![](https://live.staticflickr.com/4367/37065657206_c3a8a1bc56_b.jpg)
ލޯބީގާ ވާތީފަނާ… (15ވަނަ ބައި)
“ހެޔޮނުވާނެ ސަލީމް… ގުޅާބަލަ ޒައިންއަށް.. މަގޭހިތަކަށް ކެތެއް ނުވާނެ އެސޮރު ނުފެންނަންޏަކާ..” ނައީމާ ވާހަކަ ދެއްކީ ކާމޭޒު ކައިރީގައި އިން ސަލީމުއާއެވެ.
އޭރު ނައީމާގެ ދެލޮލުން ފޭދެމުންދިޔަ ކަރުނަތައް އޭނާގެ ކޯތާފަތް މައްޗަށް ފޭބިތަން ސަލީމުއަށް ފެނުނެވެ.
“ޒައިން ނުފެންނާތީ އަހަރެންވެސް ދެރަވޭ. އެއީ އަހަރެންގެ އުފަން ދަރިއެއް ނޫނެއްކަމަކު ޒައިންއާ އަލްވިޝް ދުވަހަކުވެސް ތަފާތެއް ނުކުރަން. އެކަމަކު އޭނަ ކަންތައް ކުރިގޮތުން އަހަރެން ބޭނުންވީ އޭނާ އަހަރުމެންނާ ދުރަށް ދާން….. އަހަރުމެންނާ ވަކިން އެހެން އުޅެންފެށީމަ ފަސޭހައިން ވިސްނޭނީ..”
ސަލީމު ނައީމާގެ ބޮލުގައި ލޯބިން ފިރުމައިލިއެވެ. އަދި ހިތްވަރު ގަދަކުރުމަށް ނަސޭހަތްތެރި ވިއެވެ.
ކިތަންމެ ހިތްވަރުކޮށްފައި އުޅެން އުޅުނުކަމުގައި ވިޔަސް ޒައިން މަތިން ހަނދާންވާ ކޮންމެފަހަރަކު ނައީމާގެ ހިތްދަތިވެގެންގޮސް ހިތްފަޅައިގެން ދާވަރުވެއެވެ.
ދުވަސްތައް މާޒީއާއި އެކުމަވަމުންގޮސް ތިންމަސް ފާއިތުވެގެން ދިޔައިރު ޝާމްއާއި އަފާގެ ގުޅުންވެސް ވަނީ ކުރިއަށްވުރެ ބަދަހި ވެފައެވެ. ނަމަވެސް އަދިވެސް އަފާއަށް ޝާމްދެކެ ލޯބި ނުވެވޭކަން ހުދު ޝާމްއަށްވެސް އެނގެއެވެ. އެހެނަސް އަފާ ޝާމްއާއި ދޭތެރޭގައި ބަހައްޓާ ގާތްކަމުގެ ސަބަބުން އަފާއަށް އަދި އޭނާދެކެ ލޯބިވެވޭނެ ކަމުގައި އޭނާ އުންމީދުކުރެއެވެ.
އާދައިގެ މަތިން މިރޭވެސް ދިހައެއް ޖެހިއިރު އަފާ ތައްޔާރުވެގެން ޝާމް، އޭނާ ބަލައި އަންނަންދެން ސިޓިންރޫމުގައި ހުރި ސޯފާގައި އިނެވެ. އަފާ ޝާމްއާއި އެކު ބޭރުތެރޭގައި މާގިނައިން އުޅެން ބޭނުން ނުވިޔެއްކަމަކު ޝާމްގެ އެދުމަށް ފުރަގަސްދޭން އަފާއަަށް ނުކެރެނީ ޝާމް އަފާއަށް ރަނގަޅުވެފައި، ދެމީހުންގެ ގުޅުން ކުރިއަށް ގެންދަން އަފާވެސް ބޭނުންވާތީއެވެ. އަދި ހަމައެހެންމެ، އިތުރަށް ޒައިންއާއި ގުޅުމަކީ އޭނާގެ ނަސީބުގައި ވާކަމެއް ނޫންކަން އަފާއަށް ވިސްނޭތީ އާއި ވެސްއެކުގައެވެ.
“މި އިނީ ބޭރުގަ.. ނިކުމޭ…” އަފާގެ ފޯނަށްއައި މިމެސެޖު ކިޔާލުމަށްފަހު ސިޓިންރޫމުގައިތިބި ސަމީރާއާއި މޫސަ ކައިރީގައި ދަނީކަމުގައި ބުނެ އަފާ ގެއިންނިކުތެވެ.
އަފާ ފެނުމާއިއެކު ސައިކަލުމަތީގައި އިން ޝާމްއަށް އަފާގެ ފައިން ފެށިގެން މޫނަށް ބަލައިލެވުނެވެ. ރަތްކުލައިގެ ވިދާފޮތީގެ ރީތި ޓޮޕަކާއި ކަޅު ޖީންސެއްގައި ހުރިއިރު އެރީތި، ލޫޅާފަތި ހަށިގަނޑުގެ ފުރިހަމަކަން އިތުރަށް ހާމަވާންހުއްޓެވެ. އަދި އޭނާގެ މޫނުމަތީގައި ކުޑަކޮށް ކޮއްފައިވާ މޭކަޕާއި ތުންފަތުގައި ޖައްސާފައިވާ ރަތްކުލައިން އެމޫނުމަތި އިތުރަށް ރީތިކަމުގައި ފެނެއެވެ. ފަހަތަށް ދޫކިށްލާފައިވާ ކަޅުކަންގަދަ ފަން އިސްތަށިގަނޑުން ކޯތާފަތްމައްޗަށް ވެއްޓެމުން ދިޔަ އިސްތަށިކޮޅު ކަންފަތުގެ ފަހަތަށް ޖައްސައިލަމުން އަފާ އައިސް ސައިކަލަށް އަރައި އިށީން އިރުވެސް ޝާމްއަށް ކަޅިޖަހައިނުލައި އަފާއަށް ބެލެމުން ދިޔައެވެ.
“ހާދަ ވަރަކަށް މިރޭ ތިބަލަނީ..” ޝާމް ސައިކަލު ސްޓާޓް ކޮށްލުމާއިއެކު އަފާ ޝާމްގެ ބުރަކަށީގައި މަޑުމަޑުން ޖަހައިލަމުން މިހެން ބުނީ ޝާމްގެ އެބެލުންތަކުން އަފާ ހަމަ ރަނގަޅަށްވެސް ލަދުގަތުމުންނެވެ.
“އެހެން ރޭރެއަށްވުރެ މިރޭ މާރީތިހެން ހީވާތީ ހަމަބެލެނީ…” ޝާމް ލާނެތް ފާޑަކަށް ހީލަމުން އޭނައަށް އަފާގެ މޫނު ފެންނާނެހެން ސައިކަލުގެ ލޯގަނޑު ރަނގަޅުކޮށްލިއެވެ.
އަފާ އިނީ ޝާމްގެ ގައިގައި ހިފަހައްޓައިގެން ނޫނެއްކަމަކު ޝާމް ސައިކަލު ދުއްވާލެއްބާރުކަމުން، ބުރެކި ޖައްސައިލާ ކޮންމެފަހަރަކު އަފާ އައިސް ޝާމްގެ ގައިގައި ތައްވެއެވެ. ޝާމްއަށް މިކަންވީ މަޖާކަމަކަށް ކަމުން ބާރަށް ދުއްވާފައި ދަމުން އިރުއިރުކޮޅާ ބުރެކި ޖައްސަމުން ދިޔައީ އަފާ އޭނާ ގައިގައި ޖެހިގެން އިނުމަށް ޝާމްގެ ހިތް އެދޭތީއެވެ.
މާލެ ވަށައި ދެތިން ބުރުޖަހައިލުމަށްފަހު އައިސް ސިމްފަނީ ރެސްޓޯރެންޓުގެ ދޮރުމައްޗަށް ސައިކަލު މަޑުކޮށްލައި ދެމީހުން އެކުގައިގޮސް ރެސްޓޯރެންޓު ތެރެއަށް ވަނެވެ.
އިވެމުންދިޔަ މަޑުމަޑު ހިތްގައިމު މިޔުޒިކާއި ތަނުގައިވާ މަޑުއޮރެންޖު ކުލައިގެ އަލީގެ ސަބަބުން ހިތްހަމަ ޖެހިފައިތިބެ އެންމެ އެތެރޭ ކަނެއްގައިހުރި މޭޒެއްގެ ކައިރީގައި ދެމީހުން އިށީނެވެ. އެވަގުތު އެތަނުގައިތިބި ހަތަރު ވެއިޓަރުންގެ ތެރެއިން ޒުވާން ފުރައިގެ ދިވެހި ފިރިހެންކުއްޖަކު އައިސް މޭޒުމަތީގައި ހުރި ދެފެންބޯ ތައްޓަށް ފެން އަޅައިދިނުމަށްފަހު އެމީހުންގެ އަތަށް ދެމެނޫ ދީފައިދިޔައެވެ.
އޭގެ ކުޑައިރުކޮޅެއް ފަހުން ފާޚާނާއަށް ވަދެލާފައި އެބައަންނަމޭ ބުނުމަށްފަހު ޝާމް ތެދުވެގެން ދިޔަތާ ދެ މިނެޓެއްހާއިރު ތެރޭގައި އައިސް ވަރަށް ހެވިފައި ހުރެ، ޕާރްސަލް ކޮށްފައިވާ ކުޑަ ފޮއްޓަކާއި ރަތް ފިނިފެން މަލެއް މޭޒުމަތީގައި ބޭއްވިއެވެ.
“ހެޕީ ތްރީ މަންތްސް އެނިވަރސަރީ.” ޝާމް އިށީންނަމުން މިހެން ބުނެ އަފާގެ ކޮލުގައި ވަރަށް ލޯބިން ފިރުމައިލިއެވެ.
އަފާއަށް އިރުކޮޅަކު ހައިރާންވެފައި ޝާމްގެ މޫނަށް ބަލަން އިނދެވުނެވެ. މިދުވަސް އަފާ ހަނދާން ނެތްއިރުވެސް ޝާމް ހަނދާން ހުރިކަން އެނގުމުން އޭނާ އަފާދެކެ ލޯބި ވާވަރު އިހުސާސް ކުރެވުނެވެ.
“އޯނ…. ތޭންކްޔޫ ސޯމަޗް..ބޭބީ…” އަފާ އުފަލުން ގޮސް މިބުނި ޖުމުލަ އިވިފައި ޝާމްގެ މޫނުނައްޗަށް ހައިރާންކަން ވެރިވެގެން ދިޔައީ މީގެކުރިން ދުވަހަކުވެސް އަފާގެ ދުލުން ޝާމްއަށް ބޭބީ އޭކިޔައި ގޮވާފައި ނުވާތީއެވެ. އަދި މިއަދާ ހަމަޔަށްވެސް ޝާމް އަފާދެކެ ކިތަންމެ ލޯބިވީިކަމުގައި ވިޔަސް ޝާމްއަށް އަފާއާއި އެފަދަ ބަހަކުން މުޙާތަބް ކުރަން ނުކެރެނީ އަފާ ހިތްހަމަ ނުޖެހިދާނެކަމުގައި ވިސްނައިފައެވެ.
“ޔުއާރ ވެލްކަމް ދޫނީ..” ޝާމް އަފާގެ ލޮލަށް ނަޒަރު ހުއްޓައިލައިގެން އިނދެ މިހެން ބުނުމުން އަފާއަށް ލަދުން އިސްޖަހައިލެވުނެވެ. އަދި އެހެން އިނދެ މޭޒުމަތީގައި ހުރި ކުޑަކުޑަ ޕާރްސަލް ކަނޑައިލިއެވެ. އެވަގުތު އޭގައި އޮތް ފްލޯރާ ސެންޓުފުޅި ފެނިފައި އުފަލުން ގޮސް އަނެއްކާވެސް ތޭންކްސްއޭ ބުނުމަށްފަހު ސެންޓުފުޅި ނަގައި އަފާގެ އަތްދަބަހަށް ލިއެވެ.
ތަފާތު އެކި ވާހަކައިގައި ތިބެ ކައި ނިންމައިގެން ގޮސް ސްޓޭޑިއަމްއާއި ދިމާލަށްހުރި ގާދިޔަލެއް ކައިރީގައި ދެމީހުން އިށީނެވެ.
އިރުކޮޅަކު އެހެން ތިބުމަށްފަހު ކުއްލިއަކަށް އަފާ މަޑުމަޑުން ޝާމްގެ އަތުގައި ހިފައިލުމުން ޝާމްއަށް ތެޅިގަނެވުނެވެ. އެކަހަލަ ގޮތަކަށް އަފާ އޭނާގައިގައި އަތްލި އެއީ ފުރަތަމަ ފަހަރު ކަމުން ޝާމް އުފާވިނަމަވެސް އަފާއަށް މިއައި ކުއްލި ބަދަލުގެ ސަބަބުން ޝާމް ވަރަށް ހައިރާންވިއެވެ.
“މަށަށް އެނގޭ ޝާމް މަދެކެ ލޯބި ވާވަރު… އަސްލު މަ ހަނދާނެއްވެސް ނެތް މިއަދު މީ އަހަރުމެންގެ ރިލޭޝަންއަށް ތިންމަސް ވީ ދުވަސްކަމެއް… ވަރަށް ބޮޑަށް ސޮރީ… އެކަމަކު ދެން އެހެނެއް ނުވާނެ އިނގޭ…” އަފާ މިދެއްކި ވާހަކަތައް އިވިފައި ޝާމްގެ ހިތް އުފަލުން ފުރިގެން ދިޔައެވެ. ޝާމް، އަފާދެކެ ލޯބިވާވަރު ފެނި މަޑުމަޑުން އަފާގެ ހިތުގައި ޝާމްއަށްއަށްޓަކައި ލޯބި އުފެދެނީ ކަމުގައި ހިތަށް އެރުމުންވީއުފަލުން ޝާމްވެސް އަފާގެ އަތުގައި ހިފައިލިއެވެ.
ގާޑިޔަލުގައި މަސައްކަތްކުރާ ބިދޭސީމީހާ އައިސް އެމީހުން ކުރިމަތީގައިހުރި ކުޑަ މޭޒުމަތީގައި މޮޅުބިލަތްގަނޑެއް ލާފައިވާ ކުޑަތަބަކެއް ބެހެއްޓިއެވެ.
“ބޮންދޫ… އެބަހުރިތަ މަލްބަރޯ ސިނގެރޭޓު؟ ދީބަލަ ސިނގެރޭޓު ޕެކެއް..” ޒައިންގެއަޑު އިވުމުން އަފާއަށް ސިއްސައިގެންގޮސް އެދިމާލަށް ބަލައިލެވުނެވެ. އޭރު ގާޑިޔާ ކައިރީގައި ސިނގެރޭޓެއް ތުނބުގައި ޖަހައިގެންހުރި ޒައިން ފެނިފައި ލިބުނު ކުއްލި ހައިރާންކަމުގައި އަފާގެ އަތުގައި އޮތް ބިލަތްގަނޑު އަތުން ދޫވެގެން ބިންމައްޗަށް ވެއްޓުނެވެ.
މިހާދުވަހު ޒައިންގެ ހަބަރެއް ނުވެ ހުރެފައި ކުއްލިއަކަށް މިކަހަކަ ގޮތަކަށް ޒައިން ފެނުމުން އަފާއަށް އިރުކޮޅަކު ޒައިންއާއި ދިމާލަށް ބަލަހަޓައިގެން އިނދެވުނެވެ.
އެ ބިދޭސީމީހަ ޒައިންގެ އަތަށްދިން ސިނގެރޭޓު ފޮށި ޖީބަށްލަމުން އެނބުރިލި ވަގުތު ޒައިންއަށް އަފާމެން ފެނުމުން އޭނާގެ މޫނުމައްޗަށް މަލާމާތުގެ ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.
ޒައިންެ ގޮސް ސައިކަލަށް އަރައި ސްޓާޓް ކޮށްލައި ވަރަށް ބާރަށް ދުއްވައިލިއެވެ. އޭރު މަގުގެ އަނެއްކޮޅުން ބާރަށް ދުއްވާފައި އައި ސައިކަލު ޒައިންއަށް ނުފެނުނީ އޭރުވެސް އޭނާ އަފާމެންނާއި ދިމާލަށް ބަލަހައްޓައިގެން އިނުމުގެ ސަބަބުންނެވެ. ދެެސައިކަލުވެސް ދުއްވާފައި ދިޔަލެއް ބާރުކަމުން ދެސައިކަލު ޖެހި ޒައިން ވިއްސައިގެންގޮސް ޕޭމެންޓުގައި ބޯޖެހި ނިތްކުރިމަތިން ފަޅައިގެން ގޮސް އޭނާ ހޭނެތުނެވެ. އޭރު ޒައިންގެ ސައިކަލު ކެހިގެން ގޮސް އޭނާއާއި މާދުރުގައި އޮތްއިރު އަނެއް ސައިކަލު ދުއްވަން އިންމީހާވެސް ސައިކަލާއިއެކު ވެއްޓި ސައިކަލު ދަށުވެފައި އޮތެވެ.
މިކަން ހިނގީ އަފާމެން ތިބިތަނާއި މާދުރުނޫން ހިސާބެއްގައި ކަމުން އެމީހުންނަށް އެމަންޒަރު ވަރަށް ރީތިކޮށް ފެނުނެވެ.
މިތަންފެނި އަފާ ބާރަށް ދުވެފައި ޒައިންއާއި ދިމާލަށް ދިޔައިރު ކައިރީގައި އިން ޝާމްގެމަތިން އޭނާ ހަނދާންވެސް ނެތްކަހަލައެވެ. އަފާއަށް ދުވެފައި އެހިސާބަށް ދެވުނުއިރު މަގުމަތީގައި ތިބި މީހުންތައް ޒައިންއާއި ވެއްޓިފައި އޮތް އަނެއް މީހާ ނަގައިގެން މަގުގެ އެއްކައިރިއަށް ގެންދިޔައެވެ. އޭރު އެތަނުގައި ތިބި އެއްބަޔަކު އެންބިއުލަންސަށް ގުޅޭތޯ އުޅުނެވެ.
“ޒައިން.. ޒައިން… ލޯ ހުޅުވާލަބަލަ..މީ އަފާއޭ… އަޅެ ލޯ ހުޅުވާލަބަލަ…. ” އަފާދިޔަގޮތަށް ގޮސް ޒައިން ކައިރީގައި އިށީނދެ ޒައިންއަށް ގޮވަން ފެށިއެވެ. އޭރު އަފާގެ ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބަމުން ދިޔައެވެ. ރޮވޭވަރުން އަފާގެ ކަރުން އަޑުބޭރުވަނީވެސް ކިރިޔާއެވެ. އޭރު ޝާމްވެސް އައިސް އަފާކައިރީގައި އިށީނދެ ޒައިން ހޭއެރުވޭތޯ މަސައްކައް ކުރިއެވެ.
ކުޑަ އިރުކޮޅެއްގެ ތެރޭގައި އެންބިއުލަންސް އައުމުން މަގުމަތީގައި ތިބި މީހުންގެ އެހީއާއިއެކު ޒައިންްއާއި، އެކްސިޑެންޓްވީ އަނެއް މީހާ އެންބިއުލަންސަށް އެރުވިއެވެ. ޒައިން ހޭނެތިފައި އޮތެއްކަމަކު އަނެއްމީހާ ވެއްޓިޖެހުނު ގޮތުން އޭނާގެ ބޯ އެއްވެސް ތަނެއްގައި މާބާރަށް ނުޖެހޭތީ އޭނާގެހެޔަކަށް ގޮތެއްނުވެއެވެ. ނަމަވެސަ ދެއަތުގެ އުޅަނބޮށިން މަށައިގެން ގޮސްފައި ހުރިތަނުން ލޭ އަންނަމުން ދިޔައެވެ. އެންބިއުލަންސް ނައްޓައިލުމާއެކު ޝާމް އަފާ ގޮވައިގެން އެންބިއުލަންސްގެ ފަހަތުން ސައިކަލުގައި ވަރަށް ބާރަށް ހޮސްޕިޓަލަށް ދިޔައެވެ. ހޮސްޕިޓަލުގެ ގޭޓުން އެންބިއުލަންސް ހަމަވަނީރަށް ދެފިރިހެނަކު ފުރޮޅުލީ އެނދެއް ހިފައިގެން އައިސް ޒައިން އޭގެ މަތީގައި ބާއްވައިގެން އެނދު ދުއްވާފައި ވަރަށްބާރަށް ގޮސް އެމެޖެންސީ ރޫމަށްވަނެވެ. އޭރު އަފާއާއި ޝާމްވެސް އެމެޖެންސީ ރޫމުގެ ދޮރުމަތީގައި ތިއްބެވެ.
“މަންމާ… މީ އަފާ… ޒައިން … ޒައިން އެކްސިޑެންޓް ވެގެން… އޭޑީކޭ ހޮސްޕިޓަލަށް ގެނެސްފި….” އަފާ ނައީމާއަށް ގުޅައި ރޮމުން ރޮމުން މިހެންބުނުމަށްފަހު ފޯނު ކަނޑައިލިއިރު އަފާއަށް ހަމަ ރަނގަޅަށްވެސް ގިސްލެވެމުން ދިޔައެވެ.
އޭގެ ގާތްގަނޑަކަށް ފަނަރަ މިނެޓުފަހުން ނައީމާއާއި ސަލީމު ދުވެފައި އައިސް އަފާމެން ކައިރިއަށް ހުއްޓުނެވެ. އޭރު ނައީމާއަށް ރޮވޭވަރުން އޭނާއަށް ބަހެއްވެސް ބުނެވޭ ވަރެއްނޫނެވެ. ސަލީމު ވަރަށް ހިތްވަރުކޮށްފައި ވެގެން އުޅޭގޮތެއް އެހުމުން ޝާމް ވަރަށް ތަފްސީލުކޮށް ސަލީމުއަށް ވީގޮތް ކިޔައިދިނެވެ. ޝާމްގެ ވާހަކަތައް އިވިފައި ނައީމާގެ ބަޑި ފަަަޅައިގެންގޮސް އިތުރަށް އޭނާގެ ރުއިމުގެއަޑު ބާރުވިއެވެ.
“ކޮބާ ދެންމެ އެކްސިޑެންޓް ވެގެން ގެނައި ޕޭޝަންޓްގެ ޕޭރެންޓްސް؟ ޕޭޝަންޓަށް ކިޔަނީި ކޮންނަމެއް؟” ޒައިން އެމެޖެންސީ ރޫމަށް ވެއްދިތާ ބައިގަޑިއެއްހާއިރު ފަހުން އެތަނުން ނިކުތް ޑޮކްޓަރު އައިސް ސަލީމު މެންގެ ކުރިމަތީގައި ހުއްޓުނެވެ.
“އަޅުގަނޑަކީ އޭނަގެ ބައްޕަ..އޭނަގެ ނަމަކީ ޒައިން.. ކިހިނެއްތޯވީ؟” ސަލީމު އަމިއްލައަށް ތައާރަފް ވެލުމަށްފަހު ވަރަށް ހާސްވެފައި އެހެން އެހުމުން ޑޮކްޓަރު ހިނިތުން ވެލަމުން ސަލީމުގެ ކޮނޑުގައި މަޑުމަޑުން ޖަހައިލިއެެވެ.
“ޒައިން ހޭއަރައިފި…ލޯ ހުޅުވާލި ގޮތަށް ފުރަތަމަވެސް ބުނީ ވަރަށް ބޮޑަށް ބޮލުގަ ރިއްސާ ވާހަކަ… އެހެންވީމަ ނިދާ އިންޖެކްޝަނެއް ޖަހާފަ މިހާރު އެއޮތީ.. ހީ ނީޑްޓު ރެސްޓް ނައު.. ދެގަޑިއެއްހާއިރު ފަހުން ހޭލީމަ ކޮންމެވެސް އެއްޗެއް ކާންދީ… ޑޯންޓް ވޮރީ… ޒައިންގެ ބޮލަށް މާ ސީރިއަސް އަނިޔާއެއް ވެފައެއް ނެތް.. ” ޑޮކްޓަރު މިހެން ބުނެ އަނެއްކާވެސް އެމެޖެންސީ ރޫމުތެރެއަށް ވަނުމުން ސަލީމުއަށް ހިތްހަމަޖެހުމުގެ ނެވާއެއް ދޫކޮށްލެވުނެވެ.
ނުނިމޭ…
35 Comments!
Comments are closed.
Hi everyone… hurihaa kudhin nahves mi part rythi vaane kamah eyesh ummedhu kuran ??
Hey aish..vrh rythi mi bai vx.. n tht ride vaahaka ais inyma hadhaan vehje echeh….hmm hmm ..hahahaha ;)… nice ingey..hehe
Thankew so much aathi swyty ? ??
Varah Reethi. Zain maraali nama. But still story is awesome ?
Thanx ammu ?
Alhey zain maraalyma story kuri ah gendhaanee kihineh? Hehehe ? zain ah ehen hadhaakah nuvaane ehnu ?
Eyesh haadha kurey …ekam ves nice varah
Thankew sadhaaa darling ??? yeah kuru dhw.. 2 story liyaathy v time beynun vey ehenve ehaa dhigu koh nuliyevenee aslu ?
Eyesh haadha kurey …ekam ves nice varah ???????
Thankew sadhaaa darling ?
Vaahaka varah Reethi
Thanx a lot dear ?
Wowww eyesh…v v v nice mi part vx…..alhe afaa kyvetha adhivx e zain dhiyaee???shaam iz bttr thn xain…v nice mi stry ..kyp it up..wen iz nxt part???
Wowww eyesh…v v v nice mi part vx…..alhe afaa kyvetha zain kaairiah dhiyaee???shaam iz bttr thn xain…v nice mi stry ..kyp it up..wen iz nxt part???
Thankew ina darling ?
Aslu accident veetha fenunima afa ah dhevuny. Gasthuga eh noon ? hehe
Mmm next part day after tomorrow insha allaah. ???
V rythi ekm thanlolheh kuruvma massalayakhy.. when next part..
Thankew naax swyty ?
Day after tomorrow next part up kuraanan ingey ?
Eyesh dhoonxx?
Mi part ves vrrrrh reeeeethi?
?
Thankew maahish, dhoonyaa???
Eysh Vara rythi mi part vx…plx dhn part eh vx avaha upp kohdhehche?
Thanx naa swyty ? yeah kuraanan ingey ???☺
V rythi pls kill zain oops…. I
Nevermind the story is awesome ????????
Hehehe raiya… zain ah ehen hadhaakah nuvaane ehnu ?
Anyways thankew so much dear ???
Eyesh.. zain rangalhu kobbala alhe.. gud girl eh eynage life ah annaany yo.. hehe… marsha mihen bunyas eyesh kuriah gendhaany hama best koh.. n shaam dhera nukurahchey plz.. afaa. Shaam varah lowbi veyey afaa dheke, so try to love him back plz.. nice story eyesh..
Awwn marsha ? actually afa is trying to love shaam ey… but she still love zain ? and kulli akah ekahala gothakah kanthah veema afa ah dhevuni out of control. Hehe anyways thanx a lot marsha darling ?? lets c what happens next dhw ?
Maa kuru vvvv nice
Aslu dhw. Will try to make it longer than this.. thanx a lot saf ?
Wowwwwww vrh vrh reethi..????waiting for the next part????
Thankew so much maalu. ?tomorrow next part up kuraanan ?
haadha lahunney mihaaru vaahaka thi gennaney wow vvv reethi
Ei kuda koh buxy koh ulheythy mi dhuvaskolhu. And also dhevahaka liyaathy. Insha allaah dhen v avas avahah up kureveytho try kuraanan ingey ? thankew so much luyoona ?
Eyesh kobaa next part?? Waiting waiting waiting hama..
Kobaa tha next part
WAITING FOR THE NEXT PART – IT HAS BEEN SO LONG NOW!!!
Mi vaahaka up vumeh neiy baa
Kobaatha mi storyge next part…adhives up kuraakah nuveytha??? V salhi story ey❤️Adhi kiriyaa mirey mi kiyaalevuny..bt next part nethyma v foohi… ??