ސްކޫލްގެ ފުރަތަމަ ދުވަހަށްވުމުން މާގިނަވަގުތަކު ސްކޫލްގައި ހޭދަކުރާކަށް މަލާކްއަށް ނުޖެހުނެވެ. ނަމަވެސް ކުލާހުން ނިކުމެ ނިކުމެ ހުރި މަލާކް އަށް ހުއްޓެވުނީ މާހިލްއައިސްް ކުރިމައްޗަށް އެރީމައެވެ. ކަޅިޖަހާނުލައި މާހިލް ބަލަންފެށުމުން މަލާކް އަށް ކިތަންމެ އުނދަގުވީނަމަވެސް އެއްޗެއްނުބުނެ ހިނގައިގަތީ ބޭރަށް ދާށެވެ. “މަލާ.. މަޑުކޮށްލެވިދާނެތަ..” މާހިލް ގެ މަޑުމައިތިރި ގޮވުމުން މަލާކް އަށް ހުއްޓިލެވުނީ އިޙްތިޔާރަކާއެކު ގައެއްނޫނެވެ. “މަލާ.. އަހަންނަށް މާފްކުރޭ.. އަހަރެން ގަސްތަކުނޫން.. އެރޭއެހެންހެދީ.. އެކަމަކު އެގޮތަށް ކަންތަށް ކުރެވެމުން މިއަދު އަހަންނަށް ކުއްވެރިކަން އިހްސާސްވޭ.. […]
އަހަރުގެ ޗުއްޓީނިމި ކިޔެވެން ފެށެން ގާތްވުމާއެކު ޝަމާލް އާއި އަރޫން ތައްޔާރުވަމުން ދިޔައީ ފުރުމަށެވެ. ހަމައެގޮތަށް ދޮންތަމެން ހަނީމޫނަށް ފުރުމާއެކު މަލާކް ވެސް މައިޝާއާއި އެކު ދިރާސީ އައު އަހަރަށް ތައްޔާރީތަށް ވަމުން ދެއެވެ. ކިތަންމެ ހިތްނޭދުނަސް އަރޫން މަލާކްގެ ކުރިމަތިން ގެއްލޭޗަގުތުކުޑަތަން ވަމުން ދާވަރަކަށް އެފަކީރުގެ ހިތްނުތަނަވަސްވުން ދިޔައީ އިތުރުވަމުންނެވެ. ނަމަވެސް މުސްތަޤުބަލަށްޓަކައި ކިޔެވުންވެސް އެހާމުހިއްމެވެ. މަލާކް އާއި އެކު ފޮތްތަށް ރެޑީކުރަންހުރި މިޝާ އެއްކައިރިއަށް ޖެހިލީ ޝަމާލް ގުޅުމުންނެވެ. ރާއްޖޭން ބޭރުގައި ހޭދަކުރަމުން ދިޔަ […]
އެންމެގެ ނަޒަރު މަލާކްއަށް ހުއްޓުމުން ލަދުން މިޝާގެ ފަހަތަށް ވަނީީ ހަދާނެ އިތުރުގޮތެއް ނެތުމުންނެވެ. އޭރު އެފަކީރުގެ މޫނަށް ވަނީ ޖަންބުކުލައަރާފައެވެ. “މީހަމަ ބައްޕަ މަލްކޮތަ.. މާޝާ ﷲ ހާދަރީއްޗޭ.. ބައްޕަހީވެސް ނުކުރަން ތިގޮތަށް ބައްޕައަށް ސަޕްރައިޒްއެއް ދޭނެކަމަށް.. މިރޭ ބައްޕަ ވަރަށް އުފާވެއްޖެ.. ” ހިޝާމް އައިިސް މިޝާގެ ފަހަތަށްވަތް މަލާކް އަަެނާގެ ކުުރިމައްޗަށްގެނެސް ވާހަކަދެއްކިއެވެ. ހުދުކުލައިގެ ކަކުލާހަމައަށް އަރާ ހެދުމަކާއެކު ފެހިކުލައިގެ ލެގިންސްއެއް ލާފައިވާއިރު ބޯފޮރުވާލެވިފައިވަނީ ފެހިކުލައިގެ މިޒަމާނުގެ އެންމެ ފެޝަން ޝޯލްއަކުންނެވެ. ޝޯލްއަޅާލާފައިވާގޮތުން […]
އެއީމީގެ ސައުވީހަކަށް އަހަރުކުރިއެވެެ. ހިޝާމް އާއި ސަމީހުުގެ ޒަމާންވީ ގާތްގުޅުމަށް އިންޤިލާބެއްގެނުވީ އޭރުގައެެވެ. ސަމީހުގެ ހިތުގެރާނީ ހިޝާމްއާއި ހަވާލުކުރަންޖެހުނީ އެހިތުގައި ވޭންނާޅާތީއެއްނޫނެވެ. ނަމަވެސް ދެމީހުނަށް ވެސް އުފާވެރި ހަޔާތެއްލިބެން އޮތީ އެފަދަގުރުބާނީއެއް ވެގެބް ކަމުގައި ތަގްދީރުގައި ލިޔެވިފައިވުމުން ނެވެ. ނަމަވެެސް ސަމީހުގެ އެމަޖުބޫރީ ކައިވެނި ވެވުނީ ހިޝާމް އާއި ޒިޔާދަގެ ކައިވެންޏަށް ދަރިއަކުލިބުން ފަހުންނެވެ. އެހުރިހާދުވަހުވެސް ހިތުގައި އަތްއަޅާލައިގެން އެމީހުންގެ ހާލުބަލަމުން ގެންދިޔަ ސަމީހުއަށް އެއްވެސް ގޮތެއްނެތި މަައިންބަފައިންގެ އަގު ހިފޭއްޓުމަށް ކުރިކައިވެނި ވެގެންދިޔައީ ހިޝާމް އާއި […]
ސަމީހު އަރޫންއަށް ނޭންގޭ އެތަކެއް ވާހަކަތަކެއް ކިޔާދިނެވެ. ” ދަރިފުޅާ ނަމަނަމަ މަންމަ އަށް މިއިންކަމެއް އެނގުނަ ނުދޭތި.. ކުރިން އުޅުންގޮތަށް ދަރިފުޅުވެސް ހަމަޖެހިގެން އުޅޭނީ..” ސަމީހުގެ ވާހަކައަށް އަރޫން އެއްބަސް ވުމުގެ ގޮތުން ބޯޖަހާލިއެވެ. ” ބައްޕާ އަޅުގަނޑު އަދިމިިއިނީ ހަނދާންނެތިފައޭ.. މިއޮތީ ބައްޕައަށް ރައްދުކޮށްދިނުމަށް އެދި މިޝާގެ ބައްޕަ ދެއްވި އެއްޗެއް.. ” ލާފައިހުރި ޖެކެޓްގެ އެެތެރޭން ނަގައި ފޮތްދިއްކޮށްލަމުން އަރޫން ބުންޏެވެ. އަރޫން އެފޮތް ހިފައިގެން އައީ އެއަމާނާތް އޭގެ އެންމެ އެދެވޭގޮތުގައި […]
“މަލާ.. އަސްލު އަހަރެންބޭނުން މަލާތީ ވަރަށް މޮޅުކުއްޖަކަށްވާން…” ދައްކާނެ ވާހަކައެއްނޭންގުމުން އެންމެފަހުން އަރޫން އެހެންބުނެލީ މަލާކްވެސް އެކަމާ އެއްޗެކޭބުނާނެހެން ހީވުމުންނެވެެ. “މަލާާ އަސްލުކިޔަވަނީ ކޮންސްޓްރީމެއްތަ..” “ކޮމާސް..އެންޑް ބިޒްނަސް..” މަލާކްވެސް މަޑުމަޑުން ވާހަކަދެއްކިއެވެ. ނަމަވެސް އަރޫން އެފެށިވާހަކައަކުން ކުރިން މަލާކް އަށް ހީވިހީވުން ގޯސްވެއްޖެއޭހިތާހުރި ވަރަށް ކަންބޮޑުވެފައެވެ. “އެހެންވީމަތިވީމާރަނގަޅަކައްނު.. އަހަރެންވެސް ކިޔަވަނީ ބިޒްނަސް.. އަދިމިވީ އެންމެ ދެއަހަރު އެކަމަކު އިރާދަކުރެއްވީޔާ ކިޔެވެންއޮތް އެނމެ މައްޗަށް ކިޔަވާނިންމާ ކުރިޔަށް އޮތް ދެއަހަރުތެރޭގަ ނިންމާލެވޭނެ.. ” ” އެހެންތަ .. އެހެންވީޔާ […]
“އޭތް ތުއްތޮންބޭ.. ބަލާބަލަހުންނަ ވަގުކަން.. ބިޓެއްނަގާފައަންގާވެސްނުލާ.. ” މިޝާއަށް ކެތްނުވެގެން ޖަޒްލާންކައިރިއަށް ޖެހިލާ ކޮނޑުގައިޖަހާލަމުން ވާހަކަދެއްކިއެވެ. “މިޝްކޮއާއި މަލްކޮއަށްތަ އަހަރެމެން މިއިންތިޒާރުކުރީ..” ޖަޒްލާންވެސް ކޮއްލީ އޭނާގެ ހިތުގައިވާ ސުވާލެވެ. މިޝާއޭނައާއި ޝަމާލްގެ ވާހަކަބުނެދިނެެވެ. ” މީި.. އަސްލުވީގޮތަކީ މިރިލޭޝަަން މިއަދާހަމަޔަށްވެސް އޮތީސިއްރުކުރެވިފަ.. އަދި މިއަދު ބިންގެ އެއްބަނޑުއެއްބަފާ ދޮންބެއަށްވެސް އިނގުނީ.. . ބައިދަވޭ.. މިޝްކޮޮ.. މަލްކޮ.. މީ ބިންޔާ.. ތުއްތޮންބެގެ. އުހުމް އުހުމް .. ދެން އެނގޭނެދޯ.. ” ބިންޔާއަށް ލޯބިން ގޮވާނަމުން ގޮވަންނުކެރިގެން އެހެން ހަދާލުމުން […]
އަރޫންފެނުމާއެކު މަލާކް އަވަހަށް ކޮޓަރިއަަށް ވަދެ ދޮރުލައްޕާތަޅުލިއެވެ. އޭރުޝަމާލް އައުމުން މިޝާއެދިމާއަށް ދިއުމުން މަލާކްނެތްކަމެއް އޭނާއަކަށް ނޭންގެއެވެ. ޝަމާލްމެންގެ ފަހަތުން ހިޝާމްއާއި މީރާންއާއި އައިސްވަނީ ހަމައެވަގުުތުގައެެވެ. އަރޫންފެނުމާއެކު ހިޝާމްއަށް ކޮންމެވެސްމީހަކު ހަނދާންވާފެށިއެވެ. ވަރަށް ބެލުމަށްފަހުގައިވެސް ކާކުކަންހަނދާންނުވުމުން އެކަމާއެވަގުތުއަޅާނުލީ ގެއަށްއަންނަންއުޅޭ އާދެމެހެމާނުންވެސްތިބުމާއެކުގައެވެ. “ކޮބާމަލާ..” ކާގެއިން ނިކުމެގެން އައި މައިޝާއެހެންބުނުމުން ހިޝާމްއާއި މިޝާއަށް ވެސް އެވަގުތުއެކަން ފާހަގަވިއެވެ. މަލާކްގޮސް ކޮޓަރިއަށްވަނުމާއެކު ބަޑިފަޅައިގެންދިޔައެވެ އެހެންނުވާންވީ ސަބަބެއްނެތެވެ. ފިރިހެނަކުފެނިގެން އަލަށް އޭނާގެ ހިތުގައި ވިންދެއްޖަހާލިމީާވެސް މިވީ އޭނާގެ ދޮންތަބެއަށެވެ. ކިހާނަސީބުދެރަހެއްޔެވެ. އެންމެބޭނުންވި މަންމަގެ […]
“ދަރިފުޅާ.. އަރޫން.. ” ސަމީހްގެ އަޑުޖެހުމާއެކު އަރޫން އަވަހަށް އޭނަގެ އާއިލާއާއި ދިމާއަށްބަލާލެވުނެވެ. މަލާކް ވެސް ސިހުންވެހުރެފައި ބަލާލީ އަޑުއައިދިމާއަށެވެ. “އޭތް މިޝާ.. ” ބިންޔާއަށް މިޝާފެނުމާއެކުހެން އައިސް ބައްދާލިއެވެ. މިޝާވެސް އެހާދުވަސްކޮށްފައި އެކުވެރިޔާފެނުމުން ހުުރީ ވަރަށް އުފާވެފައެވެ. މަލާކްއަށްވީ އެހެންގޮތެކެވެ. ސަމީހު މަލާކް އަށް ބަލާގޮތުން ހަދާނެގޮތްހުސްވެފައި ހުންނަންޖެހުނީއެވެ. ބަލްޤިިސް އޭނާގެ ދަރިފުޅުގައިބައްދާލުމަށްފަހު އަވަހަށް މާލެދިއުމަށް އެދުމުން ޝަމާލްމެންވެސް ދިޔައީ އަވަހަށް އެދިމާއަށެވެ. މާލެގެ ހަލަބޮލި މާހައުލާގާތްވިވަރަކަށް އަރޫން އިނީ ބޮލަށް އުނދަގުވެފައެވެ. ނަމަވެސް ކުރިމަތިން […]