ކޮޓަރިއަށްވަދެ ލޯގަނޑު ކުރިމަތީގައި ހުއްޓުމުން އަހަންނަށް އަހަރެންގެ މޫނުފެނުނުހިނދު އަމިއްލަނަފްސަށް މަލާމާތް ކުރެވުނެވެ. އެހާފަސޭހައިން އެފިރިހެނާގެ އަވާގައިޖެހި އެޖަޒުބާތުތަކުގައި އޮޔާދެވުނީތީ ލަދުގަތެވެ. އެހެނަސް ދެންކުރެވޭނީވެސް ވަކިކީއްހެއްޔެވެ؟ ވީކަމެއްވެނިމިއްޖެއެވެ. އަހަރެން ފާޚާނާއަށްވަދެ ފެންވަރައިލައިގެން ނިކުމެ ހުދުކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ ކުރުސޯޓެއް ލުމަށްފަހު އެނދުގައި އޮށޯވެލީމެވެ. އޭރުވެސް އަހަރެންގެ ހިޔާލުގައި ވަނީއެފިރިހެނާގެ އެއަދާތަކާއި އޭނާގެ ފަރާތުންލިބުނު މަސްތީއިހުސާސްތަކެވެ. އޭނާގެމޫނު އެއްމެފަހަރަކު ފެނުނުނަމަވެސް އަހަރެން އޭނާ ހޯދަން މަސައްކަތްކުރީމުހެވެ. އަހަރެންހުރީ އެހާވެސްބޮޑަށް އޭނާއާއި ހެދި ދީވާނާވެފައެވެ. ލޯތްބަކީ ކަނު އެއްޗެކޭ […]
އޭރު އަހަރެންގެ އުމުރުން ވާނީ އަށާރައަހަރެވެ. އަހަރެންނަކީ އަބަދުވެސް ކެއުމަށް ވަރަށް ބަލައިގެންއުޅޭ ކުއްޖެއްކަމުން ސާޅީސްއަށް ކިލޯއަށްވުރެ ދުވަހަކުވެސް ބަރެއްނުވެއެެވެ. އިސްކޮޅުގައި ފަސްފޫޓުފަސް އިންޗި ހުރެފައި ލިބިފައިވާ ލޫޅާފަތި ހަށިގަނޑުގެ ސަބަބުން އެތައްބައެއްގެ ލޯތަށް އޭރުވެސް އަހަރެންނަށް އަމާޒުވަމުންދިޔައީ މަދެއްކޮށެއްނޫނެވެ. ބައްޕަ ނިޔާވެފައި ވިއެއްކަމަކު މާލޭގައި މަންމަގެ އަމިއްލަ ގެހުރުމުގެ ސަބަބުން ގެއިންބައެއް ކުއްޔަށްދީގެން އަހަރުމެން ދެމައިން އުޅެމުންދިޔައީ އުފާވެރި ދިރިއުޅުމެކެވެ. ބައްޕަނިޔާވިފަހުން މަންމަ އިތުރުކައިވެންޏެއް ކުރަން ބޭނުންނުވީ އެކަމުން އަހަރެންނަށް ލިބިދާނެ ދެރައަކާއި ދޭތެރޭގައި […]
ފަތިހުވެހެންފެށިވާރޭ ހުއްޓައިލީ ހަތެއްވެސްޖަހައި ބޮޑުވީފަހުންނެވެ. ވެހުނު ބޯވާރޭގެ ތެތްފިނިކަން އަދިވެސް މުޅި ކޮޓަރީތެރޭގައި ހިފާފައިވެއެވެ. ނިދިނައެއްކަމަކު ބެޑުޝީޓު ދަށުގައި ބޮނޑިވެގެން އަދިވެސް އަފާއޮތީ ތެދުވަންބޭނުންނުވެފައެވެ. “އަފާ ދަރިފުޅާ… ހޭލާތަ؟ ނިކުމެބަލަ ވަރަށްއަވަހަށް މޫނު ދޮވެލާ ހަދާލައިގެން” ސަމީރާ އަފާއަށް ގޮވަމުން ދެފަހަރަކު ދޮރުގައި ޖަހާލުމުން އަފާ ނިކުތެވެ. އަފާ ސިޓިންރޫމަށް ނިކުތްއިރު ސޯފާގައި ޝާމް އިންތަންފެނިފައި އަފާއަށް ލަދުން އިސްޖަހާލެވުނެވެ. ވާނީވެސް އެހެންތާއެވެ. ޝާމް އިންވާހަކަ ސަމީރާ ނުބުނާތީ އަފާނިކުތީ އޭނާނިދަންލާ ފިޔާތޮށިކުލައިގެ ކުރު ޓީޝާޓާއި […]
މާހައުލުގައިވާ ފަނޑުރަތްއަލިކަމުގެ ތެރެއިން މީހަކުވަކިވާވަރެއްނޫނެވެ. ހަތަރުފަރާތުގައިވާ ބޮޑެތި ސްޕީކަރުތަކުން އިވެމުންދިޔަ ޝަކީރާގެ ލޯކާ ލޯކާ ލަވައިގެއަޑު ވަނީ މުޅިތަނުގައި ބާރަށް ގުގުމާލާފައެވެ. އޭރު ކޮންމެމީހަކުވެސް އެމީހެއްގެ ބައިވެރިޔާއާއިއެކު ލަވައިގެ މިއުޒިކަށް ފައިހަމަ ކުރަމުންދިޔައީ ނުހަނު ގައިގޯޅިކޮށްތިބެއެވެ. އެހެނަސް މޫނުމަތީގައި އަޅާފައިވާ މާސްކުތަކުގެ ސަބަބުން ކޮންމެމީހެއްގެ މޫނުންވެސްވަނީ ބޮޑުބައެއް ފޮރުވިފައެވެ. އިންތިޒާރުކޮށްލައްވާ!…
ޒައިން އިރުކޮޅަކު އާސިމްގެ އަތުގައިއޮތް ބިޑިއާއިދިމާލަށް ބަލަންއިނުމަށްފަހު ނޫނެކޭ ބުނުމުގެގޮތުން ދެފަރާތަށް ބޯހޫރާލިއެވެ. ޒައިންއަށް މިހާރުވެސް އެވަނީ ވަރަށްބޮޑު ގޯހެއްހެދިފައެވެ. ދެވަނަފަހަރަށް އެކަހަލަނުބައި މަޅިއެއްގައި ޖެހޭކަށް އޭނާ ބޭނުމެއްނޫނެވެ. ނަދީމް އާއި އާސިމް ބިޑިބޮމުންދިޔައިރު ޒައިންއާއި ދިމާއަށް ވަރަށްއެއްޗެހިކިއެވެ. ޒައިންއަކީ ބޮޑުފިނޑިއެއްކަމަށާއި ކަމެއްކުރަން ނުކެރޭ މީހެއްކަމުގައިބުނެ ދިމާކުރިއެވެ. އެހެނަސް އެމީހުންގެ އެވާހަކަތަކަށް ބީރުކަންފަތެއް ދެމުން ޒައިން ދެލޯމަރައިލިއެވެ. އެއީ އަފާގެލޯބި ބީވެގެންދާފަދަ އެއްވެސްކަމެއް ކުރަން އޭނާބޭނުން ނުވާތީއެވެ. އަފާ އޭނާގެ ކޮޓަރީގެ އެނދުމަތީގައި ފުންހިޔާލަކަށް […]
“އަހަންނަށް އެނގޭ ހަނާގެގައިގަ އެތަވީދުނެތްކަން. ހަނާއަށް ނޭނގުނަސް ތަވީދު ވީތަންވެސް އަހަންނަށް އެނގޭ. އެތަވީދުވީ މިރަށު ތުނޑީގައި ހުންނަ ނިކަގަހުގެބުޑުގަ ވަޅުލާފަ. ” ސޯލިހު ވަރަށް ޔަގީން ކަމާއިއެކު މިހެން ބުނުމުން ހަސަނާއި އާބިދާ ހައިރާންވެފައި ސޯލިހުގެ މޫނަށްބަލަން ތިއްބެވެ. “ހަނާ… ތަވީދު ގެއްލުނު ވާހަކަ ނުބުނަންތަ އިރުޝާދުކައިރީގަ؟” ހަސަނު ހައިރާންވެފައި އިނދެ މިހެންއެހިއިރު އިރުޝާދުގެ ހާސްކަން އިތުރުވަމުން ދިޔައެވެ. “އަހަރެން ހަނދާންނެތުނީ..” ހަނާއަދިވެސް ހުރީބިރުންނެވެ. އޭނާ އެހެން ބުނިނަމަވެސް އިރުޝާދުއަށް ހަނާގެ އުނަގަނޑުގައި ތަވީދު ނެތްކަން […]
“މަންމާ! ކުކުޅުތައް ފިހެވިއްޖެ، އަވަހަށް ބްރެޑްނަގާ ރެޑީކުރޭ. ތަށިތަކަށް ކޯކުވެސް އަޅަންވީނު.” ވަސީމް މިހެންބުނުމުން ސަމީރާއާއި ރީޝާ ތަށިތައްނަގައި ތައްޔާރު ކުރަންފެށިއެވެ. އޭރުވެސް އަފާއިނީ އޭނާއަށް މެސެޖު ކުރީކާކުކަމެއްނޭނގިގެން އެކަމާއިމެދު ވިސްނާށެވެ. “ކޮއްކޯ.. ކޯއްޗެއްތަ ތިވިސްނަނީ…. ރޭގަ މާބޮނޑިފޮނުވި ކުއްޖައާ ދޭތެރޭގަތަ؟” ވަސީމް ހެމުންހެމުން އެހެންބުނިއިރު ހީވަނީ އަފާގެ ސިކުނޑީގައި އެނބުރެމުންދާ ޚިޔާލުތައް ވަސީމްއަށް އެނގިގެން ބުނިއެއްޗެއްހެންނެވެ. އަފާ ޕިސް އެކޭ ބުނުމަށްފަހު ސަމީރާމެންނާއިއެކު މޭޒުމަތީގައި ކާއެއްޗެހި އެތުރުމާއިގެން އުޅެންފެށިއެވެ. ގެއަށް ދިޔަމަގުމަތީގައި އަފާއަށް އަނެއްކާވެސް […]
“އާނ.. ވަރަށްބޮޑަށް ރިއްސާއެބަ.. ” އިރުޝާދުގެ މޫނުމައްޗަށް އަރަމުންދިޔަކުލަވަރުން އޭނާގެބޮލުގައި ރިހޭވަރު ވަރަށްރަނގަޅަށް ހަނާއަށް ފެންނަމުން ދިޔައެވެ. “ބޭސް ގެންނަންތަ؟” ހަނާ އިރުޝާދުގެބޮލުގައި ފިރުމަމުން ވާހަކަދެއްކިއެވެ. “ނޫން… އަހަރެން ބޭނުމީ ނިދާލަން.. އޭރުން ރަނގަޅުވެދާނެ. ހަނާ ބޮކި ނިއްވާލަބަލަ.” އިރުޝާދު މިހެންބުނެ ދެލޯމަރައިލުމުން ހަނާގޮސް ކޮޓަރީގެބޮކި ނިއްވައިލުމަށްފަހު އާބިދާކައިރިއަށް ސިޓިންރޫމަށްނިކުތެވެ. އިރުޝާދުގެ ހަށިގަނޑަށް އަރައިގެންދިޔަ ގަދަފަދަ ބާރަކާއިއެކު މީހާގެ ދެލޯރަތްވެގެންދިޔައިރު ހީވަނީ ދެލޮލަށް ލޭއަރައިފައިވާހެންނެވެ. އިރުކޮޅަކު އޭނާގެއަތްފައި ތެޅިތެޅި އޮތުމަށްފަހު ކުއްލިއަކަށް މުޅިހަށިގަނޑު ހިމޭންވިއެވެ. އޭރު އެނދުކައިރީގައި […]
ޕާޓީ ނިމުމުން އިރުޝާދުމެންނަށް ގެއަށްދެވުނުއިރު ރޭގަނޑު އެގާރަޖަހައި ބޮޑުވެއްޖެއެވެ. އާބިދާގެ އެދުމުގެމަތިން އިރުޝާދުއާއި ހަނާ ދިރިއުޅެންނިންމީ އާބިދާމެންގެ ގޭގައި ހަނާގެކޮޓަރީގައެވެ. އެއީ އެގޮތަށް ހަސަނުއާއި ސޯބިރާވެސް މަރުހަބާކިއުމުންނެވެ. އިރުޝާދު ފާހާނައަށްވަދެ ފެންވަރައިލައިގެން ނިކުމެ އެނދުގައި އޮށޯވެލިއެވެ. ވަރަށްއަވަސް ކޮށްލާނަމޭ ކިޔައި ހަނާވެސް ފެންވަރައިލުމުގެ ބޭނުމުގައި ފާޚާނާއަށްވަނެވެ. ފާޚާނާއަށްވަދެ ގައިގައިވާ ފޭރާން ބޭލުމަށްފަހު ފެންވަރަން ފެށިއެވެ. އެވަގުތު ހަނާގެ ބުރަކަށީގައި ޒިލާލްގެ ފިރުމުންތައް އިހުސާސް ވާންފެށިއެވެ. ހަނާއަށް ސިއްސައިގެންގޮސް އޭނާގެ އުނަގަނޑުގައި ސޯލިހުއެޅުވި ތަވީދު އޮތްތޯބަލައިލެވުނެވެ. ހަނާއަށް ދެލޯބޮޑުކޮށްލެވުނެވެ. […]