އިނގިރޭސިވިލާތުގާވާ ކުޑަ އަވަށެއްކަމުގާވާ ރޯސްޓައުންއަށް އުފަން އާނާއަކީ ވަރަށްވެސް ރީތި ކުއްޖެކެވެ. އޭނާގެ މައިންބަފައިންވަނީ ވަކިވެފައެވެ. އާނާ ބަލަހައްޓަމުން އަންނަނީ އޭނާގެ މަންމައެވެ. އާނާ ކޮންމެ ހަފްތާއަކުވެސް އޭނާގެ މަންމައާއެކު މާމާ ގެޔަށް ޒިޔާރަތްކުރެއެވެ. އެގެޔަކީ ވަލުތެރޭގަ ހުންނަ ގެޔެއްކަމުން އަސްގާޑިޔަލުގަ ނޫނިއްޔާ ނުދެވެއެވެ. އަސްގާޑިޔަލުގާ އާނާމެން ލާދޭން އެރިކް ކިޔާ ދަރުކޮށާ މީހަކު އަބަދުވެސް އާދެއެވެ. އެރިކްއަކީ ޖާނުން ވަރުގަދަ ހިތްވަރުހުރި ކެރޭ މީހެކެވެ. އޭނާ މަޝްހޫރުވެފާވަނީ އޭނާގެ ފުރޯ އުކުމަށްށެވެ. އެހެން ދުވަސްތެކެކޭވެސް އެއްގޮތައް […]
އިންސާނުންނަށް ޖިންނީން ފޮރުވިފައިވާ ބައިވަރު ސަބަބުތައް ހުރެއެވެ. އެސޮރުމެންނަށް އިންސާނެއްގެ ފަރާތުން ގޯނާއެއް ވެއްޖެނަމަ އެމީހަކު ހަމަ ހިލާ ދޫނުކުރާނެކަން ކަށަވަރެވެ. އެސޮރުމެންގެ ފަރާތުން އަޅުގަނޑުމެން ރައްކާތެރިކަން ހޯދޭނެ މަގުތައްވަނީ އިސްލާމްދީންގައި އުނގަންނާދެވިފައެވެ. ރާއްޖޭގެ މަޝްހޫރު ރިސޯޓެއް ހުޅުވުމުގެ މަސައްކަތް އަހަރެންގެ ކުންފުންޏަށް ލިބުނެވެ. މަސައްކަތް ފެށުމަށްޓަކައި ބިދޭސީން ގެންނަންފެށީމެވެ. ގެންނަ ކޮންމެ ބިދޭސީއަކު ލަހެއް ފަހެއްނުކޮއް ވީ އެންމެ އަވަހަކާ ރިސޯޓަށް ފޮނުވާލަމެވެ. މި ގޮތުން އައި އެންމެ ފަހު ބިދޭސީ މީހާއާއެކު އަހަރެންވެސް ރިސޯޓަށް […]
ބޮޑެތި ބަލިތައް ތަހައްމަލް ކުރުމަކީ ވޭންހުރި ކަމެކެވެ. އެތައް ބައިވަރު ބޭސްވެރިކަމެއް އެބައްޔަކަށް ކުރަން ހަދައިގެން އަތްމަތި ދަތިވެ ދިރިއުޅުން އެއްކޮއް ބަރުބާދުވާކަމެކެވެ. ނަމަވެސް ކިތަންމެ ބޮޑު ބައްޔަކަށްވެސް ޝީފާ ދެއްވަނީ الله سبحان و تعالىٰ އަޅުގަނޑުމެނަށް އޮތީ އުންމީދު ކަނޑާނުލާ އެފަރާތަށް ޝިފާއަށް އެދި ދެންނެވުމެވެ. ނިމިދިޔުން އޮތީ އެކަލާނގެ حَضْرَة އަށްށެވެ. ލައިކާއަކީ ކުޑައިރުއްސުރެ އެންމެގެ ލޯބިހޯދަމުން އަންނަ ކުއްޖެކެވެ. ގްރޭޑް ހަތަރެއްގައި ތައުލީމު ހާސިލްކުރަމުން އަންނަ މޮޅު ވިސްނުންތޫނު ދަރިވަރެކެވެ. ލައިކާއަކީ […]
ގިނަ މީހުން ގަބޫލްކުރާގޮތުންނަމަ ސިހުރަކީ ވާއެއްޗެއްނޫނެވެ. ނަމަވެސް އެކަން ދެކި އަތުން ހިފައި އެކަމުގެ އަސަރު ކޮއްފައިވާ މީހުންވެސް މަދެއްނޫނެވެ. މިކަން އެންމެ ގާތުން ތަޖުރިބާކޮއްފައިވަނީ އަހަރެންގެ އެކުވެރި އަޝްރަފްއެވެ. އަޝްރަފްއަކީ ކެރޭ ޒުވާނެކެވެ. އަތޮޅުތަކަށް ދަތުރުކޮއް މީސްމީހުންނާ ގުޅި ސަކަރާތްޖަހާ އެކުވެރިކަން އާލާ ކުރާ އެތައް އަންހެނުންނެއްގެ ހިތްތައް ދަމައިގަނެފައިވާ މީހެކެވެ. ލޯބީގެ ގޮތުން އަދި އަޝްރަފް މީހަކާ ގުޅޭކަށް ނުވިސްނައެވެ. ޒުވާން އުމުރު ހޭދަކުރަމުން އަންނަނީ މުޅިންވެސް މަޖާ ކުރުމުގައެވެ. މިގޮތައް ދުވަސްތައް ގުނަމުންދަނިކޮށް […]
ކޮފީއަކީ ޒުވާނުންގެ ތެރޭ އަބަދުވެސް ވަރަށް މަގުބޫލުއެއްޗެކެވެ. މަޖާ އަނގަ ތަޅާލުމަށް ގިނަޒުވާނުން ކޮފީމޭޒުތައްދޮށުގާ އެތައްއިރެއް ހޭދަކުރެއެވެ. އަދި އެކި މިޒާޖުގެ ނުދަންނަ މީހުންނާ ދިމާވެ ރަހުމަތްތެރިކަން އާލާވެއެވެ. ނަމަވެސް އެކަނި ކޮފީއެއް ބޯލަންދާ މީހުންވެސް ވަކި މަދެއްނޫނެވެ. އައްސަދު އަކީ މިފަދަ ޒުވާނެކެވެ. އޭނާއަކީ އެކަނި ކޮފީބުއިމަށް ލޯބިކުރާ ޒުވާނެކެވެ. އަދި އޭނާ ހޮބީއަކަށް ވާހަކަ ލިޔެ އުޅެއެވެ. އެހެންރޭތަކެކޭވެސް އެއްފަދައިން މިރޭވެސް އައްސަދު ކޮފީއެއްބޯލަން ދިޔައެވެ. މިރޭ އޭނާ ދިޔައީ ލެޕްޓޮޕްވެސް ހިފާން ވާހަކަ […]
މެންދަމު ތިނެއް ޖެހުމާއެކު އަހަންމާކަލޯ އެނދުން ފުންމާލައިގެން ގޮސް ދޮންވެލިން ދަތް އުނގުޅާލައިގެން ގޮސް ކުރާ އުނދުނަށް އެރުވުމަށްފަހު ގޭގައި ހަމައެކަނި އޮތް ކްރީމް ކްރެކަރު ބިސްކޯދުއުރަ ކަނޑާލުމަށްފަހު ބިސްކޯދެއްނަގާ ހަފާލިއެވެ. އެއަށްފަހު ކުރާ ކެކުމުން އުނދުނުން ނަގާ ސާފަތްދަޅުން ސާފަތްއަޅާ ނިކަން ކަޅުކަންގަދަ ކަޅުސަޔެއް ތައްޔާރުކޮށްލިއެވެ. އެއަށްފަހު ބިސްކޯދާ ސަޔާ ޖަހައިގެން ކެއުމަށްފަހު ސައިޖޯޑު ދޮވެލާ ބެހެއްޓުމަށްފަހު ގެއިން ބޭރަށް ނުކުތެވެ. ފިނި މާހައުލުގައި ދެއަތް ފުރަގަހަށް ލައިގެން ހިނގަމުން ގޮސް ރެކީކަލޯމެންގެޔާ އަރާ ހަމަވުމާއެކު […]
ޒުވާންކަމުގެ ފައިދާ ހެޔޮގޮތުގާ ލިބިގަތުމަށް މަސައްކަތްނުކުރަނީ ކީއްވެހެއްޔެވެ؟ ތިބާގެ އުމުރަކީ ދިގުއެއްޗެއް ކަމަށް ހީކޮށްގެން ތިޔަ ހުންނަނީ ތިޔައީ ހަމަ ސީދާ ކުއްހީއެކެވެ. މަރުގެ މަލާއިކަތާ ކޮންމެ ފަދަ ވަގުތެއްގާވެސް ހާޒިރުވެދާނެވެ. އަވަހަށް ތައުބާވާށެވެ. މުޒްނާއަކީ ޒުވާން ރީތި ކުއްޖެކެވެ. އެތައް ފިރިހެނުންނެއް އޭނާއަށްޓަކާ ހިތް ކިޔަމުންދެއެވެ. މީސްމީޑިޔާގަވެސް އެހާމެ މަޝްހޫރެވެ. ކޮންމެ ދުވަހެއްގެ އިރުއަރާއިރު މުޒްނާއަށް އޮންނަނީ އެތައް ފިރިހެނުންނެއްގެ އާދޭހުގެ މެސެޖްތައް ލިބިފައެވެ. ވާހަކަ ދައްކާނުލާގެންނެވެ. ނަމަވެސް މުޒްނާއަކީ މިނިވަންކަމަށް ލޯބިކުރާ ކުއްޖެކެވެ. މީހަކު […]
ކޮންމެ އިންސާނަކުވެސް ދުނިޔެއަށް އުފަންވަނީ ފިތުރަތުގެ ސާފުކަންމަތީގައެވެ. އެއަށްފަހު އިންސާނާ ތަރުބިއްޔަތު ކޮށް ބަލާބޮޑުކުރަނީ މައިންބަފައިންނެވެ. ހެވާނުބައި ދަސްކޮށްދީގެންނެވެ. ގިނަފަހަރު ލޯބިލިބި ބޮޑުވެގެންނެވެ. ނަމަވެސް އެނަސީބު ހަލާކުކޮށްލާ މީހުންވެސް މަދެއްނޫނެވެ.. ހަތޫބު އަކީ އަހަރެންގެ ރަށަށް އަރުވާލެވުން މީހެކެވެ. އޭނާ ހަވާލުވާނޭ މީހަކުނެތި ރަށު އޮފީހުގާ ބައިންދާފާއިންދާ އަހަރެން ބައްޕަ އަމިއްލައަށް އިސްނަގާގެންގޮސަް ގެނައި މީހެކެވެ. އަހަރެންގެ އާއިލާއަކީ ހިތްހެޔޮ އާއިލާއެކެވެ. ރަށުގާ ގަދަރުވެރި އާއިލާއެކެވެ. އެހެން މެހެމާނުންނެކޭ އެއްފަދައިން ހަތޫބުއަށްވެސް ކަންތައްކުރީ އެހާމެ ހެޔޮކޮށެވެ. ގަޑިއަށް […]
ކަނޑުމަތި އެޅުމުގެ ހާދިސާތަކަކީ ހިނގާ ކަންކަމެވެ. އަޅުގަނޑުމެންގެ ކާބަފައިންގެ ޒަމާނުސުރެ މިއަދާ ހަމަޔަށްވެސް މިފަދަ ހާދިސާތައް އަންނަނީ ހިނގަމުންނެވެ. މިފަދަ ކަމަކުން ސަލާމަތްވެތިބުމަށް އޮތީ އީމާންތެރިކަން ވަރުގަދަކުރުމެވެ. އަލިބެއްޔާއަކީ މަސްވެރިޔެކެވެ. އޭނާއާއެކު އޭނާގެ އެކުވެރި ތައްޙާން ބެއްޔާ އަބަދުވެސް މަސްވެރިކަމުގާ ބައިވެރިވެއެވެ. ތައްޙާން ބެއްޔާ އަބަދުވެސް އަލިބެއްޔާއާ ސަމާސާކުރެއެވެ. މަސްބާނަމުންދާއިރު ބައެއްފަހަރު ޖެއްސުންކޮށްލުމުގެ ގޮތުން ފައިންޖަހާ ކަނޑަށްވެސް ވައްޓާލައެވެ. ނަމަވެސް އަލިބެއްޔާއަކީ މަޑުމައިތިރި މީހެއްކަމުން ތައްޙާން ބެއްޔާގެ އެ ސަމާސާ އަބަދުވެސް ހިތުއަޑިން ގަބޫލްކޮށް މައާފްކުރެއެވެ. ދުވަސްތައް […]