ކޮންމެ ގޮތެއްވިޔަސް މިހުރިހާ ދުވަހު އީނާލް ބަލާ ބޮޑު ކުރީ އެ މައިން ބަފައިންނެވެ. އޭނާ އަކީ އަދި އިހަކަށް ދުވަހު އީނާލް އަށް ފެނުނު މީހެކެވެ. އީނާލް އަށް އޭނާގެ މައިންބަފައިން ވެސް މުހިންމު ވާނެއެވެ. އެހެން ވެއްޖެނަމަ އޭނާ ހަދާނީ ކިހިނެތް ހެއްޔެވެ؟ އީނާލް އަށް އޭނާގެ މައިން ބައިން ބޭނުންވާފަދަ އަރާމް ދިރިއުޅުމެއް ހޯދައި ދިނުމަށް އޭނާގެ އަތުން އީނާލް ގެ ހިތް ކުދި ކުދޮ ކޮށްލަން ވީ ހެއްޔެވެ؟ ކުރިއަށް ވާން […]
ގޭގެ ދޮރު ހުޅުވާލާފައި ނުކުތް ނާޖިދު ދޮރޯށިން ވަތް ޒަފާ ގެ ލޮލުގައި އަޅައިގަތުމާއެކު ފިޔަވަޅުތައް ހުއްޓުނެވެ. ނާޖިދު ވެސް އެ ދިމާލަށް ބަލާލި އިރު ދެ މީހުންގެ ހަތަރު ކަޅި ބައްދަލުވެގެން ދިޔައެވެ. އެއާއެކު ޒަފާ އަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. އޭނާ އަށް އެތެރެއަށް ވަތް އީނާލް އަށް ބަލާލެވުނެވެ. “ޑޭޑް ދިސް އިޒް ޒަފާ” އީނާލް ނާޖިދު އަށް ބަލާލަމުން ބުނެލިއެވެ. “އެހެންތަ؟ ތީ ދޯ އީން ގެ ފްރެންޑް ކުއްޖަކީ… ވަރަށް […]
“އަހަރެން މީ އީނާލް ގެ ބޭބެ… ބައްދަލުކޮށްލަން ބޭނުންވެގެން މިގުޅާނީ ވަގުތު ކޮޅެއް އެބަ އެއްތަ އަހަރެންނާ ބައްދަލުކުރަން” އެކޯޅުން ވާހަކަ ދެއްކި ގޮތުން ނާއި އެ އަޑުން އެކަނިވެސް ހިސާބެއްގެ ނުރުހުންވުމެއް ޒައިން އަށް ފާހަގަކުރެވުނެވެ. އެހެންކަމުން އެ ހިތަށް ހިސާބެއްޖެ ބިރުވެރިކަމެއް ވަނެވެ. “ލައްބަ… ވަގުތު ކޮޅެއް ދެވިދާނެ” ޒައިން ޖަވާބުދިނެވެ. ‘އެހެންވީމަ އަތިރި މަތީ ހުންނަ ކެފޭއިން މިރޭ ބަރާބަރު އަށްގަޑި ބައިގައި އަހަރެން ދިމާކުރާނަން” އެހެން ބުނުމަށްފަހު އިތުރަށް އެއްވެސް ވާހަކައެއް […]
ޝާމިން އަށް ވާހަކަ ތައް ކިޔައިދިނުމުން އެ ދެމެދުގައި އުފެދިފައި އޮތް ނުތަނަވަސްތަން ވެސް ހައްލުވިއެވެ. އެރޭ ތިން މީހުނ ގެއަށް ދާން ދިޔައި ހިންހަމަ ޖެހިފައިވާ ހިތަކާއިގެންނެވެ. އެހެންނަމަވެސް އެ ހަމަޖެހުން ދެމި އޮތީ މަދު ސިކުންތުކޮޅަކަށެވެ. މަލަކް އަށް އައި ފޯން ކޯލާއެކު މަލަކް ގެ އަތުން ފޯން ދޫވެގެން ވެއްޓުނެވެ. “މަލަކް… ދައްތަ އަށް ގޮތެއް ވަނީ… އަވަސް… އަވަސް އާދޭ ގެއަށް… ވެއްޓެނީ” ބަސާލާ ގެ ޖުމްލަތައް ކަންފަތުގައި ގުގުމަން ފެށުމާއެކު […]
ކޯތާފަތުން ތިރިއަށް ކަރުނައިގެ ރޮނގެއް ފައިބަމުން ދިޔައެވެ. އެސްފިޔަތަކުގައިވަނީ ތެތްކަމެވެ. އަޅާފައިވާ އަނދުން ތައް ކަރުނައިގެ ސަބަބުން ކޮންމެވެސް ވަރަކަށް ފޭޑް ވެފައި ވެއެވެ. ބައެއްފަހަރު ހިން ދިރުވާލާ ގޮތުން އެ ހުރީ ވަރަށް ދެރަވެ ހިތަށް އަސަރު ކޮށްފައި ކަން އެނގެއެވެ. އެ އަންހެން ކުއްޖާގެ ވިސްނުން ދަތުރުކުރަމުން ދިޔައީ ކޮން ދިމާލަކަށް ކަން ލަފާ ކޮށްލާކަށް ނޭނގެއެވެ. މޫނު މަތީގައިވި އަސަރުތަކުން އެނގޭހާވެސް އެއްޗަކީ އެ ހިތުގައި ހިނގަމުން ދިޔައީ އާދައިގެ ހަނގުރާމައެއް ނޫންކަމެވެ. […]
އެ ކޮޅުން ބުނާ ވާހަކައިން އީނާލް ގެ ތުންފަތް މައްޗަށް ވެރިވަމުން ދާ ހިނިތުންވުމާ ވާހަކަދައްކަމުން އަތަށް ގެންނަ ހަރަކާތް ތަކުން އޭނާ އެ ވާހަކަ ދައްކަމުން ދަނީ ވަރަށް ގަޔާވާ މީހަކާ ކަން އެނގެއެވެ. އިރުކޮޅަކު ވާހަކަ ދެއްކުމަށްފަހު އީނާލް ފޯން ބޭއްވިއެވެ. އަދި އަލުން އޭނާ ލެޕްޓޮޕުން ކުރަން އިން މަސައްކަތަށް ސަމާލް ވިއެވެ. ކޮފީތަށި ހުސްވުމާއެކު އީނާލް އެ ހިފައިގެން ކައްކާ ބަޔަށް ވަތް އިރު ސާމިރާ އެހާ އަވަހަށް ބަދިގެ ތެރޭގައި […]
“ޒައިން ޕްލީޒް… އެންމެ ފަހު ފަހަރަށް ވިޔަސް އަހަރެން ދައްކާ ވާހަކަ އަޑު އަހާ ފާނަންތަ؟.” އީނާލް ވަހަކަ ދެއްކިއެވެ. ބަނދަރުގެ އެއްފަރާތުގައި ވި ގޮނޑުދޮށުގައި ހުރި ޒައިން ގެ ނަޒަރު ހުއްޓިފައި ހުރީ އީނާލް އާއި އޭނަގެ ގުޅުން ފުރަތަމަ ފެނުނު ތަނާ ދިމާލަށެވެ. އެދިމާލަށް ބަލަން ހުރި އިރު އެ ދެލޮލުން ކަރުރުނައިގެ އަސަރު ފެންނަހެން ހީވެއެވެ. އީނާލް ގުޅުމުން ކިތަންމެ ވާހަކަ ދައްކަން ބޭނުންވެފައި ހުރި ނަމަވެސް ޒައިން ގެ ހިތުގައި އަޅަމުން […]
އިވެމުން ދިޔަ ވާހަކަ އިން ޒައިން ގެ ހިތަށް އެތަކެއް ޒަހަމެއް ލިބެމުން ދިޔައެވެ. މޭތެރޭގައި އޮތް ހިތަށް ތޫނު ހަންޖަރެއް ހަރައިލިޔަސް އެހާ ތަދުވާނޭކަމެއް ނޭނގެއެވެ. އިހްތިޔާރަކާ ނުމެލާ އަނގައިން ވޭނީ އާހް އެއް ބޭރުވެގެން ދިޔައެވެ. އިތުރަށް އެތަނުގައި ހުރުމުގެ ހިޔާލް ދޫކޮށްލުމަށްފަހު ހަލުވި ފިޔަވަޅުތަކުގައި ޒައިން މިސްކިތުން ބޭރަށް ދިޔައެވެ. އަތުގައި އޮތް ފޯން އެވަގުތު ރިންގް ވަމުން ދިޔަނަމަވެސް ޒައިން ފޯނަށް ބަލާލުމަށްފަހު ސައިލެންޓަށް ލަމުން ޖީބަށް ކޮށްޕައިލިއެވެ. ގުޅަނީ އީނާލް […]
“މިހުރިހާ ކަމެއްގެ ފަހަތުގައި ވަނީ… ފަހަތުގައި ވަނީ… އަޔާން ގެ… އަޔާން ގެ އާއިލާ…” ލޯ މަރާލުމަށްފަހު މަލަކް ހާމަ ކޮށްލި ހަޤީގަތުން އަޔާން އަށް ދެލޯ ބޮޑު ކޮށްލެވުނެވެ. ކީކޭ ހޭ އަދި އެއްފަހަރު އަހާލެވުނީ ހައިރާންވެފައި އިނދެއެވެ. “އާނ… އަޔާން ގެ އާއިލާ… އަހަރެންނާ އަޔާން އާ ދުރުކުރުވީ އަޔާން ގެ އާއިލާ” މަލަކް ބުނެލިއެވެ. “މަލަކް ތި ބުނަން އުޅެނީ އަހަރެންގެ އާއިލާ މަލަކް އާއި ދުރު ކުރުވީ މަލަކް އަކީ…” އަޔާން […]