އެރޭ އެއްކޮށް މޫސައިނީ ހޭލައެވެ.. ހަސީނާއާއި ޔަމަން އަކަށް ވެސް އިތުރަށް ނިދޭގޮތެއް ނުވިއެވެ. މޫސަގެ ފަރާތުން ހަސީނާ އާއި ޔަމަންއަށް އެއްވެސް ޖަވާބެއް ނުލިބުނެވެ. އޭނާ ބޭނުންވީ އެއްވެެސް ވާހަކައެއް ނުދައްކައި ފަތިސް ވަންދެން ގުރުއާން ކިޔަވަން އިންނާށެވެ. އެދުވަހު މިސްކިތަށްގޮސް ފަތިސް ނަމާދުކޮށްލައިގެން މޫސަ ގެއަށް އައިރު ހަސީނާވެސް ނަމާދުކޮށްގެން ބަދިގެ ތެރޭގައި ސައި ހަދަންއުޅުނެވެ. ޔަމަންވެސް ހަސީނާއަށް އެހީތެރިވެދީ އުޅުނެވެ. މޫސަ ގޮސް އެމީހުން ކައިރީގައި ގޮނޑިއެއްގައި އިށީނދެ ހަމަ ޖެހިލިއެވެ. […]
އޭގެ ފަހުން ދުވަސް ތައް ފާއިތުވަމުންގޮސް 40ދުވަސް ވެގެންދިޔައިރުވެސް ނީރްގެ އެއްވެސް އުނދަގުލެއް ޔަމަންއަކަށް ނުވެއެވެ. ބިރުވެރި ހުވަފެންފެނި މަގުމަތިން ހިޔަނި ފެނުން ފަދަ އެއްވެސް ކަމެއް ދިމަލެއް ނުވެއެވެ. އޭގެ 40 ދުވަސް ކުރިން މޫސަގެ ގޭތެރޭގައި އޮތް ނާމާން ކަމާއި ބިރުވެރިކަން މަޑުމަޑުން ފިލައި ގޮސްފިއެވެ. ގޭތެރެ އަމާންވެ ކުރީގެ ދިރިއުޅުމަށް އެއާއިލާ މަޑުމަޑުން ރުޖޫއަ ވެއްޖެއެވެ. ކުރިއަށް ވުރެން ބޮޑަށް މޫސައާއި ހަސީނާ އަދި ޔަމަން ނަމާދަށް ފަރުވާ ބަހައްޓަން ފެށިއެވެ. ކުރުސި […]
އެދުވަހަށް ފަހު އަހަރެންނަށް ކުރިން ފާހަގަ ނުވާ އެތައް ކަމެއް ފާހަގަ ވާން ފެށިއެވެ. އެއީ އެދުވަހު ހިތުގައި އުފެދުނު ބިރުވެރި ކަމެއްގެ ސަބަބުން ކަމުގައިވެސް ވެދާނެއެވެ. ގެއާއި މަގުމަތިން ފެންނަ މީހުންނާ، އެމީހުންގެ މޫނުގެ ކުލަވަރާ، ހިނގާފައި ދާއިރު ކައިރިންދާ މީހުންނާ ދުއްވާ އެއްޗިއްސަށް ކުރިން ނުދޭ ސަމާލުކަން ދެވެން ފެށުނެވެ. މީހަކު ތަނެއްގައި ހުއްޓި ހުރިތަން ފެނުނަސް އެމީހަކު ބަލަނީ އަހަރެންނާ ދިމާލަށް ތޯވެސް ބެލެން ފެށުނެވެ. އެއީ އެދުވަހު އެކަރުދާސް ކޮޅު ފޮނުވި […]
އަހަރެންނަކީ އުމުރުން 20 އަހަރުގެ އަންހެން ކުއްޖަކީމެވެ. މަންމައާ ބައްޕަގެ އިތުރުން އަހަރެންގެ އާއިލާގައި ތިބެނީ ދޮންތައާއި ދޮންބެއެވެ. އެދެމީހުންވެސް ދިރިއުޅެނީ ރަށުގައި މަންމަމެން ކައިރީގައެވެ. ދޮންބެ އަކީ ރަށުގެ ކައުންސިލުގެ ރައީސެވެ. ދޮންބެ ކައިވެނި ކޮށްގެން 3 ކުދިން ލިބިފައިވާއިރު އާއިލާ ގޮވައިގެން ރަށުގައި އުޅެމުންދަނީ ވަރަށް އަރާމު ދިރިއުޅުމެކެވެ. ދޮންތައަކީ ބައްޕަގެ ފިހާރަ ހިންގުމާ ހަވާލުވެގެން ހުންނަ މެނޭޖަރެވެ. ދޮންތަގެ ކައިވެންޏަށް އަދި ކުއްޖަކު ލިބިފައި ނެތުމުން ގިނަ ވަގުތު ފިހާރައިގައި ، ނޫނީ […]
ފަރިތަކޮށް ގުރުއާން ކިޔަވަން އެނގޭ 4 މީހުން ހޯދަން މޫސަ ރަށުތެރެއަށް ނިކުތެވެ. ހަސީނާވެސް ދުވެފައި ގޮސް ޖެހިގެން ހުރިގޭގެ ކުންނާރުގަހުން 21 ފަތް ލިބޭތޯބެލިއެވެ. ކުޑަ ހިނދުކޮޅެއް ތެރޭގައި އެވާހަކަ ރަށުތެރެއަށް ފެތުރި މޫސަގެ ގެކައިރިއަށް ވަރަށް ގިނަ މީހުން އެއްވިއެވެ. ހައްތާވެސް މޫސައަށާ އޭނަގެ އާއިލާއަށް ހެޔޮއެދޭމީހުންނެވެ. ވެގެން އުޅޭގޮތެއްބެލުމަށް އެކަކު އަނެކަކާ ސުވާލުކުރަނީއެވެ. އެހާސިއްރުން ނިންމަން އުޅުނު ކަންތައް ރަށުތެރެއަށް ފެތުރި އެންމެންނަށް އެނގުނީއެވެ. ބައެއްމީހުން ބިރުން ނިކުމެ ބޭރުގައި ކުޅެން އުޅުނު […]
“ޒަމް…”… ޖައިލަމް ގެ އަޑު އިވުމާއެކު އަހަރެން ޑައިރީ ލައްޕާލައި ބާލީސް ދަށަށް ކޮއްޕާލައި ހަމަޖެހެވޭތޯ ބެލީމެވެ .އޭރު އަހަރެންގެ ހިތް ތެޅެން ފެށިބާރަށް ހީވީ މޭފަޅާފައި ނިކުންނަން އުޅުނުހެންނެވެ. “ކީކޭ..” ކުރިމައްޗަށް އައިސް ހުއްޓުނު ޖައިލަމްގެ މޫނަށް ބަލަން އިނދެ އަހަރެން އަހާލީމެވެ. ޖައިލަމް ގެ މޫނުނަތިން ފެންނަން ހުރީ އެހެންޏާވެސް ފެންނަ ކުލަވަރެވެ. އޭނާއަކީ އަހަރެންނަށް ބަލާލައި ހީލާ ހަދާ މީހެއްނޫނެވެ. އަހަރެންނާ ވާހަކަދެއްކިޔަސް ހީވާނީ ބުދަކާ ވާހަކަ ދައްކާހެންނެވެ. “ވަރަށް […]
ޖައިލަމްއަކީ މުއްސަނދި އާއިލާއަކަށް އުފަން ނަސީބުރަނގަޅު ޒުވާނެކެވެ. އޭނާގެ އާއިލާއަކީ މާލޭގެ މުއްސަނދި އާއިލާއަކަށް ވެފައި ގެދޮރު ގިނަ ކަމާއި އާއިލީ ވިޔަފާރި ތައް ގިނަވުމުން ރާއްޖޭގެ އެތައް ބަޔަކަށް އެއާއިލާ ވަރަށް ރަނގަޅަށް އެނގެއެވެ. ނިކަމެތިންނަށް އެހީވުމުގައި އެއީ ވަރަށް ނަން މަޝްހޫރު ބައެކެވެ. ޖައިލަމްގެ އެއްބަނޑު އެއްބަފާ ތިބެނީ ދެ ބޭބެއެވެ. އެއީ ޝާމް އާއި ނިޔާޒްއެވެ. އެދެމީހުންވެސް އުޅެނީ އެމީހުންގެ އަމިއްލަ ގެދޮރުގައެވެ. ދެމީހުންވެސް ކައިވެނިކޮށް ދަރިން ލިބި އުޅެމުންދަނީ ވަރަށްވެސް އުފާވެރި […]
” ތިކިޔާ އެއްޗެއް ސާފުކޮށް ކިޔާ… ” ތަކުރުބެ ވެސް ހައިރާންކަމެއްގެ ތެރޭގައި އިނދެ ސުވާލުކުރިއެވެ. ” އެއީ ޔަމަން އުފަންވެސް ނުވަނީސް ދޮންމަނިކުގެ ބައްޕަ ނިޔާވުމުން އޭނާގެ މުދާ ބެހީރު ދޮންމަނިކު ހެދި ސިހުރުތަކެއް އުފުލަން އަހަރެން ނަށް ދިން ބަދަލު. އަހަރުމެންނަކީ ކަލޭމެން އިންސާނުން ކަހަލަ މުނާފިގު ބައެއްނޫން. އަހަރެން އަހަރެންގެ ވައުދު ފުއްދިން. އޭނާގެ ވައުދަކީ އޭނާގެ އާއިލާއަށް އުފަންވާ އެންމެ ރީތި އަންހެން ކުއްޖެއް އަހަންނަށް ދިނުން.” ނީރް ދެއްކި ވާހަކަ […]
އެއްވެސް ބައެއްގެ ދިރިއުޅުން ފުރިހަމައެއް ނުވާނެއޭ ބުނާ ބުނުމަކީ ވަރަށް ބޮޑު ހަގީގަތެކެވެ. މަލީޒްގެ ކިބައިގައިވެސް ސާރާ ބޭނުން ނުވާކަހަލަ ސިފަތައް ހުއްޓެވެ. މަލީޒް ސާރާދެކެ ލޯބިވީ އިންތިހާއަށެވެ. ސާރާ ބޭނުންވާވަރަށް ވުރެންވެސް ބޮޑަށެވެ. ލޯތްބަށްވުރެން ބޮޑަށް އެއީ ހޭބަލިވުން ހެންވެސް ހީވާފަހަރު އާދެއެވެ. ސާރާ ދާ ކޮންމެ ތަނެއް މަލީޒު ބަލައެވެ. ދަނީ ކާކާ އެއްކޮށްތޯވެސް ބަލައެވެ. ގެއާ ޖެހިގެން ހުރި ފިހާރައަށް ފެންފުޅި އެއް ގަންނަން ދާންވިޔަސް މަލީޒް ކައިރީގައި ބުނަން ޖެހެއެވެ. ގިނަފަހަރަށް […]