އިނގިރޭސިވިލާތުގެ ދުރު އަވަށެއްކަމުގައިވާ ރޯސްޓްރޯވްއަކީ ނިކަމެތިން ގިނަ އަވަށެކެވެ. އެ އަވަށުގައި މީހުން ނިކަމެއްޗަކަސް ފިސާރެ ބޮޑާ މީހުންވެސް އުޅެމުންދެއެވެ. ކިރިޔާ ފޯރުންތެރިކަމުގެ ކަންފުޅެއް ލިބުނަސް ފެންވަރު އޮޅެއެވެ. ޖޯޖްއަކީ މި އަވަށަށް ނިސްބަތްވާ ޒުވާނެކެވެ. ގިނަމީހުން ޖޯޖްގެ އުފެދުމުގެ ސިފަތައް ހުންނަގޮތުން މަލާމާތްކޮށް ފުރަސައްރަކޮށްހަދާ އެކަނިކޮށްލާފަ ބަހައްޓައެވެެ. އަދި ވަރަށް ގިނައިން އޭނާއާ ހަނގާވެސްކުރެއެވެ. ޖޯޖް ހުންނަ ގޮތުން އޭނާއާ ކައިވެނި ކުރާނެ މީހެއްވެސް ނުވާނެކަމަށް ބުނެ މަލާމާތްނުކުރާ ދުވަހެއް ނުދެއެވެ. އެއްދުވަހަކު އަވަށުތެރޭ އުޅެމުން […]
މޫސަމްއަކީ ވައްކަންކުރުމުގައި އަރާހުރި މާހިރެކެވެ. އޭނާއާ އޭނާގެ ދެ އެކުވެރިން ކަމުގައިވާ ބައްރާހު އާއި އަމީންއަކީ އޭނާގެ އެންމެ މުހިންމު ދެމީހުންނެވެ. މި ތިން މީހުން އެކުވެގެންވަނީ އެތައް ބަޔަކަށް ގެއްލުންދީފައެވެ. ބައެއް މީހުން އުމުރު ދުވަހު އެއްކުރި ފައިސާވެސްވަނީ މިބައިމީހުން ވަގަށް ނަގައިގެން ބޭނުންކޮށްފައެވެ. އެއްދުވަހަކު ބައްރާހު ހިނގާލަން ނުކުމެ އުޅެނިކޮށް އަވަށުގައި ހުރި އެންމެ ބޮޑުގެ މީހަކު ކުއްޔަށް ހިފިކަމުގެ ޙަބަރު ލިބިގެންދިޔައެވެ. ތުންތުން މަތިން އިވޭގޮތުގައި އެމީހާއަކީ މުއްސަނދި މީހެކެވެ. އަދި އެމީހާ […]
އޭ އިންސާނާއެވެ. ދުނިޔޭގެ މި ވަގުތީ އުފަލަށް ތިބާ ތި ދަހިވެތިވަނީ ކޮން ފައިދާއެއްލިބޭނެ ކަމަށްހެއްޔެވެ. މާދަން ލޯން މަރާލުމުން ތިބާއަށް ގެންދެވޭނެ އެކައްޗެއްވެސް ނޯންނާއެވެ. ތިޔަ ހޯދި އަގުބޮޑު މުދަލާ ފައިސާ ހަމަ އެދުވަހުން ދޫކޮށްލަންޖެހޭނެއެވެ. އެދުވަހުން ތިބާގެ ނިދަމުން އައި އަރާމު އެނދު ބަދަލްވެގެންދާނީ ސަންދޯކަށްށެވެ. ތިބާގެ ގެ ބަދަލްވެގެންދާނީ ކަށްވަޅަށްށެވެ. އެކުވެރިޔެއް އާއިލާމީހަކު ނެތް އެކަނިވެރި އެތަނުގައި ތިބާއަށް ކެތްވާނެހެއްޔެވެ؟ އަދިވެސް ވަގުތު އެބައޮތެވެ. އިސްލާހުވާށެވެ. ހުމެއިދުއަކީ ވަރަށް ގޯސްކޮށް އުޅެމުން އަންނަ […]
އިންސާނުންނަކީ ކުއްކުރެވޭ ބަޔެކެވެ. އެކަމަށް މައާފް ދިނުމަކީ ކުރަންވާނެކަމެކެވެ. ބުރަހިތަކައިގެން ތިބާ އުޅޭނަމަ ދުވަހަކުވެސް ހަޔާތަށް ހަމަޖެހުމެއްނުލިބޭނެއެވެ. މައާފް ދިނުމަކީ ރިވެތި ސިފަޔެކެވެ. އެއީ ލަދުގަންނަންޖެހޭވަރުގެ ކަމެއްނޫނެވެ. ތިބާ ދަށް މީހަކަށްވަނީކީ ނޫނެވެ. ޝައިތާނާ މައާފްދިނުމަށް ހުރަސްއަޅާ ތިބާގެ ހިތުގައި ނަފްރަތް އުފެއްދިޔަނުދޭށެވެ. ޒަވާޖީ ހަޔާތަކަށް އިންތިޒާރު ކުރާތާ އުމަރު އެތައް ދުވަހެއް ގުނަމުންދެއެވެ. އުމަރަކީ އާދައިގެ ނިކަމެއްޗެކެވެ. އާދާ ކުރަމުންދާ ވަޒީފާއިން ލިބެމުންދަނީ ކުޑަ އާމްދަނީއެކެވެ. އުމަރާ ކައިވެނިކުރަން އަންނަ ކޮންމެ މީހެއްގެ ޝަކުވާއަކީ އުމަރުގެ […]
ނާމާން އެ ފަޅު ރަށުގެ ވާހަކަ އަބަދުވެސް ރަށުތެރޭގައިވަނީ ފެތުރިފައެވެ. އެތަނުގައި ހިނގާދިޔަ ހާދިސާ ކިޔާދިނުމަށްޓަކައި މޫސަބޭ އަބަދުވެސް އިންނަނީ ހޮޅުއަށީގައި ތައްޔާރަށްށެވެ. މޫސަބޭގެ އާދޭހަކީ އެރަށަށް އެއްވެސް ބަޔަކު ނުދިޔުމެވެ. އެކަމުގެ ހެއްކަކަށް މޫސަބޭ ދައްކަނީ އޭނާގެ ބުރިކޮށްލައިފައިވާ އެއް ފަޔެވެ. މިއަދުވެސް މޫސަބޭ ހަވީރު ފިންޏަށް އިނީ ހޮޅުއަށްޓަށް ނުކުމެއެވެ. މޫސަބޭ ދެކިލުމަށް ރަށުގެ ކުދި ބޮޑު އެންމެންހެން އަބަދުވެސް އާދެއެވެ. މިއަދު މޫސަބޭ ކައިރިޔަށް ޒިޔާރަތްކުރީ ރަށަށް އައި ބީރައްޓެހި ތިން ޒުވާނުންނެވެ. […]
އަމިއްލަ ނަފްސު ހަލާކުގެ ތެރެޔަށް ތިޔަ ވައްޓާލަނީ ކީއްވެހެއްޔެވެ؟ ތިބާއަށް ނުލިބިގެން ތިޔަ އުޅެނީ ކޮން އެއްޗެއްހެއްޔެވެ؟ ލޯތްބާ އުފަލަކީ ވަގުތީ އެއްޗެކެވެ. އެ ބީވެގެން ނުދާނޭ އެއްގޮތްވެސް ނޯންނާނެއެވެ. އެހެނޭ ކިޔާފަ ތިމާގެ އަމިއްލަ ނަފްސު މަރަށް ތި ހުށަހަނީ ކޮން މޮޅެއް ވާނެކަމަށްހެއްޔެވެ؟ ދުނިޔެއަކީ ވަގުތީތަނެކެވެ. ތިބާ މިތަނަށް ފޮނުވުނީ ހެއްދެވިފަރާތަށް އަޅުކަން ކުރާށެވެ. އުމުރަކީ ނަމްބަރެކެވެ. ދެން އޮތް ސިކުންތުގަވެސް ލޯމަރާލަންޖެހިދާނެއެވެ. ހަޔާތަކީ ފިލްމެއް ނުވަތަ ޑްރާމާއެއްްނޫނެވެ. މަރުވުމަށްފަހު އަލުން އަނބުރާ ދުނިޔެއަކަށް […]
ޖަހާލި ވަރުގަދަ ގުގުރިޔަކާއެކު އުމްނިއްޔާއަށް ހޭލެވުނެވެ. ކައިރީގަ އޮތް އާދިލްއަށް ބަލާލުމަށްފަހު އޭނާގެ މޫނުގައި ފިރުމާލިޔެވެ. ލޯބިވާ ފިރިމީހާ ބޮލުގައި ފިރުމާލުމަށްފަހު ފެންފޮދެއްބޯން އުމްނިއްޔާ ތެދުވެގެން ބަދިގެ ފަޅިޔަށް ދިޔައެވެ. ބަނޑިޔަލުން ފެންފޮދެއް ނަގައިގެން ކުޑަދޮރުން ބަލަން ހުއްޓާ ޖަހާލި ގުގުރިޔާއެކު ވިދާލި ވިދުވަރުން ކުރިމަތީ ހުރި ގަސްތަކުގެ ތެރެއިން ބިޔަވެގެންވާ އެއްޗެއް ފެނިގެންދިޔައެވެ. އެ އެއްޗެއް އިނީ ދެފައި ވައްކޮށްލައިގެންނެވެ. ހީވާގޮތުން އެސޮރު ދަނީ އެއްޗެއް ކަމުންނެވެ. އުމްނިއްޔާ ބަލަން ހުއްޓާ އެސޮރު ބޯ އުޑާ […]
ޖުވާއަކީ ކޮންފަދަ ނުބައި ކުޅިވަރެއްކަން ތިބާއަށް ހަމަ ނޭންގެނީހެއްޔެވެ؟ ޖުވާގެ ސަބަބުން މީހާއަށް ވަގުތީ މުއްސަނދިކަމެއް ލިބިދާނެއެވެ. އެ މުއްސަނދިކަމަކީ ފުރިހަމަ އެއްވެސް ހިތްހަމަ ޖެހުމެއް ނުވަތަ އުފަލެއް އޮތް މުއްސަނދިކަމެއްނޫނެވެ. ގިނަފަހަރު ތިބާ އޮންނާނީ އަތްމަތި ބިކަވެފައެވެ. ނުވަތަ މީހަކަށް ދަރާ ދަރަނިތައް ބޮޑުވަމުންގޮސް އޮބިނޯންނަ ހިސާބަށް ގޮސްފައެވެ. ތިބާގެ އާއިލާ ނުވަތަ އަނބިދަރިންނަށް ތިޔަ ކާންދެވެނީ ހަމަ ސީދާ އަލިފާނެވެ. ނިކަން ވިސްނާ ފިކުރުކޮށްލަބަލާށެވެ. ޔޫސުފްއަކީ ކުޑަ އާއިލާއަކަށް އުފަން ޒުވާނެކެވެ. މޮޅަށް ކިޔަވާންހުރިވެސް […]
ނަށަމުންދިޔަ ރަކީ ހުއްޓިލާފިޔެވެ. އޭނާގެ ބޯ މަޑުމަޑުން ފަހަތަށް އަނބުރަންފަށާފިޔެވެ. ބޯ އެނބުރިގޮތަށް ބުރަކަށީ މައިބަދަޔާ ހަމަޔަށް އަނބުރާލިޔެވެ. ދެ ލޯ ބޮޑުކޮށްލައިގެން ހުރެ ގަސްތަކުގެ ތެރެޔަށް ނަޒަރު ހިންގާލިޔެވެ. ގަސްތަކުގެ ތެރޭގައި ބިރުން ތުރުތުރުއަޅާ އޮތް ރަށުގެ މުސްކުޅިޔަކު ފިލާ އޮތެވެ. އޭނާއަކީ އެރަށުގައި ދިރިއުޅޭ އެންމެ ދުވަސްވީ އެކަކެވެ. ފެނުނު މަންޒަރު އޭނާ އޮތީ ގުޑާލަންވެސް ނުކެރިފައެވެ. މިހެން އޮއްވާ ރަކީ އައި ގޮތަށް އެމީހާގެ ކަނދުރައިގައި ހިފާ ގަސްގަނޑުތެރެއިން ނެރެ ތުނޑިމައްޗަށް ހޫރުވާލިޔެވެ. […]