Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހިތާ ފުރާނައިން… (15)

Hi Mi Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments
January 25, 2018 6 Mins Read
8 Comments

މާޒީގެ ހިޔާލަށް ގެއްލިފައި ރޯން ހުރި މައިލީން އަށް ޔުއާން އެތަނަށް އައި ކަމެއްވެސް ނޭގެއެވެ. ޔުއާން އައިސް މައިލީން ގެ އަތުގައި ހިފާލިއެވެ. އަދި އޭނާގެ ލޮލާ ލޯ ސީދާކޮއްލިއެވެ. އެވަގުތު ޔުއާން ގެ ހިތަށް ވެސް އަސަރުކުރިއެވެ. މައިލީން އަށް ކުއްލިއަކަށް ވީ ގޮތް ނޭގުމުން އޭނާ ކަންބޮޑުވިއެވެ. ކުއްލިއަކަށް މައިލީން ޔުއާން ގެ ގަމީހުގެ ގިރުވާނުގައި ހިފިއެވެ. ޔާން އޭނާ ގެ އަތް ނައްޓުވާލަމުން މައިލީން ގެ ދެއަތުގައި އަނެއްކާވެސް ހިފައްޓާލިއެވެ. އޭނާ މައިލީން ދެ ލޮލަށް ބަލާލުމާއެކު މާޒީ ސިފަވިއެވެ.

***

އެދުވަހު ބީޗުން ޔުއާން މައިލީން އަނބުރުވާލިގޮތެވެ. އެމީހުންގެ ލޯ ސީދާވިގޮތެވެ. ދެމީހުން ނަށް ދެމީހުންނަށް ބަލަން ތިބެވުނުއިރު ވަށައިގެންވަ މާހައުލުގެ މަތިން ވެސް ހަނދާން ނެތުނެވެ. އެދުވަހު އޭނާ އަށް ފެނުނީ މައިލީން ގެ ޖާދޫވީ ލޮލެވެ. ލަދުރަކި ހިނިތުންވުމަކާއެކު އިސްޖަހާލިގޮތެވެ.

***

އެހެންމަވެސް އެދުވަހާ ހިލާފަށް މިއަދު ޔުއާން އަށް ފެންނަމުން ދިޔައީ ކަރުނުން ފުރިފައިވީ ދެލޮލެވެ. ވީ ގޮތެއްނޭގޭތީ އޭނާގެ ހިތުގައި ނުބުނި ކަމުގައިވިޔަސް ރިހިމެއްވިއެވެ. ނުތަނަވަސްކަމެއްވިއެވެ. ހާސްވުމެއްވެއެވެ. އެހެންނަމަވެސް ނޭގޭ ސަބަބަކާ ހެދި އެކަން ދައްކަން އަދިވެސް ޖެހިލުންވަނީއެވެ. ކީއްވެކަމެއްނޭގެއެވެ.

“ކިހިނެތްވީ… ޓެލް މީ ލީން ކިހިނެތްވީ” މައިލީން ހުރި ގޮތް ފެނި ހިތަށް ކެތް ނުވުމުން ޔުއާން އަހައިލިއެވެ. އޭނާ މައިލީން ގެ ދެކޮނޑުގައި ހިފައި ކުޑަކޮއް ތަޅުވައިލިއެވެ. ސިހިފައި މައިލީން އަށް ހަމަ ބިމަށް އާދެވުނެވެ. އޭނާ އެވަގުތު ޔުއާން ގެ ލޯ މަތިން ދުރަށް ދާން ބޭނުންވެފައި ހުރިވަރުން އަވަސްއަވަހަށް ނުކުމެގެން ދިޔައީއެވެ. ދެލޮލުން ފައިބަމުން ދިޔަ ކަރުނަތަށް ފޮހެމުން މައިލީން ހަމަ ޖެހެން މަސައްކަތް ކުރިއެވެ. ޔުއާން ވާނުވާ ނޭގިފައި ހުރީއެވެ. އޭރު ފެނުނު މައިލީން އާ މިހާރު މިފެންނަ މައިލީން އާ ހާދަ ތަފާތެވެ. އެއީ ހަމަ އޭނާގެ ލޯބީގެ ބާރުގައި މައިލީން އަށް އައި ބަދަލްތައް ބާއެވެ.

މައިލީން ދިޔުމާއެކު ޔުއާން އަވަސްވެގަތީ ރިވަމް ގެނައި ފައިލް އަދިވެސް އެއްފަހަރު ބަލާލާށެވެ. ދުވެފައި ކައުންޓަރ ގާތަށް ދިޔަ މައިލީން ހުއްޓިލިއެވެ. އަދި ހަމަ ޖެހެމުން އެނާ ކައުންޓަރ ގައި އިށީނެވެ.

ޑިއުޓީ ނިންމާލާފައި އައިއިރު ވެސް ޔަޝްމް ފެންނާކަށްނެތެވެ. ޝާލީން ގެ ކޮޓަރިއަށް ބޯ ދިއްކޮއްލުމާއެކު އޭނާއަށް ޔަޝްމް ފެނުނެވެ. “ދޮންތާ ޔަޝޫ ބަލާލައްޗޭ.. ކުޑަކޮއް ރެސްޓެއްކޮއްލަން…” މައިލީން ބުނެލިއެވެ.

އޭނާ ޔަޝްމް އަށް ގޮވާލުމަށްފަހު މާ ބޮޑަށް އަޅާނުލާ ކޮޓަރިއަށް މިސްރާބުޖެހީ ވެފައި ހުރި ވަރުބައްޔެއްގެ ސަބަބުންނެވެ. ފާހާނާއަށް ވަދެހަދައިލައިގެން ނުކުތް އިރު މީހާ ހުރީ ނިދިއައިސްގެން ހަލާކުވާވަރުވެފައެވެ. އެހެންކަމުން އެނދުމައްޗަށް ވެއްޓިގަތުމާއެކު ނިދިއްޖެއެވެ.

“ނިދިފައި އޮތް މައިލީން އަށް ހޭލެވުނީ ޔަޝްމް އައިސް އޭނާގެ ގައިމައްޗަށް އެރުމުންނެވެ. “މަންމި ދޫނީ… ކައިފިންތަ؟” ނިދިއަޑުން މައިލީން އަހައިލިއެވެ. “ޔަޝްމް” އެވަގުތަކީ ތައްތަކަށް ކާއެއްޗެހި އަޅައިގެން ޝާލީން ވެސް ދޮރުމައްޗަށް އަރައި ހަމަވި ވަގުތެވެ. “މަންމި އަށް އު ދަގޫ ނުކުރާށޭ ބުނީމަވެސް” ޝާލީން ދެފަރާތަށް ބޯ ހޫރާލަމުން ޔަޝްމް ގާތަށް ދިޔައެވެ.

“ދޮންތާ….” ޔަޝްމް ގެ އަތުގައި ހިފައިލައިގެން ނުކުންނަން ދިޔަ ޝާލީން އަށް މައިލީން ގޮވައިލިއެވެ. ޝާލީން ފަހަތް ބަލާލުމާއެކު މައިލީން ވާހަކަ ދެއްކިއެވެ. “ޔަޝްމް ޑޮކްޓަރ އަށް ދައްކާ ދުވަސް… ލާވިޔާއަށް” އެނދުން ކުޑަކޮއް ތެދުވެލާ ހެޑްބޯޑް ގައި ލެނގިލަމުން އިސްޖަހާލަމުން މައިލީން ވާހަކަ ދެއްކިއެވެ.

“ދޮންތަ އަހަރެންނާ އެކީ ދާންވީނު؟” މައިލީން ޝާލީން އަށް ބަލާލަމުން ބުނެލިއެވެ. “ދޮންތަ ޖެހޭ އެބަ ދާން… ސްކޫލަށް މެންދުރު. ކިހާއިރަކު ތަ ދަނީ؟” ޝާލީން އަތުގައި އޮތް ގަޑިއަށް އަވަސް ނަޒަރެއް ދެމުން ބުނެލިއެވެ. “ދެއެއް ޖަހާއިރު. އާރާ ވެސް ފްރީއެއްނޫން ދޯ މިއަދު” މައިލީން ބުނެލިއެވެ.

“އާނ… ބުނި ދާވާހަކަ އޮފީހަށް އޭނަ ޕްރްމޯޓް ވިއްޔޯ ތޯއްޗަކޯ” ހިނިތުންވެލަމުން ޝާލީން ބުނެލިއެވެ.

ލާވިޔާ އެނބުރި ޑިއުޓީ އަށް ނުކުތް ދުވަސްކަމުން އޭނާގެ އެތައް ޕޭޝެންޓުންނެތް މިއަދު ޑޮކްޓަރަށް ދެއްކުމަށްވަނީ ހަމަޖެހިފައެވެ. އޭނާ ވަންނަނިކޮއް ޔުއާން އޭނާގެ ލޮލުގައި އަޅައިގަތެވެ. އޭނާ ދުވެލާފައި ގޮސް ޔުއާން އާއި އެއްހަމަ ކޮއްލިއެވެ. ޔުއާން އާ ވާހަކަ ދައްކަމުން ދިޔަ ލާވިޔާ ވެސް ގޮސް ވަނީ ފުރަތަމަ ބައިގައި ހުންނަ ޑޮކްޓާޒް ލައުންޖް އަށެވެ. ޔުއާން އެތަނުގައި އިން ސޯފާގައި ޖައްސާލާ ލޯމަރާލިއެވެ. ލާވިޔާ އައިސް ޔުއާން ގެ ކޮނޑުގައި މަސާޖް ކޮއްދޭން ފެށިއެވެ. ނުބުނި އައިސް ޔުއާން ގެ ގައިގައި އެ ގޮތަށް އަތް ލުމުން ޔުއާން ކުޑަކޮއް ރުޅި އަންނަ ގޮތް ވިއެވެ. ލާވިޔާ އަކީ އޭނާގެ ބައްޕަ ގެ އެންމެ ގާތް ރަހްމަތް ތެރިއާގެ ދަރިފުޅު ކަމުގައިވިޔަސް އެއީ އޭނާ އެހާ ރުހޭ ކުއްޖެއްނޫނެވެ. އެހެންނަމަވެސް އޭނާ ގެ މޮޅު ހުނަރަކީ ވެސް ޔުއާން އަށް ދެކޮޅު ހެދޭނޭ ކަމެއްނޫނެވެ. ލާވިޔާ އަކީ އުމުރުގެ ގޮތުންވެސް ޔުއާން އަށް ވުރެ ދޮށީ އަންހެންކުއްޖެކެވެ.

ލާވިޔާގެ ހިތް އޭނާގެ އަތުން ދޫވެގެން ދިޔައީ މީގެ އެތައް އަހަރެއްކުރިންނެވެ. ކުޑައިރު އެކުގައި އާންޓީ މެން ގެއަށް ގޮސް ކުޅެން އުޅުނު ހަނދާންތައް އަދިވެސްއޭނާގެ ސިކުނޑީގައިވަނީ ހަރުލާފައެވެ. ޔުއާން ގެ މަންމަ އަށް އޭނާ މުހާތަބް ކުރަނީ އާންޓީ މިގޮތަށެވެ. އަދި އައިކަލް އަށް “އަންކަލް” މިގޮތަށެވެ. “އާންޓީ ނިޔާވުމުން އޭނާއަށްވެސް ފުން އަސަރުތަކެއްކުރިއެވެ.

ދެވަނަ ފަހަރަށް ވެސް ލާވިޔާ އެ އަމަލް ތަކުރާރު ކުރުމުން ޔުއާން ތެދުވިއެވެ. އަދި ލާވިޔާ އާ ދިމާލަށް ރުޅިވެރިނަޒަރަކުން ބަލާލިއެވެ. ލާވިޔާ ހުރީ ހިނިތުންވުމެއް ހަދިޔާ ކޮއްލައިގެންނެވެ. ލާވިޔާ ގެ ހިތުގައި ޔުއާން އާ ދޭތެރޭ އޮތްގޮތް ޔުއާން އަށް ކިތަންމެ ރަނގަޅަކަށް އެނގުނު ކަމުގައި ވީނަމަވެސް އޭނާ އެކަން ނޭގޭކަމަށް ހަދައިގެން ހުންނަނީއެވެ. އެހެންނަމަވެސް ބައެއްފަހަރު ލާވިޔާ އުޅޭ ގޮތުން އޭނާ ގެ ބޮލަށް އުނދަގޫވެއެވެ. ފޯން ނުނެގުމުން އެތައް މެސެޖެއްވެސް ކުރަނީއެވެ. ޔުއާން ހިނގައިގަތުމާއެކު ލާވިޔާ އައިސް ފަހަތުން ޔުއާން ގެ ގައިގައި ބައްދާލިއެވެ. އަދު ބުރަކަށީގައި މޫނު ޖައްސާލިއެވެ.

ދެން އޭނާ އަތް މަޑުމަޑުން ގެންގޮސް ޔުއާން ގެ މޭމަތީގައި ޖައްސާލިއެވެ. އެވަގުތު ޔުއާން ގެ ގައިން ދުވި ލުއި މީރުވަހުގެ ސަބަބުބް ލާވިޔާއަށް ނޭފަތް އެތެރެއަށް ދަމާލެވުނެވެ. “ކިހިނެތް ތިއުޅެނީ ލާވިޔާ” ހިތްހަމަނުޖެހިގެން ޔުއާން އަހައިލައިފިއެވެ.

“އަހަރެން ޔުއާން ބޭނުންވާކަމެއް ޔުއާން އަކަށް ނޭގޭތަ؟” ލާވިޔާ ތުއި ގޮތަކަށް އަހައިލިއެވެ. ޔުއާން ލާވިޔާގެ އަތް ނައްޓުވާލާ އޭނާ އާ ދިމާލަށް ބަލައިލިއެވެ. ލާވިޔާ އަކީވެސް ރީތިކުއްޖެކެވެ. ވަރަށް މަދުން ނޫނީ ނުފެންނަފަދަ ކުދި ބުޅިއިސްތަށިގަނޑާއި އެނާގެ ހިމަތޮޅިހަށިގަނޑަކީ އެނާއަށް ލިބިފައިވާ ނުހަނު ރީތި ސިފައެކެވެ. ތުންފަތުގައި ޖައްސާފައިވާ ގަދަ ރަތް ކުލައިގެ ލިޕްސްޓިކް ގެ ސަބަބުން ތުންފަތް ހީވަނީ ރަތް ލޭ ކޮޅެއްހެންނެވެ. ލާފައިވާ ކުރު ޓޮޕް ކޮޅު ޑޮކްޓަ ކޯޓް ގެ ސަބަބުން ފަހަތުން ފޮރުވިފައިވީނަމަވެސް ގައިގެ ބައްޓަން ރީއްޗަށް އެގޭހާވެއެވެ.

ތިރިން ލާފައި ހުރީ ކަޅުކުލައިގް ޖީންސްއެކެވެ. “ސޮރީ ޑޮކްޓަރ ލާވިޔާ”ޔުއާން އިތުރަސް ފަހަތް ބެލުމެއްނެތި ބުނެލިއެވެ. އަދި ދޮރާ ދިމާލަށް ހިނގައިގަތީ އެތަނުން ދާން ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ.

ޔުއާން ދިޔުމާއެކު ލާވިޔާ މޫނަށް ފޫހި ވައްތަރެއްޖައްސާލިއެވެ. އޭނާވެސް ދެން އަވަސްވެގަތީ އަވަހަށް ނުކުމެގެން ދާށެވެ. ޔުއާން ވަކިހިސާބަކަށް ގޮސްފައި ކުއްލިއަކަށް ކަމެއް ހަނދާންވާފަދަ ގޮތަކަށް މަޑުޖެހިލިއެވެ. އޭނާ އެންމެ ތިރީ ކައުންޓަރަށް މިސްރާބުޖަހާފައިވެސް އަނބުރާ ފަހަތް ބަލާލިއިރު ލާވިޔާ ގޮސް ލިފްޓަށް އަރަނިއެވެ. ޑިއުޓީ ނިންމާފައި ދިމާކުރަން ހިތު އަޅައިގެން ހުރެފައި ޔުއާން ވެސް އޭނާ ގެ މަސައްކަތަށް އަވަސްވެގަތެވެ.

ޔަޝްމް ރީތިކުރަން އުޅުނު މައިލީން ހުރީ ދުވެ ދުވެ ވަރުބަލިވެފައެވެ. ޔަޝްމް ހުރީ ވެސް ކުޑަކޮއް ހުންވައްތަރު ވެފައިކަމުން ފެންވެރުވުނީވެސް ގަދަކަމުންނެވެ. “މަން… މަން… މަނމީ ޑެޑީ އަކީ ކާކު ތަ” ޔަޝްމް ގެ ބޮލުގައި ފުނާ އަޅުވަދޭން ހުރި މައިލީން އަށް ޔަޝްމް ގެ ސުވާލު އަމާޒުވިއެވެ. ދުވަހަކުވެސް ޔަޝްމް ނުކުރާ ކަހަލަ ސުވާލެއްކުރުމުން މައިލީން ގެ އަތުން ފުނާ ވެސް ދޫވެގެން ވެއްޓުނެވެ. އޭނާ އިނީ ބުނާނެ އެއްޗެއްނޭގިފައެވެ.

“ޔަޝްމް” ޝާލީން އައިސް ޔަޝްމް އުރާލިއެވެ. އޭނާ މައިލީން އަށް ބަލާލަމުން ލޯ މަރާލިއެވެ. އަދި އިޝާރާތް ކޮއްލީ ހަމަޖެހިލިމަށެވެ. “ޔަޝްމް ކޮންތާކުންތަ އަޑު އެހީ” ދެފަހަރަކު ޝާލީން ސުވާލުކޮއްލުމާއެކު މާ ބޮޑު ސަމާލުކަމެއް ނުދީ ހުރެފައި ޔަޝްމް ޖަވާބުދިނެވެ. “އާން އާންޓީ ކޫލް ގަ” ޔަޝްމް ބުނެލިއެވެ.

“އެހެންތަ؟ ދެން ޔަޝްމް ބަސްއަހައިގެން ރީތިވީމަ ދޮންތި ކިޔައިދޭނަން”ޔަޝްމް ގެ ކޮލުގައި ހިފާލަމުން ޝާލީން ބުނެލިއެވެ. މައިލީން ގެ ލޮލުން އެވަގުތު ކަރުނައިގެ މުތީތައް ވިދަން ފެށިއެވެ. “ލަސްވަނީ އިލީ…. ނުރޮއްޗޭ… ބީ ބްރޭވް މައި ގާލް” ޝާލީން މައިލީން ގާތަށް ގޮސް ޔަޝްމް ބަހައްޓަމުން މައިލީން ގެ ކޮލުގައި ހިފާލާފައި ބުނެލިއެވެ.

މައިލީން ހިނިތުންވެލިއެވެ. އެހެންނަމަވެސް އެތައް ހާސް ކަރުނައަކަށް ވުރެ އެ ހިނިތުންވުން އަސަރުގަދައެވެ. އޭނާ ޝާލީން ދިޔުމާއެކު ޔަޝްމް ގެ ގައިގައި ބައްދާލިއެވެ. “މަންމި އާ ތިސުވާލު ދުވަހަކުވެސް ނުކުރައްޗޭ ޔަޝްމް… މަންމި އަތުގައެއް ތި ސުވާލަށް ދޭނެ ޖަވާބެއްނެތް… ޔަޝްމް ބަލާ ބޮޑުކޮއްފަ ތިހުރީ މި މަންމި އެކަނި. ޔަޝްމް ބައްޕި އަކީ އެހާ މުހިންމު މީހެއްނޫން މިހާރު… ޔަޝްމް ބައްޕި އަށް ޔަޝްމް ވެސް ޔަޝްމް މަންމި ވެސް މުހިންމެއްނުވާނެ” މައިލީން ކަރުނަތަށް ފޮހެލަމުން ޔަޝްމް ދުރުކޮއްލިއެވެ.

“ޔަޝްމް… “ޔަޝްމް ނޭވާ އަށް އުނދަގޫ ވާތީ އުޅޭހެން ހީވެގެން މައިލީން ގޮވައިލިއެވެ. އެނާ ޔަޝްމް ގެ މޭގައި ކުޑަކޮއް ފިރުމާލާފައި މެންދުރުގެ ބޭސް ދިނެވެ. ދެން ފައިލް ނަގައިގެން އަވަސްވެގަތީ ހޮސްޕިޓަލް އަށް ދާށެވެ. ގޭގެ މައިދޮރު ތަޅުލާފައި ނުކުމެގެން ތިރިއަށް ދިޔައިރު ތުނި ތުނިކޮއް ވާރޭވެހެމުން ދިޔައެވެ. އެހެންކަމުން ޓެކްސިއެއްގައި ދާން ވެގެން ޓެކްސީއެއް ހޯދަ ހޯދާ ލިބޭ ގޮތެއްނުވިއެވެ. ކުޑަކޮއް މާޔޫސް ވެފައި ހުރި މައިލީން އެހެން ދިޔަ ކާރަކަށް އަތް ނެގިއެވެ. ނަސީބަކުން ހުއްޓިއެވެ. އޭނާ އަވަސްއަވަހަށް ޔަޝްމް ގޮވައިގެން އަރާ ދާންވީ މަންޒިލް ބުނެދިނެވެ. ހޮސްޕިޓަލް ދޮރުމައްޗަށް ހުއްޓިލާ މައިލީން އެ ހޮސްޕިޓަލް އަށް ބަލައިލިއެވެ. ހޮސްޕިޓަލް ގެ ބޭރުގައި ފެންއަރުވާ ވަޑާމެއް ކުރިމައްޗަށް ވާގޮތަށް ވާއިރު ހިނގަން ވަކި ވޯކްވޭއެއް ހާދަފައިވެއެވެ. އެންބިއުލެންސް ވަންނަން ވަކި މަގެއް ހަދާފައިވާއިރު އެތާގައި ވަނީ ތާރު އަޅާފައެވެ. ފެންއަރުވާ ވަޑާމުގެ ވަށައިގެން އިށީދެވޭ ގޮތަށް ބެންޗް ތަކެއްވެސް ވަނީ ބެހެއްޓިފައެވެ. އަދި ހިޔާވާނޭ ގޮތަށް ގަސްތައް އިންދާފައި ވުމުން ނަލަ ފިނި ތާޒާ ވައިރޯޅިތައްވެސް އާދެއެވެ. ފެން އަރުވާ ވަޑާން ފެނިފައި ޔަޝްމް ދުއްވައިގަތީ އެއާ ދިމާލަށެވެ. މައިލީން ވެސް ޔަޝްމް ގެ އަތުގައި ހިފައިލައިގެން އެ ދިމާލަށް ހިނގައިގަތެވެ.

ގަޑި ޖެހެން ކައިރި ވުމާއެކު މައިލީން ފޯނުން ގަޑިއަށް ބަލައިލިއެވެ. އޭނާ ޔަޝްމް އެތަނުން ގެންދަން އުޅި އުޅި ޔަޝްމް ދާކަށް އެއްބަހެއް ނުވިއެވެ. މައިލީން އެތަކެއް ވާހަކައެއް ދައްކައިގެން ވެސް އޭނާ ގެ ބޮޑާ ހޭކުން ނުހުއްޓުނެވެ. އެހެންކަމުން މައިލީން އަދިވެސް ކެތް ތެރި ކަމާއެކު ޔަޝްމް އެތަނުން ގެންދެވޭތޯ މަސައްކަތް ކުރިއެވެ. މައިލީން ޔަޝްމް އުރާލުމާއެކު ޔަޝްމް ރޯން ފެށިއެވެ. އެވަގުތު އެތަނުގައި ތިބިހާބައެއްގެ ނަޒަރުތައް އެ ދެމައިންނަށް ހުއްޓުނެވެ. ޔަޝްމް ބޮޑާހާކަމުން މައިލީން ގެ އަތުން ސޮހިގަންނަން މަސައްކަތް ކުރިއެވެ. އެކަން ކާމިޔާބުނުވުމުން ދެން މަސައްކަތް ކުރީ މައިލީން ގައިގައި ތަޅައިގަނެގެންވެސް ފައިބާށެވެ. ޔަޝްމް ގެ ރުއިން މާ ބާރުވާތީ މައިލީން ޔަޝްމް ތިރިއަށް ބޭލިއެވެ. އެވަގުތު ތަންކޮޅެއް ދުރުގައި މި މަންޒަރު ބަލަން ހުރި ޖަޒިލް މައިލީން އަކަށް ނުފެނެއެވެ.

“ޔަޝްމް…. އެތެރެއަށް ވަދެފައި އަންނާނީއޭ….. ” މައިލީން ޔަޝްމް އާ އެއްހަމައެއްގައި އިށީދެލާ ބުނެލިއެވެ. ޔަޝްމް މައިލީން ކޮއްޕާލީއެވެ. “ޔަޝްމް” މައިލީން އަށް ބާރަށް ބުނެވުނެވެ.

މައިލީން ގެ އަޑުގައިވި ނުރުހުންތެރިކަން އެކުޑަ ކުޑަ ދަރިފުޅަށް ވެސް ފާހަގަވީ ކަންނޭގެއެވެ. ރޮމުން ދިޔަ ވަރަށް ވުރެ ބާރަށް ގިސްލަ ގިސްލާފައި ރޯން ފެށީއެވެ. “ހެލޯ” ކުއްލިއަކަށް މައިލީން ގެ ކުރިމަތީގައި ކަހަލަ ގޮތަކަށް ޔަޝްމް އަށް ބަލަހައްޓައިގެން އިށީން ޖަޒިލް ގޮވައިލީ ޔަޝްމް ގެ ކޮލުގައި ކުޑަކޮއް ހިފާލަމުންނެވެ. ދެން އޭނާ މައިލީން އަށް ބަލާލުމަށްފަހު ޔަޝްމް އާ ވާހަކަ ދައްކަން ފެށިއެވެ. ޔަޝްމް ގެ ހަރަކާތް ތައްދުރުން ބަލަން ހުރި ޖަޒިލް އަށް ވެސް ޔަޝްމް ގެ ހަރަކާތް ތަކުން ކަމެއް ފާހަގަ ވީ ކަންނޭގެއެވެ. އޭނާ ގެ މޫނުމަތިން ތަފާތު އަސަރެއް ފެނިލިއެވެ. “ކޮންނަމެއްތަ ކިޔަނީ؟” މަޑުމަޑުން ޖަޒިލް އަހައިލިއެވެ. ޖަޒިލް ގެ ހަރަކާތް ތަކަށް ފަރުވާތެރިކަމާއެކު ބަލަން ހުރި މައިލީން ހުރީ ބުނާނެ އެއްޗެއްނޭގިފައެވެ. އޭރުވެސް ޔަޝްމް ދިޔައީ ރޮމުންނެވެ. ޖަޒިލް އޭނާގެ ޖީބުން ޗޮކްލެޓް އެއް ނަގާ ޔަޝްމް އަށް ދިއްކޮއްލިއެވެ. ރޮމުން ދިޔަ ޔަޝްމް ގެ ސަމާލުކަން ޖަޒިލް އަކަށް ނުލިބުނެވެ. ޔަޝްމް ގެ ހަރަކާތްތައް ހުރިގޮތުން ޖަޒިލް ގެ ހިތުގައި އުފެދެމުން ދިޔަ ޝައްކު ވެސް ދިޔައީ ބޮޑުވަމުންނެވެ. އޭނާގެ ލޮލުގައި ވެސް އަޅައިގަތީ ޔަޝްމް ގެ ލޮލުގެ ކުލައެވެ. މިހާތަނަށްއޭނާއަށް ހަމަ އެކަނި އެކުލައިގެ ލޮލެއްފެނިފައިވަނީ އެ ހޮސްޕިޓަލް ގެ ސީނިއާ ޑޮކްޓަރ އެއް ކަމަށް ވާ ޔުއާން ގެ ލޮލުންނެވެ. މިއީ ހަމަ އިއްތިފާގެއް ހެއްޔެވެ؟.

(ނުނިމޭ)

Share Article

Follow Me Written By

Hi Mi

Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments

Assalaamu Alaikum. Email:- [email protected]

Other Articles

Previous

ނޭނގި ހިތޭ ތި އަތުލީ 28

Next

ހިތާ ފުރާނައިން… (16)

Next
January 25, 2018

ހިތާ ފުރާނައިން… (16)

Previews
January 25, 2018

ނޭނގި ހިތޭ ތި އަތުލީ 28

8 Comments!

  1. Naash says:
    January 25, 2018 at 11:50 pm

    Vv reethi❤❤❤v happy vehje kiyaalan libuneema.

    1. Hi Mi says:
      January 26, 2018 at 9:11 am

      Thanks Naash… ❤?❤?❤?❤?❤?❤

  2. Hi Mi says:
    January 25, 2018 at 11:57 pm

    Alhamdhulillah….. done with A level exams….. dhen balaanan bunaa dhuvahah up kohleveythoa. In Sha Allah. Missed all. Do comment i gey. Jazakallah Khairan… ?

  3. Nees says:
    January 26, 2018 at 8:04 am

    Oooooo speachless
    Vvvvv reerhi mi partves
    ❤❤❤❤❤❤❤??????

    1. Hi Mi says:
      January 26, 2018 at 9:12 am

      Thankyou Nees. U guys ge support aki hama libigendhaa hiyy vareh. ?????

  4. Pinky shifoo says:
    January 26, 2018 at 8:34 am

    Wow ❤️❤️❤️.. I’m speechless Hi Mi ??.. Haadhahaa reehchey Maasha Allah ❤️❤️??.. Hama superb ???.. Varah varah intresting story eh mee n hama ehaa reethi… Love you Hi Mi ❤️??????☺️??

    1. Hi Mi says:
      January 26, 2018 at 9:13 am

      Alhey. Pinky shifoo. Missed yuh too ingey. Kurim part ga miss vegen comment kohlaafa inthah fenuney. Ekam reply kohlevuni fahun. Bixi kamun. Thankyou dear. ??? Jazakallah Khairan.

  5. Xaaaan says:
    January 26, 2018 at 7:43 pm

    Masha Allah??wooooooow v reethi mi part ves hi mi darlin haadha inthixaareh kurevijjeyey❤??

Comments are closed.


All Right Reserved!