“މިއަދު އަފާ ވަރަށްތަފާތު… އެމަންޖެ ހީވަނީ ބޮޑުއުފަލެއް ލިބިގެން އުޅޭހެން..” ކާމޭޒު ކައިރީގައި އިނދެ ސަމީރާ ވާހަކަދެއްކީ މޫސައާއެވެ. “އެހެންތަ؟ ތިވާނީ އެމަންޖެއަށް ވިސްނެނީކަމަށް.. އެހެންގޮސް މަޑުމަޑުން ޒައިންމަތިން ހަނދާންނެތިދާނެ..” މޫސައެހެން ބުނީ އެއީއޭނާ ބޭނުންވާ ގޮތްކަމުގައި ވާތީއެވެ. އިރުކޮޅަކުން އަފާއާއި ވަސީމް ކާންއައުމުން ދެމީހުން ދައްކަމުން ދިޔަވާހަކަ ހުއްޓާލުމަށްފަހު މޫސަ ވާހަކައޮޅުވައިލިއެވެ. “ދަރިފުޅާ ވަސީމް.. ރެސްޓޯރެންޓުގެ މަސައްކަތް ކިހާހިސާބަކަށް ގޮއްސިތަމިހާރު. ؟” “ފަސްމަސް ތެރޭގަ ހުޅުވޭވަރު ވާނެހެން ހީވަނީ.” ވަސީމް ފެންތަށިން ކޯވަރެއް ބޯލަމުން ޖަވާބުދިނެވެ. […]
“ނައީމާ… ނައީމާ…. ޒައިން… ޒައިން ގެ މައްޗަށް ފަސްއަހަރުގެ ޖަލު ހުކުމެއް އިއްވައިފި.” ބާރަށް ދުވެފައި ގޭތެރެއަށް ވަދެގެންއައި ސަލީމަށްހުރީ މާނޭވާލެވިފައެވެ. ދެލޯފެންކަޅިވެފައި ވާއިރު އެފަކީރަށް ވާހަކަ ދެއްކެނީވެސް ހަމަކިރިޔާއެވެ. ވާނީވެސް އެހެންތާއެވެ. ކުޑަކުޑައިރު އަމިއްލަ ދަރިއެއްފަދައިން ޒައިންދެކެ އޭނާލޯބިވަމުންއައީ ޒައިންއަށް އެއީ ދޮންބައްޕަ އެއްކަން އެއްވެސް ވަރަކަށް އިހުސާސްވެސް ނުވާނެހާ ފުރިހަމައަށެވެ. “ކީއްކުރަން ތިރޮނީ؟ އެކަހަލަ ކުށްވެރިންނަށް ލިބެންޖެހޭއަދަބު ލިބުނީމަ އެއްޗެއް ވިސްނޭނީ… ފަސްއަހަރު ކޮށްފަ އަންނައިރު ހުންނާނީ އެއްޗެއް ވިސްނިފަ. އެއީ އަހަރެންގެ އަމިއްލަ […]
އިރުޝާދުއާއި ހަސަނު ނިކުމެގެންދިޔައިރުވެސް ހަނާހުރީ ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. ޒިލާލް މީހެއް މަރާލައިފާނެހެއްޔެވެ؟ “އިންނާ ލި ﷲ ވައިންނާއިލައި ރާޖިޢޫން.. ރަނގަޅަށްވިއްޔާ އެނުލަފާޖިންނި ދޮންއާދަނު މަރާލީ.” ބިރުންހުރެ އާބިދާ ހަނާގެ ކޮނޑުގައި ކޮށްޓައިލަމުން ބުންޏެވެ. ހަނާއަށް އެވާހަކަ ގަބޫލުނުުކުރެވުމުން ނޭނގޭވާހަކަ ދައްކާކަށް ނުވާނެކަމުގައި ބުނެ ގޮސް ކޮޓަރިއަށްވަނެވެ. އިރުޝާދުއާއި ހަސަނު ދޮންއާދަނުގެ ގެއަށް ދިޔައިރު އެގޭދޮށަށް މުޅިހިސާބުގަނޑު އެންމެން އެއްވެފައި އޮތެވެ. އެންމެންވެސް ކިޔަމުން ދިޔައީ ދޮންއާދަނުގެ މޫނުމަތި އާދަޔާއިޚިލާފަށް ދުޅަވެފައިވާ ވާހަކައެވެ. އޭރު ގޭގެ ފެންޑާގައިހުރި […]
އާދުވަހަކަަށް އިރުއެރީ ކޮވެއްޔާއިހާލުގެ ރީތި މިއުޒިކީއަޑުތަކުން ހިތްތަކަށް އުފާވެރިކަން ލިއްބައިދެމުންނެވެ. އަރާމު ނިދީގައި މަޑުތަންމަތިތަކުގައި ނިދާފައިތިބި މީހުން ތެދުވެއެބައިމީހުން ކާންބޯންކުރާ މަސައްކަތްތަކުގައި އަވަދިނެތި އުޅެންފަށައިފިއެވެ. ސީމާ މިއަދުއެވަނީ އަމިއްލަ ހާލާއިގެން ނޫޅެވޭވަރުވެފައެވެ. މީހަކު ދިނިއްޔާނޫނީ ނުކެވެއެވެ. އެންމެކުޑަމިނުން ފާޚާނާއަށް ވެސް ދެވެނީ މީހެއްގެ އެހީތެރިކަމާއި ލައިގެންނެވެ. “ދަރިފުޅާ.. މަންމަ އަށް ފެންފޮދެއް ދީބަލަ” ސީމާގެ އެނދާއި ޖެހިގެންހުރި އެނދުގައިއޮތް ކިއާރާއަށް ސީމާ ގޮވާލީ ބަލިއަޑަކުންނެވެ. ކިއާރާ އަވަސް އަވަހަށް އައިސް ސީމާއަށް ފެންދީފައި ގޮސް އަނެއްކާވެސް އޮށޯތެވެ. […]
“އަ… އަހަރެން….. ޒިލާލް އަހަންނަށްފެނުނީ ހުވަފެނުގައި…..” ހަނާ ވާހަކަދެއްކީ އާގަންނަމުންނެވެ. އިރުޝާދު ހަނާއާއި އާބިދާއަށް ކިޔެވެލި ކިޔެވިވަގުތުގައި ވީހުރިހާކަމެއް ކިޔާދިނެވެ. ބިރުންގޮސް އާބިދާގެދެފައި ތުރުތުރު އަޅައިގަނެގެންދިޔައެވެ. “މާތްކަލާކޯ… ހަނާދެކެ… ލޯބިވާ ޖިންނިއެކޭ؟” އާބިދާގެއަޑު ކިރިޔާނިކުންނަ ކަމެވެ. “ހަނާ ކިޔައިދީބަލަ.. ހުވަފެނުގައި ޒިލާލް ކީތްތަކުރީ؟. ” އިރުޝާދު އިތުރަށް އެނގެން ބޭނުންވިޔެވެ. ހަނާ ކަމެއްސިއްރުކުރާކަން އިރުޝާދުއަށް އެނގުނެވެ. “އަހަރެން ހަނދާނެއް ނެތް ހުވަފެނުގައި ވީގޮތެއް.” ހަނާ އެއްވެސް ވާހަކައެއް ދައްކާކަށް ބޭނުމެއް ނުވިއެވެ. ހަނާއެކަނި ބާއްވަން ބޭނުންނުވާތީ އާބިދާވެސް […]
އެއަޑުއަހަން ސަމީރާގެ ފަހަތުގައިހުރި މޫސަ ކޮޓަރިތެރެއަށްވަދެ އަފާކައިރީގައި އިށީނެވެ. “ދަރިފުޅާ.. ދަރިފުޅުކުރާ ކޮންމެކަމަކާ ބައްޕަ އެއްބަސް ވަނީދަރިފުޅުދެކެ ވާލޯތްބެއްގެ ބޮޑުކަމުން. އެކަމަކު ޒައިން ކަހަލަ ކުއްވެރިޔަކާ ދަރިފުޅު ގުޅޭކަށް ބައްޕަ ބޭނުމެއްނޫން… ޒައިންއާ އިނދެފިއްޔާ ދަރިފުޅަށް މީހުން ކިހާމަލާމަތެއްކުރާނެ. ދަރިފުޅަކީ ނުލާހިކު ރަނގަޅަށް ކިޔަވައިގެންހުރި ކުއްޖެއް. ދަރިފުޅަށް މާ ރަނގަަޅު މީހުންވާނެ.” މޫސަ މަސައްކަތްކުރީ އަފާއަށް ލޯބިން ވިސްނައިދޭށެވެ. އެހެނަސް އަފާއަށް މޫސަގެ ވާހަކަތަކުން އެއްވެސް އަސަރެއް ނުކުރިއެވެ. ޒައިންގެ ލޯތްބަށްޓަކައި އޭނާ މީހުންގެ މަލާމާތާއި ކުރިމަތިލާންވެސް […]
ހަށިގަނޑުގެތެރެއަށް ފާޑެއްގެ ދިލަހޫނެއް ވާންފެށިހެން ހީވެގެން ހަނާތެދުވެ ހިނގައިގަންނަށް މަސައްކަތް ކުރިވަގުތު ބޮލަށް އަރައިގެންދިޔަ ކުއްލިތަދަކާއިއެކު ހަނާ ވެއްޓެންދިޔައެވެ. އިރުޝާދު އެއްލިއަތުން ހަނާގެގައިގައި ބާރަށްހިފެހެއްޓިއެވެ. ގަޔަށް އަރައިގަނެގެންދިޔަ ކުއްލިބާރަކާއިއެކު ހަނާތެޅިފޮޅިގަތެވެ. އިރުޝާދުގެއަތުން ހަނާދޫވެ ބިންމައްޗަށް ވެއްޓުނެވެ. ރޯމަހެއް އެއްގަމަށް އެއްލުމުން ތެޅޭފަދައިން ހަނާބިންމަތީގައިއޮވެ ތެޅެމުންދިޔައެވެ. އިރުޝާދުއާއި ހަސަނަށް ހަނާ މައިތިރި ނުވުމުން ހެކިވެރިންގެގޮތުގައި ގެނައި ބަކުރާއި ރަހުމާނުވެސް އެމީހުންނާ ބައިވެރިވެ ހަނާހިފެހެއްޓޭތޯ މަސައްކަތް ކުރަންފެށިއެވެ. ވަރުގަދައަޑެއް ކަރުތެރެއިންނެރެ ހަޅޭއްލަވަމުންދަނިކޮށް ހަނާގެއަނގައިން ހުދުފޮނުތަކެއް ފައިބަގެތެވެ. އާބިދާއަށް މިވަނީކީއްކަން ނޭނގިފައި […]
މަންޒަރު ބަލަންބިތި ސަމީރާއާއި ރީޝާ ބާރަށްއައިސް އަފާއާއި ސުވާލުކުރަން ފެށިއެވެ. އަފާއިނީ ގަބުވެ ބަސްހުއްޓިފައެވެ. ލިބުނު ޝޮކުގެބޮޑުކަމުން ހުއްޓުންއަރާފައި އިރުކޮޅަކު އިނުމަށްފަހު ރޯންފަށައިފިއެވެ. އަފާ އެއްވެސްމީހަކާއި ވާހަކަދައްކާކަށް ބޭނުމެއް ނުވިއެވެ. އެއްވެސްމީހެއްގެއަޑު އޭނާގެކަންފަތަށް ނީވޭހެންވެސް ހީވާކަހަލައެވެ. ސަމީރާގެހިތަށް ކެތްނުވެގެން ވީގޮތެއްއެހުމަށް ޒައިންގެފޯނަށް ގުޅޭތޯމަސައްކަތް ކުރިއެވެ. ފޯނު ނިއްވާލައިފައި އޮތުމުން ނައީމާގެ ފޯނަށްގުޅީ ޒައިން ގޭގައިއުޅޭތޯބެލުމަށެވެ. ދެފަހަރަކު ރިންގުވީތަނާހެން ފޯނަށް ޖަވާބުދިނީ ސަލީމުއެވެ. އޭރުސަލީމުގެއަޑު ތުރުތުރުއަޅައެވެ. “ޒައިން … ޕޮލިހަށް ގެންގޮސްފި….. ވަގުފައިސާގެ ވިޔަފާރި ކުރާކަމަށް ތުހުމަތު ކުރެވިގެންނޯ […]
ސީމާގެ އެޕާޓްމެންޓަށް ވަންނަ މީހުން ދިޔައީ ދުވަހެއްދުވަހަކަށް އިތުރުވަމުންނެވެ. ސީމާގެއަންހެން ރަށްްޓެހިންނަށްވުރެ ގިނައީ ފިރިހެން ރަށްޓެހިންނެވެ. އަންނަ ގިނަމީހުންގެއެދުމަކީ ސީމާގެ ޒުވާންހަށިގަނޑުގެ ފޮނިމީރުކަންލިބިގަތުމެވެ.ގެއެކޭ ކިޔުމަށްވުރެ އެތަނަށް ނާސިގެއެެކޭ ކިޔުންވެސް މާރަނގަޅުވާނެއެވެ. އިންތިޒާރު ކޮށްލައްވާ….