Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އާދޭސް ކުރާ ހިތްވޭ ރޮމުން (16)

Hi Mi Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments
April 16, 2018 6 Mins Read
60 Comments

އެހެންނަމަވެސް ދެފަރާތުން އަންނަމުން ދިޔަ މީހުންނަށް ބަލާލާފައި އެނާ ނިންމީ ވާނެ ގޮތެއް ވާން ދޫކޮއްލާފައި އެތެރެއަށް ވަންނާށެވެ.

ދޮރުގެ ތަޅުގައި ހިފާލުމާއެކު ދާދި ފަސޭހައިން ދޮރު ހުޅިވިގެން ދިޔައީ ތަޅުނުލާ ހުރުމުންނެވެ. ބަލަން ނުހުރެ އޭނާ ދޮރު ހުޅުވާލާފައި އެތެރެއަށް ދެމިގަތެވެ.


ދާނިޝް އިޒިކް ގެ އިންތިޒާރުގައި އިޒިކް ގެ ގޭގައި ހުރި ސޯފާގައި އިށީދެ އިނދެ އިންތިޒާރުކުރަމުން ދިޔައެވެ. އޭނާ އައި ތަނާހެން އިޒިކް އަށް ހޮސްޕިޓަލަށް ދާން ޖެހުނީއެވެ. ދެމީހުން ދިމާވީ ގޭގެ ދޮރުކައިރިންނެވެ. އެހެންކަމުން އިޒިކް ދާނިޝް އަތަށް ތަޅުދަނޑި ދިނުމަށްފަހު ދިޔައީ ހޮސްޕިޓަލްގެ އެމަރޖެންސީ ކޭސް އެއް ދިމާވީތީއެވެ.

އޭނާ ފޫހިވެފައި ފޯނުން ގޭމުކުޅެން އިންނަތާ ގަޑިއިރެއްގެ އިރަށް ވުރެ ގިނަ އިރުވީއެވެ. އެހެން އިންދާ އިންތިޒާރަށް ނިމުމެއް އައީ އިޒިކް ގެ ފޯން ކޯލެވެ.

“ހަލޯ…. ދާނިޝް ހޮސްޕިޓަލަށް އަންނަން ވީނު… ކަމެއް ޖެހުނިއްޔޭ… އައިސް ދެމީހުން ކޮފީއަކަށް ދާނީ” އިޒިކް ދާނިޝް ފޯން ނެގުމާއެކު ބުނެލިއެވެ. ދާނިޝް ވެސް ޖަވާބު ދީފައި ނިންމީ އިޒިކް އާ ބައްދަލުކުރުމަށް ހޮސްޕިޓަލަށް ދިޔުމަށެވެ. އޭނާ އަވަސް އަވަހަށް ތެދުވެގެން ހޮސްޕިޓަލަށް ދާން މިސްރާބުޖެހިއެވެ.


މާނިއު ގެ ނަޒަރު ހުއްޓިފައިވަނީ އެނދުމަތީގައި އޮތް ޒީޝާ އަށެވެ. އަނގައިން ލޭފައިބާ ފައިވާއިރު އަތުގެ އުޅަބޮޑި ކޮޅަށް ބިއްލޫރި ގަނޑެއް ހެރިފައިވެއެވެ. ކުރު ގެޅިލައިގެން ބަނޑުގައި އަތް އަޅައިގެން އޮތް ނަމަވެސް މިހާރު އޭނާ އޮތީ ހަބަރު ހުސްވެފައެވެ. އިރު އިރުކޮޅުން ނޭވާ ނުލެވިގެން އުޅޭ މީހަކު ފަދައިން އުނދަގުލުން ލާ ފުން ނޭވާއިން ވެސް އޭނާ އަށް އަޅަމުން ދިޔަ ވޭން ފެންނަމީހަކަށް ވެސް އިހްސާސް ކުރެވޭނެއެވެ.

ޒީޝާ އާ ދިމާލަށް ބަލަން ހުރި މާނިއު ހުރީ ރުޅިއައިސް ރަތްވެފައެވެ. “ތެދުވޭ ތެދުވޭ… އަހަރެންނާ… އަހަރެންނާ ޖަދަލުކުރަން ތެދުވޭ” މާނިއު ޒީޝާ އާ ދިމާލަށް ގޮސް އޭނާގެ އަތުގައި ހިފާ ދަމައިގަތެވެ. އަދި އެއަށްފަހު ޒީޝާ އެނދުން ވެއްޓެން އުޅުމުން ދޫކޮއްލެވުނީ އެ ހަށިގަނޑުގައި ވަރު ނެތުމުންނެވެ. އޭރު ޒީޝާ ލަމުން ދިޔަ ނޭވާ ވެސް ހުއްޓިފައިވެއެވެ.

ޒީޝާ މަރުވީ ހެއްޔެވެ؟. ނޫނެކެވެ. އޭނާ މަޑުމަޑުން އެނދުގެ އެއްފަރާތަށް އެލިފައި އޮތް ޒީޝާ ގެ ބޮލާ ދިމާލަށް ގުދުވިއެވެ. އަދި ނޭފަތާ ދިމާލުގައި އަތް ޖައްސާލެވުނީ ޒީޝާ ނޭވާ ލާތޯ ޔަގީން ކުރުމަށެވެ. ޒީޝާ ގެ ނޭވާ ހުއްޓިފައި ވީތަން ފެނި އޭނާ އަށް އަތް ދަމާގަނެވުނެވެ. ކުރެވުނު އަނިތާ ތަކާ މެދު އޭނާ އަށް ވިސްނެން ފެށުނެވެ.

ޒީޝާ އެރޭ އޭނާ އާކުރިމަތިލަމުން ބުނެލި ބަސްތަށް އަދިވެސް އޭނާގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. “ވަރި ކުރަންވީނު ތިހެން ކަންތަށް ކުރަންޏާ” އެބަސްތަކުގެ ސަބަބުން އޭނާ ޒީޝާ އަށް އެތަކެތް އަނިޔާތަކެއް ދިނެވެ. ކޮޓަރިތެރެއަށް ޒީޝާ ދަމާފައި ވައްދަމުން އެނާ ޒީޝާ ކޮއްޕާލިއެވެ. އެއާއެކު އެނދުގެ ސައިޑްކަބަޑް މަތީގައި ހުރި ޖަގު ތެޅިގެން ދިޔުމާއެކު އޭގެން ބިއްލޫރި ގަނޑެއް ޒީޝާގެ އަތަށް ހެރުނެވެ. ވެއްޓިފައި އޮތް ޒީޝާގެ ބަނޑުގައި މާނިއު ބާރަކަށް ޖަހާލިއެވެ. އެއާއެކު ޒީޝާގެ އަނގައިންވޭނީ އާހް އެއް ބޭރުވެގެން ދިޔައެވެ. މާނިއު އަށް އެވަރު ކަމު ނުދިޔުމުން އަނެއްކާވެސް ޒީޝާ ނެގުމަށްފަހު ކޯތާފަތުގައި ޖެހިއެވެ. އަދި އެނދުމަށްޗަށް ކޮއްޕާލިއެވެ. އެއާއެކު އެ ބިއްލޫރގަނޑު އެތެރެއަށް ވަދެގެން ދިޔުމާއެކު ޒީޝާ އަށް ހަޅޭއްލަވައިގަނެވުނެވެ. މާނިއު އަނެއްކާވެސް ޒީޝާގެ ބަޑުގައި ކޮޅުފައިން ދެފަހަރު ޖެހިއެވެ. އެއާއެކު ޒީޝާގެ އަނގައިން ވެސް ލޭ އަންނަން ފެށިއެވެ. ހިޔާލްތަކުން އޭނާ އަށް ނިކުމެވުމާއެކު އަނެއްކާވެސް ޒީޝާ އަށް ނަޒަރު ހުއްޓާލެވުނެވެ.

ޒީޝާ އެނދު މައްޗަށް އެރުވުމަށްފަހު ސީޕީއާރް ދޭން ފެށުނީ އަމިއްލަ އިޚްތިޔާރުން ބޭރުގައެވެ. ޒީޝާ އަށް ކިތަންމެ ނަފްރަތު ކުރިއަސް އޭނާ މަރާލާކަށް މާނިއު ބޭނުމެއް ނުވެއެވެ. އޭނާ ބޭނުންވީ ޒީޝާ ދެރަކޮށް ރޮއްވާށެވެ. ވޭނީ ކަރުނަތަށް އެ ދެލޮލުން އޮހޮރުވާށެވެ. އިރުކޮޅެއް ގެ މަސައްކަތުން ޒީޝާ މަޑު މަޑުން ލޯ ހުޅުވާލުމާއެކު އޭނާ އަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. އަދި ޒީޝާ އަށް ދެފަހަރަކު ގޮވާލެވުނެވެ. ޒީޝާ ނޭވާ ލިޔަސް އަދިވެސް އިތުރު ކަމެއް ވެދާނެކަމަށް އޭނާ ޔަގީންކުރިއެވެ. އެހެންވެ އިތުރު ވިސްނުމެއް ނުވިސްނާ ހޮސްޕިޓަލަށް ޒީޝާ ގެން ދިޔުމަށް އޭނާ ނިންމިއެވެ. އެންބިއުލެސް އަށް ގުޅާނީތޯ ނޫނީ ނުގުޅާނީތޯ ވިސްނަން އޭނާ ފޯނަށް ނަޒަރު ހުއްޓައިލއިގެން އިނެވެ. އެ ހިނދު ޑޮކްޓަރު ގާތުގައި ބުނާނޭ އެއްޗަކާ މެދު އޭނާ ވިސްނިއެވެ. އެކްސިޑެންޓެއް ވިއްޔޭ ބުނީމާ ރަނގަޅުވާނެޔޭ ހިތާ ގުޅާލިއެވެ. އެންމެ ހިނދުކޮޅެއްވެސް މަޑު ނުކޮށް އޭނާ އެންބިއުލެންސް އަށް ގުޅާލިއެވެ.


ދާނިޝް ގޮސް ހޮސްޕިޓަލް ގެ ގަރާޖުގެ އާއްމުން ޕާރކުކުރާ ބައި ގައި ކާރު ޕާރކް ކޮއްލާފައި ހޮސްޕިޓަލަށް ވަންނަން ދިޔައެވެ. އެވަގުތު އޭނާ އާއި ދާދި ގާތުގައި ހުއްޓުނު އެންބިއުލެންސް ލޮލުގައި އަލައިގަތެވެ. މީހުންނަށް ތަން ދިނުމުގެ ގޮތުން އޭނާ އެއްފަރާތަކަށް ޖެހިލިއެވެ. އަދި މަޑުކޮށްލިއެވެ.

ބަލަން ހުއްޓާ އެތަނަށް މެޑިކަލް އޮފިސަރުންގެ ޓީމް އައެވެ. ދޮރު ހުޅުވާލާފައި ނެރުނު އަންހެންކުއްޖާ ގެ މޫނު އޭނާ އަށް ރީއްޗަށް ފެނުނެވެ. “ޒީޝާ” އޭނާ އަށް ކިޔާލެވުނެވެ. އެ ހިނދު އެ ދިމާލަށް ހިނގައިގަތް ތަނާ އޭނާ ގެ ލޮލުގައި ދެން ފޭބި ފިރިހެން މީހާ އަޅައިގަތެވެ.

އޭނާ މަޑު ފިޔަވަޅުތަކުގައި އެ ދިމާލަށް މިސްރާބުޖެހިއިރު އޭނާގެ ދެ ބުމަ ގޮށް ޖެހިފައި ވެއެވެ. އެ ދިމާލަށް ހިނގައިގެވުނީ އެއްވެސް އިޚްތިޔާރެއްނެތިއެވެ. ފިޔަވަޅުތަކަށް ބާރުލަމުން އޭނާ ގޮސް އެޒުވާނާ އާއި ދާދި ގާތުގައި ހުއްޓުނެވެ. އެ ވަގުތަކީ މާނިއުވެސް ދާނީޝް އާއި ދިމާ ބަލާލިވަގުތެވެ. އެވަގުތު ދާނިޝް ކުރިމަރިން ފެނިގެން އޭނާ އަށް ހުއްޓުން އެރިއެވެ. އެ މޫނުމަތިން ނުތަނަވަސް ކަން ފެނިގެންދިޔައެވެ. މީހާ ދާހިތްލަން ފެށިއެވެ. ދާނިޝް ގެ އަތް މުށްކެވިގެން ދިޔައެވެ. އޭނާގެ ނަޒަރު ސީދާ ހުއްޓުނީ މާނިއު ގެ ވާއަތުގައި އިން ލަފަށެވެ. އެއީ އެދުވަހު ސައިކަލުން ވެސް އޭނާ އަށް ފެނުނު މީހާއެވެ. އެވަގުތު އޭނާ އަށް އިތުރު ކަމެއް ނުކުރެވުނީ ޒީޝާ އޮތް އެނދު ދުއްވާލަމުން އެތަނުން ނަރުހަކު “އެކްސް ކިއުޒް މީ” އޭ ބުނެލުމުންނެވެ.

މާނިއު ހީވީ ދާނިޝް ފެނިގެން އޭނާ ގެ ގާތުން ދުރަށް ދާން ބޭނުންވެފައި ހުރި މީހެއް ހެންނެވެ. ޒީޝާ ގެންދިޔަ ދިމާލަށް އޭނާ ބަލާލިއިރު ރުޅިން މީހާ ރަތްވެގެން ދިޔައެވެ. އެއީ މާނިއު ގެ ކަމެއް ކަމަށް އޭނާގެ ހިތަށް އެރީ ކީއްވެކަމެއް ނޭގެއެވެ. ވީ ގޮތް ނޭނގުނު ކަމުގައި ނަމަވެސް އޭނާ އަށް ނިންމުނީ ޒީޝާ އަށް ވެފައި އޮތް ގޮތުގެ ޒިންމާ ނަގަން ޖެހޭނީ މާނިއު ކަމަށެވެ. މާނިއު މެންގެ ފަހަތުން ދާނިޝް ވެސް މިސްރާބުޖެހިއެވެ. އޭނާ އޭރުވެސް ހުރީ ރުޅިއައިސްފައެވެ. މާނިއު ގެ މޫނުމަށްޗަށް އެތިފަހަރެއް ވީއްލައިލަން އޭނާ ހުރި ނުހަނު ބޭނުންވެފައެވެ. އެ ހަށގަނޑަށް އެތަކެއް ޒަހަމެއް ދޭން އޭނާ ހުރީ ތައްޔާރަށެވެ. އެވަގުތު އެތަނަށް ކަރުސް ކުއްޖާ ނުވަތް ނަމަ ހަމަގައިމުވެސް އޭނާ އަށް އެ ފިރިހެނާއަށް އަނިޔާ ދެވުނީހެވެ.

އޭނާ ގެ ނަން އެނގެން ބޭނުންވެފައި ހުރިލެއް ބޮޑުކަމުން އޭނާ ގަސްތުކުރީ ނަން އިނގެންދެން އެތާ މަޑުކުރުމަށެވެ. އެމަރޖެންސީ ބައިގެ ދޮރާ ހިސާބަށް އަރާ ހަމަވިތަނާ ޑޮކްޓަރެއް މާނިއު އޭ ކިޔާލި އަޑު ދާނިޝް އަށް އިވިގެން ދިޔައެވެ. އެއާއެކު އެ ފިރިހެނާ އެދިމާލަށް ދިޔައެވެ. “މާނިއު” އޭނާ އެ ނަން ކިޔާލިއެވެ. ދެން އޭނާގެ ނަޒަރު އަނެއްކާވެސް ހުއްޓުނީ އެނދުގައި އޮތް ޒީޝާ އަށެވެ. ޑޮކްޓަރުންނާ ނަރުހުން ޒީޝަ ވަށައިގެން ހަރަކާތްތެރިވަމުން ދިޔައެވެ. ރުޅި ކޮންޓްރޯލް ކުރެވޭ އެންމެ މައްޗަކަށް ކޮންޓްރޯލް ކުރަމުން ދާނިޝް އެތަނުގައި މަޑުކޮއްލައިގެން ހުއްޓެވެ. އޭނާ ބޭނުންވީ މާނިއުގެ ހަރަކާތްތަކަށް ފާރަލާށެވެ. އެހެންނަމަވެސް އެވަގުތު އިޒިކް ގުޅުމުން އޭނާ އަށް ދާން މަޖުބޫރުވިއެވެ.


އައިލީޝް އެ ގޭތެރެއަށް ވަތް އިރު ވަށައިގެން ވަނީ އަނދިރިކަމެވެ. މަޑުމަޑުން ސިޓިން ރޫމާ ދިމާލަށް ދެވުނީ އެތަނުން އައލިކަމެއް ވާތީއެވެ. ދެތިން ފާނޫޒު ދިއްލާފައި ހުރުމުން ސިޓިން ރޫމް އަލިކަމަށް ދައްކައެވެ. އޭނާ އަވަސް އަވަހަށް ނޭވާ ތަކެއް ލާންފެށީ ވެފައި ހުރި ވަރިބަލިންނެވެ. ރާސިލް އަށް ގޮވާލަން ބޭނުންވެފައި ހުރިވަރުންވެސް އޭނާ އަށް ރޮވެން ފެށުނެވެ. ހިތާހިތުން ރާސިލް އަށް ގޮވެން ފެށުނީ އެމީހުން އައިސް ދޮރުގައި ހިފާލި އަޑު އިވުމުންނެވެ. އެތަނުގައި އިތުރު މީހަކު އުޅޭކަމަށް ހިތް ބުނެލި ކަމުގައި ވިނަމަވެސް އެކަކުގެ ހިލަމެއް ވެސް ނުވެއެވެ.

އައިލީޝް ބިރުން ރޫރޫ އަޅަމުން ދިޔައެވެ. ކަރުނަތަށް ރޮނގަކަށް ފައިބަމުން ދިޔައެވެ. މަދަދަށް އެދޭނެ ގޮތެއް އޭނާއަކަށް ނޭގުނެވެ. ފަހަތަށް ބަލާލެވުނީ އެމީހުން ދޮރުހުޅުވާފައި ވަނުމުންނެވެ. އެ ދިމާލަށް އެ އަންނަ މީހުން ލޮލުގައި އަޅައިގަތުމާއެކު އޭނާ އަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. ދެފައި ތުރު ތުރު އަޅަމުން ދިޔަ ގޮތުން އޭނާ އަށް ކޮޅަށް ހުންނަން ދަތިވިއެވެ. ފަރާތް ފަރާތަށް ބަލަމުން މީހަކު ހޯދަމުން ދިޔަ އައިލީޝް ހުރީ ދާހިތްލާ ފޯވެފައެވެ.

އެއްލި ކަޅިއަކުން ސިޓިން ރޫމަށް ނުކުތް މީހަކު އޭނަގެ ލޮލުގައި އަޅައިގަތެވެ. ރާސިލް ކަން ޔަގީންވުމާއެކު އޭނާ އަށް އެ ދިމާލަށް ދުއްވައިގަނެވުނެވެ. އަދި ގޮސް ރާސިލް ގެ ގައިގައި ހިފައިގަނެވުނެވެ. މަދަދަށް އެދި އިޝާރާތުން އާދޭސް ކުރެވެން ފެށިއެވެ. ދެއަތް ދައްކާފައި އާދޭސް ކުރަން ފެށިއެވެ. އަދި ރާސިލް އާ ދިމާލަށް ބަލާލާފައި އެނބުރި ފަހަތަށް ބަލާލާ އެވަގުތު ގޭތެރެއަށް ވަތް މީހުން ދައްކާލިއެވެ. ރާސިލް ފެނުމާއެކު އެމީހުންނަށް މަޑު ޖެހުމެއް އައިހެން ހީވިއެވެ. އެހެންނަމަވެސް އޭގެ ދެވަނަ ސިކުންތުގައި އެތަނުން ކުރިއަށް ހުރި މީހާ ވާހަކަ ދެއްކިއެވެ.

“ސަލާމަތް ވާނެ ކަމަށް ތަ ހީކުރީ އޭތް” އެ މީހާގެ ހަޅޭކާއެކު އައިލީޝް އަށް ސިއްސައިގެން ގޮސް ރާސިލް ގެ ގައިގައި ހިފާގަނެވުނެވެ.

ރާސިލް އައިލީޝް ގެ އަތުގައި ހިފާފައި އޭނާގެ ފަހަތަށް ލިޔެވެ. އަދި ކުރިއަށް ޖެހިލާ އެމީހުންނާ ކުރިމަތިލިއެވެ. ގަމީހުގެ އަތް ކުރި ވެއްޓިފައި އޮތުމުން އެ އޮޅާލިއެވެ. އެ ވަރުގަދަ މުލައްދަނޑި ހާމަވުމާއެކު މަސްތަކުގެ ބާރުގަދަކަން ފެންނަމީހަކަށް ވަޒަން ކޮށްލެވޭނެއެވެ.

“ހެހެ. ޕްރިންސް މިއޮތް ރެޑީވަނީ އޭނާގެ ޕްރިންސަސް ސަލާމަތް ކުރަން… ފަސް ހަ މީހުނާ ކިހިނެތް ތެޅޭނީ… މީ ފިލްމެއް ނޫން ވިއްޔަ” އެތަނުން މެދަށް ހުރމީހާގެ ކަނާތްފަރާތުގައި ހުރިމީހާ ބުނެލިއެވެ. އޭނާގެ ކަންފަތުގައި ބޮޅު އަޅުވާފައި ކަރުގައި ޗޭނު އަޅުވާފައި ހުރިއިރު އަތުގައި ވެސް ދެތިން ވައްތަރުގެ އެއްޗެހި އަޅާފައި ހުއްޓެވެ. ރާސިލް ވެސް ވާހަކަ ދެއްކިއެވެ.

“ހެހެ. ވަރަށް ބޮޑު ތެދެއް ތިބުނީ… ކާރޓޫން ތަކުގަޔާ ފިލްމު ތަކުގަ ތިބުނިހެން ޕްރިންސަކު އައިސް ޕްރިންސަސް ސަލާމްތ ކޮށްދޭނީ.. އަހަރެން މިއުޅެނީ ކޮންމެހެން ޕްރިންސެސް އަކު ސަލާމަތް ކުރާކަށް ނޫނޭ… މަގޭ ލޯބިވާ ވައިފް… މަގޭ އަންހެނުން… ސަލާމަތް ކުރަން” ރާސިލް ފަހު ބަސްތަށް ބުނެލީ މެދު ކަނޑާލަމުން ބާރަށެވެ. އެ އަޑާއެކު އައިލީޝް އަށް އިސް އުފުލާލާ ރާސިލް އަށް ބަލާލެވުނެވެ. އެއީ ތެދަށް ވަންޏާ ކިހާ ރަނގަޅުހެއްޔެވެ؟. ރާސިލް ގެ އަޑުގަވަނީ ކޮންފަދަ ސިއްރުވެރިކަމެއް ހެއްޔެވެ؟. ކޮންފަދަ ހިތްދަމަގަންނަ ފަދަ ގޮތެއްހެއްޔެވެ؟. ހިނދުކޮޅަކަށް ވެސް އައިލީޝް އަށް ރާސިލް އަށް އެދެވެން ފެށިއެވެ. އެހެންނަމަވެސް ކާރުތެރޭގައި އިނދެ ދެއްކި ވާހަކަ ހިތަށް އަރާފައި އޭނާ އަށް އުންމީދު ގެއްލުވާލެވުނެވެ.

ރާސިލް އެމީހުންނާ ކައިރިއަށް ޖެހިލާފައި ފަހަތަށް އެނބުރި އައިލީޝް އަށް ބަލާލިއެވެ. ފަނޑު އަލީގެ ތެރެއިންވެސް އައިލީޝް ގެ މޫނުމަތީގައިވި ބިރުވެރިކަން އޭނާ އަށް ފެނުނެވެ. އެހެންކަމުން އެނބުރި އައިލީޝް ގާތަށް ގޮސް އައިލީޝް އެނބުރު ވާލާފައި އޭނާ އަނެއްކާވެސް އެމީހުންނާ ކުރިމަތިލިއެވެ.

“އޭތް… ” އެތަނުން މެދަށް ހުރި މީހާ ހަޅޭއްލަވައިގަނެފައި އައިސް ރާސިލް ގެ ގައިގައި ޖަހަން އަތް މަޅާލިއެވެ. އެހެންނަމަވެސް ރާސިލް ހުށިއާރު ކަމާއެކު އެ އަތުގައި ހިފެއްޓިއެވެ.

“ބުނަން ރަނގަޅު ވާހަކައެއް…. އަހަރެން ބޭނުމެއްނޫން އެއްގޮތަކަށް ވެސް ތަޅާ ފޮޅާކަށް މިތަނުން ކަލޭމެން ގޮސްފިނަމަ އަހަރެން ދޫކޮއްލާނަން… އެހެންނޫންނަމަ ޕޮލިހުންނަށް ގުޅާ މައްސަލަ ހުށައަޅާނަން” ރާސިލް ގެ އިންޒާރުން އެމީހުން ބިރުގަތް ހެނެއް ހިޔެތް ނުވެއެވެ. އެހެންނަމަވެސް ރާސިލް ގެ އަތް ފޮޅުވާލަމުން އޭނާ ފަހަތަށް އެނބުރުނެވެ. އަދި އެމީހުން ގާތު އެތަނުން ނުކުތުމަށް ބުނެލިއެވެ. ދެން ތިބި މީހުންގެ ފަހަތުން އެ ފިރިހެން މީހާވެސް ނުކުމެގެން ދިޔައެވެ. ރާސިލް އަށް ފުންނޭވާއެއް ދޫކޮށްލަމުން އައިލީޝް އަށް ބަލާލެވުނެވެ. އޭނާ ހުރި ފުރަގަސް ދީގެން ކަމުން ވެ ދިޔަ އެއްވެސް ކަމެއް ނޭނގެއެވެ. ރާސިލް އައިސް މަޑުމަޑުން އައިލީޝް ގާތު ހުއްޓުނެވެ. އަދި އެ ކޮނޑުގައި އަތް ލުމަށް އަތް ހިއްލާލިއެވެ. އެހެންނަމަވެސް އޭނާ އެ އަތް ތިރިކޮއްލަމުން އައިލީޝް އަށް ފުރަގަސްދިނެވެ. އޭނާ އަށް އައިލީޝް ހިންހަމަ ޖައްސaއިދިނުމުގެ ހިތްވަރު ނުލިބުނީއެވެ. ދެމީހުން ދެމީހުންނަށް ފުރަގަސް ދީގެން ތިބިއިރު ދެ ހިތުގައިވެސް ތަފާތު ޝުއޫރުތަށް ހިނގަމުން ދިޔައެވެ.

ރާސިލް ހުރިކަން ޔަގީންވުމާއެކުވެސް އައިލީޝް އަށް ފަހަތަށް އެނބުރުން ކުޅަދާނަކަމަށް ނުވިއެވެ. އެ ހެންނަމަވެސް އިތުރަށް ކެތް ނުކުރެވޭނެހެން ހީވުމާއެކު އޭނާ އެނބުރިލާ ރާސިލް ގެ ފަހަތުން ބައްދައިގަތެވެ. އައިލީޝް ގެ ފަރާތުން އެފަދަ އަމަލަކަށް ނުވިސްނާ ހުރި ރާސިލް އަށް ލިބުނު ސިހުމުގައި ދެލޯ ބޮޑޮކޮއްލެވުނެވެ. އޭނާ އެއްޗެކޭ ބުނަން އަނގަ ހުޅުވާލި ކަމުގައި ވިނަމަވެސް އަޑު ނުނިކުތީ އައިލީޝް ގެ ހޫނު ކަރުނަތަކުގެ އަސަރު އޭނާގެ ބުރަކަށްޓަށް ކުރަމުން ދިޔައީތީއެވެ. އަތް ނަގާ އައިލީޝް އޭނާގެ ބަނޑުގައި އަޅުވާލާފައި އޮތް އަތުގައި ރާސިލް ހިފައްޓާލިއެވެ.

އައިލީޝް އަށް ވިސްނެމުން ދިޔައެވެ. ރަސިލް އާ ވާހަކަ ދައްކާނެ ގޮތަކާ މެދުގައެވެ. އެހެންނަމަވެސް ކުރެވޭނެ ކަމެއް ނެތުމާއެކު އޭނާ އަށް ރޯލަ ލޯލާ ހުރެވުނީއެވެ. އެހެން ހުރިއިރު އޭނާގެ ބަނޑަށް މަޑު މަޑުން ރިހުމެއް އަންނަހެން ހީވިއެވެ. އެ ރިހުން ބާރުވާން ފެށި އިހްސާސް ކުރެވުމާއެކު އޭނާ އަށް ރާސިލް ގައިން އަތް ދޫކޮށްލެވުނެވެ. ދެވަނަ ސިކުންތުގައި ރާސިލް ގެ ގަމީހުގެ ފުރަގަހަތުން އޭނާ އަށް ހިފައްޓާލެވުނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hi Mi

Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments

Assalaamu Alaikum. Email:- [email protected]

Other Articles

Previous

ހާދަ ދޭ ހިތްވެޔޭ ލޯބިން – 2

Next

ސޫރަ 4

Next
April 16, 2018

ސޫރަ 4

Previews
April 16, 2018

ހާދަ ދޭ ހިތްވެޔޭ ލޯބިން – 2

60 Comments!

  1. ?Shahu? says:
    April 16, 2018 at 7:15 pm

    haadha kurey

    1. Hi Mi says:
      April 17, 2018 at 9:01 am

      Sorry about it shahu. Dhen faharakun dhigukohleveythoa try kuraanan. In Sha Allah. ☺☺☺

  2. Axy says:
    April 16, 2018 at 7:15 pm

    Wow up kohlley dhw ? kiyaa laafa comment kuraanan ⭐ ⭐ ? ?

    1. Hi Mi says:
      April 17, 2018 at 9:03 am

      Thanks axy vvv ufaavehjje. Much loves from me. ☺☺☺

  3. yashm says:
    April 16, 2018 at 7:16 pm

    varah varah salhi i just love it its my fav story mulhi mi site in ves i love it omg im first dhw btw..

    1. Hi Mi says:
      April 17, 2018 at 9:13 am

      Thanks yashm. Vvv ufaavehjje. Thanks a lot. Ingey. It means a lot for me. Hithaa furaanain mathin handhaan vehjje. Hehe. Thidhey support ah fafashun shukyriyya.
      Thanks and much loves from me. ???

  4. yashm says:
    April 16, 2018 at 7:17 pm

    well i guess im not firt dhw hehe

    1. Hi Mi says:
      April 17, 2018 at 9:14 am

      Hehe. Dw mifaharaku nun. Ekamaku dhen vaane ingey first hoadhan try kohlan some other time hehe. ☺☺☺

  5. annoying reader says:
    April 16, 2018 at 7:20 pm

    ooh no baby ves dhiyai tha? so sad. yagyne maniu ifsha rape kuri meehakah vani. eynage atheh eba ve. firihenakah ves nuvey anhen kudhinnah aniya koh rape kura iru. please himi zeesha salaamah kurache. maniu gandu bust kohllache avahah. im so sad for aili and zeesha. waiting for the next part

    1. Hi Mi says:
      April 17, 2018 at 9:17 am

      Annoying reader ge commeny akah haadha inthixaareh kohfinmey. Hehe. Vvv ufaavehjje. Hingaa balamaa dw dhen vaane gotheh. Emeehunah nuvisneny. Mi bunu raasil aa maaniu ah. Hehe. Yh dw. Emeehunah rangalhu ladeh dheyn v dw hehe. Ailee and zee ah himi ves sad vey. Thanks anf much loves. ☺☺☺

  6. Hi Mi says:
    April 16, 2018 at 7:24 pm

    Assalaam alaikum. Mi part kury v aslu dhen in part maadhan rey himi genna part beynun vaa gothah geneveyni mi part mihen genesgen. Jazakallah Khairan. ???

  7. Kiyara says:
    April 16, 2018 at 7:26 pm

    Wslm HiMi vvvvvv reethi story ure the best writer love u soooooo much

    1. Hi Mi says:
      April 17, 2018 at 8:59 am

      Alheyh. Means a lot kiyaaraa inima vaanan ekugai mathin handhaan v hehe. Vvvv ufaavehjje. Speechless. Hama. Thanks a lot. And much loves. ☺☺☺

  8. Aish says:
    April 16, 2018 at 7:30 pm

    Wow

    1. Hi Mi says:
      April 17, 2018 at 8:58 am

      ☺☺☺☺???❤❤❤???☺☺☺ thanksss

  9. love says:
    April 16, 2018 at 7:30 pm

    wow…nicee…best of luck…wat will happen next..i hope next part avahah up vane kamah….waitin

    1. Hi Mi says:
      April 17, 2018 at 9:18 am

      Alhey… love. V ufaavehjje. Commebt kiyaalaafa. Much loves from me. Thanks a lot. ☺☺☺

  10. Naanii says:
    April 16, 2018 at 7:31 pm

    Reethi. Ekam v kuru

    1. Hi Mi says:
      April 17, 2018 at 8:58 am

      Yhanks naani. Sorry about it. Much loves. ☺☺☺

  11. unique says:
    April 16, 2018 at 7:43 pm

    plxx make it little long plxxxxx or aneh part avahah upkohladhechey plxxx

  12. unique says:
    April 16, 2018 at 7:46 pm

    oh ok Hi Mi konme gotheh viyas i eagerly waiting for the nxt part…. ooooh i luv it

    1. Hi Mi says:
      April 17, 2018 at 8:57 am

      Thihaa understand v thy unique ah hama fagh fashun shukuriyya. Vvvv ufaavehjje. Mirey next ep. In thixaar kurahchey. Thanks. Much loves. ☺☺☺

  13. Axy says:
    April 16, 2018 at 8:04 pm

    V V reethi ? v furihama ☺☺☺☺☺ Thanks HI MI dhooni ?????
    Aslu gina story thakaa mi story v thafaathu kan faahaga kurevey ???
    good luck Hi Mi ??????????????

    1. Hi Mi says:
      April 17, 2018 at 8:56 am

      Alheyh… axy ge commemt eh dw. Vvv ufaavehjje. Much loves from me. Vvv ufaavey thidhey support ah. Inthixaar lurevey comment eh thy dear. ☺☺☺☺☺

  14. ❤ kingsanjel? says:
    April 16, 2018 at 8:40 pm

    Doonigandaà when next part………mihaaru vaanamay beynumy mirein mireahh stry ekkoh Kian …ehaa vs furihama …..sry kurin part aa mi part aa ekkon mi fenuny …..varah busy schedule ehh ga ulhefa vs free vaa gadeega himi ge mi loabi vaahaka kiaalan libey thy varah. Ufaavey ….thee beynun vaa kahala writer aky …v labi vey himi dhooni?❤

    1. Hi Mi says:
      April 17, 2018 at 8:55 am

      Next part mirey dhoonigandaa… In Sha Allah. Inthixaaar kurahcheyyy… hehe vvvv ufaavehjje thi comment kiyaalaafa. Bunaaneehchei neygifa mi ini. Ehaa yfaave dhakolhu dhah kaigen. Hehe. It means a lot for me. Bodukoh Thankyou and Much loves. ☺☺☺

  15. Lol ? says:
    April 16, 2018 at 8:43 pm

    Hi mi ge emme boring story

    1. Hi Mi says:
      April 17, 2018 at 8:41 am

      Its okay dear hurihaakudhinnah hurihaa story reecheh nuvaane. Eyi massala ehnun. Ekm thi comment ge sababunves rangalhu kuran jehey kanthakeh hurikan ingihjje. Ekamah v ufaavehjje. Thankyou. ☺☺☺

  16. Xxxx says:
    April 16, 2018 at 8:55 pm

    Woooooww.v.reethi dear..baby ah kameh v baa… ?

    1. Hi Mi says:
      April 17, 2018 at 8:39 am

      Hingaa balamaa dw Xeee. Vuv ves ekasheegenvey. Vvv ufaavehjje. Much loves from me. ☺☺☺

  17. Pinky shifoo says:
    April 16, 2018 at 9:00 pm

    Wow ❤️❤️❤️…. Mi part vx v v v reethi ???… Amazing ???… Heevanee hama vaahakaige thereyga ulheveyhenn ???… Oh no ???… Plxxxxx Hi Mi baby ah gotheh nahadhahchey ???…. N zeeshaavx save kurahchey ???… Nasybehnu raasil e geyga hurikann ???… So pinky ge guess hama correct dhw ???…. E dhuvahu dhaanish ah e fenuny hama maaniu dhw…. Pinky ah v bodah heevey maaniu henn ifsha rape kury… N I think raaidhaa planned all that… Keep up the good work ???… Curiously waiting for the next part ???… Lots of love and take care my favourite Hi Mi ❤️❤️❤️?????????… U are the best ???… Knme partehvx mi kiyaalany hama v v v kiyaalaahithun ???… Hi Mi ge stories thah hama awesome ??????❤️❤️❤️??????

    1. Hi Mi says:
      April 17, 2018 at 8:38 am

      Alhey himi ge enme loabi loabi eh reader pinkyyy…. haadha loabiyey yhi comment. Baby dw. Hingaa balamaa baby ah gotheh veytho ves. Vehjje nama ailee haadha dheravaaney. Raasil ge reaction hunnaani kihinehbaa?. Hehe. Hingaa balamaa vaa gotheh. Javaab hoadhan dw misuvaal thakuge. Vvv ufaavehjje. Thanks and much more loves from me. ☺☺☺

  18. lotus says:
    April 16, 2018 at 9:26 pm

    Alhey…. soooo sad for zeesha.. keevvetha maniu kahala ehaa bas naahaa kudhin ulhenee?… n ailee mi ulhey haalun annekka hithuga jehenee.. mivaa gothun heevanee baby ah kameh vaanee hen… so sad??? kon dhuvahakunba hurihaa kudhinna real hapinx libeynee…. himi dhooneege thiya masaikatha hama saabas ??? v habeys.. nxt prt kiyaahithun mihaaruvx huraveneekee noon

    1. Hi Mi says:
      April 17, 2018 at 8:34 am

      Alheyyyy lotus dear ge comment eh dw. Hehe. Thy v inthixqaar kurevey comment eh ingey himi ah. Vvv ufaavey thidhey support. Himi ves dheravey ailee ah dhimaa vqa gothun. Zee ahves. Keekuraani. Raasil and maaniu ah nuvisneny ey… hehe. Ekm ves dhen hingaa kuri ah vaa ne gotheh balamaa. Thanks and much loves from me. ☺☺☺

  19. sheen says:
    April 16, 2018 at 9:38 pm

    Haadha salhiey huvaa mibunee.. fake eh noon mie. Haha ..Alhe Hi Mi ailee ge baby ah gotheh viya nudhehchey..

    1. Hi Mi says:
      April 17, 2018 at 8:31 am

      Sheen ge comment kiyaafa dhaikolhu dhahkailaigen himi meenee. Hehe. Vvv ufaavehjje. Hingaa balamaa dhen vaane gotheh. Thanks and much loves from me. ☺☺☺

  20. Ely❤️ says:
    April 16, 2018 at 10:41 pm

    V reethi mivaahaka vx❤️??? ekm thankolheh kury☹️. Next part dhiguvaane kamh ummedh kuran?. Keep it up

    1. Hi Mi says:
      April 17, 2018 at 8:29 am

      Mi prt hama kuru v dear. Himi gasthuga kuru kohliii… vvv ufaavey thihaa shaugaa eku kiyaathy. Much loves form me. Thanks a lot. ☺☺☺

  21. Twingirl says:
    April 16, 2018 at 11:38 pm

    Alheyyy…. nikann rythi story .. alhe hama kiya kiyaa hutta e nimuny. .. .. nasybehnu raasil egeyga hurikann vs.. dn maaniu haadha goahey dhw zeesh ah ehn aniyaa kurany??.. adhi fahun Visneyne kanneynge dhw maaniu ahh… dn hama waiting next part ahhh… loves???❤

    1. Hi Mi says:
      April 17, 2018 at 9:19 am

      Alheyhhh twin girl ge comment eh. Haadha loabi yey. Hingaa dw balamaa dhen vaa githeh. Vvv ufaavehjje thihaa loabi kih comment eh kohlima. Thanks and much lives from me. ☺☺☺

  22. Blue beauty says:
    April 16, 2018 at 11:56 pm

    wow varah reethi mi part ves… keep it up ???❤??

    1. Hi Mi says:
      April 17, 2018 at 8:27 am

      Alheyyyyy v ufaavey thidhey support ah. Konme part akunves comment fennaathy v ufaavey. Much loves. ☺☺☺

  23. Hawwi says:
    April 16, 2018 at 11:59 pm

    Ma sha Allah .. part vess v habbu.. obiness to the Max. Waiting HiMi dhooni ?

    1. Hi Mi says:
      April 17, 2018 at 9:20 am

      Alheyhhh… sis. Vvv ufaavehjje. Thanka a lot. Much loves from me. ☺☺☺

  24. Ainthu says:
    April 17, 2018 at 2:00 am

    Wow v v reethi

    1. Hi Mi says:
      April 17, 2018 at 8:26 am

      Thanks Ainthu… vvv ufaavehjje. Thanks and much loves

  25. tink says:
    April 17, 2018 at 7:22 am

    is zeesha ifsha?

    1. Hi Mi says:
      April 17, 2018 at 8:25 am

      Nun. Dear. Different dhemeehun eyi. Thankyou. ☺☺☺

  26. Xaaan says:
    April 17, 2018 at 8:16 am

    wow himi masha allah mi partves vvvvv reethi

    1. Hi Mi says:
      April 17, 2018 at 8:25 am

      Thankyou xaaaan. Vvv ufaavehjje commet kohlima. ☺☺☺

    2. Hi Mi says:
      April 17, 2018 at 5:56 pm

      Thanks afoo. Vvv ufaavehjje. Much loves. ☺☺☺

  27. Saifeena says:
    April 17, 2018 at 9:21 am

    Varah rehedhi vaahaka e …

    1. Hi Mi says:
      April 17, 2018 at 5:56 pm

      Thanks aifeena. ☺☺☺

  28. afoo says:
    April 17, 2018 at 11:43 am

    Wowwww…….

    1. Hi Mi says:
      April 17, 2018 at 5:57 pm

      Thanks afoo. V ufaavehjje. ☺☺☺

    2. Hi Mi says:
      April 17, 2018 at 5:57 pm

      Thanks afoo. V ufaavehjje. ☺☺☺

  29. unique says:
    April 17, 2018 at 3:13 pm

    sabar ka pal meetaa hoa thaa hei…… hahah
    dhw Hi Mi……. of course dear i’ll wait cox its the most heart touching story with romance….. sooo will wait for tonyt…… ly

    1. Hi Mi says:
      April 17, 2018 at 5:58 pm

      Alheyhhh loabi loabi unique. Himi vvv ufaavehjje. It meams a lot. 7 ge kurin up vaane. In Sha Allah. ☺☺☺

  30. Nunama says:
    April 17, 2018 at 4:41 pm

    Very nice please upload next part fast

    1. Hi Mi says:
      April 17, 2018 at 5:58 pm

      Thanks nunama
      Happy ti see a commrny from u dear. Much loves. ☺☺☺

Comments are closed.

Next Episodeއާދޭސް ކުރާ ހިތްވޭ ރޮމުން (17)←


All Right Reserved!