Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ޔާރު ނުބުނޭ ތިހެން (8)

Eemyaa Level 910 Stories100 Comments100 Login500 Comments100 Stories500 Login
September 11, 2021 7 Mins Read
9 Comments

“އަހަރެން ވަރަށް ބޮޑު ވާހަކައެއް ބުނަންވެފައި އެބައޮތް….؟؟؟؟” ރަޔާންގެ މޫނަށް ބަލާލަމުން، ސީރިއަސްވެފައި އިނދެ ލައިނީ ބުނެލިއެވެ. ރަޔާން، ލައިނީގެ ބޮލުގައި ފިރުމާލަމުން ކޮން ވާހަކައެއްހޭ އަހާލީ އޯގާތެރިކަމާއިއެކީގައެވެ.

“އަހަރެން ބަނޑުބޮޑު…..” ހިނދުކޮޅެއްގެ ހިމޭންކަމަށްފަހު ތެޅިތެޅި އޮތް ހިތަކާއިއެކު ލައިނީ ބުނެލިއެވެ. އޭނާ އިނީ ރަޔާންގެ ޙަރަކާތްތަކަށް ފަރުވާވެ ބަލާށެވެ. ލައިނީގެ ދުލުން ނުކުތް ޖުމްލަ އިވިފައި ރަޔާނަށް އިނދެވުނީ ހުއްޓުން އަރާފައެވެ. ލައިނީގެ މޫނަށް ބަލަމުން ދިޔައިރު އެމޫނުމަތީގައިވާ އަސަރުތައް ދެނެގަންނާކަށް ލައިނީއަކަށް ނޭނގުނެވެ. ރަޔާން ބުނާނެ އެއްޗެއް ނޭނގޭތީ ލައިނީގެ ހިތް ތެޅެމުންދިޔައީ އޮބިނޯންނަވަރަށެވެ. ހާސްވީވަރުން އޭސީގެ ގަދަ ފިނީގައިވެސް އޭނާގެ ތަނަވަސް ނިއްކުރިން ދާހިއްލާލިއެވެ.

އިރުކޮޅަކު ލައިނީގެ މޫނަށް ބަލަން އިން ރަޔާންގެ ތުންފަތަށް ފުޅާހިނިތުންވުމެއް ވެރިވިއިރު އެމޫނު އެކީ އުޖާލަވެގެން ދިޔައެވެ. ދެލޮލުގައި ތަފާތު ވިދުވަރެއް އެކުލެވިފައިވިއެވެ. އޭރުވެސް ލައިނީގެ ދެއަތްތިލަވީ ރަޔާންގެ ދެއަތްތެރޭގައެވެ. އެދެއަތަށް ބާރުކޮށްލަމުން “އަސްލުވެސްހޭ” އަހާލިއިރި އެއަޑުގައިވެސް ޖޯޝް އެކުލެވިފައިވިއެވެ. ރަޔާންގެ ފަރާތުން ލައިނީ ހީކުރިކަހަލަ ކުލަވަރުތަކެއް ނުފެނުމުން އޭނާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ރަޔާންގެ އުފާވެރިކަން ފެނިފައި އެއްވެސް އިޚްތިޔާރަކާ ނުލާ އޭނާގެ ތުންފަތަށްވެސް ހިނިތުންވެރިވިއެވެ. ލޯބިވެތިގޮތަކަށް ރަޔާންގެ މޫނަށް ބަލާލަމުން ބޯ ޖަހާލީ އޭނާ ދެއްކި ވާހަކައިގެ ތެދުކަން ހާމަކޮށްދިނުމަށެވެ.

“އަލްޙަމްދުލިﷲ” ލައިނީ އެކަން ޔަޤީންކޮށްދިނުމުން ގެނައި ކުއްލި ޙަރަކާތަކާއިއެކު ރަޔާން ލައިނީގެ ގައިގައި ވަރަށް ލޯބިން މަޑުމަޑުން ބައްދާލިއެވެ. ހީވީ އޭނާ ބައްދާލާ ގޮތަކުން ލައިނީއަށް އެއްވެސްކަހަލަ އަނިޔާއަށް ލިބިދާނެތީ އުޅުނުހެންނެވެ.

ރަޔާންގެ ވަރުގަދަ ދެއަތުގެ ޙިމާޔަތް ލިބުމުން ލައިނީވެސް އޭނާގެ މޭގައި ބޯއަޅާލަމުން ދެލޯމަރާލީ ހުރިހާ ޚިޔާލްތަކާއި ދުރުވެލަމުންނެވެ. އެގޮތުގައި ހިނދުކޮޅަކު ތިބުމަށްފަހު ރަޔާން މަޑުމަޑުން ލައިނީ ދުރުކޮށްލިއެވެ. އަދި އޭނާގެ ނިތަށް ބޮސްދެމުން ވާހަކަދައްކަން ފެށިއެވެ.

“ކީއްވެ އެވާހަކަ ބުނި ގަޑީގައި މާ ހާސްވެފައި އިނީ….. އެހާ އުފާވެރި ޚަބަރެއް ދޭންވާނީ ދެރަވެފައި އިނދެއެއް ނޫނެއްނު…..” އަތުގެ ނުފުށުން ލައިނީގެ ކޯތާފަތުގައި ފިރުމާލަމުން ރަޔާން އަހާލީ ގަޔާވެފައި އިނދެއެވެ. ރަޔާންގެ މި ސުވާލުން ލައިނީއަށް ބޯކަހާލެވުނެވެ. އޭނާއަށް އުޅެވުނުގޮތް ހިތަށް އައުމުން ކުޑަކޮށް ހިނިއަންނަގޮތްވިއެވެ.

“އަހަރެން ކުރީ ދުވަހަކު އެވާހަކަ ދެއްކީމަ ރަޔާން ބުނީމެއްނު އަދި ފަހުންނޭ….. އެހެން ބުނީމަ އަހަރެން ހީކުރީ ރަޔާން އެހާ ބޭނުމެއް ނުވާނެ ކަމަށް….. އެހެންވެ އެހާ ހާސްވީ……” އެކަހަލަ ވާހަކައެއް ބުނަން ޖެހުމުން ލައިނީއަށް ކުޑަކޮށް އުނދަގޫވިއެވެ. ރަޔާން ހިތަށް އަރާފާނެ އެއްޗަކުންނެވެ. އެހެންކަމުން އޭނާއަށް ވާހަކަދެއްކުނީ ސީދާ މައުޟޫއަށް ނުގޮސް ދުރުދުރުންނެވެ. ލައިނީގެ ޖަވާބު އިވިފައި ރަޔާން އެއްމިޔަކަނުން ހީލިއެވެ.

“އޭރު އެހެން ބުނީ ލައި އާއި އެކީ ތަންކޮޅެއް ގިނަވަގުތު ހޭދަކުރަން  ބޭނުންވާތީ…. އެހެން ނޫނަސް އަދި ކައިވެންޏަށްވެސް މާގިނަދުވަހެއް ނުވެއެއްނު…. އެކަމް އަހަންނަށް ހަމަ އޯކޭ އޭ…. އަސްލު އެޚަބަރު ލިބުނުފަހުން ބަޔާންކޮށްދެން ނޭނގޭކަހަލަ އުފަލެއް އިޙްސާސްވަނީ …..” އަތުން އިޝާރާތްކުރަމުން ވާހަކަދެއްކިއިރު ރަޔާންއިނީ އަސްލުވެސް ވަރަށް އުފާވެފައެވެ. ލައިނީއަށްވެސް ހިނިތުންވެލެވުނީ ރަޔާންގެ އުފާވެރިކަން ފެނިފައެވެ.

ދެން އެކަމާ ނުވިސްނުމަށް ބުނެފައި ލައިނީ ގޮވައިގެން އޭނާ ދިޔައީ ދެފަރާތުގެ ޢާއިލާއަށް އެ އުފާވެރި ޚަބަރު ދިނުމަށެވެ.

**********

ރުހާމެން ކޮޓަރިއާއި އަރާ ހަމވީވަގުތުވީ، މިލާންވެސް ރުހާމެންގެ ދަބަސްތައް ކޮޓަރިއަށްލާފައި ނުކުންނަން އައިވަގުތަށެވެ. ކުރިމަތީގައި ތިބި ތިންކުދިންނަށް ރީތި ހިނިތުންވުމެއް ހަދިޔާ ކުރުމަށްފަހު އެއްއަތް ޖީންސްގެ ޖީބަށް ޖަހާލައިގެން ހުރެ ފިރިހެންވަންތަ ހިނގުމެއްގައި މިލާން އެތަނުން ދިޔައެވެ.

ކޮޓަރިއަށް ވަން ގޮތަށް ރުހާ އަޅައިގެން ހުރި ރަނޑޫކުލައިގެ ޝޯލް ބޭލުމަށްފަހު، ކަޅުވަށްބުރުގަލެއް އަޅާލިއެވެ. އެއަށްފަހު ދަބަހުގައި ހުރި ސާމާނުތައް ނެގުމުގައި އަވަސްވެގަތެވެ. ރިދާއާއި މަލަކް އެނދުމައްޗަށް އަރާ ތިބީ ރުހާގެ ޙަރަކާތްތަކަށް ބަލާށެވެ.

“ދެން ދެމީހުންގެ ހަނީމޫން ދަތުރު ކިހިނެއްވަނީ…..؟؟؟؟ ވަރަށް މަޖާތަ…؟؟؟؟” ރުހާގެ ދަބަސްތެރެއިން ނެގި ސެންޓުފުޅިން ވަސް ބަލާލަމުން މަލަކް ސުވާލުކޮށްލިއެވެ. ރިދާވެސް ގަޔާވެލާފައި ރުހާއަށް ބަލާލީ އޭނާގެ ޖަވާބު އަޑުއަހާލާ ހިތުންނެވެ. ދަބަހުން ނެގި ހެދުންތައް ކޮޑުގައި އަޅުވަމުން ރަނގަޅޭ ބުނެފައި ރުހާ ބޯޖަހާލީ ދަތުރުމަޖާ ކަމުގައި ބުނަމުންނެވެ.

“ހާދަ ވައި ޖަވާބެއް…..” އަނގަޔަށް ގޮތެއް ހަދާލަމުން ރިދާއަށް މިހެން ބުނެވުނީ ރުހާގެ ފަރާތުން ޝައުގުވެރިކަން ނުފެނުމުގެ އިތުރުން މާ އެދެވޭ ޖަވާބެއް ނުލިބުމުންނެވެ. ރުހާގެ މަސައްކަތް ހުއްޓާލުމަށްފަހު ދެފަހަރު ދެމީހުންގެ މޫނަށް ބަލާލިއެވެ.

“ދެން ކޮންކަހަލަ ޖަވާބެއް ބޭނުންވެގެން ތި އުޅެނީ….. ވަރަށް ޕާރފެކްޓް ދަތުރެއް އެއީ…. ވަރަށް މަޖާ…. އޭގެ އިތުރަށް ދެން އަހަރެމެން ކުރި ކަންތައްތައް އެކީ ކިޔައިދެންވީތަ….؟؟؟؟؟” ލާނެއްގޮތަކަށް ހީލަމުން ރުހާ އަހާލިއެވެ. އޭނާގެ ބޭނުމަކަށްވީ އެދެމީހުންގެ ސުވާލުތައް ހުއްޓުމަކަށް ގެނައުމަށެވެ. އޭނާއަށް އެކަން ކާމިޔާބުވެސްވިއެވެ. ދެމީހުން އެއްފަހަރާކަހަލަ ގޮތަކަށް ނޫނެކޭ ބުނަމުން މޫނުގައި އަތް އެޅުމުން ރުހާއަށް އޭނާގެ ހިނިގަނޑު ކޮންޓްރޯލްއެއް ނުކުރެވުނެވެ. ރިދާމެންވެސް މޫނުން އަތް ނަގަމުން ރުހާގެ ހުނުމުގައި ބައިވެރިވިއެވެ.

“އަލްޙަމްދުލިﷲ”  އެއްވެސް މީހަކަށް އަޑު ނީވޭނެހެން މަޑުމަޑުން ރިދާ ބުނެލިއެވެ. ރުހާގެ މޫޑު އެހާ ރަނގަޅުވެފައި އޭނާގެ މޫނުމަތިން ފެންނަމުންދިޔަ އުފާވެރިކަމުގެ އަސަރުތަކުން ރިދާގެ ހިތަށް ވަރަށް ބޮޑު ހަމަޖެހުމެއް ލިބިގެން ދިޔައެވެ. ރުހާގެ ވާހަކަތަކުންނާއި، އުޅުމުން، އޭނާ އެ އެއުޅެނީ ވަރަށް އުފާވެރި ދިރިއުޅުމެއްކަމުގައި ރިދާއަށް ޤަބޫލުކުރެވުނެވެ.

**********

ކޮޓަރިއަށް ވަންނަން އައި މިކްޔާނަށް ތިން ކުދިންގެ ދޭތެރޭ ދެކެވުނު ވާހަކަތައް އަޑުއިވުނެވެ. އޭނާ ކޮޓަރީގެ ދޮރާއި އަރާ ހަމަވީވަގުތުވީ، ދަތުރާގުޅޭގޮތުން މަލަކް ރުހާއާއި ސުވާލުކުރިވަގުތަށެވެ. އެހެންކަމުން ރުހާގެ ޖަވާބު އަޑުއަހާލުމުގެ ބޭނުމުގައި އެކުދިންނަށް ނުފެންނާނެހެން ކުޑަކޮށް ދޮރުފަތްހުޅުވާލައިގެން އޭނަހުރީ ބަލާށެވެ. ރުހާ ޖަވާބު ދިނުމުން އެޖަވާބު ކަމުނުގޮސްގެން، ރިދާ އެއްޗެކޭ ބުނުމުން، އެއާއި ވިއްދައިގެން ދެން ރުހާ އެ ދިން ޖަވާބު އިވިފައި، އެއްވެސް އިޚްތިޔާރަކާ ނުލާ މިކްޔާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ރުހާމެންނަށް އޭނާ ނުފެނުނު ކަމުގައިވީނަމަވެސް އޭނާ ހުރީ ރުހާ ފެންނަ ގޮތަށްކަމުން ރުހާގެ މޫނުގައިވި ލާނެއް ކުލަވަރުތައް އޭނާ ދުށްޓެވެ. ގަޔާވެފައި އެމަންޒަރު ބަލަން މިކްޔާނަށް ހުރެވުނެވެ. ރުހާގެ ސަކަކަން ކުރިން އޭނާއަށް ނޭނގުނުނަމަވެސް އޭނާއަށް ރުހާގެ އެބައިވެސް ވަރަށް ކަމުދިޔައެވެ.

**********

މެންދުރުގެ ކެއުމަށް އިންސާފްކުރުމަށް ރުހާމެން ބަލައި އައި މިކްޔާން، ލަސްވެގެން ކޮބާތޯ ބަލާލަން އައި މިލާންގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ އަމިއްލަ ކޮޓަރީގެ ދޮރުފަތް ހުޅުވާލައިގެން، ހަނި ދާއިރާއަކުން އެތެރެބަލަން ހުރި މިކްޔާން ފެނިފައެވެ. ސުވާލު އުފެދިފައިހުރެ ގޮސް މަޑުމަޑުން މިކްޔާންގެ ކޮނޑުގައި ޖަހާލުމުން އޭނާ ދިޔައީ ސިހިގެންނެވެ. ދެލޯ ބޮޑުކޮށްގެންހުރެ ފަހަތް ބަލާލިގޮތުން ހީވީ ވަގަކު ވައްކަންކުރަން އުޅެނިކޮށް އަތުލައިގަންހެންނެވެ.

މިކްޔާން ހުރިގޮތް ފެނިފައި މިލާނަށް އޭނާގެ ހިނިގަނޑު ކޮންޓްރޯލްކުރުންވީ އުނދަގޫކަމަކަށެވެ. ނަމަވެސް އޭނާގެ ހިނިގަނޑުގެ އަޑު ބޭރުވާގޮތްނުވީ މިކްޔާން އޭނާގެ އަނގަމަތީ އަތްއަޅާ ބަންދުކޮށްލުމުންނެވެ. މިކްޔާންގެ އަތް ނައްޓުވަން މިލާން އުޅުމުން ތުންފަތުގައި ޝަހާދައިނގިލި ޖައްސާލަމުން “ޝޫ” އޭ ބުނެލުމުން މިލާން ބޯޖަހާލިއެވެ. ނަމަވެސް މިލާނަށް އިތުބާރު ނުކުރާތީ ކަންނޭނގެއެވެ. މިކްޔާން މިލާންގެ އަނގަމަތިން އަތް ނެގީ އޭނާގެ އަތުގައި ހިފައިގެން ތަންކޮޅެއް ދުރަށް ގެންގޮސްފައެވެ. އަނގަމަތިން އަތްނެގިފަހުންވެސް މިލާން ހުރީ ހެވިފައެވެ. މިކްޔާން ލޯހަނިކޮށްލަމުން މިލާނަށް ބަލާލުމަށްފަހު ތުނިކޮށް ފަޅާފައިވާ ތުނބުޅީގައި މަތިން ތިރިއަށް އަތް ހިންގާލިއެވެ.

“މިކީ…….؟؟؟؟؟” މިކްޔާންގެ ޙަރަކާތްތަކަށް ބަލަން ހުރެފައި މިލާން ގޮވާލީ މޭމަތީ ދެއަތް ހުރަސްކޮށްލަމުންނެވެ. ދެއުކުޅުގައި ދެއަތް ވިއްދާލަމުން މިކްޔާންވެސް “ކިހިނެއްވީ؟؟؟؟؟”ހޭ އަހާލިއެވެ. މޫނުމަތިން ސީރިއަސްކަން ފާޅުކުރިނަމަވެސް، މިލާން ވަގުހިފުމުން އޭނާ ހުރީ ވަރަށް ރަކިވެފައެވެ. ނަމެވެސް ބޭރުފުށުން އެކަން ނުދައްކާވޭތޯ އޭނާ ދިޔައީ ވަރަށް މަސައްކަތްކުރަމުންނެވެ.

“ނެތްތަ ބުނާނެ އެއްޗެއް….؟؟؟؟” މިލާން މިހެން އަހާލުމުން މިކްޔާން ދެބުމަގާތްކޮށްލީ، މިލާން ކިޔާ އެއްޗެއް ނޭނގޭކަމަށް ހަދާފައެވެ.

“އަމިއްލަ ކޮޓަރީގެ ދޮރުފަތުން ބޯއަރުވައިގެން ކީއްހޭ ކުރީ…..؟؟؟؟؟” މިކްޔާން ނޭނގޭކަމަށް ހެދުމުން މިލާން ބުނެލީ ތަންކޮޅެއް ބާރަށެވެ. އޭނާގެ މޫނުމަތީގައިވީ ލާނެއް ކަމެވެ. މިކްޔާން އަވަސް އަވަހަށް ތުންފަތުގައި އިނގިލި ޖައްސާލަމުން “ޝޫ” އޭ ބުނީ މީހަކަށް އަޑު އިވިދާނެތީއެވެ. އަދި ދެފަރާތަށް އަވަސް ނަޒަރެއް ދެވުނީ އަޑުއިވޭ ހިސާބުގައި މީހަކު ހުރިތޯ ބަލާލުމަށެވެ.

“އަހަރެން ކޮޓަރިއަށް ވަންނަން ދިޔަވަގުތު އެމީހުން މާ އޮލަ ވާހަކައެއްގައި ތިބީމަ އަޑުއަހާލަން މަޑުކޮށްލީ…..” މިލާންގެ މުލައްދަނޑީގައި ބޮނޑިއެއް އަޅުވާލަމުން މިކްޔާން އޭނާއަށް ކަޅިއަޅާލިއެވެ. މިކްޔާން މިކުރިކަމަކުން މިލާނަށް އަނެއްކާވެސް ހެވުނީއެވެ.

“ދެން ކޮން ވާހަކައެކޯ އަޑުއިވުނީ…..” ހެމުން ހެމުން މިކްޔާން ޖެހިތާނގައި ފިރުމާލަމުން މިލާން އަހާލިއެވެ.

“ތިމާއަށްވުރެ ބޮޑެތި މީހުންނަށް އިޙްތިރާމްކުރަން ދަސްކޮށްބަލަ…. އަހަރެން މީ މިލާންގެ ބޭބެއޭ….. އެކަމު ސުވާލުކުރާއިރު ހީވަނީ ތިމާއަށްވުރެ ހަގު މީހަކު ސައިޒަށް ފައްތަން އުޅޭހެން….؟؟؟؟” މިލާންގެ ކަންފަތުގައި ހިފަމުން ވާހަކަދެއްކި އިރު މިލާންގެ ބަސްމަގު ހުރިގޮތުން މިކްޔާނަށް ނުހީއެއް ނުހުރެވުނެވެ. އަމިއްލަ ކަންފަތުގައި އަތް އަޅަމުން މިލާންވެސް ހޭންފެށިއެވެ. އެވަގުތި މިލްނާ މިލާންގެ ނަމުން ގޮވާއަޑަށް ދެމީހުންގެ ސަމާލުކަން ހުއްޓުނެވެ.

“އޯ ޝިޓް….. މިކީ ލަސްވެގެން ކޮބާތޯ ބަލަން އައި މީހާ އޭ އަހަރެން މީ….. ދެންވެސް ހިނގާބަލަ މަލަކްމެން ގޮވައިގެން ކާން ދާން……” މިކްޔާންގެ ގާތުގައި މިހެން ބުނެފައި ހިނގައިގަންނަމުން މިލްނާއަށް އަޑު އިވޭނެހެން، މިދަނީ އޭ ބާރަށް ބުނެލިއެވެ.

**********

ލީނާގެ ފޯންކޯލް، ޖާވިދަށް އައީ މެންދުރުގެ ކެއުމަށް އިންސާފްކުރުމަށްފަހު، އެންމެން ވާހަކަ ދައްކަން ފެންޑާގައި ތިއްބައެވެ. ފޯނުން ވާހަކަދައްކަމުން ދިޔަ ޖާވިދަށް މާ ބާރަށް “އަސްލުވެސްހޭ” އަހާލެވުމުން އެންމެންގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ. ކުއްލިއަކަށް ޖާވިދުގެ މޫނުގެ ކުލަވަރު އުޖާލާވެ، ތުންފަތަށް ފާޅުވި ހިނިތުންވުން ފެނިފައި، އެންމެންގެ ޝައުގުވެރިކަންވެސް އޭނައަށް ހުއްޓުނެވެ. “އަލްޙަމްދުލިﷲ’ އޭ ބުނެފައި ފޯންކޯލް ނިންމާލިއިރު، އޭނާ ހެވިލައިގެން އިނީ ހުދުދަތްތައްވެސް ފައުޅުވާވަރަށެވެ. ވާނީވެސް އެހެންތާއެވެ. ލީނާ ގުޅާފައި އެދިނީ އޭނަ ކާފައަކަށް ވާން އުޅޭކަމުގެ އުފާވެރި ޚަބަރެވެ. އެ އުފާވެރިކަންމަތީ އިނދެ ޖާވިދު އެންމެނަށް އެ އުފާވެރި ޚަބަރު ޚިއްސާކޮށްލިއެވެ. އެންމެންނަށް އެކުއެކީހެން “އަލްޙަމްދުލިﷲ” އޭ ބުނެވުނެވެ. ނިމާލްގެ ދެމަފިރިން ޖާވިދަށް މަރުޙަބާކިޔެވެ.

އަތޮޅުފެރީން ރަށަށް ދިއުމަށް ހަމަޖެހިފައިވާތީ، ފުރާގަޑި ޖެހެންވެސް ގާތްވެފައިވުމާއިއެކު ޖާވިދު އިންތަނުން ތެދުވިއެވެ. ނިމާލްގެ ދެމަފިރިންނަށް ޝުކުރު އަދާކުރުމަށްފަހު، އޭނާގެ ދެލޮލުގެ ކޮއިފަދަ ދެ ދަރިން ރަނގަޅަށް ބަލައިދިނުމަށް ބުނެފައި ޖާވިދު ދިޔައީ ރުހާމެންގެ ގާތަށެވެ. ރުހާއާއި ރިދާ ޖާވިދާއި ސަލާމްކޮށްލުމަށްފަހު އޭނާގެ ގައިގައި ކުޑަކޮށް ބައްދާލިއެވެ. ދެކުދިންގާތު ރަނގަޅަށް އުޅެން ބުނެ، ޖާވިދު ނަޞޭހަތްތެރިވިއެވެ. އަދި ހަފްތާއެއް ފަހުން ރިދާ ބަލަން އަންނާނެކަމުގައި ބުނެފައި ޖާވިދު ދިޔައީ މިކްޔާން އޭނާ ބަދަރަށް ލައިދޭން ބުނުމުން އޭނާއާއިއެކުއެވެ.

ޖާވިދުމެން ދިއުމުން ރުހާމެން އަވަސްވެގަތީ ލައިނީއަށާއި ރަޔާނަށް ގުޅުމަށްފަހު، އެމީހުންނަށް މަރުހަބާ ކިއުމަށެވެ.

**********

މިކްޔާންމެން އެނބުރި ރަށަށް އައުމާއި ގުޅިގެންނާއި، ރިދާވެސް އައިސް އުޅޭތީ އެކަމުގެ އުފަލުގައި އެރޭގެ އިޝާނަމާދަށްފަހު، ބާބެކިއު ބޭއްވުމަށްޓަކައި ގޭގެ ގޯތިތެރޭގައި އެންމެން ހޭލަމޭލަވަމުންދިޔައެވެ. މިކްޔާނާއި މިލާން ނާށިތައް އެންދުމުގައި އަވަދިނެތި އުޅެމުންދިޔައިރު، މިލްނާ އުޅުނީ ރަތްމަސްތަކުގައި ހަވާދުލާށެވެ. ގާތުގައި އަތްގާތްކޮށްދޭން ރުހާއާއި ރިދާ އުޅުނެވެ.

“އާހް…. ވަރަށް ބަރުވެއްޖެ……” އެންމެންނަށް އެއްފަހަރާ ބަލާލެވުނީ މަލަކްގެ އަޑު އިވުމުންނެވެ. އޭރު ކޯކްފުޅިއަކާއި ސްޕރައިޓް ފުޅިއެއް ހިފައިގެން އައި މަލަކް އެފުޅިތައް ހަޓުތެރޭހުރި މޭޒުމަތީ ބަހައްޓަނީއެވެ. އޭނާގެ ފަހަތުން އައި ނިމާލްއަތުގައި ލުއިކާތަކެތި އަޅާފައިވާ ކޮތަޅެއް އޮތެވެ. ހިނިތުންވެލަމުން މިކްޔާނަށް ބޯހޫރާލެވުނީ މަލަކްގެ އާޓު ބޮޑުކަމުންނެވެ.

“އެންމެ ދެ ފުޅި ހިފާލަން ޖެހިގެން ބަރުވެގެން ދޯ ތި އުޅެނީ….. ހުސްވެސް އާޓު….. އިތުރު މަސައްކަތެއް ޙަވާލުކޮށްފާނެތީ ހަމަ ފޭކު ޖައްސަނީ……”  މިކްޔާން ހަމައެކަނި ހިނިތުންވުމަކުން ފުއްދާލިނަމަވެސް، މިލާނަށް މަލަކްއާއި ބެހިނުލައެއް ނުހުރެވުނެވެ. މަލަކް އުޅުނީ މިލާނަށް ލޯއަޅާލަމުން ރައްދު ދޭށެވެ. ނަމަވެސް ނިމާލް ހުއްޓުވުމުން އިތުރަށް އެއްޗެކޭ ބުނާކަށް ނުކެރުނެވެ. މިލާނަށް މިތަން ފެނުމުން ނިމާލަށް ނުފެންނާނެހެން މޫނުމައްޗަށް ވައްތަރެއް ޖައްސާލީ މަލަކް ރުޅިއަރުވާލުމުގެ ބޭނުމުގައެވެ. އޭނާގެ މަސައްކަތް ކާމިޔާބުވެސް ވިއެވެ. އައި ރުޅިން މަލަކްވެސް ނިމާލަށް ނުފެންނާނެހެން ވައްތަރު ޖައްސާލިއެވެ. އަދި ނިމާލް ދީފައި ދިޔަ ޗިޕްސްދަޅުން ޗިޕްސްކޮޅެއް ނަގައިގެން ހަފާލިއެވެ. މިލްނާމެންގެ ގާތުގައި ހުރި ރިދާއަށް އެދެމީހުން ޖެއްސި ވައްތަރުތައް ފެނުމުން ހިނިއައިސްފައި ބަލަން ހުއްޓެވެ.

މަސްތަކުގައި ހަވާދުލާ ނިމުމުން މިލްނާ އާއި ރިދާ މިކްޔާންގެ ގާތަށް ދިއުމުން، ރުހާ ހިނގައިގަތީ ހަޓުތެރޭ ފޯނާ ކުޅެން އިން މަލްކްގެ ގާތަށެވެ. ރުހާ އައިސް މަޑުކޮށްލުމުން މަލަކް އިސްއުފުލާ ރިދާއަށް ބަލާލަމުން ހީލިއެވެ. އަދި އޭނާ ކާން އިން ޗިޕްސްދަޅު ރުހާއަށް ދިއްކޮށްލިއެވެ. ބަދަލުގައި ހިނިތުންވެލަމުން ރުހާ ބޯހޫރާލީ ކާން ބޭނުން ނުވާތީއެވެ. ދުރުގައި ތިބި މިކްޔާންމެނަށް ބަލާލަމުން ރުހާ މަލަކްގެ ގާތުގައި އިށީނެވެ. ރުހާ އިށީނުމުން މަލަކް، އޭނާގެ ފޯނު، މޭޒުމަތީ ބާއްވާލަމުން ރުހާގެ މޫނަށް ބަލާލީ އޭނާ ވާހަކައެއް ދައްކަން ބޭނުންވެފައި އިންހެން ހީވުމުންނެވެ.

“ދޮންބެދައްތަ ވާހަކައެއް ދައްކަން ބޭނުންވެފައިތަ….؟؟؟؟” ރުހާ އެއްޗެކޭ ނުބުނެ އިނގިލިތަކާ ކުޅެން ފެށުމުން މަލަކްއަށް ނީނދެވިގެން އަހާލެވުނެވެ. ރުހާ އަވަސްއަވަހަސް ބޯޖަހާލި ނަމަވެސް، އޭނާ އިނީ އެވާހަކަ ފަށާނެ ގޮތެއް ނޭނގިފައެވެ. އެރަށުގައި ނާޒްއާއި ދިމާވި ދުވަހު މިކްޔާން ނާޒްއާއި ވާހަކަދައްކަން ހުރެފައި އައި ފަހުން އޭނާގެ ހިތަށް އެކަމުން އުނދަގޫވެފައިވެއެވެ. ޚާއްސަކޮށް އެދުވަހު ނާޒްއަކީ މިކްޔާން ކުރިން އިންނަން އުޅުނު ކުއްޖާކަމަށް މިކްޔާން ބުނިފަހުންނެވެ. އެދުވަހު، ހިތްހަމަ ނުޖެހިފައި ހުރުމުން މިކްޔާން ދެއްކިވާހަކަތައް އަޑުއަހަން ޝައުގުވެރިކަމެއް ނެތޭ ބުނިކަމުގައިވިޔަސް، ޙަޤީގަތުގައި އޭނާ ހުރީ އެހުރިހާ ވާހަކައެއް އެނގެން ބޭނުންވެފައެވެ. އެހެންކަމުން މަލަކްގެ ގާތުގައި ނާޒްގެ ވާހަކަތައް އަހަން އޭނާ ނިންމީ އިތުރު އެހެން މީހެއްގާތުގައި އަހަން ނުކެރޭނެކަން އެނގުމުންނެވެ.

“ދޮންބެ ދައްތާ…..” ރުހާ އެއްޗެކޭ ނުބުނެ އިނުމުން މަލަކް އަނެއްކާވެސް ގޮވާލިއެވެ.

“ނާޒްއާއި މިކްޔާންގެ ކައިވެނިކުރަން އުޅެފައި ކީއްވެ ހުއްޓުމަކަށް އައީ….؟؟؟؟” ގޮނޑީގައި ހަމަޖެހިލަމުން ރުހާ އަހާލީ ވަރަށް މަޑުންނެވެ. އެހެންމީހަކަށް އެދޭތެރޭ ދެކެވޭ ވާހަކަތައް އަޑުއިއްވަން ބޭނުންނުވާތީއެވެ. ނާޒްގެ ނަން އިވުމުން މަލަކްގެ މޫނުގެ ކުލަވަރު ބަދަލުވެގެންދިޔަތަން ރުހާއަށް ފެނުނެވެ. ދެލޯ ބޮޑުކޮށްލަމުން ރުހާއަށް ނާޒްއެނގުނީ ކިހިނެއްތޯ އަހާލިއެވެ.

“އެރަށުން ދިމާވީ…. މިބުނީ އެރަށުގައި އަހަރެމެން ތިބި ގެސްޓްހައުސްގައި ނާޒް މަސައްކަތްކުރަން އުޅެނީ….. މިކްޔާންގެ ފަރާތުން އަހަންނަށް އެނގުނު ދެމީހުން ކުރިން ކައިވެނިކުރަން އުޅުނުކަން… އެކަމަކު ކައިވެނި ހުއްޓުމަކަށް އައީ ކީއްވެގެންކަމެއް ނޭނގެ…..” ރުހާއަށް ނާޒް އެނގުނުގޮތް އޭނާ ކިޔައިދިނެވެ.

“ދޮންބެ ނުކިޔައިދޭތަ ކައިވެނި ނުވީ ކީއްވެގެން ކަމެއް….؟؟؟؟” ނާޒްގެ ވާހަކަދައްކަން ފޫހިވެފައި އިންކަހަލަ ކުލަވަރުތަކެއް އެމޫނުމަތިން ހާމަވާން ހުއްޓެވެ.

“ނޫން…. މިބުނީ…. ކިޔައިދެން އުޅުނު…. އެކަމަކު އެ ގަޑީގަ…..” ރުހާއަށް ވާހަކަދައްކަން ކުޑަކޮށް އުނދަގޫވިއެވެ. މަލަކްއަށް އެކަން ނަގައިގަނެވުމުން މަޑުމަޑުން ބޯޖަހާލިއެވެ.

“އެކަމަކު އަހަރެން ބޭނުން އެނގެން……” މަލަކްގެ އަތުގައި ހިފާލަމުން ރުހާ ބުނެލީ އާދޭހުގެ ރާގެއްގައެވެ.

“ދޮންބެއާއި ނާޒް ދިމާވީ ކިހިނެއްކަމެއް އަހަންނަކަށްވެސް ނޭނގެ…. އެކަމަކު ވަރަށް އަވަހަށް ދެމީހުން ކައިވެނިކުރަން ބޭނުންވާ ވާހަކަ މަންމަމެންގެ ގާތުގައި ދޮންބެ ބުނީމަ މަންމަމެން ބޭނުންވީ ނާޒްއާއި ބައްދަލުކުރަން….. އެންމެ ފުރަތަމަވެސް މަންމަމެންނަށް ނާޒް ކަމުނުދިޔައީ އޭނާ ބުރުގާ ނާޅާ ހުންނާތީ، އެކަމާ…. ދެން އޭރު ނާޒް އުޅެނީ ކޮންމެވެސް ރިސޯޓެއްގައި މަސައްކަތްކުރަން…. އަހަރެމެންގެ ޢާއިލާއަކީ ރަށުގެ މީހުން ވަރަށް އިޙްތިރާމްކުރާ، ގަދަރުވެރި ޢާއިލާއެއް…. މަންމަމެން ބޭނުމެއްނުވޭ ނާޒް ދޮންބެއާއި ކައިވެނިކުރުމަށްފަހު އެދާއިރާގައި މަސައްކަތްކުރާކަށް…. މަންމަމެން ނާޒްއަށް ޝަރުޠުކުރީ ދޮންބެއާއި ކައިވެނިކުރަން ބޭނުންވާކަމުގައިވަންޏާ ބުރުގާ އެޅުމަށްފަހު، ރީތިކޮށް ހެދުންއެޅުމަށާއި، އޭނާ މަސައްކަތްކުރަމުން ދިޔަ ދާއިރާ ދޫކޮށްލުމަށް….. އެކަމަކު ނާޒް އެގޮތެއް ބޭނުމެއް ނުވޭ… އޭނާ ހުރީ ބުރުގާ އަޅަން ތައްޔާރަށް…. އެކަމަކު އެދާއިރާ ދޫކޮށްލާކަށް ބޭނުމެއް ނުވި…. އެހެންވެ އޭނާ ދޮންބެއާއި ކައިވެނި ނުކޮށް ދޮންބެގެ ދިރިއުޅުމުން ދުރަށް ދިޔައީ…..” މަލަކްގެ ވާހަކަ ކަނުލާ އަޑުއަހަން އިން ރުހާއަށް ބަލާލެވުނީ މިލާންމެންގެ ގާތުގައި ހުރި މިކްޔާނަށެވެ. އިރުކޮޅަކު މަޑުކޮށްލުމަށްފަހު މަލަކް އަނެއްކާވެސް ފެށިއެވެ.

“ނާޒް އެގޮތަށް ކަންތައްކުރީމަ ދޮންބެ ހުރީ ވަރަށް ދެރަވެފައި…. އަހަންނަށް ހީވަނީ ދެރަވީވަރަށްވުރެ ބޮޑަށް ދޮންބެ ހުރީ އޭނާދެކެ ރުޅިވެސް އައިއްސަހެން….. ދޮންބެ ޤަބޫލުކުރާގޮތުގައި ނާޒް ދޮންބެދެކެ ޙަޤީގީ ލޯބިވީނަމަ، އެހާ ފަސޭހައިން ދޮންބެގެ ދިރިއުޅުމަކުން ދުރަކަށް ނުދިޔައީސް…. އަދި އެވެސް އޭނާގެ ކެރިއަރއަށްޓަކައި…..” މަލަކް އިތުރަށް ކިޔައިދިނެވެ. މަލަކްގެ ވަހަކަތައް ކަނުލާ އަޑުއަހަން އިން ރުހާއަށް ބޯޖަހާލެވުނެވެ. މިލްނާ ގޮވާލުމުން މަލަކް ތެދުވެގެން ދިޔައިރުވެސް، ރުހާއަށް އިނދެވުނީ މަލަކް ދެއްކި ވާހަކަތަކާއިމެދު ވިސްނާށެވެ.

މިކްޔާނާމެދު ކުރެވުނީ ކުށްހީއެއްކަން އެނގުމުން ރުހާ ދެރަވިއެވެ. އެދުވަހު މިކްޔާން އެވާހަކަތައް ކިޔައިދެން އުޅުމުން އަޑުނާހާ އޭނާއަށް ދެވުނީ މިކްޔާނާމެދު ކުށްހީކޮށް ހިތްހަމަ ނުޖެހުމުންނެވެ. ފަހުން ވިސްނާލެވުމުން އޭނާއަށް ކަންތައްތައް ނަގައިގަނެވުނެވެ. ފުރަތަމަ ނާޒްއާއި ކޮޓަރީން ދިމާވި ދުވަހުވެސް މިކްޔާންގެ މޫނުން ފެނުނު ފަރުވާކުޑަކަމުގެ އަސަރުތަކެވެ. ޖެހިގެން އައި ދުވަހުވެސް މިކްޔާން ނާޒްއަށް ބެލީ ހިތްހަމަނުޖެހިފައިހުރެކަން ރުހާއަށް ނަގައިގަނެވުނީ އަދި ކިރިޔާއެވެ. އެދުވަހު ފަހުން މިކްޔާންގެ މިޒާޖަށް އައި ބަދަލަކީ ނާޒްއާއި ބައްދަލްވީފަހުން އައި ބަދަލެއްކަމުގައި އޭނާއަށް ނިންމުނު ނިންމުމަކީވެސް ގޯސް ނިންމުމެއް ކަމުގައި އޭނާގެ ހިތް ބުނަމުން ދިޔައެވެ.

ޚިޔާލްތަކަށް ގެއްލިފައި އިން ރުހާ ސިހިގެން ދިޔައީ މީހަކު ކަރުކެހިލުމުންނެވެ. ސިހިފައި ބަލާލިއިރު، މޭމަތީ ދެއަތް ހުރަސްކޮށްލައިގެން މިކްޔާން ހުރީ އޭނާއަށް ބަލާށެވެ. ރުހާ ބަލާލުމުން، ދެބުމަ ހިއްލާލާފައި ކިހިނެއްވެފައިހޭ އަހާލިއެވެ. ދެފަރާތަށް ބޯހޫރާލި ނަމަވެސް، ރުހާ ހައިރާންވީ މިކްޔާން އިސްވެ އައިސް އޭނާއާއި ވާހަކަދެއްކުމުންނެވެ. އެއަށްވުރެވެސް ބޮޑަށް ހައިރާންވީ އޭނާގެ ގާތުގައި އިށީނުމުންނެވެ. އެމޫނުގައިވި އުޖާލާކަމާއި އުފާވެރިކަންވެސް ރުހާއަށް ސިއްރެއް ނުވިއެވެ. ހިތުގައި އެތައް ސުވާލެއް އުފެދީފައިވީނަމަވެސް، ރުހާގެ ދުލާއި ހަމައަށް އެއްވެސް ލަފްޒެއް ނައެވެ. އަނގައިން ނުބުނެ މިކްޔާނަށް ބަލަން އިނދެވުނީއެވެ.

“އަސްލުވެސް ދަތުރު ވަރަށް ޕާރފެކްޓްތަ….؟؟؟؟ ކޮން ކަމެކޯ އެންމެ މަޖާވީ…؟؟؟” ގޮނޑީގައި އިށީންގޮތަށް މިކްޔާން ބުނެލި އެއްޗަކުން ދެލޯބޮޑުކޮށްފައި ރުހާއަށް ބަލާލެވުނުއިރު، އެދޮން މޫނަށް ފިނިފެންޖަންބުކުލަ ވެރިވެގަތީ ބަސްބުނާހާ ވަގުތުކޮޅެއްގެ ތެރޭގައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Eemyaa

Level 910 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ސާޅީސް އެއްވަނަ ބައި)

Next

ހިތުގެ ދިރުން (ޕާޓް 2)

Next
September 11, 2021

ހިތުގެ ދިރުން (ޕާޓް 2)

Previews
September 11, 2021

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ސާޅީސް އެއްވަނަ ބައި)

9 Comments!

  1. Eemyaa says:
    September 11, 2021 at 2:59 pm

    Hope u guys lyk this part too..
    Now u guys can read my story from my fb page “EamYaa ge vaahaka”
    https://www.facebook.com/EamYaa-ge-Vaahaka-100267119062847/
    Enjoy… ?

    1. Hassan Naail says:
      September 11, 2021 at 11:34 pm

      Masha Allah ❤️ v reethi
      Inthizaaruga eba hurin dhn in bayah
      Thank you Eemyaa

    2. Eemyaa says:
      September 12, 2021 at 12:35 am

      Thanks bro ❤❤❤ In Sha Allah I’ll update next part soon ???

    3. Aishath Faruha Abdulla says:
      September 12, 2021 at 10:30 am

      Yeah…..keep it up… ?
      You can do it.. ?
      Vrh reethi masha Allah ..By the way Alah comment kuriyass vaahaka keen ingey?when next? Curiously waiting for the next…… ❤️
      I love this story….❤️

    4. Eemyaa says:
      September 12, 2021 at 10:53 pm

      Thanks faruha ?

  2. ?YEOJA? says:
    September 11, 2021 at 8:30 pm

    Hlwwww sis
    First of all Ima bigu fan of uuu ngeyy sis Ur one of my fav writer. sis ge kuree vhk kiyaafaa vxx vrh beynunvi sis ge aavhk eh kiyaalan an fainally libuny i was rly soo happy . eyru i was super buxy ehnv cmnt eh nukohlevuny vxxx hehehehe.
    I really like the stry ” YAARUMIVANY LOAIBEY HAGEEGEE ” and now this stryy
    konme duvahaku vxx part kiyaafaa cmnt kuran hureveny hama nueh kurevey Heeheheh miadu fainally mi cmnt eh kohly .
    Masha Allah vvvvvv nice ngeyyy mi stry vxxx. vrh interesting koh kuriah dhany hama vvv kiyaahie vaakhala gothaka . and yea Ofcz konme part eh kiyaafaa abaduvxx vrh curoius koh aluga hunany hehehe
    Keep it up sis
    waitting for the next part
    stay safe and Tvgc

    1. Eemyaa says:
      September 12, 2021 at 12:45 am

      Thanks dear ❤❤❤ ummeedhukuran kuriah huri part thah ves kamudhaane kamah ?
      Nd yeah I love ur story “gaathugaa vumah hiyy edheny” Comment nukurias vaahaka kian… Ma Sha Allah ❤❤❤ v reethi nd mihaaru gossa oiy hisaabun v curious to know what will happen next… Good luck dear ???
      U too stay safe n tvgc ?

    2. ?YEOJA? says:
      September 12, 2021 at 9:55 pm

      Awwwwwwwnn Thank uuu soo much sis
      I am so happy to know sis aluga ge vhk kiyaakan
      It really means a lot ❤❤
      Hehhehe curious kohlevuny dhw hehe
      Good luck sis ah vxx ISA mi stry vxx hit vaane
      ❤❤

  3. Ryyn says:
    September 12, 2021 at 4:28 pm

    Hai eem sis.. sis ge strys kiyaalin.. vrh vrh rythi ❤ nd yea.. swry for not comenting previous prts.. ehn prt thakekey ehgothah mi prt ves vrh vrh vrh rythi ❤ masha allah ? i’m so curious.. patiently wayiting for da nxt prt ? stay safe and take care lovy ❤

Comments are closed.

Next Episodeޔާރު ނުބުނޭ ތިހެން … (9)←


All Right Reserved!