Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމައެހެނިހެންލޯބި

ދުކު (4ވަނަ ބައި)

Eyesh Level 210 Stories100 Comments
January 16, 2016 5 Mins Read
46 Comments

އާދައިގެ މަތިން މިއަދުވެސް ރުނާ ވަރަށް ފަތިހު ތެދުވެ ވުޟޫ ކޮށްލައިގެން ނަމާދުކުރަން ފެށިއެވެ. ނަމާދުކޮށް ނިމިގެން ދުޢާއަށް އަތް އުފުލާލި އިރުވެސް ރުނާގެ ދެލޯ ވަނީ ފެންކަޅިވެފައެވެ.

“ޔާ ﷲ .. އިބަ ރަސްކަލާނގެއީ ރަޙްމާނުވަންތަ އަދި ރަޙީމުވަންތަ ރަސްކަލާނގެ.. އިބަރަސްކަލާނގެ ރަހުމަތްފުޅުން މިއަޅާގެ ހަޔާތަށް އައިސްފައި މިވާ ވަރުގަދަ ތޫފާނުން ސަލާމަތް ކުރައްވާ މިއަޅާއަށް ކެތްތެރިކަން ދެއްވާނދޭވެ.. މިއަޅާގެ ހަޔާތުން އަނިޔާވެރިކަން ފިއްލަވައި ބާއްޖަވެރި ދިރިއުޅުމެއް މިންވަރު ކުރައްވާނދޭވެ.. މިއަޅާގެ ބަލިކަށިކަން ދުރުކޮށް ގަދަފަދަ ހިތްވަރު ލިބޭނެގޮތް މިންވަރު ކުރައްވާނދޭވެ.. ގެނބެމުން މިދާ ހަޔާތުގެ ނައު ސަލާމަތްތެރި އަމާން އައްސޭރިއަކަށް ބީހޭނެ ގޮތް މިންވަރު ކޮށްދެއްވާނދޭވެ… ޔާ ﷲ… މިއަޅްގެ ދުޢާ އިޖާބަ ކުރައްވާފާނދޭވެ… އާމީން…”

ދުއާކޮށް ނިމިގެން މޫނުގައި ހަމްދު އެޅިއިރު ރުނާގެ ލޮލުން ހޯސްލާފައި ކަރުނަ އޮހެމުން ދިޔައެވެ. އަތުގެ ނުފުށުން ކަރުނަތައް ފޮހެލުމަށްފަހު ތެދުވެ ދޮޅިއާއި މުސައްލަ ނަގައި މޭޒުމަތީގައި ބެހެއްޓުމަށްފަހު ސައިހެދުމަށްޓަކައި ރުނާ ބަދިގެއަށް ދިޔައެވެ.
ރޭގައިވެދިޔަ ކަންތައްތައް އަދިވެސް ހިތުގައި ހަރުލާފައި ވުމުގެ ސަބަބުން ރުނާގެ ދެލޮލުން އަދިވެސް ކަރުނަ ނުހިކެއެވެ. ރުނާގެ ހަޔާތަށް މިއައި ވަރުގަދަ ތޫފާނުން ސަލާމަތް ވާނެ ގޮތަކާއިމެދު ވިސްނަމުން ރޮށިފިހަން ހުއްޓާ މީހަކު ފިރާޝްއަށް ގޮވަމުން ގޭތެރެއަށް ވަދެގެން އަންނަ އަޑަށް ރުނާ ބަދިގެއިން ނިކުމެ ބަލައިލިއެވެ. އޭރު ހެވިފައިހުރެ ގޭތެރެއަށް ވަދެގެންއައި ޒައީމާ ފެނި ރުނާއަށް އިސްދަށަށް ޖަހައިލެވުނެވެ.

“ކޮބާ ފިރާޝް…؟” ޒައީމާ ނުލަފާ ހިނިތުންވުމެެއް މޫނުމައްޗަށް ވެރިކުރުވަމުން މިހެން އަހައިލުމުން ރުނާ ހިތްހަމަ ނުޖެހުނެވެ.

އެއްވެސް ޖެހިލުމެއް ނެތި ގޭތެރެއަށް ވަދެގެން އައިސް ފިރާޝް ކޮބާތޯ އަހަން ޒައީމާއަށް އޮތީ ކޮންހައްގެއް ހެއްޔެވެ؟ އެއީ އަހަރެންގެ ފިރިމީހާއެވެ.. ވީ އިރު އެހެން އަންހެނަކަށް ފިރާޝްގެ މައްޗަށް ގަދަވުމުގެ އެއްވެސް ހައްގެއް ނޯއްނާނެއެވެ… މިކަހަލަ ހިޔާލު ތަކެެއް ސިކުނޑީގައި ދައުރު ވެގެންދިއުމުން ރުނާއަށް ރުޅިއައިސްފައި ދަތްކުނޑި ވިކައިލެވުނެވެ.

“ކަލެއަށް ޖެހޭތަ ފިރާޝް ކޮބާތޯ ބަލަން؟ ކަލޭތީ ފިރާޝްގެ ކާކުތަ؟ ” ވަރަށް ރުޅިއައިސްފައި މިހެންބުނެ ރުނާ އަނެއްކާވެސް ބަދިގެއަށްވަދެ ރޮށިފިހަން ފެށިއެވެ.
މަމީ ކާކުކަން ކަލެއަށް ވަރަށް ރަނގަޅަށް ދައްކާލާނަމޭބުނެ ޒައީމާ ގޮސް ފިރާޝް ނިދާފައި އޮތް ކޮޓަރިއަށް ވަނެވެ.

“ކަލެއަކަށް ނުޖެހޭ ޒައީމާއާ ހަޑިކޮށް ވާހަކަ ދައްކާކަށް..” ރުނާއަށް ތެޅިގަނެވުނީ ފިރާޝް އައިގޮތަށް އައިސް ރުނާގެ ކަންކަށިމަތީގައި އޭނާގެ އަތުން ހޫނު އެތިފަހަރެއް އެޅުމުންނެވެ.

ވީތަދުން ރުނާއަށް ބާރަށް ރޮއިގަނެވުނެވެ. ފިރާޝް ބަލާކަށް ނުހުރެ ރުނާގެ އަތުގައި އޮތް ރޮށިފިހާ ދޭފަތް ނަގައި އުނދުނުގެ ހުޅުގަނޑުގެ ތެރެއަށް ކޮއްޕައިލުމަށްފަހު ނަގައި ރުނާ ލައިގެން ހުރި ޓީޝާޓުގެ ކަރުވަޅު ތެރެއަށްލައި މޭމަތީގައި ޖައްސައި އޮބާލިއެވެ. އެވަގުތު މޭމަތިން ނަގައިގަތް ދިލަޔާއެކު ވީތަދުން ރުނާއަށް ތެޅިގަނެވުނެވެ. ނަމަވެސް ފިރާޝް ރުނާގެ އަތުގައި ހިފާފައި ހުރިލެއް ބާރުކަމުން ރުނާއަށް ފިރާޝްގެ އަތްދަށުން ސަލާމަތް ވެވޭ ގޮތެއް ނުވިއެވެ. އޭރުވެސް ރުނާ ބާރަށް ރޮމުން ދިޔައެވެ.

“މިހާރު ހުންނާނި ވިސްނިފަ… ހިނގާ ދާން..” މިމަންޒަރު ބަލަން ހެވިފައި ހުރި ޒައީމާ އައިސް ފިރާޝްގެ އަތުގައި ހިފައިގެން ދިއުމުން ރުނާއަށް ހުރި ތަނަށް ތިރިވެވުނެވެ. އެހެން އިނދެ އެތައް އިރަކު ރުއިމަށްފަހު މޭމަތިން ނަގާ ދިލައަށް ކެތް ނުވެގެންގޮސް އައިސްއަލަމާރިން ފިނި ފެންފުޅިއެއް ނަގައި މޭމައްޗަށް އޮއްސައިލިއެވެ.
**********

ހަމަ އެހަފްތާ ތެރޭގައި ފިރާޝްއާއި ޒައީމާގެ ކައިވެނި ކުރެވި ޒައީމާ އެގެއަށް ގެނެވުނެވެ. ރުނާގެ މައިންބަފައިންވެސް އަދި ރަށުގެ ރައްޔިތުންވެސް ހިކުރީ ރުނާ ފިރާޝްދެކެވާ ލޯތްބެއްގެ ބޮޑުކަމުން އެކައިވެނި ކުރުމަށް ރުނާ އެއްބަސްވީ ކަމުގައެވެ.
ަކައިވެނި ކުރި ދުވަހު ޒައީމަ އެގެއަށް ގެނެވުނެވެ. ރުނާއާއި ފިރާޝް އަދި ރާއިން އުޅެމުންދާ ކޮޓަރި ޒައީމާއާއި ފިރާޝް އުޅުމަށް ހަމަޖައްސައި ރުނާ އާއި ރާއިން އަނެއް ކޮޓަރިއަށް ބަދަލުކުރީ ފިރާޝް އެގޮތް ބޭނުން ވުމުންނެވެ.

މިކައިވެނި ކުރުމަށްވެސް ފިރާޝް އޮފީހުން ހަފްތާއެއްގެ ޗުއްޓީނެގިއެވެ. އަދި ކައިވެނި ކުރިތާ ދެވަނައަށްވީ ދުވަހު ފިރާޝްއާއި ޒައީމާ ހަނިމޫނަށް ލަންކައަށް ފުރިއެވެ. އެދެމީހުންގެ އަނިޔާވެރި ކަމުން ކުޑަ ދުވަސްކޮޅަކަށް ނަމަވެސް މިންޖު ވެވުނީތީ ރުނާހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ.

“ދަރިފުޅާ…. ދަރިފުޅާ ރުނާ…. ” ގޭތެރެއަށް ވަދެގެން އައި ޒުލްފާ ގޮވާއަޑަށް ރާއިން ނިންދަވަން ކޮޓަރީގައި އޮތް ރުނާ ބާރަށް އޯތް އޭ ކިޔައި ގޮވާލުމުން ޒުލްފާ އައިސް ކޮޓަރިއަށް ވަދެ އެނދުގެ މަގަތުގައި އިށީނެވެ. އޭރު އުނގުމަތީގައި އޮތް ބާލީސްމަތިގައި ރާއިން ބާއްވައިގެން ރުނާ، ރާއިން ނިންދެވޭތޯ އުޅެއެވެ.

“ދަރިފުޅުމެން ދެމައިން މިހާރު ނިދަނީ މިކޮޓަރީގަތަ؟ ދަރިފުޅު ހަމަ ބޭނުން ވެގެންތަ ފިރާޝް ޒައީމާއާ އިނީ؟” ޒުލްފާގެ ރާގުގައި އެކުލެވިގެންވާ ހައިރާން ކަމުން އަދިވެސް މުޅިއަކުން އޭނާއަށް އެކަން ގަބޫލު ނުކުރެވޭ ކަން އެނގެއެވެ.

“އާނ…” ރުނާ އާނ އެކޭ ބުނެ ފުއްދައިލީ އެކަމާއި ބެހޭގޮތުން އިތުރަށް އެއްވެސް ވާހަކައެއް ދައްކަން ރުނާ ބޭނުންނުވާތީއެވެ.

“ދަރިފުޅުގެ މޫނުމަތިން މިހާރު ކުރީގަ އެހުންނަ އުފާވެރިކަމެއް ނުފެނޭ.. ނޭނގެ ކީއްވެ ކަމެއް…މަންމަގެ ހިތް ބުނަނީ ފިރާޝް އެކައިވެނި އެކުރީ ދަރިފުޅުގެ ރުހުމަކު ނޫނޭ…” ޒުލްފާ ރުނާގެ ބޮލުގައި ލޯބިން ފިރުމާލަމުން މިހެން ބުނުމުން ރުނާގެ ހިތުގައި ޖެހުނެވެ. ޒުލްފާއަށް ހަގީގަތް ކިޔައިދޭން ކިތަންމެ ބޭނުންވި ނަމަވެސް ފިރާޝް ދީފައިވާ މަރުގެ އިންޒާރު ހަނދާން ވުމުން ރުނާއަށް އެވާހަކަތައް ޒުލްފާ ކައިރީގައި ދައްކާކަށް ނުކެރުނެވެ.

 

މިއަދަކީ ފިރާޝްއާއި ޒައީމާ ލަންކާއަށް ފުރިތާ ހަފްތާއެއްވީ ދުވަހެވެ. އިރު އެރީއްސުރެ ރުނާގެހިތް ބާރަށް ތެޅެމުން ދިޔައީ ފިރާޝްމެން އައުމުން ރުނާއަށް ކުރިމަތިލާން ޖެހޭނެ އަނިޔާ ވެރިކަމާއި ދޭތެރޭ ވިސްނެމުން ދާތީއެވެ.

ގަޑިން އިރުއޮއްސި ހަގަޑި ބައިވީއެވެ. ރުނާ އުޅުނީ ރާއިންއަށް ކާންދޭން ސިޓިންރޫމުގައެވެ.
ކުއްލިއަކަށް ރުނާއަށް ބަލައިލެވުނީ ގޭތެރެއަށް ވަދެގެން އައި ފިރާޝްއާއި ޒައީމާއަށެވެ.

“ހިނގާ ޖައްސާލަން.. ވަރަށް ވަރުބަލިވެސް ވެފައެއްނު ތިހުރީ ދޯ..” ފިރާޝް ޒައީމާގެ ބޮލުގައި ފިރުމާލަމުން މިހެން ބުނުމުން ޒައީމާގޮސް ކޮޓަރިއަށް ވަނެވެ.

ފިރާޝްވެސް ގެނައި ފޮށިތައް ހިފައިގެން ޒައީމާ ފަހަތުންގޮސް ކޮޓަރިއަށް ވަނެވެ. އެދެމީހުން އުޅޭލެއް ލޯބިކަމުން ރުނާ ވަރަށް ބޮޑަށް ހިތުގައި ޖެހުނެވެ. ވާނީވެސް އެހެންތާއެވެ. ފިރާޝްއަކީ ރުނާ މި ދުނިޔެމަތިން އެންމެ ލޯބިވީ މީހާއެވެ. އަދި އެމީހެއްގެ ފަރާތުން އެންމެ ބޮޑަށް ލޯބި ލިބުނުވެސް މީހާއެވެ. ނަމަވެސް މިއަދު ރުނާއަށް މަޖުބޫރު ވެފައި މިވަނީ ފިރާޝް އެހެން އަންހެނަކާއި އެކު ރުނާގެ ކުރިމަތީގައި ލޯބިން އުޅޭ މަންޒަރު ދެކޭށެވެ.

ރާއިންއަށް ކާންދީ ނިންދެވުމަށްފަހު ރުނާ ފެންވަރާލައިގެން ރާއިން ކައިރީގައި އޮށޯތެވެ. މަޑުމަޑުން ނިދިޖެހެމުން ގޮސް ރުނާއަށް ހަމަ ނިދުނުތަނާ އޭނާގެ މޫނުގައި މީހަކު ކޮއްޓާލިހެން ހީވެގެން ދެލޯ ބޮޑުކޮށްލެވުނެވެ. އެވަގުތު ކޮޓަރީގައިވާ ނިދާބޮކީގެ ފަނޑު އަލިކަމުގެ ތެރެއިން ރުނާ ކައިރީގައި އިށީނދެ އިން ފިރާޝްގެ މޫނު ފެނުމުން ރުނާއަށް ތެޅިގަނެވުނެވެ.

” މަމިއައީ ކަލޭ ގައިގަ ފިރުމާކަށް ނޫން.. މަ ލަންކާގަ ވަނިކޮށް ކަލޭ އެއްވެސް މީހަކު ކައިރީގަ މަށޭކިޔާފަ އެއްވެސް ވާހަކަ ދެއްކިތޯ އަހަން މަމިއައީ… ” ރާއިންއަށް ހޭލެވިދާނެތީ ފިރާޝް ވާހަކަ ދެއްކީ ވަރަށް މަޑުންނެވެ.

“އެއްވެސް މީހަކު ކައިރީގަ ފިރާޝްގެ އެއްވެސް ވާހަކައެއް މަށެއް ނުކިޔަން..” ރުނާ މިހެން ބުނުމުން ފިރާޝް ހެވިފައި ހުރެ ކޮޓަރިން ނިކުމެގެން ދިޔައެވެ.

އަހަރެންގެ ކުށަކީ ކޮބާ ހެއްޔެވެ؟ އެއްވެސް ކުށަކާ ނުލައި ފިރާޝް އަހަންނަށް އެހެން އެހަދަނީ ކީއްވެ ހެއްޔެވެ؟ އެ ނުލަފާ ޒައީމާގެ ދަލުގައި ފިރާޝް އެހާފަސޭހައިން އެޖެހުނީ ކީއްވެ ހެއްޔެވެ؟ ހިތުގައި އުފެދެމުން ދިޔަ ސުވާލުތަކުން ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުން ރުނާގެ ދެލޯ ފެންކަޅިވިއެވެ. އައިސްފައިވާ ނިދިވެސް ފިލައިގެންގޮސް ހިޔާލީ ދުނިޔެއެއްގެ ތެރެއަށް ރުނާ ގެއްލުނެވެ.

“ކީކޯ އޭނަބުނީ؟” ފިރާޝް އައިސް ޒައީމާ ކައިރިގައި އޮށޯތުމާއި އެކު ޒައީމާ އަހައިލިއެވެ.

“އޭނަ އެއްވެސް މީހަކު ކައިރީގަ ނުދައްކަމޯ އެއްވެސް ވާހަކައެއް… ” ފިރާޝް ޒައީމާގެ މޫނުގައި ފިރުމާލަމުން މިހެން ބުނުމުން ޒައީމާ ހިތްހަމަ ނުޖެހިފައި ފިރާޝްގެއަތް ފޮޅުވައިލިއެވެ.

“ފިރާޝް ގަބޫލު ކުރަންތަ އެ ސުންޕަ އަންހެނާ ދައްކަ ވާހަކަ… ” ޒައީމާ ތުން އަނބުރައިލަމުން މިހެންބުނެ އަނެއްފަރަތަށް އެނބުރުނެވެ.

“ހާސް ނުވެބަލަ… އަދިވެސް ރަނގަޅަށް އޭނަ ހޭ އަރާވަރު ކޮށްލާނަން… އޭރުން މުޅި އުމުރުގަވެސް އަހަރުމެންނޭ ކިޔާފަ އަނގަ ހުޅުވާލަކަށް ނުކެރޭނެ…” ފިރާޝް ހީލަމުން ޒައީމާގެ ކޮނޑުގައި ހިފައި ފިރާޝްއާއި ދިމާލަށް އަނބުރައިލިއެވެ. ފިރާޝްގެ މިޖުމުލައިން އޭނާ ރުނާއަށް އިތުރު އަނިޔާތަކެއް ދޭނެކަން އެނގުމުން ޒައީމާ އުފާވިވަރުން އާނ ރަނގަޅޭ ބުނެ ފިރާޝްގެ ގައިގައި ބައްދާލިއެވެ.

މިއަދުވެސް ފިރާޝް އޮފީހަށް ދާންވާއިރަށް ސައިހަދާ ނިންމާލުމަށްފަހު ރުނާ ރާއިންއަށް ކާންދޭން ސިޓިންރޫމުގައި އިނެވެ. ފިރާޝް ތައްޔާރުވެގެން އައިސް ސައިބޯން ފެށުމުން ޒައީމާވެސް އައިސް ފިރާޝް އާއިއެކު ސައިބޯން އިށީނެވެ.

“އައްޗީ… މީ ކޯއްޗެއް؟ މީ މީހުން މަސްހުނި މޮޑޭ ގޮތްތަ؟” އަނގަޔަށް ފުރަތަމަ ރޮށިކޮޅު ލުމާއިއެކު ޒައީމާ ތަށި ނަގައި ހޫރުވާލަމުން ތެދުވިއެވެ.
އެއަޑަށް ރާއިން ސިއްސައިގެންގޮސް ބާރަށް ރޯން ފެށުމުން ރުނާ، ރާއިން އުރާލައިގެން ކޮޓަރިއަށް ދިއުމަށް ހިނގައިގަތެވެ.

“ރުނާ…ދެން މިގޭގަ ކައްކަން ޖެހޭނީ ޒައީމާއަށް މީރުވާ ގޮތަށް.. ޒައީމާ ބުނާ ގޮތަށްނޫނީ ކައްކައިގެން ނުވާނެ!” ފިރާޝް މިހެން ބުނެ ތެދުވެގެން ދިއުމުން ރުނާގޮސް ކޮޓަރިއަށް ވަނެވެ. ފިރާޝްއާއި ޒައީމާގެ އަނިޔާތަކުގެ އިތުރުން ޒައީމާގެ އަޅަކަށް ވާން ޖެހޭނެ ކަމަކަށް ރުނާ ދުވަހަކުވެސް ހިޔެއް ނުކުރެއެވެ.

ރާއިންއަށް ކާންދީ ފެންވަރުވާލައިގެން ރާއިން ކިހިލީގައި ޖަހައިގެން ރުނާ ސިޓިން ރޫމަށް ނިކުތްއިރު ސަރަންފީ ގައި ޒައީމާ ޓީވީބަލަން އިނެވެ. އޭރުވެސް ޒައީމާ ހޫރާލި މަސްހުނިތަށި ގޭތެރޭގައި އޮތްތަން ފެނިފައި ރާއިން އަތަށް ކުޅޭއެއްޗެއް ދީފައި ގޭތެރޭގައި ބެހެއްޓުމަށްފަހު ރުނާ ގޭތެރެ ކުނިކަހައި ސާފުކުރަން ފެށިއެވެ.

“ކިހިނެއް ވެގެންތަ ތިއުޅެނީ.. ދުރަށްދޭ… މީދެން ޖެހިފަ އޮތް ބަލާވެރިކަމެއް ހުވާ..” ރުނާއަށް ސިއްސައިގެންގޮސް ބަލާލެވުނީ ޒައީމާގެ އަޑަށެވެ. އޭރު ޒައީމާ ކައިރީގައިހުރި ރާއިން ބާރަށް ރޮމުން ދިޔައެވެ. ރުނާ ބާރަށްގޮސް ރާއިން އުރާލައި ރާއިން ހުއްޓާލެއްވޭތޯ މަސައްކަތް ކުރިއެވެ.

“ޒައީމާ.. ކިހިނެއް ވެގެންތަ ކަލޭ ތިއުޅެނީ.. މި ކުޑަކުޑަ ކުއްޖާއާ ދިމާލަށް ތި ހަޅޭއްލަވަނީ މީނާ ކަލެއަށް ކީއްކޮއްގެންތަ؟.. އެއްވެސް ކުށެއްނެތް ކުޑަ ކުއްޖަކާ ދިމާލަށް ތިހާ ހަޑި ހުތުރު ބަހުން ވާހަކަ ދައްކާކަށް ކަލޭ ލަދެއްވެސް ނުގަނޭތަ؟” ޒައީމާ ރާއިންއާއި ވާހަކަ ދެއްކިގޮތުން ރުނާ ވަރަށް ރުޅި އައިސްފައިހުރެ ޒައީމާ ދިމާލަށް ހަޅޭއްލަވައިގަތެވެ.

“ކަލޭގެ ދަރި މަގޭ އަތުން ރިމޯޓު އަތުލަން އުޅުނީ.. މިކުޑަކުޑަ ސުންޕާ އަކަށް ނުޖެހޭ މަށަށް ޖެއްސުން ކުރާކަށް… ކުޑަޔަކަސް މީނަގެ މިހުންނަނީ ކަލޭގެ ސުންޕާ ގޮތްގަނޑު ހަމަ…” ޒައީމާ ގޮނޑިން ތެދުވެ އަތުގައި އޮތް ރިމޯޓު ގޮނޑިމައްޗަށް ޖެހުމަށްފަހު ގޮސް ކޮޓަރިއަށް ވަނެވެ.

ރުނާއަށް ބުނާނެ އެއްޗެއް ނޭނގި އަނގަ ހުޅުވިފައި ހުރެވުނީ ޒައީމާގެ އަނގަ ހަޑިކަމުން ހައިރާން ވެފައެވެ. ޒައީމާ އަކީ ކިހާ ނުބައި ނުލަފާ މީހެއްކަން ރުނާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. ނަމަވެސް ކުޑަކުޑަ މައުސޫމް ރާއިންއާއި ދިމާލަށް އެހާ ހަޑިހުތުރުކޮށް އެއްޗެހި ކިޔުމުން ޒައީމާއަކީ ރުނާ ހީކުރި ވަރަށްވުރެވެސް ގޮތްކުޑަ އަންހެެނެއްކަން ރުނާއަށް ޔަގީންވިއެވެ. މިވާހަކަ ފިރާޝް ކައިރީގައި ބުނާނީ ބާއެވެ؟ ބުންޏަސް ރުނާ ދައްކާ ވާހަކަ ފިރާޝް ގަބޫލު ނުކުރާނެކަން ޔަގީނެވެ. ރުނާ ދެހިޔާލެއްގައި ހުރެ ރާއިން ގޮވައިގެންގޮސް ކޮޓަރިއަށް ވަނެވެ.

 

ނުނިމޭ…

Share Article

Follow Me Written By

Eyesh

Level 210 Stories100 Comments

Other Articles

Previous

ދީފާ އުފާ – 5

Next

ލޯބިވާ މަންމާ މަގޭ.. 13

Next
January 16, 2016

ލޯބިވާ މަންމާ މަގޭ.. 13

Previews
January 16, 2016

ދީފާ އުފާ – 5

46 Comments!

  1. Eyesh says:
    January 16, 2016 at 4:15 pm

    Hello everyone.. varah gina dhuvas kohlaafa vahaka upload mi kurevunee . Varah bodah sorry mihaa dhuvas kohfa upload kurevuneethee. Eyesh ulhen jehunuleh buxy kamun time nuvegen story nuliyevunee alsu. I hope hurihaa kudhin ves understand vaane kamah. And hope kuran mi part hurihaa kudhin nahves reethi vaane kamah. ?

  2. k says:
    January 16, 2016 at 4:21 pm

    haadha kurey..

    1. Eyesh says:
      January 16, 2016 at 10:31 pm

      Dhen oi bai miah vure dhigu kohlaanan ingey ?

  3. Mary says:
    January 16, 2016 at 5:00 pm

    Reethi..but maa bodah ves kuru..next part dhigukollahchey ingey..waiting..

    1. Eyesh says:
      January 16, 2016 at 10:32 pm

      Thnx swyty ?yeah next pat mih vure dhigu kohlaanan ingey ☺

  4. ishaa says:
    January 16, 2016 at 5:04 pm

    when next part?

    1. aathi says:
      January 16, 2016 at 5:48 pm

      Rythi mi part vx.. waitin waitin to nxt part aish..hehe..;)

    2. Eyesh says:
      January 16, 2016 at 10:33 pm

      Ishaa dear ? Inshaa allaah v avahah up kuraanan ingey ?

  5. shau says:
    January 16, 2016 at 5:26 pm

    I hate that zaimaa…eyesh runaa ah dhera gotheh nahadhahchey..v nice stry…waiting for the nxt prt

    1. Eyesh says:
      January 16, 2016 at 10:35 pm

      Shau ? Runaa ah vaagotheh engidhaane thaa dhw ? lets c … thnx a lot ingey swyty ?

  6. Shahaa says:
    January 16, 2016 at 5:47 pm

    Vvvvvvv salhi….alhe myge aneh part vrh avahah up kh dhehchey ingey ???…..

    1. Eyesh says:
      January 16, 2016 at 10:36 pm

      Thnx a lot shahaa darling ? yeah avahah up kohdheynan ingey ?

  7. Niz says:
    January 16, 2016 at 7:32 pm

    Vvvv reethi mi prt…plx nxt prt avahaah up kobbala
    ..

    1. Eyesh says:
      January 16, 2016 at 10:37 pm

      Thnx a lot niz dear ??

  8. misty says:
    January 16, 2016 at 8:13 pm

    Varah salhi… When next part?? Next part avahah up koh dhechey eyesh..plx plx plx

    1. Eyesh says:
      January 16, 2016 at 10:39 pm

      Thanx a lot misty darling ? yeah sure.. avahah up kuraanam ingey ?

  9. nash says:
    January 16, 2016 at 8:44 pm

    Lahun genes dhey iru dhigu kohlaanama

    1. Eyesh says:
      January 16, 2016 at 10:41 pm

      Nash dear.. ? eyesh ah hama time nuvegen lasvee mifaharu. Dhen miadhu free veema avahah liyefa up kohlee mi.. next part dhigu kohlaanan ingey ?

  10. Aimsithu says:
    January 16, 2016 at 8:56 pm

    Varah inthixaaaruga hurin vaahaka up vaane irakah.. waiting for nxt part. Kon irakun baa anekka nxt part up kuraany..

    1. Eyesh says:
      January 16, 2016 at 11:07 pm

      Insha allaah v avahah up kuraanan ingey dear ?

  11. shuhu says:
    January 16, 2016 at 10:46 pm

    Alhey..kiyaahithun indha e nimuny…hehe..next part avahah upkollahchey and dhigukollahchey ingey..plx..I love ur stories..

    1. Eyesh says:
      January 16, 2016 at 11:09 pm

      Alhey aslu tha ? yeah next part avahah up kuraanan ingey shuhu swyty ? n thanx a lot ?

  12. amie says:
    January 16, 2016 at 10:52 pm

    Miee knkahala nameh kiyaa vaahakaeh tha dhuk o.. eyge mean akee koba

    1. Eyesh says:
      January 16, 2016 at 11:11 pm

      veyn, hithaama, kekulhun, thadhu, undhagoo.
      “Dhuku” Mi bahuge 5 maana ei. Mee eyesh dhivehi radheef in negi baheh ?

  13. faru.. says:
    January 16, 2016 at 11:40 pm

    Wow wow wow waiting for the next part. Make it longer than this

  14. Naju says:
    January 17, 2016 at 10:42 am

    Haada fidieyy roonaa nikan kerigen kurimathilaaba firihenyn Nan aludhaasth vegen ulenjeheyytha varah sali vaahaka

  15. ina says:
    January 17, 2016 at 2:55 pm

    Wowww eyesh sissyyyyyyyy….haadha nice ey mi stry……i jst luvd it……owh…haadha goaheydhw firaash aa xaeema….pis pis pis………poor roona…she mst shre tell hr prblms 2 hr mom……waitin 4 nxt part..when???miss U sissyyyyyyyyyyyyy

  16. ny says:
    January 17, 2016 at 7:07 pm

    Haadareechey…..,bt v v v roifin ekahala aniyaaverikan ihusaas v ma……

  17. Shahaa says:
    January 17, 2016 at 8:19 pm

    Kobaaaaaaaaaa nxt prt avassssss eyesh???????

  18. naax says:
    January 18, 2016 at 2:09 am

    Kobaa anehbai avassss kurahchay…………

  19. nash says:
    January 18, 2016 at 12:46 pm

    ok eyeh thanxxxx kiyaa hithun ineema ves heevaane kuruvaahen

  20. Shahaa says:
    January 19, 2016 at 8:44 pm

    Alhe next partttttttttttttt?…

  21. Pppppp says:
    January 20, 2016 at 2:24 pm

    Kobaa next part a vaha up kohba plx plx plx

  22. misty says:
    January 20, 2016 at 11:29 pm

    Nxt prt avahah up kioh dheeba… plx plxxxxxxx

  23. shuhu says:
    January 21, 2016 at 5:51 pm

    Koba next part??? Kiyaahithun mihaaru hureveny ehnooney Eyesh!! Dhen avahah up kohdheeba..puleeezu

  24. Shahaa says:
    January 21, 2016 at 9:48 pm

    Eyesh!!!!!haadha sakaraatheyyyyyyyyyyy???

  25. misty says:
    January 22, 2016 at 1:46 pm

    Avahah nxt prt up koh dheebala… Plx plx plxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

  26. Shahaa says:
    January 23, 2016 at 5:53 pm

    Eyeshhhhhhhhh…kudhin kiyaa hithun hunnaa thy tha nxt prt laskurany???

  27. Sam says:
    January 25, 2016 at 3:35 am

    Esfiyaa ge strys kiyan ehme foohiva eh reason mee…reethi vaahaka eh vihyaa vaki hishaabakun huhtun araane..dhn upload vaany kuryga kiyaafa huri baithah hadhaan netheyhah dhuvas v ma..miah vuren ragalhu vaanehen heevany nuvaakanthah kuran noolhunihyaa..

  28. Laala says:
    January 25, 2016 at 11:56 am

    Mee mahaku ehfaharu up kuraa vaahakaehtha?

  29. kamana says:
    January 26, 2016 at 9:54 pm

    i agree with sam… eysh ah vs nuvayya ehen writer akah chance dheefa dhurah dhaan feney… atleast readers diaspoint eh nuvaane dhwww so sad… ur one of my fav writer

  30. shif says:
    January 31, 2016 at 3:36 pm

    kobaatha eysh vaahaka aneh bai dhn nugennanee tha?? dhn mas dhyvas koffa vs ais sry for late ry buneema nimunee… v foohi vey thikahala writers dheke… who dont value readers

  31. kamana says:
    January 31, 2016 at 3:37 pm

    kobaatha eysh vaahaka aneh bai dhn nugennanee tha?? dhn mas dhyvas koffa vs ais sry for late ry buneema nimunee… v foohi vey thikahala writers dheke… who dont value readers

  32. shagun says:
    March 30, 2016 at 2:01 pm

    kon irakun next part nereyny

  33. anan says:
    May 4, 2016 at 8:35 am

    thikahala meehun vaahaka nuliyebala heyonuvaane

  34. nn says:
    June 13, 2016 at 8:24 am

    mi esfiyaa ga gin meehun vaahaka lhiyan fasaane v fashey hain ekam.2 3 part lhiyefa neyngeyne vaa e nuvaa e.kithamme vaahaka e eba huri nunimi

Comments are closed.


All Right Reserved!