Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަ

ވަގުތީ އުފާ

EXO
EXO Level 210 Stories100 Login
February 25, 2025 2 Mins Read
1 Comment

ޖުވާއަކީ ކޮންފަދަ ނުބައި ކުޅިވަރެއްކަން ތިބާއަށް ހަމަ ނޭންގެނީހެއްޔެވެ؟ ޖުވާގެ ސަބަބުން މީހާއަށް ވަގުތީ މުއްސަނދިކަމެއް ލިބިދާނެއެވެ. އެ މުއްސަނދިކަމަކީ ފުރިހަމަ އެއްވެސް ހިތްހަމަ ޖެހުމެއް ނުވަތަ އުފަލެއް އޮތް މުއްސަނދިކަމެއްނޫނެވެ. ގިނަފަހަރު ތިބާ އޮންނާނީ އަތްމަތި ބިކަވެފައެވެ. ނުވަތަ މީހަކަށް ދަރާ ދަރަނިތައް ބޮޑުވަމުންގޮސް އޮބިނޯންނަ ހިސާބަށް ގޮސްފައެވެ. ތިބާގެ އާއިލާ ނުވަތަ އަނބިދަރިންނަށް ތިޔަ ކާންދެވެނީ ހަމަ ސީދާ އަލިފާނެވެ. ނިކަން ވިސްނާ ފިކުރުކޮށްލަބަލާށެވެ.

ޔޫސުފްއަކީ ކުޑަ އާއިލާއަކަށް އުފަން ޒުވާނެކެވެ. މޮޅަށް ކިޔަވާންހުރިވެސް ކުއްޖެކެވެ. ޔޫސުފް ވަޒީފާ އަދާކުރަމުންދަނީ ކުޑަ ކުންފުންޏެއްގައެވެ. ކިތަންމެ މޮޅަށް ކިޔަވާން ހުއްޓަސް ލިބެނީ ވަރަށް ކުޑަ އާމްދަނީއެއްކަމުން ދެކޮޅުނުޖެހެއެވެ. ގޭގެ ކުލި ދައްކާލަން އެއްޗެއްލުމަށްފަހު އަތުގައި އޭނާ ބޭނުންވާ ތަކެތި ގަންނާކަށް ރުފިޔާއެއް ނުހުރެއެވެ. މިކަމާ ޔޫސުފް ވަރަށް ފިކުރުކުރެއެވެ. އޭނާގެ ހުވަފެންތައް ހަގީގަތަށް ހަދަން އޭނާ ބޭނުންވެއެވެ. އޭނާގެ ރަހުމަތްތެރިންނާ އެއްފެންވަރެއްގައި އޭނާވެސް އުޅެން ބޭނުންވެއެވެ. މިހެން އުޅެނިކޮށް އެއްދުވަހަކު ރައްޓެއްސަކު އޭނާ ގެންގޮސް ތަނަވަސްކަން ލިބޭނެ މަގެއް އެބައޮތްކަމަށް ބުނެލިޔެވެ. އެހެން ބުނެލުމުން ޔޫސުފް ވަރަށް ޝައުގުވެރިކަން ފާޅުކުރިޔެވެ. އޭނާގެ ރަހްމަތްތެރިޔާ އޭނާއަށް ފައިސާ ހޯދާ ގޮތް ދައްކާލިޔެވެ. ކިރާ ބެޓް ކިޔާ އެޕަކުންނެވެ. އަދި އޭގެ އިތުރަށް ގޭމްތަކެއް ކުޅެގެންނެވެ. ޔޫސުފް އޭނާގެ ރަހްމަތްތެރިޔާ ކިޔާދިން ގޮތަށް ކަންތައް ކުރުމުން ފުރުތަމަވެސް އެއްހާސް ރުފިޔާ ލިބިއްޖެއެވެ. މިކަމާ ޔޫސުފް ވަރަށް އުފާކުރިޔެވެ. ރަހްމަތްތެރިޔާއަށް ޝުކުރު އަދާކުރުމަށްފަހު ޔޫސުފް ގެޔަށް ގޮސް އޭނާގެ މަސައްކަތް ފެށިޔެވެ. އެއްރޭމަތިން ހަތަރުހާސް ހަމަކޮށްލުމަށްފަހު ޔޫސުފް ވަރަށް ހަމަޖެހިލައިގެން ނިދިޔެވެ.

ޖެހިގެން އައި ދުވަހު ފަތިހު ހޭލިގޮތަށް ޔޫސުފް އޭނާގެ މަސައްކަތްފެށިޔެވެ. ފަތިސް ނަމާދަށް ގޮވަން ފައްޓާފިޔެވެ. ނަމަވެސް ޔޫސުފް ބަންގިޔަކަށް ސަމާލުކަމެއްނުދެއެވެ. އޭނާގެ މަސައްކަތާގެން އޭނާ ކުރިޔަށްދިޔައެވެ. އޮފީހަށް ދަންދެން އެ މަސައްކަތުގައި އޭނާ އަވަދިނެތި އުޅުނެވެ. ދިހަ ހާސް ރުފިޔާ ހަމަކޮށްލުމަށްފަހު އޮފީހަށް ދިޔައެވެ. ހުސްވަގުތެއް ލިބުމުން އޭނާގެ މަސައްކަތާގެން ކުރިޔަށްދިޔައެވެ. މިގޮތަށް ގޮސް ހަފްތާއެއްތެރޭ އޭނާ އާ ސައިކަލެއް ނަގާފިޔެވެ. އަދި އެޔަށްފަހު ފަހުގެ ފޯނުފަދަ ތަކެތި ނަގާ އޭނާގެ ހުވަފެންތައް ހަގީގަތަކަށް ހަދަމުންދިޔައެވެ. އެންމެ ފަހަށް މައިބަފައިގެ ފަރާތުން ސުވާލުތައް އަންނަންފެށުމުން ސީދާ ހަދަންފެށީ ދޮގަކަށްފަހު ދޮގެކެވެ. ބުނަނީ އެއީ އޮފީހުން އޭނާއަށް ލިބޭ ކޮމިޝަންކަމަށްށެވެ. އެހެން ކަމުން މައިބަފައިން އޭނާއާ ސުވާލުކުރުން ހުއްޓާލިޔެވެ. މައިންބަފައިންނަށް އޭނާ ކުރަމުން އައި އިހްތިރާމް މަޑު މަޑުން ގެއްލެމުންދިޔައެވެ. މައިން ބަފައިންނަށް ފުރަގަސްދިނުމަށްފަހު އޭނާ ގެއިންވެސް ނުކުމެ އަމިއްލަ ތަނެއް ކުއްޔަށް ނަގައިގެން މީހަކާވެސް އިނދެފިޔެވެ. ދަރިންތަކެއްވެސް ލިބިގެން އުފާވެރިކަމުގައި ހިތުން އުޅެމުންދިޔައެވެ. ނަމަވެސް ހަގީގީ ހިތްހަމަ ޖެހުން ހަމަ އެއްގޮތަކަށްވެސް ނުލިބެއެވެ. މިހެން އުޅެނިކޮށް އޭނާ ކޮންމެ ދުވަހަކު މުއްސަނދިވާން ކުރާ މަސައްކަތުގެ ފޮނި ނުމުން އަންނަން ފައްޓާފިޔެވެ. އޭނާއަށް އެތައް ފައިސާއެއް ގެއްލި ނާކާމިޔާބީއާ ކުރިމަތިލާން ކޮންމެ ދުވަހަކު އެބަޖެހެއެވެ. އުޅެމުން ދިޔަ ތަނުގެ ކުލި ނުދައްކައިގެން އެތައް ފަހަރަކު ވެރިފަރާތުން އޭނާއަށް އިންޒާރުދެމުންދެއެވެ. ދަރިންގެ ޙަރަދު ނުދެވި އަނބިމީހާވެސް ގެއްލިއްޖެއެވެ. އެންމެ ފަހަށް މީސް މީހުން އަތުން ދަރަންޏަށް ފައިސާ ނަގަމުންގޮސް މިލިޔަނަކާ ގާތްވެއްޖެއެވެ. އަތުގައި ހުރި ހުރިހާ އެއްޗެއް ވިއްކަން މަޖުބޫރުވެ މީހާ ބިކަހާލު ޖެހިއްޖެއެވެ. އެންމެ ފަހަށް ކުއްޔަށް އުޅުން ތަނުން އޭނާ ބޭރުވެސްކޮށްލާފިޔެވެ. އަތުގައި ފޯނެއްހާ ހިސާބުވެސް ނެތި ލާނެ ރަނގަޅު އަންނައުނެއްނެތި މީހާ މަގުމަތިވެއްޖެއެވެ. ކަރުނަ އަޅާ ހާލު މަގުމަތީ ރޯން އިންދާ އިއްޔެ ފުރަގަސް ދިން އޭނާގެ މައިންބަފައިން އޭނާ ބަލާ އަތުވެއްޖެއެވެ. މައިންބަފައިންނަށް ހަގީގަތް ކިޔާދިނުމުން މައިންބަފައިންގެ މައާފު އޭނާއަށް ލިބިގެންދިޔައެވެ. އޭނާގެ މައިންބަފައިންގެ އެހީއާއެކު އާ ވަޒީފާއެއް ހޯދައިގެން ދަރަނިތައް އަދާކުރަމުންދިޔައެވެ. އިތުރު ވަޒީފާއަކަށް ދަމުންގޮސް ދަރަނިތައް އަހަރުތަކެއް ތެރޭ ހަލާސްކޮށް ކުއްޔަށް އުޅުން ގެ ހޯދާ އެގޭ މީހާއަށް ދޭންޖެހޭ ފައިސާވެސް ހަލާސްކުރިޔެވެ. އެޔަށްފަހު އޭނާގެ ފުރިހަމަ މިނިވަންކަން އޭނާއަށް އިހުސާސްވިޔެވެ. ދުވަހަކުވެސް ކުރިން އުޅުގޮތަށް ނޫޅޭން އަޒުމް ކަނޑައެޅިޔެވެ. ހަލާލް ގޮތުގައި މުއްސަނދިކަން ހޯދުމަށް ނިންމިޔެވެ. ކިތަންމެ ކުޑަ އެއްޗެއް ލިބުނަސް އޭގެން އޭނާގެ ހިތަށް ލިބޭ ހިތްހަމަޖެހުން ބޮޑުކަން އޭނާއަށް އިހްސާސްވެގެންދިޔައެވެ.

  • – ނިމުނީ –

Share Article

EXO
Follow Me Written By

EXO

Level 210 Stories100 Login

from vaahaka.com to esfiya i feel great getting an opportunity to write again. so here i am to bring you short stories.

Other Articles

Previous

އަހަރެން ގެ ކުށަކީ ކޮބާ ؟

Next

އެދަތުރު – 5 ( ފަހު ބައި )

Next
February 27, 2025

އެދަތުރު – 5 ( ފަހު ބައި )

Previews
February 25, 2025

އަހަރެން ގެ ކުށަކީ ކޮބާ ؟

One Comment

  1. ur.girl says:
    February 25, 2025 at 7:45 pm

    love it!
    keep it up luving….
    ly 🖤

Comments are closed.



All Right Reserved!