މާކުންބެއޭ ބުނުމުން އަހަރެން ހަނދާންވަނީ އަހަރެންގެ ސުޕަވައިޒަރު ނިހާން މަތިންނެވެ. އަހަރެން ނިހާނުއާއެކީ ވަރަށް ގިނައިން ހޮޓާތަކަށް ކާންވެގެން އަރަމެވެ. ނިހާންގެ ދިރިއުޅުމަކީ ހަށިގަނޑަށް އެއްވެސް ބެލުމެއްނެތި އުޅެމުންގެންދާ ދިރިއުޅުމެކެވެ. ނިހާންއަކީ އެންމެ ތުއްތުއިރުއްސުރެ ކެއުމަށް ލޯބިޖެހި އާވައްތަރުތަކުގެ ރަހަތަށް ބަލާލުމަށް ފޯރިހުންނަ މީހެކެވެ. ބައެއް ފަހަރު އޭނާގެ މައިންބަފައިން އެކަމާ އެއްޗެހިވެސް ކިޔައެވެ. ނިހާން ބޮޑުވަމުން އައިވަރަކަށް މައިން ބަފައިންގެ ޙަރަދު ބަރަދު ނުބެލެހެއްޓިގެން އޭނާ އުމުރުން 16 އަހަރުގާ ވަޒީފާއަށް ފޮނުވަންޖެހުނެވެ. ނަމަވެސް ނިހާންއަށް […]
الله سبحان و تعالىٰ ގެ މަގުގައި ހަނގުރާމަކޮއް ޝަހީދުވާ ބޭކަލުންނަށްވަނީ ސުވަރުގޭގައި އެތައް ނިއުމަތްތަކެއް ލިބޭނެކަން އަންގަވާފައެވެ. މިކަންވަނީ ކީރިތި القرآن ގައި ވެސް ބަޔާންކުރެވިފައެވެ. އެ ނިއުމަތްތައް ލިބިގަތުމަށް ފެންބޮވައިގަނެ ހަށިން ހިތްވަރުލާ ނުކުމެ މި ދުނިޔާ އެތައް އަޙުންނެއްވަނީ އަލްވަދާއު ކިޔާފައެވެ. الله سبحان و تعالىٰ އެބޭކަލުންނަށް ބަރަކާތްލައްވާށެވެ. ދުވަސްވަރަކީ އިރާގްއަށް އެމެރިކާގެ ލަޝްކަރުތައް އަރައިގަނެ މުޅި އެގައުމު ސުންނާފަތި ކުރަމުން ދިޔަ ދުވަސްވަރެވެ. އެތައް ބަޔަކު ޝަހީދުކުރަމުން އަންހެނުން އިފައިތް […]
ސަލާންޖެހުމަކީ މިއަދު މުޖުތަމައުގައި ވަރަށް ގިނައިން ފެންނަ މަންޒަރެކެވެ. ހާއްސަކޮއް ޒުވާން ކުދިން ނުކުމެ ފެޝަނަކަށްވެސް މޮޅުވާހަކަ ދައްކައިގެން އެތައް ދޮގެއް ހަދައިގެން ސަލާން ޖަހައެވެ. ތިމާ ގައިގާ ވަރުހުރި ދުވަހު އަތުން ފައިން މަސައްކަތެއްނުކޮއް ގޮސް މިސްކިތްތައް ކައިރީ ނަމާދެއްނުކޮއް މީހުން ނަމާދުން ފައިބާ ގަޑީގައި ސަލާންޖަހަނީ މަދު ބަޔެއްނޫނެވެ. އުމަރުއަކީ މިފަދަ ޒުވާނެކެވެ. އޭނާއަކީ ސަލާން ޖަހައިގެން ކައިބޮއެހަދާ ޒުވާނެކެވެ. މީހުންނަށް އޮޅުވާލައިގެން އެތައް ދޮގެއް ހަދައިގެންވެސް ފައިސާ ހޯދައެވެ. ބައެއްފަހަރު މީހުންނަށް އުނދަގުވާ […]
ސެކިއުރިޓީއެއްގެ ވަޒީފާ އަދާކުރުމަކީ ބުރަކަމެކެވެ. އަރާމު ނިންޖާ އަމިއްލަ މުހިންމު ބައެއް ކަންތަ ގުރުބާންކުރަންޖެހެއެވެ. ގިނަފަހަރު ރަނގަޅު އާމްދަނީއެއްވެސް ލިބެނީ ގިނަ ދަންފަޅި ނަގައިގެންނެވެ. ވަޒީފާގައި އުޅޭއިރު އެކި މީހުންނަށް އެކި ހާދިސާތައް ދިމާވެއެވެ. ބައެއްފަހަރު އެ ހާދިސާތައް ކިޔާދިނުމަކީވެސް އެހާ ރަނގަޅު ކަމެއްނޫނެވެ. މޫސަބެއަކީ ސެކިއުރިޓީ އެއްގެ ވަޒީފާ އަދާކުރަމުން އަންނަ އުމުރުން ސާޅީސް ފަސްއަހަރުގެ މީހެކެވެ. މޫސަބޭއަކީ މާލޭގައި ކުއްޔަށް އުޅެމުން އަންނަ މީހެކެވެ. ސެކިއުރިޓީ ވަޒީފާ އަދާކުރާ ދެމީހަކާ ގުޅިގެން ކޮޓަރިއެއް ބަހައިގެން […]
އެންމެ ދުރުގާވެސް އެންމެ ކާރީގަވެސްވަނީ މަރެވެ. މިއީ އަބަދުވެސް އެނގޭ ކަމެކެވެ. ނަމަވެސް ގިނަބަޔެއްގެ ހިތުގާ މިބަސްކޮޅު އޮންނަނީ ހިނދުކޮޅަކުއޭ ބުންޏަކަސް ގޯހަކަށްނުވާނެއެވެ. ސާއިރާއަކީ އުމުރުން ސަތާރަ އަހަރުގެ ކުއްޖެކެވެ. އޭނާއަކީ އޭނާގެ އާއިލާގެ އެންމެ ހަގުކުއްޖާއެވެ. އޭނާގެ ބޮޑަށް ހުންނަ އޭނާގެ ދައްތަ ކަމުގާވާ ސާދާގެ އުމުރަކީ ނަވާރަ އަހަރެވެ. މި ދެކުދިންނަކީވެސް މާލެ ކިޔަވަން އައިސް އުޅޭ ދެކުދިންނެވެ. ތިބެނީ މާމަ ކާރި ކަމުން އެކުދިން ބޭނުން ގޮތަކަށް އުޅެވެއެވެ. ސާދާއަކީ ފޯނަށް ދެވި […]
ތިބާ އިސްލާމްދީނަށް ފުރައްސާރަކޮށް އެ ދީނަށް ފުރަގަސްދީ ތިޔަހެދީ ތިބާއަށް ކާކު ނަސްރުދޭނެކަމަށްހެއްޔެވެ. ބަޔެއްގެ ބަހަށް ހެއްލި އެންމެ އަގުހުރި މާތްވެގެންވާ ހުރިހާ ނިއުމަތެއް ލިބިގެންވާ ދީން ދޫކޮށްލުމަކީ މިދުނިޔެމަތީ ތިބާ ކުރާނެ އެންމެ މޮޔަކަމެވެ. ތިބާގެ މަރު އައުމުގެ ކުރިން ދެންވެސް ތައުބާވާށެވެ. އަޖަލުގެ ވަގުތަކީ ތިބާއަށް އެނގޭނެ އެއްޗެއްނޫނެވެ. އެކަން އެންމެ މޮޅަށް ދެނެވޮޑިގެންވަނީ މާތް ﷲ އެވެ. މުހުސިންއަކީ ނިކަމެތި އާއިލާއަކަށް ނިސްބަތްވާ ޒުވާނެކެވެ. ހެޔޮލަފާ މަޔަކާ ބަފަޔެއްގެ ހުރި ހަމައެކަނި ދަރިފުޅެވެ. […]
ދުވަހުގެ އިރުއެރީ ރަށަށް އުފާވެރި ޙަބަރަކައިގެންނެވެ. އަތޮޅުގައި ހުރި އެންމެ ވަރުގަދަ އެއް ފަންޑިތަވެރިޔަކު ރަށަށް ޒިޔާރަތްކުރާކަމުގެ ޙަބަރު މުޅި ރަށުގައި ފެތުރިގެންގޮސް އޭނާއަށް މަރުހަބާ ކިޔުމުގެ ކަންތައްތައް ފޯރިޔާއެކު ދިޔައީ ތައްޔާރުކުރެވެމުންނެވެ. އެއްބަޔަކު އޭނާއަށް ހާއްސަކޮށްގެން ގިޑިގެއެއް ހެދިޔެވެ. އަނެއް ބަޔަކު އޭނާގެ ގިޑިގޭގައި އިނުމަށް ކުޑަ ތަޙްތެއް ތައްޔާރުކުރުމުގައި އުޅުނެވެ. އަންހެންވެރިން ކެއްކުމުގައި އަވަދިނެތިއުޅުނެވެ. އުމްނިއްޔާވެސް މިކަމުގައި ބައިވެރިވެ ކުދިންކޮޅު ގޮވައިގެން އަވަދިނެތި އުޅުނެވެ. އާދިލްވެސް ރައްޔިތުންނާއެކު މަސައްކަތުގައި ބައިވެރިވެގެންއުޅުނެވެ. މެންދުރު ބާރަ ޖަހަންވާއިރަށް […]
ރަހުމަތްތެރިންނަކީ އަގުހުރި ބައެކެވެ. ނަމަވެސް އޭގެތެރެއިން ހޮވާލެވޭ އެންމެ ގާތް އެކުވެރިޔާ އަޅުގަނޑުމެން މިއަދު ކިޔާގޮތުންނަމަ ބެސްޓް ފްރެންޑް އަކީ ވަކިން ޙާއްސަ ކަމެއް ދެވިފައިވާ ރަހުމަތްތެރިއެކެވެ. ހަޔާތުގެ ސިއްރުތައް ހިފެހެއްޓުމަށް އިތުބާރުދެވިފައިވާ މީހެކެވެ. ނަމަވެސް ބައެއް ފަހަރު އެއީ ނެތް މީހެއް ކަމުގައިވެސް ވެދާނެއެވެ. އާމާލްއަކީ ރީތިކަން ލިބިގެންވާ ކުއްޖެކެވެ. އޭނާގެ ރަހްމަތްތެރިން އެހާމެ ގިނައެވެ. ސޯޝަލް މީޑިއާގަވެސް އެހާމެ މަގްބޫލްކަން އޭނާގެ ބޮޑެވެ. އެތައް ފިރިހެނުންނެއްގެ ހިތް ކަތިލަމުން އަންނަ މި ޒުވާން އަންހެނާ […]
ކިތަންމެ މަގުފުރެދިފައިވާ މީހަކަށްވިޔަސް ﷲ سُبْحَانَهُ وَ تَعَالَى އިރާދަފުޅާއެކު ތެދުމަގު ދައްކަވާނެވެ. ހީވެސް ނުކުރާފަދަ ގޮތްގޮތަ އެކަލާނގެ އެތައް ބަޔަކަށްވަނީ ތެދުމަގު ދައްކަވާފައެވެ. ޖާވިޒްއަކީ ކުޑައިރުސުރެ މައިންބަފައިންގެ ލޯބިން މަހުރޫމްވެފައިވާ ޒުވާނެކެވެ. އޭނާގެ މަސައްކަތަކީ ވައްކަން ކުރުމާ ރާބުއިމާ ފޭރުމާ އަދި މާރާމާރީއެވެ. ނިދަން އޮށޯންނަނީ ހެނދުނު އިރުއެރުމުންނެވެ. ހޭލަން އެންގެނީވެސް ހަވީރުވުމުންނެވެ. ހޭލުމަށްފަހު މަގުމައްޗަށް ހުސްގަޔާ ހަދާލައިގެން ނުކުމެހުރެ ސިނގިރޭޓްބޮމުން ތަނުން ހިނގާ މީހުންނަށް ޖެއްސުންކޮއް އަންހެންކުއްޖަކު ފެނިއްޖެނަމަ އެކުއްޖަކާ ފޮށިހަދައެވެ. މިކަމާ އެސަރަހައްދު […]