އިންސާނާ ދުނިޔެއަށް ފޮނުއްވާ ދުވަހުން ފައްޓާން އެކި ބަލިތައް އޭނާގެ ހަށިގަނޑުގާ އަށަގަންނަން ދިމާކުރެއެވެ. މި ބަލިތަކުން ދިފާއުކުރުމަށް އެންމެ ތުއްތުއިރުން ވެކްސިންވެސް ދެމުންގެންދެއެވެ. ނަމަވެސް ބައެއް ބޭސްތަކުން އިންސާނާއަށް ފަރުވާނުލިބި އުންމީދުކަނޑާލާ ހިސާބަށްވެސް ގޮސްފާ އެބަހުއްޓެވެ. އެފަދަ ދަނޑިވަޅެއްގާ ގިނަ އިންސާނުންނަށް ހެއްދެވިފަރާތްމަތިން ހަނދާންވެސްވެއެވެ. އަދި މާތް ﷲ ބާއްވާލެއްވި ފޮތާ ދިމާލަށް ދުއްވާވެސްގަންނަ މީހުން މަދެއްނޫނެވެ. ކޮރޯނާ ބަލި ދުނިޔެއަށް ފެތުރި މީހުންތައް ބަލިވެ މަރުވަމުންދާ ހަބަރު ލައްކަ ބާރަށް ފެތުރެން ފަށާފިޔެވެ. މި […]
މައިންބަފައިންނަކީ ރަން މުތެކެވެ. އެމީހުންނާ ދެތެރޭ ހެޔޮކޮށް ކަންތައް ކުރަން ލޮބުވެތި ރަސޫލާވެސްވަނީ އަމުރު ކުރައްވާފައެވެ. އަދި ކީރިތި القرآن ގާވެސް ވަރަށް ސާފުކޮށް އެކަންވަނީ ބަޔާންކޮށްފައެވެ. މުއާޒުއަކީ ޒުވާނެކެވެ. މަންމައާ ބައްޕަގެ ހުރި ހަމައެކަނި ދަރިފުޅެވެ. ކިޔެވުމަށް މޮޅެވެ. މުއާޒު ބުނި ކޮންމެ އެއްޗެއް އެމީހުން މުއާޒުއަށް ހޯދާދެއެވެ. އެމީހުންގެ ރަންދަރި ހިނދުކޮޅަކަށްވެސް ލޯމަތިން ގެއްލިއްޖެނަމަ އެހާމެ ކަންބޮޑުވެއެވެ. އެހާވެސް ލޯބިޔެވެ. ނަމަވެސް މައިންބަފައިންގެ ކިތަންމެ ލޯބި ލިބުނަސް މުއާޒުއަކީ ދީނީ ކަންތައްތަކަށް ވަރަށް ފަރުވާކުޑަ […]
ފަނާވަމުން ދަނިވި ދުނިޔެއަށް މީސްތަކުންވަނީ ބުރަވެފައެވެ. ދިރިއުޅުން އެތައް ގުނައަކަށްވަނީ ބަދަލްވެފައެވެ. އިސްލާމްދީންއަށް ތަބާވެ ކަމޭހިތަމުން ދަނީ މަދުބަޔެކެވެ. އަނެއްބަޔަކު ތިބެނީ ނަމެއްގާ އިސްލާމްކަންމަތީގައެވެ. އެބައިމީހުންގެ ކުރިމަތީގާ އޮތް އެތައް ޙަޒާނާއެއް އެބައިމީހުންގެ ކަނު ލޯތަކަށް ހަމަ ނުފެންނަނީއެވެ. އެބައި މީހުންނަށް ވިސްނަނީ އަޖަލު ހަމަވާން ގާތްވެ މަރު ހާޒިރުވުމުންނެވެ. ޔަޒީދުއަކީ ޒުވާނެވެ. ބުރަ މަސައްކަތްކޮށްގެން ޔަޒީދުގެ އުމުރުން ފަންސަވީސް އަހަރުގާ މުއްސަނދިވެއްޖެއެވެ. އެ މުއްސަނދިކަމުގެ ސަބަބުން އޭނާ ހުންނަނީ ވަރަށް ބޮޑާވެ ފޮނިވެފައެވެ. މީހަކު ގޮވާލިޔަސް […]
މުސްކުޅިން ބުނެއުޅެއެވެ. ތިމާ ފޭހުނު އިލޮށިހެރޭނީ ތިމާގެ ލޮލަށްށެވެ. މި ބަސްކޮޅުގެ މާނަ ފިސާރެ ފުނެވެ. އެތައް އިބްރަތެއް މި ބަސްކޮޅުގައި ހިމެނެއެވެ. އައްޔޫބްއަކީ ވަރަށްބޮޑު ނިކަމެއްޗެކެވެ. ގިނަ ފަހަރު ކާނެ އެއްޗެއް ނުލިބި ދުވަސްތައް ގުނަންވެސް ޖެހެއެވެ. އައްޔޫބް ލައްވާ އެތައް ބަޔަކު އެތައް މަސައްކަތެއް ކުރުވުމަށްފަހު އޭނާއަށް ދޭންޖެހޭ އުޖޫރަ ނުދެއެވެ. ނަމަވެސް އައްޔޫބު އެކަމާ އެއްވެސް ޝަކުވާއެއްނުކުރެއެވެ. ސަބަބަކީ އޭނާއަށް މި ދުނިޔެއަކީ އެހާ މުހިންމު އެއްޗަކަށް ނުވާތީއެވެ. އޭނާގެ ހިތަކީ މުއްސަނދިކަމުން […]
ކޮއްކޮއިންނަކީ ރަނެކެވެ. ބައެއް ފަހަރު އުނދަގުލަކަށްވިޔަސް އާއިލާގެ މުޅި މާހައުލަށް އުފާވެރިކަން ގެނުވާދޭ ބައެކެވެ. ކޮއްކޮއެއް ހުރުމަކީ އެތައް ހަނދާންތަކެއް އުފައްދާދޭ ކަމެކެވެ. އަހަރެންގެ ލޯބިވާ ކޮއްކޮ މިދުނިޔެއަށް އުފަންވީސުރެ އޭނާއާމެދު އަބަދުވެސް ހާއްސަކަމެއް ބަހައްޓަމެވެ. ހަލަންޏަކަސް ބަހެއް ނުބުނެ ވޭތޯ ވަރަށް މަސައްކަތްކުރަމެވެ. ކޮއްކޮ ބޮޑުވަމުން އައިވަރަކަށް އާ ކަންކަން ދަސްކުރަން މަސައްކަތްކުރެއެވެ. އެގޮތުން އެއްދުވަހަކު ސްކޫލުން އަހަރެން އައި އިރު ބޭބެހުރީ ކޮއްކޮ އުރައިގެންނެވެ. މުޅި އަނގައިގާ އޮތީ ލެއެވެ. ކިހިނެއްވީތޯ އަހާލުމުން ފެންބޯ […]
އިންސާނާ ފުރިހަމަ ސިއްޙަތެއްގައި ހުރުމަށް ކަސްރަތު ކުރަންޖެހެއެވެ. ކަސްރަތު ނުކުރުމުގެ ސަބަބުން މުސްކުޅި އުމުރުގައި އެތައް ބަޔަކުވަނީ އެތައް އުނދަގުލަކާ ކުރިމަތިލާންޖެހިފައެވެ. އިޔާޒުއަކީ ކުޑައިރުއްސުރެ ކެއުމަށް ފޯރި ހުންނަ ކުއްޖެކެވެ. އިޔާޒުގެ މަންމަ އޭނާ ބުނި ކޮންމެ އެއްޗެއް ހަދާފަ ކާންދެއެވެ. އިޔާޒުގެ އުމުރުން ފަނަރަ އަހަރުގައި އޭނާގެ ބަރުދަން ފަންސާސް ކިލޯއަށްވަނީ އަރާފައެވެ. ކޮންމެއަކަސް އޯލެވެލް ނިންމުމަށްފަހު ފުރުތަމަ ވަޒީފާއަށް އިޔާޒުވަނެވެ. މޭޒެއް ދޮށުގައި އިންދެ މަސައްކަތްކޮއްލުމަކީ އިޔާޒް އަބަދުވެސް ދެކެމުން އައި ހުވަފެނެކެވެ. ފުރުތަމަ […]
ކައްވަޅަކީ އަޅުގަނޑުމެން މިދުނިޔެއަށް އަލްވަދާއުކިޔުމުން ލެވޭނެތަނެވެ. އެތަނަކީ އެއްބަޔަކަށް ނާމާން ބިރުވެރިތަނެކެވެ. އަނެއް ބަޔަކަށް އަމާން އުފާވެރިތަނެކެވެ. އެމީހެއްގެ ކައްވަޅު އަލިކުރުމަށްޓަކާ އެމީހަކު ގަދައަޅާ މިދުނިޔެމަތީ ހެޔޮގޮތުގައި އުޅެން އެބަޖެހެއެވެ. ހެޔޮކަން ދޫކޮށް ނުބައި ގޮތުގާއުޅެ ކައްވަޅަށް ގެންދެވޭ މީހަކަށް ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. އުބެއިދުއަކީ ސަހަރާއެއްގެ މަސައްކަތުމީހެކެވެ. އޭނާއާ ހަވާލުކުރެވިފައިވަނީ ކައްވަޅު ކޮނުމާ ވަޅުލުމާ މަހާނަ ސާފުކުރުމާ އަދި ސަހަރާ ބެލެހެއްޓުމެވެ. އުބެއިދު ކޮންމެ ދުވަހަކުވެސް ގެޔަށް އަންނައިރު ހުންނަނީ ވަރަށް މަޑުމައިތިރިކޮށްށެވެ. އަންނަ ގޮތަށް […]
ނިދިފައި އޮތް އަހުމަދުއަށް ހޭލެވުނީ ފޯނު ރިންގްވާ އަޑަށްށެވެ. އަހުމަދުއަކީ ފޮރެންސިކްގައި މަސައްކަތްކުރާ އޮފިސަރެއްކަމުން ކޮންމެ ގަޑިއެއްގައި އަންނަ ކޯލްއަކީވެސް އޭނާއަށް މުހިންމު ކޯލްއެކެވެ. އަވަސް އަވަހަށް ތެދުވެގެންގޮސް މޭޒުމަތީ އޮތް ފޯނު ނަގައި ގުޅަނީ ކާކުތޯ ބަލާލިއިރު ގުޅަމުން ދަނީ ސްޓޭޝަންއިންނެވެ. އަވަހަށް ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ. އަހުމަދު : އައްސަލާމް އަލައިކުމް ސްޓޭޝަން : ވާލައިކުމް ވައްސަލާމް. ރާއްޖެތެރެއަށް ފުރަން ތައްޔާރުވާން ޗީފް އަންގައިފި. އަހުމަދު : ކިހާއިރަކު ފުރުން އޮތީ ސްޓޭޝަން […]
ފާހިޝް އަމަލު ތަކަކީ އެކަންތަތަކުން ފިސާރި ހިތިނަތީޖާތައް ނުކުންނަ އަމަލުތަކެކެވެ. އެތައް ދިރިއުޅުމެއް ގެއްލުމާ ހަލާކުގެ ތެރެއަށް ވައްޓާލަނީ އިންސާނުން އެއްވެސް ގޮތަކަށް ނުވިސްނާ ހިންގާ އަމަލުތަކުންނެވެ. ކައިވެނިން ބޭރުން ގުޅުން ހިންގުން މިހާރު ޒުވާނުންނަށްވަނީ އާދައަކަށްވެފައެވެ. އެއީ އެއްވެސް ކަމެއްކަމަށް ނުބަލާ ﷲ سُبْحَانَهُ وَ تَعَالَى ނަހީ ކުރެއްވި ބޮޑު ފާފައަށް ދަނީ އަރާގަންނަމުނެވެ. ނަމަވެސް ކޮންމެ ވަގުތީ އުފަލެއްގާ އެކަމުގެ ހިތިކަންވެސް ފެނިގެންދާނެއެވެ. މިރޭވެސް އަހަރެން އަވަސް އަރުވާލާފަ ރީތިވެލީ އެޒުވާނާއާ ބައްދަލުކޮށްލާށެވެ. […]