ފަނަރަވަރަކަށް މިނެޓްފަހުން ބެލްޖެހިއަޑަށް، ބޭރުގައި އިން ރުހާ އެތެރެއަށް ވަނެވެ. މިކްޔާން ފާޚާނާގައިވުމުން، ރުހާގޮސް ދޮރުހުޅުވާލިއެވެ. ދޮރުމަތީގައި ހުރި ގެސްޓުހައުސްގެ ލޯގޯޖަހާފައިވާ ޔުނީފޯމް އަޅައިގެންހުރި އަންހެންކުއްޖާ، ރުހާ ފެނުމުން ހިނިތުންވެލިއެވެ. އަތުގައި ހުރި ކާއެއްޗެހި އަޅާފައިވާ ތަބަށް ފެނުމުން ރުހާ ބޮޑަށް ދޮރުހުޅުވާލައިދިނެވެ. އެކުއްޖާ އެތެރެއަށް ވަދެގެންގޮސް ބޭރުގައި ހުރި މޭޒުމަތީ ތަށިތައް އަތުރާލުމަށްފަހު، އެނބުރި ކޮޓަރިއަށް ވަންނަން އައިވަގުތުވީ، ފާހާނާއިން ނުކުތް މިކްޔާން، ބޭރަށް ނުކުންނަން އައިވަގުތަށެވެ. ދެމީހުންނަށް އެކަކު އަނެކަކު ފެނިފައި، ހުއްޓުން އަރާފައި […]
ދުވަހަކީ އުޑުމަތީ ސާފު އަވިގަދަ ދުވަހެއްނަމެވެސް ކޮންމެވެސް ވަރަކަށް ވައިގަދައެވެ. ރުހާއާއި މިކްޔާން ދަތުރުކުރަމުންދިޔަ ލޯންޗް މިސްރާބުޖަހާފައިވަނީ، އެމީހުންގެ މަންޒިލާ ދިމާއަށެވެ. ކިތަންމެ ބޭނުން ނުވިކަމުގައިވިޔަސް, ރުހާ ގޮވައިގެން މިކްޔާން އެދަތުރަށްފެށީ ބައްޕަމެންގެ އެދުމަށެވެ. ބާރު ދުވެލީގައި ދުއްވަމުން ދިޔަ ލޯންޗު މާކަނޑަށް ނުކުތުމާއިއެކު ރާޅާ ޖަހަން ފެށިއެވެ. ލޯންޗު ނަގާ ޖަހަން ފެށުމުން އިޚްތިޔާރަކާނުލާ، ރުހާއަށް ހިފަހައްޓާލެވުނީ ގާތުގައި އިން މިކްޔާންގެ އަތުގައެވެ. ރުހާގެ ބީހުމުން ކިތަންމެ އުނދަގޫވީނަމަވެސް މިކްޔާން ކެތްކޮށްލައިގެން އިނީ އިންސާނިއްޔަތަށްޓަކައެވެ. ރުހާ […]
ނިދީގެ އަސަރު އެކުލެވިފައިވާ މިކްޔާންގެ ދެލޮލަށް، ފަނޑު އަލީގެ ތެރެއިން އޭނާގެ ގައިމައްޗަށް ވާކަހަލަ ގޮތަކަށް ގުދުވެގެން އޮތް ރުހާ ފެނުމުން، ވަގުތުން ދެލޮލުގެ ނިދި ފިލާ ދިޔަކަހަލައެވެ. އަވަސް ޙަރަކާތަކާއިއެކު، ނުވިސްނާ އޮތް ރުހާ ކޮށްޕާލަމުން ތެދުވެ އިށީންއިރު އެ ދެލޮލުގައިވަނީ ރުޅިވެރިކަމެވެ. މިކްޔާން ކޮށްޕާލުމުން ރުހާ ވެއްޓުނީ އެނދުކައިރި ތިރިއަށެވެ. ވެއްޓުނު ވަގުތު ތަށިމުށިތައްމަތީ ފޫކޮޅާއި އަތް ޖެހުނުގޮތަކުން ތަދު އިޙްސާސްވުމުން “އައްދިއްޔޯއި” އޭ ވެސް ބުނެލެވުނެވެ. ނުވިސްނާ ހުއްޓާ މިކްޔާން މިކުރިކަމަކުން ރުހާ […]
ލޯގަނޑުން މިކްޔާން ކޮބާތޯ ބަލާލިއިރު، ކޮޓަރީގެ ދޮރު ތަޅުލުމަށްފަހު، މިކްޔާން އެދިމާއަށް އައުމަށް ހިނގައިގަންނަނީއެވެ. ހިތްއަވަސްވީވަރުން، ރުހާއަށް އަނެއް ފަރާތަށް އެނބުރިލެވުނެވެ. މިކްޔާންގެ ތޫނު ނަޒަރު، ސީދާ ރުހާއަށް އަމާޒުވެފައިވާވުމުން އޭނާގެ ގައިން ހީބިހި ނަގާ، ދާހިއްލަންފެށީ ހާސްވީވަރުންނެވެ. ފަހަތުން މޭޒުގައި ދެއަތްއަޅުވާލެވުނީ ދެން ހަދަންވީގޮތެއް ހިތަށް ނައުމުންނެވެ. މިކްޔާން އައިސް މަޑުކޮށްލީ ސީދާ ރުހާގެ ކުރިމަތީގައެވެ. މިކްޔާންގެ ހޫނު ނޭވާގެ އިޙްސާސްވާހާ ގާތުގައި މިކްޔާން ހުރުމުން ރުހާއަށް އުނދަގޫތަކެއްވާން ފެށިއެވެ. ނޭވާ ހާސްވެ މީހާގެ ގައިގައި […]
މަޑު ނޫކުލައިގެ އަތްދިގު ގަމީހަކާއި ކަޅުފަޓުލޫނުގައި ހުރި ޒުވާނާގެ އިސްކޮޅުގައި ގާތްގަނޑަކަށް ހަފޫޓުވަރު ހުންނާނެއެވެ. ބާމަތި ފުޅާ ފަތި ހަށިގަނޑެއްގެ ވެރިއެކެވެ. ކުޑަ ސިގު ބަނޑުކޮޅެއް ނުކުމެފައިވުމުން ބޮޑަށް ބުރަވެވެނީ ކަސްރަތާ ދުރުގައި އުޅޭ ޒުވާނަކާއެވެ. މާ ދޮން ނޫނަސް ހަމުގެ ކުލައައްޔެވެ. ބޮލުގެ އިސްތަށިގަނޑުވަނީ ކުރުކޮށް އެއްވަރަށް ކޮށާފައެވެ. ކަޅުކަންގަދަ ދެލޮލުގައި ހިތްދަމައިގަންނަފަދަގޮތެއް ވެއެވެ. ކަންހުޅިއާއި ގުޅުވައިގެން ފަޅާފައިވާ ތުނބުޅި މަތިމަހުން ފިރިހެންވަންތަކަން އިތުރުކޮށްދެއެވެ. ކުރުކޮށް ބުނާނަމަ ހަރުދަނާ ޝަޚުސިއްޔަތެއްގެވެރި ޒުވާނެއްކަމަށް ދައްކައެވެ. “ކިހިނެއްވީ ދަރިފުޅާ….” […]
“އަދިވެސް ދަބަހަށް އެއްޗެހި އަޅާ ނުނިމޭތަ…..؟” ކޮޓަރިއަށް ވަދެގެން އައި ލައިނީ މުޚާތަބުކުރީ، ހެދުން އަޅާ އަލަމާރި ކައިރީގައި ހުރި ރިދާއަށެވެ. ތަރުތީބުކަމާއިއެކު ކޮނޑުގައި އަޅުވާފައިހުރި ހެދުންތައް ހާވަން ހުރި ރިދާ، ލައިނީއަށް ބަލާލަމުން ހިނިތުންވެލިއެވެ. “މި އުޅެނީ އެރަށަށް ދާއިރު ގެންދާނީ ކޮން ހެދުންތަކެއްކަން ކަނޑަނޭޅިގެން……” ކަނޑުނޫކުލައިގެ ހެދުމެއް ނަގާ ގައިގައި ޖައްސާލުމަށްފަހު، އެ ހިފައިގެން ލައިނީގެ ގާތަށް ދަމުން ރިދާ ޖަވާބު ދިނެވެ. އަދި އެނދުމަތީގައި ބަހައްޓާފައިހުރި ހެދުން އަޅާފައިވާ ދަބަސް އެއްފަރާތްކޮށްލުމަށްފަހު، ލައިނީ […]
އެކުވެރީންތައް އެހެން ދިމާއަކަށް ދިއުމުން، ލިބުނު ރަނުގެ ފުރުސަތުގައި އަޔާނީގެ އަތުގައި ހިފައިގެން އަފްލާކް ދެމިގަތީ އެންމެ ކައިރީގައި ހުރި ކޮޓަރިއަށްށެވެ. ________________________________________________ ކޮޓަރީގެ ދޮރު ލެއްޕުމަށްފަހު، އަފްލާކް ހޮޅިބުރި ދިއްލާލިއެވެ. އަޔާނީ ހުރީ އަފްލާކާއި ފާރައި ދެމެދުއެވެ. އޭނާގެ ނަޒަރު ސީދާވެފައިވަނީ އަފްލާކަށެވެ. އަފްލާކް އަޔާނީއަށް ބަލައިލުމަށްފަހު އޭނާގެ ގައިގައި ބައްދާލިއެވެ. އޭނާ މިވަގުތަށް އިންތިޒާރުކުރާތާ ހާދަ ދުވަހެއްވެއްޖެއެވެ. އެތައް ހިތާމައަކާއި ހިތްދަތިކަމަކާ ކުރިމަތިލުމަށްފަހު، މާތްﷲގެ އިރާދަފުޅާއިއެކު އޭނާ އެންމެ ލޯބިވާ އަޔާނީ، އޭނާގެ […]
ރޭގަނޑުގެ ވަގުތެވެ. ބޭނުން ނުވިކަމުގައިވިޔަސް ބައްޕައަށްޓަކައި އަޔާނީ ތައްޔާރުވިއެވެ. ބޮޑުކޮޓަރީގައި ހުރި ސޯފާގައި އޭނާ އިނީ އިސްޖަހާލައިގެންނެވެ. އޭނާގެ ހިތް ރޮމުންދާ އަޑު ދެ ފަރާތުގައި ތިބި މަންމައާއި ބައްޕައަށް އިވޭނެނަމައޭ އަޔާނީގެ ހިތަށް އެރިއެވެ. ހުސްނާ އިނީ އަމްހާގެ ގާތުގައެވެ އެމީހުން އިށީނދެގެން ތިބި ސޯފާގެ ފަހަތުގައި އަޔާނީގެ އެކުވެރިންގެ މަޑުކޮށްލައިގެން ތިއްބެވެ. އިޔާޒާއި ލުމާންގެ ތިބީ އަނެއް ސޯފާގައެވެ. އިޔާޒްގެ މޫނުމަތީގައިވެސްވަނީ ނުތަނަވަސްކަމެވެ. ގަޑިން ބަރާބަރު އަށްގަޑި ބައިވުމާއިއެކު ގޭގެ ދޮރުހުޅުވުނު އަޑު އިވުނެވެ. […]
ގޭތެރެއިން ޝިއުރީ ފެންނަން ނެތުމުން ޖަޒްލާންގެ ދެ ލޯ ބޮޑުވެގެން ދިޔައެވެ. ނިތައް ކުދި ރޫތަކެއް އަރައިގެން ދިޔައީ އޭނާގެ ފޯނު ޝިއުރީގެ އަތަށް ދެވުނު ހަނދާންވުމުންނެވެ. ހާސްވެފައި ހުރެ ޝިއުރީ ހޯދަމުން އޭނާ މަގުމައްޗަށް ނުކުތެވެ. އޭރު ދުވެފައި ދިޔަ ޝިއުރީ އެ މަގުގެ ކޮޅުން ލަނބާލަނީއެވެ. އޭނާއަށް ވާނުވާ ރޭކާލީ މާ ފަހުންނެވެ. އެއީ ޝިއުރީ ގަސްދުގައި ކުރިކަމެއްކަން އެނގުމުން، އައި ރުޅިން އޭނާވެސް ޝިއުރީގެ ފަހަތުން ދުއްވައިގަތެވެ. ___________________________________ ފޯނު ކަންފަތުގައި […]