އާދައިގެމަތިން 12ޖަހަންވީ އިރަށް ހިރިހާ މަސައްކަތްތަކެއް ނިންމާލުމަށްފަހު ހިންދެމިލާފައި ނަވާރު ޖުމްނާއަށް ގުޅާލީ މެންދުރުގެ ކެއުމަށް ދިއުމަށެވެ. ޖުމާވެސް ރެޑީކަމަށްބުނުމުން އަބަދުވެސް އެމީހުންދާ ބޭވޮޗް އަށް ދިއުމަށް ބުނުމަށްފަހު ފޯނުކަނޑާލާފައި ޝިވަންއަށް ވެސް ލަންޗަށް އައުމަށް މެސެޖްކޮށްލިއެވެ. މިއީ ކޮންމެ ދުވަހުގެ އާދަކަމުން ޝިވަންވެސް “އެބަދަމޭ” ބުނެ މެސެޖްކޮށްލުމުން މިއަދުވެސް އެހެން ދުވަސްތަކެކޭ އެއްގޮތަށް އަމަލުތަށް ބެހެއްޓުމަށް ނަވާރު ޝިވަން އަށް ރިޕްލައިކޮށްލިއެވެ. އެހެން ނޫނީ މާކުރިން ޖުމްނާއަށް މިއަދު ނަވާރު ރާވާފައިވާ ސަޕްރައިޒް ފަޅާއަރާފާނެއެވެ. ހަމަޖެހިލައިގެން […]
އެއީ މީގެ އެކާވީސް އަހަރު ކުރިއެވެ… *************** “އޭރު އަހަރެން އުޅުނީ އަހަރެންގެ އުފަންރަށް ތ. ގުރާދޫގަ، އަހަންނާ އަހަރެންގެ އެކުވެރި ފާގިޔާ ކޮންމެދުވަހަކުހެން ކަންޑަރަށް ދަނީ މަސްކައްކާ ހިއްކުމުގެ މަސައްކަތްކުރަން. އެކަމުން އަހަރެމެންނަށް ފުދޭވަރެއްގެ އާމްދަނީއެއްވެސް ލިބޭ.. އޭރުވެސް ރަށަށް އައިސްއުޅުން މާލޭ ވިޔަފާރިވެރިއަކު އުޅުން ފާގިޔާގެފަހަތުން.. އެކަމާއޭނަވެސް ނިކަން ގަޔާވޭ އެކަމަކު އަމިއްލަ ނިކަމެތިކަން ހިތައްއަރާފަ އެމީހާއަށް އާބަސްނުބުނެހުރީ.. އާދައިގެ މަތިން އަހަރުމެން ކަންޑަރަށް ގޮއްސަ އައީ މަސައްކަތްތަށް ނިންމާލާފައި. އޭރު އިރުއޮއްސެންވެފަހުރީ.. އެދުވަހު […]
” އޭ.. މާހް ހިނގާބަލަ ބޭރަށް ނިކުމެލަން.. އަދި ނުވައެއްނުޖެހީ.. ” ޝަބީން ބޭނުންވީ ސިކުނޑީގައި އެނބުރެމުންދާ ހައިޖާނުގަނޑު ކޮންމެވެސް ގޮތަކުން މަތަކޮށްލާށެވެ. އެހެން ނޫނީ އެކަމުގެ ސަބަބުން ނުބައިނަތީޖާއެއް ނިކުމެ އެކުވެރިކަމަށް ބުރޫއަރާފާނެތީއެވެ. އެހެން ބުނުމާއެކު މަލީހު “ހިނގާ..” ށޭކިޔާ ވަގުތުން ތެދުވިއެވެ. ދެކުދިން އެކީގައި ވިސްނުމެއްގައި ތިބެ ހިނގައިގަތް ނަމަވެސް ނަވާރު ހުއްޓުނީ ޝިވަން އޭނަގެ އަތުގައި ހިފާއަނބުރާލުމުންނެވެ. އޭރު ޝިވަންގެ މޫނުމަތީގައިވާ ނުތަނަވަސްކަން ހުރީ ދިމާއަށް ފެންނާށެވެ. “ނަވާ.. ޝިވަން އެއްޗެއް އެހީޔާ […]
ބާރުހިނގުމުގައި ހޮސްޕިޓަލަށް ވަދެގެން އައި މަލީހްއާއި ޖުމާގެ އިތުރުން ނިމާލްގެ ހިތްވެސް ވަނީ އަވަސްވެފައެވެ. އަވަސްފަރުވާދޭ ރޫމްއާއި ހަމަޔަށް ދެވުންއިރު ޑޮކްޓަރު ޝިވަންއާއި ވާހަކަ ދެއްކުމަށްފަހު އެތެރެއަށް ވަންނަނީއެވެ. ” ކޮބާ އަހަރެންގެ ދަރިފުޅު.. ” ހާސްވެފައިވާހާލު ނިމާލްއައިސް ޝިވަންކައިރީގައި އަހާލިއެވެ. ނިމާލްއަށް ދެތިންފަހަރަކު އޮފީސްކަންކަމުގައި ޝިވަންއާ ދިމާވެފައިވާތީ ވަނީ ކޮންމެވެސް ވަރަކަށް ދެކެފަރިތަވެފައެވެ. ” ބޭބޭ.. ހަމަޖެހިލާ.. ދެންމެ ޑޮކްޓަރުއެދިޔައީ.. ޖުމް އިންޝާﷲ ހަމަ ބަރާބަރު.. އެމީހުން ހޭނައްތާލަން ބޭނުންކުރި ކެމިކަލެއްގެ ސަބަބުން ލިބިދާނެ ގެއްލުމަކަށް […]
“އައްސަލާމް އަލައިކުމް.. އޭ ޝަބީން ދެން އެކަމަކުދޯ.. އަޅެ ހިތްކިޔާކަހަލަ ގޮތެއް މަގައިގަ ހުރީތަ.. އަނެއްކާ ތި އައިނު އެޅީމަ މަފެންނާނީ އަންހެނެއްގެ ސިފައިގަތަ… ތިވަރަށް ތިބަލަނީ.. ” ” ތީ.. ތީ.. ” “ސާބަހޭ.. މީ މަލީހް.. ” އެންމެފަހުން ޝަބީންއަށް ފުރިހަމަނުކުރެވިގެން އުޅެނިކޮށް މަލީހް ބުނެލިއެވެ. ވީ އުފަލާއެކު މަލީހްގައި ބައްދާލަމުން “ބްރޯ.. މިހާރު ހަމަރަންގަޅަށްވެސް ޑޮކްޓަރަކާ ތަފާތެއްނެތް.. އެކަމަކު ހާދަބޮޑަކަށޭ ތިހުރީ ޗޭންޖްވެލާފަ މީ އަނެއްކާ އަންހެނުންތަ.. ” އެހެން އަހާލުމާއެކު މަލީހްއަށް […]
“ދަރިފުޅާ ބައްޕަ ދަރިފުޅުކައިރީގައި ވާހަކައެއް ދައްކާލަންވެގެން.. ” ސާދިޔާމިހެން ބުނުމާއެކު ޝަބީން އައިސް ސޯފާގައި އިށީންދެލާފައި ޖާވިދުއަށް ބަލާލިއެވެ. “މާދަމައިންފެށިގެން ދަރިފުޅު އޮފީހަށް ނިކުންނަން ފަށަންވީނު ބައްޕަޔާއެކުގަ.. އޭރުން މަހެއްހާދުވަހުގެ ތެރޭގައި ދަރިފުޅު އެތަނަށް ރަނގަޅަށް ހޭނޭނެ.. ބައްޕަ މިވިސްނަނީ މަންމަގޮވައިގެން ބޭހަށް ގޮސްލަންކަމަށް ބޭރަށް.. އެހެންވީމަ އެގޮތް އެންމެ ރަނގަޅުތަ؟ ” ޖާވިދުގެ ވާހަކަ ނިމުމާއެކު ޝަބީން ބޯޖަހާލީ އެކަމަށް ތައްޔާރުކަން ހާމަކުރަމުންނެވެ. އޮފީހުގައި އަވަދިނެތި އުޅެމުންދިޔަ ޖުމްނާ އަށް ހިނިތުންވެވުނީ އެންމެބޭނުންވާ ވަގުތު ކައިރިވަމުން […]
3 އަހަރު ފަސް… ************* ވެލާނާ އިންޓަރ ނޭޝަނަލް އެއަރޕޯޓްގައި ބޯޓް ލޭންޑްކުރުމާއެކު ފަސެންޖަރުން ފައިބާންފެށިއެވެ. އެވަގުތު ނިދިފައި އިން ޒުވާނާއަށް ކެބިންކުރޫގެ ކުއްޖަކު އައިސް ގޮވާލުމާއެކު ހިނިތުންވެލާފައި ތެދުވެ ލަގެޖްތަށް ކޮނޑުގައި އަޅުވާލިއެވެ. އަދި ގަމީހުގެ ގިރުވާނުގައި އަޅުވާލާފައިން ރޭބަން ބްރޭންޑްގެ އަވިއައިނު ނަގާ ލޮލަށް ހެޔޮވަރުކޮށްލިއެވެ. ބޮލުގެ އިސްތަށިގަނޑު ކުރުކޮށް ކޮށާލާފައިވާއިރު، ލާފައިހުރި ހުދުގަމީހާއި ކްރީމްކުލައިގެ ސްކްނީގެ ސަބަބުން އެޒުވާނާގެ ރީތިކަން އިތުރަށް ފުރިހަމަ ކޮށްދެއެވެ. އަރައިވަލް ޓާމިނަލްގައި ތިބި ޒުވާން ކިދިންގެ ލޯތަށް […]
ރޭގަނޑުގެ ކެއުމަށް އިންސާފުކުރަމުންދިޔަ ޒިޔާދުގެ އާއިލާގެތެރޭގައި ދެކެވެމުންދިޔައީ މިއަދުގެ މެޗެގެ ވާހަކައެވެ. “މިއަދުގެ މޭން އޮފްދަ މެޗް އޭނަޔަށް ހަމަޑިޒާވް.. ” ޒިޔާދު އެހެން ބުނުމާއެކު ހަފީޒާވެސް ބޯޖަހާލީ އެކަމަށް އެއްބަސްވަމުންނެވެ. “ބައްޕައަށް އެނގިލައްވާތޯ އެބޭބެ އާ ދެން ލަނޑުޖެހިބޭބެ އެއީ ނާލްމެންގެ ފްރެންޑްސްއޭ ދޯ ދޮން.. ” ނާލް އެހެން ބުނުމާއެކު ނަވާރު ލޯހަނިކޮށްލިއެވެ. “އެތެދެއް ދަރިފުޅު އެއީ ރައްޓެހިންތަ.. އެކަމަކު ކިހިނެއް ދަރިފުޅުމެންނާދިމާވީ.. ” ” އަސްލު ރައްޓެއްސެއްނޫން ބައްޕާ.. އެކަމަކު މިއަދު މޮޅުކުޅުންތެރިޔާ […]
މަލީހްމެން ގެއަށް ދިޔަމަގުމަތިން ޖުމާނާއާއި ދިމާވީ އޭނަވެސް ގެއަށްދަނިކޮށެވެ. އަނގައިން ބުނަންނުކެރުން ނަމަވެސް ޖުމާނާ ގެއާހަމައަށް އާދެވެންދެންވެސް ދިޔައީ އިރުއިރުކޮޅާ މަލީހުމެންނަށް ބަލަމުންނެވެ. މިކަން މަލީހްއަށް ފާހަގަވިނަމަވެސް އަޅައެއްނުލައެވެ. ޝަބީންއަށްވެސްވީ ހަމައެވަރެވެ. މަލީހް އެދިމާބަލާލާފައި އަޅާނުލުމުން އެއްޗެއްއަހާކަށް ނުކެރުނެވެ. ގެއަށްގޮސްވަދެވުމާއެކު މަލީހް ވަރަށްއަވަހަށް އެބައަންނަމޭބުނެ އެތެރެއަށްދިޔައީ ޝަބީން އެގޭގެ ބަނބުކެޔޮގަހުގައި އެލުވާފައިވާ އުނދޯއްޔާއި ދިމާއަށް ދިއުމުންނެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ޖުމާނާވެސް އައިސް އެގޯޗަށް ވަނުމުން ޝަބީންއިނީ ބުނާނެއެއްޗެއް ނޭންގިފައެވެ. ނަމަވެސް ޖުމާނާ އޭނައާދިމާއަށް އަންނަންފެށުމުން ހިނިތުންވުމެއް ރައްދުކޮށްލީ […]