އައި.ޖީ.އެމް.އެޗް ގެ ހަލަބޮލި މާހައުލުގައި ދެކޮޅުދެކޮޅަށް ހިނގާލަހިނގާލަ ހުރިމީހާގެ މޫނުމަތީގައި އިންތިހާދަރަޖައިގެ ނުތަނަވަސްކަމާއި ކަންބޮޑުވުންފާޅުވެވެހުއްޓެވެ. އޭނާގެ އަންްހެނުން ވިއްސާކޮޓަރިއަށް ވެއްދިތާމިހާރު ބައިގަޑިރުވާންވެފައިވާއިރު އަދި އޭނާ ތަނަކު ހަމަޖެހިލައިގެން ނުހުރެވެއެވެ. އެންމެފުރަތަމަ ދަރިފުޅު އުފަންވާއިރު ބައްޕައެއްގެ ހިތުގައި އުފެދޭވަރުގެ ހާސްކަމެއް މިފަހަރުވެސް އޭނާއަށްް ކުރެވޭކަހަލައެވެ. އެހެން ނުވާންވީ ސަބަބެއްނެތެވެ. މިފަހަރު އޭނާގެެއަންހެނުން ބަލިވެއިނީއްސުރެ ހުޅެނީ އަބަދުހެންބަލިވެއެވެ. ” ފާތިމަތު ޒިޔާދާގެ އެހީތެރިއެއް” ހާސްވެކަންބޮޑުވެފައިވާ ހިޝާާމްގެ ހިނގުމަަށް ހުއްޓުމެއްއައީ އޭނާގެ އަންހެނުންގެ އެހީތެރިޔާއަށްގޮވާލުމުންނެވެ. ” ކިހިނެއްތޯވީ.. އަޅުގަނޑުމީ ޒިޔާދާގެ ފިރިމީހާ..” […]
Author
Hawwu (Layaa)
އަބަދުވެސް ވާހަކަ ކިއުމާއި އެއްވަރަށް ވާހަކަ ލިޔާހިތްވޭ.. އެހެންވެ މިސައިޓްގެ ގިނަވާހަކަތަކެއް ކިއުމަށްފަހު ހިތަށްއެރީ ކުރިން ލިޔެފައިހުރި ވާހަކަތަށް އަޕްކުރަން.. އެކަމަކު ފަހުން ވިސްނާލާފަ ސައިޓަށް އާ ލަޔާ) ހައްވި( ގެ ވެސް މުޅިން އާ ވާހަކަތަށް އެސްފިޔައިގެ ޒަރީއާއިން ތިޔަކިއުން ތެރިންނަށް މިގެނެސްދެނީ.. އުންމީދުކުރަން ހުރިހާ ކިއުންތެރިން ފަރާތުންވެސް ބިނާކުރުވަނިވި ފާޑުކިއުންތަކެއް ލިބޭނެ ކަމަށް.. ??? Email:[email protected] Instagram: hawwu_gallery
100 Articles