Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރި

ހައިވޭ

EXO
EXO Level 210 Stories100 Login
November 3, 2024 2 Mins Read
1 Comment

ރޫހާނީ ކަންތައްތައް އެކި މީހުންނާ ދިމާވަނީ އެކިގިތަށްށެވެ. އެކަމެއް ދިމާވުމުން އެމީހަކު އެވާހަކަ ހިއްސާކުރިޔަސް ގިނަފަހަރު މީހުން އެކަން ގަބޫލްކުރަނީ އެފަދަ ހާދިސާއެއް ދިމާވުމުންނެވެ.

ޓެކްސީ ޑްރައިވަރެއްކަމުގައިވާ ޝަރީޕްއަކީ ދަންވަރު ޑިއުޓީއަށް އަބަދުވެސް ނުކުންނަ މީހެކެވެ. ދުވާލު އަމިއްލަ މަސައްކަތްކޮއް އަދި އާއިލާއާއެކު ވަގުތު ހޭދަކުރުމަށްފަހު އޭނާ ފަތިސް ނަމާދަށް ގޮވަންދެކަށް ޓެކްސީ ކުރުމުގައި ވަގުތުތަށް ހޭދަކޮއްލައެވެ. ފަހަކަށް އައިސް ޙަބަރުތަކުގައި ހައިވޭމަތިން ރޫހާނީ ކަންތައް ފެންނަ ވާހަކަ ޝަރީފްގެ ކަންފަތުގައިވެސް ޖެހިއްޖެއެވެ. ނަމަވެސް މިހާތަނަށް އޭނާ ކޮއްފައިވާ ދަތުރުތަކުން އެފަދަ އެއްވެސް ކަމަކާ ދިމާނުވެއެވެ.

މިރޭވެސް މެންދަމު ބާރަޖެހުމުން ޝަރީފް ނުކުތީ އޭނާގެ ޑިއުޓީއަށްށެވެ. ދެތިން ދަތުރެއް ކޮއްލުމަށްފަހު އޭޑީކޭ ކައިރިން ލަނބައިލާގެން މަޖީދީމަގުން ހެންވޭރަށް ދުއްވާލާފައި ދަނިކޮއް ހެންވޭރު ކުރީގެ ޔޫތް ކެފޭ ކައިރިން އަންހެން ކުއްޖަކު ކާރާ ދިމާލަށް އަތްހޫރުވާތަންފެނިގެން ޝަރީފް މަޑުކޮއްލިއެވެ، އެއިރު ގަޑިން މެންދަމު ދޭއް ޖަހާފިއެވެ. އެކުއްޖާ ޓެކްސީއަށް އެރިއެވެ. ކޮންތާކަށް ދާންވީތޯ އަހާލުމުން ހުޅުމާލޭ ހޮސްޕިޓަލަށް ކަމަށް ބުނިއެވެ. ދެފަރާތުން ވާހަކަ ދައްކައިގެން އަގު ހަމަ ޖައްސާފައި ދަތުރުފެށިއެވެ. ބުރިޖުން އަރައި ހައިވޭއަށް ފައިބައިގެން އާދައިގެ ދުވެއްޔެއްގާ ޝަރީފް ދިޔައީ ދުއްވަމުންނެވެ. ހައިވޭގެ މެދަކަ ހަމައަށް ދިޔަ ތަނުން ކާރު ހުއްޓެން ފަށައިފިއެވެ. އެންމެފަހަ އެއްކޮއް ހުއްޓި ޝަރީފް ފަސިންޖަރު ކައިރީ އެތެރޭ މަޑުކުރުމަށް ބުނެފައި ފާބައި އިންޖީނަށް މައްސަލައެއް ދިމާވިތޯ ބަލާލިއެވެ. އެއްވެސް މައްސަލައެއް ނެތުމުން އަރާ ސްޓާޓްކުރަން މަސައްކަތް ކޮއްކޮއް ނުވިއެވެ. ކުއްލިއަކަށް ފަހަތުން އިން އަންހެންކުއްޖާ ތުރުތުރުއަޅާ އަޑަކުން ” ބޭބޭ އެހުރީ ކޮން ކުޑަކުއްޖެއް ކާރު ކުރިމަތީ ” ޝަރީފް ކާރުގެ ކުރިޔަށް ބަލާލިއިރު އެކަކުވެސް ފެންނާކަށްނެތެވެ. ސަމާސާ ނުކުރުމަށް ޝަރީފް އެކުއްޖާއަށް އެންގިއެވެ. އަދި ކާރު ސްޓާޓްވޭތޯ ވަރަށް މަސައްކަތް ކުރަނިކޮއް ވެއްޖެއެވެ. ނަމަވެސް ދުއްވާލަން އުޅެނިކޮއް އަންހެންކުއްޖާ އަޑުގެ ނެތްކޮޅަށް ހަޅޭއްލަވައިގަނެ ” ބޭބޭ އެހުރީ އަންހެނަކާ ކުޑަކުއްޖެއް މިހާރު. ހަމަ ކާރު ކުރިމަތީ ” ޝަރީފް ކާރުގެ ކުރިޔަށް ބަލާލިއިރު ހަމަ އެކައްޗެއްވެސް ފެންނާކަށްނެތެވެ. މިކަމާ ޝަރީފް ވަރަށް ރުޅިއައިސް އަންހެން ކުއްޖާއާ ދިމާލަށް އެއްޗެހި ގޮވާލުއެވެ. އަދި ބަރަށް ދުއްވާފައިގޮސް ހުޅުމާލޭ ހޮސްޕިޓަލަށް އެކުއްޖާ ބޭލުމަށްފަހު އަނބުރާ މާލެ ދިޔުމަށް ހައިވޭއިން ދަތުރުފެށިއެވެ.

ހައިވޭގެ މެދާހަމައަށް ޝަރީފްއަށް އާދެވުމުން އަނެއްކާވެސް އިންޖީނު ހުއްޓިއްޖެއެވެ. އިންޖީނު ބަލައިލުމަށް ޝަރީފް ކާރުން ފައިބާ އިންޖީނު ބަލާ ނިންމާލާފައި ކާރުގެ ކުރީ މަތިގަނޑު ލެއްޕިތަނުން ލޮލުގައި އަޅާގަތީ ކާރު ފަހަތު ސީޓުގައި އޭނާ އުފުލި އަންހެންކުއްޖާ އިންތަނެވެ. އެކުއްޖާ އިނގިލި ޝަރީފްއާ ދިމާލަށް ދިއްކޮއްލާ ފަހަތް ބަލާލުމަށް އިޝާރާތްކުރިއެވެ. ޝަރީފް ފަހަތް ބަލާލިއިރު ވަރަށް ކައިރީގައި ހެވިފައި ހުރި ކުޑަކުއްޖެއް ހުރިއެވެ. ދުލަށް އައިހާ ހެޔޮ އެއްޗެއް ކިޔަން ފެށުމާއެކު އެ ކުޑަކުއްޖާ ގެއްލުނެވެ. އަދި ފަހަތު ސީޓަށް ބަލައިލިއިރު އެއްކަލަ އަންހެން ކުއްޖާވެސް ނެތެވެ. އަވަސް އަވަހަށް ކާރަށް އަރައި ސްޓާޓް ކޮއްލައިގެން މާލެއަރާ މަޖީދީ މަގުން ދަނިކޮއް ކުރީގެ ހެންވޭރ ޔޫތްކެފޭއާ ހަމައިން މީހާކު އަތް ހޫރުވާތަން ފެނުމުން ކައިރި ކުރިއިރު ހުރީ ހުޅުމާލެ ގެންދިޔަ އަންހެން ކުއްޖާއެވެ. ޝަރީފް އެކުއްޖާ ނާރުވާން އިދިކޮޅު ހެދުމުން ކީއްވެތޯ އެކުއްޖާ ސުވާލުކުރިއެވެ، ޖަވާބުގައި ޝަރީފް ދިމާވި ކަންތައް ކިޔާދިނުމުން އެކުއްޖާ ހައިރާންވެފައި ހުރެ ޝަރީފްއަށް އޭނާ ހުޅުމާލެދާން ނުކުތީ އަދި ކިރިޔާކަން ބުނެލިިއެވެ.–

  • – ނިމުނީ –

Share Article

EXO
Follow Me Written By

EXO

Level 210 Stories100 Login

from vaahaka.com to esfiya i feel great getting an opportunity to write again. so here i am to bring you short stories.

Other Articles

Previous

ބްލަޑް 2 (3)

Next

ނަން ކަލާގެ މިހިތުގެގައި ފެވިއްޖޭ…54

Next
November 4, 2024

ނަން ކަލާގެ މިހިތުގެގައި ފެވިއްޖޭ…54

Previews
November 3, 2024

ބްލަޑް 2 (3)

One Comment

  1. Don't care yoa. says:
    November 6, 2024 at 9:44 pm

    Everyone!!!!!!
    Exo is from malé
    I know his personal details
    Exo just chill bro chill….
    Btw forgive me
    Well daah..

Comments are closed.



All Right Reserved!