ސިއްރު ސިއްރުން ހިތޭ… (2)
ދޮރުކުރިމަތީގައި ބޯވިއްސާލައިގެން ލޯއުނގުޅަން އިން ޖުމާނާވެސް މަލީހުއަށް ވީގޮތް ފެނި ދިޔައީ ސިއްސައިގެންނެވެ. ކަކުލާ ހަމަޔަށް އަރާ ޖުމާނާގެ އިސްތަށިގަނޑު ވަނީ އެކިއެކި ދިމާލުން ފުއްޕާލާފައެވެ. ވުމާއެކު ކުއްލިއަކަށް ފެންނަމީހަކަށް ފުރޭތައެކޭވެސް ހީވާކަހަލައެވެ. މަލީހް އަވަހަށް ނިކުމެގެން ދިޔައީ ވަގުތު ކުޑަތަންވެފައި ވާތީއެވެ.
ސްކޫލްގެ ވަގުތުނިމުމާއެކު އަވަސް އަރުވާލާފައިނިކުތް މަލީހް މަޑުޖެހުނީ ލީޑިންގް ޓީޗަރު ފަހީމް ގޮވާލުމުންނެވެ. “މަލީ މިއަދު އެބައޮތް ޕްރެފެކްޓްބޯޑުގެ ވަރަށް މުހިއްމު މީޓިންގްއެއް.. މާގިނައިރެއްނުވާނެ.. ” އާންމު ބައްދަލްވުންތަކުގައި މަލީހް ބައިވެރިނުވިނަމަވެސް އެކަހަލަ ހާއްސަ ބައްދަލްވުންތަކުގަ ކޮންމެހެންވެސް އޭނަބައިވެރިވެއެވެ. “މިވަގުތުގެ ގޮތުންދޯ ތިވިސްނަނީ.. ސަރ އަށް ވިސްނޭ މަލީހްގެހާލަތު.. އެހެންވެމިބުނީ މާގިނައިރެއްނުވާނޭ.. ” އޭގެންކުރިން ދުވަހެއްގައި ސްކޫލް ކިޔަވާގަޑި ނިންމާލުމަށްފަހު ބޭއްވިމީޓިންގައި ބައިވެރިވެ ލަސްވުމުން މަލީހްގެ ބޮޑުބޭބެގެ އަންހެނުން ޖުވައިރިޔާ ކޮށްލިވަރު ފަހީމްއަށް ވަނީ އެދުވަހު މަލީހުއާއި އެކުދިއުމުން ފެނިފައެވެ. މަލީހްގެ ހާލަތު ވޭތުވެދިޔަ ހަފްތާއެއްހާ ދުވަސްތެރޭގައި ސްކޫލްގެ އެންމެ އިސް ފަރާތުންފެށިގެން ހުރިހާ މުއްޒަފުންނަށްވަނީ ވަރަށް ރަނގަޅަށްސާފުވެފައެވެ. އެހެންވުމުން އެކްސްޓްރާގަޑިތަކުގަޔާއި އިތުރުއެހެން ހަރަކާތްތަކުގެ ގަޑިތަކުގައި ހުރިހާ މީޓިންގް ތަކެއްގެ މަޢުލޫމަތުތަށް މަލީހް އަށް ސްކޫލްގެ ފަރާތުން ފޯރުކޮށްދެއެވެ. އެއީ ސްކޫލްގެ ހެޑްމާސްޓަރ ހަނީފްގެ ނިންމުމެކެވެ. މަލީހްއަކީ ސްކޫލަށް ރަންވަނައެއް ހޯދަދޭނެ ކުއްޖެއްކަމަށް ހަނީފް ގަބޫލުކުރާތީއެވެ.
މީޓިންގް ނިމުމާއެކު ފަހީމް އޭނަގެ ސައިކަލުގައި މަހީލްގެއަށް ގެންގޮސްދިނެވެ. ޖެހިލުންވެހުރެ ގެއަށް ވަންއިރު އެއްވެސްމީހެއްގެ ހިލަމެއްނުވާތީ ހަމަޖެހިލާފައި ކޮޓަރިއާ ދިމާއަށް ދިޔަ މަލީހް ހުއްޓުނީ މީހަކު އޭނަގެ ނަމުން ގޮވާލުމުން ނެވެ. އޭރުގޭގެ މައިދޮރުމަތީގައި ދަބަސްތަށް ހިފައިގެން އޭނާގެ ބޮޑުބޭބެ ނިމާލް ހެވިފައި ހުއްޓެވެ. ހީވާގޮތުން ރަށަށް އެއައީ ދާދިދެންމެ އަކުއެވެ. ނިމާލްގެ އަޑު އިވުމާއެކު ދުމެއްޖަހާފައި ނިކުތްމީހެއް ހެން ޖުވައިރިޔާނިކުތެވެ. ” އަޅެނިމާލް އަންގާވެސްނުލައެއްނު ތިއައީ.. އަހަރެން މިއަދު ހަމަ ބޮލެއްގަ ރިއްސާތީމިއޮތީ.. އަދި މެންދުރަށް ނުވެސްކެއްކޭ.. ” މޫނަށް ކުލަވަރު ގެނުވަމުން ޖުވައިރިޔާ ފައްޗަކަށް އަމުނާލިއެވެ. އެއްވެސް އެއްޗެއްނުބުނެ ހިމޭނުން ހުރުމަށްފަހު މަލީހްވެފައިވާ ވަރުބައްޔާއެކު ކޮޓަރިއަށްވަދެ އަވަހަށް އެއްޗެހި ބަދަލްކުރަން ފެށިއެވެ. ކިތަންމެ ބަނޑުހައިވެފައި ހުއްޓަސް ކެވޭނީ އެއްޗެއްރޯފިލުވައިގެން ކަން އިނގޭތީއެވެ.
ކޮޓަރިން ނިކުތް މަލީހް ފެނުމާއެކު ނިމާލް އޭނައަށް ގޮވާގެނެސް ކައިރީގައި ބޭންދިއެވެ. އޭރު ކުރިމަތީގައި އިން ޖުވައިރިޔާ ހީވަނީ ހުޅުފަޅައިގެން ދާންއުޅޭހެންނެވެ. މިހާރުމިވީގޮތުން ބަދިގޭގެ ހުރިހާކަމެއްގެ އިތުރުން ގޭތެރޭގެ ހުރިހާކަމެއްވެސް ޖެހޭނީ އޭނައާއި އޭނަގެ ދަރިން ކުރާށެވެ. ” ދަރިފުޅު މަންމަގެ ހަބަރުލިބުންއިރު ބޭބޭހުރީ ބޭރުގަ އެހެންވެ ނާދެވުނީ.. އެކަމަކު ހަމަ މަލެއާދެވުމާއެކު ޗުއްޓީނަގައިގެން މިއައީ.. ” މަލީހްގެ ބުރަކަށިގައި ފިރުމާލުމާއެކު ނިމާލް ވާހަކަދެއްކިއެވެ. އޭރު ނިމާލްގެ ލޮލުންވަނީ ކަރުނަ ފާއްދާލާފައެވެ. އެހެންނުވާންވީ ސަބަބެއްނެތެވެ. އެންމެކުޑައިރުއްސުރެ އެކީގައި އުޅެ ބޮޑުވި ހަމައެކަނި ހުރި ކޮއްކޮއަށް ވީނުވީ ނޭންގި ގެއްލުމުން ދެރަނުވާނީ ވަކިކާކުހެއްޔެވެ. ވާހަކައިގައި ތިއްބާ ރެސްޓޯރަންޓްއަށް އޯޑަރުކުރި އެއްޗެހި ހިފައިގެން އެތާމީހަކު އައިސް ސަލާމްގޮވާލިއެވެ. ޖުވައިރިޔާ ބަލިވާހަކަބުނުމުން މެންދުރަށް ބޭރުން އެއްޗެހިގެންނަން ބުނީ ނިމާލްއެވެ. “ހިނގާދޯ ކާންދަމާ.. ޖުވައިރިޔާ ދޭބަލަ އެދެންބެންނަށް ގޮވާލަން ދެންމީ މީހުން ނިދާގަޑިއެއްވެސް ނޫނެއްނު.. ” ” އެކަމަކުވާ ނިމާލު އެކުދިން ކިހާވަރުބަލިވާނެ ސްކޫލްގަ އުޅެފަ އަންނައިރު.. ” އެހެން ބުނުމާއެކު މަލީހް ޖުވައިރިޔާއަށް ބަލާލިއެވެ. ނަމަވެސް އެކަމެއް އޭނައަކަށް ރޭކާނުލައެވެ. އެންމެފަހުން ނިމާލް އާއި މަލީހް ކާންދިޔައީއެވެ.
އެހެން ދުވަސްތަކާއި ހިލާފަށް ބޮޑުބޭބެ އައުމުން ކިޔަވާނެވަގުތު ލިބުމުން މަލީހް ގިނަވަގުތު ހޭދަކުރީ ފިލާވަޅުތަށް މުޠާލިޔާކުރުމުގައެވެ. ކުރިއަށް އޮތް ހަފްތާނިންމާފައި އޯލެވެލް ފެށޭނެތީއެވެ. ނަމަވެސް ފަތިހުހޭލަން އާދަވެފައިހުރުމުން ކޮންމެރެއަކުވެސް މިހާރު ގަޑިސޯނާނުކުރިޔަސް މަލީހްއަށް ހޭލެވެއެވެ. އެހެންވެ ވަގުތަށް ފަތިސްނަމާދަށް ދާންނިކުތްތަނުން ނިމާލްވެސް ނަމާދަށްދާން ނިކުތުމުން ދެމީހުން މިސްކިތަށްދިޔައީ އެކީގައެވެ. ނަމާދުން އަވަދިވެގެން އައިރު އެހެން ދުވަސްތަކާހިލާފަށް ބަދިގޭގައި ޖުވައިރިޔާ ހަރަކާތްތެރިވަމުން ގެންދާތަން ފެނުމުން މަލީހްއަށް ހަމަޖެހުމުގެ ނޭވައެއްލެވުނެވެ. “ބޭބެކޮންއިރަކުތޯ ޗުއްޓީހަމަވަނީ.. ” މަލީހްބޭނުންވީ އެމިނިވަންކަން އޭނާއަށްއޮތީ ކިހާދުވަހަކަށްތޯ ބަލާލާށެވެ. ” ބޭބެއަށް މިހާރު މިކަންވެސް ވަރަށްދުވަހު ކުރެވިއްޖެއްނު.. އެހެންވީމަ ދެން ބޭބެމިހާރުމިވިސްނަނީ މިކޮޅުގެ ވިޔަފާރި ތަންކޮޅެއް ފުޅާކޮށްލަން.. އިތުރަށް ދެން ދަތުރުކުރަން ނުދާގޮތަށް..” އެހެން ބުނުމާއެކު މަލީހް އަށްހީވީ ބޯމަތީގައިއޮތް ހިލައެއް މީހަކު ނަގާދިންހެންނެވެ. ނަމަވެސް ބަދިގެތެރޭގައިހުރި ޖުވައިރިޔާގެ މަސައްކަތްމަޑުޖެހިލީ ލިބުނު ހަބަރުންނެވެ. ދެންމިވީގޮތުން އަރާމުގަގޭގަ އޮށޯވެގެން އޭނާއަކަށް ނޯވެވޭނެއެވެ. ދެމީހުން ވާހަކައިތިބިއިރު މިރޭވެސް ހަމަ ކުރީރެއެކޭ އެއްގޮތަށް ޖުމާނާ މަލީހްއަށް ބަލަން ހުރިތަން ފެނުނެވެ. ނަމަވެސް މިރޭއޭނަހުރީ ކޮޓަރީގެ ދޮރުކައިރީގައެވެ. “ދަރިފުޅާދޭ އެހަށް ފިލާވަޅުތަށް ކިޔާލަން އަދި ވަގުތުއެބައޮތެއްނު.. ބޭބެ މިދަނީ އެދެބެން ނަށް ނަމާދަށް ގޮވަން.. ” އެހެންބުނުމާއެކު ޖުމާނާ އެތެރެއަށް ދެމިގަތެވެ. އެއާއެކު މަލީހްވެސް އަވަހަށް ކޮޓަރިއަށް ދިޔައެވެ.
ހަފްތާއެއްފަސް..
*****
މަލީހް ވަރަށް ހަމަޖެހިލައިގެން ނިކުތީ ޓެސްޓަށް އެންމެފުރިހަމަޔަށް ތައްޔާރުވެލައިގެންނެވެ. އޭރު ޖުމްނާ އާއި ޖުމާނާވެސް ތައްޔާރުވެގެން ނިކުންނަނީއެވެ. ” އަހަ.. ތިންކުދިން.. މިއަދު ބައްޕަދާނީ ތިކުދިންގޮވައިގެން ސްކޫލާހަމަޔަށް އެންމެރަނގަޅުތަ.. ” ނިމާލް ފިހާރައިގައި އުޅެފައި އެވަގުތު އައިސް ގެއަށް ވަދެވުމާއެކު ބުނެލިއެވެ. ” ބޭބެއަށް ފެނިލައްވަ ގޮތެއް.. ” “ބައްޕައަށް ފެނިލައްވާގޮތެއް..” މަލީހް ޖަވާބުދިނުމާއެކު ޖުމާނާވެސް އިތުރުކޮށްލިއެވެ. އެއާއެކު މަލީހް ޖުމާނާގެ މޫނަށްބަލާލުމުން އޭނާ މަލީހްއަށް ހިނިތުން ވުމެއް ރައްދުކޮށްލިއެވެ. މަލީހް ހުރީ ބުނާނެ އެއްޗެއްނޭންގިފައެވެ. މިހާރަކަށްއައިސް ވަރަށް ގިނައިން ޖުމާނާ ވާހަކަދައްކަން އުޅޭކަންވެސް އޭނާއަށް ފާހަގަވެފައެވެ.
ހ.މުތީގޭތެރޭގައި ހަލަބޮލިކަން ގެނުވާފައި ދުވަމުން ދިޔަ އުމުން 13އަހަރުގެ ނާލް ހުއްޓުނީ އޭނާގެ ދޮންތަ ޓެސްޓަށްދާން ތައްޔާރުވެގެން ނިކުތުމާއެކުގައެވެ. “ދޮން.. ވަރަށް ހާސްވޭތަ އަސްލު ތިހާބޮޑުޓެސްޓަކަށް ދާއިރު.. ” ނާލް ބޭނުންވީ އޭނާގެ ދޮންތަހުރީ ކޮންކަހަލަ ހާލަތެއްގައިތޯ ބަލާށެވެ. ” އަސްލު ދޮން ހާހެއްނުވޭ.. އެކަމަކު މިހާރު އެބަ ފިނިވޭކުޑަކޮށް.. ކޮބާތަ ބައްޕަ އަދިވެސް ނުދުރުވޭތަ.. ” ނަވާރުއަށް އެހެންބުނެވުނުވަގުތު ޒިޔާދުއައިސް ގެއަށް ވަނީއެވެ. “ދަރިފުޅުތައްޔާރުދޯ.. އަވަހަށް ހިނގާދާން.. ޓެސްޓަށް ދާއިރުވާނެ ވަގުތަށް ކޮންމެހެންވެސް ދާން.. ” ޒިޔާދުއާއިއެކު ނަވާރުދާން ހިނގައިގަތުުމާއެކު “ބެސްޓް އޮފް ލަކް ދޮން.. ” އޭ ނާލް ބުނެލިއެވެ.
ތަފާތުވާހަކަތައްދައްކަމުން ނިމާލްމެންނަށް ސްކޫލާހަމައަށް ދެވުންއިރު ކުދިން ވަންނަންފަށައިފިއެވެ. އެހެންވެ ތިންކުދިންނަށްވެސް ނަސޭހަތްދިނުމަށްފަހު އެތެރެއަށް ދިއުމަށް ނިމާލް އިޝާރާތް ކޮށްލިއެވެ. އެކުދިންގޮސް ޓެސްޓްހޯލަށްވަންނަންދެން އެތާންގައި މަޑުކުރުމަށްފަހު ހިނގައިގަތް ނިމާލް މަޑުޖެހިލީ މާދުރުން މީހަކު ހަނާއަޅާލުމުންނެވެ. އޭރު ސައިކަލުގައި ރަށުކައުންސިލްގެ ރައީސް ޒިމާމް އޮވެގެން އެދިމާއަށް އާދެއެވެ. ” އަހަ.. ނިމާލް ކޮންއިރަކު އައިސްތިއުޅެނީ.. ” “ހަފްތާއެއްވަރުވެއްްޖެ.. ވަރަށްބުރަކޮށް މިދުވަސްކޮޅުމިއުޅެނީ.. ގެއިން ފިހާރަޔަށް ނޫންތާކަށް ނުދެވޭއަދި.. ” ޖީބުގައި އޮތް ޓިޝޫޕަކެޓްއިން ޓިޝޫއެއްނަގާ ފުހެލަމުން ނިމާލް ވާހަކަދެއްކިއެވެ. ” އެހެންތަ.. އަހަރެންވެސް ހަފްތާއެއްކުރިން މާލޭގަ އުޅެފަ މިއައީ.. އެބައޮތޭ ދައްކާލަންވެފައޮތް ވާހަކައެއްވެސް.. ހިނަގާބަލަ ކޮފީއެއްބޯލަން ދަމާ.. ” ސައިކަލު ފަހަތަށް އަރަން އިޝާރާތްކޮށްލުމުން ދެކޮޅުހެދުމެއްނެތި ނިމާލް އެރީ ޒިމާމްއަކީ އޭނާގެ ދުވަސްވީ ރަހްމަތްތެރިޔާވީމައެވެ. އެއާއެކު އިތުރުމީހަކަށްވެސް ގުޅާ ކެފޭއަށް އައުމަށް އެދުމަށްފަހު ޒިމާމް ސައިކަލްދުއްވާލިއެވެ. “ކާކަށްތަ ތިގުޅީ.. ” “ހެހެ ހާސްނުވެބަލަ އެއީ މިކޮޅުސްޓޭޝަނުގެ އިންޗާޖު.. ނަވާޒް.. ”
ޒިޔާދު ނަވާރުގެންގޮސް ބިލަބޮންގްހައި އިންޓަނޭޝަނަލް ސްކޫލަށް ލުމަށްފަހު އެނބުރި ގެއަށް އައީ ހައިވެފައިހުރުމުންނެވެ. ޒިޔާދުގެ ކާރުއައިސް ގޭޓާއި ހަމަވުމުން އަދަބު އަދާކޮށްލާފައި ސެކިއުރިޓީއިން ގޭޓްހުޅުވާލަދިނެވެ. މިތަނަވަސް މުއްސަނދިގެ ދިހަބުރިއަށް ނަގާ ޒަމާނީފެންވަރަށްހަދާފައި ވީނަމަވެސް މިގޭގައި ދިރިއުޅެމުންދަނީ ޒިޔާދުއާއި ހަފީޒާގެ އިތުރުން އެދެމަފިރިންގެ ހަމައެކަނި ތިބިދެދަރިންނެވެ. ޒިޔާދުގެ ފެންވަރަށް ހަދާފައިވީނަމަވެސް ގޯތިތެރޭން އެފެންނަ ކާޕެޓްވިނަޔާއި ފިނިފެންމަލާއި އޯކިޑްމަލުގެެބަގީޗާއަކީ ހަފީޒާގެ މިންނެތްމަސައްކަތެވެ. ގޭގެ ހައިބަތާއި ނަލަކަން ބޮޑަށް ފެނިގެންފދަނީ މިބަގީޗާވެސް އޮތުމުންނެވެ. ނަމަވެސް މިހާރު އެހުރިހާކަމެއް ބަލަހައްޓަނީ ގޭގެ ހާދިމުންނެވެ.
ނިމާލްމެންނަށް ކެފޭއަށް ދެވުން އިރު އެމީހުންގެ އިންތިޒާރުގަ ނަވާޒް އެތާންގައި ހުއްޓެވެ. “ކޮބާ ބޯއެއްޗަކަށް އޯޑަރުކޮށްލާފަދޯ ވާހަކައަށްދާނީ.. ” ކަނެއްގައި ހުރި ހުސްމޭޒަކަށް އިޝާރާތްކުރަމުން ޒިމާމް ހިނގައިގަތެވެ. އެއާއެކު ނިމާލްއާއި ނަވާޒްވެސް އެދިމާއަށް ދިޔައެވެ. ތިންމީހުން ވާހަކަ ދައްކާލުމާއެކު ވޭޓަރަށް ގޮވާލާފައި ތިންކަޅުކޮފީއަށް އެދިލިއެވެ.
“ނިމާލް އަަހަރުމެން މިދައްކާވާހަކައިން ފަހަރެއްގަ ނިމާލްގެ ހިތުގަ އަހަރެމެންނާމެދު ފުސްކަމެއްލެވިދާނެ.. އެކަމަކު ނިމާލްމިކޮޅަށް އައިހާ އަވަހަކަށް އަހަރުމެންތިބީ މިވާހަކަ ކޮންމެހެންވެސް ދައްކަން ނިންމައިގެން.. ” ޒިމާމް ނަވާޒަށް ދޯދެމުން ބުންޏެވެ. އެވަގުތު ކޮފީގެނައުމުން ތިންމީހުންވެސް ކޮފީކޯވަރެއްބޯލީ ހަމަޖެހިލުމަށެވެ. “ޒިމާމްއެބުނީ ތެދުވާހަކައެއް.. އެންމެފުރަތަމަ ތިގެއަށް ބަދަލްވީޘދުވަހުން ފެށިގެން މަލީހް އުޅެމުން ދަނީވަރަށްހާލުގަ.. އަހަރުމެންނަށް އެކަން އެނގި ސްކޫލްގެ އިސްވެރިންނަށްވެސް އެކަން އެނގުމުން އަހަރުމެން ނިންމީ ޖެންޑާއަށް މިމައްސަލަ ހުށައަޅަން އެކަމަކު އިނގޭތަ އެކަމަށް ހުރަސްއެޅީ މަލީހް.. އޭނަބޭނުމެއްނުވި ކިޔެވުމުގެ އެންމެ މުހިތްމު އަހަރު ކިޔެވުމަށް އިތުރަށް ބުރޫއަރާކަށް… ” “ތިބުނީ ކިހިނެއް ހާލުގަ އުޅެންޖެހުނުވާހަކަ.. ” ނަވާޒްގެވާހަކަ ނުނިމެނީސް ނިމާލްއަށް ކެތްނުވުމުން އަހާލިއެވެ. އެއާއެކު ކަންކަން ހިނގާދިޔަގޮތް ވަރަށް ތަފްސީލްކޮށް ނަވާޒް އާއި ޒިމާމް ކިޔައިދިނެވެ. ނިމާލްއިނީ އޭނަގެ އަންހެނުން އެހާދަށުދަރަޖައަކަށް ވެއްޓުނީތީ ބުނާނެ އެއްޗެއްވެސް ނޭންގިފައެވެ. އަދި މަލީހްއުޅޭނެހާލު ހިތަށްއެރުމުން ދެރަވެ ރޮވިފައެވެ.
ދުވަސްތަށް ފާއިތުވަމުންގޮސް ނަވާރުގެ އިމްތިހާންތައް ނިމުމާއެކު ބޯހަމަޖައްސާލަން ދާނެ ތަނަކާއިމެދު މަޝްވަރާކުރެވެންފެށުނެވެ. ނަމަވެސް ނަވާރު ހިތްހަމަޖެހޭ ހަމަ އެއްތަނެއްގެ ނަމެއްވެސް ނުބުނެވެއެވެ. މީގެކުރިން ކޮންމެ ޗުއްޓީއެއްގައި އެމީހުންވަނީ ދުނިޔޭގެ މަޝްހޫރު އެކިކަންކޮޅުތަކަށް ގޮސްފައެވެ. ނަމަވެސް ނަވާރު މިފަހަރުބޭނުންވީ ރާއްޖެތެރޭގެ ހިތްގައިމުކަން ބަލާލަން ދާހިތެވެ. ޒިޔާދުއާއި ހަފީޒާވެސް އެކަމަށް ދެކޮޅުނުހެދީ މިފަހަރުގެ ދަތުރަކީ ނަވާރަށް ހާއްސަ ދަތުރަކަށްވާތީއެވެ. ޒިޔާދު ވިސްނުމެއްގައި އިނުމަށްފަހު ފޯނުން ނަންބަރުތަކަކަށް ފިތާލުމަށްފަހު ކޮންމެވެސް މީހަކަށްގުޅާލިއެވެ. ވާނުވާނޭންގިފައިހުރެ ” ބައްޕަ އަޅުގަނޑުމެން ނުގެންދާންކަންނޭންގޭ ” މަޑުމަޑުން ނާލް އޭނަގެ ދޮންތަކައިރީގައި ބުނެލިއެވެ. “އަަޅޭ.. ކޮއްކޮމަޑުން އިނދެބަލަ.. ” ނަވާރު ހިތްނުތަނަވަސްވެފައިވާ ހާލު އޭނަ ކޮއްކޮއަށް ބުނެލިއެވެ. ފޯނުނިންމާލި އިރު ޒިޔާދުގެމޫނުމަތިވަނީ އުޖާލާވެފައެވެ. “ކޮބާ ދަރިފުޅުއެހެންވީމާ އަންނަ ހޯމަދުވަހަށް ތައްޔާރު ވާންވީ.. އަދި އެބައޮތެއްނުދޯ ފަސްދުވަސް.. އެކޮޅުން ހުރިހާކަމެއްވެސް ހަމަޖެހޭނެ ވާހަކައެބުނީ.. ” ދާވަކިރަށެއްނުބުނެ ޒިޔާދު ދަތުރަށް ތައްޔާރުވުމަށް ބުނުމަށްފަހު ދިޔައީ އޮފީސްކަމެއްގައި ބޭރަށް ކުއްލިއަކަށް ދާންޖެހުމުންނެވެ.
ނިމާލްމިހާރު މަލީހް ހުސްކޮށް ހުންނަވަގުތެއްވީޔާ އޭނައާއި އެކުގައި ގޮވައިގެން ދަނީފިހާރައަށެވެ. މަލީހްވެސްހެދީ ސައިންސް ސްޓްރީމް ވީމަ މިހާރުވަނީ އިމްތިހާނުވެސް ނިމިފައެވެ. އާދައިގެން މަތިން ނިމާލް އާއިއެކު ފިހާރަޔަށްދިޔަ މަލީހް މަސައްކަތުގައި އުޅެނިކޮށް މަލީހް ހޯދަން އައި ވާހަކަ ކައުންޓަރުގައި އިން ދާލިޔާ ގޮވާލާފައި ބުންޏެވެ. “އޭތް .. ޝަބީން ކޮންއިރަކު އައިސްތިއުޅެނީ.. ” މަލީހްއަށް ޝަބީންފެނުމާއެކު ސަލާމްކޮށްލާފައި ވާހަކަދައްކަން ފެށިއެވެ. “އަދި މާގިނައިރެއްނުވޭ މިކޮޅަށް އައިތާ.. މަލީހް އަށްގުޅޭނެގޮތެއް ނެތީމަ މިކޮޅަށް މިއައީ.. ކޮބާކިހިނެއްއޮތީ.. އަންނަހަފްތާގަ މުބާރާތްފެށޭނެ… މިއަދުގޮސްވެސް މަލީހް ހަމަޓީމްއާގުޅެންވީ.. ހުންނާ އަހަރެމެންގޭގަ ކެއުމާހުރުން ހަމަޖެހޭނެ… ” ޝަބީންއައިބޭނުން ހާމަކޮށްލިއެވެ. އެވަގުތު ދުރުގައިހުރި ނިމާލްއަށް ބަލާލިއެވެ. “ދަރިފުޅުދާންބޭނުންވަންޏާ ބޭބޭގެ އެއްވެސް މައްސަލައެއްނެތް މިއަދުވެސް ހަމަދާންވީ.. އެކަމަކު އެކުވެރިއަކު އައިމަ ތިހުންނަނީ.. ފްރިޖްއިން އެމީހުން ބޯން ބޭނުންވާއެއްޗެއް ނަގާދީބަލަ ދާލިޔާ.. ” ހިނިތުންވުމާއެކު އެދިމާއަށް އަންނަމުން ނިމާލް އެދުނެވެ. އެވަގުތަށް މަސައްކަތް ހުއްޓާލާފައި ނިމާލް އެދެކުދިން ގޮވައިގެން ސައިބޯންދިޔައީ އެކުދިން މުބާރާތަށް ރެޑީވާއިރު ފިޒީޑްރިންކްސް ނުބޯވާހަކަބުނުމުންނެވެ. ސައިބޯން ތިބިއިރު ދެކެވުނު ވާހަކަތަކުން މަލީހްއާއި ޝަބީން ދިމާވިގޮތްވަނީ ނިމާލް އަށްކިޔާދީފައެވެ. ބިލްހަވާލުކޮށްލާފައި ނިމާލް އެދުނީ މެންދުރު ފުރަންޏާ ޝަބީންގޮވައިގެން ގޮސް އަވަހަށް އެއްޗެހިޕެކްކޮށްލުމަށެވެ. އަދި ނިމުންހާ އަވަހަކަށް އެއްޗެހި ހިފައިގެން ބޭބެއާއި ބައްދަލްކުރަން އައުމަށެވެ. އޭރު ގަޑިން އެގާރަގަޑި ބައިވަނީއެވެ. އެހެންވެ އަވަހަށް މަލީހްމެން މިސްރާބުޖެހީ ގެއާދިމާއަށެވެ.
ހަވީރު ޗެކިންއަށްދާންޖެހޭތީ އެންމެފަހުގެ ޝޮޕިންއަށްނިކުމެ އުޅުން ހަފީޒާ އާއި ނަވާރު ގެއަށްވަނީ ވާވަރަށް ޗޮކްލެޓާއި ކުދިކުދި ލުއިކާނާތަކާއި ޕަކެޓްތަކުން ކޮތަޅުތަށް ފުރާލައިގެންނެވެ. އަލަށް ރާއްޖެތެރެއަށްދާއިރު ވާންޖެހޭ ހުރިހާ ތައްޔާރީތަކެއްހުރީ އެންމެ ފުރިހަމަޔަށް ކޮށްފައެވެ. މޫދަށްގޮސްހަދާނެ ސާމާނާއި މަސްބޭނުމުގެ ސާމާނުވެސް މަދުނުވާނެހެންވަނީ ޕެކްކޮށްފައެވެ. “ހެއި ދޮން.. ބައްޕަ ދުރުވެއްޖެ ޓިކެޓްތަށް ހިފައިގެން.. އެކަމަކު އަދިވެސް އަހަރުމެންގެ ޑެސްޓިނޭޝަންއަކީ ކޮބާކަމެއް ނޭންގެ.. ” ޒިޔާދުމެންގެ ކޮޓަރިއަށް އިޝާރާތްކޮށްލަމުން ވަރަށް އެކްސައިޓްވެފައިހުރެ ނާލް ވާހަކަދެއްކިއެވެ. އެވަގުތު ކޮޓަރިން ނިކުތް ޒިޔާދުފެނުމާއެކު ހަފީޒާ އެމީހުންދާ ރަށާބެހޭގޮތުން ސުވާލުކޮށްލިއެވެ. “އަހަތުމެންދާން މިއުޅެނީ ކޮޅުމަޑުލު ބުރުންޏަށް.. މަޝްހޫރު ދޮންހިޔަލަގެރަށަށް.. “
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
25 Comments!
Comments are closed.






I’m first dhw kiyaalaafa comment eh kohlaanan ?
Yes click a shot hama first ?
Varah salhi mi part ves layaa..layaa ge kurin liyun story ves varah reethi.mi part ga ekam mistake eh ebain “aharumendhaan”liyanvi thanakah “ahathumendhaan”liyevifa ini..adhives dhethin varakah mistakes faahagavi..ethathan rangalhu kohlani koh ok vaane?❤️
Yes dear layaa ahvess ekan faahagavee upkohlevun fahun.. phone in typekuraairu hama undhagulee .. insha allah next part ga ebai rangalhu kohlaanan .. ? btw thankyou so much thigothah faahagakohla dhineema ?
Assalaam alaikum .. kihinehtha huriha frnds .. vaahakaige mibaivess thiyahurihaa ekuverinnahvess kamudhaane kamah unmeedhukuran.. Adhi rangalhukohlanjehey thankolheh ineeyaavess buneladheynekamah unmeedhukuran ? much loves?
Me first
Alhey dheranuvey mifaharu mal second.. dhenfaharakun first hoadhaaneedhw ?
Reethi eulhenee dhimaavaan dhww .. yeyy
Thank you so much my dear nern…? hamavedhaane ehenvess ? ?
Awesome..
Thank you so much my dear Unaal ??
woww. story hama habbu . varah salhi. whn nxt part?? buruni a ee varah salhi rasheh 😉 layaa waiting for nxt part!! 🙂 😀
Owh Ehentha sjk .. thank you so much my dear.. SJK.. ? assluvess hama ehaa salhivaanetha earah .. kudakoh rashungenai thanthan kiyaaladheehchey ehenveema.. ??
Yeah. If u need any help or if u want any info. about buruni, ask me ??
Masha Allah
Shukuran jazeelan.. ??
alhey v reethi mi partvess well done dr next part avass kohlahchey plz plz???
Thank you so much my dear nux… ??next prt Tuesday ga insha allah
ahaalan tha suvaaleh? kudakoh evi goi kiyaa dhevidhaanetha?
Adhineyngun dear thibuniehchah .. thankolheh kurukoh fonikoh buneladhrvidhaanetha ?
Hehe. Its okey. I was a bit confused about naal and navaar. But mihaaru okey.
Mi partvess vvv reethi dear…but some mistakes mi part ga faahagavi?.. ekam stry ok… next part avas kohlahchey ingey layaa dear..?????
Next part up vaane Tuesday ge evening 7 ga..? keep wait ingey.. insha allah epartga thigaahagakohli kanthah rangalhuvaane ?? btw thank you my dear friends
Nice story . Loving the scenes. 🙂
Awwn thank you my dear shereen ??