
ސިއްރު ސިއްރުން ހިތޭ… (9)
” އޭ.. މާހް ހިނގާބަލަ ބޭރަށް ނިކުމެލަން.. އަދި ނުވައެއްނުޖެހީ.. ” ޝަބީން ބޭނުންވީ ސިކުނޑީގައި އެނބުރެމުންދާ ހައިޖާނުގަނޑު ކޮންމެވެސް ގޮތަކުން މަތަކޮށްލާށެވެ. އެހެން ނޫނީ އެކަމުގެ ސަބަބުން ނުބައިނަތީޖާއެއް ނިކުމެ އެކުވެރިކަމަށް ބުރޫއަރާފާނެތީއެވެ. އެހެން ބުނުމާއެކު މަލީހު “ހިނގާ..” ށޭކިޔާ ވަގުތުން ތެދުވިއެވެ.
ދެކުދިން އެކީގައި ވިސްނުމެއްގައި ތިބެ ހިނގައިގަތް ނަމަވެސް ނަވާރު ހުއްޓުނީ ޝިވަން އޭނަގެ އަތުގައި ހިފާއަނބުރާލުމުންނެވެ. އޭރު ޝިވަންގެ މޫނުމަތީގައިވާ ނުތަނަވަސްކަން ހުރީ ދިމާއަށް ފެންނާށެވެ. “ނަވާ.. ޝިވަން އެއްޗެއް އެހީޔާ ތެދަށްބުނާނަންތަ.. ” އެހާސީރިޔަސް ވެފަ ހުއްޓަދުވަހަކުވެސް ޝިވަންފެނިފައި ނުވާތީ ނަވާރު އަވަހަށް “އާން” އޭ ބުނީ އެއީ ކޮންވާހަކައެއްހޭ އަހާ ފަދައަކުން ނިތްއަރުވާ ލަމުންނެވެ. “ނަވާ.. ލައިކްވާ.. ނޫނީ ލޯބިވާ ކުއްޖަކު ހުރޭތަ.. ” ޝިވަން ކޮށްލިސުވާލުން ނަވާރުއަށް ތެޅިގަނެވުނެވެ. ހުރިހާދުވަހު ހިތުގައި ފޮރުވައިގެން އުޅުން ލޯބި ހޭލައްވާލިއެވެ. ނަމަވެސް އަދި އެއްވެސްމީހަކަށް އެކަން ހިއްސާ ކޮށްފައިނުވާއިރު ޝިވަން ކުއްލިއަކަށް އެހެން އެހީ ކީއްވެބާއޭ ހިތައްއެރިއެވެ. ހިޔާލީދުނިޔެއަށް ގެނބެމުންދިޔަ ނަވާރުއަށް ހޭވެރިކަންވީ ޝިވަން ދެވަނަފަހަރަށްވެސް އެހެން އަހާލީމައެވެ. ” އަސްލު.. ވަރަށް ލައިކްވާ ކުއްޖެއް އެބަހުރި.. ” ނަވާރުއަށް މިހެންބުނެވުނީ އެއްވެސް އިޙްތިޔާރަކާއި ނުލާނަމަވެސް، އެހެންބުނުމުން ޝިވަން ފިނިނޭވައެއް ދޫކޮށްލިއެވެ. ” އިނގޭތަ އަހަރެން މިހެން މިއެހީ ކީއްވެކަން.. އައްދެ ރަކިވީތަ.. ” ޝިވަން ވާހަކަ ދައްކަންފެށުމުން ނަވާރަށް ބުނެވުއެއްޗަކާމެދު ވިސްނި އިސްޖަހާލުމުން އަހާލިއެވެ. ” ނޫން.. ނޫޅެން ނުވޭރަތްކެއް އިނގޭ.. ” ލާނެތްފާޑަކަށް ޝިވަން ބަލަންފެށުމުން އެންމެފަހު ނަވާރު ދެރަނުވާންބުނެލިއެވެ. ” ހޫމް ސާބަސް. ހަމަ ރަކިވެއްޖެ.. ޝިވަން ބަލާނަން ތިހިތުގެ ރާޖަ އަކީ ކާކުތޯ.. ” އެހެން ބުނެފައި އެނބުރިލިވަގުތު މީހެއްގެ ހިޔަނިވުމުން ދެމީހުން އެކީގައި އަނެއްކާ ވެސް މަންމަ އައީއޭކިޔާ އަވަހަށް ތިރިޔަށް ދިޔައެވެ.
“ބަލަ މިހާރު ކީއްވެ ތިހުއްޓުނީ.. ” ބޭރަށްދާން ނިކުތް ޝަބީންއަށް ޖުމާ ފެނުމުން އެދިމާއަށް ގެއްލިފައި އިންދައި މަލީހްއަށް އެކަން އިނގުންނަމަވެސް ނޫންކަމަށް ހަދާލާފައި އަހާލިއެވެ. ” މީ.. އެއްޗެއްހަނދާންވީ.. ހިނގާދޯ.. ” ޝަބީން އަށް ކިޔާނެ އެއްޗެއް ނޭންގުމުން ބޯކަހާލާފައި އަވަހަށް މަލީހް އާއި އެކުގައި ބޭރަށް ނިކުތެވެ.
އެކީގައި ހިނގާލާފައި އައި ދެކުދިން ފެނުމުން ރަޝީދުއާއި ޒިޔާދު އެކަކު އަނެކެއްގެ މޫނަށް ބަލާލީ އެމީހުން ބޭނުންވާ ކަންތައް ވެއްޖޭ ބުނާ ފަދައަކުންނެވެ. ނަމަވެސް އާލިމާގެ މޫނުމަތިވަނީ މުޅިން ބަނަވެފައެވެ. މަޝްވަރާކުރެވުނު ކަންތަކާ އެއްވެސް ވަރަކަށް އޭނަ ހިތްހަމަޖެހުނު ހެނެއްހިޔެއްނުވެއެވެ. ކެއުމަށް އިންސާފް ކުރަމުން ގެންދިޔައިރު ޒިޔާދުއާއި ރަޝީދު ފިޔަވާ އެއްޗެއްބުނެލާ މީހަކުނެތެވެ. ހުރިހާމީހުން އަނގަ ބަންދުވެފައިވާ ކަހަލައެވެ. ހަފީޒާވެސް އެހިޔާލަށް ތާއީދުކުރިނަމަވެސް ދަރިންގެ އުފަލަށް އިސްކަމެއްދޭން ބޭނުންވެއެވެ.
ބްރޭކް ވޯޓަރގެ ހިތްގައިމު މާހައުލުގައި ކޮފީބޯންތިބި ޝަބީން އާއި މަލީހް އެކަކު އަނެކެއްގެ މޫނަށް އިރު އިރުކޮޅާ ބަލާލިނަމަވެސް އަނގަޔަކުން ނުބުނެއެވެ. ކިތަންމެ ބުނަންބޭނުން، އޮޅުންފިލުވަންބޭނުން ވާހަކަތައް ހުއްޓަސް ދުލާހަމަޔަށް ނައިސް ހަމަ ތާށިވަނީއެވެ. އެއްޗެކޭ ބުނަން އަނގަހުޅުވާލާފަވެސް ކޮފީތަށިން އެތިފޮދެއްބޯލާ ކަރު ތެއްމާލުން ފިޔަވާ އިތުރުކަމެއް ޝަބީންއަކަށް ނުވިއެވެ. “އޭ.. ހެޔޮނުވާނެ ބީން.. ތިވަރަށް ނުބަލާ.. މަށަށް އެބަހީވޭމިހާރު ބީން މަށާ ހިތާވާހެންވެސް.. އާ އެހެންޏާފަހެ.. މިތަނަށް އައިފަހުން ލޯބި އަންހެންކުއްޖަކަށް ބަލާލާހެން އިރުއިރުކޮޅާ އެބަ ބަލާލާ ވިއްޔާ.. ތިބުނަން އުޅޭއެއްޗެއްނިކަން ބުނެބަލަ.. އެކަމަކު ނަމަނަމަ ޕްރޮޕޯސް ނުކުރާތި.. އަހަރެން އެވައްތަރެއްނޫން.. ” އެންމެފަހުން ކެތްނުވުމުން މަލީހް ހެމުން ހެމުން ޝަބީން އާދިމާއަށް ބުނެލިއެވެ. “ހޫމް .. ހަމަ ބުނަންވީތަ.. އެކަމަކު.. ” ޝަބީން ކިތަންމެ ބުނަންބޭނުންވި ނަމަވެސް ފަސްޖެހެވެނީ މަލީހްގެ ހިތް އޮތްގޮތް ނޭންގޭތީއެވެ. “ސާބަހޭ އިނގޭ.. މަށަށްހީވަނީ މީނަ ކަމެއްހިތުލައިގެން އުޅޭހެން.. ބުނޭބުނޭ.. ބުނެލައިގެން އުޅުނީޔާ ވާނީ.. ” ގަސްތުގައި ޖުމާއޭ ނުބުނާންވެގެން މަލީހް ޝަބީން އާދިމާކުރަން ފެށިއެވެ. އެހެން ނަމަވެސް އެބުނި އެއްޗެއްގެ މާނަ ޝަބީންއަށް ދޭހަނުވުމުން މަލީހްއަށް ބަލަން އިނީއެވެ.
ކެއުން ނިމުމާއެކު ޒިޔާދުގެ އެދުމުގެ މަތީން ހުރިހާމީހުން ސިޓިންގްރޫމްއަށް ޖަމާވީ ދެކެވެން އުޅޭ ވާހަކައަށް ވަގުތު ދިނުމުގެ ގޮތުންނެވެ. “ދަރިފުޅުމެން ތީ ސްކޫލް ދައުރުއްސުރެ އެކީގައި އުޅެ އެއްކުއްޖަކު އަނެއްކުއްޖަކު ވަރަށް ރަނގަޅަށް ދަސްވެފަ ތިބި ދެކުދިންނެއްނުދޯ.. ” “އެހެންވީމަ މިދާއިރާގަވެސް ތިދެކުދިންނަށް އެކީގަ މަސައްކަތް ކުރާކަށްވެސް ބައްޕަމެންނަކަށް ހިޔެއްނުވޭ އުނދަގުވާނެހެން.. ދޯޒިޔާދު.. ” ޒިޔާދު ތަންކޮޅެއް ދުރުދުރުން ފެށުމުން ރަޝީދު ދައްކަންއުޅޭ ވާހަކަ ތަންކޮޅެއް ތިލަކޮށްލަ ދިނެވެ. “އެބުނީ ތެދެއް ދަރިފުޅާ.. ދަރިފުޅުމެންވެސް ތިތިބީ ބޮޑެތިވެފަ.. އެހެންވީމަ ބައްޕަމެން .. ” ޒިޔާދަށް އެހިސާބަށް ބުނެވުންތަނާ ޝިވަން އާއި ނަވާރުގެ ފޯނުއެކީގަހެން ރިންގްވާންފެށިއެވެ. ބަލާމީހަކަށް ހީވަނީ ރޭވިގެން ކުރިކަމެއްހެންނެވެ. “ކުޑަވަގުތުކޮޅެއް.. ” ކޭ ބުނުމަށްފަހު ޝިވަން ފޯނަށްޖަވާބުދެމުން އެއްފަރާތަށް ޖެހިލީ ބޭރުކްލައިންޓެއްގެ ކޯލަކަށްވުމުންނެވެ. ނަވާރުވެސް ވަގުތުގެ ބޭނުންހިފާފައި އެއްފަރާތް ވެލީ ދެކެވެންއުޅޭ ވާހަކަ ކޮންމެވެސް ވަރަކަށް ފަހުމްވެލުމުންނެވެ. ފޯނުގެ ރިންގް ހުސްވިއިރުވެސް އެއަށް ޖަވާބެއްނުދީ ބަލަން ހުރިތަންފެނި ޝިވަން ފޯނުނިއްމާލާފަ އައިސް ހުއްޓިލިއެވެ. “ކީއްވެފަ ފޯނަށްބަލަން.. ކަމުދާ މީހެއް ނޫންތައެގުޅީ.. ” ޝިވަންގެ އަޑުޖެހުމާއެކު ނަވާރުކުޑަކޮށް ސިހުނެވެ. އެހެންނުވާންވީ ސަބަބެއްނެތެވެ. ބައްޕަމެންގެ ވާހަކަ ހުރިގޮތުން ދައްކަންއުޅެނީ ކޮންވާހަކައެއްކަން ނަވާރަށް ޔަގީންވެއްޖެއެވެ. އަނެއްކާ ގުޅީޖުމާއެވެ. އެގުޅިބޭނުން ރަނގަޅަށް ނަވާރަށް އިނގެއެވެ.
އިސްޖަހާލައިގެން ހުއްޓުން އަރާފައިއިން ޝަބީން ސިހުނީ މަލީހް އޭނާގެ މޫނުމަތީގައި އަތްހޫރާލުމުންނެވެ. “ހޫމް ދެން ބުނެބަލަ .. މިހާރު މާވަރަކަށް ގެއްލިފަތި އިންނަނީޔޯ.. އާ އެހެންޔާ.. މިރޭވެސް މަހީކުރީ ޖުމާގެ ސޫރަވެސް ހިފައިގެންކަމަށް ނިކުންނާނީ ބަލަން އިންގޮތުން.. ” ” އޭން މަނުބަލަން.. ” މަލީހް އެހެންބުނުމާއެކު ޝަބީންހީވީ މީހަކު ކައްޓެއް ކޮއްޕާލިހެންނެވެ. ތެޅިގަނެވުނީ އެޔެއްމިއެއް ބަލާފައެއްނޫނެވެ. “ހަހަހަހަ.. މިހާރު ޔަގީންވެއްޖެ.. ދެންބުނެބަލަ އެއީތަ ތިހިތުގަ ޓަކިދޭކުއްޖަކީ.. ” މަލީހްބޭނުންވީ ޔަގީން ކުރާށެވެ. ނަވާރު އާއި ޝަބީންގެ ގުޅުން އޮޅުން ފިލުވާށެވެ. “މިހެންބުނީމަ މާހް ގަބޫލުވެސް ނުކޮށްފާނެ.. އެންމެފުރަތަމަ މާހް ބަލާދިޔަދުވަހު ޖުމާފެނިފަ ނޭންގެ މަށަށްވީގޮތްވެސް.. އެކަމަކު .. ” ޝަބީންއަށް މަލީހް އާއި ޖުމާގެ ގުޅުން އަހަން ނުކެރުމުން މަޑުޖައްސާލިއެވެ. “އެކަމަކު .. ކިހިނެއްވީ.. ކޮބާ މައްސަލަޔަކީ އަނެއްކާ ނަވާރުވެސް ތަ.. ” މަލީހް ނޫންކަމަށް ހަދާފައި އަވަހަށް ނަވާރުގެ ވާހަކަ އޮޅުންފިލުވާލިއެވެ. ” ނޫނޭ.. ނަވާއެއީ ހަމަ ކްލޯޒް ފްރެންޑް އެއް.. އެކަމަކު ޖުމާ އަހަންނާއި ގުޅޭނެތަ.. ފެނުނަސް ފެންނަކަމަށްވެސް ހަދާނުލާ.. ” ސީދާ ދިމާއަށް ނުބުނަންވެގެން ޝަބީން އޮޅުވާލިއެވެ. ” ބީން.. ތިކަމާ ހާސްނުވެބަ.. މިހެން މަ ހުއްޓަ މަގޭލޯބި ކޮއްކޮ ބީންއަށް ލިބޭތޯ މަށަށްވެސް ޓްރައި ކޮށްލެވިދާނެއްނު..” އެއްލޯ މަރާލަމުން ލާނެތްފާޑަކަށް އެހެންބުނުމުން “ކޮއްކޮ” މިލަފްޒް ޝަބީންއަށް ކިޔާލެވުނެވެ. އެހެންވީމަ މިހުރިހާދުވަހު ހީކުރެވުނު ހީކުރުންތަށް ހިތަށް އައުމުން ޝަބީންއަަށް ބޮލުގެ އިސްތަށިގަނޑާ ކުޅެލެވުނެވެ. “ހޫމް ދެން އަމިއްލަޔަށް ހީހީފަ ފޮނިހުވަފެން ބަލާނެކަމެއްނެތް.. ހިނގާދާން.. މާދަމާ އެބަޖެހޭ ޖުމާގެ ޖޮބްކަންތަކާ އުޅެން.. ”
“މަޑުކޮށްބަލަ.. ޝިވަންއަށް އެބައިނގޭތަ.. އެއްވެސް ވަރަކަށް ވިސްނޭތަ ބައްޕަމެން އެކިޔާއެއްޗެއް.. ” ކަންބޮޑުވެފައި ނަވާރު އަހާލިއެވެ. އެއާއެކު ޝިވަންވެސް އެކަމާވިސްނާލިއެވެ. ތެދެކެވެ. ބައްޕަމެން ގެ ވާހަކަ އެހުރިގޮތުން އެކަމަށް ވިސްނާލަން ވެއްޖެއެވެ. ” ޝިވަން އަޅެ ނަވާ އެބަ ބިރުގަނޭ.. ” ” ނަވާ ހަމަޖެހޭ އިންޝަﷲ ހުރިހާކަމެއް ރަނގަޅުވާނެ.. ހިނގާ މާލަސްވީމަ ކަމަކުނުދާނެ..” ޝިވަން އާއި އެކުގައި ހިގައިގަތް ނަވާރު ދިޔައީ ޝިވަންބުނިހެން ހުރިހާކަމެއް ރަނގަޅުވުމަށްއެދި ހިތާހިތުން ދުޢާކުރަމުންނެވެ. ” އަހަ.. މިތިބަ އައީނު.. އަވަހަށް އިށީންދޭ ދަރިފުޅުމެން.. ދެކުދިން ތިހެން އަބަދުވެސް އެކުގައި އުޅެވޭނެގޮތް ހަދައިދޭން ބައްޕަމެން މިއުޅެނީ.. ދޯ ރަޝީދު.. ” ޒިޔާދު އެހެންބުނުމާއެކު ޝިިވަންއަށް “އޭން.. ” އޭބުނެލެވުނީ ތަންކޮޅެއް ބާރަށެވެ. “ކިހިނެއްވީ.. ދަރިފުޅަށް ނަވާރު ކަމުނުދަނީތަ.. އެވަރުގެ ހޮވުމެއް ބައްޕައަކަށް ހިޔެއްނުވޭ ދެން ދަރިފުޅުގެ ދިރިއުޅުމަށް ހޮވޭނެހެން.. ” ރަޝީދު ހިތްހަމަނުޖެހުން ނަމަވެސް މާހައުލުގެ ގޮތުން ވާހަކަދެއްކީ ވަރަށް މަޑުމައިތިރިކޮށެވެ. “ދަރިފުޅުމެންގެ ކައިވެނި ބައަޕަމެން މިހަމަޖެއްސީ ތިދެކުދިންނަށްވެސް ރަނގަޅަކަށް.. މީ.ދެއާއިލާއަށް ވެސް ލިބިގެންދާ ކިހާބޮޑު ކުރިއެރުމެއް.. ” ޒިޔާދުވެސް އިތުރުކޮށްލިއެވެ. އޭރު ޝިވަންއާއި ނަވާރު އެކަކު އަނެކެއްގެ މޫނަށް ބަލާލުމާއެކު މާޔޫސްވެ ތިބެ އިސްޖަހާލަނީއެވެ. މިމަންޒަރު ރަނގަޅަށް އާލިމާއަށް ފެނުނެވެ. އާލިމާއަށް ކެތްވީ އެހާހިސާބަށެވެ. ކުއްލިއަކަށް ކޮޅަަށްތެދުވުމާއެކު ކައިވެނީގެ ކުރިން ޝިވަންއަށާއި ޒިޔާދުގެ އާއިލާއަށް ކޮންމެހެން އިނގެންޖެހޭ ކަމެއްއޮތްކަން ހާމަކޮށްލީ ފެންކަޅިވެފައިވާ ހާލުގައެވެ. އަދި ޝިވަންގެ އަސްލުހަގީގަތް ކިޔާދޭންފެށިއެވެ.
ނޯޓް: މިއަދުމީ ވާހަކަ އަޕްކުރަން ބުނެފައި އޮތް ދުވަސްވީމަ ވަރަށް ބުރަކޮށް އުޅެމުންވެސް ލިޔެވުން ވަރަކަށް ލިޔެލާފަ މި އަޕްކޮށްލީ.. އުންމީދުކުރަން މިބައިވެސް ތިހުރިހާ ކިއުންތެރިންނަށް ކަމުދާނެކަމަށް .. ހުރިހާ ކިއުންތެރިންގެ ހިޔާލާއި ފާޑުކިއުންވެސް ލިބޭނެކަމަށް.. އިންޝާﷲ ބުރާސްފަތިދުވަހު ވާހަކައިގެ ދެބައި އަޕްކޮށްލަދޭނަން.. މިބައި ކުރުވީމަ އިނގޭ.. ? ތިހުރިހާކުދިންގެ ކޮމެންޓް އަށްވެސް އެބަ އިންތިޒާރުކުރަން.. ލަވްޔޫ. އޯލްމައި ރީޑަރސް.. ??
11 Comments!
Comments are closed.
V reethi❤?
Thank you dear fathin ??
Heyy layaaaaaaaa….. adhi nuvx kiyan… kiyaafa bunelaanan egey.. story kihinei kan.. ekam egey.. rythi vaane kan vx..??
Waawaawaaa… speechless.. outstanding.. dhn kiyaani vx kameh nei.. hama.. v v rythi.. curious vey eba thi hagygai adu ahaa hithun.. o my god… kihinei baa vaany dhww.. ?? hey layaa.. kihinei tha.. mihurihaa vahaka eh dhehki iru vx haalu ahai nulevunu dhw… hows u dear.. n baby kihinei.. grl eh tha boy eh tha…? hama ahaaly..???
Alhey .. thank you so much dear Mal .. v happy vejje mi comment fenifa.. ? .. Alhamdhulillah layaa and baby vess hama baraabaru .. ?? baby grl. ? .. ly???
Varah reethi??
Thank you dear ®@@n! ??
vvvv reethi . waiting engy
Vvvv bodah thank you ingey Rsh ???
FABULOUS.. OUTSTANDING.. OBINESS.. thursdayga dhe bai kiyaalan libeyne dhww. yeyyy 😀 waiting. loves 🙂 😀
Alhey SJK .. thankyou so much ? yes insha allah dhebai kiyaalan libeyne .. ??? ly..