ދޮރުކުރިމަތީގައި ބޯވިއްސާލައިގެން ލޯއުނގުޅަން އިން ޖުމާނާވެސް މަލީހުއަށް ވީގޮތް ފެނި ދިޔައީ ސިއްސައިގެންނެވެ. ކަކުލާ ހަމަޔަށް އަރާ ޖުމާނާގެ އިސްތަށިގަނޑު ވަނީ އެކިއެކި ދިމާލުން ފުއްޕާލާފައެވެ. ވުމާއެކު ކުއްލިއަކަށް ފެންނަމީހަކަށް ފުރޭތައެކޭވެސް ހީވާކަހަލައެވެ. މަލީހް އަވަހަށް ނިކުމެގެން ދިޔައީ ވަގުތު ކުޑަތަންވެފައި ވާތީއެވެ. ސްކޫލްގެ ވަގުތުނިމުމާއެކު އަވަސް އަރުވާލާފައިނިކުތް މަލީހް މަޑުޖެހުނީ ލީޑިންގް ޓީޗަރު ފަހީމް ގޮވާލުމުންނެވެ. “މަލީ މިއަދު އެބައޮތް ޕްރެފެކްޓްބޯޑުގެ ވަރަށް މުހިއްމު މީޓިންގްއެއް.. މާގިނައިރެއްނުވާނެ.. ” އާންމު ބައްދަލްވުންތަކުގައި މަލީހް ބައިވެރިނުވިނަމަވެސް އެކަހަލަ […]
ގަޑީގެ ސޯނާ ކަނޑާލުމާއެކު މަލީހް މޯޅިއަކަށްދެމިލީ ވަރުބަލިކަމާއި އެކުގައެވެ. ޖައްވުގައި ހިފާފައިވާ ތެތްފިނިކަން ވަނީ މުޅިކޮޓަރިތެރޭގައި ހިފާފައެވެ. ރޭގައި މާބޮޑަށް މޫސުންގޯސްވެ ވިއްސާރަވީއެވެ. ވެފައިވާ ވަރުބަލިކަމާއެކު މަލީހްބޭނުންވީ އަދިވެސް ނިދާލާށެވެ. އޭރު އަދި މެންދަމުން އަލިވެ 4 ޖެހީވިއްޔާއެވެ. ނަމަވެސް އޭނައަކީ މިހާރު އެކަހަލަ އަރާމުދިރިއުޅުމެއް އުޅެވެން ނެތްމީހެއްކަން ހަނދާންވުމާއެކު ދެލޮލުން ކަރުނަހިލުނެވެ. އެކަމަކުވެސް ހިތްވަރު ކޮށްލާފައި ތެދުވެ ގައިދަށުގައި އަޅާންގެންގުޅޭ ބާރަޖާގަނޑުނަގާ އަވަހަށް ފަތްޖަހާލިއެވެ. ހަމައެނޭވާމަތީގައި ގޮދަޑިމަތީގައިވާ ބާލީސް އެއްފަރާތްކޮށްލަމުން ގޮދަޑިވެސްނަގާ ފާރުގައި ލައްކޮށްލިއެވެ. އެކުޑަކުޑަ […]
ގަޑީސޯނާކަނޑާލުމާއެކު މަލީހް މޯޅިއަކަށް ދެމިލީ ކަންނެތްކަމާއެކުގައެވެ. ވިއްސާރަ ރެއެއްކަމުން މުޅިކޮޓަރީގައިވަނީ ފިނިކަން ހިފާލާފައެވެ. މިއަރާމުގަޑީގައި މަލީހްއިތުރަށް ނިދާލަން ބޭނުމެވެ. އޭރު އަދި ފަތިހު 4ޖެހީވިއްޔާއެވެ. ނަމަވެސް އެގޮތަށް އަރާމްކުރަން އޮތުން އެއީ މަލީހް އަށް ލިބިފައިވާ ނަސީބަކަށް ނޫންކަން ހިތަށް ގެނެވުމާއެކު ކުއްލިއަކަށް ތެދުވެ އަވަހަށް ތަންމަތިނަގާލުމަށްފަހު ގޮދަޑިނަގާ ފާރުގައި ލައްކޮއްލިއެވެ. ތުވާލި ކޮނޑަށްއެއްލުމާއެކު ބުރުސްހިފައިގެން ގިފިއްޔާދިމާއަށް ދިއުމަށް އަވަސްވެގަތީ މިއޮއްފިނިރޭގައިވެސް ފެންވަރާލުމަށެވެ……… ކޮންމެދުވަހަކުހެން ގޭގެ ހުރިހާކަމެއް އެކަނި މާއެކަނިކޮށްނިންމާލުމަށްފަހު ފިލާވަޅުކިޔާލަން މަލީހްއަށް ލިބެނީ އެގޭއެންމެން ނިދީމައެވެ. […]
ހިޝާމް ގޮސް ދޮރުހުޅުވާލުމާއެކު ޕޮލިހުން ގޭތެރެއަށް ވަނެވެ. “ކޮބާތޯ ޖަޒްލާން އަކީ.. އަދި ޝަމާލްއަކީ.. އަޅުގަނޑުމެންނަށް ކޮށްފައިވާ ރިޕޯޓެއްގެ ސަބަބުން އެދެމީހުން ހައްޔަރުކުރުމުގެ އަމުރުމިއޮތީ..” ޕޮލިހުންގެ ތެރޭގައި އިސްކޮށް ހުރި އޮފިސަރު ވާހަކަދެއްކިއެވެ. އެވަގުތު އެތެރެއަށް ވަންނަން އައި އަރޫންވެސް އިނީ ވަމުންދާގޮތްނޭންގި އެތެރެއަށް އިތުރަށް އެންމެފިޔަވަޅެއްވެސް އަޅާލަން ނުކެރިފައެވެ. އެއްވެސް ގަދަހެދުމަކާނުލައި ޖަޒްލާން އާއި ޝަމާލް ޕޮލިހުންނާއިއެކުގައި ނިކުތީ އެމީހުން ކުށެއްނުކުރާކަމަށް ބުނުމަށްފަހުގައެވެ. ގުޑާލަން ނޭންގިފައި އިން އަރޫން އަށް ހޭވެރިކަންވީ ފޯނުރިންގްވާން ފެށުމުންނެވެ. އޭރު […]
މާލޭގެ ކާރޫބާރޫ ބޮޑު މަޖީދީމަގުން އެއްވަރަކަށް ދުއްވަމުންދިޔަ އަރޫންމެންގެ އެކަކުވެސް ވާހަކައެއް ނުދައްކައެވެ. އަވަހަށް އެމީހުންގެ މަންޒިލަށް ދެވޭތޯ މަސައްކަތް ކުރީއެވެ. މާވެޔޮމަގާއި ހަމައިން އަރޫން ޝަމާލް މެންނާއި ވަކިވީ މާހިލްމެންގެއަށް ދިއުމަށް ނިންމާފައި ވުމުންނެވެ. ޒިޔާދާ މަންޒިލްއާއި ހަމަޔަށް ދެވުމާއިއެކު ޝަމާލްއާއި ޖަޒްލާންއަށް އެކަކު އަނެކަކާދިމައަށް ބަލާލެވުނީ ހައިރާންވީވަރުންނެވެ. މުޅިގެހެން އެއްކޮށްވަނީ ދިއްލާފައެވެ. އެގޭގައި މީހުން ނޫޅޭވެސް މީހަކު ނުބުނާނެއެވެ. “އޫމް އަނެއްކާ.. ވަގެއް.. ” ޖަޒްލާން އެހެންބުނުމާއެކު އަވަހަށް ސައިކަލް ޕާކްކޮށްލާފައި އެތެރެއަށް ވަދެގެން […]
“އެރޭ މާހިލްއަަށް ހަމަލާދިންމީހުން ދުއްވި ސައިކަލްގެ ނަންބަރު އިނގޭތަ.. ” ކުއްލިއަކަށް އެއްޗެެއް ހަނދާންވާ ފަދައަކުން އަރޫން އަހާލިއެވެ. “ނޫރާމެންގޭ ބޭރުގަ އިން ކެމެރާއަށް ހަމަގައިމުވެސް އަރާނެއްނު.. ” އެއްބުމައަރުވާލަމުން ޖަޒްލާން އޭނައަށް އައިމޮޅުހިޔާލު ހުށައަޅާލިއެވެ. ” ޔެސް .. ތިބުނީ ހަމަރަނގަޅަށް ..” އަރޫންއަށް ޖަޒްލާންގެ އެހިޔާލުވަރަށް ކަމުދިޔައެވެ. ” މަށަށްމިހާރު އެއްޗެއްޝައްކު.. ޖަޒްލާންތީ އަނެއްކާ ޑޮކްޓަރެއްކަމާމެދު.. އާއެހެންޏާފަހެ.. ނުބުނާނެތަމިހެން.. ހީވަނީ ހަމަ ސްޕެޝަލްފޯސްގެ ހުނަރުވެރި އޮފިޝަލެއްހެންވީޔާ.. ” ޝަމާލް މިހެންބުނުމާއެކު ތިންމީހުނަށް އެކީ ހޭންފެށިއެވެ. […]
ފާހާނާގައި ހުރި މާހިލް ސިހުނީ އެއްޗެއް ވެއްޓުން ކަހަލައަޑެއްއިވުމުންނެވެ. ވީއެންމެ އަވަހެއްކޮއްލާފައި ތުވާލިއޮޅާލައިގެން ނިކުތް އިރު އެނދުމަތީގައި ނޫރާނެތުމުން މާހިލްއަށްހީވީ ފައިދަށުން ބިންގަނޑު ދެމިގަތްހެންނެވެ. ހުރިހާބޮކިތަކެއްހެން އެކީޖައްސާލުމާއެކު ޓައިލްތަށް މައްޗަށް ވެއްޓިފައި އޮތް ނޫރާ މާހިލްގެ ލޮލުގައި އަޅައިގަތެވެ. ނަސީބަކުން މާބޮޑުއަނިޔާއެއް ވެފައެއްނެތެވެ. ނަމަވެސް ނިއްކުރިވަނީ ދުޅަވެފައެވެ. އެހެންވެ އަވަހަށް މާހިލް ނޫރާނަގާ އަތްދަނޑި މައްޗަށްލައިގެން ނަގާ އެނދުގައިބާއްވާލިއެވެ. އަދި ގައިމަތީގައި ފޮތިގަނޑުއަޅާލިއެވެ. ނޫރާއޮތްހާލު މާހިލްއަށް ދެނެގަނެވުނީދެނެވެ. ކުޑައިރުކޮޅެއްކުރިން މާހިލްއަށް ކަންތަށްކުރެވުނުގޮތް ހިޔާލަށް އައުމާއެކު އަވަހަށް ފެންފޮދެއްއަތަށް […]
އަރޫންގެ މޫނުމަތިން ފެނިގެން ދިޔަ ސީރިޔަސްކަމުން ރާމިޒާއަވަހަށް ގޮސް ނޫރާގެ ކޮޓަރީގައި ޓަކިދިނެވެ. ނަމަވެސް ހަބަރެއްނުވިއެވެ. އެހެންވެ ދެވަނަފަހަރަށް ޓަކިދިނުމަށް އަތް ހިއްލާލުމާއެކު ދޮރުހުޅުވިގެން ދިޔައެވެ. ނޫރާހުރީ ނުހަނުފުރިހަމަޔަށް ތައްޔާރުވެގެންނެވެ. އެހެންވެ އަވަހަށް ރާމިޒާ ނޫރާގޮވައިގެން އައެވެ. ނޫރާފެނުމާއެކުހެން ބަލްޤިސްގެ މޫނުމަތިން ހިނިތުންވުން ފެނިގެން ދިޔައެވެ. ހުރިހާދަތްތަކެއްހެން ދައްކާލައިގެން ހުރެ އައިސް ނޫރާގައިގަ ބައްދާލީ ” މިރޭއަދި ވަރަށް ރީތި” އޭބުނެލާފައެވެ. އެމަންޒަރުބަލަން އިން އަރޫން ގެމޫނުމަތީގައިވެސް ވީ ނުފިލާ ހިނިތުންވުމެކެވެ. ގިނައިރު ނުތިބެ ދެއާއިލާއެކުގައި ރޭގަނޑުގެ […]
“ހެލޯ.. ބޭބް! ކީއްކޮއްލަނީ.. ” ފޯނުނެގުމާއެކު ޖަޒްލާން ވާހަދެއްކިއެވެ. ނަމަވެސް އެކޮޅަކުން އެއްވެސް ޖަވާބެއްނައެވެ. ދެފަހަރަކަށް ގޮވާލުމުން އިވުނީ ހުނުމުގެ އަޑެވެ. ” ސާބަސް ތުއްތޮންބެއަށް .. އަބަދު މިސްވެފަ ދޯ ތިހުންނަނީ.. ” ހެމުން ހެމުން އިވުނީ މަލާކްގެ އަޑެވެ. އެއާއެކު ޖަޒްލާންވެސް ހަމަބިމަށް އާދެވުނެވެ. ” ފަހަރިވީ ފާހާނައިގަ.. އެހެންވެ މި ފޯން ނެގީ. ” ދެންވެސް ވާހަކަ ދެއްކީ މަލާކްއެވެ. “ހެއިމަލްކޮ.. ކިހިނެއްތަ.. “ދެރަނުވާންއެންމެފަހުން ޖަޒްލާން ވާހަކަ ދައްކަން ފެށިއެވެ. “ހޫމް ހޫމް.. […]