Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހިތާ ފުރާނައިން… (16)

Hi Mi Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments
January 25, 2018 5 Mins Read
25 Comments

ހަމަ އެކަނި އެކުލައިގެ ލޮލެއްފެނިފައިވަނީ އެ ހޮސްޕިޓަލް ގެ ސީނިއާ ޑޮކްޓަރ އެއް ކަމަށް ވާ ޔުއާން ގެ ލޮލުންނެވެ. މިއީ ހަމަ އިއްތިފާގެއް ހެއްޔެވެ؟.

ޖަޒިލް ދެތިން ފަހަރު މަސައްކަތް ކޮއްލައިގެން ޔަޝްމް ގެ ސަމާލުކަން އޭނާއަށް ލިބުނެވެ. އޭނާ ވާހަދައްކައިގެން ޔަޝްމް މަތަކޮއްލިއެވެ. އަދި ލުއި ހިނިތުންވުމެއް ވެރިކޮއްލަމުން މައިލީން އަށް ބަލައިލިއެވެ. މައިލީން ވެސް ގަދަކަމުން ހިނިތުންވެލިއެވެ. “އިލީ ގެތަ؟” ޖަޒިލް ނާހަން ހުރެފައިވެސް އަހައިލިއެވެ. އެވަގުތު މައިލީން ގެ މޫނުމަތިން ދެނެގަންނަން އުނދަގޫ އަސަރުތަކެއް ފެނިގެންދިޔައެވެ. “މީހަކާ އިނީތަ އިލީ؟” ދެވަނަ ފަހަރަށް ވެސް ޖަޒިލް ސުވާލުކޮއްލިއެވެ. ޖަޒިލް އުރާލައިގެން ހުރި މައިލީން ޖަޒިލް އަތުން ނަގަމުން މައިލީން އަވަސް އަވަހަށް ވާހަކަދެއްކިއެވެ. “ދަނީ އިނގޭ… ފަހުން ދިމާވާނީ” ޔަޝްމް ގޮވައިގެން މައިލީން ވަންތަން ބަލަން ޖަޒިލް ހުއްޓެވެ.

ލިފްޓާ ދިމާލަށް މިސްރާބުޖެހި މައިލީން އަށް އެވަގުތު އެ ދިމާ ތަންކޮޅެއް ދުރުގައި މީހަކާ ވާހަކަ ދައްކަން ހުރި ޔުއާން ފެނުނެވެ. މިއަދަކީ ޔުއާން ގެ އޮފް ދުވަހެއްކަމުން އޭނާ ހުރީ ކުޑަކޮއް ހައިރާން ވެފައެވެ. އެހެންނަމަވެސް އެމަރޖެންސީއެއް ދިމާވެއްޖެނަމަ ޔުއާން އަންނާނޭކަންވެސް މައިލީން އަށް އެނގުނެވެ. އެނާ ފިޔަވަޅުތަކަށް ބާރުލަމުން ފަހަތަށް ބަލަމުން ޔުއާން އަށް ނުފެނިގޮސް ލިފްޓަށް އެރިއެވެ. “މަންމީ… އެން ބޯން” ޔަޝްމް ބުނެލިއެވެ. މައިލީން ހިނިތުންވެލިއެވެ. އަދި މަޑުކޮއްލުމަށް ބުނަމުން ޔަޝްމް ގެ ބޮލުގައި ފިރުމާލިއެވެ.

ފަސްވަނަ ފްލޯއަށް ލިފްޓް ހުއްޓުމާއެކު އޭނާ ޔަޝްމް ގޮވައިގެން ފޭބިއެވެ. އަދި ޔަޝްމް ގެ އަތުގައި ހިފައިލައިގެން ގޮސް އެތަނުން ގޮނޑިއެއްގައި ބޭންދުމަށްފަހު އޭނާގެ އަތް ދަބަހުން ފެންފުޅި ނަގާ ޔަޝްމް އަށް ފެން ދިނެވެ.

އަފްޝީން މަޑުކޮއްލައިގެން ހުރީ އާއިކް އަންނަންދެނެވެ. މިއަދަކީ އޭނާ ހޮސްޕިޓަލް ބަލައިލަން ދާން ބުނެފައި އޮތް ދުވަހެވެ. އާއިކް ލަސްވެގެން ކުޑަކޮއް ލަސްވެފައި ހުރި އަފްޝީން ޒާރިވާ ގާތު ޝަކުވާ ކޮއްލިއެވެ. “މާ ބޮޑަށް ބިޒީ ކަންނޭ ގެ ދަރިފުޅާ” ޒާރިވާ ހިނިތުންވެލިއެވެ.

އިރުކޮޅަކުން އަފްޝީން ގެ ފޯން ރިންގް ވި އަޑަށް އޭނާ ސިއްސައިގެން ދިޔައެވެ. އެ ދެލޯ ދިއްލުނީ އާއިކް ގެ ފޯނެއް ކަމަށް ހީކޮށެވެ. އެހެންނަމަވެސް އޭނާ އަށް ގުޅަނީ ޔުއާންއެވެ. “ކީކޭ ދޮންބޭ” ފޯން ނެގުމާއެކު އަފްޝީން ބުނެލިއެވެ.

“ދޮންބެ ބުނީ މާމަ ކައިރީގައި ބުނެދެއްޗޭ މިއަދު އަވަހަށް ނުދެވޭނޭ… ސާޖަރީ އެއް އެބައިން. މާމަ ފޯނެއްނުނަގާ… މާމަ ބުންޏޭ ހަވީރު މާމަ ގޮވައިގެން ކޮންމެވެސް ތަނަކަށް ގޮސްދެއްޗޭ” ޔުއާން ގެ ފޯނަށް ޖަވާބު ދިނުމަށްފަހު  އަފްޝީން ފޯން ކަނޑާލިއެވެ. “މާމަ ފޯނެއް ނުނަގަޔޯ. ހަވީރު ނާދެވޭނެޔޯ ބުނެދެއްޗޯ” އަފްޝީން ޒާރިވާ އަށް ޖަވާބުދިނެވެ.

“މާމަ ފޯން ޗާޖަށް ޖަހާފައި ބައިންދާފައޭވީ” ޒާޒިވާ ވެސް އަފްޝީން އަށް ޖަވާބުދިނެވެ.

އަފްޝީން ދެކޮޅަށް ހިނގަ ހިނގާހުރެފައި ގޮސް ޒާރިވާ ގާތު ސޯފާގައި ޖައްސާލިތަނާ ދުވަމުން ކަހަލަ ގޮތަކަށް އާއިކް އައިސް ވަނެވެ. “އަފޫ…. ރެޑީތަ ދޮންބެ އަށް ގުޅައިފިން. ބުނީ އަފޫ ގޮވައިގެން އަންނާށޯ… ހަވީރު ދޮންބެ ވެސް ވަރަށް ބިޒީ އޯ… މިހާރު ފްރީ ވީމަ އެބުނީ އަންނާށޭ. ވަރަށް ބޮޑަށް ސޮރީ ޑާރލިން. އެބަޖެހޭ އޮފީންކަމަކު ބޭރަށް ދާން. އެހެންވެ ނެތް މަޑުކުރެވޭކަށް” އާއިކް އެއްފަހަރާ އެތަކެއް ވާހަކައެއް ދައްކައިލިއެވެ.

“އޯކޭ”އަފްޝީން ޖަވާބުދިނެވެ. އާއިކް ދުވެލާފައި މައްޗަށް ގޮސް ދެން ފޭބީ ފައިލް އެއް ހިފައިގެންނެވެ. “އަވަހަށް އާދޭ އަފޫ… މިފައިލް ވެސް ބަލައާ އެއްކޮށޭ މިއައީ” އާއިކް އަފްޝީން އަށް އިޝާރާތް ކޮއްލަމުން ބުނެލިއެވެ.

“ބާއި މާމާ…” އަފްޝީން ޒާރިވާ ގައިގައި ކުޑަކޮއް ބައްދާލާފައި އާއިކް ފަހަތުން ހިނގައިގަތެވެ. އެ ހޮސްޕިޓަލް ބަލާލާހިތުން އަފްޝީން ހުރީ ކެތް މަދުވެފައެވެ. ވާނީވެސް އެހެންތާއެވެ. އެ ހޮސްޕިޓަލް ގެ އެތަކެއް ކަމެއް ވަނީ އޭނާ ދިޔަފަހުން ބަދަލު ވެފަ ވިއްޔާއެވެ. އިމާރާތްވެސް އެގާރަބުރިއަށްނަގާ އެންމެ ޒަމާނީ ފެންވަރަށް ތައްޔާރުކޮއަފައެވެ.

ކާރު ދުއްވަމުން ދިޔައީ އާއިކް އެވެ. އަފްޝީން ހުއްޓާނުލާ އެތަކެއް ވާހަކައެއް ދައްކަމުން ދިޔައެވެ. އާއިކް ވެސް އެ ވާހަކަތަކުގައި ބައިވެރިވަމުން ދިޔައީ ޝައުގުވެރިކަމާއެކުއެވެ. “މަންމަ ހުންނާނެނަމަ. ހާދަ ހެޕީ ވާނޭ… އެކަމް އަހަރެން ގެ ސަބަބުބް ވިއްޔަ މަންމަ ދުނިޔެއާ ވަކިވީ” އަފްޝީން ހިނިޔުންވެލާފައި ބުންޏަސް އެ ހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައިވަނީ ހުސް ހިތާމައެވެ. ކުއްލިއަކަށް ބުރަކު ޖެހުމާއެކު ނުވިސްނާ އިން އަފްޝީން ދިޔައީ ކުރިއަށެވެ. އޭނާ އާއިކް އަށް ބަލާލިއެވެ. “ކިތައް ފަހަރުތަ ބުނަން ވީ އަފޫ ގެ ކުށެއް ނޫނޭ… އަފޫ ވިހާފައި މަންމަ މަރުވުމަކީ އަފޫގެ އެއްވެސް ކުށެއް ނޫނޭ” އާއިކް ހިންހަމަ ނުޖެހިފައި ބުނެލިއެވެ. “ކިތައް ފަހަރުތަ ބުނަންވީ… ދޮންބެ ގާތުވެސް އަފޫ ތިބުނި ވާހަކަ ބުނާނަމޭ… އަފޫ އަށް އެނގޭނެ ތިކަހަލަ ވާހަކަ ދެއްކީމަ ދޮންބެ ރުޅި އަންނަ ވަރު. ދޮންބެ އާއި ކުޑަބެ އޭ އަޑު އެހީ މަންމަ ބައްޕަ ގާތުގައި ބުނި ވާހަކަ. އަފޫ އަށް ބްލޭމް ނުކުރާށޭ. މަންމަ އަފޫ ދެކޭ ހާދަ ލޯބިވާތިއޭ ދޮންބެ އާ ކުޑަބެ ކައިރީގައި ބައިތިއްބައިގެން އެންމެ ފަހު ވަގުތު ވާހަ ދެއްކީ… މަންމަ އެދުނީ ތިން މީހުން ކައިރީގަވެސް އަފޫ ބަލައިދޭން. ދޮންބެ ގާތުގަވެސް ބުނި އަފޫ ޕްރޮޓެކްޓް ކުރަން” އާއިކް ވާހަކަ ދެއްކިއިރު އަފްޝީން އިނީ އސްޖަހައިގެންނެވެ. ކުއްލިއަކަށް ފަހަތުން ބަރުގޮނު އަޅަން ފެށުމާއެކު އާއިކް ކާރު ދުއްވާލީ ފުންނޭވާއަކާ އެކުގައެވެ.

އާއިކް ކާރުގައި ހޮސްޕިޓަލް އަށް ގާތް ކުރިއިރު ޔުއާން ހުރީ ބޭރުގައެވެ. އޭނާ ކާރުންފައިބައިލަމުން ޔުއާން އަށް ހަނާ އަޅާލިއެވެ. އެއާއެކު ޔުއާން އެ ދިމާލަށް ހިނގައިގަތެވެ. އިރުކޮޅަކުން އަފްޝީން ވެސް ކާރުގެ ދޮރު ހުޅުވާލާފައި ފޭބިއެވެ. އެއާއެކު އެތަނުގައި ތިބި ޒުވާން ފިރިހެންކުދިންގެ އަމާޒު ފަތް ގަނޑަކަށް އަފްޝީން ވިއެވެ.

ލާފައިވާ ގަޔަށް ބާރު ޓީޝާޓް ކޮޅާ ކަކުލުން ކިރިއާ ތިރިއަށް އަންނަ ސްކިނީ ގެ ސަބަބުބް އޭނާގެ ދޮން އަތާ ފައި އޮތީ ހާމައަށެވެ. ތުންފަތުގައު ޖައްސާފައިވާ ގަދަ ރަތް ކުލައިގެ ލިޕްސްޓިކް ގެ އިތުރުން ކޮއްފައިވާ އައި ޝެޑޯއާ އަޅާފައިވާ އައިލައިނާގެ ސަބަބުން އެ ދެލޮލުގެ ވިދުން ގަދަހެން ހީވެއެވެ. ފަންއިސްޓަށި ވަޔާވިހުރެން ފެށީ އެވަގުތު އެތަނަށް ކޮންމެވެސް ވަރަކަށް ވައިޖެހެމުން ދިޔައިތީއެވެ. ޔުއާން ހިނިތުންވެލަމުން އަފްޝީން މެން ގާތަށް ދިޔައެވެ.

ވާހަކަ ދައްކައިލުމަށްފަހު ޔުއާން އާއި އަފްޝީން ހަވާލުކުރުމަށްފަހު އާއިކް ކާރުގައި ނައްޓާލީ އޮފީހާ ދިމާލަށެވެ. އޭނާ ދިޔަ މަގުމަތީގައި މަގުގެ އެއްފަރާތު ޕޭމެންޓް މައިން ބާރު ހިނގުމެއްގައި ދިޔަ އާރާ ލޮލުގައި އަޅައިގަތެވެ. އެނާ އެދިމާލަށް ގޮސް ކާރުހުއްޓާލިއެވެ. ހިނގަމުން ދިޔަ އާރާ ދިޔައީ ސިއްސައިގެންނެވެ. އޭނާ އަވަސްއަވަހަށް ބަލައިލިއެވެ. އޭރު އޭނާ އަށް ފެނުނީ ހުއްޓާ ފައިވާ ކާރގެ ލޯގަނޑު ތިރިއަށް ކެހެމުން ދިޔަ ތަނެވެ. ހައިރާން ވެފައި ބަލަހައްޓައިގެން ހުއްޓައި ފެނުނީ ކާރުތެރޭގައި އިން އާއިކްއެވެ. އޭނަގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.

“އާރާ… އޮފީހަށް ދޯ… އަރަން ވީނު” އާއިކް ހިތްހޮޔޮކަމާއެކު ބުނެލިއެވެ އާއިކް ދެތިން ފަހަރު ބުނެލުމުން އާރާ އަކަށް ވެސް ދެކޮޅު ހަދާކަށް ނުކެރުނެވެ. އެހެންވެ އޭނާ ކާރަށް އެރިއެވެ. އެއާއެކު އާއިކް ކާރު ދުއްވާލިއެވެ. ކާރުތެރެއަށް ވެރިވެފައިވަނީ މަރުފަދަ ހިމޭން ކަމެކެވެ. ދެމީހުން ކުރެ އެކަކުވެސް ވާހަކަ އެއް ނުދައްކައެވެ.

“އެރޭ އެގޮތަށް ކަންތައް ކުރީ ކިއްވެ؟” އެންމެ ފަހުން ނުހުރެވިގެން އާރާ އޭނާގެ ހިތުތެރޭގައި ދައުރުވަމުން ދިޔަ ސުވާލުކޮއްލިއެވެ.

“ކިހިނެތް؟” އާއިކް އަށް އިނގޭ ކަމަކަށް ނުހެދިއެވެ. އެހެން ނަމަވެސް އެ ދައްކަނީ ކޮން ވާހަކަ އެއްކަން އޭނާއަށް ރަނގަޅަށް އެނގެއެވެ. އެވަގުތު ބުނަން ވީ އިތުރު އެއްޗެއް އޭނާގެ ހިތަށް ނުވެސް އައީއެވެ. އާރާ ނޫން އެހެން ކޮންމެ އަންހެން ކުއްޖަކު ނަމަވެސް އެ ފަދަ އެއްޗެހި ހިތަށް އަރާފާނޭ ކަމާމެދު އާއިކް އެއް ޝައްކެތް ނުކުރެއެވެ. އެހެން ނަމަވެސް އޭނާ ހަމައެކަނި އެކަން ކުރީ ޔާނިތް ކުރިމަތީ އިނީތީ އޭނާ އަށް ދައްކައިލާށެވެ.

އާރާ ވެސް އިތުރަށް އެ ވާހަކަ ނުދެއްކަން ނިންމީ އާއިކް އެ މައުލޫއަށް ވާހަކަ ދައްކަން ބޭނުންނުވާތީއެވެ. އެހެންނަމަވެސް އެ ކަމުން އޭނާގެ ހިތަށް ތަދުވީއެވެ. އޭނާ އާއިކް އާ އެހާ ގަޔާވާއިރުވެސް އާއިކް އަށް އެކަން އެނގޭ ކަމަކަށް ނުވެއެވެ. އޭނާގެ ހިތަށް ތަދު ވުން ނޫން ކަމެއް އޭނާއަކަށް ނުވެއެވެ. އޭނާއަށް މި ވެވެނީ ލޯބި ބާއެވެ. ކިޔަން ގެންގުޅޭ ވާހަކަ ތަކުގައި ލޯ ބަޔާން ކޮއްދީފައި ވާ ގޮތަށް ހުރިހާކަމެއްވެސް އޭނާއަށްވެއެވެ. އޮފީހަށް ގޮސްފައި ފުރަތަމަ ހޯދާލެވެނީ އާއިކްއެވެ. އާއިކް ދުށުމަށް އޭނާ ބޭގަރާރުވެއެވެ. އެ ދެލޮލާ ހަތަރުކަޅި ހަމަވާ ކޮންމެ ފަހަރަކު އޭނާގެ ހިތް އޭނާގެ އިޚްތިޔާރުންބޭރުވެއެވެ. ހިތުގެ ވިންދު އަވަސްވެއެވެ.

އާރާގެ ހިތުގައި ވެސް އާއިކް އާ ދޭތެރޭ ހާއްސަ ކަމެއް ވާކަން އާއިކްއަށް ވެސް އިހްސާސްވެއެވެ. އާރާގެ އެ ބަލާލުން އާއިކް އަށް ވެސް ހާއްސައެވެ. އެހެންނަމަވެސް ލޯބީގައި އިތުބާރު ގެއްލިފައިވާ އެ ހިތަށް ވިސްނައިދޭނީ ކިހިނެތްހެއްޔެވެ؟.

ޔުއާން އާއެކު އަފްޝީން ފުރަތަމަ މިސްރާބުޖެހީ ހޮސްޕިޓަލް ގެ އެމަރޖެންސީބައި ބަލާލާށެވެ. އެތަން ވެސް ވަރަށް ބާރުބޮޑެވެ. ކުޑަކޮއް އެތަން ދައްކާލުމަށްފަހު އަފްޝީން ގޮވައިގެން ދެން ޔުއާން މިސްރާބުޖެހީ އެބައިގައި ހުންނަ ޑޮކްޓަސް ލައުންޖްއަށެވެ. “ކޮފީ ޖޫސް” ޔުއާން ކޮފީ ޓޭބަލް އާއި ކައިރިވަމުން އަހައިލިއެވެ. “އެއްވެސް އެއްޗެއް ބޭނުމެއްނޫން ދޮންބޭ” އެތާ ހުރި ވާސް އެއްގައި އަތް ހާކަމުން އަފްޝީން ޖަވާބުދިނެވެ.

“ދޮންބެގެ ރޫމް އިންނަނީ ކޮންތާކު” އަފްޝީން އަހައިލިއެވެ. “ނައިންތް ފްލޯރ” ޔުއާން ޖަވާބުދިނެވެ. “ހާދަ  ބޮޑޭ ދޮންބޭ މި ހޮސްޕިޓަލް” އަފްޝީން ބުންޏެވެ. “ޔެސް. ޑޭޑް ބުނި އަދި އެއްބައި އިތުރުކުރާވާހަކަ އެ ސައިޑް ގަ. އެހެން ހަދާފަ ދެބައި މަތީގައި ކޮންމެވެސް ބްރިޖް އަކުން ގުޅުވަނިއްޔޯ” ޔުއާން ކޮންމެވެސް ވަރަކަށް އެވާހަކަ އަފްޝީން އާ ހިއްސާކޮއްލިއެވެ. “ވާއު ދޮންބޭ އިޓްސް ގޮނަ ބީ ސޯ ކޫލް” އަފްޝީން ގެ ލޯ ދިއްލުނެވެ. “އައިއެމް އޯލްސޯ ގޮނަ ވޯކް ހިޔާ އިންދަ ފިއުޗަރ”އަފްޝީން އެނބުރިލަމުން ބުނެލިއެވެ. އޭނާގެ ކޮއްކޮގެ އުފާވެރިކަން ފެނިފައި ޔުއާން ވެސް ހުރީ އުފަލުން ފުރިފައެވެ. އެއީ އޭނާ ގެ ފުރާނަފަދަ ކޮއްކޮއެވެ. ދުވަހަކުވެސް ދެރައެއް ލިބުމަށް އެހިތް ނޭދޭނެއެވެ. މަންމަ ގެ އެދުން އެންމެ ފުރުހަމަ ގޮތުގައި އޭނާ އަބަދުވެސް އަދާކުރެވޭތޯ ބަލާނެއެވެ. “އައި ވިޝް މޯމް ވޯޒް ހިޔަރ” އަފްޝީން ގެ ރާގު ކުއްލިއަކަށް ބަދަލްވިއެވެ. ހިތާމަވެރިކަން މޮޅިވެރިކަން އޭނާ ވަށައިލަން އުޅޭ ފަދައެވެ.

“އަފޫ… ޑޯންޓް ވޮރީ. މޮމް ވިލް ބީ ހެޕީ… އިފް ޔޫ އޮންލީ ފީލްސް ހެޕީ… މަންމަ ގެ އެންމެ ފަހުގެ އެދުމަކީ އަފޫ އުފަލުގަ ބެހެއްޓުން” އަފްޝީން ގެ ދެ އަތުގައި ހިފައްޓައިލައިގެން ހުރެފައި ޔުއާން ބުނެލިއެވެ. “އެހެންނަމަވެސް މަންމަ ދުނިޔެ ދުނިޔެ ދޫކޮއް ދިޔައީ” އަފްޝީން އިސްޖަހާލަމުން ފެށި ޖުމްލަ ފުރިހަމައެއް ނުކުރެއެވެ.

“ލުކް… އަފޫ އިޓްސް ނޮޓް ޔޯ ފޯލްޓް… ދުވަހަކުވެސް ތިހެން ނުވިސްނާތި ނައު ސްމައިލް މައި ލިޓްލް ގާލް” ޔުއާން އަފްޝީން ގެ ކޮލުގައި ހިފާލަމުން ހިނިތުންވެލިއެވެ.

ކުއްލިއަކަށް ޔުއާން ގެ ފޯން ރިންގްވިއެވެ. “ކީކޭ ރިވަމް” ފޯން ނަގާ ކަންފަތުގައި ޖައްސާލަމުން ބުނެލިއެވެ. “ވަޓް… ވިލް ބީ ދެއާ” ޔުއާން ފޯން ބާއްވަމުން އަފްޝީން އަށް ބަލައިލިއެވެ. “އަފޫ އައި ނީޑް ޓް ގޯ… ސަމްތިންގް ކޭމް އަޕް…” ޔުއާން ބުނެލިއެވެ. “ދޮންބެ އިހަށް މިދަނީ އެއިޓްވަނަ ފްލޯއަށް… އަފޫދޭ ނުވަ ވަނަ ފްލޯއަށް. އޯކޭ… ނައިންތް އަށް އަރާފަ ބުނޭ ޑރ ޔުއާން ގެ ރޫމް ދައްކަދޭށޭ ކައުންޓަރ ގަ” ޔުއާން ހިނގައިގަތެވެ. ޔުއާން ގެފަހަތުން ހިނގައިގަތް އަފްޝީން އަށް ނުނިކުމެވިގެން އުޅެނިކޮއް އެތަނަށް ވަތް ޒުވާނެއްގެ ގައިގައި އަފްޝީން އަޅައިގަތެވެ. އޭނާ ވެއްޓެން ދިޔައެވެ. ލޯ މަރާލެވުނީ އިޚްތިޔާރަކު ނޫނެވެ. އެހެންނަމަވެސް ސިހުން ގެނުވީ ނުވެއްޓުމުންނެވެ. މަޑުމަޑުން ލޯ ހުޅުވާލުމާއެކު ލޮލުގައި އަޅައިގަތީ ކަޅުކަން ގަދަ ކަޅިއެކެވެ. އިރުކޮޅަކު ދެމީހުންނަށް ވެސް އެހެން ތިބެވުނީއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hi Mi

Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments

Assalaamu Alaikum. Email:- [email protected]

Other Articles

Previous

ހިތާ ފުރާނައިން… (15)

Next

ހާމަ ކުރީމާ ލޯބި މަވާކަން 10

Next
January 26, 2018

ހާމަ ކުރީމާ ލޯބި މަވާކަން 10

Previews
January 25, 2018

ހިތާ ފުރާނައިން… (15)

25 Comments!

  1. maikko says:
    January 25, 2018 at 11:50 pm

    Varah reethi waiting for the next part ……… Avahah up kohlahchey??

    1. Hi Mi says:
      January 26, 2018 at 9:16 am

      Thanks maikko… varah ufaa vehjje. In Sha Allah… varah avahah up kohdheynan ingey dear. ???

  2. Hi Mi says:
    January 25, 2018 at 11:59 pm

    Assalaamu Alaikum. Kurin up koh dhin part kurukamun mi part mi up kohdhini… mi part las v kamah takaa varah sorry ingey guys. Do read and comment ingey pls. ? Thanks all. Jazakallah Khairan.

    1. Hi Mi says:
      January 26, 2018 at 12:01 am

      And rangalhu kohlan jehey kameh iniyya buneladheythi ingey. ???

  3. Fathun says:
    January 26, 2018 at 12:00 am

    V reethi . Waiting waiting..

    1. Hi Mi says:
      January 26, 2018 at 9:16 am

      Thankyou fathun. ???

  4. Naash says:
    January 26, 2018 at 12:06 am

    V intresting . Will wait for the next part. 2 parts kiyaalanlibuneema v ufaavehje. Mee mihaaru enme inthizaarukurevey vaahaka. I just love this story.☺Hi Mi akee molhuvaahaka liyuntheriakah vaane kuhjeh. In Shaa Allah. ❤

    1. Hi Mi says:
      January 26, 2018 at 9:18 am

      Alhey. Varah happy vehjje thihaa inthixaaru kuraa vhk bunima. Thankyou dear once again. ???

  5. Mai says:
    January 26, 2018 at 3:23 am

    Thankolheh avahah up khlladhyba Hi Mi.. v wait kurevey mi story.. v happy vejje 2 part up khlladhinyma.. keep it up Hi Mi..

    1. Hi Mi says:
      January 26, 2018 at 9:19 am

      Yes dear. In Sha Allah up kohla dheynan varah avahah. Kuree part kurukamun hama 2 parts up mi kohli. Thanks dear. ???

  6. Nees says:
    January 26, 2018 at 8:09 am

    Thankooo thankooo Hi mi ???
    Dhevana LARA
    Ehaaves molhu
    Keep it up nd best of luck???

    1. Hi Mi says:
      January 26, 2018 at 9:25 am

      Nees dear. ❤❤❤neygunu bunaane ehchei ves. I am speechless nw. ???hehe. Thankyou ingey. ❤❤❤???❤❤❤

  7. Icy♡ says:
    January 26, 2018 at 8:31 am

    WOW
    The story is just perfect
    Vrh reethi

    1. Hi Mi says:
      January 26, 2018 at 9:26 am

      Thanks Icy. ???

  8. Minna says:
    January 26, 2018 at 8:46 am

    ??Wow mi part ves varah reethi
    Waitin for the next part

    1. Hi Mi says:
      January 26, 2018 at 9:27 am

      Thankyou. Minna. Next part varah avahah up kohlaanan. In Sha Allah. ???

  9. Pinky shifoo says:
    January 26, 2018 at 8:48 am

    Wonderful ❤️???.. Mi part vx varah varah varah reethi ??.. I think e zuvaanaayakee jazil kanneynge… Heheheh just a guess ????.. Liyumuga kuda mistake eh eba in.. Loabi liyan veethanah lo liyefa iny.. Ehen mistake eh nufeneyey ??.. Ethankolhu faahaga kohlevunyma ingey mibuny Hi Mi ?.. Don’t take it in a wrong way.. Curiously waiting for the next part.. Loves ❤️???

    1. Hi Mi says:
      January 26, 2018 at 9:30 am

      Hey. Pimky shifoo. Hehe. Balamaa eyi kaaku kan. Hi Mi beynumi eyi kaakukan surprise akah baavvan. Ekam story nimunuge kurin ingeyne kaakukan yageenunves. In Sha Allah. ??? Thanks once again dear. Mistakes thah faahaga kohdhinumaki libey kuri erumakaa hiyy vareh. So no worries dear. Loves more… Thankyou. ???❤?❤

  10. Xxxx says:
    January 26, 2018 at 9:57 am

    Wooowww..haadha reehchey dear.. waiting ingey?

    1. Hi Mi says:
      January 26, 2018 at 1:40 pm

      Yes. Xxxx keep reading… ??? Thanks dear.

  11. Naaanu says:
    January 26, 2018 at 10:55 am

    Alheyy haadha ragalheyy.. Avahah up kohdhecheyy… V rythi vaahakeh meee… Vvv kiyaaa hihveyy mi stryy..

    1. Hi Mi says:
      January 26, 2018 at 1:39 pm

      Thanks naaanu. Hama v haa ves avahah up kohla dheynan In Sha Allah. ?

  12. Rammu says:
    January 26, 2018 at 12:48 pm

    Eiy jazil dhw Afoo n Jazil gulheyni dhw vvvv reethi mi part vx next part avahah up kohdhehchey keep it up.

    1. Hi Mi says:
      January 26, 2018 at 1:38 pm

      Alhey ehen vaane nama dw. Eyi hama varah bodu surprise eh rammu. Ekam story nimumuge kurin ingeyny ingey. Next part varah avahah up kohdheynan In Sha Allah… thanks dear. ??

  13. Xaaaan says:
    January 26, 2018 at 8:02 pm

    Masha Alhah mipartves ehaame reethi thnx hi mi next part avas kohlahchey ingey dhoonyaa mihen bunyas bxy nooniyaa ???

Comments are closed.

Next Episodeހިތާ ފުރާނައިން… (17)←


All Right Reserved!