ރެޕަންޒެލް
އިނގިރޭސިވިލާތުގެ ދުރު އަވަށެއްކަމުގައިވާ ރޯސްޓްރޯވްއަކީ ނިކަމެތިން ގިނަ އަވަށެކެވެ. އެ އަވަށުގައި މީހުން ނިކަމެއްޗަކަސް ފިސާރެ ބޮޑާ މީހުންވެސް އުޅެމުންދެއެވެ. ކިރިޔާ ފޯރުންތެރިކަމުގެ ކަންފުޅެއް ލިބުނަސް ފެންވަރު އޮޅެއެވެ. ޖޯޖްއަކީ މި އަވަށަށް ނިސްބަތްވާ ޒުވާނެކެވެ. ގިނަމީހުން ޖޯޖްގެ އުފެދުމުގެ ސިފަތައް ހުންނަގޮތުން މަލާމާތްކޮށް ފުރަސައްރަކޮށްހަދާ އެކަނިކޮށްލާފަ ބަހައްޓައެވެެ. އަދި ވަރަށް ގިނައިން އޭނާއާ ހަނގާވެސްކުރެއެވެ. ޖޯޖް ހުންނަ ގޮތުން އޭނާއާ ކައިވެނި ކުރާނެ މީހެއްވެސް ނުވާނެކަމަށް ބުނެ މަލާމާތްނުކުރާ ދުވަހެއް ނުދެއެވެ.
އެއްދުވަހަކު އަވަށުތެރޭ އުޅެމުން އައި ޒުވާނުންތަކެއް ޖޯޖް ހައްދާލާން އަވަށުން ބޭރަށް ގެންދިޔައެވެ. ގެންގޮސް އޭނާއަށް އެތައް ގޮތަކުން އަނިޔާކޮށްހަދާ ގަހެއްގައި އެއްސުމަށްފަހު އެމީހުން ހެމުން އަނބުރާ އަވަށަށްދިޔައެވެ. އިރުއޮއްސި އަނދިރިވެއްޖެއެވެ. ޖޯޖް ހަދާނެގޮތް ހުސްވެފައި ހުއްޓެވެ. މިނިކާ ކުއްތާތަކުގެ އަޑާ އެތައް އަޑެއް އިވެމުންދެއެވެ. އަނގައިން ބަހެއް ބުނަން ނުކެރިފައި ހުރި ޖޯޖްއަށް ދުރުން އަލިފާންގަނޑެއް އޭނާއާ ދިމާލަށް އަންނަތަން ފެނިގެންދިޔައެވެ. ބިރުން ހުރި ޖޯޖްއާ އެ އަލިފާންގަނޑު ކައިރިވީއިރު އެއީ ދަރުގަނޑެއްގައި ރޯކޮށްފައިވާ އަލިފާންގަނޑެކެވެ. އެ ހިފަހައްޓައިގެން ހުރީ ރީތި ޒުވާން އަންހެންކުއްޖެކެވެ. އެނާގެ އިސްތަށިގަނޑު އޮރެންޖް ކުލައިން ވިދާ ބަބުޅައެވެ. ހަންގަނޑު އެހާމެ އޮމާންވެފަ އޮފުދާރެވެ. ދެލޯ އެހާމެ ރީތިވެފައި ދެ ކަޅި ނުލެވެ. ލައިގެން ހުރީ ފެހި ރީތި އަތްދިގު ހެދުމެކެވެ. އެކުއްޖާ ޖޯޖްއާ ހަތަރުކަޅި ހަމަކޮށްލިޔެވެ. އަދި ހިނިތުންވެލިޔެވެ.
ޖޯޖް : ކަލޭ ތިޔައީ ކާކު؟
ރެޕަންޒެލް : އަހަރެންނަށް ކިޔަނީ ރެޕަންޒެލް. ކާކު ކަލެޔަށް ތިފަދަ ހާލެއް ޖެއްސީ؟
ޖޯޖް : އަހަރެންގެ އަވަށު ޒުވާނުން
ރެޕަންޒެލް : (ޖޯޖް އައްސާފައި ހުރި ގަހުން ސަލާމްތްކޮށްދީފަ) ކަލޭގެ އަވަށް ހުރީ ކިހާހިސާބެއްގަ؟ އަހަރެން ގެންގޮސް ލާދީފާނަން
ޖޯޖް : އަވަށް އޮތީ ވަރަށް ދުރުގަ އެހެނަސް ދަތުރުކުރަން އެހާ ބުއްދިވެރިޔެއްނޫން
ރެޕަންޒެލް : އެހެންވިއްޔާ އަހަރެންނާއެކު އަހަރެން ދިރިއުޅޭތަނުގަ މަޑުކުރަން މިރޭ އަންނަންވީނު
ޖޯޖް : (ލަދުން ހުރެފަ) އެންމެ ރަނގަޅު. އަހަރެންނަށް ނެތް އިތުރު ގޮތެއް
ރެޕަންޒެލްއާއެކު ޖޯޖް ދަތުރުކުރަންފެށިޔެވެ. ވަލުތެރެއިން އަޅާފަ ކުޑައިރުކޮޅަކު ދަތުރުކޮށް އާދެވުނީ ދިގު ޓަވަރަކަށްށެވެ. އެ ޓަވަރު ވަށައިގެންވަނީ އެކި ވައްތަރުގެ ވެޔޮގަސްތައް ލާފަޔެވެ. އެ ޓަވަރަށް އަރަންވީގޮތް ރެޕަންޒެލް ކިޔާދިނުމުން ޖޯޖްއަށް ނޭރޭނެކަމަށް ބުނިއެވެ. އެހެންކަމުން ޖޯޖް ކައިރީ މަޑުކުރުމަށް ބުނެ ރެޕަންޒެލް ޓަވަރަށް އެރިޔެވެ. އެއަށްފަހު ޖޯޖް ހުރިތަނަށް ގޮއްތައް ޖަހާފައިވާ ދިގު އިސްތަށިގަނޑެއް ތިރިކުރިޔެވެ. އެ އިސްތަށިގަނޑު ޖޯޖްގެ ބަނޑުގައި އަމިއްލައަށް އޮޅިގަތެވެ. އެ އިސްތަށިގަނޑުގެ ބާރުގައި ޖޯޖް ޓަވަރަށް އަރުވާފިޔެވެ. ހައިރާންވެފައި ހުރި ޖޯޖްއަށް ފެނުނީ ރެޕަންޒެލްގެ ދިގުވެގެންވާ އިސްތަށިގަނޑެވެ.
ރެޕަންޒެލް : ޖޯޖް. މި ސިއްރު ނުވާނެ އެއްވެސް މީހަކު ކައިރި ބުނެގެން
ޖޯޖް : ތިޔައީ ކޮންފަދަ ޖާދޫއެެއް ލިބިފައިވާ މީހެއް؟
ރެޕަންޒެލް : މިއީ އަހަރެންނަށް އަހަރެންގެ މަންމަ ހަދިޔާކުރި އެއްޗެއް. އަހަރެންގެ މަންމައަކީ ޖާދޫގަރެއް.
ޖޯޖް : ދެން ކީއްވެ މިތާ ތިޔައުޅެނީ؟
ރެޕަންޒެލް : އަހަރެންގެ މަންމަ އަހަރެން ސަލާމަތުން ބަހައްޓަން ދިރިއުޅެން ބުނެފައިވަނީ މިތަނުގައި. އަހަރެން މިއަދު ފޫހިވެގެން ހަމަ ހިނގާލަން ނުކުމެގެން އުޅެނިކޮށް ތީނައާ ދިމާވީ. ދެން އެންމެ ރަނގަޅު އަހަރެންނާ ރަހްމަތްތެރިވާންވީނު. ގާތް މީހަކަށް ބަލަންވީނު. ފަހަރެއްގައި ކަންތައް ދާގޮތުން ތީނަގެ އަނބިމީހަކަށްވެސް ވެދާނެ
ޖޯޖް : މަލާމާތްތައް ތިޔަ ކުރަނީ؟
ރެޕަންޒެލް : ނޫން. މަލާމާތެއްނޫން. އަހަރެންގެ މަންމަ ބުނެފައި އޮތީ ރަނގަޅު މީހެއް ވެއްޖެޔާ ކައިވެނި ކުރާށޭ. މީހާ ހުންނަ ސިފަޔަށް ނުބަލާށޭ
ޖޯޖް : ދެން ކިހިނެއްވާންވީ؟
ރެޕަންޒެލް : އަހަރެން ތީނާ ދެކިލަން ތި އަވަށަށް ދިޔަޔަސް ވަރިހަމަތަ؟
ޖޯޖް : ނޫން. ނޫން. އެއްގޮތަކަށްވެސް ދާނެކަމެއް ނެތް. އެއީ ނުބައިވެގެންވާ އަވަށެއް. މީހުން ނިކަމެއްޗަކަސް ވަރަށް ޒާތީކަން ބޮޑުވާނެ
ރެޕަންޒެލް : ތީނަ ބިރުގަންނަނީ ދޯ އަހަރެން އެހެން މީހަކާ ވާހަކަ ދައްކާހަދާ އަދި އިނދެފާނެތީ. އަދި ތީނައާ ދެކޮޅަށް އެމީހުންނާ ބައިވެ ހަންގާ ކޮށްފާނެތީ
ޖޯޖް : އާނ. މިހުރީ އަހަރެން ހުރި ގޮތް ބޮޑު ގުދެއްލާފައި. އެއް ލޯ ނެތް އަދި އިސްތަށި އެހާމަދު ބޮލުގަ
ރެޕަންޒެލް : ދުނިޔެއަށް އިންސާނުން އުފަންވާއިރު ތިބޭނީ އެކި ސިފަޔަށް އެކަމަށް ވާނެ ޝުކުރުކުރަން. އަހަރެންނަށް މައްސަލައެއްނެތް ހަފްތާއަކު އެއްފަހަރު ޒިޔާރަތްކޮށްލަނިކޮށް އެހެންވިއްޔާ. އެކަމު ޒިޔާރަތް މަދުވެއްޖެއްޔާ އަހަރެންނަށް މަޖްބޫރުވާނެ ދެކިލަންދާން
ޖޯޖް : އެންމެ ރަނގަޅު
ރެޕަންޒެލް : ކާން އުޅެންވީނު. ވަރަށް ބަނޑުހައިވެފައެއްނު ތިޔަހުރީ
ޖޯޖް : އާނ ވަރަށް ބަނޑުހައި
ދެމީހުން އެކީ ކާން ހަދާގެން ވަގުތުތައް ހޭދަކުރުމަށްފަހު ދުވާލު އިރު އެރުމާއެކު ރެޕަންޒެލްގެ އިސްތަށިގަނޑުގެ އެހީގައި ޖޯޖް ޓަވަރުން ފައިބައިގެން އަވަށަށްދިޔައެވެ. އެއަށްފަހު ކޮންމެ ހަފްތާއަކު ރެޕަންޒެލްއަށް ޒިޔާރަތްކުރަމުންދިޔައެވެ. މިހެން ކުރި ޒިޔާރަތެއްގައި ރެޕްންޒެލްގެ ކޮޓަރި ފިޔަވާ އެހެން ކޮޓަރިޔެއް ޓަވަރުގެ ތިރިން ޖޯޖްއަށް ފެނުނެވެ. އެކޮޓަރި ހުޅުވާލާން އެތެރެޔަށް ވަދެލިއިރު ފެންނަން ހުރީ ބައިވަރު ފޮތްތަކާ ފުޅި ފުޅިޔަށް އަޅާފައިވާ އެކި ކުލަ ކުލައިގެ ބުއިންތަކެވެ. ރެޕަންޒެލް އައިސް އެކޮޓަރިން ނުކުތުމަށް ޖޯޖް ގާތުގައި އެދުނެވެ. އެހިނދު ޖޯޖް މޫނު ހަދާފައި އެކޮޓަރިން ނުކުމެ ސުވާލުތައް އޮއްސާލުމުން ޖަވާބުގައި ރެޕަންޒެލް ބުނީ އެއީ މަންމަ ކޮޓަރިކަމަށްށެވެ. އެތަނަށް ވަނުން މަނާކަމަށްށެވެ. މިކަމާ ޖޯޖްގެ ހިތުގައި ނަފްރަތު އުފެދެންފެށިޔެވެ. އަދި އެ ކޮޓަރީގައިވާނީ އަގުހުރި އެއްޗެހިތަކެއްކަން އެނގެންފެށިޔެވެ. މިހިސާބުން ޖޯޖްގެ ހިތް ނުބައިވާންފެށިޔެވެ. ކުރާ ކޮންމެ ޒިޔާރަތެއްގައި އެ ކޮޓަރިޔަށް ވަންނަން މަސައްކަތްކުރަމުންދާތީ ރެޕަންޒެލް ޖޯޖްއާ ގުޅުން ކަނޑާލިޔެވެ. މިކަމާ ޖޯޖް ރުޅި އައިސްގެން މުޅި އަވަށަށް ރެޕަންޒެލްގެ ވާހަކަ ކިޔާދިނެވެ. އެއަށްފަހު އަވަށު މީހުން ގޮވައިގެން ގޮސް ރެޕަންޒެލްގެ ޓަވަރަށް ހަމަލާތައްދީ ޓަވަރަށް އެރުމަށްފަހު ރެޕަންޒެލް އަތުލައިގަނެ އަވަށު ފަހަރަކު މީހެއްގެ އަނިޔާވެރި ޝިކާރައަށް ރެޕަންޒެލްވެއްޖެއެވެ. އެންމެ ފަހަށް ޖޯޖްއަށް އާދޭސްކުރަމުން ދަނިކޮށް ރައްޔިތުން ކުރިމަތީ އަގު ނުވެއްޓޭންވެގެން ޖޯޖް އަތުގައި އޮތް ހަންޖަރަކުން ރެޕަންޒެލް ކަރަށްށާ ބަނޑަށް ހަމަލާދީ ގަތުލްކޮށްލާފިޔެވެ. އަދި މުޅިތަން އެއްކޮށް ޖޯޖްއާ އޭނާގެ އަވަށު މީހުން ލޫޓުވާލުމަށްފަހު މަރުވެފައިވާ ރެޕްޒެލްގެ ހަށިގަނޑު އަވަށަށް ގެންގޮސް ހެ ހަށިގަނޑަށް އިހާނެތިކޮށް އެތައް ގޯނާއެއްކުރިޔެވެ. އެޔަށްފަހު ވެހިފައިވާ ސްނޯގަނޑުތެރެޔަށް އެ ހަށިގަނޑު އެއްލާލާފައި ބޭއްވިޔެވެ.
ޖެހިގެން އައި ދުވަހު ހެނދުނު މަސްތުގެ ހާލުގައި ހުރި ޖޯޖް ނުކުމެ އަވަށު ދޮރުމަތީ ލަވަކިޔަން ހުއްޓާ ފެނިގެން ދިޔައީ މީހަކު އަވަށާ ދިމާލަށް އަންނަތަނެވެ. އެމީހަކު ހުރީ ކަޅު ބޮޑު ތޮތްޕެއް އަޅާފަޔެވެ. ލައިގެން ހުރީ ކަޅު ދިގު ހެދުމެކެވެ. އަތުގައި ވަރުގަދަ ފަލަ އަސާގަނޑެއް އޮތެވެ. އެ އަސާގަނޑުގެ ކޮޅުގައި ރަތް ޖަވާހިރެއްއިނެވެ. އެމީހަކު އައިސް އަވަށު ދޮރާ ފަސްފޫޓު ދުރަށް ހުއްޓި އިސްޖަހާލަން ހުއްޓެވެ.
ޖޯޖް : ކަލޭ ތިޔައީ ކާކު
އެސްޓެލާ : އަހަރެންގެ ދަރިފުޅު ކޮބާ؟
ޖޯޖް : ދަރިފުޅު؟ ކޮން ދަރިފުޅެއް؟
އެސްޓެލާ : ރެޕަންޒެލް.
ޖޯޖް : (ހިނިގަނޑެއް ޖަހާލާފަ) ތިޔައީ އޭނާގެ ކާކު؟
އެސްޓެލާ : އަހަރެންނަކީ އޭނާގެ މަންމަ އެސްޓެލާ
ޖޯޖް : މަންމަ؟ އޯ މަންމަ ދޯ. ދަރިފުޅު އޮތްތަން ބުނާނަން ކަލޭގެ އަސާގަ އިން ޖަވާހިރު މަށަށް ދިނީމަ
އެސްޓެލާ : (ބާރަކަށް އޭނާގެ އަސާ ބިންމަތީ ޖަހާފަ ބިރުވެރި އަޑަކުން) މިހިރަ ނިކަމެތި އިންސާނާ ކޮބާ މަގޭ ދަރިފުޅު؟
ޖޯޖް : (ބިރުން ހިތް ތުރުތުރު އަޅާ ހާލު) އޭނާ…… އޭނާ މަރުވެއްޖެ
އެސްޓެލާ : މަރުވީ؟ މަރުވީތަ ނޫނީ މަރާލީތަ ތެދަށް ބުނޭ.
ޖޯޖް ބިރުން އަވަށު އެތެރެޔަށް ހަޅޭއްލަވަމުން ދުއްވައިގަތެވެ. އެހިނދު އެސްޓެލާ އިސް އުފުލާލިޔެވެ. އަވަށުގައި ހުރި މީހަކަށް އޭނާގެ ސިފަ ފެނިފައި ބިރުން ތުރުތުރު އަޅަންފެށިޔެވެ. އެސްޓެލާގެ ހަން ހުރީ ފެހިކުލައިގައެވެ. ދެލޯ ހުރީ ރަތްވެފައެވެ. އޭނާގެ އަސާ ދިއްކޮށްގެން އަވަށަށް ވަދެގަތެވެ. ފެންނަ ކޮންމެ މީހެއްގެ ގަޔަށް އަލިފާން ބޯޅައެއްް ޖަހާ ވިރުވާލިޔެވެ. އެކި މީހުން އެކި ދިމަ ދިމާލަށް ދުވަނީޔެވެ. ގެޔަކަށް ވަތް މީހެއް ވެއްޖެއްޔާ ނުކުންނަނީ މުޅި ގައިގާ ހުޅު ހިފައިގެންނެވެ. ވަކި ހިސާބަކަށް ހުއްޓިފައި އެސްޓެލާގެ އެއް އަތްތިލަ ބިމުގައި ޖައްސާލިޔެވެ. އެހިނދު ބިންފަޅާފައި އެކި ދިމަ ދިމާލުން އިންސާނުންގެ ކަށިގަނޑުތައް އަރާ އެކި މީހުންނަށް ހަމާލާތައްދޭންފެށިޔެވެ. އޭގެ އިތުރަށް އެސްޓެލާގެ އަސާ ބިމުގާ ތިން ފަހަރު ޖަހާ މިނިކާ ޖަނާވާރުތައް އަވަށަށް ގެނެސް މީހުންތަކަށް ހަމަލާދޭންފެށިޔެވެ. ޖޯޖް ފިޔަވާ އަވަށު އެންމެހެން މަރާ ހުސްކޮށްފިޔެވެ. އެޔަށްފަހު ޖޯޖް ވަށާލިޔެވެ. އެސްޓެލާ އައިސް ޖޯޖް ކުރިމައްޗަށް ހުއްޓުނެވެ.
އެސްޓެލާ : ކޮބާ މަގޭ ދަރިފުޅު؟ އަހަރެންނަށް އެނގޭ ކަލެޔާކަން އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނީ. އަހަރެން ގާތު ބުނެފައި އޮތީ ކަލޭގެ އުޅުން ފަހުން ބަދަލްވި ވާހަކަވެސް ތެދަށް ބުނޭ. ކަލެޔަށް ސަލާމަތެއް ނެތް މިއަދު
ޖޯޖް : އަހަރެންނަށް މައާފްކުރޭ…. އަހަރެންގެ ބޮޑަކަމުގެ ސަބަބުން އަހަރެން އަތުން ކަލޭގެ ދަރިފުޅު މަރުވީ
އެސްޓެލާ : މަރުވީތަ ނޫނީ މަރާލީތަ ކަލޭ ހަމަ ގަސްދުގަ؟
ޖޯޖް : މުދަލުގެ ދަހިވެތިކަމުގަ މަރާލީ
އެސްޓެލާ : ހަށިގަނޑު ކޮބާ؟ މަގޭ ދަރީގެ ހަށިގަނޑު ކޮބާހޭ؟
ޖޯޖް : އަވަށުގެ ދެކުނުގަ ސްނޯގަނޑު ތެރޭގަ
އެސްޓެލާ : (ލޮލުން ކަރުނަ ބާލާ ހާލު) މަރާލުމަށްފަހުވެސް މަގޭ ދަރިފުޅު ހަށިގަނޑަށް އެހާ އިހާނެތިކޮށްތަ ކަލޭމެން ކަންތައް ކުރީ؟ ކަލޭމެން ތިޔައީ ޖަނަވާރުނަށްވުރެވެސް ނުބައި ބަޔެއް
އެސްޓެލާގެ އަމުރަށް ޖަނަވާރެއް ގޮސް ރެޕަންޒެލްގެ ހަށިގަނޑު ހިފައިގެން އައެވެ. ދަރިފުޅު އޮތް ހާލު ފެނިފައި އެސްޓެލާއަށް ރޮވެންފެށިޔެވެ. ރީތި އިސްތަށިގަނޑުވެސްވަނީ އެއްކޮށް ހަލާކޮށްލާފަޔެވެ. ހަށިގަނޑުގެ އެތަން މިތަނުގަ ޒަހަމްތަކެވެ. އެކި ދިމަ ދިމާލަށް ހުރީ ހަތިޔާރުތަކުން ހަމަލާދީފައެވެ. އެންމެ ފަހަށް ދެލޯ ފުހެލާފައި ޖޯޖްއާ ދިމާލަށް ބަލާލިޔެވެ. ދިޔަގޮތަށް ޖޯޖްގެ ކަރުގައި ހިފިގޮތަށް ނޭވާ ހާސްކޮށްލަމުން އަނގަހުޅުވާފައި ފުޅިޔެއް ނަގާ ޖޯޖްގެ އަނގައިތެރެޔަށް އޮއްސާލިޔެވެ. އަދި އެޔަށްފަހު ޖޯޖްއަށް އަވަށުން ނުކުތުމަށް އަމުރުކުރިޔެވެ. ޖޯޖް ނިކުތުމުން އެސްޓެލާ އޭނާގެ ދަރިފުޅުގެ ހަށިގަނޑުވެސް އަވަށުން ނެރުނެވެ. އެޔަށްފަހު މަޑު މަޑުން މައްޗަށް އެރިޔެވެ. ފުދޭވަރަކަށް މައްޗަށް އަރާފައި އޭނާގެ އަސާ މައްޗަށް ދިއްކޮލުމާއެކު އޭގައި ކުޑަ އަލިގަދަ ބޯޅައެއް އުފެދި ބޮޑުވާންފެށިޔެވެ. މި ބޯޅަ އޭގެ ފުރިހަމަ މިނަށް ބޮޑުވުމާއެކު އަވަށަށް އެ ބޯޅަ އެސްޓެލާ ބާރަކަށް ހޫރުވާލިޔެވެ. އެހިނދު މުޅި އަވަށް ބޮޑު ގޮވުމަކާއެކު ގޮވާފިޔެވެ. ވަރުގަދަ އަލިފާންގަނޑަކާއެކު މުޅި އަވަށް އަނދާ ހުލިކޮށްލާފިޔެވެ. މިހާރު އެތަނުގައި އޮތީ ބޮޑު ވަޅުގަނޑެއް އެކަންޏެވެ. ގެޔެއް އަދި އިންސާނެއްގެ ހިލަމެއްވެސް ނެތެވެ. އެސްޓެލާ ބިމަށް ފޭބުމަށްފަހު ހައްޔަރުކޮށްފައިވާ ޖޯޖް ގޮވައިގެން ވައްޓާލެވިފައިވާ ރެޕަންޒެލްގެ ޓަވަރު ކައިރިޔަށްދިޔައެވެ. އެއަށްފަހު ބިޔަ ބޮޑު ގަހެއް ހޯދުމަށްފަހު އެ ގަހަށް ޖާދޫއެއް ހެދިޔެވެ. ކުއްލިޔަކަށް އެ ގަސް ރުޅިވެރިކަމާއެކު ޖޯޖް ދަމައިގަނެ އޭގެ ވެޔޮތަކުން ޖޯޖް އައްސާލާފިޔެވެ. ދެން ފެނިގެން ދިޔައީ ޖޯޖްގެ އެއްފަޅި އެ ގަހުގެ ބަޔަކަށް ވެގެންދިޔަތަނެވެ. އަނެއްފަޅި ހަމަ ހުރިގޮތަށް ހުރީޔެވެ.
އިރުއޮއްސުމާއެކު އެކި ދިމަ ދިމާލުން އެސްޓެލާގޮތަށް ހެދުން އަޅައިގެން ތިބި އެތައް ބަޔަކު އަންނަންފެށިޔެވެ. އެމީހުން އެ އައީ ރެޕަންޒެލްގެ ޖަނާޒާއަށްށެވެ. ޖަނާޒާ ކަންތައް ނިންމާލުމަށްފަހު ފަހަރަކު މީހަކު ގޮސް ޖޯޖްއާ ދިމާލަށް ރުޅިވެރިކޮށް ބަލާލައެވެ. އެއަށްފަހު އެމީހުންނަށް ދެވުނު އަނިޔާއެއް ޖޯޖްއަށްދެމުންދިޔައެވެ. އެއްބަޔަކު އަތުގައިވާ ވިހަގަދަ ހަރުފަތަކުން ޖޯޖް ގަޔަށް ވިހަ ލައްވައެވެ. އަނެއް ބަޔެއްގެ އަތުގައިވާ ހަތިޔާރުތަކުން ހަމަލާދެެވެ. މިގޮތަށް އެތައް އަހަރަކު ޖޯޖްއަށް އަނިޔާތައް ދިނުމަށްފަހު އެސްޓެލާ ހިތްފުރުމުން ގަހުން ޖޯޖް ނެރެ އޭނާ އާދޭސްކުރާ ހާލު އިންދާ ގަޔާ ދިމާލަށް އަތްދިއްކޮށްލުމާއެކު މީހާ ތެޅެންފެށިޔެވެ. ދެން ފެނިގެން ދިޔައީ އޭނާގެ ދެލޯ ބޮޑުވެ ފަޅައިގެން ދިޔަތަނެވެ. ގޮހޮރާ އެއްޗެހި އަނގައިތެރެއިން ނުކުމެގަނެފިޔެވެ. ބޯ ދެފަޅިޔަށް ފަޅާންގޮސް ހުޅުވިއްޖެއެވެ. ދެ އަތާ ދެފައި އަޑުތައް ކިޔާ ބިނދިއްޖެއެވެ. އެންމެ ފަހަށް ޖޯޖްގެ ހަށިގަނޑު ބިންމައްޗަށް ވެއްޓުމާއެކު ޖަނަވާރުތައް އައިސް އޭނާ ކައި ހުސްކޮށްފިޔެވެ. ޖޯޖް މަރާލެވުމުންވެސް އަސްޓާގެ ހިތަށް ހިތްހަމަޖެހުމެއް ނުލިބުނެވެ. އެފަދަ އަނިޔާވެރިން ހޯދާ އެމީހުންނަށް އަދަބުދޭން އޭނާ ނިންމިޔެވެ.
– ނިމުނީ –


