Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބީގާ ވާތީފަނާ… (9ވަނަ ބައި)

Eyesh Level 210 Stories100 Comments
December 14, 2015 4 Mins Read
20 Comments

“މަންމާ! ކުކުޅުތައް ފިހެވިއްޖެ، އަވަހަށް ބްރެޑްނަގާ ރެޑީކުރޭ. ތަށިތަކަށް ކޯކުވެސް އަޅަންވީނު.” ވަސީމް މިހެންބުނުމުން ސަމީރާއާއި ރީޝާ ތަށިތައްނަގައި ތައްޔާރު ކުރަންފެށިއެވެ. އޭރުވެސް އަފާއިނީ އޭނާއަށް މެސެޖު ކުރީކާކުކަމެއްނޭނގިގެން އެކަމާއިމެދު ވިސްނާށެވެ.
“ކޮއްކޯ.. ކޯއްޗެއްތަ ތިވިސްނަނީ…. ރޭގަ މާބޮނޑިފޮނުވި ކުއްޖައާ ދޭތެރޭގަތަ؟” ވަސީމް ހެމުންހެމުން އެހެންބުނިއިރު ހީވަނީ އަފާގެ ސިކުނޑީގައި އެނބުރެމުންދާ ޚިޔާލުތައް ވަސީމްއަށް އެނގިގެން ބުނިއެއްޗެއްހެންނެވެ. އަފާ ޕިސް އެކޭ ބުނުމަށްފަހު ސަމީރާމެންނާއިއެކު މޭޒުމަތީގައި ކާއެއްޗެހި އެތުރުމާއިގެން އުޅެންފެށިއެވެ.

 

ގެއަށް ދިޔަމަގުމަތީގައި އަފާއަށް އަނެއްކާވެސް ހަމައެނަންބަރުން އަފާ ހާދަރީއްޗޭ ކިޔައި މެސެޖުކުރިއެވެ. އެހެނަސް އަފާ އެމެސެޖަށް އެއްވެސް ޖަވާބެއް ފޮނުވަން ބޭނުންނުވީ އަފާ އެހުމުންވެސް އެމީހެއްގެ ނަންނުބުނުމުންނެވެ. އަފާ މޫސައާއި ސަމީރާއާއިއެކު ޓެކްސީއިން ފައިބައިގެން ގެއަށް ވަންނަން އައިރު ދޮރުމަތީގައި ރަތްފިނިފެންމަލަކާއި ކާޑެއްއޮތެވެ. އަފާތުން އަނބުރައިލަމުން އެއެއްޗެހިނަގައިގެން އެތެރެއަށްވަނެވެ.
” އަފާ… ކޮންކުއްޖެއްތަ މާވަރަކަށް ދަރިފުޅަށް މާފޮނުވަނީ. ތިކުއްޖާ ހާދަ ލޯބިވެޔޭދޯ ދަރިފުޅުދެކެ.” ސަމީރާ މޫސަގެގައިގައި ކޮއްޓައިލަމުން އަފާއާއި ދިމާކޮށްލިއެވެ.
“ނޭނގެ… ކޮންމެވެސް މޮޔަމީހެއްހެން ހީވަނީ.” އަފާ މޫނަށް ޖެއްސިވައްތަރުން އެއީ ޒައިންގެކަމެއް ނޫންކަން ސަމީރާއަށް ޔަގީން ވިއެވެ.
އަފާ ކޮޓަރިއަށްވަދެ އެނދުގައި އޮށޯވެލަމުން ކާޑުގައި ލިޔެފައިވާ ލިޔުންކޮޅި ކިޔައިލިއެވެ. ” ހައި އޭންޖަލް! ޔޫ އާރ ސޯ ބިއުޓިފުލް” ކާޑުގައުވާ މިކުރު ލިޔުން ކޮޅުކިޔައިލުމަށްފަހު އަފާ ކައިރިއަށް ރުޅިއަންނަގޮތް ވިއެވެ. އެމީހަކު އެއުޅެނީ މޮޔަވެގެންބާއޭ ހިތަށްއަރައި އެމީހާ މެސެޖުކުރި ނަންބަރަށް ގުޅިއެވެ.
“ހަލޯ..” އެއީ ފިރިހެންވަންތަ ރީތިއަޑެކެވެ. އަފާދަންނައަޑަކާއި ވައްތަރުނަމަވެސް ސީދާ ކާކުކަމެއް ނޭނގުނެވެ.
“ތީ ކާކު… ކީއްކުރަން ފޮނުވާހާއެއްޗިއްސެއްތަ މީ؟” އަފާ ރުޅިއައިސްފައި ސުވާލުކޮށްލިއެވެ.
“މީ… މީ ޝާމް.. އަހަރެން އަފާދެކެ ވަރަށްލޯބިވޭ. އަހަރެން އަފާއަށް އުނދަގޫ ވެދާނެތީ ނުގުޅަނީ.. އެނގޭ އަފާގެބިޓެއް ހުންނަކަންވެސް. އަދި އޭނަވީ ޖަލުގަކަންވެސް އެނގޭ…” ޝާމް ވަހަކަދެއްކީ ވަރަށް މަޑުންނެވެ. އަފާ ރުޅިއައިސްފައި ހުރިކަން އެނގުމުން ކިތަންމެ ދެރަވި ނަމަވެސް އޭނާ އަފާދެކެ ލޯބިވާކަން ހާމަކުރީ އެއްވެސް ޖެހިލުމެއް ނެތިއެވެ.

“ޝާމް އޭ؟… އަދިވެސް އަހަރެންމަތިން ހަނދާން ނައްތައެއް ނުލަންތަ؟” އެއީ ޝާމްކަން އެނގުމުން އަފާ ކައިރިއަށް އައިސްފައިވާ ރުޅިމައިތިރިވެ ހިނިއައެވެ. އަދިވެސް އޭނާ އަފާމަތިން ހަނދާންް ކުރާކަން އެނގުމުން ހައިރާންވިއެވެ. މީހަކުދެކެ ލޯބިވުންއެއީ ކިހާވަރެއްގެ ކަމެއްކަން މިހާރު އަފާއަށް ވަރަށްރަނގަޅަށް އިހުސާސް ކުރެވެއެވެ. އެހެންކަމުން ޝާމްގެ އިހުސާސްތަކަށް އިހުތިރާމް ކުރާހާލު އަފާ ޝާމް ކައިރިން އޭނާއަށް ނުގުޅުމަށް އެދުނެވެ.

“އަފާ އެހެންމީހަކުދެކެ ލޯބިވުންއެއީ އަހަރެންގެ ބަދުނަސީބުކަން.. އެކަމަކު އަފާދެކެ ލޯބިވުމުގެހައްގު އަހަންނަށްވެސްއެބަ އޮތެއްނު. އަފާ ކޮންމެމީހަކާ އިނަސް އެދުވަހެއް އަންނަންދެން އަހަރެން އުންމީދުކަނޑައެއްނުލާނަން.. އެދުވަހަކުން މިހެނެއް ނޫޅޭނަން އިނގޭ.”
ޝާމްގެ ވާހަކަތަކުން އޭނަދެރަވެފައިވާވަރު އަދި އޭނާ އަފާބޭނުން ވާވަރު އަފާއަށް އެނގުނެވެ. އަފާ ޒައިންއަށް އިންތިޒާރު ކުރަމުން ދާއިރު ހިތުގައިއަޅަމުންދާވޭން ޝާމްގެ ހިތުގައިވެސް ހަމަ އަޅާނެއޭ ހިތަށްއެެރިއެވެ.
“އައި ރެސްޕެކްޓް ޔުއާރ ފީލިންގްސް.. އެކަމަކު އަހަރެން ޝާމްދެކެ ލޯތްބެއްނުވޭ.. އެހެންވީމަ ތީހަމަ ބޭކާރުކަމެއްނު ދޯ.” އަފާމަސައްކަތްކުރީ ޝާމްއަށް ވިސްނައިދޭށެވެ. އެކަމަކު ޝާމް އަފާލިބޭތޯ އަބަދުވެސް މަސައްކަތްކުރާނެކަމުގައި ބުނެ ފޯނުބޭއްވިއެވެ.
“ނައީމާ…. ޒައިން ގުޅި މިއަދު.. ވަރަށް ސަލާމް ބުނި. އެސޮރަށް ކުރެވުނު ކަންތަކުން ވަރަށް ދެރަވެފަހުރީ.. މާފަށްވެސް އެދުނު.” ގޭތެރެއަށް ވަދެގެންއައި ސަލީމް ވާހަކަދެއްކީ އަަލްވިޝްއަށް ކާންދޭންއިން ނައީމާއާއިއެވެ.
“އެހެންތަ.. އަހަރެން ޒައިންއަށް މާފުކުރާނީ އޭނަޖަލުން ސަލާމަތްވެގެން އައިސް ރަނގަޅު ދިރިއުޅުމެއް އުޅޭދުވަހަކުން. އޭނަގެ މަސައްކަތުން އެންމެންްގެ ލޯބިހޯދާ ރީތިކޮށްއުޅޭ ދުވަހަކުން އަހަރެންގެ މާފް ލިބޭނީ.. އޭނަ އަންނައިރަށް ދޮންފުތު ކޮށްގެން އުޅެންފަށައިފިއްޔާ އަމިއްލައަށް ކުރެވުނު ކުށުގެ ބޮޑުކަން އޭނައަށް އިހުސާސެއް ނުވާނެ.” ނައީމަގެ އަޑުގައި ހިތާމައިގެ އަސަރު ވީނަމަވެސް އޭނާ ވާހަކަދެއްކީ ވަރަށް ހިތްވަރުކޮށްފައިކަން ސަލީމްއަށް އެނގުނެވެ. އާނދޯ އޭ ބުނުމަށްފަހު ސަލީމުގޮސް ކޮޓަރިއަށްވަނީ ޒައިންގެ ވާހަކަދެއްކުމުން ނައީމާ އިތުރަށް ދެރަވެދާނެތީއެވެ.

 

މިހާރު ޒައިންގެ ހަބަރެއްނުވާތާ ހަފްތާއެއްވީއެވެ. މިއަދަކީ އަފާގެ ކޯސް ފެށޭދުވަސް ކަމުން އޭނާކިތަންމެ އުފާވިނަމަވެސް ޒައިންގެ ހަބަރެއްނުވާތީ ހިތަށްހަމަޖެހުމެއް ނުލިބެއެވެ.

” ކޮއްކޯ… ހިނގާ ދާން.” އަފާކައިރީގައި އައުމަށްބުނެ ވަސީމް ނިކުތުމުން އަފާވެސް ވަސީމްގެ ފަހަތުން ނުކުތެވެ. ގެއާއި ކޮލެޖު މާދުރުނޫން ކަމުން ހަތްވަރަކަށް މިނެޓުން ކޮލެޖާއިހިސާބަށް ދެވުނެވެ. “ނިމުނީމަ ގުޅާނަން.. ”
އަފާ ކްލާހަށް ވަތްއިރު ކްލާސްތެރޭގައިތިބި ހުރިހާކުދިންގެ ނަޒަރުވެސްއަފާއަށް ހުއްޓުނެވެ. ވާނީވެސްއެހެންތާއެވެ. އެރީތި ހުދުކުލައިގެ ޓޮޕާއި މަޑުނޫކުލައިގެ ޖިންސުގައި ހުންނައިރު އަފާގެ ސޫރަ އިތުރަށް ރީތިކަމުގައި ފެނެއެވެ. އެއްވެސްމޭކަޕެއްނެތި ހުންނައިރުވެސް އެދޮންމޫނުގެ ރީތިކަންފެނިފައި އެންމެންގެ ލޯތައްވެސް އަފާއަށް ހުއްޓުމުން އެއީހައިރާން ވާންޖެހޭވަރުގެ ކަމެއްނޫނެވެ.

 

ގަޑިން ރޭނގަޑު ދިހައެއްޖެހީއެވެ. އަފާހުރީ ކޮލެޖުގެ ދޮރުމަތީގައި ވަސީމް އަންނަންދެން މަޑުކޮށްލައިގެންނެވެ. “ހާއި އަފާ!” އަފާއަށް ސިއްސައިގެންގޮސް ފަހަތަށް އެނބުރި ބަލާލެވުނީ ޝާމް އަފާއަށް ގޮވާލުމުންނެވެ. އޭރު އަފާއާއި ނުހަނުކައިރީގައި ޖުޕިޓަރ ސައިކަލެއްގެ މަތީގައި ޝާމްއިނެވެ. ގަދަރަތް ކުލައިގެ ޓީށާޓަކާއި ކަނޑުނޫކުލައިގެ ޖިންސެއްގައި އިންޝާމްފެނިފައި އަފާއަށް ލިބުނީ ހައިރާންކަމެކެވެ. ޝާމް ހާދަހާވާ ރީއްޗެވެ. ޝާމްގެ އެރީތި ފިރިހެންވަންތަ ހަށިގަނޑު ފެނިފައި އަފާއަށްވެސް ހިތާއިހިތުން ތައުރީފްކުރެވުނެވެ. ޝާމްދެކެ ލޯބި ނުވިއެއްކަމަކު އަފާއަކަށްވެސް ހަގީގަތާއި ދެކޮޅެއް ނުހެދުނެވެ.

“ކިހިނެއްވީ؟ ކުރިއާ ތަފާތުކަމުން ދޯ މާވަރަކާށް ތިބަލަނީ؟” ޝާމް ހެވިފައި މިހެން އެހުމުން އަފާއަށް އިސްޖަހައިލެނެވެ. ބޭއިޚްތިޔާރުގައި ޝާމްއާއި ދިމާލަށް ބަލަންހުރެވުމުން ލަދުވެސް ގަތެވެ. ” އާނ… ހާދަ ތަފާތޭ… ” ލަދުންހުރެހިނިތުންވެލަމުން އަފާ ޖަވާބުދިނެވެ.
“ކާކު އަންނަންދެން ތިހުރީ؟ ބައްޕަތަ ބަލާ އަންނަނީ؟” ޝާމްއިނީ އަފާއާއި ދިމާލަށް ބަލަހައްޓައިގެންނެވެ.
“ނޫން.. ދޮންބެ އެބައާދޭ…. ” އަފާއެހެން ބުނިއިރު ވަސީމް އައިސް އެދެމީހުން ކައިރިއަށް ސައިކަލު މަޑުކޮށްލިއެވެ.
” އޭ ބުރޯ…. ކައެ މިތާ ކޮންކަމެއް؟” ވަސީމް ވާހަކަދެއްކީ ޝާމްއާއެވެ. “މީ.. ކޮއްކޮއެއް ބަލާއައިސްދޭށޭ ބުނީމަ މިއައީ.” ޝާމް މިހެންބުނަމުން އަފާއާއި ދިމާލަށް ހީލިއެވެ. އޭނާއެހެދީ ދޮގެއްކަން އަފާއަށް އެނގޭތީ އަފާކައިރިއަށްވެސް ހިނިއައެވެ. ” އެހެންތަ؟ ވަރަށް ދުވަސް ވެއްޖެދޯ ދިމާނުވާތާ…. މަގުޅާނަން އިނގޭ..” ވަސީމްމިހެން ބުނެ އަފާގޮވައިގެންދިއުމުން ޝާމްއަށް އިރުކޮޅަކު އެދިމާލަށް ބަލަންއިނދެވުނެވެ. ޝާމްއަކީ ވަސީމްގެ ރައްޓެއްސެއްނަމަވެސް އޭނާއަފާދެކެ އޭނާ ލޯބިވާކަމެއް ވަސީމްއަކަށް ނޭގޭނެއެވެ.

“ދޮންބެ ދަންނަންތަ ޝާމް؟ ” ގޭތެރެއަށް ވަންނަމުން އަފާ ވަސީމް ކައިރީގައި ސުވާލުކުރިއެވެ.
“ހްމްމް… ޝާމް އަސްލުއެއީ ދޮންބެގެ ފްރެންޑެއްގެ ކަޒިންއެއް. ދެރެއަކު ކޮފީއަކުން ދިމާވީ.” ވަސީމް ގޭތެރެއަށްވަދެ ސަމީރާ ކައިރީގައި ކާންހަދައިދިމުނަށްބުނެ ކާމޭޒު ކައިރީގައިއިށީނެވެ.
“ދަރިފުޅާ.. ކިހިނެއްވަނީ ކޮލެޖު…” ސަމީރާ ކާމޭޒުކައިރީގައިހުރެ އަފާއާއި ވާހަކަ ދެއްކިއެވެ. ކޮލެޖުގައި ވަރަށް މަޖާކަމުގައި ބުނެ އަފާގޮސް ކޮޓަރިއަށްވަނެވެ.
“ސޮރީ އަބަދު އެކައްޗެކޭ ކިޔޭތީ.. އެކަމަކު ހަމަނުހުރެވިގެން ބުނެވެނީ.. އަފާ އަޅެ ހާދަރީއްޗޭ.” ޝާމް ކުރިމިމެސެޖު ކިޔަމުން އަފާ ހިނިއައިސްފައިހުރެ އެނދުގައި އޮށޯވެލީއެވެ.
“އިޓްސް އޯކޭ.. ތޭންކްސް ” އަފާ ޖަވާބުގައި މިހެންބުނެ މެސެޖެއް ުފޮނުވައިލިއެވެ..
ހަމައެވަގުތު އަފާގެ ފޯނަށް ޒައިންގުޅިއެވެ.
“ބޭބީ.. ކިހިނެއްތަ؟ ސޮރީ ނުގުޅޭތީ… ކިރިޔާ ޗާންސެއް ލިބުނަސް ގުޅާނަން އިނގޭ” ޒައިން ހުރީ އަފާއަށް ގުޅައިލެވުމުން ވަރަށް އުފާވެފައެވެ.
“ރަނގަޅު. އެކަމަކު ހާދަ ދުވަހެއްފަހުން ތިގުޅީ… ބޭބީ ކިހިނެއް؟” އަފާހުރީ ޒައިންގެހަބަރެއް ނުވާތާ ގިނަދުވަސްވުމުން ވަރަށްހިތްހަމަނުޖެހިފައިކަން އޭނާގެ ރާގުހުރިގޮތުން ޒައިންއަށް އެނގުނެވެ.
“ރުޅިއައިސްފަތަ؟” އަފާ ރުޅިއައިސްފައި ހުރިކަން އެނގުމުން ޒައިން ވަރަށް ދެރަވިއެވެ.
“ނޫން.. އެހެންނެއްނޫން… މިއައީ ކޮލެޖުން. ވަރަށްނިދިއާދޭ އެބަ.. ފޯނުގައޮންނާކަށް މޫޑެއްނެތް. ނިދަން ބެނުމީ.. ބާއި.” މިހެންބުނެ އަފާ ފޯނުބޭއްވިއެވެ.

ޒައިންއަށް އިރުކޮޅަކު ހައިރާންވެފައި ހުރެވުނެވެ. އަނެއްކާ އަފާއަށް ކިހިނެއްވީބާއެވެ؟ އަފާގެ ވާހަކަދެއްކުން ވަރަށްބޮޑަށް ބަދަލުވެފައިވާކަން ޒައިންއަށް ފާހަގަވިއެވެ. ޒައިންގެހިތް ބިރުންތެޅިގަތީ އޭނާއަށް އަފާ ގެއްލިދާނެޔޭ ހީވިމުންނެވެ. އަފާއަށް ޒައިން އޭނާމަތިން ހަނދާންކޮށްފައި ރޯވަރު އެނގޭނެނަމަ އެގޮތަށް ވާހަކަ ނުދައްކާނެކަން ޔަގީނެވެ. ޒައިންއެކޭ އެއްފަދައިން އަފާވެސް ޒައިންއަށް އިންތިޒާރު ކުރާނެބާއޭ ހިތަށްއަރައި މޭގައި އަތްއަޅައިލެވުނެވެ.

“ބުރޯ.. ކައެ ކޮންކަމަކާ ރޮވިފަ.. ކީކޭ މަންޖެބުނީ” ޒައިންގެ ފެންކަޅިވެފައިވާ ދެލޯފެނުމުން އާސިމް އަހައިލިއެވެ.
“ނުވޭ ކަމެއް.” ޒައިން ހީލަމުން ޖަވާބުދިނީ އޭނާގެ ހިތުގައިވާ އުދާސްތައް ފޮރުވަންބޭނުންވަތީއެވެ.
“ބުރޯ.. އެބައޮތް ވަރަށްސަޅި އެއްޗެއް. ވަރަށް ޑަމީކޮށް ހޯދިއެއްޗެއްމީ… ހިނގާބަ މިކަމާ އުޅެލަން… ” ނަދީމް އޭނާގެ ޖީބުން އޮޅާފައިވާ ބިޑިއެއް ނަގައި ވަސީމްއަށާއި ޒައިންއަށް ދައްކައިލިއެވެ. “ކައެތީ ގަދަމީހެއް ހުވާ… ހިނގާ އަވަހަށް ރޯކުރަން.” އާސިމް ވަރަށް ގަޔާވެފައި ނަދީމްގެ ބުރަކަށީގައި ޖަހައިލިއެވެ.
ޒައިންއަށް އިރުކޮޅަކު އެބިޑިއާއި ދިމާލަށް ބަލަންއިނދެވުނެވެ. އަދިއަލަށްވެސް ސިނގެރޭޓެއްވެސް ބޮއިފައިނުވާއިރު މަސްތުވާ އެއްޗެއް ބޭނުން ކުރަން ޒައިންއަކަށް ނުކެރޭނެވެ.

“އަން… ޕަފެއް ޖަހާލަބަލަ.. ވަރަށް ސަޅިވާނެ” އާސިމް ބިޑިރޯކޮށްލައި ދަމާލުމަށްފަހު ޒައިންއަށް ދިއްކޮށްލިއެވެ.
ނުނިމޭ….

Share Article

Follow Me Written By

Eyesh

Level 210 Stories100 Comments

Other Articles

Previous

ފޮހެވޭނޭ ބާއޭ… 19

Next

އަނިޔާ… 08 ވަނަ ބައި

Next
December 14, 2015

އަނިޔާ… 08 ވަނަ ބައި

Previews
December 13, 2015

ފޮހެވޭނޭ ބާއޭ… 19

20 Comments!

  1. mice says:
    December 14, 2015 at 7:37 am

    nice

    1. Eyesh says:
      December 14, 2015 at 8:13 am

      Thnx mice ?

  2. nuhnu says:
    December 14, 2015 at 8:06 am

    Vrhvrhvrh salhi..keep it up eyesh

    1. Eyesh says:
      December 14, 2015 at 8:19 am

      Thnx nuhnu ?

  3. Ahmed Ammu says:
    December 14, 2015 at 8:09 am

    Wow Eyesh. Varah Habeysss mi part ves ??

    1. Eyesh says:
      December 14, 2015 at 8:18 am

      Thnx ammu ?

  4. naax says:
    December 14, 2015 at 8:10 am

    Omg.. dhn zain drugs beynun kuran fashaanytha.. naax ah hyvany dhn shaam n afaa hen gulheyny.. v reethi mi part vx masha allah.. when next part

    1. Eyesh says:
      December 14, 2015 at 8:17 am

      Thanx naax ? lets c dhw vaagotheh ? will upload the next part soon

  5. Hau says:
    December 14, 2015 at 10:20 am

    Wow v reethi mi part ves vara kiyaa hiythun mi huryy… When next part ??

    1. Eyesh says:
      December 14, 2015 at 11:22 pm

      Thanx dear madhama anehbai upkuraanan dear. Thanx for reading ?

  6. Anonymous says:
    December 14, 2015 at 5:49 pm

    Alhe huvafenehba up koh dheeba

    1. Eyesh says:
      December 14, 2015 at 11:23 pm

      Anonymous ihnaane mihaaru huvafenehbaage last part up kohfa. Hope u will like it ?

  7. Shabee says:
    December 14, 2015 at 8:52 pm

    hey eyesh….dhn alhe afaa lyk v tha miaharu shaam r….dhn zain vx 🙁 :(. 🙁 vrh eyesh avahah up khdhehchey dhn oeh prt….nd dhigu kh ingey…all da bst 😉

  8. Shabee says:
    December 14, 2015 at 8:52 pm

    hey eyesh….dhn alhe afaa lyk v tha miaharu shaam r….dhn zain vx 🙁 :(. 🙁 vrh kiyaahithun miiny….. 🙂 eyesh avahah up khdhehchey dhn oeh prt….nd dhigu kh ingey…all da bst 😉

  9. Eyesh says:
    December 14, 2015 at 11:26 pm

    Thanx shabee ? m so happy to know that u r v curious… wait for the next part ingey ??

  10. Mar Sha Marsha says:
    December 15, 2015 at 12:05 am

    Nooooo.. ehen nahadhaa zain… plzzzzzzz… waiting waiting

    1. Eyesh says:
      December 15, 2015 at 12:07 am

      Hehehe… madhama next part up kuraanan… leta c dhw ? thanx for reading my stories ?

  11. Maha says:
    December 15, 2015 at 12:10 pm

    this story is just truly AWESOME eyesh.. i have been reading it frm tha start and its going really great.. u r doing a fab job eyesh.. i really lurrrv this storyy. hope kuran story nimen dhenvx update kuraane kamah ingeyyy… best wishes to u Eyesh

    1. Eyesh says:
      December 15, 2015 at 4:30 pm

      Thanx maha ? m v happy to know that ? insha allaah nimendhenbup kuraanan ingey. Enjoy

  12. Eyesh says:
    December 15, 2015 at 4:31 pm

    I mean up kuraanan ?

Comments are closed.


All Right Reserved!