ޖެހިގެން އައި ދުވަހެވެ. ރަށުތެރޭ މީހުން ބޮޑުހެނދުނާ ހަލަބޮލިވެއްޖެއެވެ. ވެގެން އުޅޭ ގޮތެއް ހޯދުމަށް އާދިލްވެސް ބަލާލަން ބޭނުންވިޔެވެ. ތުންތުންމަތިން އަޑުއިވެމުންދިޔައީ އެރަށު ސަހަރާ ކަށްވަޅު ކޮނެގެން ގަބުރު ކައިފައި ހުރި ކަމުގެ އަޑެވެ. އެއީ މީގެ ދެތިން ދުވަސް ކުރިން ވަޅުލެވުނު އެރަށު ޒުވާނެއްގެ ގަބުރެވެ. ރަށު ރައްޔިތުން އެއްވެފައިވާ ސަހަރާ ކައިރިޔަށް އާދިލްވެސް ދިޔައެވެ. ސަހަރާގެ ދޮރުކައިރީގައި ޒުވާނާގެ ގަބުރުގެ އިނގިލިތައް އުކާފައި ހުއްޓެވެ. ޒުވާނާގެ ގަބުރުވަނީ ވަޅުލެވުނު މަހާނަ ކައިރިޔަށް އެއްލާލާފައެވެ. އެ […]
ޖިންނީންނަކީ އުޅޭ ބައެއްކެވެ. އެކަން ކީރިތި ގުރުއާނުންވެސް ސާބިތުވެއެވެ. އިންސާނުންގެ ލޮލަށް އެބަޔަކު ފޮރުވިފައިވާ ބައިވަރު ސަބަބުތައް ހުރެއެވެ. އެސޮރުމެންގެ ކިބައިން ރައްކާތެރިވާނެ ގޮތްތައްވެސް ވަނީ އިސްލާމްދީންގައި އުގަންނާދީފައެވެ. ނަމަވެސް އެރައްކާތެރިކަން ބޭނުންކުރަނީ މަދު ބައެކެވެ. ޖިންނިއަކަށް އިންސާނެއްގެ ފަރާތުން ގެއްލުމެއް ލިބިއްޖެނަމަ އެކަމުގެ ބަދަލު ހިފަން އަންނަނީ އެންމެ ޖިންނިއެއްނޫނެވެ. މުޅި އާއިލާ އެއްކޮއްށެވެ. ރަގީބާ ދިޔައީ ހަޅޭއްލަވަމުންނެވެ. އޭނާ ގައިގާ އަޅާވޭނަށް ކެތްނުކުރެވޭތީއެވެ. މުޅި މީހާގެ ހަށިގަނޑު ވަނީ ކަޅު ބޮޑެތި ލައްތަކެއް ލާފައެވެ. […]
ދުނިޔެއަކީ ވަގުތީ ތަނެއްކަން ވިސްނެނީ ކިތައް މީހުންނަށްބާއޭ އަބަދުވެސް ހިތައް އަރައެވެ. ދުނިޔޭގެ ލައްޒަތާ އަރާމް ހޯދަން އާޙިރަތް ދޫކޮއްލާފައި އުޅޭ އެތައް ބަޔަކު މިއަދު އިންސާނުންގެ ތެރޭގައި އެބައުޅެއެވެ. ﷲ سبحانه و تعالى ނަހީ ކުރައްވާފައިވާ އެތައް ފާފައަކަށް އަރައިގަނެ އެކަކަށް ވުރެ އަނެކަކު ދަނިޔެއައިގެން ކުރިޔަށްދާން ގަދަ އަޅާ އެތައް މަސައްކަތެއްކުރެއެވެ. ނަމަވެސް އާޙިރުގައި ތިބާ ދާންޖެހޭނީ ހުސްއަތާކަން ނޭންގޭ އެއްވެސް މީހެއް ހަމަގައިމުވެސް ނުހުންނާނެއެވެ. ޝާމް މިއަދު ގުނަމުންދަނީ އޭނާގެ ފަހުވަގުތުކޮޅެވެ. […]
އާދިލްއާ އުމްނިއްޔާއަކީ ދެ އެކުވެރިންނެވެ. އެ ދެމީހުންނަކީ ރަށުގެ ގަދަރުވެރި ރަނގަޅު ދެ އާއިލާއަކަށް ނިސްބަތްވާ ދެމީހުންނެވެ. އެ ދެމީހުން އެކުގައިނޫނީ އެއްތާކަށްވެސް ނުދާނެއެވެ. ބައެއްފަހަރު އެ ދެމީހުންގެ ގާތް ގުޅުން ވަރުގަދަކަމުން ރަށުތެރޭ އަޅުވާވެސް ކިޔާނެއެވެ. އަދި ދެ އާއިލާއިންވެސް އަބަދު އެދެނީ އެ ދެމީހުންގެ ގުޅުން ކައިވެންޏަކަށް ބަދަލްކުރާށެވެ. އުމްނިއްޔާއާ ދޭތެރޭ އާދިލް ބަހައްޓާ އޯގާތެރިކަމަކީ އެހެން އަންހެނަކަށް އޭނާ ނުދޭނެވަރުގެ އޯގާތެރިކަމެއްކަން އުމްނިއްޔާއަށްވެސް އެނގެއެވެ. އުމްނިއްޔާ ސްކޫލް ދައުރުއްސުރެ އެތައް ގޮތަކުން އާދިލްވަނީ […]
ރޫހާނީ ކަންތައްތައް އެކި މީހުންނާ ދިމާވަނީ އެކިގިތަށްށެވެ. އެކަމެއް ދިމާވުމުން އެމީހަކު އެވާހަކަ ހިއްސާކުރިޔަސް ގިނަފަހަރު މީހުން އެކަން ގަބޫލްކުރަނީ އެފަދަ ހާދިސާއެއް ދިމާވުމުންނެވެ. ޓެކްސީ ޑްރައިވަރެއްކަމުގައިވާ ޝަރީޕްއަކީ ދަންވަރު ޑިއުޓީއަށް އަބަދުވެސް ނުކުންނަ މީހެކެވެ. ދުވާލު އަމިއްލަ މަސައްކަތްކޮއް އަދި އާއިލާއާއެކު ވަގުތު ހޭދަކުރުމަށްފަހު އޭނާ ފަތިސް ނަމާދަށް ގޮވަންދެކަށް ޓެކްސީ ކުރުމުގައި ވަގުތުތަށް ހޭދަކޮއްލައެވެ. ފަހަކަށް އައިސް ޙަބަރުތަކުގައި ހައިވޭމަތިން ރޫހާނީ ކަންތައް ފެންނަ ވާހަކަ ޝަރީފްގެ ކަންފަތުގައިވެސް ޖެހިއްޖެއެވެ. ނަމަވެސް މިހާތަނަށް އޭނާ […]
ތައުބާގެ ދޮރަކީ ހުޅަނގު ފަރާތުން އިރު އަރަންދެކަށް ހުޅުވިފައިވާ އެއްޗެކެވެ. ގިޔާމަތުގެ އަލާމާތެއް ކަމުގައިވާ ހުޅަނގުފަރާތުން އިރުއެރުމުން ތައުބާގެ ދޮރު އެއްކޮއް ބަންދުވާނެއެވެ. މިކަމާމެދު ވިސްނާލަނީ އަޅުގަނޑުމެންތެރެއިން ކިތައް މީހުންބާއެވެ. ދުވަހެއް ދުވަހަކަށް މި ފެންނަމުންދަނީ ގިޔާމަތުގެ ކުދި އަލާމާތްތަކެވެ. މިހެންގޮސް ބޮޑު އަލާމާތެއްކަމުގައިވާ ހުޅަނގުފަރާތުން އިރުއަރާފައިހުރިތަން ފެނުމުން އިންސާނާއަށް ބުނެވޭނީ ދެންކީކޭބާއެވެ. އެއިރު އޮންނާނީ ވަގުތު ފާއިތުވެފައެވެ. ޒަމީރުއަކީ މިޒަމާނުގެ ޒުވާނެކެވެ. މިޒަމާނުގެ ފެޝަނަކީ އޭނާ ލޯބިކުރާ އެއްޗެކެވެ. ޒަމީރުގެ ހެދުން އެޅުމުގައި މުޅިންވެސް ލައިއުޅެނީ […]
އިންސާނުން ދުނިޔެ ފޮނުއްވާފައިވަނީ الله سبحان و تعالىٰ އަށް އަޅުކަން ކުރާށެވެ. އެގޮތުން އިންސާނުންގެ މައްޗަށް 5 ނަމާދު ކުރުމަށް އެކަލާނގެވަނީ އަމުރު ކުރައްވާފައެވެ. ނަމަވެސް މިއަދު އިންސާނުންވަނީ ހައްދުފަހަނައަޅާ ގޮސް ދުނިޔެއަށް ގެއްލިފައެވެ. ނަމާދަކީ ބޭނުން އިރަކު ކުރެވޭނެ އެއްޗެއްކަމަށް ގިނަމީހުން ދެކިގެން އުޅެއެވެ. އަޒީޒްއަކީ ޒުވާނެކެވެ. ރީތިކަމާ މުއްސަނދިކަން އޭނާއަށް الله سبحان و تعالىٰ ވަނީ ދެއްވާފައެވެ. އަޒީޒްގެ މައިންބަފައިން ތިބެނީ އޭނާ އުޅޭ ގެއާ ދުރުހިސާބެއްގައި ކަމުން ކޮންމެ ހުކުރު […]
ކޮންމެ ނަފްސެއްވެސް މަރުގެ ރަހަ ދެކޭނެއެވެ. މިވަގުތީ ދުނިޔެއަށް ވަކި މުއްދަތަކަށް އިންސާނާ ފޮނުވިފައިވަނީ އިމްތިހާންނެއްގެ ގޮތުންނެވެ. އެ މުއްދަތު ހަމަވުމުން ކަފުންކުރެވި ވަޅުލެވެއެވެ. އެއީ ކިތަންމެ ބާރުވެރި މީހަކަސް ނުވަތަ ނިކަމެތި ފަގީރެއްކަމުގައި ވިޔަސްމެއެވެ. ޒުބެއިރުއަކީ ހަރު ހިތެއްގެ ވެރިއެކެވެ. ޖާނުން ވަރުގަދަ ބިޔަ ހަށިގަނޑެއްގެ ވެރިއެކެވެ. މީސް މީހުންނަށް އެއްވެސް ސަބަބެއްނެތި ގޯނާކޮއް އޭނާގެ ނުލަފާކަން ދައްކާ މީހެކެވެ. ޒުވާން އަންހެން ކުދިންނަށް އޭނާގެ އުނދަގޫ ވަކިން ބޮޑެވެ. އަންހެން ކުއްޖަކު ފެނިއްޖެނަމަ ޖެއްސުންކޮއް […]
އެހާދިސާއެއް ހިނގިތާ މިހާރު އަހަރެއްވެދާނެއެވެ. ނަމަވެސް ޝިނާގެ ހިތުން އެމީހެއްގެ އޯގާތެރިކަން ދުވަހަކުވެސް ފިލައިގެން ނުދާނެކަން އޭނާއަށް އެނގެއެވެ. މިއަދު ޝިނާގެ އާދަޔާ ޙިލާފު ވާހަކަ ގަބޫލް ކުރާނީ ކާކުހެއްޔެވެ. ޝިނާގެ ހަޔާތުގައި އެމީހާއާ އެންމެ ފުރުތަމަ ދިމާވީ ޝިނާ ވަޒީފާ އަދާކުރަމުން އަންނަތަން ކަމަށްވާ އެއާޕޯޓުންނެވެ. ދިގު ރީތި އިސްކޮޅެއް އޭނާގެ ހުރެއެވެ. ކޮންމެ ފަހަރަކުވެސް ޝިނާއަށް އެމީހާއާ ދިމާވަނީ ޝިނާގެ މެންދަމު ޑިއުޓީއިންނެވެ. އެހެން ރޭތަކެކޭވެސް އެއްފަދައިން މިރޭވެސް ޝިނާއާ އެމީހާއާ ދިމާވިއެވެ. ވަރަށް […]