“އަހަރެން މިއުޅެނީ މީހަކާ އިންނަން” މާ ގިނަ ވާހަކަ ދިގު ކުރާކަށް އަޔާން ނޫޅުނެވެ. ސީދާ ވާހަކަ އަށް އޭނާ ދިޔައެވެ. އަޔާން ބުނެލި އެއްޗަކުން މަލަކް އަށް އެއްފިޔަވަޅު ފަހަތަށް އަޅާލެވުނެވެ. އަޔާން މަލަކް އަށް ފުރަގަސް ދިނެވެ. “އަހަރެންނަށް މަލަކް ގާތު އާދޭސް ކުރާވަރަށް އާދޭސް ކުރެވިއްޖެ ދޯ މިހާރު… ދެން މަލަކް ގެ ފަހަތުން ދުވާކަށް އަހަރެން ނެތިން… މަލަކް ގެ ތި ގޮތް ދޫ ނުކުރުމާ… މަލަކް އަހަރެން ދޫކޮށްލި ސަބަބާ… […]
މި ނިންމުން ބައްޕަ އާއި އަނީސް މިނިންމީ ވަރަށް ވިސްނުމަށް ފަހު… ބައްޕަމެން ދެމީހުންވެސް ބޭނުންވަނީ ދަރިފުޅުމެން ދެކުދިންގެ ކައިވެނި ކުރެވެން…” ވަކިވަކިން އީނާލް އަށާއި މިކްޔަން އަށް އިޝާރާތް ކޮށްލުމާއެކު ނާޖިދު ބުނެލިއެވެ. އީނާލް އަށް ވަގުތުން އިސްއުފުލާލާ ބަލާލެވުނެވެ. އެ ހާމަ ކޮށްލި ވާހަކަ އީނާލް ގެ ކަންފަތަށް އިވުނީ ހޮނު ގުގުރިއެއްގެ ސިފައިގައެވެ. ވަގުތުންނޫނެކޭ ބުނަން ބޭނުންވިއެވެ. އެހެންނަމަވެސް އެވަގުތު އީނާލް ގެ ދުލުގައި ވަނީ ތަޅެއް ލެވިފައެވެ. ބަހެއް ބުނާނެ ހާ […]
އެހެންނަމަވެސް މަލަކް އިތުރަށް އެއްވެސް އެއްޗެއް ނުބުނެ ފޯން ކަނޑާލީއެވެ. އޭގެ އަނެއްރޭގެ ވަގުތެކެވެ. ގަޑިން އެގާރަ ޖަހާ ބޮޑުވެއްޖެއެވެ. ރަށުގެ ތުނޑީގައި ހުރެލާފައި އަޔާން ގެއަށް ދާން ހިގައިގަތެވެ. “އޭތް” އަޔާން ސިހުނީ ކުއްލިއަކަށް އޭނާގެ ގަމީހުގައި ހިފާ މީހަކު ދަމާލުމުންނެވެ. އެމީހާ ދަމައިގަތް ލެއް ބާރުކަމުން އަޔާން ގެ ކަރަށް ވެސް ތަދުވިއެވެ. ވާނީވެސް އެހެންތާއެވެ. ޓީޝާޓް ވާންވީ ކަރަށް ވިއްޔާއެވެ. އަޔާން ގަދަކަމުން އެމީހެއްގެ އަތުން ވީއްލިގަތެވެ. އޭނާ ރަނގަޅަށް އެމީހަކަށް ބަލާލުމާއެކު […]
މަލަކް ގެ ނަޒަރުވެސް ހުރީ އަތުގައި އޮތް ކެވެލި ކޮޅަށް ހުއްޓިފައެވެ. އޭނާ އަލުން އަތް މުށްކަވާލިއެވެ. އަދި ތިރި ކޮށްލިއެވެ. “މަލަކް އަށް އަދިވެސް އަހަރެންގެ މަތިން ހަނދާން ނައްތައެއް ނުލެވެއެއްނު… މަލަކް ކިތަންމެ ސިއްރު ކުރަން އުޅުނަސް އަހަރެންގެ ލޮލަށް ވެސް މަލަކް ތި އުޅޭ ގޮތް ފެނޭ…” އެންމެ ފަހުން އަޔާން އަށް ބުނެވުނެވެ. އޭނާ އަތް ސޯޓުގެ ޖީބަށް ކޮށްޕާލިއެވެ. ތެމިފައި ހުރި އަޔާން ގެ ގައިގައި މަލަކް ބައްދައިގަތް ގޮތުން […]
“ނަސީބަކުން ކަށިގަނޑަށް ކަމެއް ވެފައެތް ނެތް ދޯ” އެކްސްރޭ ބަލާލާފައި ޒައިން އަތަށް ދެމުން މިކްޔަން ބުނެލިއެވެ. އެ ގަޑިއަކީ އީނާލް ވެސް ބްރޭކަށް ދާން ވެގެން ނުކުތް ގަޑި އަށް ވުމާއެކު އީނާލް އަށް މިކްޔަން ދެއްކި ވާހަކަ ތައް ރަނގަޅަށް އަޑު އިވުނެވެ. އޭނާ އަށް ދެބުމަ އަރުވާލެވުނެވެ. އެހެންނަމަވެސް އިތުރަށް އެއްވެސް އެއްޗެއް ބުނާ ހިޔާލެއް އޭނާ ނުކުރިއެވެ. ނުކުތް އިނާލް ފެނި މިކްޔަން ހިނިތުންވެލިއެވެ. އަދި އެއަށްފަހު އޭނާ އީނާލް ގާތަށް […]
“އީނާލް” ސާމިރާގެ އަޑަށް ހުވަފެނީ ދުނިޔެއަކަށް ގެއްލިފައި ހުރި އީނާލް އަށް ސިހުން ލިބުނެވެ. އޭނާ އަވަސް އަވަހަށް ކޮޓަރިން ނުކުމެގެން ކާ ކޮޓަރިއަށް ގޮސް ވަނެވެ. ހަފްތާއެއް ފާއިތުވެގެން ދިޔައިރުވެސް އަޔާން އަށް މަލަކް އާއި ބައްދަލު ވާ ގޮތެއް ނުވިއެވެ. އޭނާ އެކަމާ ވިސްނާވެސް ބޯ ގޮވާ ވަރު ވެއްޖެއެވެ. މަލަކް މިހާރު ގެސްޓް ހައުސް އަށް ދާކަން ވެސް އަޔާން އަށް އޮތީ އެނގިފައެވެ. އޭނާ އެކަމާ އުފާކުރެއެވެ. މަލަކް އަށް ވަޒީފާއެއް […]
“ކަމެތް ނުވޭ…ދެން އީން އިންލެތް ލޯބި ކަމުން މި ލޯ ދުރަށް ނުލެވުނީ ތި ދިމާލުން” މިކްޔަން ސަމާސާ ގޮތަކަށް އެއްލޯ މަރާލަމުން ބުނެލިއެވެ. އީނާލް ދެފަރާތަށް ބޯ ހޫރާލަމުން އަނެއްކާވެސް ކުޑަ ދޮރުން ބޭރަށް ނަޒަރު ހުއްޓައިލިއެވެ. މިކްޔަން ގެ ވާހަކައަށް އޭނާ މާ ބޮޑު ސަމާލް ކަމެއް ނުދިނެވެ. ޑިއުޓީ ނިންމާލާފައި އިނާލް ދިޔައިރު ނާޖިދު އާއި ސާމިރާ އާއި ދެމީހުން ސޯފާގައި ތިއްބެވެ. އޭރު ރޭގަނޑު އަށެއް ޖަހާ ބޮޑު ވެއްޖެއެވެ. “އީނާލް […]
“ޒައިން” ހިޔާލް ތަކުން ނުކުތް އީނާލް ގެ ދުލުން ބޭރުވި ލަފްޒާއެކު އޭނާ އަށް ދެލޯ ބޮޑު ކޮށްލެވުނެވެ. ފޯނުގެ ސްކްރީނަށް ނަޒަރު ހުއްޓާލައިގެން ހުރުމަށްފަހު އިނާލް ވިސްނާލިއެވެ. އޭނާ އެ ނަންބަރަށް މެސެޖް ކޮށް ޒައިން ތޯ އަހަން ވީ ހެއްޔެވެ؟. އެހެންނަމަވެސް ޒައިން އަށް އެ ނަންބަރު ލިބޭނީ ކިހިނެތްތޯ އޭނާ އަމިއްލަ ހިތާ ސުވާލުކޮށްލިއެވެ. އެއަށް ފަހު ފޯނަށް ނަޒަރު ހުއްޓާލައިގެން ހުރެފައި ވަރަށް ވިސްނާލުމަށް ފަހު އޭނާ އެ ނަންބަރަށް މެސެޖެއް […]
“ޔޫ ލުކް ބިއުޓިފުލް” ޒައިން ކައިރިވަމުން ދިޔުމުން ކުޑަކޮށް ޖެހިލުން ވެފައި ހުރި އީނާލް ލަދުން ރަތް ވީ އޭނާގެ ކަންފަތް ދޮށުގައި ޒައިން ބުނި ވާހަކައިންނެވެ. އިސްޖެހިގެން ދިޔައިރު ފައިގައި ހުރި ރިހުން މަތިންވެސް ހަނދާން ނެތް ފަދައެވެ. “މީހަކަށް ފެނިދާނެ” އީނާލް އަށް ބުނެވުނެވެ. ޒައިން ދުރުވެލުމާއެކު އީނާލް އަށް މަގުގެ ދެފަރާތަށް ބަލާ ހޯދާލެވުނެވެ. ނަސީބަކުން އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ޒައިން ވެސް ބަލާލިއެވެ. ލަދުން ރަތްވެ ކޯތާފަތަށް ޖަންބު ކުލަ […]