Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރި

އެ ނާމާން ފަޅުރަށް

EXO
EXO Level 210 Stories100 Login
March 15, 2025 4 Mins Read
1 Comment

ނާމާން އެ ފަޅު ރަށުގެ ވާހަކަ އަބަދުވެސް ރަށުތެރޭގައިވަނީ ފެތުރިފައެވެ. އެތަނުގައި ހިނގާދިޔަ ހާދިސާ ކިޔާދިނުމަށްޓަކައި މޫސަބޭ އަބަދުވެސް އިންނަނީ ހޮޅުއަށީގައި ތައްޔާރަށްށެވެ. މޫސަބޭގެ އާދޭހަކީ އެރަށަށް އެއްވެސް ބަޔަކު ނުދިޔުމެވެ. އެކަމުގެ ހެއްކަކަށް މޫސަބޭ ދައްކަނީ އޭނާގެ ބުރިކޮށްލައިފައިވާ އެއް ފަޔެވެ.

މިއަދުވެސް މޫސަބޭ ހަވީރު ފިންޏަށް އިނީ ހޮޅުއަށްޓަށް ނުކުމެއެވެ. މޫސަބޭ ދެކިލުމަށް ރަށުގެ ކުދި ބޮޑު އެންމެންހެން އަބަދުވެސް އާދެއެވެ. މިއަދު މޫސަބޭ ކައިރިޔަށް ޒިޔާރަތްކުރީ ރަށަށް އައި ބީރައްޓެހި ތިން ޒުވާނުންނެވެ. އެމީހުން މޫސަބޭއާ ބައްދަލްކޮށް މުޙާތަބުކޮށް މައުލޫމާތު އޮޅުންފިލުވަންފެށިޔެވެ. ނަމަވެސް އެބުނާ ނާމާން ރަށް އޮންނަ ދިމާލެއްް އަހާލާތަނުން އެޔަކަށް މޫސަބޭ ޖަވާބުދާރިނުވެއެވެ. ރަށުގެ ކޮންމެ މީހަކުގާތުގައި އެހިޔަސް އެމީހުން ފަރާތުންވެސް ވަކި ޖަވާބެއް ނުލިބެއެވެ. މޫސަބޭ ގާތު ތަކުރާރުކޮށް އެ ރަށް އޮންނަނީ ކޮންތާކުތޯ އަހަމުންދަނިކޮށް މޫސަބޭގެ އެކުވެރި ހަރުފުރައިގެ މީހެއް ކަމުގައިވާ އިބްރާހީމް ކަލޭފާނު (ދޮންބެ) އަށް އެތަނަށް އާދެވިއްޖެއެވެ.

ދޮންބެ : އަހާ މޫސަ ކަލޯ ކިހިނެއް ހާލު؟ ކީކޭ މިކުދިން މި ކިޔަނީ؟

މޫސަބޭ : ހާލު ރަނގަޅު. މިވެރިން އަހަރެން ގާތުން އެއްކަލަ ރަށް އޮންނަ ދިމާ އޮޅުންފިލުވަނީ ހަމަ

ދޮންބެ : (ޒުވާނުންނާ ދިމާލަށް އެނބުރިލާފައި) ކުދިންނޭ. އެރަށްމަތިން ހަނދާން ނައްތާލާ. އެއީ ކަލޭމެންގެ އަމިއްލަ ސަލާމަތަށް. މިހުރީ މޫސަ ފަކީރަށްވެސް ޖެހުނު ހާލު. މިފަދަ ދެރަޔެއް ތިޔައިން ކުއްޖަކަށް ލިބޭކަށް ބޭބެ ނޭދެން. ދެން އަވަހަށް މިތަނުންދޭ. މޫސަ ކަލޯ އޭނީ ފިކުރުބޮޑުވެފަ.

އެރޭ މޫސަބޭ ގެޔަށް ދިޔައީ ދޮންބެމެންގެއިން ކައިގެންނެވެ. ގެޔަށްގޮސް ވަދެ ނިދަން އޮށޯތެވެ. އެހިނދު ކުއްލިޔަކަށް މޫސަބޭ ގޭގައި މީހަކު ޓަކިދޭން ފެށުމުން ގޭތެރެޔަށް ވަނުމުގެ ހުއްދަ ދިނެވެ. އެހިނދު ގެޔަށްވަނީ އެއްކަލަ ތިން ޒުވާނުންނެވެ. އެމީހުން އައިސް މޫސަބޭ އޮތް އެނދުކައިރިޔަށް ހުއްޓުނެވެ. އަދި އެއްކަލަ ރަށް އޮތްތަން ބުނެދިނުމަށް އެދެމުންދިޔައެވެ. އެކަމާ އިންކާރުކުރަން ފެށުމުން އެޒުވާނުން މޫސަބޭއަށް ބިރުދައްކައި އިންޒާރުދޭންފެށިޔެވެ. އަދި އަނިޔާވެސްކުރަންފެށިޔެވެ. އެންމެ ފަހަށް މޫސަބޭ ނިދަން ބޭނުންކުރާ ބާލީސް ބޭނުންކޮށްގެން މޫސަބޭ މޫނުމަތީގައި އަޅާ ނޭވާ ހާސްކުރަންފެށިޔެވެ. އެންމެ ފަހަށް ކެތްނުވެގެން މޫސަބޭ ފުރާނަ ސަލާމަތްކުރުމަށް އެ ރަށް އޮންނަ ތަން ބުނެދިނެވެ. އެ ޒުވާނުން ނުކުންނަމުން މޫސަބޭއަށް ދިޔައީ މަރުގެ އިންޒާރު ފުލު ފުލުން ދީފައެވެ. ކަންތައް ދިޔަ ގޮތް އެއްވެސް މީހެއް ކައިރި ބުނެފިނަމަ ބަޔަކަށް ނުވެސް އެނގި މޫސަބޭގެ ހަށިގަނޑު ގެއްލުވާލާނެކަމަށް ބުންޏެވެ.

ތިން ޒުވާނުން އަވަސް އަވަހަށް އަތިރިޔަށް ގޮސް އެރޭ ފުރާފިޔެވެ. މޫސަބޭމެން ރަށާ ދުރުގައި އޮތް ފަޅުރަށެއްގައި އެމީހުން އެރޭ ރޭކުރުމަށްފަހު އެބުނާ ނާމާން ރަށާ ދިމާލަށް ހެނދުނު ފުރާފިޔެވެ. އެ ބުނާ ނާމަން ރަށް އޮންނަނީ މޫސަބޭމެންގެ ރަށަށް ކިރިޔާ ފެންނަ ހިސާބުގައެވެ. އެ ޒުވާނުން ދުއްވި ކުޑަ ދޯނި (ބައްތެލި) ރަށުގެ އަތިރިޔާ ގާތުގައި ބޭވުމަށްފަހު އެ ޒުވާނުން ރަށުތެރެޔަށް އެރިޔެވެ. ހައިހޫނުކަން ފިލުވާލުމަށްފަހު އެމީހުންގެ މަސައްކަތް އެމީހުން ފެށިޔެވެ. އެ ރަށުގައި ވާ ޒިޔާރަތް ހޯދުމުގެ މަސައްކަތެވެ. ވާ ބޯ އެރަށުގެ ތެރެޔަށް ޒުވާނުންތައް ވަދެގެން ތަންތަން ހާވަމުންދިޔައެވެ. މިހެން ދަނިކޮށް ރަށުގެ ވަލުގެ އެންމެ އެތެރޭގައިވާ ބިޔަ ނިކަގަހެއް ކައިރީގައި ހުރި ހަލާކުވެފައިވާ ގެޔެއް ފެނިގެންދިޔައެވެ. އެ ޒުވާނުން ގޮސް އެގެޔާ ހަމަވިއިރު ގޭތެރޭގައި ބޮޑު މަހާނައެއް އިންތަން ފެނިގެންދިޔައެވެ. އެހިސާބުން އެ ޒުވާނުން ހޯދަމުން އައި ޒިޔާރަތް އެމީހުންނަށް ފެނުނީކަން އެނގުނެވެ. އެ ގޭގެ ތެރެޔަށް އެއްޒުވާނަކުވަދެ މަހާނަ ކައިރީގައި ބެހެއްޓިފައިވާ އެކި އަގުހުރި މުދާތައް ނަގާ ބޭރުގައި ތިބި ދެ ޒުވާނުންނަށް ދޭންފެށިޔެވެ. މިހެން ތިއްބާ ފުރާޅަށް ވާރޭކަނި ޖަހާހެން ހީވިޔެވެ. މަތި ބަލާލިއިރު އުޑުމަތި ބަނަވަމުންދެއެވެ. ވައިވެސް ބާރުވާން ފަށާފިޔެވެ. އަވަސް އަރުވާލާފައި އެ ޒުވާނުން އަތުޖެހުނު އެއްޗެއް ހިފައިގެން ހިފައިގެން ދާން މަސައްކަތް ފެށިޔެވެ. އިސާހިތަކު ވާރޭ ވަރަށް ބޯކޮށްލާފިޔެވެ. ގުގުރާ ވިދަން ފަށާފިޔެވެ. ހިޔާވާނެ އެއްވެސް ތަނެއް ނެތުމުން ތިން ޒުވާނުންވެސް އެއްކަލަ ގޭތެރެޔަށްވަދެއްޖެއެވެ. ވާރޭ ވެހޭލެއް ބޯކަމުން ހުއްޓާނެކަމުގެ އެއްވެސް އުންމީދެއްނެތެވެ. އެންމެ ފަހަށް ހަވީރު އަތަށް އަރާ އިރުއްސެން ޖަހާފިޔެވެ. ހަމަ ބޯކޮށް ވާރޭ ވެހެނީއެވެ. ޖަހަލާ ވަރުގަދަ ގުގުރިންނާ ވިދާލާ ވިދުވަރުން އެކަކަށްވެސް ގުޑަލަން ނުކެރިފައި އެއްކަލަ ޒުވާނުން ތިއްބެވެ. ކޮންމެޔަކަސް އިރުއޮއްސި އަނދިރިވެއްޖެއެވެ. ވެހެމުންދިޔަ ބޯ ވާރޭ ތުނިކުރަންފަށާފިޔެވެ. ތިން ޒުވާނުން އަވަސް އަވަހަށް ބައްތެއްޔާ ދިމާލަށް ދާން ނިންމިޔެވެ. ނަމަވެސް ވަލުގެ ބޯކަމާ ކަނު އަނދިރިކަމުން ދެވޭ ނުދެވޭ ދިމާލެއް ތިން ޒުވާނުންނަކަށް ނޭނގެއެވެ. ކޮންމެ ފަހަރަކުވެސް އަނބުރާ އާދެވެނީ އެއްކަލަ ޒިޔާރަތް ކައިރިޔަށްށެވެ. މަގު އޮޅި ހާސްވާންވެސް އެންމެފަހަށް ތިން ޒުވާނުން ފައްޓާފިޔެވެ. އެންމެ ފަހަށް އެއްކަލަ މުދާތައް ޒިޔާރަތަށް އަނބުރާ ލުމަށް ޒުވާނުން ނިންމިޔެވެ. އޭގެތެރެއިން އެއް ޒުވާނަކު ޒިޔާރަތްތެރެޔަށް ވަދެއްޖެއެވެ. އަދި ބޭރު ތިބި ދެ ޒުވާނުން ދިއްކުރަމުންދިޔަ ތަކެތީގައި ހިފަމުން ބަހައްޓަމުންދިޔައެވެ. މިހެން ހުއްޓާ އަޑުތަކަކުން އެޒުވާނުންގެ ނަންތަކުން މުޙާތަބުކުރަންފެށިޔެވެ. ކުއްލިޔަކަށް ޒިޔާރަތްތެރޭގައި ހުރި ޒުވާނާ ހަޅޭއްލަވައިގަތްއަޑު އިވިއްޖެއެވެ. ބޭރު ތިބި ޒުވާނުންނަށް ފެނިގެން ދިޔައީ މަހާނައިން ނުކުމެފައިވާ ބިރުވެރި އަތަކުން އެޒުވާނާގެ ފައިގާ ހިފާޓާފައި އޮއްވައެވެ. ބިރު ރޮއެ ހޭރި ހޭރި އޮތް ޒުވާނާ މަހާނާގެ ވެލިގަނޑުތެރެޔަށް މަޑުމަޑުން ދަމައިގަންނަމުންގޮސް އެއްކޮށް ގެއްލިއްޖެއެވެ. މުޅި މަހާނަގައިވާ ވެލިގަނޑު ބޮކިޖަހާ ރަތް ލެއިން ތަތްތެޅެންފެށިޔެވެ. މި މަންޒަރު ބަލަން ތިބި ބާކީ ދެ ޒުވާނުން ބިރުން ދުއްވައިގަތެވެ. އެހިނދު އަނެއްކާވެސް ވާރޭ ބޯކޮށްލާ ގުގުރާ ވިދަންފެށިޔެވެ. ދެ ޒުވާނުން ކުރެ އެކަކަށް ދުވަމުން އައިސް ރަށުގެ ފުއްޓަރު ފަރާތަކަށް ނުކުމެވިއްޖެއެވެ. ދެކޮޅަށް ނަޒަރު ހިނގާލާ ހާސްވެގެން ފިއްޓަރު ފަރާތުން ރަށް ވަށާ އެ ޒުވާނުން އައި ބައްތެލި ހޯދުމަށް ހިނގަންފެށިޔެވެ. މިހެން ދަނިކޮށް ޒުވާނާއަށް ބައްތެލި ފެނިއްޖެއެވެ. ނަމަވެސް ވަރަށްވެސް ބާނީތައް ބޮޑެވެ. ބައްތެލި އޮތީ ނަގިލި ބީހިގެން ގޮސް އަތުނުޖެހޭހާ ބޭރުގައެވެ. އެހެން ކަމުން ކުރަމުން އައި އުންމީދު ފެނަށްދިޔައެވެ. މިހެން ހުއްޓާ ދެވަނަ ޒުވާނާ އަންނަތަން ފެނިގެންދިޔައެވެ. އެ ޒުވާނާ ގާތްވިވަރަކަށް ދިޔައީ ބިރުވެރި ސިފަޔަކަށް ބަދަލްވަމުންނެވެ. ޒުވާނާގެ މޫނުގެ އެއްފަޅި ވެއްޓިއްޖެއެވެ. ކަށިގަނޑު އިނީ ފެންނާށެވެ. އަތުގެ ވަކިތައް ދިގުވާންފަށާފިޔެވެ. ނަމާން ބިރުވެރި އަޑަކުން ހޭންފަށާފިޔެވެ. ގުޑާލަން ނޭނގިފައި ހުރި ޒުވާނާއާ އެ މަޙްލޫގައި އައިސް އަރާ ހަމަކުރުމަށްފަހު އެ ޒުވާނާގެ މޭމަތީ ވަކިތައް ދަމާލިޔެވެ. އެޔަށްފަހު އެ ޒުވާނާ ދެ ކަކޫ މައްޗަށް ތިރިކޮށް އަނގަޔަށް އެ މަޙްލޫގުގެ އަތް ގަންނުވާލިގޮތަށް ކަރުތެރެއިން އަތް ގެންގޮސް މެއިން ވަކިތައް ނެރެލާ އެޒުވާނާގެ ހަށިގަނޑަށް ދަމައިގަތްގޮތައް އިރާލާފިޔެވެ. އެޔަށްފަހު އެ ޒުވާނާގެ ފުރާނާ ނެތް މަސްގަނޑަށް އެތައް ގޮތަކަށް އިހާނެތިކޮށް ހިތުމަށްފަހު ކައި ހުސްކޮށްފިޔެވެ.

ބާކީ ހުރި ހަމައެކަނި ޒުވާނާ ބިރު ދުވަނީއެވެ. ދެވޭ ނުދެވޭ ދިމާލެއް ނޭންގިގެން ގޮސް އަނެއްކާވެސް އާދެވުނީ އެއްކަލަ ޒިޔާރަތް ކައިރިޔަށްށެވެ. ބިރު ތުރުތުރުލާ ހުރި އެ ޒުވާނާއަށް މީހަކު ހޭއަޑު އިވުނެވެ. އެ ޒުވާނާއަށް ފެނުނީ މަހާނާގައި އޮތް ވެލިގަނޑު ގުޑާތެނެވެ. އެ ވިލިގަނޑު ފަޅާފައި ތެދުވީ އެމީހުން އަނިޔާ ކުރި މޫސަބެއެވެ. މުޑުދާރު ހަޑި ސިފަޔެއް އޭނާއަށްވަނީ ލިބިފައެވެ. އޭނާގެ އެއް ލޯ ވަނީ ކޮނެލާފައެވެ. އޭނާގެ އަނގަ ވަނީ އިރާލާފައެވެ. ހަށިގަނޑުވަނީ ދެފަޅިޔަށް ފޭވެފައެވެ. އެތެރެހަށީ ގުނަވަންތައް ހުރީ ފެންނާށެވެ. ހުރިހާ ގުނަވަނެއްގައި ހުރީ ފުޅަޔާ ފަނިފަކްސާ އަޅާފައެވެ. އަނގަ ހުޅުވާލުމުން ކިލާފަނިތައްވެސް ފައިބައިގެނެގެންދެއެވެ. ޒުވާނާއާ ދިމާލަށް ބަލަން އިން މޫސަބެ ބިންމައްޗަށް ވެއްޓިގަނެ ފިރުކެންފަށާފިޔެވެ. އޭނާގެ ދެފައިވެސް ނެތެވެ. ބިރުވެރި އެ މަންޒަރު ބަލަން ހުރި ޒުވާނާ ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. ކުއްލިޔަކަށް ޒުވާނާ ކަރުގައި ދަންމަޅިޔެއް އައިސް ޖެހި ނިކަގަހުގައި އެލުވިއްޖެއެވެ. މޫސަބެ ފިރުކެމުން އައިސް ޒުވާނާއާ ހަމަކޮށް ބަލަހައްޓައިގެންއިނެވެ. ފުރާނާ ނެތެމުންދިޔަ ޒުވާނާ ދިޔައީ އާދޭސްކުރަމުންނެވެ. ނަމަވެސް އެ އާދޭހަށް މޫސަބޭ ދިނީ ބީރު ކަންފަތެކެވެ. އެންމެ ފަހަށް ޒުވާނާ ބިންމައްޗަށް ތިރިކޮށްފިޔެވެ. މާނޭވާލާން އޮތް ޒުވާނާއަށް ގުޑާލާނެ ހިތްވަރެއް ނެތިފައި އޮއްވާ މޫސަބޭ އައިސް އޭނާގެ އެއް އަތުގައި ދަތްއަޅާ ބުރިކޮށްލާފިޔެވެ. އަޅާގަތްވޭނުން އަދި ވާ ތަދުން ޒުވާނާ ރޮއެ ހޭރެމުންދިޔައެވެ. މިހެން އޮއްވާ މޫސަބޭ އެޒުވާނާގެ ފައިތިލައިގައި ދަތްއަޅާ ބުރިކޮށް ކައިފިޔެވެ. އަދި މަޑު މަޑުން އައިސް ޒުވާނާގެ ގައިމައްޗަށް އަރާ އިށީންދެ ހެމުން ހެމުން ޒުވާނާގެ ދެލޯ ކޮނެލަމުންދިޔައެވެ. އެންމެ ފަހަށް ޒުވާނާ ކަރަށް މޫސަބޭ ހަމަލާދިނުމަށްފަހު އެ ޒުވާނާ މަރާލިޔެވެ. އަދި އެ ޒުވާނާގެ ހަށިގަނޑު އެތަނުގައި ބޭއްވުމަށްފަހު ޒިޔާރަތަށްވަދެ ގެއްލުނެވެ.

މޫސުން ރަނގަޅުވެ އިރު އެރުމާއެކު ރަށުތެރޭގައި މޫސަބޭއަށް އަނިޔާކުރި ވާހަކަ ފެތުރިއްޖެއެވެ. މިހިސާބުން ރަށު ރައްޔިތުންނާއެކު ދޮންބެއާ މޫސަބެ އެ ޒުވާނުންތައް ހޯދުމަށް ފަޅުރަށަށް މޫސަބޭ ގޮވައިގެންދިޔައެވެ. މޫސަބޭއާއެކު ޒިޔާރަތް ކައިރިޔަށް އައި އިރު އެއްކަލަ ކައިފައިވާ ޒުވާނާގެ ހަށިގަނޑު އެތަނުގައި އޮތެވެ. މުސަބޭ ދެކޮޅަށް ބޯ ހޫރުވާލުމަށްފަހު ދޮންބެ ކޮނޑުގައި އަތް އަޅާލިޔެވެ.

މޫސަބޭ : އެކުވެރިޔާ. އެއިރުވެސް އަހަރެން ބުނިންދޯ މިއީ ނާމަންތަނެކޭ. އެމީހުން ބުނާގޮތް ނުހެދީ އެމީހުން ބޭނުންވީ ނަދުރުބުނެ މީހުން ބަހައްޓާފައިވާ މުދާތައް ފޭރެން. އެކަމުގެ ހިތި އެމީހުންނަށް މިއަދު އެ ފެނުނީ

ދޮންބެ : ބޯހަރުވީމާ ލިބޭނީ މިކަހަލަ ލަނޑު

  • – ނިމުނީ –

Share Article

EXO
Follow Me Written By

EXO

Level 210 Stories100 Login

from vaahaka.com to esfiya i feel great getting an opportunity to write again. so here i am to bring you short stories.

Other Articles

Previous

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ…73

Next

ފުރާނައިގެ ދިރުމޭތިއީ 12

Next
March 15, 2025

ފުރާނައިގެ ދިރުމޭތިއީ 12

Previews
March 15, 2025

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ…73

One Comment

  1. Anonymous says:
    March 17, 2025 at 1:17 pm

    this story is very good and im encoraging u to write more

Comments are closed.



All Right Reserved!