Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހިތާ ފުރާނައިން… (33)

Hi Mi Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments
February 9, 2018 8 Mins Read
61 Comments

“މިކޮޅުގަ ޕޭޝެންޓުން އެބަތިބި… ފަށަން ހަމަ ޖައްސާފައިން ގަޑި ހަމަ ވެގެން އިތުރަށް ދިހަ މިނިޓް ހިނގައިފި” މައިލީން ބުނެލިއެވެ. އެއާއެކު ޔުއާން ފުންމައިގެން ތެދުވެ ފޯން ކަނޑާލަމުން މިސްރާބުޖެހީ އަވަހަށް ނުވަވަން ފްލޯއަށް ދިޔުމަށެވެ.

މައިލީން އާ ދިމާލަށް ބަލާ ނުލާ ޔުއާން ދިޔައެވެ. ޑިއުޓީ  ނިމިގެން މައިލީން ނުކުތް ގަޑީގައި މިއަދުވެސް ޖަޒިލް އާ ދިމާވިއެވެ. އެނާ އެދުނީ ސައިކަލުގައި ދިޔުމަށެވެ. މައިލީން ދެކޮޅު ހަދަން އުޅިފައިވެސް އެ ދިމާލަށް ބަލަން ހުރި ޔުއާން ފެނިގެން ސައިކަލަށް އެރިއެވެ. އެވަގުތު އޭނާ ހިތަށް އެރީކީކޭ ކަމެއްނޭގެއެވެ. ދެން ދުވަހަކުން ޔުއާން ގެ އަމަލްތައް ހުންނާނޭ ގޮތް ބަލަން ބޭނުންވީކަންނޭގެއެވެ.

ޖަޒިލް އަށް ހީވީ އޭނާއަށް ކުރި ލިބޭނެހެންނެވެ. މައިލީން ހާސިލް ކުރެވޭނޭ ހެންނެވެ.

މައިލީން ސައިކަލުގައި ނައްޓާލިތަން ބަލަން ހުރި ޔުއާން ގެ ހިތަށް ތަދުވިއެވެ. އޭނާ އަށް އަމިއްލަ ހިތާ ޝަކުވާކުރެވުނެވެ. ވަރަށް ދެރަވިއެވެ. އެހެންނަމަވެސް އޭނާ އަށް އެއިން އެއްވެސް ކަމެއް ހައްގެއްނޫނޭ ހިތަށް އެރުމާއެކު އޭނާ އަށް ދެއަތުން މޫނު ގައި ފިރުމާލެވުނެވެ.

މައިލީން މިއަދު ލާވިޔާ އާ ބައްދަލުކުރަން ނުދިޔައީ ލާވިޔާ އަށް އެމަރޖެންސީއެއް ދިމާވުމުންނެވެ. އޭނާ ބޭނުންވަނީ ރީކަލް އާއި ލާވިޔާ އާ ދެމީހުން ތިބެގެން ވާޙަކަ ދައްކަން ކަމަށް ބުނެފައި އޮތުމުން މައިލީން ގެ ހިތް ތެޅިގަތީ އެއެއް މިޔެއްބަލާފައެއްނޫނެވެ. އޭނާ ވެސް ދެން އެހެން ދުވަހަކުން ދިމާކުރާނީއޭ ބުނެފައި ނުކުތްތަނުން ޖަޒިލް އާއި ދިމާވީއެވެ.

މައިލީން ކުރިމަތިން ގެއްލުމާއެކު އެތާ ހުރިފައި އޭނާ ދެން މިސްރާބުޖެހީ  ޕާރްކިން ޒޯނަށެވެ.

ޔުއާން ކާރުދުއްވާލިއެވެ. އޭނާ ހިޔާލްތަކުގައި އިނދެގެން ދުއްވަމުން ގޮސް ކުއްލިއަކަށް ކުރިއަށް ބަލާލިވަގުތު އައި އަންހެންކުއްޖާގެ ގައިގައި ކާރުން ނުޖެހުނީ ކިރިއާއެވެ. އެ ކުއްޖާ ސިހިފައި ބަލާލިއެވެ. އޭރު އޭނާ ހުރި ހިތުގައި އަތް އަޅައިގެންނެވެ. ޔުއާން ފައިބަންވެގެން އުޅުނެވެ. އެހެނަސް ދެން އެނާއަށް ފެނުނީ އެކުއްޖާ އަޅާނުލާ ދާތަނެވެ.

ކޮންކަހަލަ ކުއްޖެއް ބާއޭ ހިތަސް އެރިއެވެ. މިހާރު މިކަހަލަ ކަމެއް އޭނާއަށް ދިމާވި މިއީ ޖުމްލަ ތިން ވަނަފަރެވެ.

އޭނާ ދެން ދުއްވަން ފެށީ ފަރުވާވެހުރެއެވެ. އެންމެ ފުތަމަ އޭނާގެ ދަރިފުޅެވެ. އެއަށްފަހު މައިލީން ގެ އާއިލާ މީހެކެވެ.  މިއަދު އަނެކަކެވެ. މާދަމާ ކާކުކަމެއްނޭގެއެވެ.

ގެއަށް ގޮސް ވަނުމާއެކު ޒާރިވާ މެންދުރުގެ ކެއުމަށް އިންސާފުކުރުމަށް ގޮވިއެވެ. އޭނާވެސް ހޮސްޕިޓަލުން މިއަދު ނުކެވުމާއެކު ބަނޑުހައިވެފައި ހުރިލެއްބޮޑުކަމުން ދެކޮޅެއް ނުހަދައެވެ.

ކައިގެން ޔުއާން ކޮޓަރިއަށް ވަދެލާ ތާޒާވެލިއެވެ. ތުވާލިއޮޅައިލައިގެން ލޯގަނޑު ކުރިމަތީގައި ހުއްޓާ ތަކި ޖަހާލި އެވެ. އޭނާ ގޮސް ކުޑަކޮއް ހުޅުވާ ބަލާލިއެވެ. އާއިކް ފެނިގެން ބޮޑަށް ހުޅުވާލިއެވެ. އާއިކް ގޮސް ވެއްޓިގަތީ ސޯފާއަށެވެ. “އޮފީހަށް ނުދަނީތަ އިކް” ޔުއާން ސުވާލުކޮއްލިއެވެ.

“ހުންއައިސްސަ ހުރީމަ. ވަރަށް އެބަ ބޮލުގަ ވެސް ރިއްސާ” އާއިކް ބުނެލިއެވެ.

“ޓެންޕަރޭޗަރ ޗެކް ކުރިން؟” ޔުއާން ސުވާލުކޮއްލިއެވެ. އޭރު އޭނާދިޔައީ ތެމިފައިވާ އިސްތަށިތަކުގައި އަތް އުގުޅަމުންނެވެ. އިރުކޮޅަކާ ދެފަރާތަސް ބޯ ހޫރާލައެވެ. އާއިކް ޔުއާން އަށް ބަލާލަމުން ބޯ ހޫރާލިއެވެ.

“ތާރމޯ މީޓަރ ހަލާކުވެފަ. މާމަ ޖޫހާ ސޫޕް އާ ދިންފަހުން ރަނގަޅު މިހާރު…..” އާއިކް އަނެއްކާވެސް ބުނެލިއެވެ. “އަން މިއޮތީ” ޔުއާން އެތާހުރި ޑްރެސިންޓޭބަލްގެ އެއްފަރާތުގައި އިން ވަތް ގަނޑެއް ހުޅުވާފައި ތާރމޯމީޓަރ އެއްލިއެވެ. އާއިކް ފަރިތަކަމާއެކު އެ ހިފިއެވެ. “ތޭންކެސް” އޭނާ އެއްލޯ މަރާލަމުން އެ ދައްކާލަމުން ބުނެލިއެވެ.

“ދޮންބޭ” އާއިކް ގޮވާލިއެވެ.

“ޔުއާން ހޫމމމ” ލައްވާލިއެވެ.

“ބުނީމެއްނު ވަރަށް ބޮޑު ވާހަކައެއް ދައްކާލަން ވެފަ އެބައޮތޭ” އާއިކް ފަރުވަތެރިކަމާއެކު ލަސްލަހުން ބުނެލިއެވެ.

“ތަންކޮޅެއް ހަމަޖެހިލައިގެން ދޯ ދައްކާނީ… އާރޖެންޓް ތަ؟” ޔުއާން އަހައިލައިފިއެވެ.

“އެހެން ވިއްޔާ މިރޭ ދޮންބެ ބުނާނަން… އިކް ބިޒީތަ؟” އާއިކް ބޯ ހުރާލުމާއެކު ޔުއާން އަނެއްކާވެސް ބުނެލިއެވެ.

އާއިކް ގެ މޫނުމަތިން އޭނާއަށް ފެނުނީ ސިރިއަސްކަމެވެ. އޭނާވެސް މިގަޑިގައި ވަރުބަލިވެފައި ހުރިލެއްބޮޑުކަމުން މިރޭ ބައްދަލުކުރަން ބުނީ ކުޑަކޮއް އަރާމުކޮއްލާށެވެ.

ޔުއާން އާއި އާއިކް ތަންކޮޅެއްކުޑައިރު އާއިކް ހުންއައިސްގެން ޑޮކްޓަރަށް ނުގެންދެވިގެން ފިޓް ޖެހުނީއެވެ. އޭރު ޔުއާން ހުރީ އާއިކް ގާތު ކޮޓަރީގައެވެ. ބައްޕަ ގެއަކު ނެތެވެ. މާމައެއްނެތެވެ. މަންމަ ވީ ފާހާނައިގައެވެ. އާއިކް އަކީ ހުން އައިސްފިއްޔާ އެގޮތަށް އަބަދުވެސް ވާ ކުއްޖެކެވެ. އެ ދުވަހު އާއިކް ހުއްޓުނު ގޮތުން ޔުއާން ރޮއި ރޮރި ވަރުބަލިވިއެވެ. މަންމަ ވެސް ނުކުމެފައި ރޮއި ރޮއިފައި އުޅުނު ގޮތް އޭނާ ހަނދާން އެބަހުއްޓެވެ.

އާއިކް ގެ އެކަންތައް ރަނގަޅުވީ ފަނަރަ އަހަރަށް ވުރެ ވެސް ބޮޑު ވީފަހުންނެވެ. އެހެނަސް ޔުއާން އަދިވެސް ބިރުގަނެއެވެ. އެހެންވެ އާއިކް ހުން އައިސްސިއްޔާ އޭނާގެ އުނދަގޫ އާއިކް އަށް ނުހަނު ބޮޑުވާނެއެވެ.

އާއިކް އެކަމާ ޔުއާން އަށް ވަރަށް އެއްޗެހި ކިޔާނެއެވެ. އަހަރެން މިހާރު ބޮޑުވެއްޖެ އޭ ކުޑަކުއްޖެއް ނޫނޭ ބުނާނެއެވެ. މި ދޮންބެ ޑޮކްޓަރަކަށް ވީ އަހަރެންނަށް ބޭސް ކޮއް އުނދަގޫ ކުރަންނޭ ކިޔާ ޖެއްސުން ކުރާނެއެވެ. އާއިކް ދިޔުމާއެކު އެއްޗެހިލާ އެނދުމައްޗަށް ވެއްޓިގަނެވުމާއެކު އޭނާ ފޯނުން މީހަކަށް މެސެޖެއް ކޮއްލިއެވެ.

ރިޕްލައި ނާންނާތީ ފޫހިކަލާއެކު ފޯން އެނދުމައްޗަށް އެއްލާލިއެވެ. ލޮލަށް ނިދި ސަވާރުވީ ކިހިނެތްކަމެއްނޭގެއެވެ. ނިދިއްޖެއެވެ.

ހޭލެވުނީ ފަސްގަޑި ބައި ވަނިކޮށެވެ. ކަންނެތްކަމާއެކު ލޯ ހުޅުވާލަމުން ތެދުވިއެވެ.

އޭނާ އެނދުން ފައިބައިގެން ތރިއަށް މިސްރާބުޖެހިއެވެ. ސިޑިގައި ހުރެފައި ޖޫލީ ފެނިގެން ކޮފީއެއްގެނެސް ދިނުމަށް ބުނުމަސްފަހު އެނާއަނެއްކާވެސް ކޮޓަރިއަށް ދިޔައީއެވެ. މާގިނަ އިރެއްނުވެ ޖޫލީ ކޮފީ ހިފައިގެން އައިސްފިއެވެ. އެނާ ބެލްކަންޏަށް ނުކުމެލިއެވެ. އެވަގުތު ޖެހިލި މަޑު ވައި ރޯޅިން އޭނާއށް އަރާމުވިއެވެ. ލޯމަރާލެވުނީ އިޚްތިޔާރަކާނުލައެވެ.

އޭނާ ކޮފީބޮމުން ދިޔައީ ކަމަކާ ވަރަށް ވިސްނަމުންނެވެ. އިރުކޮޅަކާ ބޯޖަހާލަފާނެއެވެ. ކޮފީތަށި ހޫނުކަން އިހްސާސްވެގެން ކުރިން ދުވަހު ހޮސްޕިޓަލް ގައި ވީކަންތައް އޭނާ ހަނދާން ވިއެވެ. އެއާއެކު މޫޑް ސަކަރާތްވިއެވެ.

ހަމައެއާއެކު ހިނިތުންވުމެއް ވެސް ދުވެލިއެވެ. މައިލީން ގެ ކަންބޮޑުވެފައިވާ މޫނު އޭނާ އަށް ފެންނަކަހަލައެވެ.

ކޮފީތަށި ހުސްކޮއްލަމުން އޭނާ އެތެރެއަށް ވަނެވެ.

ސްޓަޑީ ޓެބަލް ގައި އިށީދެ ލެޕްޓޮޕް ހުޅުވާލަމުން “ބެސްޓް ޑޭސް އޮފް މައި ލައިފް” މިހެން ޖަހާފައި އިން ފޯލްޑަރ އެއް ޔުއާން ހުޅުވާލިއެވެ.

އެއާއެކު ލުއި ނަމަވެސް ހިނިތުންވުމެއް އޭނާގެ ތުންފަތަށް ވެރިވިއެވެ.

އޭނާ ޔޫއެސްބީ ނަގާ ފޯނަށް ޖަހާލަމުން އެ ފޯލްޑާގައި ހުރި އެއްޗެހި ފޯނަށް ކޮޕީ ކޮއްލިއެވެ.

އަދި އެ ނައްޓާލަމުން ލެޕްޓޮޕް ނިއްވާލިއެވެ.

ދެން ގޮނޑީގައި ލެނގިލަމުން މައްޗަށް ބަލާލިއެވެ. އަދި ފޯން ވެސް މައްޗަށް ލަމުން އެ ފޯލްޑާރ ގައިވާ އެއްޗަކަށް އޭނާ ބަލަން ފެށިއެވެ.

އެހެން އޮތް އިރު އޭނާގެ ސިކުނޑީގައި ދައުރުވަމުން ދިޔައީ އޭނާގެ މާޒީގެ ދުވަސްތަކެވެ. މާޒީއަކީ މުސްތަގްބަލްގެ މޫނު ބަލާ ލޯގަނޑޭ މީހުން ބުނާތީ އޭނާ އަޑުއަހައެވެ.

އޭނާގެ މާޒީ އޭނާގެ ކުރިމައްޗަށް އައިސްފާނޭކަމަށް މިއިން ދުވަހަކުވެސް އޭނާއަށް ވިސްނިފައި ނެތީއެވެ. އެ މާޒީގެ ސަބަބުން އޭނާ ގެ ހަޔާތަށް ބޮޑެތި ބަދަލްތައް ވެސް އައިސްދާނޭ ކަމަށް އޭރު ނުވިސްނުނީއެވެ. އޭނާ ހީކުރީ އެކަމެއް ނިމުމަށްފަހު ދެން އެކަމާ ކުރިމަތި ލާން ނުޖެހޭނޭކަމުގައެވެ. އެހެނަސް މިއަދު އޭނާގެ ސަމީރުވެސް އެކަމާ ދެކޮޅެވެ. ތިމާ ކުރާ ކޮންމެ ކަމެއްގެ އަގު ދުނިޔޭގައި ވެސް ދައްކަން ޖެހޭނޭކަން އޭނާ ގަބޫލް ކޮއްފިއެވެ.

ރޭގަނޑު ގެ ވަގުތެވެ. ޔުއާން ލޯގަނޑު ކުރިމަތީގައި ހުއްޓިލައިގެން ހުރެ އިސްތަށިގަނޑު ރީތި ސްޓައިލް އަކަށް ހަދާލިއެވެ. އަދި ލާފައިހުރި ހުދުކުލައިގެ ޓީޝާޓް ގެ މަތިން ކަޅުކުލައިގެ ޖެކެޓެއްލިއެވެ. އޭގައި ކޮންމެވެސް ވަރެއްގެ އޮފްކަމެއްހުއްޓެވެ. އެނދުގެ ސައިޑް ކަބަޑް މަތީގައި ޗާރޖަށް ޖަހާފައިއިން ފޯން ނަގާލަމުން އޭނާ ކޮޓަރިން ނުކުތެވެ.

އެއާއެކު ފޯނަށް މެސެޖެއް އައެވެ. އޭނާ މެސެޖް ކިޔާލިއެވެ. އާއިކް ގެ މެސެޖެކެވެ. މެސެޖް ގައި އޮތީ އޭނާ އެއިނީ އެމީހުން އެންމެ ފަހުން ހުޅުވި ރެސްޓޯރެންޓްގައިކަމެވެ. ފޯން ޖީބަށްލަމުން އޭނާ ސިޑިން ތިރިއަށް މިސްރާބުޖެހިއެވެ.

ޒާރިވާ އަށް ފެނިގެން ޔުއާން އަށް ގޮވާލިއެވެ. “ދަރިފުޅާ… ކޮބާތަ އާއިކް… ހުން އައިސް އުޅެމުން ވެސް ބޭރަށް ދިޔައީތަ؟” ޒާރިވާ ހިންހަމަ ނުޖެހުނެވެ. “ޑޯންޓް ވޮރީ މާމާ… އިކް ގާތަށޭ މިދަނީ… ” ޔުއާން ޒާރިވާ ގާތަށް ހުއްޓި ބައްދާލަމުން ބުނެލިއެވެ.

“ލަސްނުވެ އަންނާށޭ ބުނާތި” ޒާރިވާ އަދިވެސް ހުރީ ހިންހަމަ ނުޖެހިފައެވެ. ޔުއާން ކުޑަކޮއް ވާހަކަ ދައްކައިލުމުން އޭނާ ހަމަޖެހިލިއެވެ. އެހެނަސް އޭނާ ހުރީ އެންމެ ހިންހަމަ ޖެހިގެނެއް ނޫނެވެ. ޔުއާން ދިޔުމާއެކު އޭނާ ގޮސް ޔުއާން ގެ މަންމަ ގެ ފޮޓޯ އަށް ބަލާލިއެވެ. އެ ތަނުގައި ޔުއާން ގެ މަންމަ ގެ ފޮޓޯގެ އިތުރުން އާއިލާގެ ހުރިހާ އެންމެންގެ ވަކި ވަކި ފޮޓޯވެސް ހުއްޓެވެ. އޭގެ އިތުރުން މުޅިއާއިލާގެ ފޮޓޯވެސް ހުއްޓެވެ.

“އަހަރެން އެ ކުދިން ބަލާ ބޮޑުކޮއްފިން…” ޒާރިވާ މިހެން ބުނިއިރު އެ ދެލޮލުން ކަރުނައިގެ އަސަރު ފެނިލިއެވެ.

“މިބާ އަށް އިނގޭތަ” ޒާރިވާ ހުއްޓައިލިއެވެ. ހީވާކަހަލައެވެ. އޭނާއަށް ވާހަކަ ކުރިއަށް ގެންދަން ދަތިވަނީއެވެ.

“އެއިން ކޮންމެ ކުއްޖަކީ ޒިންމާދާރުކުއްޖަކަށް ހަދައިފިން. މައިންބަފައިންނަށް ކިޔަމަންވާ ދަރިން ތަކަކަށް ހަދައިފިން… އަހަރެން މިޝާއަށް ވީ ވައުދު ފުއްދައިފިން… އިރާދުކުރެއްވިއްޔާ އަދިވެސް އަހަރެން އެ ކުދިން ނަށް ހިތްވަރު ދޭނަން” ޒާރިވާ ބުނެލިއެވެ. އޭނާ އެތާގައި ހުއްޓާ އައިކަލް އައިސް ހުއްޓުނު ކަމެއްވެސް ނޭގެއެވެ.

“މަންމާ. މި ދުނިޔެއަކީ އިމްތިހާނެއް. ކެތް ކުރަންވާނެ… މިޝާ ވަކިވެ ދިޔަޔަސް… މިއާއިލާ އާ ވަކިވިޔަސް… އަޅުގަނޑާ ވަކިވިޔަސް އެ ހަނދާންތައް އަބަދުވެސް ވާނެ… މި ދުނިޔޭގަ ކެތް ކުރާ މީހުންނަށް އާޚިރަތުގަ ކާމިޔާބުވާނީ. ކޮންމެ މީހަކީވެސް މަރުވާނެ މީހެއް. މަންމާ… މި މުދަލާ ފައިސާއާ މިއީ ހުސް ދުނިޔަވީ އެއްޗެހި. މަރުވާ އިރު ގެންދެވޭނީ ހެޔޮ އަމަލްތައް އެކަނި… އެއީ މިޝާ އަބަދުވެސް ބުނާއެއްޗެހި. މިޝާ އުޅުނު އާދައިގެ ދިރިއުޅުން މިއަދުވެސް ފެންނަ ކަހަލަ. އެހާ ހިތް ތިރި މަޑުމައިތިރި އަންބަކު ދުނިޔޭން ދިޔުމުން އަސަރުކުރާނެ… ވަރަށް އަސަރުކުރާނެ” އައިކަލް ހުއްޓާލިއެވެ. އަދި ފުން ނޭވާއަކާއެކު އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.

“މިޝާ ބުނާނެ. މަރުވީމަ އޮންނާނެ ކަމަކީ ހެޔޮ ދުއާ ކުރުމޭ… އަހަރެން އެ ގޮތަށް ކަންތައް ކުރަން. ކޮންމެ ނަމާދެއްގެ ފަހަތުގަ ދުއާ ކުރަން… މިޝާ އަށް ހެޔޮ ރަހްމަތް ލައްވާތޯ ދުއާ ކުރަން…” އައިކަލް ގެ އަޑު ކުރެހުނެވެ.

“މިޝާ ބޭނުންނަމަ އޮތް ވަރަށް އުފަލާ އަރާމުގަ އުޅެވެން އެކަމަކު އޭނާ…” އައިކަލް އަށް ވާހަކަ އެއްނުދެއްކުނެވެ.

“ދަރިފުޅާ… ހިތްވަރުކުރޭ” ޒާރިވާ ބުނެލިއެވެ. އެހެނެއްކަމަކު އޭނާގެ ލޮލުންވެސް ކަރުނަ އަންނަމުން ދިޔައީ އިޚްތިޔާރަކާ ނުލައެވެ. އައިކަލް އާ އިނދެގެން އައީއްސުރެ މިޝާ އުޅުނު ހާލު އެންމެ ގާތުން ފެނުނު މީހަކީ އޭނާއެވެ. އާއިލާ ގެ މީހުންނަށް ގުޅާ އާދޭސްކުރަމުން ދިޔަ ވަރު ފެނުނީ އޭނާއަށެވެ. މިޝާ އަށް މާފު ކުރުމަށްބުނެ ރުއިވަރު އިނގޭނީ ވެސް ހަމަ އޭނާއަށެވެ.

އައިކަލް ނުހުންނަ ވަގުތުތަކުގައި މިޝާ ވަކިން ގިނައިން ގުޅާނެއެވެ. އެއިން ކޮންމެ ވަގުތަކި ހިތްވަރުދޭން ކައިރީގައި އިންނަނި އޭނާއެވެ.

އައިކަލް ގެ ކޮނޑުގައި ޒާރިވާ މަޑުމަޑުން ޖަހާލިއެވެ. އަދި ބޯޖަހާލީ ހިތްވަރު ކުރާށޭ ބުނާކަހަލަ ގޮތަކަށެވެ.

ޔުއާން އާއިކް އާ ބައްދަލުކުރަންވެގެން ރެސްޓޯރެންޓް ގެ އެތެރެއަށް ވަދުނެވެ. އެތަނުގައިވަނީ ފަނޑު އަލިކަމެކެވެ. އެހެނަސް އެތަނުގައި ތިބި ގިނަ އަންހެންކުދިންގެ ނަޒަރުތައް ހުރީ އޭނާއަށެވެ. އާއިކް ބުނި ދިމާލަށް މިސްރާބުޖެހިއެވެ.

އާއިކް ފެނުމާއެކު އޭނާ އައިސް އާއިކް ގެ ގާތަށް އައެވެ. އާއިކް ދެން މިސްރާބުޖެހީ ވީއައިޕި ބަޔަށެވެ. މީހުންގެ ސަމަލުކަމުން ދުރަށް ދެވޭނީ އޭރުން ކަމަށް ވާތި އެމީހުން އަބަދުވެސް ހިޔާރުކުރަނީ އެބަޔެވެ. ވަދެ އިށީނުމާއެކު ޔުއާން އަށް ފުރަތަމަވެސް ދޫކޮއްލެވުނީ ފުން ނޭވާއެކެވެ. އަދި އާއިކް ގާތު އެއްޗަކަށް އޯޑަރ ކުރީތޯ އަހައިލިއެވެ. އާއިކް ދެފަރާތަށް ބޯ ހޫރާލަމުން ބުނީ މި ވަގުތަށް އޭނާ ބޭނުމީ ކޮފީއެއްކަމަށެވެ. މި ވަގުތު ކާއެއްޗެއް ގެނެސްގެންވެސް ކެވޭނޭ ކަމާމެދު ޝައްކެވެ. ދައްކަން މިއުޅޭ ވާހަކައަކީ ކިހާބޮޑު ވާހަކައެއްކަން އޭނާގެ އަމިއްލަ ނަފްސު ހަނދާން ކޮއްދޭން އުޅޭކަހަލައެވެ.

“އެހެންވިއްޔާ ދޮންބެއަށް ވެސް ރަނގަޅުވާނެ ކޮފީއެއް. ބައިދަވޭ މާމަ އެބަހުރި ކަންބޮޑުވެފަ. އިކްވެސް ކުރާކަންތައް. އަދަބު އަންނާނެހެން ހީވޭ… ލެކްޗަރެއް އިންނާނެ ރެޑީގަ… ހެހެހެ…” ޔުއާން ހީލަމުން ބުނެލިއެވެ. ދޮންބެގެ އެ ވާހަކަ ކޮޅުން އާއިކް ގެ ނުތަނަވަސްކަން ކުޑަ ހިނދުކޮޅަކަށް ނަމަވެސް ފިލައިފިއެވެ. އޭނާގެ ތުންފަތަށް ވެސް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.

އެވަގުތަކީ ވެއިޓަރ އައިސް އޯޑަރ ދިނުމަށް ބުނެލި ވަގުތެވެ. މެނޫ ދިނުމާއެކު ޔުއާން އަތުން އިޝާރާތް ކުރީ ބޭނުމެއްނޫނޭ ބުނުމަށެވެ. “ހެލޯ ސާރ… ނައިސް ޓް މީޓް ޔޫ 2” ވެއިޓަރު ޔުއާން މެނަށް ބަލާލަމުން ބުނެލިއެވެ. އެމީހުން ދެމީހުން ތިބީ ވީއައިޕީ ރޫމް ތަކުން ރޫމް އެއްގައި ކަމުން އެހެން މީހުންގެ ލޯތަކުން ދެމީހުން ވަނީ ފަރުދާވެގެން ގޮހެވެ.

“ޖަސްޓް އަ ކޮފީ” ޔުއާން ބުނެލިއެވެ. އާއިކް ވެސް “މީ ޓޫ” އޭ ބުނެލުމާއެކު ވެއިޓަރ ނުކުމެގެން ދިޔައެވެ. މާހައުލަށް އަނެއްކާވެސް ވެރިވެގެން ދިޔައީ ހިމޭން ކަމެކެވެ.

“އިކް… ކިހިނެތްވީ” އާއިކް ގެ މަޑުމައިތިރިކަމުން ޔުއާން ވާހަކަދެއްކިއެވެ. “ދޮންބެ… ދޮންބެ… މެރީ ކުރާކަށް ނުވިސްނަންތަ؟” އާއިކް ގެ ސުވާލުން ޔުއާން ހައިރާންވިއެވެ. ކުއްލިއަކަށް އެކަހަލަ ސުވާލެއް އާއިކް ގެ ފަރާތުން އައުމުން އޭނާ އަށް ލިބުނީ ކުއްލި ޝޮކެކެވެ.

އާއިކް އަކީ މީގެ ކުރިން އެތައްކަމެއް ޔުއާން އާ ހިއްސާ ކޮއް ހިޔާލު ހޯދާ މަޖާކޮއްފައިވާ މީހަކަށް ވިޔަސް މި ފަދަ ވާހަކައެއް އަމިއްލަ ދޮންބެ ގާތު އަހަން ވުމުން ޖެހިލުންވިއެވެ. ނުތަނަވަސްކަން ވެރިވެގެން ގޮސް މޫނު މަތިން ވެސް އަސަރުތައް ފެންނަން ފެށިއެވެ. ދެބެންގެ ގުޅުން ކިތަންމެ ގާތަސް މި ފަދަ ވާހަކައެއް އަހަންވުމުން އޭނާ ވަނީ ވަރަށް ބޮޑަށް ޖެހިލުންވެފައެވެ. އެތަނަށް އަނެއްކާވެސް ވެރިވެގެން ދިޔައީ ހިމޭންކަމަވެ.

“އިކް ތިސުވާލު…..” ޔުއާން ގެ ޖަވާބު މަޑުޖެހިލީ އެވަގުތު ވެއިޓަރ އައިސް ވަދުމުންނެވެ. ވެއިޓަރ ނުކުމެގެން ދިޔުމާއެކު ޔުއާން ފުންނޭވާއެއްލާ އަނެއްކާވެސް އާއިކް އާ ސުވާލުކުރަން އަވަސްވެގަތެވެ.

“އިކް ތި ސުވާލު ކުރުމުގެ ބޭނުމަކީ ކޮބާ؟” ޔުއާން އަހާލިއެވެ.

“ދޮންބޭ… އައި ނީޑް ޓް ޓޯކް ޓް ޔޫ” އާއިކް އިތުރުކޮއްލިއެވެ. ޔުއާން ބުމަ އަރުވާލަމުން ކުރިއަށް ގެނދިޔުމަށް އިޝާރާތް ކޮއްލިއެވެ. އެއާއެކު އާއިކް ވެސް ފުންނޭވާއެއްލުމަށްފަހު ވާހަކަ ފެށީ މި ވާހަކަ މިރޭ ދައްކަން ނިންމައިގެންނެވެ. އާރާގެ މޫނު އޭނާއަށް ސިފަވުމާއެކު ހިތްވަރު ލިބުނު ފަދައެވެ.

“ދޮންބޭ… ބައްޕަ ދުވަހަކުވެސް އަޅުގަނޑުމެންގެ ލައިފް ގެ ކަންތައް ތަކަށް ނުބެހޭ… އެއްވެސް ނުފޫޒެއް ނުފޯރުވާ… އެކަމަކު ބޭނުންވާނެ އެއްނު ބައްޕަ ގެ ދަރިންވެސް މީހަކާ އިނދިގެން ރަނގަޅު ދިރިއުޅުމެއް އުޅޭތަން ބަލަން… ދޮންބޭ…” ޔުއާން އެއްޗެކޭ ނުބުނެ އިންނަން ފެށުމުން އާއިކް ބުނެލިއެވެ.

“ދޮންބެ… ދޮންބެ. ލައިފް އެއް ފަށާކަށް ގަސްތެއް ނުކުރަންތަ؟” އާއިކް އަހާލިއެވެ. “އަބަދަކު މިހެން ނޫޅެވޭނެއެއްނު” އާއިކް އިތުރުކޮއްލީ މި ފަހަރުވެސް ޔުއާން އެއްޗެކޭ ނުބުނުމުންނެވެ.

އާއިކް ދައްކަމުން ދިޔަ ވާހަކަ ޔާ ޔުއާން ދިޔައީ ވިސްނަމުންނެވެ. ތެދެކެވެ. ޒަވާޖީ ހަޔާތެއް ފަށަން ޖެހޭނެއެވެ. ދިރިއުޅުން ފުރިހަމަވާނީ އާއިލާއެއް ފަށާ އެކަމުގެ އުފާ ލިބޭނަމައެވެ. މައިލީން ގެ މަތިން އޭނާ ހަނދާން ވީ ކީއްވެކަމެއް ނޭގެއެވެ. އޭނާގެ ހިޔާލަށް އެވަގުތު އައީ މައިލީން އާ ޔަޝްމް އާއެކު އޭނާ އުޅޭނެގޮތެވެ. އެހެންނަމަވެސް އެއީ ހުވަފެނެއްގައިވެސް ވާނޭ ކަމެއްނޫންކަން އޭނާއަށް އިނގެއެވެ.

މައިލީން ގެ ހިތުގައި އޭނާ ޖައްސާފައިވަނީ ދުވަހަކުވެސް އަންހެންކުއްޖަކު ހިތުގައި ނުޖައްސާ ވަރަށެވެ. އެހެން ހިތަށް އެރުމާއެކު އެ ހިތަށް ނުބައި ގޮތެއްވެގެން ދިޔައެވެ.

“އިކް. ލެޓްސް ޓޯކް ލޭޓަރ” ޔުއާން ތެދުވަމުން ބުނެލިއެވެ. އަދި ބޭރަށް ހިނގައިގަންނަން މިސްރާބުޖެހިއެވެ. ޔުއާން ދިޔަ ދިމާލަށް ބަލަން އިން އާއިކް އިނީ ހަދަންވީ ގޮތެއްނޭގިފައެވެ. އޭނާގެ ދޮންބެއަށް މިއައީ ކޮންކަހަލަ ބަދަލެއްހެއްޔެވެ؟ އޭނާ އިނީ ޔުއާން ގެ މޫނުމައްޗަށް އަރަމުންދާ ކުލަވަރު ފަރުވާތެރިކަމާއެކު ބަލާށެވެ. އެ މޫނުމަތިން ފެނުނު އަސަރުތަކަކީ މީގެކުރިން ފެނިފައިވާ އަސަރު ތަކެއް ނޫނެވެ.

އަނެއްކާ އޭނާގެ ދޮންބެ ގެ ހަޔާތުގައިވެސް ކަޅު އަނދިރި ސަފްހާތެކެއް ވަނީ ހެއްޔެވެ؟. ނޭގޭ ސިއްރުތަކެއް ވަނީހެއްޔެވެ؟ ވިޔަސް އޭނާ ހޯދާނީ ކިހިނެތްހެއްޔެވެ؟.

ޔުއާން ގޮސް އެނދުމައްޗަށް ވެއްޓިގަތެވެ. އަދި ފޯނުން ފޮޓޯ ތައް ބަލަން ފެށިއެވެ. ކަމެއް ހަނދާން ވާފަދައަކުން އޭނާ “ދަ ބެސްޓް ޑޭސް އޮފް މައި ލައިފް” އެހެން ޖަހާފައިވާ ފޮޓޯ ފޯލްޑަރ ހުޅުވާލިއެވެ.

އޭނާ އެ ފޮޓޯތަކަށް ބަލަން ފެށިއެވެ. ލޮލުން ކަރުނަ ނީރާލީ އިޚްތިޔާރުން ބޭރުގައެވެ.

ފޯނަށް މެސެޖެއް އައިމާއެކު ހެދުންތައް އިސްތިރިކުރަން ހުރި މައިލީން ފޯން ނަގާ ބަލާލިއެވެ. “އައި މިސް ޔޫ… ޔޫ ލުކް ބިޔުޓިފުލް” ފޯނަބަލާ ލުމާއެކު މައިލީން ފޫހިވައްތަރަކަށް ބަލާލުމަށް ފަހު އަނެއްކާވެސް ފޯން ބޭއްވިއެވެ. އަދި އޭނާ ކުރަން ހުރި މަސައްކަތަށް އަވަސްވެގަތެވެ.

އެހެނަސް ސަމާލުކަން ދެވޭ ގޮތެއްނުވިއެވެ.މެސެޖް މަތިން ވިސްނަމުން ދިޔަ ވަރަކަށް ޔުއާން ގެމަތިން އޭނާއަށް ވިސްނެމުންދިޔައެވެ. އެއާއެކު އޭނާގެ ހިތި މާޒީވެސް ސިފަވިއެވެ. އޭނާ އަށް އަބަދު މެސެޖް ކުރަނީ ކާކުހެއްޔެވެ؟. މިހާރު މާ ބޮޑުވަރު ވަނީއެވެ. ކަނޑަ އެޅިގެން އެމީހަކަށް މައިލީން އަޅާ ނުލުމުން ވާހަކަ ދައްކަން ބޭނުންނުވާކަން އެނގެން ޖެހޭނެއެވެ.  އޭނާ ހިޔާލަކަށް ގެއްލި ހުރެގެން އިސްތިރި ޖެއްސުނީ އަތުގައެވެ.

“އާހް…. މަޑު ހަޅޭކަކާއެކު މައިލީން އަށް ދުއްވައިގަނެވުނީ ފާހާނާއަށެވެ. އެވަގުތަކީ ޝާލީން ޔަޝްމް ގޮވައިގެން އައިސް މައިލީން ގެކޮޓަރި ދޮރުމަތީގައި ހުއްޓުނު ވަގުތެވެ.

އޭނާއަށް ޔަޝްމްގެ އަތުން ދޫކޮއްލުމަށްފަހު ދުއްވައިގަނެވުނީ މައިލީން ފަހަތުން ފާހާނާއާ ދިމާލަށެވެ. އިސްކުރު ދޫކޮއްލައިގެން އޮހެމުން ދިޔަ ފެންތަކުގެ ތެރެއަށް އަތް ލައިގެން ހުރި މައިލީން ގެ ލޮލުން ކަރުނަ އަންނަމުން ދިޔައެވެ. ތަދުވާވަރުންކެތްވަނީ ކީ ނޫނެވެ. “އިލީ… ކިހިނެތް ތިހެދީ” ޝާލީން އަށް ބުނެވުނެވެ. އެއާއެކު މައިލީން ދޮރާ ދިމާކަށް ނަޒަރު ހުއްޓާލިއެވެ.

ޝާލީން އަވަސްއަވަހަށް ވަދެ އިސްކުރު ބަންދުކޮއްލުމަށްފަހު އެތަނުގައު އަޅުވާފައި އިން ކުޑަ ތުވާލި ކޮޅަކާއެކު އައިސް މައިލީން އެނދުގައި ބޭންދިއެވެ. އޭރު ޔަޝްމް ކޮތަރިތެރޭގައި ހުރި ކުޅޭ އެއްޗެހިތަކެއް އޭނާގެ ކުޑަ ދަބަހަށް އެޅުމައިގެން އުޅެއެވެ.

ޝާލީން ޔަޝްމް އަށް ބަލާލުމަށްފަހު މައިލީން އަށް ބަލާލިއެވެ. ދެން އޭނާ މަޑުމަޑުން އަތުގައި ތުވާލި ޖައްސަމުންދިޔައެވެ. މައިލީން ގެ އަޑުން ނުކުތީ މަޑުމަޑު އާހް އެކެވެ. ޝާލީން ދެން އަވަސް އަވަހަށް ޑްރެސިން ޓޭބަލް ވަތްގަނޑު ހުޅުވާލާ ބޭސްފުޅި ހިފައިގެން އައިސް އުނގުޅާލަދިނެވެ. އޭރުވެސް މައިލީން ގެ ލޮލުން ކަރުނަ ދިޔައީ އަންނަމުންނެވެ.

“އާރާ…” ޝާލީން ތެދިންފަހަރު އާރާއަށް ގޮވާލީ ޔަޝްމް ވެސް ހުއްޓި ހުރެ މައިލީން އަށް ބަލަން ފެށުމުންނެވެ. އެ ތުއްތު މޫނުމަތިން ވެސް ދެރަ ވެފައި ހުރި ކަމުގެ އަސަރުތައް ފެންނަމުންދިޔައެވެ.

“ކީކޭ ދޮންތާ” ދޮރުމައްޗަށް ހުއްޓުނު އާރާ އަހައިލިއެވެ. އެއާއެކު ދެން އޭނާ ގެ ނަޒަރު ހުއްޓުނީ މައިލީން އަށެވެ. އެއަށްފަހު ޔަޝްމް އަށެވެ. ވީ ގޮތް ފަހުމް ވުމާއެކު އާރާ އައިސް ޔަޝްމް ގޮވައިގެން ދިޔައެވެ.

“އިލީ… ކޮންކަމެއް ކުރަން ހަދައިގެން މިހާ ވަރު މިވީ” ޝާލީން ގެ އަޑުގައި ވަނީ އޯގާތެރިކަމެވެ.

މައިލީން ގެ ރުއިން ގިސްލުމަކަށް ބަދަލްވާން ނެގީ މަދު ސިކުންތު ކޮޅެކެވެ. އޭނާ ޝާލީން ގެ ކޮނޑުގައި ބޯ އަޅާލިއެވެ. ޝާލީން ވެސް މައިލީން ދުރުކުރާކަށް ނޫޅުނެވެ. އޭނާ އިނީ މައިލީން ގެ ހުރިހާ އުދާހެއް ދޫކޮއްލަން އޭނާގެ ކޮނޑު މައިލީން އަށް ދީގެންނެވެ.

“ދޮންތާ… އައި ލަވް ހިމް ސޯ މަޗް… އައި ލަވް ހިމް… ވަރަށް ބޮޑަށް.. ދޮންތާ ހެލްޕް މީ… އައި ވޯންޓް ފޮގެޓް އެބައުޓް ހިމް. ދޮންތާ ހެލްޕް މީ”

(ނުނިމޭ)

Share Article

Follow Me Written By

Hi Mi

Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments

Assalaamu Alaikum. Email:- [email protected]

Other Articles

Previous

ލޯބިއެހެނަސް..10

Next

ޒާރާ

Next
February 9, 2018

ޒާރާ

Previews
February 8, 2018

ލޯބިއެހެނަސް..10

61 Comments!

  1. Mamee says:
    February 9, 2018 at 12:44 am

    I get first

    1. Hi Mi says:
      February 9, 2018 at 10:16 pm

      yes dear.congarats. 🙂

  2. Hi Mi says:
    February 9, 2018 at 12:44 am

    Assalaamu Alaikum. Miothy friday ge part guys. Who do u think is massaging leen?. Yuan?. Jazil?. Or someone else?. And what do u think?. Will aaik be silent or will he try to find out the truth?. Ethah bayey ge dhiri ulhumuge vhk thah adhi engigendhane. ??? thankyou all. Jazakallah Khairan. ?

    1. Aki says:
      February 9, 2018 at 2:16 pm

      pls pls miadhu one part up kohla dheebaa

    2. Hi Mi says:
      February 9, 2018 at 10:46 pm

      thankyou aki balaanan. In Sha Allah. 🙂

    3. Sai says:
      February 9, 2018 at 3:01 pm

      Mibaives v reethi.. kn irakun nxt part… yuaan hn heevanyy msg kuranyyy… dhn yuaan n maileen gulhuvabaa… eyrun v v reethi vaane… v reethi sifakurun… love this storyy…❤❤❤?kn me faharakuves hama sifakurun reethi vaahaka bunelaa hiyy vanyy hama reethi kamun…???❤?

    4. Hi Mi says:
      February 9, 2018 at 10:45 pm

      thankyou dear. lets see kaaku kan dw. varah ufaavehjje. 🙂 sifakuruntha reethi kureveythoa varah try kuran. 🙂

  3. Mamee says:
    February 9, 2018 at 12:46 am

    Kiyaafa nunee nunidhifa ova thi up kodhiny thankxx..I am regularly read the story..v eeethi☺

    1. Hi Mi says:
      February 9, 2018 at 10:17 pm

      hehe. thihaa support kuraa kan ingunima varah ufaavehje. hehe. thankyou so much dear. 🙂

  4. Aki says:
    February 9, 2018 at 12:46 am

    varah kiyaahithun mihiree thanks

    1. Hi Mi says:
      February 9, 2018 at 10:20 pm

      thankyou Aki. varah ufaavehjje. 🙂

  5. Vishaa says:
    February 9, 2018 at 12:47 am

    Vara reeeethi…keeeep it up… waiting for next part..?????

    1. Hi Mi says:
      February 9, 2018 at 10:23 pm

      thankyou Vishaa. varah ufaavehjje. :):):)

  6. Ba See says:
    February 9, 2018 at 12:49 am

    Masha Allah

    1. Hi Mi says:
      February 9, 2018 at 10:25 pm

      thankyou. varah ufaavehjje.

  7. Chim says:
    February 9, 2018 at 1:01 am

    Vvv reethi ❤…heevany yuaan hen e messege kurany mileen ah…oh no leen yuaan mathin hadhaan nahthaa nulahchey..yuaan nd leen enmme loabi cute couple ah vaane..Hi Mi thank U mihaa loabi story eh genes dheythy…maasha allah ❤

    1. Hi Mi says:
      February 9, 2018 at 10:27 pm

      alhey… varah ufaavehjje. hingaa balamaa dw dhen vaa gotheh dw. v ufaavehjje. thigothah support kuraane kamah unmeedhukuran abadhuves. thankyou so much. 🙂

  8. Mamee says:
    February 9, 2018 at 1:26 am

    Kiyaafa nunee nunidhifa ova thi up kodhiny thankxx..I am regularly read the story..v reeethi☺

  9. Someone says:
    February 9, 2018 at 1:32 am

    Mi part ga vrh beykaaru baii gina kamah faahaga kurevey

    1. Hi Mi says:
      February 9, 2018 at 10:30 pm

      Thankyou… thikahala hiyaal thakah abadhuves maruhabaa kiyan. eyi hama libey kuri erumeh. 🙂

  10. Zuam says:
    February 9, 2018 at 3:17 am

    Wow …. varah varah reethi….
    Adhi a part genas dhybah….plxxxx
    ❤❤❤❤❤❤❤❤

    1. Hi Mi says:
      February 9, 2018 at 10:32 pm

      thankyou Zuam. varah ufaavehjje. 🙂

  11. Anonymous says:
    February 9, 2018 at 5:35 am

    Aik ah yashum fenaanee hen heevanee

    1. Hi Mi says:
      February 9, 2018 at 10:33 pm

      hingaa balamaa dw. 🙂

    2. Hi Mi says:
      February 9, 2018 at 10:33 pm

      hingaa balamaa dw. 🙂 thankyou.

  12. Tee says:
    February 9, 2018 at 6:16 am

    Hey. Nuves ingey up vefa in kameh vx. Mi part vvvv rythi. Waiting fr nxt prt

    1. Hi Mi says:
      February 9, 2018 at 10:35 pm

      hehe. thankyou. Tee. varah ufaavehjje. :):):)

  13. Icy♡ says:
    February 9, 2018 at 7:07 am

    Wow
    Vrh vrh reethi
    Avahah up kohdhehchey

    1. Hi Mi says:
      February 9, 2018 at 10:36 pm

      thankyou Icy. varah ufaavehjje. 🙂 abadhuves konme part akun comment fennaathy. 🙂

  14. annoying reader says:
    February 9, 2018 at 7:37 am

    varah reethi mi part ves. i think msg kurani yuan hen. anyway aaik dnt b silent try to find wat happened in yuans life. ehen nooni aaik and airaa ge gulhumah leen men nuruheyne hen heevani yuan leen aa medhu kanthah kuri gothun. pLz hi mi ehen viya nudhechey. love this part too. i want leen and yuan together.

    1. Hi Mi says:
      February 9, 2018 at 10:38 pm

      thankyou annoying reader. vaarh ufaavey konme art akun ves ehaa loabi comment eh fenaathy. hingaa balamaa vaagotheh dw. dhenvaani kihinehbaa dw hehe. :)lets see. 🙂

  15. Niu says:
    February 9, 2018 at 7:55 am

    V reethi Himi mi story ingey
    Comment nuurias ves i regularly read the story
    Masha allah
    Keep it up
    Msg kurany Jazil hen heevany
    Kury dhuvahaku yashm dr ah dhakkan gos fone number counter kairy huri kujjaa ah kiyaa dhi iru adu ahan hury hen bonda
    heevany
    ???????????????

    1. Hi Mi says:
      February 9, 2018 at 10:39 pm

      thankyou niu. varah ufaavehjje niu kiyaakan ingunima. hingaa balamaa jazil thoa. might be. hama possible. 🙂

  16. Maa says:
    February 9, 2018 at 8:08 am

    I think its yuan…… vvv heart touching ingey… keinukurevey mihaaru…. abadhu check kohkoh
    ?????? hurevneee

    1. Hi Mi says:
      February 9, 2018 at 10:39 pm

      ankyou so much maa. lets see varah ufaavehjje. 🙂

  17. Shann says:
    February 9, 2018 at 8:08 am

    Wow wow Hi Mi dhoony.. Mihaaru up kohly dhw.. U r the best.. Bunaabahuga haadha ithubaaru hurey dhw.. Thihen vaan jeheyne.. Story kiyamun dhaairu hama hyvany aslah loakurimathyga hingaa kameh hen.. Ehaaves molhah ebahuri sifa kurun genesdhyfa.. V v ves molhu, Masha Allah.. Thivareh nethey hama bunelan jeheyney.. Story up kurumugaves hama ehvana.. Story liyanves n sifakohdheynves n athuraalanves v v molhu.. V v v ves rythi story kuriah gendhaa goeh.. Luv u n Miss u bodukoh

    1. Hi Mi says:
      February 9, 2018 at 10:59 pm

      thankyou. shan haa dha loabi comment ekey dw. vaarh ufaavehjje. much loves. sorry late reply eh kohlevunima. v ufaavehjje. 🙂

  18. ss says:
    February 9, 2018 at 8:31 am

    alhey yuan aa maileen gulhuvachey. jazil aa gulhuveema kamaku nudhey

    1. Hi Mi says:
      February 9, 2018 at 10:57 pm

      thanks ss. hingaa balamaa dnt hate jazil. 🙁

  19. Blue beauty says:
    February 9, 2018 at 8:44 am

    Nice…….. dhen konirakun up vaany….. u r the best…. hi mi darling ?????

    1. Hi Mi says:
      February 9, 2018 at 10:56 pm

      nw kiyaaleveyne. ingey dear. it means a lot. thankyou. 🙂

  20. Mixuhan says:
    February 9, 2018 at 8:52 am

    Varah salhi?Mee hama best story

    1. Hi Mi says:
      February 9, 2018 at 10:55 pm

      anks kixuhan. means a lot for me. 🙂

  21. Minna says:
    February 9, 2018 at 9:43 am

    Wow hi mi
    Mi part ves v v v reethI
    Dhn kon irakun up kohla dheinee. …….
    Waiting for the next part….
    ❤❤

    1. Hi Mi says:
      February 9, 2018 at 10:55 pm

      thankyou so much minna. nw kiyaaleveyne. 🙂

  22. Yuaan says:
    February 9, 2018 at 10:40 am

    Leen plx msg ah reply kohbala…leen I love u babe

    1. Hi Mi says:
      February 9, 2018 at 10:54 pm

      story ga ulhey yuan tha anehkaa. hehe. thankyou. :()

  23. Pinky shifoo says:
    February 9, 2018 at 11:25 am

    Amazing ?????… Mi part vx varah varah furihama ?????… I really loved it ❤️❤️❤️❤️❤️ Hi Mi.. I think the one who is messaging leen is yuan… Aaik plxxxxx don’t be silent just try to find out about your brother’s life… About his past.. I think with the support of aara aaik will try to find about yuan past… Anyways bxy kamun adhi kiriyaa story mi kiyaalevuny.. Hehehe.. Hi Mi use kohfa huri names thah aslu vvvv reethi ingey.. Especially yuan, aaik, maileen, aara, yashm… Varah unique and varah varah reethi mi names thah… Yuan e name aee one of my favourite name… ❤️❤️❤️❤️❤️❤️❤️… Waiting for next part… Lots of love Hi Mi ❤️❤️❤️❤️❤️?????????????????

    1. Hi Mi says:
      February 9, 2018 at 10:54 pm

      thankyou pinky. hama bunaane ehcehives neygey. vvv ufaavehjje. hingaa balamaa yuan thoa leenn ah msg kurani. 🙂 thanks dear. varah ufaavehjje names thah reechey bunima. pinky ge loabi comment ah varah inthixaaru kurevey konqm efaharaku ves. hama best comment eh annaany hehe. 🙂 thankyou so much. 🙂

  24. Faathi says:
    February 9, 2018 at 11:26 am

    Vaahaka reethi ekamaku dhivehi bahuga kuhthah v ginain hurey ekanthah rangalhu kohleema v reethu vaane

    1. Hi Mi says:
      February 9, 2018 at 10:51 pm

      thankyou faathi. thikahala hiyaaal thakah abadhuves varah maruhabaa kiyan ufalaa eki. eyi libey kuri erumeh. kamugawi dhekeni. ekamu dhen faharakun kon tha than kolheh thoa faahaga kohaldhehchey. eyrun Hi MI ah ingeyni. thankyou so much. 🙂

  25. mithuru says:
    February 9, 2018 at 11:36 am

    Miadhu adhi ehbai genes dhey nan dho.Vvvarah reethi

    1. Hi Mi says:
      February 9, 2018 at 10:48 pm

      mihaaru kiyaaleveye dear. thankyou. 🙂

  26. Jam says:
    February 9, 2018 at 11:54 am

    Vvv reethi

    1. Hi Mi says:
      February 9, 2018 at 10:48 pm

      thanks jam. :):):)

  27. Yumi says:
    February 9, 2018 at 1:05 pm

    ❤❤❤❤

    1. Hi Mi says:
      February 9, 2018 at 10:47 pm

      hanks yumi. :):):)

  28. Sheny says:
    February 9, 2018 at 4:07 pm

    yuaan ah adhi ehfaharu yashmu fehnaani irakah wait kureveny yuaan ah vaane goh baalah..v reethi story eh mi..miadhu adhi 1 part up koh dheeba plxx

    1. Hi Mi says:
      February 9, 2018 at 10:44 pm

      lets wait. varah avahah heevey yuan ah fenaane hen. wekamaku e kan hama surprise eh gothah baindhaani. 🙂 thankyou.

  29. Xaaaan says:
    February 9, 2018 at 6:43 pm

    Masah allah mipartves v reethi?ehaame furihama?thanx himi darlin❤❤❤❤himi dear dhen maileen hithuga nujahsaa yuaan aa dhekudhin gulhuvaber waiting next part???mis u sweet❤❤❤❤

    1. Hi Mi says:
      February 9, 2018 at 10:42 pm

      thankyou Xaaan. varah ufaavehjje comment kiyaafa. hingaa dhen vaa gotheh balamaa dw. 🙂

Comments are closed.


All Right Reserved!