Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރި

ހިޔަނި – 2

Eyesh Level 210 Stories100 Comments
July 16, 2026 3 Mins Read
2 Comments

ރޭގަނޑުގެ ކެއުން ނިމުމާއެކު ޔަމަން ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. އާންމުކޮށް ޔަމަން ރޭގަނޑު ކައިގެން ކޮޓަރިއަށް ވަދެ ދިހަޔެއް އެގާރަ ޖަހަންދެން ވާހަކަ ކިޔަން އޮވެއެވެ. ނަމަވެސް މިރޭ ޔަމަންގެ ސިކުނޑީގައި އެނބުރެމުން ދިޔަ ޚިޔާލުތަކާއި، ހިތުގައި އުފެދުނު ސުވާލުތަކުގެ ސަބަބުން އެއްވެސް ކަމެއް ކުރާހިތެއް ނުވިއެވެ. އެނދުމަތީގައި އުއްޑުން އޮށޯވެލައިގެން ސީލިންގުގައި އެލުވާފައިހުރި ފަންކާ އާއި ދިމާލަށް ބަލަން ހުއްޓުން އަރާފައި އޮތީއެވެ.
“އެއީ ކާކުބާއެވެ؟ ޒާން ނަމަ އަހަންނަކަށް ނުފިލާނެއެވެ. އެމީހާ އެހާ އަވަހަށް ފިލީ ކިހިނެއްބާއެވެ؟.”
ހިތުގައި އުފެދެންފެށި ސުވާލުތައް ގިނަ ވެގެން ގޮސް ޔަމަންގެ ބޯހާސްވެ ބޮލުގައި ދެއަތުން ބާރަށް ހިފަހައްޓާލިއެވެ.
އެކި ހިޔާލުތަކުގެ ތެރޭގައި އެހެން އޮއްވާ ޔަމަންއަށް ނިދުންގޮތެއްވެސް ނޭނގުނެވެ.

ކޮޓަރީގެ ފާރުގައި ހަރުކޮށްފައި ހުރި ހޮޅިބުރި ނިވި ދިއްލެންފެށީ ހަމަ ކުއްލިއަކަށެވެ. ތިން ފަހަރު ހޮޅިބުރި ނިވިދިއްލުނު ތަނާ ކުއްލިއަކަށް ކޮޓަރި ތެރެއިން އެއްކަލަ ހިޔަނި ފާޅުވިއެވެ. އޭނާހުރީ ޔަމަން އޮތް އެނދާއި ފޫޓެއްހާއި ދުރުގައި ހުއްޓި ޔަމަންގެ މޫނަށް ބަލަހައްޓައިގެންނެވެ. ޔަމަން ދެލޯހުޅުވާލުމާއެކު އެހިޔަނި ފެނުމުން ސިއްސައިގެން ގޮސް ބާރަށް ހަޅޭއްލަވަން މަސައްކަތް ކުރިއެވެ.
” މަންމާ..މަންމާ…” ޔަމަން އޭނާގެ އަޑުގެ ނެއްތަނަށް ގޮވަން ފެށިއެވެ. ނަމަވެސް އެއްވެސް އަޑެއް ނުނިކުތެވެ. ހަރަކާތް ކުރީ ހަމައެކަނި އޭނާގެ އަނގައެވެ. އެމީހާ މަޑުމަޑުން ގޮސް ޔަމަން ކައިރީގައި އެނދުމަތީގައި އިށީނެވެ. އަދި ޔަމަންގެ މޫނާއި ދިމާލަށް ގުދުވެލިއެވެ. އެވަގުތު ޔަމަންގެ ނޭފަތުގައި ޖެހުނު ފަރުހަކި ވަސް ދުވަހަކުވެސް އޭނާގެ ހަނދާނަކުން ނުފިލާނެއެވެ. އިރެއް އިރަކަށް އެވަސް ދިޔައީ ކޮޓަރިތެރޭގައި ފެތުރެމުންނެވެ. ޔަމަން މަސައްކައް ކުރީ އިތުރަށް ގަޔަށް ބާރުލައި ހަޅޭއް ލަވާށެވެ. ނަމަވެސް އޭނާގެ އަނގައިން އެއްވެސް އަޑެއް ނުނިކުތެވެ. ގިނައިރު ވީވަރަކަށް ޔަމަން ބިރުން ތުރުތުރު ލާންފެށިއެވެ.

އެގޮތަށް އިރުގަނޑެއް ފާއިތުވެގެންގޮސް ކުއްލިއަކަށް ލެވުނު މާނޭވާއަކާއި އެކު ޔަމަންއަށް ހޭލެވުނެވެ. އޭރު މީހާ އޮތީ ދާހިއްލާ ތެމިފޯވެފައެވެ. ތެޅިގަނެފައި ތެދުވެ އަތުކުރީގައި އޮތް ގަޑިއަށް ބަލާލީރު ގަޑިން ދަންވަރު ތިނެއް ޖެހީއެވެ. ޔަމަން އަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ އެހިސާބުންނެވެ. އޭނާ އެނދުގައި އޮށޯތް އިރު ގަޑިން ވާނީ އަށްގަޑި ބައިހާ އިރެވެ. އެހެން ކަމުން ފެނުނީ ހުވަފެނެއްކަން ޔަގީން ވިއެވެ. ކަރުދަށުގައި ހިއްލާފައި ހުރި ދާތައް ފޮހެމުންގޮސް ފާހާނައަށް ވަދެ މޫނު ދޮވެލައިގެން ގޮސް އަނެއްކާވެސް އެނދުގައި އޮށީވެލިއެވެ.

އެވަގުތު ކުއްލިއަކަށް ޔަމަންގެ ލޮލުގައި އަޅައިގަތީ ކޮޓަރީގެ ދޮރުން ފެށިގެން އޭނާ އޮތް އެނދާހިސާބަށް ތަޅުންގަނޑު މަތީގައި ހުރި ދޮންވެލިތަކެވެ. ހީވަނީ ފައި ތެންމައިގެން ވެލިގަނޑުގައި ހިނގާފައި އައިސް ކޮޓަރީގައި މީހަކު ހިނގާފައި ހުރިހެންނެވެ. ޔަމަންގެ ހިތަށް ބިރުވެރިކަން ވެރިވެ މީހާ ހުއްޓުން އަރާގޮތްވިއެވެ. އަނެއްކާވެސް ސިކުނޑި ތެރޭގައި އެތަކެއް ސުވާލުތަކެއް އެނބުރެން ފެށިއެވެ. ގަނެފައި ހުރި ބިރުގެ ސަބަބުން ޔަމަންއަށް ނިދާކަށްވެސް ނުކެރުނެވެ. ކޮޓަރިން ނިކުންނާކަށްވެސް ނުކުރުނެވެ. އެނދުމަތީގައު ދެފައިވައްކޮށްގެން އިނީއެވެ. އެހެން އިންދާ ފަތިސްނަމާދަށް ގޮވުމުން އަވަހަށް ތެދުވެގެން ގޮސް ވުލޫކޮއްލައިގެން ނަމާދުކޮއްލިއެވެ. ހިތައް ކުޑަހަމަޖެހުމެއް ލިބުނީ އެއަށްފަހުގައެވެ. ޔަމަން އޭނާގެ ދިގު ފަން އިސްތަށިގަނޑުގައި ފުނާއަޅައި ފަހަތަށް އައްސާލިއެވެ. އަދި ލޯގަނޑު ކުރިމަތީގައި ހުރެ މޫނުގައި ފެއާ އެނޑްލަވްލީ ކޮޅެއްވެސް ހާކާލިއެވެ. އަދި ގަޔަށް ސެންޓުޖަހާލައިގެން ކޮޓަރިން ނިކުތެވެ.

ހަސީނާ ބަދިގެ އަށް އަންނަން ވާއިރަށް ރޮށިފިހެ، މަސްހުނި މޮޑެ ސައިކުރާވެސް ކައްކަން އުދިއެވެ. “ދަރިފުޅާ… ހާދަ އަވަހަށް ތި ނިންމާލީ މިއަދު…”
ހަސީނާއައިސް ބަދިގެ ތެރޭގައި ހުރި ޔަމަންގެ ބޮލުގައި ވަރަށް ލޯބިން ފިރުމާލިއެވެ. “މަންމާ ރޭގަ ވަރަށް ބިރުގަންނަ ކަހަލަ ކަމެއް ވެއްޖެ.” ޔަމަން ބޭނުން ވީ ހަސީނާއަށް ހުރިހާ ވާހަކަ އެއް ކިޔާދޭށެވެ.
” އާ… ބައްޕަ ފަހުން މަންމައަށް ކިޔާދިނޭ ރޭގެ ވާހަކަ. އެވާނީ ޒާން ދަރިފުޅާ ސަމާސަ ކޮށްލީ ކަމަށް..” ހަސީނާ މަސައްކަތް ކުރީ ޔަމަން ހަމައަކަށް އަޅުވާށެވެ. ނަމަވެސް ހަސީނާއަށް އެނގިފައިވަނީ ރޭގެ ކުޑަމިންވަރެއް ކަމުން ޔަމަން ހަސީނާއަށް ހުރިހާ ވާހަކައެއް ވަރަށް ތަފްސީލާއެކު ކިޔާދިނެވެ.
“ސުބުހާނަالله….” ޔަމަންގެ ވާހަކަތައް އަޑުއަހާފައި ހަސީނާގެ ދެލޯބޮޑުވިއެވެ. އަދި އިރުކޮޅަކު ވިސްނާލަން އިނުމަށްފަހު ތެދުވެގެން ގޮސް ކޮޓަރިއަށް ވަނެވެ. އިރުކޮޅަކުން ކޮޓަރިތެރެއިން ހަސީނާއާއި މޫސަ ވާހަކަ ދައްކާއަޑު އިވެންފެށިއެވެ. ކިޔާއެއްޗެއް ސާފުނުވި ނަމަވެސް އެދައްކަނީ ރޭގެ ވާހަކަ ކަން ޔަމަންއަށް އެނގެއެވެ.

 

އާދައިގެ މަތިން މިއަދުވެސް ހެނދުނު 7 ޖެހުމާއެކު ވާހަކަ ފޮތެއް ހިފައިގެން ޔަމަން ނިކުތެވެ. މަޑުހިނހުގުމެއްގައި ގޮސް ގެއާއި ދިމާލުން އަތިރިމަތީގެ ގަސްތަކުގައި އެލުވާފައި ހުންނަ ޖޯލި ތަކުން ޖޯއްޔެއްގައި ވަރަށް ހަމަޖެހިގެންލައިގެން ޖައްސާލިއެވެ. އެވަގުތަކީ އަރިމަތި ވަރަށް ހިތްފަސޭހަ ވަގުތެކެވެ. އެއީ ހުރިހާކުދިން ސުކޫލަށްދާ ގަޑި ކަމުން ގިނަ ބެލެނިވެރިންވެސް އެވަގުތު އަވަދިނެތި އުޅޭނީ ކުދިންގެ ކަންކަމުގައެވެ. އެހެން ކަމުން އެގަޑީގައި އަތިރިމަތިން މީހަކު ވަރަށް ނުފެންނާއެވެ.

 

ދުވަހަކީ މޫސުން ރީތި އަވިގަަދުވަހެކެވެ. މޫދުން އަންނަ ކުދިކުދި ރާޅުތައް އައިސް އަތިރިމަތީގެ ދޮންވެލިގަނޑަށް ބީއްސާލާ އަޑު ވަރަށްވެސް ހިއްގައިމެވެ. މަޑުމަޑުން ޖެހެމުންދިޔަ ފިނި ވައިރޯޅިތައް އައިސް ދޭތެރެެއަކުން ޔަމަންގެ ރީތި ފަން އިސްތަށިގަނޑާ ކުޅެލައެވެ. އިރު އިރުކޮޅާ މޫނުމައްޗަށް ވެއްޓޭ އިސްތަށިކޮޅު ކަންފަތުގެ ފަހަތަށް ޖައްސާލަމުން އަނެއްކާވެސް ޔަމަން ކިޔަން އޮތް ވާހަކަ ފޮތުގެ ތެރެއަށް ގެއްލެއެވެ.

“ޕޮއް….” ޔަމަން އަށް ސިއްސައިގެން ގޮސް ތެޅިގަނެވުނެވެ. ޔަމަން ސިއްސުވާލެވުމުން އެކަމާހެމުން ޒާންއައިސް ޖޯއްޔެއްގައި އިށީނެވެ. “ހާދަ ފަސޭހައިން ސިހެޔޭދޯ..” ޒާން ވާހަކަ ދެއްކީ ޔަމަންގެ ލޮލަށް ބަލަންއިނދެ ހެމުންނެވެ. ” ހޫނ… ރޭގަވެސް މަ ސިއްސުވާލާފައެއްނު ތިހުރީ… މަ ގޮވީމަވެސް ހުއްޓިގެން ހުރީނު އަޅާވެސް ނުލާ..” ޔަމަން ، ޒާންއާއި ދިމާލަށް ބަލަންއިނދެ ތުން އަނބުރައިލިއެވެ.
“ކޮން އިރަކުތަ؟ އިއްޔެ ދޮންބެމެން ގޯތީ ވަޅުދިޔަ ހިއްކަން އުޅެފަ ގެއަށް ގޮސް ކައިގެން ، ފެންވަރާލާގެން ނިދީ. އިރު އޮއްސުން އިރު ނިދި ގޮތަށް ހޭލެވުނީ ފަތިސްނަމާދު ބަންގިއަށް.” ޒާންގެ ވާހަކައިން އޭނާ އިނީ ހައިރާންވެފައިކަން އެނގުނެވެ.
“ދެން …. ޒާން ނޫނީ .. އެއީ ކާކު؟.” ޔަމަންގެ ހިތް އަނެއްކާވެސް ނުތަނަވަސް ވާން ފެށިއެވެ.
“މިރަށު އެއްވެސް ސޮރަކަށް ނުކެރޭނެ ޔަމަންއަށް ޖެއްސުމެއް ކުރާކަށް. މިރަށު އެންމެންނަށް އެނގޭނެ ޔަމަންތީ މަގޭ ހިތުގެ އެތިކޮޅެއް ކަން. ރަށުކަތީބުގެ ޒާންގެ ހިތާކުޅެލަން ކެރޭވަރު މީހެއް ނޫޅޭނެ މިރަށަކު.” ލައިގެން އިން ހުދު ގަމީހުގެ ގިރުވާން ކޮޅަށްޖަހަމުން އެހެން ބުނެ ޒާން ހޭންފެށިއެވެ. ޒާން އެބުނީ ތެދު ވާހަކައެކެވެ. ރަށުގެ އެންމެންނަށް ވެސް ޒާން ޔަމަން ފަހަތުން އުޅޭވަރު އެނގޭނެއެވެ. ޔަމަން އަށްވެސް ޒާން ވަރަށް ކަމުދެއެވެ. ނަމަވެސް ޔަމަން ބޭނުން ވަނީ ދެމީހުން ވެސް އެކަކު އަނެކަކު ދެކެ ކިތަންމެ ގަޔާވި ކަމުގައި ވިޔަސް ކައިވެނި ކުރެވެންދެން ގޯސް ކަމަކަށް އަރައިނުގަނެ ރީތިކޮށް އެގުޅުން ބާއްވާށެވެ.

ސުކޫލު ނިމުނު ގޮތަށް ރަށް ކައިރީގައި އޮންނަ މަނަފަރު ރިސޯޓުން ވަޒީފާ ހޯދައިގެން ޒާން އެތަނަށް ބަދަލުވިއެވެ. ކޮންމެމަހަކު ލިބޭ 4 އޮފް ދުވަސް އެއްކޮށްގެން އަބަދުވެސް އޭނާ ރަށަށް އާދެއެވެ.
“ޔަމަން.. އަސްލު ރޭގަ ކިހިނެއްތަވީ؟..”

ނުނިމޭ ….

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Eyesh

Level 210 Stories100 Comments

Between memories and imagination, I find stories worth telling. I write ✍️ I read 📖 I share ✍️📖🤍

Other Articles

Previous

ނޭދެން ވަކިވާކަށް 23 ވަނަ ބައި

Next

ހިމޭން 10

Next
July 16, 2026

ހިމޭން 10

Previews
July 16, 2026

ނޭދެން ވަކިވާކަށް 23 ވަނަ ބައި

2 Comments!

  1. Nifff says:
    July 16, 2026 at 4:52 pm

    Reethi ☺️

    1. Eyesh says:
      July 16, 2026 at 7:46 pm

      Thank you Nifff 🫰glad you like this story 😊

Comments are closed.

Next Episodeހިޔަނި – 2←


All Right Reserved!