Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ހުވަފެނެއްބާ؟ (8ވަނަ ބައި)

Eyesh Level 210 Stories100 Comments
December 11, 2015 3 Mins Read
10 Comments

ޕާޓީ ނިމުމުން އިރުޝާދުމެންނަށް ގެއަށްދެވުނުއިރު ރޭގަނޑު އެގާރަޖަހައި ބޮޑުވެއްޖެއެވެ. އާބިދާގެ އެދުމުގެމަތިން އިރުޝާދުއާއި ހަނާ ދިރިއުޅެންނިންމީ އާބިދާމެންގެ ގޭގައި ހަނާގެކޮޓަރީގައެވެ. އެއީ އެގޮތަށް ހަސަނުއާއި ސޯބިރާވެސް މަރުހަބާކިއުމުންނެވެ.

އިރުޝާދު ފާހާނައަށްވަދެ ފެންވަރައިލައިގެން ނިކުމެ އެނދުގައި އޮށޯވެލިއެވެ. ވަރަށްއަވަސް ކޮށްލާނަމޭ ކިޔައި ހަނާވެސް ފެންވަރައިލުމުގެ ބޭނުމުގައި ފާޚާނާއަށްވަނެވެ. ފާޚާނާއަށްވަދެ ގައިގައިވާ ފޭރާން ބޭލުމަށްފަހު ފެންވަރަން ފެށިއެވެ. އެވަގުތު ހަނާގެ ބުރަކަށީގައި ޒިލާލްގެ ފިރުމުންތައް އިހުސާސް ވާންފެށިއެވެ. ހަނާއަށް ސިއްސައިގެންގޮސް އޭނާގެ އުނަގަނޑުގައި ސޯލިހުއެޅުވި ތަވީދު އޮތްތޯބަލައިލެވުނެވެ. ހަނާއަށް ދެލޯބޮޑުކޮށްލެވުނެވެ. އުނަގަނޑުގައި އެތަވީދު ނެތުމުން ލިބުނު ހައިރާންކަމުގައި އިރުކޮޅަކުހުރެވުނެވެ. އަދި އިރުޝާދުއަށް ބާރަށް ގޮވަންފެށުނެވެ. އެހެނަސް ހަނާގެއަޑު ފާޚާނައިން ބޭރަށް ނުދާކަން ހަނާއަކަށް ނޭނގެއެވެ.

ޒިލާލް ހަނާގެ ކޮނޑުގައި ހިފައި އަނެއްފަރާތަށް އަނބުރައިލިވަގުތު ހަނާގެ ގަތްބިރުން އޭނާގެ މޭގަނޑު އަނގަޔަށްނައީ ހަމަކިރިޔާއެވެ. ހަނާގެ ކުރިމަތީގައި ހުއްޓިއެހުރީ ޒިލާލްއެވެ. އަބަދު ހަނާއަށް ހުވަފެނުން ފެންނަ ޒިލާލްއެވެ. ހަނާ ޒިލާލްދެކެ ކިތަންމެ ލޯބިވީނަމަވެސް ކުއްލިއަކަށް ޒިލާލް އޭނާގެ ކުރިމައްޗަށް ފާޅުވުމުން ބިރުގަނެވުނީއެވެ.
“ހަނާ އަހަރެން ދެކެ ބިރުގަންނަނީތަ؟” ޒިލާލް މަޑުމަޑުން ހަނާގެ ކޯތާފަތުގައި އޭނާގެއަތުގެ ޝަހާދަތް އިނގިލިން ކޮށްޓައިލިއެވެ.
ް “ނު.. ނޫން… އަހަރެން…. އަހަރެންމީ…. އިރުޝާދުގެ އަނބިމީހާ…” ހަނާއަށް ވާހަކަ ދެއްކުނީ ވަރަށް އުނދަގުލުންނެވެ.
“އެކަމަކު ތީ މަގޭ ދަރިފުޅުގެ މަންމަ. ” ޒިލާލް މިހެންބުނެ ހަނާގެ އުނަގަނޑުގައި ހިފާއޭނަގެގަޔާއި ކައިރިކޮށްލިއެވެ. ޒިލާލް ފެނުމުން ހަނާ ކިތަންމެ އުފާވިނަމަވެސް ހަނާހުރީ ވަރަށްބިރުންނެވެ.
“ޒިލާލް ދޭ.” ހަނާ ހިތާއޮދެކޮޅަށް ޒިލާލްކައިރީގައި ދިއުމަށް އެދުނެވެ.
“ނުދާނަން.. ތީ އަހަރެންގެ ހައްގެއް.އެހެން މީހަކަށް ހަނާގެގައިގަ އިނގިލި ކުރިވެސް ޖައްސާލާކަށް ލާހިކެއްނޫން.” މިހެންބުނެ ޒިލާލް ހަނާގެ ލޯމަތިން ގެއްލުނެވެ.

ހަނާއަވަސް އަވަހަށް ފެންވަރައިގެން ނިކުމެ ފުނާއަޅަންފެށިއެވެ. އޭރުވެސް އިރުޝާދު ދެލޯބޮޑުކޮށްގެން ހަނާގެ ކޮންމެހަރަކާތަކަށް ބަލަންއޮތެވެ. ހަނާ މިރޭލައިގެންއެހުރީ ކައިވެނީގެ ހަދިޔާއެއްގެ ގޮތުގައި އިރުޝާދު ހަނާއަށްދިން ރަތްކުލައިގެ ތުނިނައިޓީއެކެވެ. އެހެދުމުގައި ހުންނައިރު ހަނާގެ ފުރިހަމަވަނާތައް އިރުޝާދުއަށް ފެނުމުން އޭނަގެހިއްސުތައް ހަނާއަށް އެދިގޮވަންފެށިއެވެ. އެކަމަކު ހަނާއައިސް އިރުޝާދު ކައިރީގައިހަމަ އޮށޯތްތަނާ އިރުޝާދުއަށް ނިދުނީއެވެ. އެއީ އިރުޝާދު ވަރުބަލި ވެފައި އޮތްވަރުން ކަމުގައި ނިންމުމަށްފަހު ހަނާވެސް ނިދީއެވެ.

ދަރިފުޅާ… އަދިވެސް ހޭނުލަނީތަ؟ ދެކުދިން އާދޭ ސައިބޯން.” ހަނާއަށް ހޭލެވުނީ އާބިދާ ކޮޓަރީގެ ދޮރުގައި ތަޅާއަޑަށެވެ. މޯޅިއަކަށް ދެމިލަމުން ހަނާ އިރުޝާދުއާއި ދިމާލަށް އެނބުރުނުއިރު އިރުޝާދު ހޭލައިގެން ހަނާއާއި ދިމާލަށް ބަލަން އޮތެވެ. “ކޮންއިރަކު ހޭލީ؟. ކީއްވެނުގޮވީ؟” ހަނާ ލަދުންއޮވެ ސުވާލުކުރިއެވެ.
“ހަނާ ނިދާފައި އޮތްލެއް ލޯބިކަމުމް ގޮވަންނުކެރުނީ.” އިރުޝާދު މިހެން ބުނެ ހަނާ އޭނާއާއި ކައިރިކޮށްލިއެވެ. އަދިމަޑުމަޑުން ހަނާގެ ކަނދުރާއިން ފެށިގެންތިރިއަށް ބޮސްދޭންފެށިއެވެ. އިރުޝާދުގެ މިހަރަކާތުގެ ސަބަބުންހަނާގެ ހިއްސުތައްވެސް ހޭލައި އިރުޝާދުގެ ކޮންމެ އެދުމަކަށް ބޯލެނބެން ފެށުނެވެ. މަސްތުވެފައިވާ ްފަދައިން އިރުޝާދު ހަނާގެ އެރީތިހަށިގަނޑުގެ އުފާތައް ހޯދަމުން ދިޔައީ ހަނާވެސް އެގޮތްބޭނުން ވުމުންނެވެ. ހަނާއަށް ލިބެމުންދިޔަ އަރާމަކުން ބައެއްފަހަރު އެއީ ޒިލާލްހެންވެސް އޭނާއަށް ހީވަމުންދިޔައެވެ.
“ދަރިފުޅުމެން ނައިސްގެން މަންމަވެސް ސައިނުބޮއިމިހުރީ. ” ހަނާއާއި އިރުޝާދު ކާމޭޒު ކައިރީގައި އިށީނުމުން އާބިދާ ސައިތައްޔާރުކޮށް އެމީހުންނާއިއެކު ސައިބޯންފެށިއެވެ. އިރުޝާދު ވަރަށްފޫހިގޮތަކަށް އިނދެ ކަމުންދާތީ ހަނާއަށް އުދަގޫވިއެވެ.
“ކާއެއްޗެހި ނުބައީތަ؟” ހަނާ އިރުޝާދުގެ މޫނަށްބަލަންއިނދެ ސުވާލުކުރިއެވެ.
“ނޫނޭ… ބަނޑު މާބޮޑަށްފުރިފަ ހުރީމަ މިހެންމިއިނދެވެނީ..” ހަނާއާއި ދިމާލަށް އެއްލޯމަރައިލަމުން އިރުޝާދު މިހެންބުނުމުން ހަނާ ލަދުން އިސްޖަހައިލީ އޭނާއެބުނި އެއްޗެއް ހަނާއަށް ވިސްނުމުންނެވެ.

“ދަރިފުޅާ… ދަރިފުޅުގެ ކައިވެންޔަށް އެއްމަސް ވަންދެން ދަރިފުޅުކުރަމުން އައިމަސައްކަތްތަކާއި ދޮންބެހަވާލު ވެއްޖެ.. ދަރިފުޅުމެން ދެކުދިންނަށް އަމިއްލަވަގުތު ދޭންވެގެން ބައްޕަ އެގޮތަށްނިންމީ.” ހަސަނު އައިސް އެމީހުންކައިރީގައި އިށީނެވެ.
އިރުޝާދު ހަސަނަށް ޝުކުރުއަދާކުރިއެވެ. ހަނާވެސް ހަސަނުގެ މިނިންމުމާއި އުފާކުރިއެވެ.
ގަޑިން އިރުއިއްސި ހަގަޑި ބައިވެއްޖެއެވެ. އިރުޝާދުއާއި ހަނާ ރީތިވެލައިގެން ބޭރަށް ނިކުމެލީ އިރުއޮއްސޭ ރީތިމަންޒަރު ބަލާލުމަށެވެ. ދެމީހުންގޮސް ރަށުގެ ތުނޑިމަތީގައި އިށީނދެލިއެވެ. އޭރު އޮއްސެމުން ދިޔަ އިރުގެ ރަތްދަޅަތައް އުޑުމައްޗަށް ފެތުރިފައިވެއެވެ. ކަނޑުން އަންނަ ކުދިރާޅުތައްއައިސް ފަސްގަނޑުމައްޗަށް ބީއްސައިލާއިރު އެއިވޭއަޑުން ހިތަށް އުފާވެރިކަން ލިބިގެންދެއެވެ.

“ހަނާ…. އަހަރެން ކިހާނަސީބުގަދަ.” އިރުޝާދު ހަނާގެއުނގުގައި ބޯއަޅައިލައިގެން ވެލިގަނޑުމަތީގައި އޮށޯވެލިއެވެ.
“ކީއްވެ ތިހެންތިބުނީ؟.” ހަނާ އިރުޝާދުގެ އިސްތަށިގަނޑާއި ކުޅެމުން ވާހަކަދެއްކިއެވެ.
“ހަނާ ކަހަލަރީތި އަންހެންކުއްޖަކު އަހަރެންގެ ހަޔާތަށްއައީމަ މިހެން މިބުނީ.. އެހެންނޫނަސް ހަނާތީ މިދުނިޔެމަތިން އަހަރެން އެންމެލޯބިވާ އަދި އަހަރެން އެންމެބޭނުންވާ މީހާ… ވަރަށް މަދުމީހަކަށް މިކަހަލަނަސީބެއް ލިބޭނީ.” އިރުޝާދުއޮތީ ހަނާގެއަތްތިލަ އޭނާގެ މެޔާއިލައި ބޮނޑިކޮށްލައިގެންނެވެ.
ހަނާބަހެއް ނުބުނުމުން އިރުޝާދު ހަނާގެ ކޮލުގައި ފިރުމައިލަމުން ސުވާލުކުރިއެވެ.
“ހަނާ… ހަނާ ލޯބިވާ މީހަކު އެބަހުރިތަ؟ އަހަރެންދެކެ ހަނާލޯބިވޭތަ؟” އިރުޝާދުއަށް ހަނައޭނަދެކެ ލޯބިނުވާކަން އެނގެއެވެ.
“އަހަރެން ބޭނުމެއްނޫން އިރުޝާދުއަށް އެއްވެސްކަމެއް އޮޅުވައިލާކަށް.. އަހަރެން ލޯބިވީ ޒިލާލްދެކެ. އެއީ އިންސާނެއްނޫންކަން އެނގުނީމަވެސް އަހަރެން ޒިލާލް އާއި އެއްކޮށް އުޅެންބޭނުންވި. އެކަމަކު ޒިލާލް ދޮންއާދަނު މަރަލިހިސާބުން ފެށިގެން އަހަރެން އަޒުމްކަނޑައެޅީ އިރުޝާދުއާއި އެއްކޮށްއުޅެން.” މޫދާއިދިމާލަށް ބަލަންއިނދެ ހަނާވާހަހަކަ ދައްކަމުން ދިޔައިރު އޭނާގެ ދެލޯދިޔައީ ފެންކަޅިވަމުންނެވެ. ހަނާގެ މިވާހަކަތައް އިވިފައި އިރުޝާދުގެ މޫނުމައްޗަށް ވެރިވި ލާނެތްހިނިތުންވިން ހަނާއަށްނުފެނުނީ އޭނާ އެހެންދިމާލަކަށް ބަލަންއިނުމުންނެވެ.
“ދޮންއާދަނު މަރާލީ ޒިލާލްއެއްނޫން.. އޭނާ މަރާލީ ލޫޝިޔާން.” އިރުޝާދުތެދުވެ ހަނާކައިރީގައި އިށީނެވެ.
“އިރުޝާދުއަށް ލޫޝިޔާން އެނގޭތަ؟ ” ހަނާ ހައިރާންވީ އޭނާދުވަހަކުވެސް އިރުޝާދުއަށް ލޫޝިޔާންގެ ވާހަކަކިޔައިދީފައި ނުވާއިރު އިރުޝާދުއަށް ލޫޝިޔާން އެނގުމުންނެވެ. އަދި އިރުޝާދު އެހެންބުނީ ވަރަށް ޔަގީންކަމާއި އެކުގައިކަން ހަނާއަށްއެނގެއެވެ.
“ސޯލިހު ބުނީ.” އިރުޝާދު މިހެންބުނެ ގެއަށްދިއުމަށް ތެދުވިއެވެ. އަދި ހަނާގެ އަތުގައިހިފައިގެން ގެއާއިދިމާލަށް ހިނގައިގަނތެވެ.

ގެއަށްދިޔަ މަގުމަތީގައި ހަނާގެއެދުމަށް ހަސަނުމެންގެ ގެއަށް ދެމީހުންވަދެލިއެވެ. އޭރު ސިޓިންރޫމުގައިހުރި ސަރަންފީގޮނޑިއެއްގައި ސޯބިރާ ޤުރުއާން ކިޔަވަންއިނެވެ. ހަނާގޮސް ގޭތެރެއަށްވަނުމުންވެސް އިރުޝާދު ދޮރުމަތީގައި ނުވަދެ ހުރުމުން ސޯބިރާ އެތެރެއަށް އައިސްބަލާށޭ ބުނުމުން އިރުޝާދު މަޑުމަޑުން ގޭތެރެއަށްވަނެވެ.

“ދެކުދިން ކިހިނެއްތަ؟” ސޯބިރާ ކިޔަވަންއިން ޙަތިމްލައްޕާލަމުން ހަނާގެ ބޮލުގައި ފިރުމައިލަމުން އަހައިލިއެވެ.
“ރަނގަޅު.. ” ހަނާލަދުންއިނދެ އިރުޝާދުގެމޫނަށް ބަލަންއިނދެ ޖަވާބުދިނެވެ.
“ދަރިފުޅުގެ ލޯހާދަރަތޭ… އަނެއްކާ ބަލީތަ؟” އިރުޝާދުގެ މޫނަށް ބަލަންއިނދެ ސޯބިރާކުރި މިސުވާލުން އިރުޝާދުގެ މޫނުމަތީގެ ކުލަވަރުބަދަލުވެ މީހާ ހާސްވާގޮތްވިއެވެ.
“ނޫން… އެއީ… މީ… ނިދިހަމަ ނުވާތީކަންނޭނގެ.” އިރުޝާދު ބުނާނެއެއްޗެއް ނޭނގުމުން ދޮގުހެދިއެވެ. ހަނާ ހައިރާންވެފައި އިރުޝާދުގެ މޫނަށް ބަލައިލީ އޭނާރޭގައި އެހާރަނގަޅަށް ނިދިއިރުވެސް ނުނިދޭކަމުގައި ބުނެ ދޮގުހެދުމުންނެވެ.

ހަނާއާއި އިރުޝާދު ގެއަށްދިޔަމަގުމަތީގައި ހަނާއެކަމާއި ބެހޭގޮތުން ސުވާލުކުރުމުން އިރުޝާދުގެ ބޮލުގައިރިއްސާތި ލޯރަތްވީކަމަށާއި، ސޯބިރާ އިރުޝާދު ބަލިވެ އުޅެންޏާ ވަރަށްކަންތައް ބޮޑުކުރާނެކަމުގައިބުނެ ހަމަޖައްސައިލިއެވެ.

ގެއަށް ދިޔައިރު އާބިދާ ގޭގެފެންޑާގައި ބާރަށް ޔަސީންސޫރަތް ކިޔަވަންއިނެވެ. އިރުޝާދު ބާރަށްގޮސް ކޮޓަރިއަށް ވަނުމުން ހަނާވެސް ފަހަތުން ގޮސް ކޮޓަރިއަށް ވަނެވެ. “މާ ބޮޑަށް ރިއްސަނީތަ؟” ހަނާ ާއިރުޝާދުގެނިތްކުރީގައި ފިރުމައިލަމުން ނިތްކުރީގައި ބޮސްދިނެވެ.

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Eyesh

Level 210 Stories100 Comments

Between memories and imagination, I find stories worth telling. I write ✍️ I read 📖 I share ✍️📖🤍

Other Articles

Previous

ފޮހެވޭނޭ ބާއޭ… 18

Next

ތީ ފުރާނައިގެ ދިރުމޭ މަގޭ

Next
December 11, 2015

ތީ ފުރާނައިގެ ދިރުމޭ މަގޭ

Previews
December 11, 2015

ފޮހެވޭނޭ ބާއޭ… 18

10 Comments!

  1. Shabee says:
    December 11, 2015 at 8:47 pm

    wow…..mibaivx vrh habeyss…. 😉 nd anehka xilaal baa eulheny 😮 vrh kiyaahithun indhaa enimuny……nd nxt prt avahah, dhigu kh up khdhehchey…. 😀 all da bst 🙂

  2. Eyesh says:
    December 11, 2015 at 8:59 pm

    Thanx shabee ? m so happy to know that u like this story. And yeah sure, next part avahah dhigukoh genesdheynan ingey.

  3. Sijaa says:
    December 11, 2015 at 9:19 pm

    Kiyaa hithun indha e nimuny v v v salhi nxr part ah v inthizaaru eba kurevey

    1. Eyesh says:
      December 12, 2015 at 12:41 am

      V happy vejje wait kuraakan egunima. Insha allaah mirey up kuraanan ?

  4. mice says:
    December 11, 2015 at 10:19 pm

    very nice! next part thankolhe dhigu kolachea plx..

    1. Eyesh says:
      December 12, 2015 at 12:43 am

      Thnx mice. Yeah sure kohlaanan ingey ?

  5. Me says:
    December 11, 2015 at 11:36 pm

    Yeah it’s really nice … Please update next part soon..

    1. Eyesh says:
      December 12, 2015 at 12:44 am

      Thnx dear… will upload it mireyge vaguthehga ?

  6. Ab says:
    December 12, 2015 at 12:32 am

    Nukiyan hurefaaa mirrey miikiyaalee feshegen..
    Vaahaka salhii.
    Ekamu varah kuriii

    1. Eyesh says:
      December 12, 2015 at 6:56 am

      Thanx Ab ? varah kairi kairyga upload kuraathy ehaa dhigu nukurevenee

Comments are closed.

Next Episodeހުވަފެނެއްބާ؟ (9ވަނަ ބައި)←


All Right Reserved!