ވައްކަމެއްގެ ހިތި
މޫސަމްއަކީ ވައްކަންކުރުމުގައި އަރާހުރި މާހިރެކެވެ. އޭނާއާ އޭނާގެ ދެ އެކުވެރިން ކަމުގައިވާ ބައްރާހު އާއި އަމީންއަކީ އޭނާގެ އެންމެ މުހިންމު ދެމީހުންނެވެ. މި ތިން މީހުން އެކުވެގެންވަނީ އެތައް ބަޔަކަށް ގެއްލުންދީފައެވެ. ބައެއް މީހުން އުމުރު ދުވަހު އެއްކުރި ފައިސާވެސްވަނީ މިބައިމީހުން ވަގަށް ނަގައިގެން ބޭނުންކޮށްފައެވެ.
އެއްދުވަހަކު ބައްރާހު ހިނގާލަން ނުކުމެ އުޅެނިކޮށް އަވަށުގައި ހުރި އެންމެ ބޮޑުގެ މީހަކު ކުއްޔަށް ހިފިކަމުގެ ޙަބަރު ލިބިގެންދިޔައެވެ. ތުންތުން މަތިން އިވޭގޮތުގައި އެމީހާއަކީ މުއްސަނދި މީހެކެވެ. އަދި އެމީހާ އުޅެނީ އެގޭގައި އެކަންޏެވެ. އެތައް ބައިވަރު މުއްސަނދިން އެމީހާއަށް ކޮންމެ ހަފްތާއަކުވެސް ޒިޔާރަތްކޮށް އަގުބޮޑެތި ހަދިޔާތައްދޭކަމަށް ޙަބަރު ލިބުނެވެ. ބައްރާހު އޭމީހާގެ ޙަބަރު ހިފައިގެން މޫސަމް ގާތަށް ދިޔައެވެ. މޫސަމް ވަގުތުން އަމީން ގެނެއުމަށް ބުންޏެވެ. އަދި އެގެއިން އަގުހުރި މުދާ ނެގުމަށް ރޭވުމުގެ ކަންތައް ވަގުތުން ރާވަންފެށިޔެވެ. ބައްރާހުއާ ހަވާލުކުރެވުނީ އެމީހާ ބޭރަށް ގޮސް ހަދާ ވަގުތާ އެމީހާ އަންނަ ވަގުތު ބެލުމެވެ. އަމީހުންއާ ހަވާލު ކުރެވުނީ މީހުންނަށް ނުފެނި ވަދެވޭނެ މަގުތަކާ ފިލަން ބޭނުންކުރާނެ މަގުތައް ހޯދުމެވެ. ކޮންމެޔަކަސް މަސްދުވަހު ރޭވުމަށްފަހު ތައްޔާރުވާންފެށިޔެވެ. އެމީހާ ހަފްތާއަކަށް ރަށުން ބޭރަށްދާ ޙަބަރު ލިބުނެވެ. އެހިނދު އެދުވަހުގެ ރޭގަނޑު ވަގުތައް ވައްކަން ރޭވިޔެވެ.
ގޭގެ ވެރިމީހާ ފުރުމުން ތިން ވަގުން އެގެޔަށް ވަނުމުގެ މަސައްކަތްފެށިޔެވެ. އެކި މަގުމަގުންނާ ފާރުތައް މަތިން ގޮސް އެގޭ ގޯތިތެރެޔަށް ވަދެވުނެވެ. މަޑުމަޑުން ގޮސް ފަހަރަކު ކުޑަދޮރެއް ހުޅުވަން މަސައްކަތްކޮށް އެކަން ކާމިޔާބު ނުވިޔެވެ. އެންމެ ފަހަށް ތަޅު ހަލާކުކޮށްލައިގެން ވަންނަން ނިންމިޔެވެ. ގެޔަށް ވަނުމަށްފަހު ތިން މީހުން އެކު އެކީ ގޭގައި ހުރި ކޮޓަރިތަކުގެ ތަޅުތައް ހަލާކުކޮށް ވަންނަމުންދިޔައެވެ. ކޮންމެ ކޮޓަރިޔެއް ހުޅުވިއިރުވެސް އަންނަނީ މާޔޫސްކަމެވެ. އެއްވެސް މުދަލެއް ފެންނާކަށް ނެތެވެ. ހުންނަނީ ކޮންމެ ކޮޓަރިޔެއްގައިވެސް ދެ އުއްބައްތި ދިއްލާފައެވެ. ތިން ވަގުން އެކި ދިމަ ދިމާލަށް ދުވަމުންގޮސް އެންމެ ފަހު ކޮޓަރިޔާ ޖެހިއްޖެއެވެ. އެ ކޮޓަރީގައިވަނީ ވަރުގަދަ ތަޅެއް އަޅުވާފައެވެ. އަދި ރަސްގެޔެއް ކުރަހާފަޔެވެ. އެ ކޮޓަރީގެ ތަޅު ހަލާކުކުރަން އެތައް އިރަކު މަސައްކަތްކޮށް މެންދަންވީފަހުން އެކޮޓަރީގެ ތަޅު ހަލާކުކޮށްލެވިއްޖެއެވެ. ތިން ވަގުން އުންމީދާ އެކު އުފަލުން ދޮރު ހުޅުވާލިއިރު އެ ކޮޓަރީގައި އެއްވެސް މުދަލެއްނެތެވެ. އޮތީ ހަމަ އެކަނި ދިގަށް އިން މޭޒެއްމަތީ ބާއްވާފައިވާ ކަޅުކުލައިގެ ބޯ ކަވަރެއް ލާފައިވާ ފޮތެކެވެ. ތިން މީހުންގެ ތެރެއިން އަމީން އައި ރުޅީގައި އެ ފޮތް ނަގާ ފާރަށް ޖެހިޔެވެ. އަދި މޭޒު ހަލާކުކޮށްލިޔެވެ. ނަމަވެސް މޫސަމްއަށް އެ ފޮތުގެ ގަނޑެއް ފެނި ބިރުން ތުރުތުރު އަޅަން ފަށާފިޔެވެ. އެއީ ކިހާވަރެއްގެ ފޮތެއްކަން އޭނާއަށް ރޭކާލީއިރު ވަގުތު ފާއިތުވެއްޖެއެވެ. ކުއްލިޔަކަށް ހަލާކުކޮށްލި ދޮރު ލެއްޕިއްޖެއެވެ. ކުރިމަތީ ފުރަގަސްދީގެން ހުރި އަމީންއަށް ހުއްޓުންއެރިޔެވެ.
މޫސަމް : އަމީން….. އަމީން
އަމީން : (މަޑު ބިރުވެރި އަޑަކުން ހީލަފަ) އަ……މީ…ން އަމީން….. ހަ ހަ ހަ ހަ. އަމީން
ދެން ފެނިގެން ދިޔައީ އަމީހުންގެ ބޯ މަޑު މަޑުން އެނބުރެންފެށިތަނެވެ. ފުރަގަސް ދީގެން ހުރި އަމީންގެ ބޯ އެނބުރިގެން އައިސް މިހާރު ހުރީ ބުރަކައްޓާވީ ދިމާލުގައެވެ. އޭނާގެ ދެލޯ ހުރީ ބޮޑުވެފައެވެ. މިޔަކަނާ ހަމަޔަށް ހިނިތުން ދަމާލައި ދޫ އޮތީ އެއްކޮށް ނެރެލާފައެވެ. އަމީން އޭނާގެ ދެ އަތް ފަހަތަށް ގެނެސް މޫނުމަތީ ވަކިދަމަންފެށިޔެވެ. ބާރަށް ހެމުންނެވެ. އިސާހިތަކު ހަންތައް ނޮޅި މުޅިތަނަށް ލޭ ފައިބަންފެށިޔެވެ. ދެން ފެނިގެންދިޔައީ އަމިއްލަ އަތުން ދުލުގައި ހިފާ ދަމަންފެށިތަނެވެ. ދަމަނުންގޮސް ދޫވެސް ނައްޓާލާފިޔެވެ. އަދި އަމިއްލަ އިނގިލިތަކުން ދެލޮލަށް އިނގިލި ކޮއްޕާ ދެލޯ ކޮންނަންފެށިޔެވެ. ދެ ލޯ އަތަށް ނަގާ މޫސަމްއާ ދިމާލަށް ދިއްކޮށްލުމާއެކު މޫސަމް އަޑުގެ ނެތްކޮޅަށް ހަޅޭއްލަވަންފެށިޔެވެ. ހަމަ އެގޮތަށް ބައްރާހުވެސް ހަޅޭއްލަވަމުންދިޔައެވެ. ދެން ފެނިގެން ދިޔައީ އަމީހުން އަތުން ހިފައި ހުރި ދެލޯ ވައްޓާލާ ފައިން އަރާ ޗަސްކުރަންފެށިތަނެވެ. އިރުކޮޅަކުން އަމީންގެ ހަށިގަނޑު ބިންމައްޗަށް ވެއްޓުނެެވެ. ލެއްޕިފައިވާ ދޮރުވެސް ހުޅުވުނެވެ. އިސާހިތަކު ބައްރާހުއާ މޫސަމް ދުއްވައިގަނެ އެ ކޮޓަރިން ނުކުތެވެ. ދުވެފައި ގޮސް ގެއިން ނުކުންނަން ކުޑަދޮރުތަކުގައި ހިފާ ތަޅުވައި ހެދިއިރުވެސް އެއްދޮރުވެސް ނުހުޅުވުނެވެ. ބިރުން ފިއްކަނޑައިގެން ގޮސްފައިވާ ދެމީހުންނަށް ދެން ފެނުނީ އަމީންގެ ހަށިގަނޑު ފިރުކިފައި ނުކުންނަތަނެވެ. އޭނާގެ ބަނޑުވަނީ ކޮނެލާފައެވެ. ގޮހޮރު ދަމާ ހާލު މަޑުމަޑުން ނުކުމެގެން އަންނަމުންދެއެވެ. އެންމެ ފަހަށް ބައްރާހުއާ މޫސަމް އެކި ދިމަ ދިމާލަށް ދުވަމުންގޮސް ދެމީހުން އެއްކޮޓަރިޔަކަށްވަދެ ތަޅުލިޔެވެ. ބިރުން ތުރުތުރު އަޅާހުރި ބައްރާހުއަށް ގަޔަށް ކުޑަކަމުވެސް ދެވިއްޖެއެވެ. މާނޭވާ ލާން ހުރި މޫސަމްއަށް ރޮވެންފެށިޔެވެ. ދެން އިވެންފެށީ ދޮރުގައި އަމީން އައިސް ތަޅާ އަޑެވެ. ފަހަރަކަށް ވުރެ ފަހަރެއް ވަރުގަދައެވެ. ހީވަނީ ދޮރު ވައްޓާލަފާނެހެނެވެ. ކުއްލިޔަކަށް އެކަންވެސް ހުއްޓިއްޖެއެވެ. ނިކުންނަން ނުކެރިފައި ތިބި ބައްރާހުއާ މޫސަމްގެ ހަށިގަނޑަށް މަތިން ތިކިތަކެއް ތަޅާތީވެ މައްޗަށް ބަލާލިޔެވެ. އެހިނދު މަތީގައި މަރާލާފައި އެލުވާފައި އޮތް އަންހެނެއްގެ ހަށިގަނޑު އޮތްތަން ފެނިގެންދިޔައެވެ. އެ ހަށިގަނޑަށް މަޑު މަޑުން ގުޑުން އަންނަ ތަންފެނުނެވެ. ދިރިގެން އެ އަންހެންމީހާގެ ނަޒަރު ސީދާ ހުއްޓުނީ ބައްރާހުއާ ދިމާލަށްށެވެ. އެހިނދު ބައްރާހު ހުއްޓުން އަރާފިޔެވެ. މޫސަމް ގޮވާ ގޮވާ ގުޑާނުލިޔެވެ. ދެން ފެނިގެން ދިޔައީ އަންހެން މީހާ ފާރުގައި ތަތްކޮށްލައިގެން ފިރުކިފައި ތިރިޔަށް އަންނަތަނެވެ. އެ އައި ގޮތަށް އައިސް ބައްރާހުއާ އަރާ ހަމަވަނިކޮށް މޫސަމް އަވަސް އަވަހަށް ފަހަތަށް ޖެހެންފެށިޔެވެ. މަންޒަރު ބަލަން ހުރި މޫސަމްއަށް ފެނިގެންދިޔައީ އަންހެންމީހާ އައިސް ބައްރާހުގެ ދެ ކޮލުގައި ފިރުމައިގަންނަތަނެވެ. އަދި ނިއްކުރިޔަށް ބޮސްދެމުންދިޔަތަނެވެ. ދެން ބައްރާހުގެ ކަރަށް ބޮސްދެމުންގޮސް ދަތްއެޅިތަނެވެ. އެ އަންހެންމީހާގެ ދަތްތައްވަނީ ބައްރާހުގެ ކަރަށް ވަރުގަދަޔަށް ވައްދާލާފަޔެވެ. މޫސަމް ބަލަން ހުއްޓާ އެ އަންހެންމީހާ ބައްރާހުގެ ލޭތައް ބޮމުންގޮސް ކަށިކޮޅަަކަށް ހަދާލިޔެވެ. އެއަށްފަހު ބައްރާހުގެ އަތް ބިންދާލައި އުފުރާލުމަށްފަހު މަޑުމަޑުން މޫސަމްއާ ދިމާލަށް ބަލަހައްޓައިގެން އިނދެ ހަފާ ހުސްކޮށްލާފިޔެވެ. ހަމަ އެގޮތަށް ހަތަރެސްފައި ކައި ހުސްކުރުމަށްފަހު ބައްރާހުގެ ބަނޑު ކޮނެގެން ގޮހޮރުނެރެ ހަފަންފެށިޔެވެ. މަންޒަރު ބަލަން ހުރި މޫސަމްއަށް ހޮޑުވެސް ލެވިއްޖެއެވެ. އޭނާގެ ރަހުމަތްތެރިޔާ އަނިޔާވެރިކޮށް މަރާ ކަމުންދާތަން ބަލަން ކެތްނުވެގެން އަވަސް އަވަހަށް އެކޮޓަރީ ދޮރު ހުޅުވުމާއެކު ނުކުމެގެންދިޔައެވެ. ހާސްވެފައި ހުރެ ދެކޮޅަށް ބަލަން ހުއްޓާ ގޭގެ މައި ދޮރު ހުޅުވުނުތަން ފެނިގެންދިޔައެވެ. އެހިނދު ގޭގެ ވެރި މީހާ ވަތްތަން ފެނުމުން މޫސަމް ދުވަމުން އައިސް އެމީހާ ފައިބުޑަށް ވެއްޓި ރޮއެ އާދެސް ކުރަން ފެށިޔެވެ. އެމީހާ މާނޭވާއެއްލުމަށްފަހު ހާދިސާ ފެށި ކޮޓަރިޔާ ދިމާލަށް ހިނގާލާފަ ދިޔައެވެ. އޭނާ ފަހަތުން ރައްކާތެރިކަން ހޯދުމުގެ ނިޔަތުގައި މޫސަމްވެސް ދިޔައެވެ. އެމީހާ ފަހަތުން މޫސަމް ވަނުމުން އެމީހާ މޫސަމް ކައިރި ނުކުތުމަށް އެދުނެވެ. މޫސަމް ނުކުތުމުން ބިންމަތީ އޮތް ކަޅު ފޮތް އެމީހާ ނެގިޔެވެ. އެޔަށްފަހު ކޮޓަރިން ނުކުމެ އެ ކޮޓަރީ ދޮރު ލައްޕާ އެ ފޮތުން އެއްޗެއް ކިޔަވާލުމަށްފަހު ދޮރުގައި ބޮޑު ރަސްގެޔެއް އަޅާލިޔެވެ. އަދި ގޮސް މައި ދޮރުވެސް ލައްޕާ ރަސްގެޔެއް އަޅާލިޔެވެ. ފިރުކޭ ހާލުގައި އޮތް އަމީންއަށް އިޝާރާތެއް ކޮށްލުމާއެކު އަމީން ގޮސް ކޮޓަރިޔަކަށް ވަދެ ދޮރު ޖެހިޔެވެ. ހަމަ އެގޮތަށް ދެން ފެންނަން ހުރި އަންހެންމީހާވެސް އޭނާ ކޮޓަރީ ދޮރު ޖެހިޔެވެ. އެހިނދު ދެން އެމީހާ މޫސަމްއާ ދިމާލަށް އެނބުރި ހިނިތުންވެލިޔެވެ. މޫސަމްވެސް އުފަލުން ހިނިތުންވެލާ ދެލޯ މަރާލިޔެވެ. އެހިނދު ކުއްލިޔަކަށް ކަރުގައި ތޫނު އެއްޗެއް ދަމާލިހެން ހީވެގެން ދެލޯ ހުޅުވާލިއިރު އެއްކަލަ މީހާ ހުރީ ތޫނު ދިގު ވަޅިޔެއް ހިފައިގެންނެވެ. އެ ވަޅީގައި ހުރީ މޫސަމްގެ ލެއެވެ. ނޭވާ ހާސްވެގެން ކަރުގައި އަތް އެޅިއިރު ހޯސްލާފައި ލޭތައް ފައިބަމުންދެއެވެ. މޫސަމް ދެލޯބޮޑުވެގެންވާ ހާލު ދެ ކަކޫ މައްޗަށް ތިރިވެއްޖެއެވެ. މިހެން އިންދާ އެއްކަލަ މީހާ ފޮތުން އެއްޗެއް ކިޔަވާ މޫސަމްއަށް ގުޑާ ނުލެވޭވަރުކޮށްލާފިޔެވެ. މޫސަމްގެ ހަށިގަނޑު ބޭވުމަށްފަހު އޭނާ މޫސަމްގެ ހަށިގަނޑު ދެފަޅިޔަށް ފަޅާލާފިޔެވެ. ތަދު އިހުސާސްވިޔަސް މޫސަމް އޮންނަންޖެހުނީ ބަލަހައްޓާންނެވެ. މިހެން ބަލަން އޮއްވާ އޭނާގެ ފަހަރަކު ގުނަވަނެއް ނަގަމުން އެއްކަލަމީހާ ދިޔައެވެ. ގުނަވަން ނަގާ އެޔަށް ކިޔެވެލި ކިޔަވާ އޭނާ ކުރާނެ ކަމެއް ކުރަމުންދިޔައެވެ. އެންމެ ފަހަށް މުޅި ގެ އަނދިރިވެއްޖެއެވެ. ދެން ފެނިގެންދިޔައީ ވަރުގަދަވެގެންވާ ބިރުވެރި މަޙްލޫގެއް ފާޅުވިތަނެވެ. އެ މަޙްލޫގު އައި ގޮތަށް އެއްކަލަ މީހާ އަތުގައި ހުރި ގުނަވަންތައް ނަގާ ކަމުންދިޔައެވެ. މަންޒަރު ބަލަން އޮތް މޫސަމްގެ ފުރާނަ މަޑުމަޑުން ހަށިގަނޑާ ވަކިވާންފަށާފިޔެވެ. އޭނާ ކަންފަތުގައި އެއްކަލަ މީހާގެ ބަސްކޮޅެއް ޖެހުނެވެ.
ވެރިމީހާ : ކަލޭމެން ހަލާކުގެތެރެޔަށް ހުށެހެޅީ ކަލޭމެން އަމިއްލަޔަށް. އަހަރެންނަކީ ވަރަށް ވަރުގަދަ ސިހުރުވެރިޔެއް.
- – ނިމުނީ –


