Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެން

ޒާޔާ (އޮނަސާޅީސްވަނަ ބައި)

Hafsath Noora Level 610 Stories100 Comments100 Login500 Comments
October 20, 2020 4 Mins Read
13 Comments

ކޮންމެއަކަސް ކަނޑުގެ ލޮނުގަނޑު ކަފަމުން އައިސް ލޯންޗު ނެރުން އެތެރެވެއްޖެއެވެ. އެއާއިއެކު ދެމީހުންވެސް ތެދުވެ ލޯންޗު ލަފަން އޮތް ހިސާބަށް ހިނގައިގަތެވެ. ލޯންޗު ލެފުމާއިއެކު އޭގައި ތިބި މީހުންތައް އޭގެން ފައިބަން ފެށިއެވެ. ޒާޔާ ހުރީ އެ އެންމެން ފައިބައި ލޯންޗުގައި މަސައްކަތްކުރާ މީހާ ހުރިހާ ފޮށިތަކެއް ބައިލުވަންދެނެވެ. ނަމަވެސް މީހުންތަކުގެ ތެރެއިން އެންމެ ފަހުން ފޭބި މީހާ ފެނި ޒާޔާ އެކަން މަތިން މުޅިން ހަނދާން ނެތޭގޮތްވިއެވެ.

“ލިއަމް…؟” ޤަބޫލުކުރަން ދަތިވެފައި ހުރެ ޒާޔާއަށް ވައި އަޑުން އެ ނަން ކިޔައިލެވުނެވެ. އޭރު ލިއަމް ހިނިތުންވެލައިގެން ޒާޔާއާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ.

ޒާޔާ ފެނުމުން ލިއަމް ހުރީ ވަށައިގެންވި މާޙައުލުން ހިނގާ އެއްވެސް ކަމެއް އެނގޭވަރުގެ ޙާލަތެއްގައެއް ނޫނެވެ. ކުޑަމިނުން ޒާޔާ ގާތުގައި ފަވާޝަތު ހުރިކަންވެސް ލިއަމްއަކަށް ނޭނގުނެވެ. އެއަށްވުރެ މާ ބޮޑަށް ލިއަމްއަށް ހުރެވުނީ ޒާޔާގެ ރީތި ސޫރައަށް ގެއްލިފައެވެ.

ލިއަމް އަށް ހޭވެރިކަމެއްވީ ތަންކޮޅެއް ދުރުގައި ހުރި ރުކަކުން ކާއްޓެއް ބިންމައްޗަށް ވެއްޓުނު އަޑު އިވިފައެވެ. އަވަސްއަވަހަށް އެސްފިޔަ ޖަހައިލުމަށްފަހު ލިއަމް ޒާޔާމެން ގާތަށް ހިނގައިގަތެވެ.

ސަރޕްރައިޒް…” ޒާޔާ ގާތަށް އައިސް ހުއްޓެމުން ލިއަމް ބުނެލިއެވެ. ޒާޔާ ވަގުތުން ރަކިވިއެވެ. އެއްގޮތަކަށްވެސް ލިއަމް މިރަށަށް އައިސްފާނެއެކޭ ޒާޔާއަށް ހީކުރެވިފައެއް ނެތެވެ. ލިއަމް ޒާޔާ ގާތުގައި އެ ރަށަށް ވަރަށް އަވަހަށް ދާނަމޭ ބުނާ ރާގުންވެސް ހީވަނީ އެރަށަށް އަންނަން ބޭނުންނުވެ ހުރެ އަންނާނަމޭ ބުނާހެނެވެ.

“ސަރ.. ވެލްކަމް.” ޒާޔާއަށް ބަލައިލަމުން ލާނެތް ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވައިގެން ހުރެ ފަވާޝަތު ބުންޏެވެ. ލިއަމްއަށް އެވަގުތު ޗޮކެއް ކަނޑައިލެވުނެވެ. “ނައު ކަމްއޯން. ޑޯންޓް ކޯލް މީ ލައިކް ދެޓް. ކޯލް މީ ލިއަމް.. ވީ އަރ ފްރެންޑްސް ނައު. ދެން އެގޮތަށް ކީމަ ވަރަށް އޮޑެއްނު ދޯ ޒާޔާ..” އިސްއުފުލައިވެސް ނުލައި ހުރެ ޒާޔާ ބޯ ޖަހައިލިއެވެ. “ހަހަ. އޯކޭ.. ލިއަމް. ކޮންތާކު ހުންނަނީ؟” މަޑު ހުނުމަކާއިއެކު ފަވާޝަތު އަހައިލިއެވެ. “އަމްމް.. ގެސްޓްހައުސްގަ. މަތީން އަދިވެސް އެބައުޅެއެއްނު ދޯ.” ލިއަމް އަހައިލުމާއިއެކު ފަވާޝަތު ބޯ ޖަހައިލިއެވެ. ފަވާޝަތުމެން ލިއަމް އާއިއެކު ގެސްޓްހައުސްއަށް ގޮސް އެތާ އިރުކޮޅަކު ތިބުމަށްފަހު އައީ ޒާޔާމެން ގެއަށެވެ.

ގެއަށް އައިސް ގޭތެރެއަށް ވަނުމުގެ ބަދަލުގައި ދެމީހުންވެސް އިށީނީ ގޯތިތެރޭ ހުރި ބޮޑު އުނދޯލީގައެވެ. “އެހެމް އެހެމް… މޫނަށް ކިހިނެތްތިވަނީ ކަމަނާ؟” ރަތްވެފައި ހުރި ޒާޔާގެ މޫނު ފެނުމުން ފަވާޝަތަށް ދިމާކޮށްނުލައެއް ނީންދެވުނެވެ. ފަވާޝަތު ދިމާކޮށްލުމުން ޒާޔާގެ ރަތްވެފައިވި މޫނު އިތުރަށް ރަތްވިހެން ހީވިއެވެ. “ސީރިއަސްލީ ޒާޔާ.. ދެއަރސް ސަމްތިންގް ހެޕެނިންގ..” ފަވާޝަތު ބުނަން އުޅުނު ޖުމުލަ ހުއްޓައިލެވުނީ ޒާޔާ ފަވާޝަތާއި ދިމާލަށް ބަލައިލުމުންނެވެ. “ފަވާ.. ޑޯންޓް ތިންކް ލައިކް ދެޓް. އަހަރެން އަދި ބޭނުމެއްނޫން..” ޒާޔާއަށް ޖުމުލަ ފުރިހަމަކުރެވޭ ގޮތެއް ނުވިއެވެ. ޒާޔާގެ ހިތުގައި ޖެހުނީއެވެ. “އޫޕްސް.. ސޮރީ ޒާޔާ. ދެން އެކަހަލަ ވާހަކައެއް ނުދައްކާނަން..” ޒާޔާ ގައިގައި ކުޑަކޮށް ބައްދައިލަމުން ފަވާޝަތު ބުންޏެވެ. ދެ އެކުވެރިންވެސް އިރުކޮޅެއްވަންދެން ވާހަކަދައްކަން ތިއްބެވެ.

ނަމާދުން ނިންމައިގެން ނިހާން އާއި އުސްމާން އާއި ނޫމާން މިސްކިތުން ފޭބީ އެކުއެކީއެވެ. އުސްމާންމެނާ ވާހަކަދައްކަމުން ދިޔަ ނިހާންއަށް ދުރުން މަތީނާއި ލިއަމް މިސްކިތުން ފައިބާ މަންޒަރު ފެނުނެވެ. ހިތުގައި ސުވާލުފައްޗެއް އުފެދުނެއްކަމަކު ލިއަމް ފެނުމުން ނިހާންއަށް ހިނިތުންވެލެވުނެވެ. “އޭތް. ތި ދެމީހުން ދޭ އިނގެ. އަހަރެން އެބައަންނަން ރައްޓެއްސަކާ ބައްދަލުކޮށްލާފަ.” ނިހާން އެހެން ބުނުމުން އުސްމާންމެން ބޯ ޖަހައިލިއެވެ. ނިހާން އެމީހުނާއި ދުރަށް ދިއުމުން ދެބަފައިން އެމީހުންގެ އަމިއްލަ ވާހަކަތައް ދައްކަމުން މަގުމައްޗަށް ނުކުތެވެ.

މިސްކިތުން ބޭރަށް ނުކުމެ ނުކުމެ ހުއްޓައި ފަހަތުން މީހަކު ލިއަމްގެ ކޮނޑުގައި އަތް ބާއްވައިލުމުން ލިއަމް ފަސްއެނބުރި ބަލައިލިއެވެ. އޭރު ލިއަމް ގާތުގައި ހުރި މަތީންވެސް ފަސްއެނބުރި ބަލައިލިއެވެ. “އަނހަ.. ނިހާންބޭ.. އައްސަލާމްޢަލައިކުމް..” ލިއަމް ނިހާން އާއި ސަލާމްކޮށްލިއެވެ. މަތީންވެސް ނިހާންއާއި ސަލާމް ކޮށްލިއެވެ. ތިން މީހުންވެސް މިސްކިތު ދޮރުމަތީ އިރުކޮޅެއް ވަންދެން ވާހަކަ ދައްކައިލަން ތިއްބެވެ. އެކަކު އަނެކެއްގެ ޙާލު ބަލައި ހެދިއެވެ. ނިހާން އެމީހުނާއި އެރޭ ވަކިވީ ރޭގަނޑުގެ ކެއުމަށް އޭނާގެ ގެއަށް އައުމަށް އެދެމީހުނަށް ދަޢުވަތު ދީފައެވެ.

“ދަރިފުޅާ! ޒާޔާ!” ގޭތެރެއަށްވަދެ ނިހާން ޒާޔާއަށް ގޮވައިލިއެވެ. ބަދިގެތެރޭ ޖޫސްތައްޓެއް ބޯން އިން ޒާޔާއަށް ނިހާން ގޮވާ އަޑު އިވުމުން ސިޓިންގް ރޫމަށް ނުކުތެވެ. “ކީކޭ ބައްޕާ؟”

“މިރެއަށް ތަންކޮޅެއް ރަނގަޅު އެއްޗެއް ހަދައްޗޭ.. ލިއަމްއާ މަތީން މިރޭ އަންނާނެ ކާން.”

ނިހާން ބުނެލި އެއްޗަކުން ޒާޔާއަށް ވަގުތުން އިސްޖަހައިލެވުނެވެ. ނޭނގުމެއްގެ ތެރެއިން އޭނާގެ ތުންފަތަށް ލަދުރަކި ހިނިތުންވުމެއް ވެރިވިއެވެ. “މީ ބައްޕަ ފިހާރައަށް ގޮސް އެއްޗެހި ގަންނަންވީނު އަވަހަށް ދޯ.. އަންނާނަން ލިސްޓު ހިފައިގެން.” ޒާޔާ އެހެން ބުނެ އޭނާގެ ކޮޓަރިއަށް ވަނެވެ. އަދި ލަސްނުކޮށް ކަރުދާސްކޮޅެއްގައި ގަންނަންވީ އެއްޗެހި ލިޔެލިއެވެ. އަލަމާރީގައި  ބައިންދައިފައި އިން އޭނާގެ ޕަރހުން ރުފިޔާ ނަގައިގެން ޒާޔާ ކޮޓަރިން ނުކުތެެވެ.

“އަނ ބައްޕާ.. މި އެއްޗެހި ގަނެފަ ބާކީވާ ބަޔަށް ސުޕާރި ގަނޭ އިނގެ.” ޒާޔާ އެހެން ބުނެ އަވަހަށް އެތަނުން ހިނގައްޖެއެވެ. “ޕިސް ޕިސް… ވަރުގަދަ ކުއްޖެކޭ..” ދެފަރާތަށް ބޯ ހޫރައިލަމުން ނިހާން އެތަނުން ތެދުވިއެވެ.

“ކޮން ވަރުގަދަ ކުއްޖެކޭ ކިޔާކަށް؟ ސުޕާރިއެއްގެ ރަހަ ބަލާނުލާތާ މިހާރު އެތައް ޒަމާނެއް ވަނީ މި..” ނިހާން ނިކުތް މަންޒަރު ބަލަން ހުރި ޒާޔާ މޫނަށް ވައްތަރު ޖައްސައިގެން ހުރެ އޭނާގެ އަމިއްލަ ނަފްސަށް އަޑުއިވޭވަރަށް ބުނެލިއެވެ. އެ މަންޒަރު ބަލަން ތަންކޮޅެއް ދުރުގައި މަލައިކާ ހުއްޓެވެ. ޒާޔާ މޫނަށް ޖައްސައިގެން ހުރި ވައްތަރުން މަލައިކާއަށް ހުރީ ކިރިޔާ ނުހެވިއެވެ. މޫނަށް ކިތަންމެ ވައްތަރެއް ޖައްސައިގެން ހުއްޓަސް ޒާޔާ ވަރަށް ‘ކިއުޓް’ އެވެ.

“ޒާޔާ..” ޒާޔާ ބަދިގެއަށް ވަނުމުން މަލައިކާ ޒާޔާއަށް ގޮވައިލިއެވެ. ޒާޔާ ފަސްއެނބުރި ބަލައިލިއިރު ބަދިގެ ދޮރުކައިރީ ހިނިތުންވެލައިގެން މަލައިކާ ހުއްޓެވެ. ޒާޔާ މަލައިކާއަށް ހިނިތުންވެލައިފައި އެތެރެއަށް ވަނުމަށް ބުންޏެވެ.

“ކޯއްޗެއް ހަދާލަން ތިއުޅެނީ؟” ކާމޭޒުކައިރީ ހުރި ގޮނޑީގައި އިށީންނަމުން މަލައިކާ އަހައިލިއެވެ. “ލިއަމްމެން އަންނަންވާއިރަށް ރަނގަޅު އެއްޗެއް ތައްޔާރުކޮށްލަން މިއުޅެނީ.” ތަށިތަކެއް ނަގަމުން ޒާޔާ ބުންޏެވެ. “އޯހ.. ލިއަމްމެން މިކޮޅުގަތަ؟”

“އާނ.. ހަވީރު އައީ.”

“ކީއްކުރާށޯ އެއައީ؟”

“ހަމަ ޗުއްޓީ ހޭދަކޮށްލަން..”

“އެކަމަކު ޗުއްޓީ ހޭދަކޮށްލަން އައިހެނެއް ހިއެއްނުވޭ… ޒާޔާ ދެކިލާ ހިތުން އެއައީ. ޔަގީން.. ހަހަ.” މަލައިކާ ޒާޔާއާއި ދިމާކޮށްލިއެވެ.

“ހަހް. މިހާރު މަލައިކާވެސް މަށާ ދިމާކުރަން ފެށީތަ؟” ދެބުމަ ގޮށްޖަހައިލައިގެން ހުރެ ޒާޔާ އެހިއެވެ. އެއާއިއެކު މަލައިކާ ހެވައިގަތެވެ.

“އޭތް މަލައިކާ. ބައްޕަ އެއޮއް އަންނަނީ.” ދުރުން ނިހާން އަންނަތަން ފެނުމުން ޒާޔާ ވައި އަޑުން ބުނެލިއެވެ. ޒާޔާ އެހެން ބުނެލުމާއިއެއްކޮށް މަލައިކާ އެއިންތާ އިނދެ ގެއްލުނެވެ.

“އަނ މިހުރީ އެއްޗެހި.. ސުޕާރިތައް މިލަނީ ޒާޔާ ކޮޓަރިއަށް އިނގެ.” ނިހާން އެހެން ބުނެފައި ސުޕާރިތައް ހިފައިގެން ހިނގައިގަތެވެ.

“ޒާޔާ ކޮޓަރިއަށް ލާނީ. ބައްޕަ ކޮޓަރިއަކަށް ނޫން.” ނިހާން އަށް ޒާޔާގެ ކޮޓަރިއާއި ހަމައަށް ދެވުމުން ޒާޔާ ނިހާންއަށް އަޑުއިވޭނޭވަރަށް ބާރަށް ބުނެލިއެވެ. ޒާޔާ އެހެން ބުނެލީ މީގެ ކުރިން ދުވަހެއްގައި ނިހާން ޒާޔާއަށް ސުޕާރި ފޮރުވަންވެގެން ނިހާންގެ ކޮޓަރީ އަލަމާރިތެރެއަށް ހުރިހާ ސުޕާރިތަކެއް ލައިފައިވުމުންނެވެ. އެހެނަސް އެދުވަހު ޒާޔާގެ ނަޞީބު ގަދަކަމުން އޭނާއަށް އެހުރިހާ ސުޕާރިތަކެއް އެތާ ހުއްޓައި ފެނުނީއެވެ.

ޒާޔާ ބަދިގޭގައި އުޅެމުން ދިޔައީ ބަދިގެ ދޮރު ލައްޕައި ތަޅުލައިގެންނެވެ. ބަދިގޭގައި ހުރި ކުޑަދޮރުވެސް ހުރީ ލައްޕައި ތަންޑު އަޅުވައިފައެވެ. މަލައިކާ އޭނާއަށް އެހީތެރިވަމުން ދާތީއާއި ނިހާންއަށް ޝައްކެއްވާން ނޭދޭތީ ޒާޔާ ބަދިގެ ތަޅުލީއެވެ. ނިހާން އެހެން ހެދީ ކީއްވެހެއްޔޭ އެހުމުން ޒާޔާ ބުނީ ބައްޕަމެނަށް ސަރޕްރައިޒެއް ދޭން ބޭނުންވާތީވެކަމުގައެވެ. ދަރިފުޅުގެ މައުސޫމްކަމާއި ހެދި އުފާވެފައި ހުރެ ނިހާން އެންމެ ފަހުން ޒާޔާ އެތަން ނުހުޅުވައިގެން އެއްޗެކޭ ނުބުންޏެވެ.

މަލައިކާގެ އެހީތެރިކަމާއިއެކު ޒާޔާއަށް އިޝާ ނަމާދު ބަންގި ގޮވަން ވީއިރަށް ކާއެއްޗެހި ތައްޔާރުކޮށް ނިންމައިލެވިއްޖެއެވެ. ކެއްކި އެއްޗެހި މޭޒުމަތީ އަތުރައިލައިފައި ތަށިތައްވެސް ވަރަށް ރީތިކޮށް އަތުރައިލިއެވެ. ކޮންމެ ތައްޓެއްގެ ކައިރީ ފެޝަން ފްރުޓް ޖޫސްތައްޓެއް ހުއްޓެވެ. ކާމޭޒުމަތި ތައްޔާރުކުރެވިފައިވާލެއް ފުރިހަމަކަމުން ޒާޔާ އަށް އެތަން ފޮޓޯނުނަގައެއް ނުހުރެވުނެވެ. ޒާޔާ ކާމޭޒުމަތި ފޮޓޯނަގައިފައި ވަރަށް ސިއްރުން މަލައިކާގެ ފޮޓޮއެއް ނެގިއެވެ. އެހެނަސް ގެލެރީ ބަަލައިލިއިރު އޭނާ ނެގި ފޮޓޯގައި މަަލައިކާއެއް ނެތެވެ. މަލައިކާ ފޮޓޮއަށް ނާރަނީ އެއީ އޭނާއާއި އެތައް ގޮތަކުން ތަފާތު މަޚުލޫޤަކަށް ވީތީވެކަން ޒާޔާއަށް ވިސްނޭކަށް މާގިނަ ވަގުތެއް ނުނެގިއެވެ.

އިރުކޮޅެއްވަންދެން ޒާޔާއާއި ވާހަކަ ދައްކައިލަން ހުރުމަށްފަހު މަލައިކާ އޭނާގެ ގެއަށް ދާން އުދުއްސައިގަތެވެ. ޒާޔާވެސް ބަދިގެ ނިއްވައިލައިފައި އޭނާގެ ކޮޓަރިއަށް ދިޔައީ ނަމާދުކޮށް ލިއަމްމެން އަންނަންވާއިރަށް ކުޑަކޮށް ރީތިވެލުމުގެ ބޭނުމުގައެވެ.

ނަމާދުކޮށް ނިންމައި ކުޑަގޮތަކަށް ތައްޔާރުވެލައިގެން ޒާޔާ ކޮޓަރިން ނުކުތެވެ. ޒާޔާ ސިޓިންގް ރޫމުގައި އިށީންދެ ގަޑިއަށް ބަލައިލިއެވެ. އޭރު އަދި އަށެއް ނުޖަހައެވެ. ނިހާންމެން އަންނަން އަދި ވަގުތުކޮޅެއް އޮތުމުން ޒާޔާ އޭނާގެ ފޯނު ނަގައިގެން އެއާއި ކުޅެން އިނެވެ.

ކޮންމެއަކަސް ނިހާން ލިއަމްމެން ގޮވައިގެން ގެއަށް އައީ ޒާޔާ އެގޮތުގައި ފޯނާއި ކުޅެން އިންދައެވެ. “ދަރިފުޅާ!” ބައްޕަގެ އަޑަށް ފޯނު ނިވައިލައިފައި ޒާޔާ ސޯފާއިން ތެދުވިއެވެ. އޭރު ލިއަމް އާއި މަތީން ހުރީ ފުރިހަމަ ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވައިގެން ޒާޔާއަށް ބަލަހައްޓައިގެންނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hafsath Noora

Level 610 Stories100 Comments100 Login500 Comments

Born on 13th April 2005. Always wants to write stories. Specially Dhivehi stories. Love to read stories too. Loves to read comments. Positive and negative comments are always welcome. Lots of loves to my readers from the bottom of my heart ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Other Articles

Previous

އަންނަންދެން ހުންނާނަން ލޯބިން 7

Next

އިންތިހާ – 13

Next
October 20, 2020

އިންތިހާ – 13

Previews
October 19, 2020

އަންނަންދެން ހުންނާނަން ލޯބިން 7

13 Comments!

  1. Dhonthy says:
    October 20, 2020 at 11:40 am

    Salaam all readers 🙂 🙂 ehaa gina dhuvas koffa up kurevuni iru es alhugan’du enme hiyhamajeheyvarakau noon miothee mi bai liyevifaeiy. 🙁 Ingey vvv kurukan. 🙁
    Alhugan’duge PC au midhuvaskolhu ekikahala errors araatheeve vaahaka genesdhinun ehaa lasvegen miulhenee. 🙁 🙁 🙁 🙁 But mihaavarun es liyefa mi up kollee kiyuntherin inthixaaruga bahattan beynumeiy nuvaathee. 😀 😀 Hope all you’ll understand 🙂 🙂 🙂 Adhi mi bai es kiyaalaa hithun kiyaalaanekamau unmeedhukuran. 😀 😀 😀 <3 <3 Enjoy reading and leave a comment 🙂 🙂 🙂 Love you all <3 <3 <3 <3

  2. ?KIMTAETAE-JEONKOOKIE? says:
    October 20, 2020 at 11:56 am

    wowwww dhonthyy mi part vess varah reethi???
    lysm❤️
    take care dhonthyy

    1. Dhonthy says:
      October 20, 2020 at 7:02 pm

      KIMTAETAE-JEONKOOKIE 🙂 🙂 🙂 Thank you 😀 😀 Love you too and take gud care <3 <3 <3

  3. R¥N says:
    October 20, 2020 at 12:33 pm

    Hey dhonthy ??????????maasha Allah mi part vx vvvv salhi ????????????????????????its ok dhonthy readers ah understand vaane..gaimuvx ryn ah understand vey ???????????????????????????hehe..liam aee dho yeyyy…curiously waiting for the nxt prt ???????????????????????lysm dhonthy ???????tc ??????????????????????????????

    1. R¥N says:
      October 20, 2020 at 12:34 pm

      Ryn 1 thrr…yeyyyyy????

    2. Dhonthy says:
      October 20, 2020 at 7:03 pm

      RYN 😀 😀 😀 😀 😀 What a beautiful comment 😀 😀 😀 Thank you ryn 😀 Love you too and take gud care <3 <3 <3 <3 <3 <3 <3

  4. Meekkomee says:
    October 20, 2020 at 12:35 pm

    Eh okay vaaneh….Insha Allah varah ahvahah ragalhu vaane PC ves …btw mi part ves varah Varah Reethi ??… curiously waiting for the next ✌️✌️?❤️ miss you ?? love yeah ❤️❤️??

    1. Dhonthy says:
      October 20, 2020 at 7:04 pm

      Meekkomee 🙂 🙂 🙂 Thank you 😀 😀 Love you too and miss ya 😀 😀 <3 <3 <3

  5. Liyaa says:
    October 20, 2020 at 12:39 pm

    Nice

    1. Dhonthy says:
      October 20, 2020 at 7:05 pm

      Liyaa 🙂 🙂 🙂 Thank you

  6. Aishath.Reen says:
    October 20, 2020 at 2:23 pm

    i understand you dhonthyyy ! varah reethi maasha allah ! when next ! luv u ! stay safe ?????❤?

    1. Dhonthy says:
      October 20, 2020 at 7:07 pm

      Aishath.Reen 🙂 🙂 🙂 Thank you. 😀 😀 😀 Love you too and stay safe <3 <3 <3 <3 <3

  7. ❤️shyn❤️ says:
    October 20, 2020 at 7:02 pm

    It’s ok dhonthyyy ❤️❤️❤️❤️Maasha allah ❤️❤️❤️❤️❤️mi prt vx vrh vrh vrh salhi ❤️❤️❤️❤️❤️Curiously waiting for the nxt prt ❤️❤️❤️❤️❤️Lve u n miss u darling ❤️❤️❤️❤️❤️❤️❤️❤️

Comments are closed.

Next Episodeޒާޔާ (ފަހުބައި)←


All Right Reserved!