“މަންމާ ދެން ބުނެބަލަ ވީ ގޮތެއް” ދާނިޝް ދެންވެސް ކަންބޮޑުވުމަކާ އެކު އަހާލިއެވެ. “ދަރިފުޅަށްވެސް އެނގެއެއްނު ހުރިހާކަމެއް” ހިޝްމާ ބުނެލިއެވެ. “މަންމާ މީހަކު އެއްޗެކޭ ކީތަ؟” ދާނިޝް ހިސާބެއްގެ ކަންބޮޑުވުމަކާ އެކީ އަހާލިއެވެ. “ނޫން” ހިޝްމާ ނޫނެކޭ ބުނަމުން ދެފަރާތަށް ބޯ ހޫރާލިއެވެ. އެއާއެކު ދާނިޝް ހިޝްމާގެ އަތް އޭނާގެ އަތުގެ ތެރެއަށް ލަމުން އެއަތަށް ބާރަށް ފިތާލިއެވެ. ބުނާކަހަލައެވެ. މަންމާއެވެ. އެކަމާ ނުވިސްނާށެވެ. “ދަރިފުޅަށްވެސް އެނގެއެއްނު މަންމަ އަކީ ތި ދެކުދިންގެ ވެސް އަސްލު މަންމަ […]
މުސްކާން ގެ ކަރަށް ވާން ވުމާއެކު އަނގަ ތެރޭގައި ލޭ ރަހަ ލީ ކަރުން ލޭ އައުމުންނެވެ. ޕލޮހުންގެ އިތުރު މީހުން އައިސް މާނިއު މަތަ ކުރެވުނެވެ. ނޭވާ ނުލެވި ތެޅެމުން ދިޔަ މުސްކާން އަށް ހަމަނޭވާއެއް ލެވޭ ވަރުވީ އިޒިކް އޭނާގެ ބުރަކަށީގައި ދެފަހަރަކު ޖަހާލުމުންނެވެ. އެންމެން ތެރޭގައި މާނިއު އެފަދަ އަމަލްއެއްކުރުމުން އަނެއްކާވެސް އޭނާ އަށް ކުރެވުނު ތުހުމަތުތަކަށް އިތުރު ބޮޅެއް އިތުރު ވެގެން ދިޔައެވެ. އެންމެންގެ ތެރޭގައި އެފަދަ އަމަލެއް ކުރުމުން އަނެއްކާވެސް […]
“އަންޖު” އައިލީޝް ދެވަނަ ފަހަރަށް ކުޑަ އިރުކޮޅެއް ފަހުން ފަށަން އުޅުމާއެކު ރާސިލް އެދިމާލަށް އައިސް އައިލީޝް ގެ އަތުގައި ހިފާލިއެވެ. އަދި އެ އަތް މަޑުމަޑުން އެނދުމަތީގައި ބާއްވާލިއެވެ. އެއަށްފަހު އޭނާ ޝަހާދަތް އިނގިލި އޭނާގެ މެއާ ދިމާލުގައި ޖައްސާލަމުން ދެވަނަ ހަރަކާތުގައި ދެއަތް މޭމަތީގައި ހުރަސްކޮށްލިއެވެ. އެއަށްފަހު ދެވަނަ ފަހަރަށް އެ ޝަހާދަތް އިނގިލި އައިލީޝް އާ ދިމާލަށް ދިށްކޮށްލިއެވެ. ރާސިލް އެބުނަނީ ކީކޭކަން އެނގުމާއެކު އައިލީޝް އަށް ހައިރާންކަން ލިބިގެން ދިޔައެވެ. އެއާއެކު […]
ރާސިލް އައިލީޝް ގާތު އިނދެފައި ޑޮކްޓަރު އިޝާން ބުނެގެން ބައްދަލު ކުރަން ވެގެން ދިޔައެވެ. ވާހަކަ ތއް ދައްކާފައި ރާސިލް އައިސް ރޫމަށް ވަތް އިރު އޭނާއަށް ފެނުނު މަންޒަރުން ހިނދުކޮޅަކަށް ހުއްޓުންއަރާ ގޮތްވިއެވެ. އެހެންނަމަވެސް އޭގެ ދެވަނަ ސިކުންތުގައި އެ ދިމާލަށް ނުހަނު ބާރު ފިޔަވަޅި ތަކުގައި މިސްރާބުޖެހިއެވެ. އޭނާ އަށް ފެނުނީ ދެލޯ ބޮޑު ކޮށްގެން އޮތް އައިލީޝްއެވެ. ރާސިލް ގެ ހިތް އަވަސް ވެފައި ވުމާއެކު އޭނާ އަށް ނުހަނު ބޮޑު އުފާވެރިކަމެއް […]
މާނިއު އާއި ރާއިދަ އަދި ޒާހިދު ވެސް ތިބީ މާނިއުގެ އެޕާރޓް މެންޓެ ގެ ތެރޭގައި ހުރި ސޯފާތަކުގައެވެ. ދޮރުގައި ބެލް އަޅާލުމާއެކު މާނިއު ގޮސް ހުޅުވާލިއެވެ. އެއާއެކު ކުރިމަތީ ފެނި މީހުން ފެނި އޭނާ އަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. ކުރިމަތިން ފެންނަމުން ދިޔައީ މަޑު ނޫކުލައިގެ ޔުނީފޯން ލައިގެން ތިބި ޕޮލިހުންތަކެކެވެ. އޭގެ އިތުރުން ކަޅުކުލައިގެ ހެދުމެއްގައި މޫނު ނިވާކޮށްގެންވެސް ފަސްވަރަކަށް މީހުންތިއްބެވެ. އެއީ ވެސް ފުލުހުން ކަން އޭނާ އަށް ޔަގީންވިއެވެ. ފަހަތަށް […]
“ދާން… އައި ތިންކް އައި އޭމް ޕްރެގްނެންޓް” ޒީޝާ މަޑުމަޑުން ބުނެލިއެވެ. ދާނިޝް އަށް ސިހިފައި ދުރަށް ޖެހިލެވުނެވެ. “ވަޓް އަސްލު” އެހެންނަމަވެސް ދާނިޝް ގެ އަޑުގައިވަނީ އުފާވެރިކަމެވެ. އޭނާ އަށް ބުނެވުނެވެ. “ކިހާ ދުވަހެއް” “މިހާރު ވީކްއެއް ވެއްޖެ އެކަމަކު ޔަގީނެއްނޫން….” “އެހެން ވިއްޔާ އެންމެ ރަނގަޅުވާނީ ޑޮކްޓަރެއް ގާތަށް ގޮސް ބްލަޑް ޓެސްޓެއް ހަދާލިއްޔާ” ދާނިޝް ބުނެލިއެވެ. މީގެ ކުރިން ދަރިއަކު ހޯދުމަށް އެ ދެމަފިރިން ވެސް މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އަދި ވެސް […]
އެ އާއެކުއެ އަންހެން ކުއްޖާ ފެނި ދާނިޝް އަށް ސިހުން ލިބުނެވެ. އެހެނެއްކަމަކު ދެވަނަ ފަހަރު އޭނާގެ މޫނުމަތިން ރުޅިވެރިކަން ފާޅުވިއެވެ. “ރާއިދާ” އެ ދުލުން ބުނެލިއެވެ. އެއާއެކު ރާސިލް ވެސް ބަލާލިއެވެ. ދާނިޝް އަށް ބަލާމުމަށް ފަހު ހުއްޓުން އަރާފައިވެސް ރާއިދާ އަށް ހުރެވުނެވެ. އޭނާ ގެ ދެލޯ ހުރީ ބޮޑުވެފައެވެ. އެ ވީ މަދު ސިކުންތު ކޮޅުގައި ރާސިލް އަވަސް އަވަހަށް ކާރުގެ ދޮރުފަތް ހުޅުވާލާފައި ނުކުތެވެ. ދާނިޝް ރާސިލް އަށް ގޮވާލިކަމުގައިވިނަމަވެސް އެ […]
ފައިސާއާ މުދާ، އިއްޒަތާ ގަދަރަކީ އެހާ މުހިންމު އެއްޗަކީ ހެއްޔެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ފައިދާއަށް މަސައްކަތް ކުރަނީ ކީއްވެހެއްޔެވެ؟ ކޮންމެ އަކަށް އިންސާނާގެ ބޭރުފުށުގެ އިތުރުން މީހާގެ އެތެރެ ފުށުގެ ސިފަތަކަކީވެސް މުހިންމު ސިފަތެކެވެ. ހިނިތުންވުމާ ހިތްދަތިކަން…. އުފަލާ އަރާމް… އިއްޒަތާއި ގަދަރް… ލޯއްބާއި ނަފްރަތު…. ހިތްތިރިކަމާއެއި މަޑުމައިތިރިކަން…. އޯގާތެރިކަމާއެކު އެހީތެރިކަން…. މިހުރިހާ ކަމެއް ހިމަނަގައިގެން އަޅުގަނޑު ލިޔަން ގަސްތުކުރާ ވާހަކަ “ހިތް އެދުނަސް” އިންތިޒާރު ކޮށްލައްވާ! އީނާލް ———– އީނާލް އަކީ ހިތްތިރި […]
އެރޭ މުސްކާން ގެއަށް ލައިދޭން އިޒިކް ދިޔައެވެ. ކާރުން ފައިބާ އިޒިކް އަށް ހަނާ އަޅާލަމުން މުސްކާން އެތެރެއަށް ވަނެވެ. އެވަގުތު އޭނާގެ ކުރިމަތިން މާނިއު ފެނުމާއެކު ބިރުން ފަހަތަށް ޖެހެވުނެވެ. މާނިއުގެ ތުންފަތުގައި ވި ވިހަ ހިނިތުންވުން ފެނުމާއެކު މުސްކާން އަށް ހިން ދިރުވާލެވުނެވެ. އެ ހިނިތުންވުމުގެ ފަހަތުގައި ފޮރުވެފަވަނީ ނުބައި ނުލަފާ އިންސާނެކެވެ. ރަހްމެއް ހަމްދަރުދީއެއްނެތް ނުލަފާ މީހެކެވެ. މުސްކާން ގެ މޫނުމަތީގައި ވި ނުތަނަވަސް ކަމުގެ އަސަރުތަކުން މާނިއު އަށް ހަމަޖެހުން ލިބިގެން […]