ޒާޔާ (ސަތުތިރީސްވަނަ ބައި)
“ކޮބާ. އިންތިޒާރުގަ ބަހައްޓާނީތަ؟” ޖަމީލާ އަހައިލިއެވެ. “ނޫނޭ. މިހާރު ހަމަ އެ އަންނަނީ. އަހަރެން ތިނަކަށް ގުނަންވާއިރަށް އެ ހަދިޔާ ހުންނާނީ ހަމަ ޖަމީލާގެ ކުރިމަތީ.. އެކެއް… ދޭއް……. ތިނެއް.” ނިހާން އެހިސާބަށް ގުނައިލިއިރު ޖަމީލާގެ ކޮނޑުގައި މީހަކު އަތް އަޅުވައިލިއެވެ. ޖަމީލާ ފަހަތް ބަލައިލުމާއިއެކު އޭނާއަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. ކުރިމަތީ ހިނިތުންވެލައިގެން އޭނާއާއި ދިމާލަށް ބަލަހައްޓައިގެން ހުރި މީހާ ފެނި ޖަމީލާ ހުރީ މިއީ ޙަޤީޤަތެއްކަމަށް ޤަބޫލުކުރަން ދަތިވެފައެވެ.
“ކޮބާ؟ ކަމުދޭތަ؟” ދެލޯ ބޮޑުކޮށްގެން ޒާޔާ އާއި ދިމާލަށް ޖަމީލާ ބަލަހައްޓައިގެން ހުއްޓައި ނިހާން އަހައިލިއެވެ. ޖަމީލާ އެއްވެސް އެއްޗެކޭ ނުބުންޏެވެ. ހަމަ އެހުރިގޮތަށް ޒާޔާއަށް ބަލަހައްޓައިގެން ހުރީއެވެ. ދެއަހަރު ފަހުން ޒާޔާ ފެނުނުއިރު ޒާޔާ އެހުރީ ކުރިއަށްވުރެވެސް މާ ރީތިވެފައެވެ. ޖަމީލާ ހީކުރީ ޒާޔާ މިވޭތުވެ ދިޔަ ދުވަސްތަކުގައި އުޅޭނީ ވަރަށް ނިކަމެތި ދިރިއުޅުމެއްކަމުގައެވެ. އެހެނަސް އެކަން އެހެނެއް ނުވިތާއެވެ.
“ތި ދެމައިން ވާހަކަ ދައްކާލާ. އަހަރެން މި ދަނީ އެކޮޅަށް.” ނިހާން އެހެން ބުނެފައި އެތަނުން ދިޔައެވެ. އޭނާ އެހެން އެހެދީ އޭނާ ދިޔުމުން ޖަމީލާ ޒާޔާއާއި ދިމާލަށް އެއްޗެހި ކިޔާނެކަން އެނގޭތީއެވެ. އަދި އޭރުން އުސްމާނަށްވެސް ޖަމީލާގެ ގޮތް ފެނިގެންދާނެކަން އެނގޭނެކަން އެނގިހުރެއެވެ.
ނިހާން ދިއުމުން ޒާޔާ ކުޑަކޮށް ހިތް ނުތަނަވަސްވެ ބިރުގަތެއްކަމަކު ހިތްވަރު ކުރެވޭތޯ ބެލިއެވެ. މިފަހަރު ޖަމީލާ ކުރިމަތީގައި ޒާޔާ ބަލިވާކަށް ބޭނުމެއްނޫނެވެ. ޖަމީލާ އަކީ ކާކުކަން މިއަދު އެންމެން ކުރިމަތީ ހާމަކޮށްލާނީ ހަމަ ޒާޔާގެ ދުލުންނެވެ. ޖަމީލާ ޒާޔާ ބޭޒާރުކޮށްލީ މީސްމީޑިއާގައެވެ. ޒާޔާ މިފަހަރު ޖަމީލާ ބޭޒާރުކޮށްލާނީ ހަމަ ރަށުތެރޭގައެވެ.
ޒާޔާ އެހެން ހުރެފައި ޖަމީލާގެ އަތުގައި ހިފަހައްޓައިލިއެވެ. އަދި ތުނޑިން ނުކުންނަން ހިނގައިގަތެވެ. “ޒާޔާ. ކޮންތާކަށް ތި ދަނީ؟” ޒާޔާގެ އަތް ނައްޓުވަން މަސައްކަތް ކުރަމުން ޖަމީލާ އެހިއެވެ. ނަމަވެސް ޒާޔާ އެއްވެސް އެއްޗެކޭ ނުބުނެ ޖަމީލާ ގޮވައިގެން ބާރަށް ހިނގަމުން ދިޔައެވެ. ރަށުތެރެއަށް ނުކުމެވުމުން ޖަމީލާ އެންމެ ފަހުން ޚަތިޔާރު ބެހެއްޓިއެވެ. މީހުންތައް އެމީހުނަށް މާވަރަކަށް ބަލާތީ ޖަމީލާ އެންމެ ފަހުން ވާހަކަ ދެއްކުން ހުއްޓައިލައި ޒާޔާއާއިއެކު މަޑުމަޑުން ހިނގައިލައިފައި ދިޔައީއެވެ.
ކޮންމެއަކަސް ބަނދަރުމައްޗަށް އައިސްފައި ޒާޔާ ހިނގުން ހުއްޓައިލިއެވެ. ޖަމީލާ ހުރީ ޒާޔާ އޭނާ ގޮވައިގެން ބަނދަރަށް އައުމުން އެކަމާ ޙައިރާންވެފައެވެ. އެމީހުން އެތަނަށް އައިތާ އިރުކޮޅެއްވީއިރު ނިހާންމެންވެސް އެމީހުނާއި ތަންކޮޅެއް ދުރުގައި ހުއްޓިލިއެވެ. ޖަމީލާއަށް ނިހާނާއި ދިމާލަށް ބަލައިލެވުނެވެ. އަދި މި ވަނީ ކީއްކަން ނޭނގިހުރެ މުޅި މާޙައުލަށް ނަޒަރެއް ހިންގައިލިއެވެ. އޭރު ބަނދަރުމަތީ އެތައް ބަޔަކު އެމީހުނާއި ދިމާލަށް ބަލަހައްޓައިގެން ތިއްބެވެ. “ޒާޔާ.” ޖަމީލާ ނިކަން ހާސްވެފައި ހުރެ ޒާޔާގެ ނަން ކިޔައިލެވުނެވެ. އަދި ޒާޔާގެ އަތުގައި ހިފަހައްޓައިލެވުނެވެ.
ޖަމީލާ ކުއްލިއަކަށް ސިހިގެން ދިޔައީ ޒާޔާ ދަތްކުނޑިވިކައިގަނެފައި އޭނާގެ އަތް ފޮޅުވައިލުމުންނެވެ. ޖަމީލާ ސިހިފައި ހުރެ ޒާޔާއަށް ބަލައިލިއިރު ޒާޔާ ހުރީ ރުޅިވެރި ނަޒަރަކުން ޖަމީލާއާއި ދިމާލަށް ބަލަހައްޓައިގެންނެވެ. ފަވާޝަތުމެން ކައިރީހުރި އުސްމާން ހުރީ ވާނުވާ ނޭނގިފައެވެ.
“އަހަރެން ނުކުރާ ކުށެއްގެ އިލްޒާމް އަހަރެންގެ ބޮލުގަ އަޅުވާ އެންމެންގެ ތެރޭ ބަދުނާމުކޮށްލާފަ މިއަދު ކީއްވެ އެންމެން ތިބީމަ ހާސްވެގެން އަހަރެންގެ އަތުގަ ތި ހިފީ؟” ޒާޔާ އަޑަށް ބާރުލަމުން ވަރަށް ސާބިތު އަޑަކުން ޖަމީލާއާއި ވާހަކަދެއްކިއެވެ. ޒާޔާ އެ ބުނެލި ޖުމުލައަކުން ޖަމީލާއަށް އިސްޖަހައިލެވުނެވެ. އަދި އެކަހަލަ ހާމަ ތަނެއްގައި ޒާޔާ އެގޮތަށް ވާހަކަދެއްކުމުން ޖަމީލާ ވަރަށް ލަދުގަތެވެ. ޖަމީލާ ލަދުން ހުރެ ދުރުގައި ހުރި ނިހާން އާއި ދިމާލަށް ބަލައިލިއެވެ. ނިހާން އެހުރިގޮތަށް ޖަމީލާއާއި ދިމާލަށް ބަލަހައްޓައިގެން ހުރީއެވެ. ޖަމީލާ ހީކުރީ ނިހާން ޒާޔާ ހުއްޓުވަން އެމީހުން ގާތަށް އެވަގުތު އަންނާނެކަމަށެވެ. އެހެނަސް ނިހާން ހަމަ އެހުރިގޮތަށް ހުރީއެވެ.
“ޒާޔާ! ކިހިނެތްވެގެންތަ ތިއުޅެނީ؟ ކީކޭ ކިޔާނަމޭ ހިތާތަ ތިއުޅެނީ ހުރިހާ ކަމެއް ކޮށްފަ؟ އަމިއްލައަށް ހުރިހާ ކަމެއް ކޮށްފަ މަންމަގެ ބޮލަ…” “ހުއްޓާލާ!” ޒާޔާ ހަޅޭއްލަވައިގަތުމާއިއެކު ޖަމީލާގެ އަނގަ ބަންދުވިއެވެ. “ކަލޭ ތީ މަގޭ މަންމައެއް ނޫން. އެކަން ހަނދާންކުރާތި. ކަލޭ ހީކުރީތަ އަހަރެން ހަނު ހުންނާނެކަމަށް؟ އޭނ.. ބަލާބަލަ ހުރި ވައްތަރު އަދި. މޫނުބުރުގާ އަޅައިގެން ހުރެ މާ ރީތިކަމެއްތަ ތި ކުރެވުނީ. އެންމެ ރީތި އަދި އެންމެ މާތް ހެދުމަށްވެސް ކަލޭއަށް ނޭނގިނަމަވެސް މަލާމާތެއްނު ތި ކުރެވުނީ.” ޒާޔާ ދެން ދެއްކި ވާހަަކަތަކުން ޖަމީލާ މާ ބޮޑަށްވެސް ލަދުގަތެވެ. އެވަގުތު އެންމެންވެސް އޭނާއާއި ދިމާލަށް ބަލަން ފެށުމުން ޖަމީލާއަށް އިސްއުފުލައިލާކަށްވެސް ނުކެރުނެވެ.
“ޒާޔާ! ކީކޭ ތި ކިޔަނީ؟” ދުރުގައި ހުރި އުސްމާން އައިސް ޖަމީލާ ގާތުގައި ހުއްޓެމުން ޒާޔާ ގާތުގައި ސުވާލުކުރިއެވެ. އޭރު އެ އަޑުގައި ނުރުހުމުގެ އަސަރު އެކުލެވިފައިވެއެވެ. “ބޮޑުބޭ.” އޭރު ޖަމީލާ ރޮއެގަންނަމުން އުސްމާންގެ ކޮނޑުގައި ބޯ އަޅައިލިއެވެ. އެ މަންޒަރު ފެނި ދުރުގައި ތިބި ނިހާންމެންގެ ގާތަށް ރުޅި އަންނަގޮތްވިއެވެ. “ވަރަށް ރަނގަޅު. ވަރަށް މޮޅު. އަދިވެސް ބަލައި ރަނގަޅަށް އެކްޓް ޖެއްސޭތޯ..” ނިހާން އައިސް ޒާޔާ ގާތުގައި ހުއްޓެމުން ޖަމީލާއާއި ދިމާލަށް ރުޅިވެރި ނަޒަރަކުން ޖަމީލާއާއި ދިމާލަށް ބަލައިލަމުން ބުންޏެވެ. އެވަގުތު ޤަބޫލުނުކުރެވިފައިވި ނަޒަރަކުން ޖަމީލާއަށް ނިހާންގެ މޫނަށް ބަލައިލެވުނެވެ. “ނިހާން؟” ސުވާލުގެ ނަޒަރަކުން ޖަމީލާއަށް ނިހާނާއި ދިމާލަށް ބަލަހައްޓައިގެން ހުރެވުނެވެ. އުސްމާންވެސް ހުރީ އެފަދަ ނަޒަރަކުން ނިހާނާއި ދިމާލަށް ބަލަހައްޓައިގެންނެެވެ.
“ކީކޭތަ ޒާޔާމެން ތި ކިޔަނީ؟ އަހަންނަށްވެސް އެއްޗެއް އެނގޭ ގޮތަށް ކިޔާބަލަ.” އުސްމާންވެސް މިފަހަރު ތަންކޮޅެއް ބާރަށް ބުންޏެވެ. އެވަގުތު ޖަމީލާ އަވަހަށް ކޮންމެވެސް އެއްޗެކޭ ކިޔައިފައި އުސްމާން ގޮވައިގެން އެތަނުން ދެވޭތޯ އުޅުނެވެ. ނަމަވެސް އެކަމަށް ހުރަސް އެޅީ ދުރުގައި ތިބި ފަވާޝަތުމެނެވެ.
“އުސްމާންބޭ. މަޑުކުރޭ! ޖަމީލާ އެއުޅެނީ އޭނަ ކުރިކަންތައް އުސްމާންބެއަށް އެނގިދާނެތީ އަވަހަށް މިތަނުން ފިލަންވެގެން.” އުސްމާންމެން ކުރިމައްޗަށް އަރަމުން ފަވާޝަތު ބުންޏެވެ. އުސްމާން ހަސްނައިންމެނަށް ބަލައިލިއިރު އެ ދެމީހުން ބޮލުގެ އިޝާރާތުން އެއީ ތެދެކޭ ބުނެލިއެވެ.
އުސްމާންމެން އެގޮތަށް ތިއްބާ ޒާޔާ އައިސް އެދެމީހުން ކުރިމައްޗަށް އެރިއެވެ. “ކަލޭ ދޫކުރޭ އުސްމާންބެ އަތުން. އުސްމާންބެއެއްވެސް ނުހުންނާނެ ކަލޭ ސަލާމަތްކޮށްދޭކަށް.” ޒާޔާ އައިސް އުސްމާންގެ އަތުން ޖަމީލާގެ އަތް ނައްޓުވައިލިއެވެ. ޖަމީލާ އެވަގުތު ނިހާންއަށް ބަލައިލިއެވެ. ނިހާން ނުރުހުންވެފައި ޖަމީލާއާއި ދިމާލަށް ބަލަހައްޓައިގެން ހުރިތަން ފެނުމުން ޖަމީލާއަށް އިސްޖަހައިލެވުނެވެ.
“އުސްމާންބޭ.. ރަނގަޅަށް އަޑުއަހާ! ލިއަމް ސަރ މޮޔަ ހައްދައިގެން އަހަރެންގެ ނަމުގަ އެހާ ލަދުކުޑަކޮށް ވާހަކަދައްކާފަ ހުރި މީހަކީ މީންދަ ފެންނަ ފަރުދާގެ ނިވަލަށް ވަދެ ފިލާ ހުރި ޖަމީލާ.” ޒާޔާ ބާރަކަށް އެ ޖުމުލަ ބުނެލިއެވެ. އެވަގުތު ދުރުގައި ތިބި އެތައް ބަޔަކު ޤަބޫލުނުކުރެވިފައިވި ގޮތަކަށް ޖަމީލާއާއި ދިމާލަށް ބަލަން ފެށިއެވެ. އަދި އެކަކު އަނެކަކަށް ސިއްރުން އެއްޗެއް ބުނެލާ ހަދައެވެ. އުސްމާންވެސް ޙައިރާންވެފައި ހުރެ ޖަމީލާއާއި ދިމާލަށް ބަލަހައްޓައިގެން ހުރެވުނެވެ. ޖަމީލާ ހަމަ އެފަދަ ކަމެއް ކޮށްފާނެހެއްޔެވެ؟ ހާދަހާ ޤަބޫލުކުރަން ދައްޗެވެ.
“އަހަރެން ކިހިނެތް ތިކަން ގަބޫލުކުރާނީ؟ އަހަންނަކަށް ހިއެއްނުވޭ ޖަމީލާ އެކަހަލަ ކަމެއް ކޮށްފާނެހެނެއް.” އުސްމާން އަށް އެ ވާހަކައެއް ޤަބޫލެއްނުކުރެވުނެވެ. “އެންމެ ރަނގަޅު. ދެން އަހަރެންގެ ދުލުން ބުނީމަ ގަބޫލުނުކުރެވިދާނެ. މީންދަ މީހާއާ ސުވާލުކޮށްބަލަ. އޭރުން ގަބޫލުކުރެވިދާނެއްނު.” ޖަމީލާއަށް އިޝާރާތް ކުރަމުން ޒާޔާ ބުންޏެވެ. ޒާޔާ ޖަމީލާއަށް ނިޞްބަތްކޮށް ‘މީންދަ މީހާ’ އޭ ބުނެލި ގޮތުން ޖަމީލާ ވަރަށް ހިތްހަމަނުޖެހުނެވެ. އެތާ ތިބި ބަޔަކަށް ބަލައިލުމެއްނެތި ޖަމީލާ ޒާޔާގެ މޫނުމަތީ ޖަހަން އަތްހިއްލައިލިއެވެ. ނަމަވެސް އޭނާއަށް ޒާޔާގެ މޫނުމަތީ ނުޖެހެނީސް އޭނާގެ އަތުގައި މީހަކު ހިފެހެއްޓުމުން ޖަމީލާއަށް އެމީހަކާއި ދިމާލަށް ބަލައިލެވުނެވެ. އޭރު މަތީން ޖަމީލާގެ އަތަށް ތަދުވާނެވަރަށް ބާރަށް ހިފަހައްޓައިލައިގެން ހުއްޓެވެ. “ދޫކޮށްބަލަ.” އަތަށް ތަދުވިވަރުން ޖަމީލާއަށް ބުނެވުނެވެ. މަތީން ޖަމީލާގެ އަތް ބާރަކަށް ފޮޅުވައިލިއެވެ. އަދި ޒާޔާގެ ކުރިމައްޗަށް އެރީ ޖަމީލާ އިތުރަށް ޒާޔާއަށް ގޮތެއް ހަދައިފާނެތީއެވެ.
“އަމިއްލައަށް އަމިއްލަ ގައިގަ ޖަހާބަލަ. ކޮންމެހެން ޒާޔާ ގައިގަ ޖަހަން އުޅޭނެކަމެއްނެތް އަމިއްލައަށް ހުރިހާ ކަމެއް ކޮށްފަކާއެއް.” ޖަމީލާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އެންމެންތަކުގެ ތެރޭ ހަމަ ރަނގަޅަށްވެސް އޭނާ އެ ދަނީ ބޭޒާރުވަމުންނެވެ. އަދިވެސް ބަލަންވީ މިކަމުން ސަލާމަތްވެވޭތޯއެވެ. “ބަލަ އަހަރެން ކީއްތަ ކުރީ؟ ކުރިކަމެއް ކުރީ މިހިރަ ޒާޔާއެއްނު. މިހާރު ޒާޔާ ކަލެމެން ގާތު ހުރިހާ ވާހަކައެއް ހަދަހަދައިލައިގެން ދެއްކީ ދޯ.. ހުރިހާ ކަމެއް މަގޭ ބޮލަށް ޖަހަންވެގެން.” ޖަމީލާ ވަކި ދޫނުކުރަންވެގެން މަތީން ވާހަކަ ދެއްކި ވަރަށްވުރެ ބާރަށް ވާހަކަ ދެއްކިއެވެ. “ޖަމީލާ. ކަލޭ ހުރިހާ ކަމެއް ކުރަން ބުނި މީހާ ކައިރީ ތި ހުރިހާ ދޮގެއް ތި ހަދަނީ. މަށަށް ކޯއްޗެއް ނޭނގޭނީ. ކަލޭ ރޭވި ހުރިހާ ރޭވުމެއްގެ އެންމެ ކައިރިން ބައިވެރިވި މީހަކީ އަހަރެން. ﷲ އިރާދަކުރެއްވިއްޔާ ވަގުތު ފާއިތު ނުވަނީސް އަހަންނަށް ވިސްނުނު.”
ޖަމީލާ ރުޅިއައިސްފައި ހުރެ މަތީނާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. މަތީންވެސް ހަމަ އެ ނަޒަރުން ޖަމީލާއާއި ދިމާލަށް ބަލަހަައްޓައިގެން ހުއްޓެވެ. އެގޮތުގައި ވަގުތުކޮޅެއް ހިމޭނުން ހޭދަވިއެވެ. އެތާ ތިބި ބަޔަކަށް ބެލުމެއްނެތި ޖަމީލާ މަތީން ކޮށްޕައިލައިފައި އެ ދިިޔަގޮތަށް ގޮސް ޒާޔާގެ ކަރުގައި ހިފިއެވެ. އެއާއިއެކު ނިހާންމެން ޖަމީލާ އާއި ޒާޔާ ދުރުކުރުވަން އުޅުނެވެ. ފަވާޝަތު ނިހާ އުރައިގެން ހުރުމުން އޭނާއަކަށް ޒާޔާ ކައިރިއަކަށް ނުދެވުނެވެ. ހަތަރު ފިރިހެނުން ވެގެން ޖަމީލާ ޒާޔާއާއި ދުރުކުރުވިއެވެ. “ދަރިފުޅާ..!” ކަންބޮޑުވެފައި ހުރެ ނިހާންއަށް ޒާޔާއަށް ގޮވައިލެވުނެވެ. އޭރު ޒާޔާ ކެއްސަމުން އޭނާގެ ކަރުގައި ފިރުމަމުން ދިޔައެވެ. “ބައްޕާ.. އަހ.. އަހަރެން ރަނގަޅޭ.” ޒާޔާއަށް އެހެން ބުނެވުނީ ކުޑަކޮށް އާގަންނަމުންނެވެ. ހިތުގައި ކުޑަވަރެއްގެ ބިރުވެރިކަމެއް އުފެދުނަސް އޭނާ ޖަމީލާ ކުރިމަތީ އަދިވެސް ބަލިވާކަށް ބޭނުމެއްނުވެއެވެ. މިހާރު ޖަމީލާ އެހުރީ އަމިއްލައަށްވެސް ބޭޒާރުވެފައެވެ.
“ދޫކުރޭ އަހަރެން… ދޫކުރާށޭ!” ޖަމީލާ ހަޅޭއްލަވަމުން ދިޔައެވެ. މަތީންމެންގެ އަތްދަށުން ޖަމީލާ ސަލާމަތްވާން އުޅޭއިރު ހީވަނީ މޮޔައަކު އުޅޭހެންނެވެ. “މަތީން. ދޫކޮށްލާ. އޭނަ ހަދާނެ އެއްޗެއް ހަދަން ދޫކޮށްލާ.” ޒާޔާ ޖަމީލާ ގާތަށް އަންނަމުން ބުންޏެވެ. “އެކަމަކު ޒާޔާ..” މަތީން އެކަމާ ދެކޮޅު ހަދަން އުޅުނެވެ. އެހެނަސް ޒާޔާ މަތީނަށް ބަލައިލުމާއިއެކު މަތީން އާއި ހަސްނައިން ޖަމީލާގެ އަތުން ދޫކޮށްލިއެވެ. އަދި ޖަމީލާއާއި ދުރަށް ދިޔައެވެ. މިފަހަރު ޒާޔާ ހުރީ ޖަމީލާ އޭނާގެ ގަޔަށް އަތްލަފާނެކަމަށް ވަރަށް ޚުޝިޔާރު ވެގެންނެވެ.
“ކަލޭ ތިކަހަލަ ކިތަންމެ އަނިޔާއެއް މަށަށް ދީފަ އެބަހުރި.. އަހަރެން ހުން އައި ދުވަހު މަގޭ ބޮލުގަ މާވަށިގަނޑުން ޖަހާ އަހަރެން ހޭނައްތާލި ދުވަސް ހަނދާންވޭތަ؟ އޭނ..” ޒާޔާ އެ ބުނެލި ޖުމުލައިން ޖަމީލާ ގާތަށް އިތުރަށް ރުޅިއައެވެ. ނަމަވެސް ނުތަނަވަސްވެފައި ހުރެ ޖަމީލާއަށް ނިހާނާއި ދިމާލަށް ބަލައިލެވުނެވެ. އޭރު ނިހާން ދެލޯ ބޮޑުކޮށްލައިގެން ޖަމީލާއާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. އެދުވަހު ޖަމީލާ ނިހާން ގާތުގައި ހެދި ދޮގުތައް ހަނދާނަށް އައުމުން ޖަމީލާ ވަރަށް ބޮޑަށް ނުތަނަވަސްވިއެވެ. ޖަމީލާއަށް ހިން ދިރުވައިލެވުނީ އެދުވަހު އެވީ ކަންތަކުގެ ޙަޤީޤަތްވެސް ނިހާނަށް އިނގިއްޖެކަން އެނގުމުންނެވެ.
ޒާޔާމެން އެގޮތުގައި ބަނދަރުމަތީ ތިއްބައި އިރުވެސް އޮއްސިއްޖެއެވެ. ޒާޔާގެ ފަހަތުގައި ހުރި މަލައިކާ ދަނޑިވަޅު ބަލައިފައި ޒާޔާގެ ހަށިގަނޑު ތެރެއަށް ވަނެވެ. އެވަގުތު ޒާޔާއަށް ދެލޯ ބޮޑުކޮށްލަމުން އިސްޖަހައިލެވުނެވެ. މަލައިކާ ޒާޔާގެ ހަށިގަނޑުތެރޭ ހަމަޖެހިލުމުން ޒާޔާ ހަމައަކަށް އެޅުނެވެ. އަދި ނިކަން ރުޅި އައިސް ހުރެ ޖަމީލާއާއި ދިމާލަށް ބަލައިލިއެވެ. މިހާރު ޒާޔާގެ ހަށިގަނޑު އެ ހަރަކާތްކުރުވަނީ ޒާޔާގެ ހަށިގަނޑު ތެރޭ އިން މަލައިކާއެވެ.
“މަށަށް މިގޮތަށް އުޅެން ޖެހުނީ ކަލެއާ ހެދި ޒާޔާ.. އަހަންނަށް ނިހާނާ އެންމެ ފުރަތަމަ ނީނދެވުނީ ކަލެއާ ހެދި. ފަހުންވެސް އެކަން ނުވީ ކަލެއާ ހެދި. އިނގިއްޖެ! ތީ ހަމަ މީހަކަށް ޖެހޭނެ އެންމެ ބޮޑު މުޞީބާތް.” ޖަމީލާ ހަމައެކަނި ޒާޔާއަށް އަޑުއިވޭނެވަރަށް ބުނެލިއެވެ. ޒާޔާ އެގޮތަށް ޖަމީލާއާއި ދިމާލަށް ބަލަހައްޓައިގެން ހުރެފައި ކުއްލިއަކަށް ޖަމީލާގެ އަތުގައި ހިފެހެއްޓިއެވެ. ޖަމީލާ އޭނާގެ އަތް ނެއްޓޭތޯ އުޅުނެވެ. އެހެނަސް އަތް ނައްޓަން އުޅުނު ވަރަކަށް ޖަމީލާގެ އަތަށް ތަދުވަމުން ދިޔައެވެ. ޖަމީލާ ޒާޔާއާއި ދިމާލަށް ބަލައިލުމާއިއެކު ޒާޔާގެ ދެލޯ ދިއްލުނުތަން ޖަމީލާއަށް ފެނުނެވެ. ޖަމީލާއަށް ކުޑަކޮށް ފަހަތަށް ޖެހެވުނެވެ.
“މީ ޒާޔާއެއް ނޫން. ޒާޔާގެ ސިފައިގަ ހުރި ނުބައި އެއްޗެއް މީ.” ޒާޔާ ދެންވެސް އޭނާގެ ދެލޯ ދިއްލައިލުމުން ޖަމީލާ ބާރަކަށް ބުނެލިއެވެ. “ޖަމީލާ!” ނިހާނަކަށް މަޑަކުން ނުހުރެވުނެވެ. އޭނާގެ ދަރިފުޅަށް ނިޞްބަތްކޮށް ޖަމީލާ އެ ބުނި އެއްޗަކުން ނިހާންގެ ލޭގަނޑު ކެކިގަތީއެވެ.
“ޚަބަރުދާރު ކަލޭ މަގޭ ދަރިފުޅާ ދިމާލަށް އޭގެން އެންމެ ލަފްޒެއް ބުނެލިޔަސް.. ނިމުނީ.” ޖަމީލާގެ އަތުގައި ބާރަކަށް ހިފަހައްޓަމުން ނިހާން ބުންޏެވެ. “އެކަމަކު..” “ކަލޭ ތިހުރީ ވަރިކޮށްފަ.” ޖަމީލާ ބުނަން އުޅުނު ޖުމުލަ މެދުކެނޑުނީ ޖަމީލާ އެންމެ އަޑުއަހަން ބޭނުންނުވާ ބަސްތައް ނިހާންގެ ދުލުން ބޭރުކުރުމުންނެވެ. ދެލޯބޮޑުވެ އެއްޗެކޭ ބުނަން ނޭނގިފައި ޖަމީލާއަށް ނިހާނާއި ދިމާލަށް ބަލަހައްޓައިގެން ހުރެވުނީއެވެ. އެވަގުތު މަލައިކާ ޒާޔާގެ ހަށިގަނޑުތެރެއިން ނުކުތެވެ. “ޝްޝްޝް.” ޒާޔާ އަށް މަލައިކާ ފެނުމާއިއެކު ޒާޔާ އެއްޗެކޭ ބުނަން އުޅުމުން މަލައިކާ އެތާ ތިބި އެންމެން ޒާޔާއަށް ދައްކައިލިއެވެ. “ބެސްޓް އޮފް ލަކް.” ޒާޔާގެ ކަންފަތް ދޮށުގައި ވައި އަޑުން އެހެން ބުނެލުމަށްފަހު މަލައިކާ އެތަނުން ހިނގައްޖެއެވެ.
ކުއްލިއަކަށް ޖަމީލާގެ ދެލޮލުން ކަރުނަ އޮހޮރެން ފެށިއެވެ. ނިހާން ޖަމީލާގެ އަތް ފޮޅުވައިލައިފައި ފަވާޝަތު ކައިރިއަށް ގޮސް ނިހާ އުރައިލިއެވެ. އަދި ޒާޔާގެ އަތުގައި ހިފައިގެން ޒާޔާ ގޮވައިގެން އެތަނުން ހިނގައިގަތެވެ. ނިހާންމެން ދިޔުމާއިއެކު ފަވާޝަތުމެންވެސް އެމީހުންގެ ގެއަށް ދާން މިޞްރާބުޖެހިއެވެ.
ބަނދަރުމަތިން މީހުންތައް މަދުވަމުން ގޮސް މިހާރު އެތާ ތިބީ އުސްމާނާއި ޖަމީލާ އެކަންޏެވެ. ތަންކޮޅެއް ދުރުގައި ހުރި ޖޯލިފައްޗެއްގައި ދެތިން މީހަކު އޮލަ ވާހަކަތަކެއް ދައްކަން ތިއްބެވެ. ޖަމީލާ އިސްޖަހައިގެން ހުރެ ރޮނީއެވެ. ޖަމީލާ ރޯތަން ބަލަން ދެރަވެފައި އުސްމާން ހުއްޓެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
41 Comments!
Comments are closed.





Yeyeyye mee frst thrr…????its ausum masha allah
JUSTICE 🙂 🙂 🙂 Thank you <3
Dhonthy mi part varah habeys. Hithah arany usmaan hunnaany adhives, e
Jameelaa ge hurihaa truth eh egunymaves jameelaa aa ekyag hey. Let’s see what happens next right. Haha ?????. Love it dhonthy. Luv you. ???????????????????????☺☺☺☺☺??❤❤❤❤❤❤❤❤?????????????????????????????????????????????????????????????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????❤❤❤❤❤?❤??❤?❤??????????????you are best story writer for me. Number one. Curiously waiting for next part. Take care
Xoya 🙂 🙂 🙂 Thank you dear. vv ufaawejje inge 😀 😀 😀 And yes! Keep waiting for the next episode. Love you too and take care! <3 <3 <3
Hama ragalhah jameela ah evy??
V. V. V. V. V reethi maasha Allah ?????
Curiously waiting for the next part ????
Maash 🙂 🙂 🙂 Thank you dear 😀 And yes! Keep waiting for the next episode 😀 <3 <3 <3
Nooratteyyy♡ mi bai vx v v v v v v v reethi?????❤❤❤❤❤ usmaan ehury jameelaa aa ehkolhah dhw?.. curiously waiting for the next part❤?????????
Maee 🙂 🙂 🙂 Thank you dear 😀 😀 vv ufaawejje 😀 😀 And yes! Keep waiting for the next episode Maittey 😛 😛 😛 🙂 🙂 <3 <3 <3
vrh hadi
oops… sorry… vrh salhi vhk aslu mee… n dhenme eii frnd eh majalakah kuri kameh…. again really sry… zaaya haadha molhey dhww… poor jameelaa… lol… hama rangalhah jameelaa ah e v… tc dhonti darl… n we r same class dhw… but dhonthi kuda thankolheh bodu ahan nah vure…. hehe… .. n this stry is one of my fav… that’s y they majalakah hadhaafa com kuree e… adhi hadi eyy liyefa… but it’s really nice stry….they also read this stry…. stay safe sis….
Thank you dear! 😀 😀 😀 vv ufaawejje. 😀 Take care. Love you and stay safe 🙂 🙂 🙂
??❤️Ma sha allah dhontheee Vv salhi…. Nidhan whn next
Jumy 🙂 🙂 🙂 Thank you dear! Next episode iraadhakurevviyyaa liyevunuhaa avahakau upload kollaanan 🙂 🙂 <3
Maasha Allah ??????mi prt vx hama ?…whn nxt???curiously waiting for the nxt prt ??????lysm ??????stay safe????????????????????❤❤❤❤❤❤
shyn 🙂 🙂 🙂 Thank you dear. vv ufaawejje. Next part iraadhakurevviyyaa liyevunuhaa avahakau upload kollaanan. Love you too and stay safe 😀 😀 😀 <3 <3 <3 <3
mashallah mivaahaka hama asluves dhonthy bunihen hama thafaathey mivaahaka mikiyanee hama varah kiyaahithun sababakee dhekolhuves ehaa avahah fennaathy
Leash 🙂 🙂 🙂 Thank you dear! vvv ufaawejje 😀 😀 😀 Once again thanks for the support and love 😀 😀 😀 <3
Nice waiting for next part
Maasha 🙂 🙂 🙂 Thank you dear. And yes! Keep waiting for the next episode.
Dhonthyyyy ???maasha allah mi part ves v salhi ????waiting for the nxt…?????lysm ????
RYN 🙂 🙂 🙂 Thank you dear. And yes! Keep waiting for the next episode 😀 😀 😀 🙂 🙂 Love you too <3 <3 <3 <3 <3
Wo….wowww this is awesome…..nice story dhonthy….keep up you’re hard work….good luck….work hard and get good rewards
Aalif…xl….brake heart 🙂 🙂 🙂 Thank you 😀 😀 vv ufaawejje. 😀 😀 😀 v bodu hiyvareiy libijje mi comment kiyaalaafa. Thank you 😀 😀 😀 😀
woww dhonthy varah nice
zaayaa haadha molhey dhwww
n dhonthy vess varah molhu maashaa ﷲ
KIMTAETAE-JEONKOOKIE 🙂 🙂 🙂 Thank you 😀 vv ufaawejje inge <3 <3 <3 😀 😀 😀
ވަރަށް ރީތި މި ބައިވެސް މާޝާ ﷲ ކޮން އިރަކުން އަނެއް ބައި ވަރަށް އަވަހަށް ގެނެސްދެއްޗޭ
ވަރަށް ރީތި މި ބައިވެސް މާޝާ ﷲ ކޮން އިރަކުން އަނެއް ބައި ވަރަށް އަވަހަށް ❤️❤️❤️❤️❤️❤️❤️ގެނެސްދެއްޗޭ
Idhaamaa 🙂 🙂 🙂 Thank you and aneiy bai mihaaru upload koffa waane inge <3 <3 <3 <3
WOW. VARAH SALHI.. MI ADHI KIYUNU EMME SALHI VAAHAKA.. WHEN NEXT.. CAN’T WAIT.. DHONTHII … YOU ARE THE BEST.. ❣️❤️?? LOVE YOU.. AND STAY SAFE.. ❤️???
UNKNOWN QUEEN 🙂 🙂 🙂 Thank you 🙂 vvv ufaawejje 😀 😀 😀 Next ep mihaaru upload koffa waanee inge <3 <3 <3 Love you too and stay safe <3 <3 <3 <3
Hey guys.. dhonthy buny dhonthi ge lap ah error eh araigen lap nuhulhevigenno miulheny… lap rangalhuvi
haa avahakah vaahakaige aneh bai genesdheynamey buny??
V reethi Masha allah
Sister 🙂 🙂 🙂 Thank you <3 <3
?wow.
Lap rangalhu vehjjeh tha?
me 🙂 🙂 🙂 Thank you And yes! Lap rangalhuwejje mihaaru 😀 😀 <3 <3
SO sad
Very sad. ????. Insha Allah dhonthy ge lap varah avahah ragalhu vaane.
Don’t be sad. 😀 😀 Now it’s okay 😀 😀 <3
Dhonthy mihaathanah kiy hurihaa baeh vx vrh vrh reethi vrh dhuvas vehjje comment eh nukuraathaa ….cox u knw exams dhw….once again thank u for writing us this stry..kyp u r gud work..u r so telented maasha allah❤❤..anyways tc b safe nd get ready for exams ?
Maukko 😀 😀 😀 😀 vvvvv ufaawejje dhuvasthakakau fahu maukko ge comment eiy fenuneema 😀 😀 😀 And v bodau thank you inge for this supportive and lovely comment 😀 😀 😀 Take good care and stay safe <3 <3 <3 <3 <3