ޒާޔާ (އަށުތިރީސްވަނަ ބައި)
ކުއްލިއަކަށް ޖަމީލާގެ ދެލޮލުން ކަރުނަ އޮހޮރެން ފެށިއެވެ. ނިހާން ޖަމީލާގެ އަތް ފޮޅުވައިލައިފައި ފަވާޝަތު ކައިރިއަށް ގޮސް ނިހާ އުރައިލިއެވެ. އަދި ޒާޔާގެ އަތުގައި ހިފައިގެން ޒާޔާ ގޮވައިގެން އެތަނުން ހިނގައިގަތެވެ. ނިހާންމެން ދިޔުމާއިއެކު ފަވާޝަތުމެންވެސް އެމީހުންގެ ގެއަށް ދާން މިޞްރާބުޖެހިއެވެ.
ބަނދަރުމަތިން މީހުންތައް މަދުވަމުން ގޮސް މިހާރު އެތާ ތިބީ އުސްމާނާއި ޖަމީލާ އެކަންޏެވެ. ތަންކޮޅެއް ދުރުގައި ހުރި ޖޯލިފައްޗެއްގައި ދެތިން މީހަކު އޮލަ ވާހަކަތަކެއް ދައްކަން ތިއްބެވެ. ޖަމީލާ އިސްޖަހައިގެން ހުރެ ރޮނީއެވެ. ޖަމީލާ ރޯތަން ބަލަން ދެރަވެފައި އުސްމާން ހުއްޓެވެ.
ޖަމީލާ ރޮމުން ރޮމުން ގޮސް އެތަނުން ވަށް ބުރެއްގައި އިށީނެވެ. ނިހާން އޭނާ ގާތުގައި ބުނެލި ބަސްތަކުން ޖަމީލާގެ ހިތް ހީވީ ކުދިކުދިވެގެން ދިޔަހެނެވެ. އެއީ އެއްގޮތަކަށްވެސް ޖަމީލާ ނިހާންގެ ފަރާތުން އިވެން ބޭނުންނުވާ ބަސްތަކެކެވެ. މިވީގޮތުން އޭނާގެ ދަރިފުޅާއި އޭނާވެސް މި ވަކިވާން ޖެހުނީހެއްޔެވެ؟ ނޫނެކެވެ. އެހެން ވެގެން ނުވާނެއެވެ. ބައްޕައެއްކަމަކު މަންމައަކާއި ދަރިއެއް ވަތްކެތް ނުކުރެވޭނެއެވެ. ވަކި ކުރެވިގެންވެސް ނުވާނެއެވެ. މަންމަ އާއި ދަރިއަކާއި ދެމެދު އޮންނަ ގުޅުން އެއަށްވުރެވެސް މާ ވަރުގަދަވެގެންވެއެވެ.
ޖަމީލާ ރޯން އިން މަންޒަރު ދެކެން އުސްމާން ދެރަވެފައި ހުއްޓެވެ. ޖަމީލާ ކިތަންމެ ނުބައި ކަމެއް ކޮށްފައި ވިޔަސް އުސްމާންގެ ހިތުގައި ޖަމީލާއާއިމެދު އޮންނަ ލޯތްބަކަށް އެއްވެސް ފަނޑުކަމެއް ނާދެއެވެ. އެއީ އޭނާގެ ބޭބެގެ ދަރިއެއްވިއްޔާއެވެ. އޭނާއަށް ބޮޑުބޭބެ ކިޔާ ހަމައެކަނި މީހަކީ ޖަމީލާއެވެ.
އުސްމާން މަޑުމަޑުން ހިނގައިލައިފައި ގޮސް ޖަމީލާ ގާތުގައި އިށީނެވެ. އަދި މަޑުމަޑުން ޖަމީލާގެ ބޮލުގައި ފިރުމައިލިއެވެ. ޖަމީލާ އެވަގުތު ވެފައި ހުރި ދެރައިން އުސްމާންގެ އަތް ފޮޅުވައިލެވުނެވެ. އޭނާއަށް އެއްވެސް މީހެއްގެ އެހީތެރިކަން ބޭނުންނުވާ ފަދައެވެ. އެއްވެސް މީހެއްގެ ޙަމްދަރުދީއެއް ބޭނުންނުވާ ފަދައެވެ. “އަހަރެން އެކަނި މިތާ އިނަދީ. ބޮޑުބެ ދޭ ގެއަށް.” ރޮވިފައި އިނދެ ޖަމީލާ ބުންޏެވެ. “ބޮޑުބެ ހިނގައިދާނަން. އެކަމަކު އެކަނި އިނދެ ކޮންމެވެސް ހަނދާންކޮށް މޮޔަކަމެއް ނުކުރާތި..” އުސްމާން އެތަނުން ތެދުވަމުން ބުންޏެވެ. “އަދި އެއްވާހަކަ… ދެންވެސް ތި އުޅުން ދޫކޮށް ރަނގަޅަށް އުޅެވޭތޯ ބަލައި. މީހުނަށް ދެރަދޭން އުޅިގެން ދެރަލިބޭނީ އެކަން ކުރި މީހުނަށް. ތިމާ ފޭހުނު އިލޮށި ތިމާގެ ލޮލަށް ހެރިފަ ތިއޮތީ. ޒާޔާއަކީވެސް މީހެއްގެ ދަރިއެއް. އަނެއްކާ ޖަމީލާގެ ފިރިމީހާގެ ދޮށީ ދަރިފުޅު އެއީ. ނިކަން ބަލާލާ ޖަމީލާ އެކުއްޖާ ފަކީރަށް ތި ހަދާލި ގޮތް.. ބޮޑުބެއަށް ހަމަ ގައިމުވެސް އިނގޭ އެއްޗަކީ ޒާޔާއަށް ޖަމީލާ ތި ދިންކަހަލަ ލަނޑެއް އެހެން މީހަކު ނަމަވެސް ނިހާއަށް ދޭން ޖަމީލާ ބޭނުން ނުވާނެކަން.” އުސްމާން އޭނާ ބުނަން ބޭނުންވި އެއްޗެއް ބުނެލުމަށްފަހު އެތަނުން ހިނގައްޖެއެވެ.
އުސްމާން ބުނެލި އެންމެ ފަހު ޖުމުލައިން ޖަމީލާގެ ހިތަށް ގޮތެއް ވެލައިގެން ދިޔައެވެ. އޭނާއަށް ވަރަށް ބޮޑު ކުށެއް ކުރެވިއްޖެކަމަށް އޭނާގެ ހިތް ބުނަން ފެށިއެވެ. އެހެނަސް އަދިވެސް ޖަމީލާ އެކަން ޤަބޫލުކުރާކަށް ބޭނުމެއްނުވެއެވެ. ޖަމީލާއަށް އަދިވެސް ކުށްވެރިކުރެވެނީ ޒާޔާއެވެ. ޒާޔާ ނެތް ދުވަސްތަކު ދެމީހުނަށް ކިހާ އުފަލުގައި އުޅެވުނުހެއްޔެވެ؟ އެހެނަސް ޒާޔާ އަނބުރައި ރަށަށް އައުމުން ހުރިހާ ކަމެއް ބަދަލުވީއެވެ. ނިހާންވެސް ވަގުތުން ޖަމީލާ ވަރިކުރީއެވެ. ޖަމީލާ އެ ވިސްނުންތަކެއްގައި އިން އިރު އޭނާއަށް އަދިވެސް އޭނާއަށް ކުރެވުނު ކުށް ރަނގަޅަކަށް އިޙުސާސެއް ނުކުރެވެއެވެ.
“ނިހާ.. އާދެބަ ދޮންތަ ކައިރިއަށް.” ގެއަށް ގޮސް ވަދެ ޒާޔާ އެންމެ ފުރަތަމަވެސް ބޭނުންވީ އޭނާގެ ކޮއްކޮ އުރާލާށެވެ. ޒާޔާ ހަމަ އަތް ދިއްކޮށްލާއިރަށް ނިހާ ޒާޔާ ގާތަށް އައެވެ. އެހެން ނުވާންވީ އެއްވެސް ސަބަބެއް ނެތެވެ. މި ވޭތުވެ ދިޔަ ގިނަ ދުވަސްތަކު މަލައިކާ ވަނީ ޒާޔާގެ ސިފައިގައި ނިހާ ކުރިމައްޗަށް އައިސްފައެވެ.
ނިހާން ބުނުމުން ހަސްނައިންއާއި ނޫމާން އާއި ފަވާޝަތު ނިހާންގެ ކޮޓަރިއަށްވަދެ ޖަމީލާގެ އެއްޗެހި ފޮއްޓަކަށް އަޅައި ބަންދުކޮށްލިއެވެ. ޒާޔާއަށް އެއްވެސް ކަމެއް ނުޖައްސައި ބެހެއްޓީ ނިހާ އާއިއެކު ޒާޔާ އެވަގުތު ހުރުމަށް ނިހާންގެ ހިތް އެދުނު ވަރުންނެވެ. ނިހާން ދެކޭ ގޮތުގައި ނިހާ އަށް ޒާޔާ އެ ފެނުނީ އަދި އަލަށެވެ.
ހުރިހާ ކަމެއްކޮށް ނިމުމުން ނިހާން އާއި ހަސްނައިން ފޮށިތައް ހިފައިގެން އެގެއިން ނުކުތެވެ. ނޫމާންމެން އެގެއަށް ފޮށިތައް ލައިފައި ނަމާދުކޮށް ހަދައިގެން އަންނާނަންކަމަށް ބުނުމުން އެ ދެމީހުނަށް ހިނިތުންވެލައިފައި ނިހާން އެތެރެއަށް ވަނެވެ.
“ފަވާމެން ދެކުދިންވެސް ނަމާދަށް ދާންވީނު.” ޒާޔާއާއި ވާހަކަ ދައްކަން އިން އަފްލާހުއާއި ފަވާޝަތަށް ބަަލައިލަމުން ނިހާން ބުންޏެވެ. “އާނ ނިިހާންބޭ. އިޝާ ނަމާދުފަހުން އަންނާނަން އިނގޭ…. ދަނީ އިނގޭ ނިއްކޯ ލޯބީ.” ނިހާގެ ކޮލުގައި ހިފައި ލޯބިކޮށްލަމުން ފަވާޝަތު ތެދުވިއެވެ. އަފްލާހުވެސް ނިހާ އާއި ސަމާސާ ކޮށްލައިފައި ޒާޔާއަށް ހިނިތުންވެލަމުން އެތަނުން ތެދުވިއެވެ.
“ބައްޕާ. ފަވާމެން ދެމީހުން މިހާރު އެކަނި އެގޭގަ އެއުޅެނީ.” އަފްލާހުމެން ދިޔުމުން ޒާޔާ ބުންޏެވެ. “ތިބުނީ؟” ނިހާނަކަށް ޒާޔާ އެ ބުނި އެއްޗެއް ނޭނގުނެވެ. “މިބުނީ ފަވާގެ ބޮޑުދައިތަ މިދުނިޔެއަކު ނެތޭ. އެހެންވެ އެދެމީހުން އެކަންޏޭ އެގޭގަ އެއުޅެނީ.” އާލިޔާ ދުނިޔެއާއި ވަކިވި ޚަބަރު ލިބުމުން ނިހާނަށް ޙައިރާންކަމެއް ލިބުނެވެ. އޭނާއަށް މީގެ ކުރިއަކުން އާލިޔާ މަރުވި ޚަބަރެއް ލިބިފައެއް ނެތެވެ. ނިހާން އެއްޗެކޭ ބުނަން އަނގަ ހުޅުވައިލި ވަގުތު ސިޓިންގް ރޫމު ދޮރުމަތީ ހުއްޓުނު އުސްމާން ފެނި ނިހާން ކޮޅަށް ތެދުވިއެވެ.
“އުސްމާން. ވަދޭ އެތެރެއަށް.” އުސްމާނަށް ހިނިތުންވެލަމުން ނިހާން ބުންޏެވެ. އިސްޖަހައިލައިގެން ހުރެ އުސްމާން އެތެރެއަށް ވަނެވެ. ޙަޤީޤަތުގައި އުސްމާން އެހުރީ ނިހާން ކުރިމައްޗަށް އަރަންވެސް ލަދުގަނެފައެވެ. ޖަމީލާ އެކުރި ކަމަކުން އުސްމާންވެސް ބޮޑު ލަދެއްގައި ބެދުނީއެވެ. ޖަމީލާ އެކުޅެލީ އޭނާގެ އެންމެ ގާތް ރަޙުމަތްތެރިޔާގެ ދަރިފުޅާ ވިއްޔާއެވެ.
“ނިހާން… ޒާޔާ… އަހަންނަށް މާފުކުރޭ.” އުސްމާން އެތެރެއަށްވަދެ އެންމެ ފުރަތަމަވެސް ޒާޔާމެން ކިބައިން މަޢާފަށް އެދުނެވެ. ސުވާލުގެ ނަޒަރަކުން ޒާޔާއާއި ނިހާން އުސްމާނަށް ބަލަން ހުރިއިރު އުސްމާން ހުރީ ކުށްވެރިއަކު ފަދައިން އިސްޖަހައިލައިގެންނެވެ. “އުސްމާން ކޮންކަމެއްކުރީ؟” ނިހާން އަހައިލިއެވެ. “އަހަރެން ކަމެއްް ނުކުރިޔަސް އަހަރެން ޖަމީލާގެ ފަރާތުން ތި ދެބަފައިންގެ ކިބައިން މަޢާފަށް އެދެން.. އަސްލު… އަހަރެން މިއަދު ލަދުގަނޭ ތި ދެބަފައިން ކުރިމައްޗަށް އަރަންވެސް.. އެކަމަކު.. އަންނަން ޖެހުނީމަ މިއައީ.” އުސްމާނަށް އެހިސާބަށް ބުނެލެވުނުއިރު އޭނާގެ ދެލޯ ފެންކަޅިވެއްޖެއެވެ. ނިހާ އަށް ބަލައިލައިފައި ދެން ބުނަން އޮތް ވާހަކައަކީ ނިހާނާއި ޒާޔާއަށް އެހާ ފަސޭހައިން އަޑުއެހޭނެ ވާހަކައެއް ނޫންކަން އުސްމާނަށް ރަނގަޅަށް އެނގެއެވެ. “އުސްމާން ނުޖެހޭނެ އަހަރުމެން ކިބައިން މާފަށް އެދޭކަށް. އަދި ލަދުގަންނާކަށްވެސް ނުޖެހޭނެ. ލަދުގަންނަން ޖެހޭނީ އެ ހުރިހާ ކަމެއް ކުރި މީހެއްނު.. މަށަށް މިހާރު ރަނގަޅީވެސް އޭނާގެ ނަން އަހަރެން ކުރިމަތީ ނުކިއްޔާ.” ނުރުހުންތެރިކަން އެކުލެވިފައިވި އަޑަކުން ނިހާން ބުންޏެވެ. “އަސްލު.. އަހަރެން މިއައީ ނިހާން ގާތުގަ ކަމަކު ބުނަންވެގެން. އެކަމަކު ހިއެއްނުވޭ ނިހާން އެކަން ކޮށްދޭނެހެނެއް.” ނުތަނަވަސްވެފައި ހުރެ ނިހާންއާއި ދިމާލަށް ބަލަހައްޓައިގެން ހުރެ އުސްމާން ބުންޏެވެ. އޭރު ދޭތެރެ ދޭތެރެއިން އުސްމާނަށް ތަށިމުށިގަނޑު މަތީ ކުޅެން އިން ނިހާ އާއި ދިމާލަށް ބަލައިލެވެއެވެ. އުސްމާނާއި ދިމާލަށް ބަލަހައްޓައިގެން ހުރި ޒާޔާއަށް އެކަން ވަރަށް ރަނގަޅަށް ފާހަގަކުރެވެމުން ދިޔައެވެ.
“ނޫނޭ. އުސްމާން ބުނި ކަމެއް އަހަރެން ނުކޮށްދީއެއް ނުހުންނާނެއެއްނު. ބުނޭ އަހަރެން ގާތުގަ. އަހަރެން އެކަމެއް ކޮށްދޭނަން.” ވަރަށް ޔަޤީންކަމާއިއެކު ނިހާން ބުންޏެވެ. ދެއަތް ފުރަގަހަށް ލައިގެން އުސްމާން އިސްޖަހައިލައިގެން އިރުކޮޅެއް ވަންދެން ހުއްޓެވެ. ނިހާން ހަމަ އެހާ ޔަޤީންކަމާއިއެކު އޭނާ އުސްމާން ބުނާ ކަމެއް ކޮށްދޭނަންކަމަށް ބުނުމުންވެސް އުސްމާނަށް އެކަން ޤަބޫލެއްނުކުރެވުނެވެ. ކޮންމެ ގޮތެއް ވިޔަސް ދެން ވަރިހަމަކަމަށް ހިތައި އުސްމާން އެ ވާހަކަ ބުނަން ނިންމިއެވެ. ވާނެ ގޮތެއްވެސް އެނގޭނީ އެ ވާހަކައެއް ބުނެލުމުންތާއެވެ.
“ޖަމީލާ އާދޭސްކުރާވަރުން… ނިހާ ބަލައި އަހަރެން މިއައީ.” “ނުގެންދެވޭނެ ނިހާއެއް.” އުސްމާންގެ ވާހަކަ ނިމުމާއިއެކު ނިހާން ނުރުހިފައި ބާރަކަށް ހަޅޭއްލަވައިގަތެވެ. އެއަޑަށް ނިހާ ރޯން ފެށިއެވެ. ޒާޔާ އަވަހަށް ނިހާ އުރައިލަމުން ގޯތިތެރެއަށް ނުކުތެވެ. ޒާޔާ ގޯތިތެރެއަށް ނުކުތަސް އޭނާ ހުރީ ނިހާން އާއި އުސްމާން ދައްކާ ވާހަކަތައް އަޑުއިވޭނޭ ހިސާބުގައެވެ.
“އަހަރެން ޖަމީލާއަކަށް އިތުބާރެއް ނުކުރަން. އަމިއްލަ އެދުމައިގެން ފޯވެފަ ހުންނަ މީހެއް އޭނައަކީ. އެހެންމަ އޭނަވެސް ނިހާއަކަށް ދޭންވާ ލޯތްބާ އަޅާލުން ދޭނެހެނެއް އަހަންނަކަށް ހިއެއްނުވޭ.” ދެބުމަ ގޮށްޖަހައިގެން ހުރެ ނިހާން ބުންޏެވެ. އުސްމާންއަށް އަނެއްކާވެސް އިސް ޖަހައިލެވުނެވެ. ޖަމީލާ ގެއަށް އައިސް ނިހާ އޭނާ ގާތަށް ގެނައިސްދިނުމަށް އެދި އޭނާ އުސްމާން ގާތުގައި އާދޭސްކުރިވަރު އިނގޭނީ ހަމަ އުސްމާނަށެވެ. މައިމީހާއަށް އޭނާގެ ދަރިފުޅާއި ދުރުގައި އެންމެ މިނެޓެއްވެސް ހޭދަކޮށްލުމަކީ ކިހާ އުނދަގޫކަމެއްކަން އުސްމާނަށް އިނގެއެވެ. އެއީ މައިމީހާގެ ލަނގޮޑިއަށް ކެތްވާނެވަރުގެ ކަމެއް ނޫނެވެ.
“ނިހާން.. ޖަމީލާ ޒާޔާދެކެ ލޯބި ނުވިޔަސް… ޖަމީލާ އޭނާގެ ދަރިފުޅު ދެކެ ނުލާހިކު ލޯބިވޭ. މަޔަކާ ދަރިއަކާ ދުރުކުރަން ހެޔޮނުވާނެއްނު..” އުސްމާން ދެން ބުނި އެއްޗަކުން ނިހާންއަށް އޭނާގެ ދެލޯ މަރާ ބާރުކޮށްލެވުނެވެ. ނިހާން ޖަމީލާއަށް އިތުބާރުނުކުރިޔަސް ޖަމީލާ ނިހާ ދެކެ ވަރަށް ލޯބިވާކަން ނިހާންއަށް ޤަބޫލުކުރެވެއެވެ. އެހެނަސް ނިހާން އެންމެ ބިރުގަންނަނީ ޖަމީލާ ނިހާ ތަރުބިއްޔަތު ކޮށްފާނެ ގޮތަކާއި ދޭތެރޭގައެވެ. ޖަމީލާގެ ކިބައިގައިވާ ކިބުރުވެރިކަމާއި ޙަސަދަވެރިކަމާއި އަދި އެހެންވެސް ނޭދެވޭ އެއްވެސް ސިފައެއް ނިހާ ގައިގައި އަށަގަންނާކަށް ނިހާން އެއްގޮތަކަށްވެސް ބޭނުމެއްނުވެއެވެ. ނިހާން ބޭނުންވަނީ ނިހާ އަކީ ޒާޔާ ފަދައިން އޭނާގެ ބަސްއަހާ ރަނގަޅު ދަރިއަކަށް ވުމެވެ.
ގޯތިތެރޭ ހުރި ޒާޔާވެސް ބޭނުންވީ ނިހާ ޖަމީލާއާއި ޙަވާލުކުރާށެވެ. އެހެންކަމުން ޒާޔާ އެތެރެއަށްވަދެ ނިހާ އުސްމާން އަތަށް ދިނެވެ. އަދި މަޑުމަޑުން ހިނގައިލައިފައި ގޮސް ނިހާން ގާތުގައި ހުއްޓުނެވެ. “ބައްޕާ. އުސްމާންބެ އެ ބުނަނީ ތެދެއް. އެއީ ބައްޕަގެ ދަރިއަކަސް ޖަމީލާގެވެސް ދަރިއެއްނު. އަހަރެން ދެކެ ޖަމީލާ ލޯބި ނުވިޔަސް ނިިހާ ދެކެ ކިހާ ލޯބިވޭ. އެހެންވީމަ ނިހާ އުސްމާންބެއާއެކީ ފޮނުވާލާ… ކޮންމެ ދުވަހަކު ހަވީރު އުސްމާންބެ ނިހާ މިގެއަށް ގެންނާނަން ދޯ…” ޒާޔާ އޭނާގެ ބައްޕައަށް ވިސްނައިދެވޭތޯ ބެލިއެވެ. އަދި އުސްމާން ގާތުގައި ނިހާ ކޮންމެ ދުވަހަކު ހަވީރު ގެެނެސްދިނުމަށް ބުނުމުން އުސްމާން ބޯ ޖަހައިލައިފައި ޒާޔާއަށް ޝުކުރު އަދާކޮށްފައި ނިހާ ގޮވައިގެން އުސްމާން އެގެއިން ނުކުތެވެ.
“ދަރިފުޅާ.. ބައްޕަ ވަރަށް ކަންބޮޑުވޭ. ނިހާ އަށް ދެރަގޮތެއް ވެދާނެތީ. ޖަމީލާ ހަމަ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ..” ޒާޔާގެ އަތުގައި ހިފައިލައިގެން ހުރެ ނިހާން ކަންބޮޑުވުމަކާއިއެކީ ބުނެލިއެވެ. “ބައްޕާ.. އެހާވަރަށް ކަންބޮޑުނުވައްޗޭ. އަހަންނަށް ކިތަންމެ ދެރަގޮތެއް ޖަމީލާ ހެދިޔަސް.. ޖަމީލާއަކަށް ނުކެރޭނެ ނިހާއަކަށް އެއްކަމެއްވެސް ކުރާކަށް.. އެއީ އޭނަގެ އަލަތު ދަރިފުޅެއްނު. އެހެންމަ ޖަމީލާ ނިހާދެކެ ކިހާ ލޯތްބެއް ވާނެ.. އަނެއްކާ ޖަމީލާ އެކަންޏެއްވެސް ނޫނެއްނު ހުރީކީއެއް. ނޫމާންއާ އުސްމާންބެވެސް އެބަތިއްބެއްނު… ބައްޕަ ދޭ މިސްކިތަށް ދެން. ބައްޕަ އަންނަންވާއިރަށް ޒާޔާ ކާން ތައްޔާރުކުރާނަން..” ޒާޔާ ދެއްކި ވާހަކަތަކުން ނިހާންއަށް ކުޑަވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ. ނިހާ ދިޔަ ފަހުން ތެޅެން ފެށި ހިތް ކުޑަކޮށް މަޑުވެލިއެވެ. އަދި ޒާޔާއަށް ހިނިތުންވެލައި ޒާޔާގެ ބޮލުގައި ފިރުމައިލުމަށްފަހު ނިހާން މިސްކިތަށް ދާން ހިނގައިގަތެވެ.
ނިހާ ގޮވައިގެން އުސްމާން ގެއަށް ވަނުމާއިއެކު ސޯފާގައި އިން ޖަމީލާ ފުންމައިގެން ތެދުވެފައި އައިސް އުސްމާން އަތުން ނިހާ އަތުލިއެވެ. “ދަރިފުޅާ!” ނިހާ ގައިގައި ބައްދައިލެވުމާއިއެއްކޮށް ޖަމީލާއަށް ރޮވިއްޖެއެވެ. އޭނާ ހީކޮށްގެން ހުރީ ނިހާން އޭނާއަށް ދަރިފުޅު ނުދޭނެކަމަށެވެ. އެހެނަސް އެކަން އެގޮތަކަށް ނުވިތާއެވެ. “ނިހާންބެ ހާދަ ރަނގަޅޭ ދޯ.. މީނައަށް ކިތަންމެ ނަފްރަތެއް ކުރިޔަސް ދަރިފުޅު ދީފިއެއްނު.” ތަންކޮޅެއް ދުރުގައި ހުރި ނޫމާން ބުނެލިއެވެ. ނޫމާން މިހާރު ޖަމީލާއަށް ދައްތަ ކިޔަން ލަދުގަނެއެވެ. އުސްމާން އެތަނުގައި ހުއްޓެއްކަމަކު ނޫމާން މިހާރު އުސްމާން ކުރިމަތީ ޖަމީލާއާއި އެގޮތަށް ވާހަކަދައްކާކަށް ޖެހިލުމެއްނުވެއެވެ. އުސްމާން އެކަމާ ބެހޭގޮތުން އެއްޗެކޭ ނުބުނާތީ ކަންނޭނގެއެވެ.
“ނިހާން އެއް ނޫން ދިނީ… ޒާޔާ.” އުސްމާން ބުނި ޖުމުލައަކުން ޖަމީލާއަށް ރުއިން ހުއްޓައިލެވުނެވެ. ޤަބޫލުކުރަން ދަތިވެފައި ހުރެ ޖަމީލާއަށް އުސްމާންއާއި ދިމާލަށް ބަލައިލެވުނެވެ. “ނިހާން ހުރީ ދަރިފުޅު ނުދޭންވެގެން. އެކަމަކު ޒާޔާ ނިހާންއަށް ވަރަށް ވިސްނަދިނީމަ ނިހާ މި ގެނެވުނީ. މިރޭ ޒާޔާ ނެތްނަމަ ނިހާން ނިހާއެއް ނުވެސް ދޭނެ ކަންނޭނގެ.” މަޑުމައިތިރިކަމާއިއެކު އުސްމާން އެ ބުނި ޖުމުލަތައް އަޑު އިވިފައި ނޫމާނަށް ހިނިތުންވެލެވުނެވެ. ޖަމީލާއަށް ހުރެވުނީ އަދިވެސް ޤަބޫލުކުރަން ދަތިވެފައެވެ. އިރުކޮޅެއް ވަންދެން ޖަމީލާ އެހެން ހުރެފައި ނިހާ ގޮވައިގެން ކޮޓަރިއަށް ވަދެއްޖެއެވެ. ނޫމާން އާއި އުސްމާން އެކަކު އަނެކަކަށް ބަލައިލައިފައި ކޮނޑު އަރުވައިލިއެވެ.
ޖަމީލާ ކޮޓަރިއަށްވަދެ ނިހާ އެނދުމަތީ ބޭންދިއެވެ. އަދި ކުޅޭ އެއްޗެހިތަކެއް ނިހާ އަތަށް ދެމުން ޖަމީލާވެސް ނިހާ ގާތުގައި އިށީނެވެ. ނިހާ ފޯރިއާއިއެކު ކުޅެން ފެށުމުން ޖަމީލާ ނިހާއަށް ހިނިތުންވެލައިފައި އޭނާގެ ފޯނު ނެގިއެވެ. އަދި އޭގެން ގެލެރީއަށްވަދެ ޒާޔާގެ ފޮޓޯ ހުޅުވައިލިއެވެ. ޖަމީލާ ވަރަށް ރަނގަޅަށް ޒާޔާގެ ފޮޓޮއަށް ބަލައިލިއެވެ. ފުރިހަމައަށް ހިނިތުންވެލައިގެން ޒާޔާ އިންއިރު އެ މޫނުމަތިން މައުސޫމްކަން ނޫން އެހެން އެއްޗެއް ނުފެނެއެވެ. މިފަހަރު ޒާޔާގެ ފޮޓޯ ފެނިފައި ޖަމީލާގެ ހިތް ޙަސަދައިން ފޯވުމުގެ ބަދަލުގައި އެ ހިތް މަޑުވާން ފެށީއެވެ. އެ މައުސޫމް ކުއްޖާގެ އެއްވެސް ކުށަކާ ނުލައި އެކުއްޖާއަށް ދެވުނު އަނިޔާތައް ހިތަށް އަރައިފައި ޖަމީލާއަށް މިފަހަރު ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. ޖަމީލާ އެހުރިހާ ކަމެއް ކުރިއިރުވެސް ޒާޔާ އެކަމުގެ ބަދަލު ދޭކަށް ނޫޅެއެވެ. ޒާޔާ ބޭނުންނަމަ ޒާޔާއަށް އޭނާ ޕޮލިހަށްވެސް ޙަވާލުކުރެވުނީހެވެ. އެހެނަސް ޒާޔާ އެކަންވެސް ނުކުރެއެވެ. ހާދަހާވާ ހިތްތިރި މަޑުމައިތިރި ރަނގަޅު ކުއްޖެކެވެ. ރަނގަޅު ނަޒަރިއްޔާތަކުން ޖަމީލާއަށް ޒާޔާއާއި ދިމާލަށް އެ ބަލައިލެވުނީ އަދިކިރިޔާއެވެ. މިރޭ ޖަމީލާއަށް އެއްކަމެއް ރޭކައިލައިފިއެވެ. އޭނާގެ ޙަޔާތުން ދުވަސްތަކެއް ބޭކާރުގޮތުގައި ދުއްވައިލެވުނުކަމެވެ.
ޖަމީލާ އަނގަމަތީ އަތްއަޅައިގެން ރޯން އިން މަންޒަރު ދެކެން ނިހާ އިނެވެ. ދެލޯ ބޮޑުކޮށްލައިގެން ބަލަހައްޓައިގެން އިން އިރު ވަރަށްވެސް ލޯތްބެވެ. ޖަމީލާއަށް ނިހާ ބަލަަހައްޓައިގެން އިންތަން ފެނުމުން ރުއިމުގެ ތެރެއިންވެސް ޖަމީލާއަށް ހީނލެވުނެވެ. ނިހާގެ ބޮލުގައި ފިރުމައިލައިފައި ޖަމީލާ ނިހާ ގެނައިސް އޭނާގެ އުނގުގައި ބޭންދިއެވެ. އުސްމާން ބުނި ފަދައިން އޭނާވެސް ނިހާއަށް އެއްވެސް ގެއްލުމެއް ލިބޭކަށް ނޭދެއެވެ. ޒާޔާއަށް ލިބުނު ފަދަ ލަނޑެއް ނިހާއަށް ލިބޭކަށް ޖަމީލާއެއް ނޭދެއެވެ. ޖަމީލާ ދުނިޔޭގައި ހުރިއްޔާ ނިހާ އަށް އަމާޒުވާ ނޭދެވޭ ނަަޒަރުތަކުން ނިހާ ސަލާމަތްކުރާނެއެވެ. އެވަގުތު ޒާޔާއަށް އެއްވެސް ދެރަގޮތެއް މެދުވެރި ނުކުރައްވާތޯ ޖަމީލާއަށް ދުޢާކޮށްލެވުނެވެ.
ދުވަސްތައް މާޒީއާއި އެކުވަމުން ގޮސް މަހެއް ފާއިތުވެއްޖެއެވެ. މިވޭތުވެދިޔަ ދުވަސްތަކު ކޮންމެ ދުވަހަަކު ހަވީރު އުސްމާން ނިހާ ޒާޔާމެން ގެއަށް ގެނެސްދެއެވެ. ނިހާން ވަޒީފާއިން ވަކިވުމުން ޒާޔާ މިހާރު އުޅެނީ އެރަށުން ވަޒީފާއެއް ހޯދައިގެންނެވެ. އެރަށު ޕްރީ ސްކޫލުގެ ޓީޗަރެއްގެ ވަޒީފާ ޒާޔާ އަދާކުރާއިރު ހުސްވަގުތުތަކުގައި ކޭކު އަޅައިގެން ޒާޔާ އެއެއްޗެހިވެސް ވިއްކައެވެ. ނޫމާންގެ އޮފީހުން އެއްބައި މިހާރު ވަނީ އެކަމަށް ތައްޔާރުކޮށްފައެވެ. ޒާޔާ އަޅާ ކޭކުތައް އެ ބައިގައި ހުންނަ ބޮޑު ފްރިޖުގައި ބަހައްޓައެވެ. ހެޔޮ އަގެއްގައި ކޭކުތައް ވިއްކާއިރު ކޮންމެ ދުވަހަކުވެސް އެތަނަށް އެރަށު ވަރަށް ގިނަމީހުން ވަންނާނެއެވެ. އެހެންކަމުން ޒާޔާއަށް ރަނގަޅު އާމްދަނީއެއްލިބި އަމިއްލައަށްވެސް އުޅެވޭވަރުވެއެވެ. މިހާރު އޭނާ އެއްޗެއް ގަންނަން ބޭނުންވެއްޖެއްޔާ ބައްޕަ ގާތުގައި ބުނާކަށް ނުޖެހެއެވެ. ބައްޕައަށް ބޭނުންވާ ކިތަންމެ އެއްޗެއް މިހާރުވެސް ޒާޔާ އަމިއްލައަށް އޭނާގެ ބައްޕައަށް ގަނެެދީފައި އެބަހުއްޓެވެ.
ހަވީރުގެ ވަގުތެވެ. އާދައިގެ މަތިން މިއަދުވެސް ޖަމީލާ ނިހާ ނިހާންގެ ގެއަށް ގެންދިޔުމައްޓަކައި ނިހާ ތައްޔާރުކުރަމުން ދިޔައެވެ. ނިހާ ރީތިކޮށްފައި ނިހާގެ ކުޑަކުޑަ ދަބަސްވެސް ތައްޔާރުކޮށް ނިހާގެ ކޮނޑުގައި އަޅުވައިލަދިނެވެ. “ދަރިފުޅު ބައްޕަ އާ ދޮންތަގެ ބަސް އަހައްޗޭ އިނގެ.” ނިހާގެ ދަތްދޮޅީގައި ހިފަހައްޓައިލަމުން ޖަމީލާ ބުންޏެވެ. ނިހާ ބޯ ޖަހައިލިއެވެ. ނިހާ އަށް މިހާރު މީހުން ބުނާ އެއްޗެހި ކޮންމެވެސް ވަރަކަށް ދޭހަވެއެވެ. އަދި ކުދިކުދި ބަސްތައްވެސް ނިހާއަށް ކިޔެއެވެ.
ނިހާ ގޮވައިގެން ޖަމީލާ ކޮޓަރިން ނުކުންނަން އުޅެނިކޮށް އޭނާއަށް ކަމެއް ހަނދާންވެގެން ދޮރުގެ ތަޅުން އަތް ދޫކޮށްލެވުނެވެ. އަދި ނިހާ ބިންމަތީގައި ބަހައްޓަމުން ގޮސް އަލަމާރި ހުޅުވައިލިއެވެ. އަދި ފަތްޖަހައިފައި ހުރި ޖަމީލާގެ ހެދުންތަކުގެ ދަށުން ކަރުދާސްކޮޅެއް ޖަމީލާ ނެގިއެވެ. އަދި ފުން ނޭވައެއް ދޫކޮށްލުމަށްފަހު އެ ކަރުދާސް ފަތްޖަހައިލައިފައި ނިހާގެ ދަބަސްތެރެއަށް ލިއެވެ. އަދި ނިހާ އުރައިލައިގެން ކޮޓަރިން ނުކުމެ ސިޓިންގް ރޫމުގައި އިން އުސްމާން އަތަށް ދިނެވެ. “ހިނގާ ދާން ދޯ ބައްޕަ ކައިރިއަށް.” ނިހާގެ ކޮލަށް ބޮސްދެމުން އުސްމާން ބުންޏެވެ. އުސްމާންމެން ގޮސް މަގުގެ ކޮޅަށް އޮބައިލަންދެން ޖަމީލާ ބޭރަށް ނުކުމެ ބަލަން ހުއްޓެވެ. “ޒާޔާއަށް އެ ގަނޑުކޮޅު ފެންނާނެބާ؟” ޖަމީލާ އޭނާގެ އަމިއްލަ ނަފްސަށް އަޑުއިވޭނެވަރަށް އެހެން ބުނެލުމަށްފަހު އެތެރެއަށް ވަނެވެ.
“ޖަމީލާ ދައްތާ.” ގޭތެރެއަށް ވަތް ޖަމީލާ ފެނި ނޫމާން ޖަމީލާއަށް ގޮވައިލިއެވެ. މި ވޭތުވެ ދިޔަ ދުވަސްތަކު ޖަމީލާގެ ފަރާތުން ނޫމާނަށް ވަނީ ރަނގަޅު އެތައް ސިފައެއް ފެނިފައެވެ. ކުރިއާއި ޚިލާފަށް ޖަމީލާ އަޅުކަންތަކަށް ސަމާލުކަން ދޭކަން ނޫމާނަށް ވަނީ ފާހަގަ ކުރެވިފައެވެ. އަދި މީހުނާ މުޢާމަލާތްކުރުމުގައި މިހާރު ޖަމީލާ އެ ގެންގުޅޭ ރީތި އުސޫލުތައްވެސް ނޫމާނަށް ވަނީ ފާހަގަކުރެވިފައެވެ. މި ހުރިހާ ކަމަކުންވެސް ޖަމީލާ މިހާރު ވަރަށް ބޮޑަށް ބަދަލުވެއްޖެކަން ނޫމާނަށް ޤަބޫލުކުރެވެއެވެ. ނޫމާން މި ހުރިހާ ވާހަކަތަކެއް އޭނާގެ އެކުވެރިންނާއި ޚިއްޞާ ކުރުމުން އެ އެންމެން އެކަމާ ވަރަށް އުފާވިއެވެ. އެމީހުނާއި ޚިލާފަށް ޒާޔާ އެކަމާ މާ ބޮޑަށް އުފާވިކަން ނޫމާނަށް ފާހަގަވިއެވެ.
“ކީކޭ ނޫމާން؟” ނޫމާނަށް ހޭވެރިކަމެއްވީ ޖަމީލާ އޭނާގެ މޫނުކައިރީ އަތް ހޫރައިލުމުންނެވެ. “ހެހެ.. ކަމެއް ނުވޭ. ސައި ހަދައިދޭން ބުނަންވެގެން.” ޖަމީލާ ކައިރިއަށް އައިސް ޖަމީލާގެ ކޮނޑުގައި އަތް އަޅުވައިލަމުން ނޫމާން ބުންޏެވެ. “ހަހަ.. ހިނގާ އަވަހަށް.” ހިނިތުންވެލަމުން ޖަމީލާ ނުމާންއާއިއެކު ބަދިގެއަށް ވަނެވެ.
ނޫމާނަށް ސައި ހަދައިދީފައި ޖަމީލާ ނޫމާނަށް ކުރިމަތިވާނެގޮތަށް އިން ގޮނޑީގައި އިށީނެވެ. ދެމީހުންވެސް އެތާ ތިބެ ވަރަށް ވާހަކަ ދެއްކިއެވެ. ދެ އެކުވެރިން ފަދައިން ވާހަކަ ދައްކާ ސަކަރާތް ޖަހަމުން ދިޔައިރު ދެމީހުންވެސް ތިބީ ނިކަން ހަމަޖެހިފައެވެ. ޖަމީލާ ބަދަލުވިފަހުން މިހާރު އެގޭތެރޭގެ ކަންތައްތައްވެސް ހަމައަކަށް އެޅިއްޖެއެވެ. އެ ގޭ އެންމެންގެ ތުންފަތުން ހިނދުކޮޅަކަށްވެސް ހިނިތުންވުން ފިލައިނުދެއެވެ.
އުސްމާން ނިހާ އެގެއަށް ލައިފައި ދިއުމުން ނިހާން ނިހާ ގޮވައިގެން ބޭރަށް ނުކުތެވެ. އޭރު ޒާޔާ އިނީ ސިޓިންގް ރޫމުގައި އޭނާގެ ލެޕްޓޮޕް ހިފައިގެންނެވެ. މިއަދު އޭނާއަށް އެއްވެސް ކަމެއްވެސް ނެތުމުން އޭނާ ސިޓިންގް ރޫމުގައި އިނީއެވެ. މާދަން ސްކޫލަށް ދާންވާއިރަށް ކުދިންނަށް ދޭނެ ވޯކްޝީޓެއް ތައްޔާރު ކުރަން އިން އިރު ޒާޔާ ދޭތެރެއަކުން އޭނާގެ ފޯނަށް ނަަޒަރެއް ދެއެވެ. ވައިބާ ގްރޫޕުތަކުން ފުލުފުލުން މެސެޖު އަންނާތީ ޒާޔާ އިންނަނީ ބޯ ގޮވާ ވަރުވެފައެވެ. މެސެޖު އަންނަ އަޑު ނީވުނަސް މެސެޖެއް އަންނައިރަށް އެ ފޯނުގެ ޑިސްޕްލޭ ދިއްލެއެވެ. އެކަމާ ރުޅިއައިއްސައި އިނދެ ޒާޔާ ވޯކްޝީޓު ހަދަމުން ދިޔައެވެ.
ވޯކްޝީޓު ހަދާ ނިމުމުން ޒާޔާ ލެޕްޓޮޕް ލައްޕައިލިއެވެ. ކުރާނެ އިތުރު ކަމެއް ނެތުމުން ޒާޔާ އިނީ ފޫހިވާގޮތްވެފައެވެ. ޒާޔާ އެންމެ ފަހުން ޓީވީ ހުޅުވައިލިއެވެ. އެއްވެސް ޗެނެލަކުން ޒާޔާއަށް ކަމުދާކަހަލަ ޕްރޮގްރާމެއް ނާދެއެވެ. އެންމެ ފަހުން ޒާޔާ ޓީވީވެސް ނިއްވައިލިއެވެ.
ޒާޔާ ކޮޓަރިއަށްގޮސް އެނދުގައި ޖައްސައިލިއެވެ. އެނދުމަތީ އޮތް ނިހާގެ ދަބަސް ފެނި ޒާޔާ އެ ނެގިއެވެ. އޭގައި ހުރި ނިހާގެ ލޯބި ލޯބި ހެދުންތައް ބަލައިލިޔަސް އޭނާގެ ފޫހިކަން ފިލާނެއެވެ. ދަބަސް ހުޅުވައިލައިފައި ޒާޔާ އޭގައި ހުރި އެއްޗެހިތައް އެނދުމައްޗަށް އަޅައިލިއެވެ. އޭގައިވި ދެ ހެދުން ނަގައި ބަލައިލައިފައި ޒާޔާ އެއިން ކޮންމެ ހެދުމެއް ވަކިން ފޮޓޮއެއް ނެގިއެވެ. އެއްޗެހިތައް ދަބަހަށް އަޅަން އުޅެނިކޮށް ހެދުންތައް ކައިރީ ފަތް ޖަހައިފައި އޮތް ކަރުދާސްގަނޑެއް ޒާޔާގެ ލޮލުގައި އަޅައިގަތެވެ. “މީ ކޯއްޗެއް؟” ދެބުމަ ގޮށްޖަހައިލަމުން ޒާޔާ އެ ގަނޑުކޮޅު ނިއުޅައިލިއެވެ. ރީތި އަތުލިޔުމަކުން އޭގައި އެއްޗެހިތަކެއް ލިޔެފައިވުމުން ޒާޔާ އެ ކިޔައިލާހިތްވިއެވެ. އެހެންކަމުން އެނދުގައި ރަނގަޅަށް ލެނގިލަމުން ޒާޔާ އޭގައިވި ލިޔުންކޮޅު ކިޔަން ފެށިއެވެ.
ނިހާން ނިހާ ގޮވައިގެން ގޮސް ނިހާ ބޭނުންވި އެއްޗެހި ގަނެދީފައި ނިހާ ގޮވައިގެން ދިޔައީ ބަނދަރަށެވެ. އެތަނުން ބުރެއްގައި އިށީނދެ ނިހާން ނިހާ ބިންމަތީގައި ބެހެއްޓިއެވެ. އެއާއިއެކު ނިހާ ކުޑަކޮށް އެތަނުގައި ދުވެލިއެވެ. ނިހާގެ ޙަރަކާތްތަކަށް ބަލަން ނިހާން ހިނިތުންވެލައިގެން އިނެވެ. ހާމައަށް ކަނޑާއި ނިހާ ގާތްވެދާނެތީ ނިހާން އިނީ އެކަމަށް ވަރަށް ޚުޝިޔާރުވެގެންނެވެ.
ކަރުދާސްކޮޅުގައިވި ލިޔުން ކިޔައިލުމަށްފަހު ޒާޔާއަށް އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެހެން އިންދައި އޭނާގެ ދެލޮލުން މަޑުމަޑުން ކަރުނަ ފައިބަން ފެށިއެވެ. ޒާޔާ ހަމަ އެވަގުތުން ވަގުތަށްވެސް ޖަމީލާ ކައިރިއަށް ދާން ބޭނުންވިއެވެ. ގޮސް ޖަމީލާއަށް މާފުކޮށްފީމޭ ޖަމީލާގެ ކުރިމަތީގައި ބުނަން ބޭނުންވިއެވެ. ނޫމާން އޭނާ ގާތުގައި ބުނެފައިވާ ވާހަކަތަކުގެ ސަބަބުން އެ ގަނޑުކޮޅުގައި ޖަމީލާ ލިޔެފައި އެ ހުރި ވާހަކަތަކަކީ ތެދުކަން ޒާޔާއަށް ޤަބޫލުކުރާކަށް މާކަ އުނދަގުލެއް ނުވިއެވެ. ބައްޕަ ނުރުހިދާނެކަމަަށްޓަކައި ޒާޔާ އެގެއަށް ދިޔުމުގެ ޚިޔާލު ދޫކޮށްލައި އޭނާގެ ފޯނު ނަަގައި ނޫމާންގެ ނަމްބަރަށް ގުޅައިލިއެވެ.
ސިޓިންގް ރޫމުގައި ޓީވީ ބަލަން އިން ނޫމާން އޭނާގެ ފޯނު ނަގައި ކަންފަތުގައި ޖައްސައިލިއެވެ. “ކޮބާ ޖަމީލާ ދައްތަ؟” ނޫމާނަށް ހެލޯއޭވެސް ނުބުނެވެނީސް ޒާޔާ އަވަސްއަވަހަށް އަހައިލިއެވެ. ހައިރާންވެ އިނދެ ނޫމާން ޖަމީލާއަށް ބަލައިލިއެވެ. ޖަމީލާ ކިހިނެތްވީހޭ އަހައިލުމުން ނޫމާން ފޯނެކޭ ބުނެ ޖަމީލާ އަތަށް ފޯނު ދިނެވެ.
“ހަލޯ.” ކާކުކަން ބަލައިވެސްނުލައި ޖަމީލާ ފޯނު ކަންފަތުގައި ޖައްސައިލިއެވެ. “ޖަމީލާ ދައްތާ.” އިވުނީ ޒާޔާގެ އަޑެވެ. ޒާޔާ އޭނާއަށް ރީތިކޮށް ގޮވައިލުމުން ޖަމީލާއަށް ވީގޮތްވެސް ނޭނގުނެވެ. އުފަލުން އިނދެ އޭނާއަށް އިންތަނުން ތެދުވެވުނެވެ. “ޒާޔާ.” ޖަމީލާވެސް ވަރަށް ލޯބިން ޒާޔާއަށް ގޮވައިލިއެވެ. “ހެހެ.. އަހަރެން ޖަމީލާ ދައްތައަށް މާފުކޮށްފިން އިނގެ. ދެންމެ ކިޔާލިން ޖަމީލާ ދައްތަ ނިހާގެ ދަބަހަށް ލާފަ އޮތް ގަނޑުކޮޅު. އަސްލު ވަރަށް އުފާވެއްޖެ މިއަދު.. އަހަރެން ހުރީ ދެން ދުވަހަކުވެސް ޖަމީލާދައްތައަށް މާފުނުކުރަން ކަމަށް.. އެކަމަކު… ހާލަތުގެ ގޮތުން ވިސްނުންވެސް ބަދަލުވާނެތާ ދޯ.. ހެހެހެ.” ޒާޔާ ދެއްކި ވާހަކަތައް އިވިފައި ޖަމީލާއަށް އުފަލުން ރޮވުނެވެ. ހަމަ ޙަޤީޤަތުގައިވެސް ޒާޔާ އޭނާއަށް އެ ކޮށްދިނީ ވަރަށް ބޮޑު ކަމެކެވެ. އެކަހަލަ ހިތް ސާފު ރަނގަޅު އަޚުލާޤެއްގެ ވެރިކުދިން މިޒަމާނުގައި މަދުވާނެއޭ ޖަމީލާގެ ހިތަށް އެރިއެވެ.
“ހާދަ އުފާވެފަ.. ކިހިނެތްވީ؟” ނިކަން ހެވިފައި ހުރެ ޖަމީލާ އައިސް ނޫމާން އަތަށް ފޯނު ދިނުމުން ނޫމާން ހިނިތުންވެލަމުން އަހައިލިއެވެ. ޖަމީލާ ނޫމާން ގާތުގައި އިށީންނަމުން ޒާޔާ އޭނާއާއި ދެއްކި ހުރިހާ ވާހަކަތަކެއް ކިޔައިދިނެވެ. ޖަމީލާއެކޭ އެއްވަރަށް ނޫމާންވެސް އިނީ އެވަގުތު ވަރަށް އުފާވެފައެވެ.
މާލޭގެ ކާރުބާރު ބޮޑު މަގުތަކުގައި ފޮއްޓެއް ހިފައިގެން ލިއަމް ހިނގަމުން ދިޔައެވެ. އޭނާގެ މިޞްރާބަކަށް ވެފައިވީ މާލޭގެ އެއް ނަމްބަރު ޖެޓީ ސަރަޙައްދެވެ. މިއަދު ޒާޔާމެން ރަށަށް މާލެއިން ލޯންޗެއް ދާން ހަމަޖެހިފައިވުމުން ލިއަމް އަވަހަށް ޓިކެޓެއް ނެގީއެވެ. ޒާޔާ ދެކިލާ ހިތުން ލިއަމްގެ ހިތަށް ކެތްވަނީއެއް ނޫނެވެ. މި ވޭތުވެދިޔަ ދުވަސްތަކު ޒާޔާއާއި ދޭތެރޭ ލިއަމް ނުވިސްނާ އެންމެ ދުވަހެއްވެސް ނުދެއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
ޖެޓީ ކައިރިއަށް ގޮސް ލޯންޗަށް އަރައި ހަމަޖެހިލަމުން ލިއަމް އޭނާގެ ފޯނު ނެގިއެވެ. އަދި ޒާޔާގެ ނަމްބަރަށް ގުޅައިލިއެވެ. ދެތިން ރިންގަށްފަހު ޒާޔާ ފޯނު ނެގިއެވެ. “ޒާޔާ.. ލޯންޗު ލަފަންވާއިރަށް ބަނދަރަށް ދައްޗޭ. ވަރަށް ބޮޑު ހަދިޔާއެއް އެބަ ފޮނުވަން އިނގޭ. ހަނދާންކޮށް ދާތި.”
“އަސްލުވެސްތަ؟ ކިހާވަރެއްގެ ހަދިޔާއެއް؟”
“ދެން އިނގޭނެއްނު ލޯންޗު ރަށަށް ލެފީމަ..”
“އަބަދުވެސް ހަދިޔާ ލިއަމް އަށް ފޮނުވޭނީ.. ކޮންއިރަކުންތަ ލިއަމް ދެން އަންނާނީ؟” ޒާޔާ ޝަކުވާ ކޮށްލިއެވެ.
“ހެހެ. އަހަރެން ދާނަމޭ ވަރަށް އަވަހަށް.”
“ކޮންމެ ފަހަރަކުވެސް ލިއަމް ބުނާނީ ތިހެން.. އެކަމް އާދެވޭ ފަހަރެއް ނާދޭ.”
“ހާދަ ޝަކުވާގިނަ މަންޖެއެކޭ ދޯ. ހަދިޔާ ފެނުނީމަ ތި ޝަކުވާތަކަށް ނިމުމެއް އަންނާނެ ކަންނޭނގެ.. އޯކޭ ބާއްވަނީ އިނގޭ. ތަނަކަށް ދާން ޖެހިއްޖެ.. ބާއި.” ޒާޔާއަށް ޝައްކުނުވާނެ ގޮތަށް ލިއަމް ވާހަކަދެއްކިއެވެ.
ޒާޔާ ފޯނު ކަނޑައިލައިފައި ފަވާޝަތަށް ގުޅައިލިއެވެ. އަދި އޭނައާއިއެކު ލޯންޗު ލަފާތަނަށް ދެވޭނެތޯ އަހައިލިއެވެ. ފަވާޝަތު އާނއެކޭ ބުނުމުން އަވަހަށް ތައްޔާރުވެގެން އެ ގެއަށް އައުމަށް ޒާޔާ ބުންޏެވެ.
ނިހާން ނިހާ ގޮވައިގެން ގެއަށް އައުމާއިއެކު ޒާޔާ ކޮޓަރިން ނުކުތެވެ. “ދޫނި ކޮންތާކަށް ގޮއްސަ ތި އައީ؟” ނިހާ އުރައިލަމުން ޒާޔާ އަަހައިލިއެވެ. “ބޭރަށް ގޮސްލާފަ ދޯ.” ނިހާން ނިހާގެ ކޮލުގައި ހިފައިލިއެވެ. އެވަގުތު ނިހާ އަތުގައި އޮތް ޗޮކްލެޓް ޒާޔާގެ ލޮލުގައި އަޅައިގަތެވެ. “ބަލާބަލަ. ދޮންތައާ ނުލާ ޗޮކްލެޓްވެސް ގަތީ؟” ޒާޔާ އެ ސުވާލުކޮށްލި ރާގުން ނިހާނަށް ހެވުނެވެ. ޒާޔާ ޗޮކްލެޓަށް ފޯރިހުންނަވަރު ނިހާންއަށް އޮޅިފައެއް ނުވެއެވެ. ޒާޔާއަކީ ކުޑައިރު މީހެއް އަތުން ޗޮކްލެޓެއް ފެންނައިރަށް އެ އަތުލާ ކުއްޖެކެެވެ. ނަމަވެސް ޒާޔާ ބޮޑުވަމުން އައި ވަރަކަށް ޒާޔާ އެކަން ދޫކޮށްލިއެވެ. ނަމަވެސް އަދިވެސް ތަަނަކުން ޗޮކްލެޓެއް ފެނިއްޖެއްޔާ ޒާޔާ ހުންނާނީ ދަހިލަވާގޮތްވެފައެވެ.
“ބައްޕާ. ފަވާއާއެއްކޮށް ލޯންޗު ލަފާތަނަށް ދާން މިއުޅެނީ..” ވަރަށް ލަދުން ހުރެ ޒާޔާ ބުންޏެވެ. އެ ވާހަކަ ބުނުމުން ނިހާން ޒާޔާއާއި ދިމާކުރާނެކަން ޒާޔާއަށް އިނގޭތީއެވެ. “އަނެއްކާވެސް ލިއަމް ހަދިޔަލެއް ފޮނުވަނީ ދޯ.. ތި ދެމީހުން ތީ ހަމަ ވަރަށް ގުޅޭ ދެ ޖޯޑު އިނގޭ.. ހަހަހަ..” އާދައިގެ މަތިން މިފަހަރުވެސް ނިހާން ޒާޔާއާއި ދިމާކޮށްލިއެވެ. “ދެން ބައްޕާ. އެއީ ހަމަ ރައްޓެއްސެކޭ. ބޭބެއެއްގޮތަށް ދެކުނު މީހެއް އެއީ. އެހެންނޫނަސް އަދި އެކަހަލަ އެއްވެސް ޚިޔާލެއް ޒާޔާ ނުގެންގުޅެން.” ޒާޔާ ބުނަން ބޭނުންވި އެއްޗެއް ބުނުމަށްފަހު ޒާޔާ ގޯތިތެރެއަށް ނިކުތީ ނިހާން އިތުރަށް އޭނާއާއި ދިމާކޮށްފާނެތީއެވެ.
ފަވާޝަތު އައުމުން ޒާޔާ ފަވާޝަތު އަތަށް ނިހާ ދީފައި ޒާޔާ ދިޔައީ ކުޑަކޮށް ތައްޔާރުވެލާށެވެ. ގޭގައި އުޅޭއިރު ލާކަހަ ހެދުމެއް ލައިގެން ހުރުމުން ހެދުން ބަދަލުކޮށްލުމަށްފަހު ޒާޔާ ލުއިގޮތަކަށް މޭކަޕް ކޮށްލިއެވެ. އިސްތަށިގަނޑު މިނިވަންކަމާއިއެކު ދޫކޮށްލައިފައިވީއިރު ވަރަށްވެސް ރީއްޗެވެ.
ޒާޔާ ތައްޔާރުވެލައިގެން ނުކުތުމުން ނިހާ ނިހާންއާއި ޙަވާލުކޮށްފައި ފަވާޝަތާއި ޒާޔާ ގެއިން ނުކުތެވެ.
އެމީހުން ގޮސް ލޯންޗު ލަފާންދެން ތިބީ ބަނދަރުމަތީ ހުރި ބުރެއްގައި އިށީންދެގެންނެވެ. އޮލަ ވާހަކަތަކެއް ދައްކަމުން ސަކަރާތްޖަހަން ދެ އެކުވެރިން ތިބިއިރު މަގުމަތިން ދާހާ ބައެއްގެ ނަޒަރު އެދެމީހުނަށް އަމާޒުވަމުން ދެއެވެ. އަދިވެސް ނުނިޔަތުން ޒާޔާއަށް ބަލާ މީހުން އެރަށުގައި އުޅެއެވެ. އެހެނަސް މިހާރު ޒާޔާ އެއިން އެއްވެސް ކަމަކާ ޖެހިލުންވެ ބިރެއް ނުގަނެއެވެ. ކިތަންމެ ބޮޑުކަމެއް ވިޔަސް ހަމަ އެވަގުތު މަލައިކާ އަންނާނެކަން ޒާޔާއަށް އިނގެއެވެ.
ކޮންމެއަކަސް ކަނޑުގެ ލޮނުގަނޑު ކަފަމުން އައިސް ލޯންޗު ނެރުން އެތެރެވެއްޖެއެވެ. އެއާއިއެކު ދެމީހުންވެސް ތެދުވެ ލޯންޗު ލަފަން އޮތް ހިސާބަށް ހިނގައިގަތެވެ. ލޯންޗު ލެފުމާއިއެކު އޭގައި ތިބި މީހުންތައް އޭގެން ފައިބަން ފެށިއެވެ. ޒާޔާ ހުރީ އެ އެންމެން ފައިބައި ލޯންޗުގައި މަސައްކަތްކުރާ މީހާ ހުރިހާ ފޮށިތަކެއް ބައިލުވަންދެނެވެ. ނަމަވެސް މީހުންތަކުގެ ތެރެއިން އެންމެ ފަހުން ފޭބި މީހާ ފެނި ޒާޔާ އެކަން މަތިން މުޅިން ހަނދާން ނެތޭގޮތްވިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
32 Comments!
Comments are closed.





Salaam all my readers 🙂 🙂 🙂 vvvvvvv bodau sorry mihaa lahun upload kollevuneethee. Hope you all will understand and mibai kiyaalaahithun kiyaalaanekamau unmeedhukuran 🙂 🙂 🙂 Enjoy reading and leave a comment <3 <3 <3 Love you all <3 <3 <3 <3 <3
Varah reethi Maasha Allah ???
Maash 🙂 🙂 🙂 Thank you <3 <3 <3
Vvvvvvvvv reethi hama V kiyaalaa hithun mikiyaalee ❤️❤️??❤️❤️
It’s okay darl ekam vv inthizaaru kurevun ?
Curiously waiting for next part ?
Lyssmm and tc stay safe dear ❤️❤️
Ahul 🙂 🙂 🙂 Thank you 😀 😀 And yes! Keep waiting curiously for the next episode 😛 😀 😀 😀 Stay safe. Love you too and Take Care <3 <3 <3 <3
ނިހާން އަށް އެންމެ ރީތީ އަންހެނުން އައުރަ ނިވާ ކޮށްގެން އުޅުނީމަ ދޯ. ދެން ކިއްވެތަ ޒާޔާ ބުރުގާ ނާޅަނީ؟ ޒިޔާނާ ވެސް ބުރުގާ އެޅި ދެން ޒާޔާ ކީއްވެ ބުރުގާ ނާޅާ ހުންނަނީ؟ ހަމަ އުފެދޭ ސުވާލެއްވީމަ އަހާލީ އިނގޭ ޑޯންޓް މައިންޑް ޕްލީޒް. އެން ބައި ދަ ވޭ ވާހަކަ ވވވވވވވ ރީތި. މާޝާ ﷲ ޔޫ އާރ ވެރީ ޓެލެންޓެޑް ދޮންތީ. ދެން އޮތް ބައި ތަންކޮޅެއް އަވަހަށް ގެނެސްދެއްޗެ އިނގޭ ޕްލީޒް
Anonymous 🙂 🙂 🙂 Thank you. And yes! v rangalhu suvaaleiy thiee.. Aslu mi vaahaka alhugan’du raavaafa in goiy miee. Ehnve e bai nugenas eynee 🙂 🙂 🙂 🙂 🙂 🙂 Dhn in bai hama liyevunu enme avahakau upload kolladheynan Insha Allah 🙂 🙂 🙂 <3 <3 <3 <3
Asluves anonymous thi buny hama thedheh…… dhonthii dh nihaan rulhi ves naadheytha zaayaa burugaa maalha hunnaathyve???????????????
Dhonthyyyy ❤❤❤❤vvvv reethi mi part vx..????????ure my fav author ???????? ..vvv miss dhonthy mathin ?
Curiously waiting ????e ok dhonthy..readers ah understand vaane ???dhonthy v talented aslu ???
???Lysssm ❤❤❤
❤❤❤be safe dhonthy ???
RYN 😀 😀 😀 Thank you so much for the colourful comment 😀 😀 😀 And yes! Keep waiting curiously for the next episode 😛 😀 😀 😀 🙂 Love you and stay safe RYN 🙂 🙂 <3 <3 <3 <3 <3 <3 <3 😀 😀 😀
Wow❤️❤️❤️?? Masha Allah ??? mi part ves varah Varah Reethi ?? curiously waiting for the next ✌️✌️✌️ love yeah….. Miss u so much??❤️❤️?????✌️✌️
Meekkomee 🙂 🙂 🙂 Thank you dear 😀 😀 😀 And yes! Keep waiting curiously for the next episode 😛 😀 😀 😀 Love you too and miss ya Meekkkoo 🙂 🙂 <3 <3 <3 <3
Whoaaaaa vrh vrh vrh vrh salhi mi part vx…. dhonthy u r the best writer ever❤❤ cant wait for next part…
☺️Al’hamdhulillah jameela vx rangalhu v ma
Sadha 🙂 🙂 🙂 Thank you dear 😀 😀 vvv ufaavejje inge 😀 😀 😀 Keep waiting for the next ep Sadha 😀 😀 😀 <3 <3 <3 <3
maashaa Alaah donthyyyy ! i’m so curiously waiting
Aishath.Reen 🙂 🙂 🙂 Thank you 😀 😀 And yes! Keep waiting curiously for the next episode 😛 😀 😀 😀 😀
Dhonthi miss part vrh nice egy hama crying
Maasha 🙂 🙂 🙂 Thank you 😀 😀 Stop crying Maasha 😀 😀 😀 <3 <3
woww
hama asluves zaayaa aa liam aa gulhey dhw
kn irakuntha next part up kohdheyny
KIMTAETAE-JEONKOOKIE 🙂 🙂 🙂 Thank you 😀 Yes liam and zaayaa v gulhey dhw 😉 😉
Next part hama liyevunuhaa avahakau upload kolladheynan inge 😀 😀 <3 <3 <3
Dhonthyyyyyy ????? vrh vrh vrh vrh vrh reethi mi prt vx❤️❤️❤️❤️❤️❤️❤️❤️❤️ u are my fav author ?????Curiously waiting for the nxt prt ❤️❤️❤️❤️❤️❤️Lve u ❤️❤️❤️❤️?????????❤️❤️❤️❤️
Shyn 🙂 🙂 🙂 Thank you dear 😀 😀 vvv ufaawejje 😀 And yes! Keep waiting curiously for the next episode 😛 😀 😀 😀 Love you too <3 <3 <3 <3
My dearest Dhonthy welcome backkkkkkk ?????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ missed you a loooooooot. I am really a big fan of you now. Komme dhuvahaku balan aslu mi part upkohli thoa. Ihye nubelunyma neyguny. Anyway this part is so cool and awesome and mostly best. ?????????????????????❤❤❤❤❤❤❤❤❤❤?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????????????????????????? love you. Take care. Mihaaru lap ok dho. And curiouslyyyyyyyyyyyyyyyyyyyyyyyyyyy waiting for the next part. ???????????????????????????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????dhonthy u r the best story writer. Number one story writer for me. ???????????????
Xoya 😀 😀 😀 😀 😀 😀 You made me speechless!! Hehe 🙂 😀 😀 😀 vvv bodau thank you nge Xo <3 <3 vvv ufaawejje mi comment kiyaalaafa 😀 😀 😀 Yes mihaaru lap okay wejje Al'hamdhulillah! 😀 😀 😀 Keep waiting curiouslyyyyyyy for the next ep inge Xo 😛 😀 😀 😀 😀 Insha Allah ebai liiyevunuhaa avahakau upload kolladheynan 😀 😀 🙂 🙂 🙂 Love you too Xo <3 <3 <3 <3 <3
Hiii dhonthy ❤️❤️❤️
Vrh Sali dhonthi ge mi stry ❤️❤️
I have readen all the parts❤️❤️
But this is my first cmnt to this stry
And dhonthi ge birth date aa alugadu ge birth date aa haadha close eyy but I am younger than u heheh❤️❤️❤️??
Btw bunelaanee dhonthi Hama thigothugaa kuriah daasheyy and dhonthi ah fahi ❤️❤️❤️mustagubalak Eden ❤️❤️❤️
When next ❤️❤️❤️
Lysssmmm dhonthee ❤️❤️❤️
Stay safe and TC?❤️❤️❤️❤️
GIRL 🙂 🙂 🙂 thank you dear 😀 😀 😀 vvv ufaavejje girl ge thi colorful adhi supportive comment kiyaalevifa. 😀 😀 😀 Next ep iraadhakurevviyyaa liyevunuhaa avahakau upload kolladheynan 😀 😀 😀 😀 😀 Stay safe 😀 Love you too and Take care <3 <3 <3 <3 <3 <3 🙂 🙂 🙂 😀 😀 😀 😀 😀 <3 <3 <3
??Haadha curious kohthi nimmaaly Btw mipaatu ves vrh Hama reethi. when next curiously waiting ??
Stay safe tc?
Lysmm sis?
me 🙂 🙂 🙂 Thank you 😀 😀 😀 Next ep iraadhakurevviyyaa liyevunihaa avahakau upload kolladheynan inge 😀 😀 Keep waiting curiously 😉 😉 😛 😀 😀 Love you too <3 <3 <3 <3
Waiting for the next part
Vrh reethi
Thankolheh avahah upload kohladheeba
Vvvvvvvvv. Reethi mí part vess <3 <3 <3 <3
Balckpink 🙂 🙂 🙂 Thank you. And sorry for the late reply 😀 😀
V reethi
Thank you 😀