ވަށައިގެންވަނީ ހަމަހިމޭން ކަމެވެ. ހަނދުގެ އަލި ގަސްތަކުގެ ތެރެއިން ފުރޭނިގެންއައިސްް ހިތްގައިމު ކޮކާހަނދުވަރެއް ފެތުރިފައިވެއެވެ. ހަނާގެ މިސްރާބު ހުރީ ރަށުގެ ދޮންވެލިތުނޑިއާއި ދިމާލަށެވެ. ޖެހެމުންދިޔަ މަޑުމަޑު ރޯޅިތައް އައިސް ގައިގައި ބީހިލާ ކޮއްމެފަހަރަކު ހިތަށް ލިބިގެން ދަނީ އާދަޔާހިލާފު ހިތްހަމަ ޖެހުމެކެވެ. މަަޑުފިޔަވަޅުތަކެއްގައި ހިނގާފައި ގޮސް ތުނޑިމަތީގައި ހަނާ އިށީނެވެ. މޫދުން އައްނަ ކުދިކުދި ރާޅުތައް ވެލިގަނޑަށް ބީއްސާލާ ކޮންްމެ ފަހަރަކު އިވިގެންދަނީ ރީތި މިޔުޒިކީއަޑެކެވެ. “ހަނާ”…. އިންތިޒާރުކޮށްލައްވާ!