝް ގެ ތުންފަތް މަތީގައި ވަނީ ހިނތުންވުމެކެވެ. އުނދަގޫވޭ ބުނެދޭން ދަތިވޭ… ހާތަލު މީ… ދެނެގެން މީ އަހަރެންގެ ހާލުކަން އެހީ ވާނުހޭ ރޯތަން ފެންނާނެޔޭ ވީ ކީއްކަން ނޭނގޭނެޔޭ… މީ އުފެދުމުގާ ހުންނަ އުނި ކަމެކޭ… ހިތަށް އަރާ ފެންނާނެނަމައޭ މި ދެލޮލުން ދުނިޔެ އެންމެނަށް […]
ރާސިލް އައިލީޝް ގެ ކޮންމެ ހަރަކާތަކަށް ސަމާލުވެގެން އިންފަދައެވެ. ކުއްލިއަކަށް އައިލިޝް ގެ އަތަށް ދަމާލުމާއެކު ގެނެސް އެމޭގައި ފޮރުވާލިއެވެ. ވެހެމުން ދިޔަ ވާރޭ ގެ ތެރޭގައިވެސް އައިލީޝް ގެ ލޮލުން އަންނަމުން ދިޔަ ކަރުނަތަށް އޭނާ އަށް އިހްސާސް ކުރެވެމުން ދިޔަފަދައެވެ. އެ ހޫނު ކަރުނައިން އޭނާގެ ހިތް މަތީގައި ބާއްވާލާފައިވާ ހިލަގަނޑު ވިރުވާލަން އުޅޭ ފަދައެވެ. “ޝްޝްޝް” ރާސިލް އަށް ބުނެވުނެވެ. އިތުރަށް އައިލީޝް ހަމަޖައްސަން ބުނާނޭ އެއްޗެއް އޭނާގެ ސިކުނޑިއަށް ނައީ ޚުދު […]
“ބޭނުމީ ހުރިހާ ކަމެއްގެ ހަގީގަތް އެނގޭކައްނު ދޯ… އާދޭ އަހަރެންނާއެކު” ރާސިލް އައިލީޝް އާ ދިމާލަށް ފިޔަވަޅެއް އަޅާލިއެވެ. އައިލީޝް ދެފަރާތަށް ބޯ ހޫރާލިއިރު އޭނާގެ ހިތަށް ވެރިވެފައިވަނީ އާދަޔާހިޔާފު ބިރުވެރިކަމެކެވެ. އައިލީޝް ހުރިގޮތުން ރާސިލް ގެ ހިތަށް މަޑުމޮޅިކަން ވެރިވެގަތް ކަމުގައިވިޔަސް އޭނާގެ އިހްސާސް ތަކުގެ މައްޗަށް އެވަގުތު ހުރީ އެހެން ރުޅިވެރިކަމެއް ވެރިވެފައެވެ. “ބަލަ ގޮވައިގެން ދާކައްނު މިއުޅެނީ ކަންތައް ތައް ކިޔައިދޭން… ކީއްވެ ފަހަތަށް ތި ޖެހެނީ… ފަހަތަށް ނުޖެހި އާދޭ…” ރާސިލް […]
އައިލީޝް އޭނާގެ އިންތިޒާރުގައި ހުންނާނޭ ހިތަށް އެރިއެއްކަމަކު އެކަމަށް ރާސިލް މާ ބޮޑު ސަމާލުކަމެއް ނުދިނެވެ. އަމިއްލަ ހިޔާލީ ދުނިޔޭގައި އޭނާ ހުރީ އުޅެލަން ބޭނުންވެފައެވެ. އެ ހަނދާން ތަކުން މިންޖު ނުވެވޭނޭ ހަނދާންތަކެއް އޭނާގެ މުޅި ސިކުނޑި ވަނީ ހިސާރުކޮއްފައެވެ. ދެލޯ މަރާލުމާއެކު އޭނާ ލޯ ހުޅުވާލީ އަނބުރާ އެދުވަސްތައް ލިބޭނެ ނަމައޭ ހިތަށް އަރާ ހާލުގައެވެ. އެދުވަހު އޭނާ އަށް ނުކުރެވުނު އެތަކެއް ކަމެއް މިއަދު މީ އެދުވަސްނަމަ ކޮއްދޭނަމޭ ބުނާހާލުގައެވެ. އެހެންނަމަވެސް ގެއްލިއްޖެ […]
“ކޮންކަމަކަށްތަ ސޮރީ… ހަމަ ހިނިއައީ” ދާނިޝް ބުނެލިއެވެ. “ރާއިދާގެ ކަމެއްތަ މީ” ދާނިޝް އަށް އެހެން ބުނެވުމާއެކު އަނެއްކާ އޭނާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ވާނީވެސް އެހެންތާއެވެ. ރާއިދާ ގެ ގޮތް އެންމެ ރަނގަޅަށް އެނގޭނީވެސް އޭނާ އަށްތާއެވެ. ރާއިދާ އަށް އިފްޝާ އާއެކު އޭނާ ވެސް ބަންދުކުރެވުނު ކަން އެނގުމުން ވަރަށް މަޖާވާނެއެވެ. އެކަމަކު މިފަހަރު ރާއިދާ އެކުރިކަންތައް އިނގުމުން އޭނާ އަށް ހިނިގަނޑު މަތަނުކުރެވުނީ އެކަންތައް ރާއިދާއަށް އެނގުމުން އޭނާގެ މޫނުގެ ކުލަވަރަށް އަންނާނޭ […]