މަލާކް… 20 ވަނަބައި
“ހެލޯ.. ބޭބް! ކީއްކޮއްލަނީ.. ” ފޯނުނެގުމާއެކު ޖަޒްލާން ވާހަދެއްކިއެވެ. ނަމަވެސް އެކޮޅަކުން އެއްވެސް ޖަވާބެއްނައެވެ. ދެފަހަރަކަށް ގޮވާލުމުން އިވުނީ ހުނުމުގެ އަޑެވެ. ” ސާބަސް ތުއްތޮންބެއަށް .. އަބަދު މިސްވެފަ ދޯ ތިހުންނަނީ.. ” ހެމުން ހެމުން އިވުނީ މަލާކްގެ އަޑެވެ. އެއާއެކު ޖަޒްލާންވެސް ހަމަބިމަށް އާދެވުނެވެ. ” ފަހަރިވީ ފާހާނައިގަ.. އެހެންވެ މި ފޯން ނެގީ. ” ދެންވެސް ވާހަކަ ދެއްކީ މަލާކްއެވެ. “ހެއިމަލްކޮ.. ކިހިނެއްތަ.. “ދެރަނުވާންއެންމެފަހުން ޖަޒްލާން ވާހަކަ ދައްކަން ފެށިއެވެ. “ހޫމް ހޫމް.. ދެން އޮޅުވާލަންއުޅޭނެ ކަމެއްނެތް.. ވަރަށް މިސްވެގެންނު ތިގުޅީ.. ފަހަރިވެސް މިއޮތް އައީ.. ” އެހެން ބުނުމާއެކު ލާނެތްގޮތަކަށް ހެމުން މަލާކް އަވަހަށް ބިންޔާއަތަށް ފޯނުދިނެވެ.
އަރައިގެން އައި އިރާއެކުހެން މާހިލްއަށް ހޭލެވުނީ ފޯނު ރިންގްވާއަޑަށެވެ. ގުޅަނީ ބޭރު ނަންބަރަކުން ވީމަ ނުނަގަން ބޭއްވިނަމަވެސް އެކަން ކާމިޔާބުނުވީ މާގިނައިން އެނަންބަރުން ގުޅަން ފެށުމުންނެވެ. “ހެލޯ.. “ފޯނުނަގާ ކަންފަތުގައި ޖެހުމާއެކު ރުންކުރުގޮތަކަށް މާހިލް ބުނެލިއެވެ. ” ހޭ މާހިލް މީ މަލާކް އޭ.. މިހާރު އަހަރެން މަތިން ހަނދާންވެދް ނައްތާލީދޯ ހަބަރެއްނުވަނީ.. ” މާހިލް އަށް ލޯއުނގުޅާލެވި ހިންދިރުވާލެވުނީ އިވުނު އަޑުން ނެވެ. އެހާދުވަސްކޮށްފައި މަލާކް އެގުޅީ އަނެއްކާ ކީއްވެބާއޭވެސް ހިތައްއެރިނަމަވެސް އަހާނުލީ މީހާ ސަޕްރައިޒްވިލެއް ބޮޑުކަމުންނެވެ. ” ހޭ .. މަލާ ދޯ.. ކިހިނެއްތަ… ” އިރުކޮޅަކު ވިސްނާލުމަށްފަހު މާހިލް ޖަވާބުދިނެވެ. އެއާކު އިވުނީ މަލާކްގެ ގިސްލުމުގެ އަޑެވެ. ” މަލާ.. ހެއި ކިހިނެއްވީތަ.. ” މާހިލް އިތުރަށް ނުތަނަވަސްވުން ނޫންގޮތެއްނުވިއެވެ. “މާހިލް އަށް އިނގޭތަ މަލާ މާހިލް މަތިން ހަނދާންވާވަރު.. އަސްލު ދުރަށް އައީމަ މިއިނގުނީ މާހިލްތީ މަލާގެ ހަޔާތަށް ކިހާމުހިތްމިމީހެއްކަން.. އައި މިސްޔޫ ސޯމަޗް މާހިލް.. ސޯމަޗް.. ” މަލާކްގެ ވާހަކަތަކުން މާހިލް އަށް ހީވީ ހޮނުގުގުރިއެއް ޖެހި ހެންނެވެ. ހުރިހާދުވަހު ނުުވެގެން އުޅުނުކަންތަށް މިއަދު އެވީއެވެ. މަލާކް ގެ އަނގައިން އެއިވުނީއެވެ. ނަމަވެސް މިހާރު މާހިލްގެ ހަޔާތުން މަލާކްއަށް ދޭނެ އެއްޗެއް ނެތެވެ. ހުރިހާއެއްޗެއްވެސް ވަގުފުކޮށްފައިވަނީ ނޫރާއަށެވެ. ތަޤްދީރު މިކޮށްލި ސަމާސާއިން މިފަހަރު ހަމަރަނގަޅަށްވެސް މާހިލްއަށް ގޮތް ހުސްވެއްޖެއެވެ. މަލާކް އެވާހަކަތަށް މީރާން އާއި ހަމަޔަށް ގެންގޮސްފިނަމަ މިއަދު ނޫރާ އާއި ވަކިވާންވެސް ޖެހޭނެއެވެ. އެހާވަރަށް މީރާންކައިރީވަނީ މަލާކްގެ ވާހަކަ ދެއްކިފައެވެ. އަނެއްކާ މިކަން ބަލްޤިސްއަށް އެނގިއްޖެނަމަވެސް މާހިލް އަށް މިކަމުން ބޯދަމައިގަންނަން އެހާ ދަތިވާނެއެވެ. އޭރުން ޖެހޭނީ އަބަދުގެ އަބަދަށް ނޫރާ މާހިލްގެ ހަޔާތުން ގެއްލިގެން އަރޫންގެ ހައްޤަކަށް ވާތަށް ބަލަން ދުރުގައި ހުންނާށެވެ. ” މަލާ .. އެބަގުޅާލަން ފެންވަރާލައިގެން… ” ނޭ ބުނެ މާހިލް ފޯނުބޭއްވީ ބޯހާސްވިލެއް ބޮޑުކަމުންނެވެ. މާހިލް ފެންވަރައިގެން ނިކުތް އިރު ދިހަ މިސްކޯލް އިނެވެ. މަލާކްގެ އިތުރުން ނޫރާވެސް ގުޅާފަހުއްޓެވެ. އަވަހަށް ނޫރާއަށް ގުޅާލީ އެއަޑުޖެހުމުން ވެސް މާހިލްއަށް ހަމަޖެހުމެއް ލިބޭނެތީއެވެ.
ނަމަވެސް ހަމަ ޑައިލްކޮށްނުލެވެނީސް އަނެއްކާ މަލާކް ގުޅަންފެށުިއެވެ. ފޯނު ސައިލެންޓް ކޮށްލުމަށް ފަހުގައި މާހިލްއަށް ބޮލުގައި ޖަހާލެވުނެވެ. “ހަޤީޤަތުގައިވެސް މަލާކް އަނެއްކާ އަހަންނާ ގަޔާވަނީބާ އެހެން ކަމަށްވަންޏާ އަރޫން އާމިހަރު އެއްވެސް ގުޅުމެއްނެތީތާ.. އަނެއްކާ އަރޫންވެސް ބޭނުންވަނީ.. ނޫން.. ނޫން. ” ހިތަށް އައި އެއްޗަކުން މާހިލްގެ ލޮލުން ކަރުނަ ފާއްދާލިއެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް ލޯތްބަކަށްޓަކައި އޭނާގެ ލޮލުން ކަރުނައައީތާއެވެ. މީގެ ކުރިން އެހެންވީމާ މާހިލް އާއި ހެދި ކިތަށްކުދިން ގެ ހިތްހަލާކު ވެފައި ހުންނާނެތާއެވެ. އެކަން ވިސްނުންއިރު އޭނާ ހުރީ އަރައިނުގަނެވޭނެ ފަދަ ފުން ވަޅުގަނޑެއްގެ އެންމެ އަޑިއަށް ވެއްޓިފައެވެ. ފުން ހިޔާލަކަށް ގެއްލިފައި އިން މާހިލްއަށް ސިހުން ގެނުވީ އަނެެއްކާވެސް ފޯނު ރިންގް ވާން ފެށުމުންނެވެ. ގުޅަނީ ހަމަ އެބޭރުނަންބަރުން މަލާކްއެވެ. “ހެލޯ.. ” ނުނަގަން ހުރެފައިވެސް މާހިލް ފޯނުނެގީ އެންމެފަހުން އެހިތުގައި ރަހުމުއުފެދުމުންނެވެ. ” މާހިލް ކީއްވެތަ އަޅެ މާހިލްވެސް މަލާ ތި ދުރުކޮށްލަނީ.. އަރޫންވެސް އެންމެ ފަހުން މަލާއަށް އެދިނީ ދެރަ.. ދެން މިފަހަރު މާހިލްވެސްތަ.. ” ” އޭން ކީކޭ.. ” މަލާކް ވާހަކައިން މާހިލް އަށް އެކަށްޗެއްވެސް އެވަގުތު ނުވިސްނުނެވެ. “އާން .. މާހިލް އަރޫން ވެސް ހުރިހާދުވަހު ލޯބިވޭކިޔާފަ .. މިއަދު އެއުޅެނީ މެރީކުރަންވެގެން އެެންމީހަކާ.. މަލާއަކަށް ނޭންގެ ކާކާ ކަމެއްވެސް..” އެވަރަށް ބުނުމާއެކު މަލާކްގެ އަޑު ކުރެހިގެން ދިޔައެވެ. އެއާއެކު އިވެންފެށީ ގިސްލުމުގެ އަޑެވެ. މާހިލްއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭންގިފައެވެ. އެހެންވީމާ އަރޫން ހަމަރަނގަޅަށްވެސް އެއުޅެނީ ކައިވެންޏަށް ރުހިގެންތާއެވެ. ” މަލާ.. ހަމަޖެހިބަލަ.. ހުރިހާ މީހުނަކީ އަރޫން އަކަށްވެސް ނުވާނެއްނުދޯ.. އެންޑް މާހިލްވެސް މީ މާ ރަނގަޅުމީހެއްވެސް ނޫނެއްނު.. މަލާއަށް ނޭންގި އެތަކެއް ދެރައެއް މަލާއަށްވެސް ދެވިއްޖެ.. އެތަށް ކުދިންނެއްގެ ހިތް ހަލާކު ކުރެވިއްޖެ.. މިއަދު މާހިލްވެސް ބޭނުމީ ހުރިހާމިހުންގެ ވެސް މައާފް.. އޭރުން ހަމަޖެހުމެއްލިބޭނީ.. ” މާހިލްއަށް ދެއްކުނީ ކޮންކަހަލަވާހަކަން ރޭކާލީ އެތަކެއްވާހަކައެއް ދައްކާ މަލާކް ހަމަޔަކަށް އަޅުވާ ފޯންބޭއްވުނުފަހުންނެވެ. އެއާއެކު އަޑުގެ ނެތްކޮޅަށް މީހާއަށް ހަޅޭލަވައިގަނެވުނީ ކެތްކުރަން ކުޅަދާނަނުވުމުންނެވެ.
ހަވީރުފިނީގައި އަރޫން އާއި ޝަމާލްގެ އިތުރުން ޖަޒްލާން ތިބީ މާލޭގެ ހިތްގައިމު މާހައުލެއް ކަމަށްވާ ލެމަންގްރާސް ސީވިއުގައި ކޮފީއަކަށް އިންސާފްކުރާށެވެ. ކޮންމެ މީހަކުވެސް ވާހަކަދެކެވެމުން ދަނީ މިހާރު ދިރިއުޅުމަށް އައިސްފައިމިވާ ބަދަލްތަކުގެ މައްޗަށެވެ. ” އަސްލު އަހަރެން ހިތަށް އަރާ.. ބޮޑުނުވެ އަބަދުވެސް ކުޑަކޮށް ހުންނަ ވަރަށް ހުންނަނަމައޭ.. އޭރުން ނުޖެހޭނު މީހަކާއިންނަންވެސް. ޒިންމާތަކެއްބޮލުއަޅަންވެސް.. އަބަދުވެސް ހިދުމަތުގަ މީހުންތިބޭނެ.” ޖަޒްލާން މިހެން ބުނުމާއެކު އަރޫން އާއި ޝަމާލް އޭނަ ގައިގަ ބޮނޑިއެއް އަޅާލުމާއެކު ހޭން ފެށިއެވެ. ” އޭ ވާން އުޅޭ ޅިޔަނާ.. އަނެއްކާ ތިހެން ކިޔާފަ މަގޭކޮއްކޮގެ ހިތުގަ ޖައްސާނީކީނޫން.. އިނގޭ.. އޭރުން ހަމަ ކަރުއަޅާލާނަން.. ” އަނގަޔަށް ވައްތަރުތަކެއް ޖައްސަމުން އަރޫން އެހެންބުނެލީ ރުޅިއަންނަކަމަށް ހަދާފަ ނަމަވެސް ޖަޒްލާންއާއި ހެދި ނުހީވެސް ނުވިއެވެ. އެވަގުތު އަރޫންގެ ފޯން ރިންގްވާން ފެށުމާއެކު ތިންމީހުންވެސް ހުނުން މަތަކޮށްލުމަށްފަހު އަރޫންއަށް ފޯނަށް ޖަވާބުދޭން ވަގުތު ދިނެވެ.
“ހެލޯ.. ކީކޭ ..” ނޫރާ ފޯނަށް ޖަވާބުދެމުން އަވަހަށް ކޮޓަރިއަށްވަދެ ތަޅުލީ.. އެހްނމީހަކަށް އަޑުއިވިދާނެތީއެވެ. “ނޫރާ.. މިރޭ މާހިލްބޭނުން.. ވަރަށް ވަރަށް ބޭނުން.. ޕްލީޒް 8އަށް ހަމަ އެރޫމަށް އައިސްދީބަލަ.. ޕްލީޒް އައިމަ ހުރިހާ އެއްޗެއްވެސް ކިޔާދޭނަން.. ” މާހިލް އެއްނޭވައިން ހުރިހާ ވަހަކައެއް ދައްކާލިއެވެ. “ހަމަޖެހިބަލަ.. ނޫރާ ދާނަމޭ.. އިހަށް ބާއްވަނީ މިގަޑީ ބައްޕަވެސް އެބަ އުޅުއްވާ ގޭގަ.. އެހެންވީމަ އެހާ ރަނގަޅެއްނުވާނެ ގިނައިރުވާހަކަދެއްކުން.. ” އެހްނ ބުނުމާއެކު ނޫރާގެ ކޮޓަރީގައި ޓަކި ދިން އަޑުއިވުނެވެ. އަވަހަށް ފޯނުކަނޑާލާފައި ގޮސް ދޮރުހުޅުވާލިއިރު ކުރިމަތީގައި މަންމަ އާއި ބައްޕަ ތިބުމުން .. ނޫރާ ހާސްވާގޮތްވިއެވެ. ” އަނެއްކާ ދެންމެ ދެއްކި ވާހަކަ އަނެއްކާ އަޑުއިވުނީބާ.. ” ނޫރާއަށް ދެލޯބޮޑުކޮށްލެވުނެވެ. ” ދަރިފުޅު ހާދަ ފާޑަކަށް..” ޔާސީން އަށް ނޫރާއަށް ވީގޮތް ރަނގަޅަށް ފެނުނެވެ. “މަންމަ މެންނަށް ނެތްތަ އެތެރެއަށް ވަނުމުގެ ހުއްދައެއް.. ” ނޫރާއަށް އެއްޗެއްނުބުނެވެނީސް އަނެއްކާ ރާމިޒާގެ އަޑުއިވުނެވެ. ދޮރު ބޮޑަށް ހުޅުވާލުމާއެކު ނޫރާ އަވަހަށް މަންމަ މެންނަށް ތަންދެއްކީ.. އިތުރު ސުވާލެއްކުރިމަތިވުމުގެ ކުރިން ސަލާމަތް ވުމަށްޓަކައެވެ. އެކަމަކު އެގޮތަށް ކޮޓަރިއަށް މަންމަމެން އަންނާނީ ކޮންމެވެސް ބޮޑު ކަމަކާއިގެން ކަން ނޫރާއަކަށް އޮޅިފައެއް ނެތެވެ. އެހެންވެ މީހާ ހަމަޔަކަށް އެޅިލުމަށްފަހު އަވަހަަށް ގޮސް މަންމަ އާއި ބައްޕަގެ ކުރިމަތީގައި ހުރި ސޯފާގައި އިށީންދެލިއެވެ.
ގުޅަނީ އަރޫންގެ ބައްޕައެވެ. އެހެންވެ އަރޫންވެސް އަވަހަށް ފޯނުނެގިއެވެ. ” ހެލޯ.. ދަރިފުޅާ ކޮންތާކު.. ” ” ބައްޕާ އަޅުގަނޑުމީނީ ޝަމާލްމެންނާއެކު ކޮފީއެއްބޯލަން ބޭރުގަ.. ކިހިނެއްތޯ ވީ.. ” ” އެހެންތަ .. ތިވީ މާރަނގަޅަކަށްނު އެހެންވީމަ.. ތިންކުދިން ތިކަން ނިންމާލާފަ ބައްޕަގެ އޮފީހަށް ޖައްސާލަދީބަލަ.. ކުޑަކަމަކު .. އިނގޭ. ” “ލައްބަ” އޭބުނުމާއެކު ފޯނުބާއްވާފައި އަރޫން އަވަހަށް އެހަބަރު އެކުވެރިންނަށް ދިނެވެ. އެއާއެކު އެއްނޭވައިން ޖަޒްލާން ކޮފީތަށި ދަމާލުމާއެކު “އަވަހަށް ބަފައިބެކައިރިޔަށް ހިނގާށޭ” ކިޔާ ތެދުވިއެވެ. އަރޫން އާއި ޝަމާލްއަށް މިފަހަރުވެސް ހެވުނީއެވެ. ހަޤީޤަތުގައިވެސް ޖަޒްލާން އަކީ އެހާ މަޖާމިޒާޖެއްގެ މީހެއްނޫނެވެ. ނަމަވެސް އަރޫންގެ އެކްސިޑެންޓަށްފަހު އަބަދުވެސް ސްޓްރެސްއާއި ދުރުގަ ހުރުމަށް އެޑްވައިޒްކޮށްފައި ވުމުން އޭނާ އަކީވެސް ޑޮކްޓަރެއްވީމަ އެގޮތަށް މިޒާޖް ބަދަލު ކޮށްލީއެވެ. ހއަވަހަށް ބިލްޕޭކޮށްލުމަށްފަހު އަވަހަށް ތިންކުދިން ސައިކަލްގައި ސަމީހުއާއި ބައްދަލްކުރުމަށް ދުއްވާލިއެވެ.
“ދަރިފުޅާ .. މިރޭމީ ވަރަށް ހާއްސަ ރެއެއް.. އިނގޭތަ.. ދަރިފުޅު ހުރިހާދުވަހު ނުވެގެން އުޅުން ކަންތައް ވާނެ.. ” ޔާސީން ހިނިތުން ވުމާއެކު ނޫރާގެ ބޮލުގައި ފިރުމާލަމުން ވާހަކަދެއްކިއެވެ. ” ދެންމެ ބަލްޤިސް ދައްތަގުޅި ބުނި ދަރިފުޅުގެ ހަބަރެއްނުވޭ.. އެހެންވެ ބައްޕަބުނިން މިރޭ މިގެއަށް ރޭގަނޑުގެ ކެއުމަށް އިންސާފުކޮށްލަން އަންނަންވީނުންހޭ.. އޭރުން ކައިވެނީގެ ކަންތައްވެސް ގޮސްފައިވާ ހިސާބު އޮޅުންފިލުވާލާ ހެދޭނެ ނޫންހެެ.. އެހެންބުނީމަ ބަލްޤިސް ދައްތަބުނީ މިރޭއަރޫންވެސް އަންނާނޭ.. ” ބުނާނެއެއްޗެއް ނޭންގިފައި ނޫރާއަށް އިސްޖަހާލެވުނީއެވެ. ހަޤީގަތުގައި މިރޭ ހުރިހާ ކަމަކަށްވުރެ ބޮޑަށް މާހިލްއާއި ބައްދަލްކުރުން އޭނާއަށް މުހިއްމެވެ. ވީއިރު މިވީގޮތުން ގެއިންބޭރަށް ފިޔަވަޅެއްވެސް އެޅޭކަށް ނެތެވެ. ދައްކާނެ އިތުރު ބަހަނާއެއްވެސް ނެތެވެ. ނީރާގެ މަންމަ މެންނަށްވެސް އަރޫން އާއި ހެދި އޭނާއުޅުންވަރު ވަނީ އެނގިފައެވެ. ވީ އިރު ދެންހަދާނީ ކިހިނެއްބާއޭ ހިތަށް އެރުމާއެކު ނޫރާއަށް ހިތްދިރުވާލެވުނެވެ. މިހުރިހާކަމަކަށް މަގުކޮށީ އަމިއްލަ އަތުންނެވެ. އެކަަަކު މިހާރު އެކަމުގައި ބައްޕަމެންގެ ވިޔަފާރީގެ ކަންކަން ހުރުމުން އެކަމުން ސަލާމަތްވެވޭނެ ހަނިގޯޅިއެއްހާހިސާބުވެސް ނެތެވެ. ފުން ހިޔާލަކަށް ގެއްލިފައި އިން ނޫރާ އަށް ބަލާލުމަށްފަހު ” މާބޮޑަށް އުފާވީކަންނޭންގެ..” އޭ ބުނެ ޔާސީން އާއި ރާމިޒާ ބޭރަށް ނިކުތެވެ. ދަމުން “ހަނދާންކޮށް މިރޭ ރީތިކޮށް ތައްޔާރުވެލާށޭބުނެފައި ” ރާމިޒާ ދިޔައެވެ.
އަރޫންމެންނަށް އޭނާގެ ބައްޕަގެ އޮފީހަށް ދެވުން އިރު ދެތިން މުއައްޒަފުން ފިޔަވާ އިތުރުބަޔަކު ނޫޅެއެވެ. އެހެންވެ އަވަހަށް ގޮސް ބައްޕަގެ ކެބިންއަށް ޓަކިޖަހާލާފައި ވަނެވެ. “އަހަށް ތިޔައައީތަ.. ” ކުރަންހުރި މަސައްކަތުން ދުރުވެލުމަށްފަހު ސަމީހު އެކުދިންނަށް އިށީނުމަށް އަތުން އިޝާރާތްކޮށްލިއެވެ. ތިންމީހުންވެސް ބަސްއަހާ ކުދިންތަކެއްފަދައިން އަވަހަށް އިށީންދެލިއެވެ. ހަޤީގަތުގައި މާޒީގެ ކަންކަން އެނގުންފަހުން ތިންކުދިންވެސް ސަމީހުދެކެ ވަނީ އަމަށަކު ލޯތްބެއްނޫނެވެ. އަރޫން އެކޭ އެއްފަދައިން ދެކެމުން ދަނީވެސް އަމިއްލަ ބައްޕައެއްގެ ގޮތުގައެވެ.
“ދަރިފުޅުމެން ކައިރީ އައިސްދެން މިއެދުނީ މިތާންގެ ބައެއްމަސައްކަތް ތަށް ބައްޕަ ނެތްދުވަސްކޮޅުގަ މިހުރީ ވަރަށްބޮޑަށް ގިނަވެފަ އެހެންވެ އެކަން ހަމަޔަކަށް އަޅުވާލަން.. ވެދާނެތަ.. ތިކުދިންނަށް.. ބައްޕަ ކަންތައްތައްކުރަންވީ ގޮތް ކިޔާލަދޭނަން.. ” ސަމީހުގެ ވާހަކަ އަޑުއިވުމާއެކު ތިންމީހުން އެކީގަހެން ބޯޖަހާލީ އެކަމަށް ތައްޔާރުކަމަށް ބުނަމުންނެވެ. ” އަދިއެއްވާހަކަ.. މިރޭ އެބައޮތް ޔާސީންމެންގެއިން ލިބިފަ އޮތް ދައުވަތެއް.. މަންމަ ގުޅާފަބުނި އަރޫން ކައިރީ މިރޭ އިތުރުތާކަށް ދާން ނުރޭވުމަށް.. ” އެހެން ބުނުމާއެކު ތިންމީހުނަށް އެކީގަހެން އެކަކު އަނެކަކުގެ މޫނަށް ބަލާލެވުނެވެ. ޖަޒްލާން އަވަހަށް އެއްލޯމަރާލުމާއެކު “ބައްޕަ ހަމަޖެހިލައްވާ.. އަރޫންމިރޭދާނެ.. ” އޭބުނެލިއެވެ.
ރޭގަނޑު 8 ޖެހިއިރު އަރޫން އާއި ސަމީހުގެ ދެމަފިރިން ތިބީ ކާރުގައި ޔާސީންމެންގެއަށް ދިއުމުގެ މަގުމަތީގައެވެ. ފަސްމިނެޓްގެ ދަތުރަކަށް ފަހު އެގެއަށް ދެވުންނަމަވެސް އަރޫން އަކަށް އެގޭތެރޭން ނޫރާއެއްނުފެނުނެވެ. އެހެންވެ އެވާހަކަ އަހާލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
20 Comments!
Comments are closed.






Assalaam alaikum .. kihineh hurihaaa frnds..? .. unmeedhukuran.. hurihaaa frnds ahvess story kamudhaanekamah .. ??
finally…i am first dho???
Yes dear ur first ??
Me second. Vaahaka v salhi.?❤
Me second.?Vaahaka v salhi.?❤
Yes dear jin hama dhevana.. btw thank you ??
Masha allah v v v rythi?? dhen nooraage kanthah aroon ah rangalhavves but kollabala when nxt prt avahah up kollachchey ??❤❤??????????
Awwn thank you so much khajja.. ? dhen maaginadhuvaheh nuve thikanvess vaane.. wait watch.. ??
Anehh part mihaaru kiyaaleveyne dhoonyaa ?
Hama ragalhu layaa kihineh vaahaka Kamudhey vvv rythi ekam maakuriii
Alhamdhulillah .. thank you so much 3hrt.. ? ?
v nice
Thank you sheen ??
wonderful story.??
Oww thank you shifu ???
v salhi vaahaka eh…next part kon irakuntha..Layaa?
Thank you so much my dear.. Leo3910 ?? next part innane mihaaru hama avahah kiyaalaa?
V salhi
Thank you my dear mina? ?
owsome…..
wats gonna hapen nxt….