“ރުހާ…… ކޮންމެ ވަގުތެއްގައިވެސް ނައިޒަކް އެ ވާހަކަ ދައްކަފާނެ… އަވަހަށް ދޭ މިކްޔާނަށް އެ ވާހަކަ ކިޔައިދޭން….” ޚިޔާލްތަކަށް ގެއްލިފައިހުރި ރުހާ ސިހިގެން ދިޔައީ ލައިނީ ގޮވާލުމަށްފަހު، ވާހަކަ ދެއްކުމުންނެވެ. “މިހާރު….؟؟؟ މި ގަޑީގަ….؟؟؟” ރުހާއަށް އަހާލެވުނެވެ. ލައިނީއާއި ރަޔާން އެކުއެކީގައިހެން ބޯ ޖަހާލުމުން ރުހާއަށް ބަލާލެވުނީ އެ މީހުންގެ މައިންބަފައިންނާއި ދިމާއަށެވެ. ލީނާއާއި ޖާވިދުވެސް ޚިޔާލްދިނީ އެންމެ ވަގުތުކޮޅެއްވެސް ލަސްނުކޮށް މިކްޔާނަށް ޙަޤީގަތް ކިޔައިދިނުމަށެވެ. އުނދަގޫ ގޮތަކަށް ހިން ދިރުވާލަމުން ރުހާއަށް ބަލާލެވުނީ ތަންކޮޅެއް ދުރުގައި […]
ރުހާ، ފިހާރައަކަށް ދާން ބޭނުންވާ ކަމުގައި ބުނެފައިވުމުން، އެހެން މީހުންނާއި ވަކިވެގެން އެ ދެމީހުން ފިހާރައަށް ދިއުމަށް ހިނގައިގަތީ، ހިނގައިދިޔަ ކަންތަކުގެ ވާހަކަ ދައްކަމުން ހެވިފައި ތިބެއެވެ. ފިހާރަ ހުންނަ ގޯޅިއަށް ލަނބާލި ވަގުތު، ކުއްލިއަކަށް ރުހާގެ ފިޔަވަޅުތަކަށް ހުއްޓުން އައުމުން، މިކްޔާންވެސް މަޑުޖެހިލިއެވެ. ރުހާގެ މޫނަށް ބަލާލިވަގުތު، އޭނާގެ ނަޒަރު ސީދާވެފައިވާ ދިމާއަށް ބަލާލެވުނީ، އެ މޫނުމަތީގައިވީ އަސަރުތަކެއްގެ ސަބަބުންނެވެ. އެއްފަހަރު ފިހާރައިން ނުކުތް މީހާއަށް އަދި އަނެއް ފަހަރު ރުހާއަށް ބަލާލި މިކްޔާންގެ ހިތުގައި […]
ނިމާލްގެ ޢާއިލާގެ މެމްބަރުން ތައްޔާރުވަމުން ދިޔައީ މިލާންމެންގެ ކައިވެންޏަށް ރިދާމެންގެ ރަށަށް ދިއުމަށްޓަކައެވެ. އެންމެ ފޯރީގައި ތައްޔާރުވަމުން ދިޔައީ ރުހާއާއި މަލަކްއެވެ. ދެމީހުންވެގެން އެރަށަށް ގޮސް ކުރާނެ ކަންތައްތަކުގެ ޕްލޭންތައްވެސްވަނީ ރާވާ ނިމިފައެވެ. ********** ނިމާލްގެ އާއިލާއަށް މަރުހަބާ ކިއުމަށްޓަކައި ޖާވިދުގެ ޢާއިލާ އެންމެން ބަނދަރަށް ގޮސް ތިއްބެވެ. ދުވަސްތަކަކަށްފަހު ލޯބިވާ މަންމަ ފެނުމުން ދުވެލާފައިކަހަލަ ގޮތަކަށް ގޮސް ރުހާ ލީނާގެ ގައިގައި ބައްދާލިއެވެ. އެއަށްފަހު ޢާއިލާގެ އެހެން މެމްބަރުންނާއި ބައްދަލްކޮށް ސަލާމްކުރަންފެށިއެވެ. ލައިނީ ފެނުމުން […]
މިކްޔާން މި ކޮށްލި ކަމަކުން ލޯމަރާލައިގެން ހުރި ރުހާ ކުއްލިއަކަށް ދެލޯ ހުޅުވާ ބޮޑުކޮށްލިއެވެ. މިކްޔާންގެ މޭގައި އަތްއަޅާ ދުރަށް ކޮށްޕާލިއިރު، އޭނާ ތުރުތުރުލަމުން ދިޔައެވެ. ކުއްލިއަކަށް ރުހާ އެގޮތަށް ކަންތައް ކުރުމުން ނުވިސްނާ ހުރި މިކްޔާން ނުވެއްޓުނީ ކިރިޔާއެވެ. ހަށިގަނޑު ބެލެންސްކޮށްލަމުން ރުހާއަށް ބަލާލިއިރު، އޭނާ ހުރިގޮތް ފެނިފައި މިކްޔާން ހައިރާންވިއެވެ. ދެލޯ ބޮޑުކޮށްލައިގެން ހުރި ރުހާ ތުރުތުރުލަމުން ދިޔައިރު، އެމޫނުމަތިން ފާޅުވަނީ ބިރުގެންފައިވާކަމުގެ އަސަރުތަކެވެ. އެ ބޮޑު ދެ ލޮލަށް ކަރުނަތައް ޖަމާވެފައިވިއެވެ. މޭމަތީ […]
“ބައްޕާ ކޮންވާހަކައެއް ދައްކަންތަ ތިއުޅެނީ….؟؟” ޖާވިދު ދައްކަން އެ އުޅޭ ވާހަކައެއް އެނގެން ބޭނުންވެފައި އިންވަރުން ރަޔާނަށް އަހާލެވުނެވެ. ރިދާއާއި ލައިނީއަށްވެސް އިނދެވުނީ އެވާހަކައެއް އެނގެން ބޭނުންވެފައި އިންވަރުން ސަމާލުވެލައިގެންނެވެ. ޖާވިދު ލީނާއަށް ބަލާލަމުން ވާހަކަދައްކަން ފެށިއެވެ. “މިއަދު ހެނދުނު ނިމާލްގެ ދެމެފިރިން ގުޅި….” ވާހަކަ ކުރިއަށް ގެންދިއުމުގެ ކުރިން ޖާވިދު ވަކިވަކިން އެންމެންގެ މޫނަށް ބަލާލިއެވެ. “އެމީހުން ބޭނުންވަނީ ރިދާ އާއި މިލާންގެ ކައިވެނިކުރުވަން…. އެކަމަކު ރިދާ ޤަބޫލިއްޔާ……” ރިދާއަށް ބަލާލަމުން ޖާވިދުގެ ފަހު ޖުމްލަ […]
“ދަރިފުޅަށް ރިދާ ކަމުދޭތަ…..؟؟؟؟” މާ ދުރުދުރުން ވާހަކަ ދައްކަން ނުހަދާ މިލްނާ ސީދާ މައުޟޫއަށް ދިޔައެވެ. ޚިޔާލެއް ފިކުރެއްނެތި އަތުގައި އޮތް އަނބު މައްޗަށް އެއްލާފައި ހިފަން އުޅުނު މިލާނަށް މިލްނާގެ ސުވާލުން ސިހުންވީވަރުން ފާޑަކަށް ހުއްޓުންއަރާފައި މިލްނާއަށް ބަލާލެވުނެވެ. ބޮލުގައި ފިރުމާލެވުނީ މައްޗަށް އެއްލި އަނބުއައިސް ބޮލުގައި ޖެހުމުންނެވެ. “ދަރިފުޅާ….” އެއްވެސް އެއްޗެކޭ ނުބުނެ ޝޮކެއް ލިބިފައިވާ މީހެއް ފަދައިން މިލާން ބޮލުގައި ފިރުމާލަ ފިރުމާލާ އިނުމުން މިލްނާ ގޮވާލީ މިލާންގެ އަތުގައި ހިފައި ތަޅުވާލަމުންނެވެ. […]
ޚިޔާލްތަކަށް ގެއްލިފައި އިން ރުހާ ސިހިގެން ދިޔައީ މީހަކު ކަރުކެހިލުމުންނެވެ. ސިހިފައި ބަލާލިއިރު، މޭމަތީ ދެއަތް ހުރަސްކޮށްލައިގެން މިކްޔާން ހުރީ އޭނާއަށް ބަލާށެވެ. ރުހާ ބަލާލުމުން، ދެބުމަ ހިއްލާލާފައި ކިހިނެއްވެފައިހޭ އަހާލިއެވެ. ދެފަރާތަށް ބޯހޫރާލި ނަމަވެސް، ރުހާ ހައިރާންވީ މިކްޔާން އިސްވެ އައިސް އޭނާއާއި ވާހަކަދެއްކުމުންނެވެ. އެއަށްވުރެވެސް ބޮޑަށް ހައިރާންވީ އޭނާގެ ގާތުގައި އިށީނުމުންނެވެ. އެމޫނުގައިވި އުޖާލާކަމާއި އުފާވެރިކަންވެސް ރުހާއަށް ސިއްރެއް ނުވިއެވެ. ހިތުގައި އެތައް ސުވާލެއް އުފެދީފައިވީނަމަވެސް، ރުހާގެ ދުލާއި ހަމައަށް އެއްވެސް ލަފްޒެއް ނައެވެ. […]
“އަހަރެން ވަރަށް ބޮޑު ވާހަކައެއް ބުނަންވެފައި އެބައޮތް….؟؟؟؟” ރަޔާންގެ މޫނަށް ބަލާލަމުން، ސީރިއަސްވެފައި އިނދެ ލައިނީ ބުނެލިއެވެ. ރަޔާން، ލައިނީގެ ބޮލުގައި ފިރުމާލަމުން ކޮން ވާހަކައެއްހޭ އަހާލީ އޯގާތެރިކަމާއިއެކީގައެވެ. “އަހަރެން ބަނޑުބޮޑު…..” ހިނދުކޮޅެއްގެ ހިމޭންކަމަށްފަހު ތެޅިތެޅި އޮތް ހިތަކާއިއެކު ލައިނީ ބުނެލިއެވެ. އޭނާ އިނީ ރަޔާންގެ ޙަރަކާތްތަކަށް ފަރުވާވެ ބަލާށެވެ. ލައިނީގެ ދުލުން ނުކުތް ޖުމްލަ އިވިފައި ރަޔާނަށް އިނދެވުނީ ހުއްޓުން އަރާފައެވެ. ލައިނީގެ މޫނަށް ބަލަމުން ދިޔައިރު އެމޫނުމަތީގައިވާ އަސަރުތައް ދެނެގަންނާކަށް ލައިނީއަކަށް ނޭނގުނެވެ. ރަޔާން […]
“ރުހާ ދޭ ކޮޓަރިއަށް….. އަހަރެން އެބަ އަންނަން…..” ރުހާއާއި މުޚާތަބުކޮށް ވާހަކަދެއްކިނަމަވެސް، މިކްޔާންގެ ނަޒަރު ސީދާވެފައިވީ އެ އަންހެންކުއްޖާއަށެވެ. އެކުއްޖާވެސް ހުރީ މިކްޔާނަށް ބަލަހައްޓައިގެންނެވެ. ދެފަހަރު ދެމީހުންނަށް ބަލާލަމުން، އެތަނުން ދާން ހިނގައިގަތް ރުހާގެ ހިތަށް ނޭނގޭ ގޮތްތަކެއް ވާން ފެށިއެވެ. މަޑުމަޑުން ހިނގާލާފައިގޮސް، ކޮޓަރިއާއި އަރާ ހަމަވުމުން، އަނެއްކާވެސް މިކްޔާންމެނަށް ބަލާލިއެވެ. އެވަގުތު އޭނާގެ ހިތް ބާރުބާރަށް ތެޅެންފެށިހެން ހީވިއެވެ. އެހެން ނޫނީ ނުވާ ތަފާތު ގޮތްތަކެއް އެ ހިތަށް ވަމުންދިޔައެވެ. އެ އަންހެންކުއްޖާގެ ގާތުގައި […]