މާލޭގެ ވަށައިގެންވާ ކަނޑުގެ ހަމަހިމޭންކަމަށް ބަދަލެއް ނާދެއެވެ. މޫދުގެ ލޮޏުގަނޑުގެ ކުލައާއި މޫދުން އަންނަ ފިނިރޯޅިތައްވެސްމެއެވެ. މަގުތައް ކުރިއެކޭވެސް އެއްގޮތަށް ތޮއްޖެހި ބާރުބޮޑެވެ. ހަނިގޯޅިތަކުން ފުރިބާރުވެގެން ނިކުންނަ ސައިކަލު ތަކާއި ކާރުތައްވެސް ހަމަ ކުރިއެކޭ އެއްފަދައެވެ. މާލޭގެ މައިމަގުގެ ދެފަރާތުގެ ޕޭމަންޓް މަތިން ދެކޮޅަށް ހިނގާމީހުންތައް ނުހަނުގިނައެވެ. އޮފީސްތަކަށާއި އެތަން މިތަނަށް ދިއުމުގައި މީހުންތައް މަސްއޫލުވެއުޅެއެވެ. މިއީ ކޮންމެދުވަހަކު ހެން ފެންނަ ބަދަލެއް ނާންނަ ކަންކަމެވެ. ބަދަލުވީ ހަމައެކަނި ވަގުތެވެ. ހާލަތެވެ. ސާރާ ހުރީ މާލޭގެ ބޭރުމަގުގެ […]
“ދަރިފުޅާ ހަމަޖެހިބަލަ.. ” ޔަމަންގެ ބޮލުގައި ފިރުމަމުން ހަސީނާ މަސައްކަތް ކުރީ ޔަމަން ހަމަޔަކަށް އެޅުވޭތޯއެވެ. ” މަންމާ… ވަރަށް ބިރުވެރި ހުވަފެނެއް ފެނުނީ. ހީވީ ހަމަ އަސްލު ހެން. ” ޔަމަން ވާހަކަ ދެއްކީ ބިރުން އިނދެއެވެ. ހަސީނާ ތެދުވެގެން ގޮސް ޔަމަންއަށް ފެން ތައްޓެއް ދީގެން ޔަމަން ގޮވައިގެން ސިޓިންރޫމަށް ނިކުތެވެ. އޭރު ގޭތެރޭގައި ހުރި ސަރަންފީގައި މޫސަ ދުފަން އިނެވެ. ޔަމަންގެ މޫނު ފެނިފައި މޫސަ ފުންމައިގެން ތެދުވިއެވެ. ” ދަރިފުޅާ ކިހިނެއްވީ […]
ރޭގައިވީ ހުރިހާ ކަމެއް އަލިފުން ޔާއަށް ޔަމަން ،ޒާންއަށް ކިޔާދިނެވެ. އެވާހަކަތައް އަޑުއެހުމަށްފަހު ޒާން އިނީ ހައިރާންވެ ޖެހިލުން ވެފައިކަން އޭނާގެ މޫނުމަތިން ވަރަށް ސާފުކޮށް ފެންނަން ހުއްޓެވެ. ” ޔަމަން ދެން ރޭގަނޑު ބޭރަށް ދާއިރު ކުރުސިކިޔާތި. ނިދަންވީމަވެސް ކުރިސިކިޔާ ގަޔަށް ފުމެގެން ނިދާ.” ޒާން ބޭނުންވީ އޭނާ އަށް ވެވުނުގޮތަކަށް އެކަމުގައި ޔަމަން އަށް އެހީވާށެވެ. “ހުމްމް…. ދެން ތިބުނިހެން ކަންތައް ކުރާނީ. ޒާން މާބޮޑަށް އެކަމާ ދެން ނުވިސްނާ” ޔަމަން ހީލަމުން އޭނާ […]
ރޭގަނޑުގެ ކެއުން ނިމުމާއެކު ޔަމަން ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. އާންމުކޮށް ޔަމަން ރޭގަނޑު ކައިގެން ކޮޓަރިއަށް ވަދެ ދިހަޔެއް އެގާރަ ޖަހަންދެން ވާހަކަ ކިޔަން އޮވެއެވެ. ނަމަވެސް މިރޭ ޔަމަންގެ ސިކުނޑީގައި އެނބުރެމުން ދިޔަ ޚިޔާލުތަކާއި، ހިތުގައި އުފެދުނު ސުވާލުތަކުގެ ސަބަބުން އެއްވެސް ކަމެއް ކުރާހިތެއް ނުވިއެވެ. އެނދުމަތީގައި އުއްޑުން އޮށޯވެލައިގެން ސީލިންގުގައި އެލުވާފައިހުރި ފަންކާ އާއި ދިމާލަށް ބަލަން ހުއްޓުން އަރާފައި އޮތީއެވެ. “އެއީ ކާކުބާއެވެ؟ ޒާން ނަމަ އަހަންނަކަށް ނުފިލާނެއެވެ. އެމީހާ އެހާ […]
“ޔަމަން….” ފަހަތުން ބާރަށް މީހަކު ގޮވާލި އަޑަށް ޔަމަން ފަސްއެނބުރި ބާލާލިއެވެ. ފަސް ފޫޓެއް ހާދުރުގައި ފިރިހެނަކު މަޑުކޮއްލައިގެން ޔަމަން އާއި ފިމާލަށް ބަލަން ހުރިހެން ހީވިއެވެ. އަނދިރީގެ ތެރެއިން އެމީހާގެ މޫނު ފެންނަންހުރީ ހިޔަންޔެއް ކަހަލަ ގޮތަކަށެވެ. އެއީ ކާކުކަމެއް ނޭނގުމުން އެމީހަކު އަންނަންދެން ޔަމަން އިރުކޮޅަކު މަޑުކޮއްލިއެވެ. ހަނދުވަރުގެ ފަނޑު އަލި އުޑުމަތީގައި ވީނަމަވެސް، މަގުގެ ދެފަރާތުގައި ވާ ބޮޑެތި ބިޔަ ގަސްތަކުގެސަބަބުން މަގުމައްޗައް ވަނީ ހިޔަނިއެޅި އަނދިރިވެފައެވެ. ޔަމަން ހުރީ އެމީހާ އަންނާނެކަމަށް […]
އާދައިގެ މަތިން މިއަދުވެސް ރުނާ ވަރަށް ފަތިހު ތެދުވެ ވުޟޫ ކޮށްލައިގެން ނަމާދުކުރަން ފެށިއެވެ. ނަމާދުކޮށް ނިމިގެން ދުޢާއަށް އަތް އުފުލާލި އިރުވެސް ރުނާގެ ދެލޯ ވަނީ ފެންކަޅިވެފައެވެ. “ޔާ ﷲ .. އިބަ ރަސްކަލާނގެއީ ރަޙްމާނުވަންތަ އަދި ރަޙީމުވަންތަ ރަސްކަލާނގެ.. އިބަރަސްކަލާނގެ ރަހުމަތްފުޅުން މިއަޅާގެ ހަޔާތަށް އައިސްފައި މިވާ ވަރުގަދަ ތޫފާނުން ސަލާމަތް ކުރައްވާ މިއަޅާއަށް ކެތްތެރިކަން ދެއްވާނދޭވެ.. މިއަޅާގެ ހަޔާތުން އަނިޔާވެރިކަން ފިއްލަވައި ބާއްޖަވެރި ދިރިއުޅުމެއް މިންވަރު ކުރައްވާނދޭވެ.. މިއަޅާގެ ބަލިކަށިކަން ދުރުކޮށް ގަދަފަދަ […]
ފިރާޝް ފެނުމާއިއެކު ރުނާ ފުންމައިގެން ތެދުވެ ފިރާޝްގެ ގައިގައި އޮޅުލައިގަތެވެ. ފެނުނު ހުވަފެނުގެ ސަބަބުން އޭރު ރުނާހުރީ ބިރުން ހަލާކު ވާވަރު ވެފައެވެ. “ފިރާޝް…ބި..ބިރުވެރި… ” ރުނާއަށް ރޮވެންފެށުމުން އޭނާއަށް އިތުރު އެއްޗެކޭ ބުނެވޭ ވަރެއް ނުވިއެވެ. އޭރުވެސް ރުނާ ހުރީ ފިރާޝްގެ ގައިގައި ބާރަށް ބައްދައިގެންނެވެ. “ކީއްވެ ތިރޮނީ؟.. ކިހިނެއްތަވީ؟ ބިރުވެރި ކޯއްޗެއްތަ؟؟” ފިރާޝް ހާސްވެފައި ހުރެ ހުރިހާ ސުވާލުތަކެއް ފައްޗަކަށް އަމުނައިލިއެވެ. “ބިރުވެރި ހުވަފެނެއް ފެނުނީ… ފިރާޝް އަހަރެންގެ… ބޮލުގަ ވަރަށް ބާރަށް …. […]
“ހެޔޮނުވާނެ ސަލީމް… ގުޅާބަލަ ޒައިންއަށް.. މަގޭހިތަކަށް ކެތެއް ނުވާނެ އެސޮރު ނުފެންނަންޏަކާ..” ނައީމާ ވާހަކަ ދެއްކީ ކާމޭޒު ކައިރީގައި އިން ސަލީމުއާއެވެ. އޭރު ނައީމާގެ ދެލޮލުން ފޭދެމުންދިޔަ ކަރުނަތައް އޭނާގެ ކޯތާފަތް މައްޗަށް ފޭބިތަން ސަލީމުއަށް ފެނުނެވެ. “ޒައިން ނުފެންނާތީ އަހަރެންވެސް ދެރަވޭ. އެއީ އަހަރެންގެ އުފަން ދަރިއެއް ނޫނެއްކަމަކު ޒައިންއާ އަލްވިޝް ދުވަހަކުވެސް ތަފާތެއް ނުކުރަން. އެކަމަކު އޭނަ ކަންތައް ކުރިގޮތުން އަހަރެން ބޭނުންވީ އޭނާ އަހަރުމެންނާ ދުރަށް ދާން….. އަހަރުމެންނާ ވަކިން އެހެން އުޅެންފެށީމަ […]
ގެއަކީ މާބޮޑު ގެއެއް ނޫނެއްކަމަކު ގޯތިތެރޭގައި އޮންނަ ހުސްޖާގައިގައި ކޮންމެވެސް ވަރަކަށް މާގަސް ހައްދާފައިވުމުގެ ސަބަބުން ގޭގެ މައިދޮރުން ވަންނައިރު މަންޒަރު ފެންނަލެއް ވަރަށްވެސް ރީއްޗެވެ. ގޯތި ތެރޭގައި ހުންނަ ގިފިލި ބޮޑުވެފައި ބޮޑުވަޅެއް ހުއްޓެއްކަމަކު ތިރިފާޚާނާ ތައްޓެއް ހުރެފައި ގިފިލި ހިޔާނުކޮށް ހުރުމުގެ ސަބަބުން ރުނާ ކުޑަކޮށް ހިތްހަމަ ނުޖެހުނެވެ. ރުނާމެންގެ ގޭގެ ފާޚާނާހިޔާކޮށް ތަނުގައި ބަހައްޓާފައި ހުންނަނީ އުސް ފަޚާނަތައްޓެއް ކަމުން މިތަނަށް ހޭނިލަން ދުވަސް ކޮޅެއް ނަގާނެއޭ ރުނާގެހިތަށް އެރިއެވެ. ގޭތެރެއަށް ވަދެގެން […]